Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިވޭ 12

Horror queen Level 210 Stories
March 6, 2022 4 Mins Read
0 Comments

 

މީހަކު އައިސް ރިޝީގެ އަތުގައި ހިފާ އެތާންގައި ހުރި އަނދިތި ގަނޑަށް ގެން ދިޔައެވެ. “ލަމްހާން ދޫކުރޭ ހަމަމިހާރު…. އާ ތަދުވެޔޭ” ރިޝީ މިހެން ބުނި ވަރަކަށް ލަމްހާން ދިރައީ ރިޝީ އާއި ކައިރި ވަމުންއެވެ. ރިޝީ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ދެލޯ މަރާ ބާރަށް ފިއްތާލިއެވެ. ދެވަނަ ސިކުންތެއްގައި މީހަކު އައިސް ލަމްހާންގެ ކޯމައްޗަށް މުއްޓިއަކުން ޖެހި އަޑު އިވުނެވެ. ރިޝީ ރީއްޗަށް ލޯ ހުޅުވާ ބަލައިލިއެވެ. އެތާންގައި ހުރީ……

 

(12 ވަނަ ބައި)

 

ރިޝްވާންއެވެ. “ކަލޭ ކައިރީ މަ ބުނިން ދޯ މަގޭ ކޮއްކޮ އާ ކައިރި ތިކަހަލަ ގޮތެއް ނެތް މީހަކާ އަހަރެންގެ ކޮއްކޮ އަކާ ނުވާނެ…. މަ މީގެ ތިން އަހަރު ކުރިން ވެސް ބުނިން ދޯ މަގޭ ކޮއްކޮ އާ ކައިރި ނުވާށޭ ތި ދެ ކަންފަތުން އަޑު އަހާބަލަ” ރިޝްވާން ދެބުމަ ގޮށްޖަހައިގެން ހުރެ ބުނެލިއެވެ.

 

 “އަޅޭ މީ ދެން ކޮން ފަދަ ބަލާއެއްތަ!!! މިހާރު ކަލޭ މަ އެޔޮށް ރީތި ކޯމަތީގަ ތި ޖެހީ ފުރަތަމަ އެ ސާޔަން އެކޭ ކިޔާ އެއްޗަކު ދެން ކަލޭ ތި ޖެހީ… މިފަހަރު މަ މި ރަށުން ފާބާނީ ރިޝީ ގޮވައިގެން….” “އޭތް ތި ކަހަލަ ގޮތެއް ފޮތެއް ނެތް މީހަކު މި ރަށުގަ އުޅުމުގެ ބޭނުމެއްވެސް ނޯންނާނެ މަގޭ ކޮއްކޮ އެކަނި ދޫކޮށްލާ އެހެންނޫނޫ ޕޮލިހަށް މަ ގުޅާނީ ހަމަމިހާރު މި ރަށުން ފާބައިގެން ދޭ” ރިޝްވާން އަނގާގައި ޖެހުނުއެއްޗެއް ބުނަމުން ދިޔައެވެ. ލަމްހާން ލޯ ހަނިކޮށްލާފައި އެތަނުން ދިޔައެވެ.

 

“ދޮންބޭ!! ކާމް ޑައުން” ރިޝީ ރިޝްވާން ގެ ކޮނޑުގައި ހިފާފައި ބުނެލިއެވެ. “ރިޝް އާރ ޔޫ އޯކޭ؟ ކީއްވެ ދޮންބެ ކައިރީގަ ނުބުނީ؟ އޭނަ އަނެއްކާ ރިޝް އަށް ކަމެއް ކުރިތަ؟” ރިޝްވާން ރިޝީ އާއި ސުވާލުކުރަމުން ދިޔައެވެ. “ދޮންބޭ އޭނައަކަށް މަށަކަށް އެއްވެސް ކަމެއް ނުކުރެވުނު އެއީ އޭނަ ކުރަން އުޅޭ ކޮންމެ ފަހަރަކު ސާޔަން އައިސް އަހަރެން ސަލާމަރް ކުރޭ…އެންޑް އައިމް ފައިން އެކަމު އަތަށް ވަރަށް ތަދުވު ދެންމެއަކު” ރިޝީ އަމިއްލަ މީހާފެ އަތް ދަނޑި މަތީގައިހިފާފައި ބުނެލިއެވެ.

