Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިނޭ 14-15

Horror queen Level 210 Stories
March 12, 2022 6 Mins Read
0 Comments

 

 

ދެމީހުން ގޮސް ގެއަށް ވަތް ތަނާހެން ފެނުނީ ރިޝްވާން އާއި ރިޒްލާން ދެ ސޯފާ މަތީގައި ނިދާފަ އޮއްވާއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށް ފަހު ވިހަ ހިނިތުން ވުމަކުން ހީލިއެވެ.

 

(14 ވަނަ ބައި)

 

ރިޝްވާން އަށް ށާއި ރިޒްލާން އަށް ހޭލެވުނީ ދެ އަންހެން ކުއްޖަކު ހޭ އަޑު އިވުމުންއެވެ. ދެމީހުން ވެސް ސޯފާއިން ތެދުވެފައި އެކަކު އަނެކަކަށް ބަލައި ލިއެވެ. “މަންމާއި!!!!!!” ރިޝްވާން އަދި ރިޒްލާން އެކަކު އަނެކަކަށް ބަލައިލަމުން ބުނެލިއެވެ. އެހެންނެއް ނު ވާނީ ދެމީހުން ގެ މޫނު އޮތީ ފައުންޑޭޝަން ހާކައިގެން ދޮން ބުޅަލަކަށް ހަދައިލައިފައެވެ. ދެމީހުންގެ ތުންފަތުގައި ހުރީ މެރޫން ކުލަ ޖައްސާފައެވެ. ދެމީހުންގެ ލޯ އޮތީ މިސްޓް ބްލޫ ކުލައިގެ އައިޝެޑޯ ޖައްސައިލައިފައެވެ.

 

“އޯ މައި