 

 “ވާން ދޮންބޭ ރިޝް ކިހިނެތްވީ؟” ރަލާ އަށް ރިޝްވާން އާއި ރިޝީ ފެނުމާއި އެކު ބުނެވުނެވެ. “ސާޔަން ތެންކް ޔޫ އަހަރެންގެ ކޮއްކޮ ސަލާމަތް ކޮށްދިނީތީ” ރިޝްވާން އަށް އެތާންގައި ހުރި ސާޔަން ފެނުމުން ސާޔަން ކައިރިއަށް ގޮސް ބުނެލިއެވެ. “އެއީ މާ ބޮޑު ކަމެއް ނޫނެއްނު… މިރޭ މީ މަ މިރަށުގަ ހުންނަ އެންމެ ފަހުދުވަސް ވިއްޔާ” ސާޔަން މިހެން ބުނުމުން އެންމެން އަށް ވީ ށޮކަކަށްށެވެ. “އެއީ؟؟!!” ޖަނާން ހައިރާން ވީ ވަރުން ބުނެލިއެވެ. “އެއީ މަ މާދަމާ ހެނދުނު ނުވައެއްގެ ފްލައިޓް އިން މާލެ ދަން… އޭގެ އަނެއް ދުވަހު އޮވޭ އޮޑިޝަން އެހެންވެ” ސާޔަން އޮޅުން ފިލުވައިދިނެވެ. ސާޔަން މިހެން ބުނުމުން ރިޝީ އިސް ޖަހައިލިއެވެ.

 

“ހާހް މަ މިދަނީ މައި ގެއަށްލާން ދާން… ރަލް ކީއްކުރަނީ؟” ރިޝްވާން ރިޝީ އާއި ދިމާލަށް ބަލައިލައިފައި ބުނެލިއެވެ. “މަށާ ޖާން އާ ދެމީހުން މިދަނީ ކޮންމެވެސް ދިމާލަކަށް ދާން….. ދޮންބެ ކީއްކުރަނީ؟” ރަލާ މިހެން ބުނެ ރިޒްލާން އާއި ދިމާލަށް ބަލައިލިއެވެ. “މަށާ މަގޭ ބިއުޓިފުލް އާ ދެމީހުން މިދަނީ ކޮފީ އަކަށް އަހަރުން ދެމީހުން ބާއި” މިހެން ބުނެ ރިޒްލާން އާއި އަޝްމީ ހިންގައިގަތީ ހޮޓަލާއި ދިމާލަށްށެވެ. ރިޝްވާން މައިރާ ގެއަށް ލާން ދާކަމަށް ހެދިލާފައި އެ މަގަށް ދިޔައެވެ. ޖަނާން އާއި ރަލާ ދިޔައީ ގޮނޑުދޮށާއި ދިމާލަށްށެވެ. ސާޔަން އާއި ރިޝީ އެތާން ގައި ހުރި އިނދޯއްޔެއްގައި އިށީންދެލިއެވެ.

 

“ރިޝް އާރ ޔޫ އޯކޭ؟” ސާޔަން ރިޝީ އާއި ދިމާލަށް ބަލައިލައިފައި ބުނެލިއެވެ. “އާން…. އެކަމު އޭނަ މަގޭ އަތަށް ވަރަށް ތަދުކުރި” ރިޝީ މިހެން ބުނުމުން ސާޔަން ރިޝީގެ ދަތް ދޮޅީގައި ހިފާ ރިޝީގެ އިސް އުފުލުވައިލިއެވެ. “ރިޝް އައި ތިންކް އައި ލަވް ޔޫ” ސާޔަން މިހެން ބުނުމުން ރިޝީގެ ދެލޯ ބޮޑު ވިއެވެ. އަދި ރިޝީގެ މޫނު އެއްކޮށް ރަތްވިއެވެ. “ރިޝް ޑޫ ޔޫ ލަވް މީ؟ އޯރ ވިލް ޔޫ ތިންކް އެބައުޓް އިޓް؟” ސާޔަން ދެ ސުވަލު އެއްފަހަރާ އަހައިލިއެވެ. “އައިލް ތިންކް އެބައުޓް އިޓް” ރިޝީ ޖަވާބު ދިނެވެ.

 

އަނެއް ދުވަހު ރިޝީ އަށް ހޭލެވުނު އިރު 7:30 ވެއްޖެއެވެ. ރިޝީ އަވަސް އަރުވާލާފައި ނިކުތް އިރު ރިޒްލާން އައިސް ގެއަށް ވަންނަނީއެވެ. “ތިއްތީ ކޮންތާކުން ތަ ތި އައީ؟” ރިޝީ ރިޒްލާން ގާތު އަހައިލިއެވެ. “މި އައީ ސާޔަން ފުރުއްވާފަ… އަން މީ ސާޔަން ދިން އެއްޗެއް ރިޝް އަށް ދޭށޯ ކިޔާފަ” ރިޒްލާން ރިޝީ އަތަށް ގަނޑު ކޮޅެއް ދެމުން ބުނެލިއެވެ. ރިޝީ އެ ގަނޑުކޮޅު ހިފައިގެން ކޮޓަރިއަށް އެތެރެއަށް ވަދެ ދޮރު ޖަހާ ތަޅުލުމަށް ފަހު ގަނޑުކޮޅު ހުޅުވާ ކިޔަން ފެށިއެވެ. އޭގަ ލިޔެފައިއޮތީ

“ރިޝް އައިލް ވެއިޓް ފޯ ޔުއަރ އާންސާ އަދި ރިޝީ އަހަރެން ރިޖެކްޓުކުރިއަސް އަހަރެން ރިޝީ ދެކެ އަބަދަށް ލޯބިވާނަން އައީ އަހަރެން ކުރާ ޕްރޮމިސް އެއް. ރިޝް ވިސްނާން ވަރަށް ގިނަ ވަގުތު ލިބޭނެ ވިސްނާނެ ވަރަކަށް ވިސްނާ އަހަރެން އިންތިޒާރު ކުރާނަން. އަހަންނަށް ރިޝް ފެނުނު އެންމެ ފުރަތަމަ ދުވަހު އަހަރެން ރިޝް ދެކެ ލޯބި ވެވުނު. އެކަމު އަހަރެން ރިޝް ކައިރީގަ މިވާހަކަ ނުބުނެވުނީ ތީ ސޮރީ. ސީ ޔޫ އާފްޓާރ އަ ލޯންގް ޓައިމް”

 

ސާޔަން ގެ މި ނޯޓު ކޮޅު ކިއުމަށްފަހު ރިޝީގެ އެ ދެލޯ އޮތީ ފެނުން ފުރިފައެވެ. ހީވަނީ ދެންމެ ދެންމެ ކަރުނަތަށް ފައިބާދާނެ ހެންއެވެ. “ޔާ ސީ ޔޫ އާފްޓާރ އަ ލޯންގް ޓައިމް ޓޫ ސާޔަން ” ރިޝީ ހިތްވަރު ކޮށްގެން ހުރެ ބުނެލިއެވެ.

********************

ކައްދޫ އެއާރ ޕޯޓް އިން ނައްޓަލި ފްލައިޓް ގޮސް ލެފީ ވިލާނާ އިންޓަނޭޝަނަންލް އެއާރ ޕޯޓުގައެވެ. ސާޔަން ފްލައިޓް އިން ފޭބުމަށްފަހު އެއާރ ޕޯޓު ތެރެއަށް ގޮސް ނިކުމެލިތަނާހެން އޭނާގެ ސުކޫލު ދައުރުގެ އެކުވެރިން އަޒްހަމް އަދި ކައިލާން އާއި ދިމާވިއެވެ. “ތި ދެމީހުންތަ؟ މަ ހީކުރީ ޝާ ކަމަށް އަންނާނީ” ސާޔަން އެ ދެމީހުން ފެނުމާއިއެކު ބުނެލިއެވެ. “އޯއި ސާޔަން އަހަރުން މިއައީ ކައެ ރިސީވް ކުރަން” އަޒްހަމް ބުނެލިއެވެ. “މަގޭ ބޭބީ ވަރަށް ބިޒީ ކޮށް އުޅެނީ އެހެންވެ އަހަރުން މި އައީ” ކައިލާން މިހެން ބުނުމުން ސާޔަން އިތުރު ބަހެއް ނުބުނެ ކައިލާން އާއި އަޒްހަމް އިން ކާރުގެ ފަހަތަށް އެރިއެވެ.

 

މި މީހުންގެ މިސްރާބު ހުރީ ސާޔަން މެން ގެއާއި ދިމާލަށްށެވެ. “ބްރޯ އެއްކަލަ ޔުމްނާ އެބައުޅޭ ބަލައްޗެ އަދި ޝާ އަށް ވަރަށް ޖެއްސުން ކުރޭ މިހާރު” ކައިލާން މިހެން ބުނުމުން ސާޔަން ގެ ގާތަށް އައީ ރުޅިއެވެ. އެ ދިޔަ ގޮތަށް ގޮސް ސާޔަން ވަނީ ބިލްޑިން ގައި ހުރި ލިފްޓް އާއި ދިމާލަށްށެވެ. ލިފްޓުގައި ހުރި މީހާ ފެނިފަ ސާޔަން ލިފްޓައް އެރުމުގެ ބަދަލު ސިޑިން އަރަން ދިޔައެވެ.

 

“ސާޔަން ބޭބީ އައި ރިއަލީ މިސްޑް ޔޫ” ޔުމްނާ ސާޔަން ގެ އަތުގައި ހިފުމަށް ފަހު ބުނެލިއެވެ. “މަ ކައިރިން ދުރައްދާން އުޅޭ އަދި މަށަށް ބޭބީ ކިޔައިގެން ނުވާނެ” ސާޔަން މިހެން ބުނެ ޔުމްނާގެ އަތް ފޮޅާލިއެވެ. ލިފްޓުގެ ދޮރު ހުޅުވިފަ ވުމުން ސާޔަން ލިފްޓަށް އަރާ 9 ވަނަ ފްލޯ އަށް ފިއްތާލިއެވެ.

 

ސާޔަން ގޮސް ވަނީ ލިފްޓް އިން ފައިބައިގެން ކަނާތް ފަޅިއަށް ހުރި އެޕާޓްމެންޓް އަށްށެވެ. އެއިރު ގޭގަ އެކަކުވެސް ނޫޅޭތީ އޭނާގެ ކޮޓަރިއަށް ގޮސް ލައިގެން ހުރި ކަޅުކުލައިގެ ހުޑީ އާ ކުޅުކުލައިގެ ޖިންސު ބޭލުމަށްފަހު ފާޚާނާއަށް ވަދެ ފެން ވަރައިލައިގެން އެތާންގައި އަޅުވައިފައި ހުރި އަޅިކުލައިގެ ރޯބް ލުމަށްފަހު ކޮޓަރި ތެރެއަށް ނިކުމެލިއެވެ. ދެން އަލަމާރިން ކަޅުކުލައިގެ ޖިންސު ސޯޓަކާއި އަތް ދިގު ޖޯޒީއެއް ލުމަށްފަހު ނިކުތީ ކާންށެވެ.

 

 ނަމަވެސް ކާނެ އެއްޗެއްނެތުމުން ސޯފާ މަތީގައި އޮށޯއްވެލިއެވެ. އެއަށް ފަހު ފޯނުގައި ހުރި ފޮޓޯ ތަށް ބަލަމުން ދަނިކޮށް އޭނާއަށް ރިޝީ އާއި އޭނައާއި ދެމީހުން އެކަނި ނެގިފައި އޮތް ފޮޓޯއެއް ފެނުނެވެ. “ރިޝް ކިހާއިރެއް ނަގާނެ ރިޝް އަހަންނަށް ޖަވާބެއް ދޭން އެކަމުވެސް އަހަރެން މަޑުކުރާނަން” ސާޔަން މިހެން ބުނެ އޭނާގެ މޭމަތީގައި ފޯނުބާއްވައިލިއެވެ. އެހެން އޮއްވާ ސާޔަން އަށް ނިދުނެވެ.

 

ސާޔަން އަށް ހޭލެވުނީ އޭނާގެ ކޮއްކޮ ޝާޒާ ސާޔަންގެ މޫނު މަތީގައި ފެން ހޭކުމުންއެވެ. “ޝާ ދޮންބެ އަށް ގޮވާލިނަމަ” ސާޔަން ތެދުވަމުން ބުނެލިއެވެ. “ކިތައް ފަހަރު އަހަރެން ދޮންބެއަށް ގޮވައިލީން ދޮންބެ އޮތީ ނިދާ މަރުވެފަ ވިއްޔާ…. ދޭ ކާން މިހާރު 13:00 ޖެހީ” ޝާޒާ މިހެން ބުނެފައި ވަރުބަލިވެފަ ހުރި ވަރުން ވަނީ އޭނާގެ ކޮޓަރިއަށްށެވެ. ސާޔަން ގޮސް ކާމޭޒު ދޮށުގައި އިށީންނުމަށްފަހު ކާން ފެށިއެވެ.

 

(ޖެހިގެން އައިދުވަސް)

 

ސާޔަން އަށް ހޭލެވުނީ ސީދާ 6:30 އަށްށެވެ. ސާޔަން އަވަސް ވެ ގަތީ 7:30 އިން އޮންނަ އޮޑިޝަން އަށް ދާންށެވެ. އަވަހަށް ފާޚާނާއަށް ވަދެ ފްރެޝް ވެލައިގެން ނިކުމެ އަލަމާރިން އާދައިގެ ނޫ ކުލައިގެ ޖިންސަކާއި ގެލެކްސީއަކާ އެއްކަހަލަ ހުޑީއެއް ލައިގެން ސާޔަން ހިންގައިގަތީ ސްޓޫޑިއޯ އަށް ދާންށެވެ.

 

މާގިނަ އިރެއް ނުވޭ ސްޓޫޑިއޯ އާއި ހަމަވިއެވެ. ސާޔަން ގޮސް ވަތް ތަނާހެން މެނޭޖަރު ވެސް އެތެރެއަށް ވަންނަނީއެވެ. “ސާޔަން ހިންގާބަލަ ސާޔަންގެ ލަވަ އަޑުއަހާލަން އެތާ އެތެރޭގައި އޮންނާނެ ހެޑްފޯން އެއް ބޭނުމިއްޔާމު އޭތިއަޅައިގެން ވެސް ލަވަ ކީދާނެ ދޭބަލަ އަވަހަށް” މެނޭޖަރު މިހެން ބުނުމުން ސާޔަން ސްޓޫޑިއޯގެ ރިކޯޑިން ރޫމްއަށް ވަދެލިއެވެ. އެއަށްފަހު އެތާ މައިކްމަތީގައި އަޅުވާފައި އޮތް ހެޑްފޯނުނަގާ ކަންފަތުގައި އެޅުމަށްފަހު ފުން ނޭވާއެއްލުމަށްފަހު ލަވަ ކިޔަން ފެށިއެވެ.

 

(ނުނިމޭ)   

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ހީވޭ ކަލާވާހެން-40

Next

ޔާރާ ފެނުނީމާ 5

Next
March 6, 2022

ޔާރާ ފެނުނީމާ 5

Previews
March 5, 2022

ހީވޭ ކަލާވާހެން-40



All Right Reserved!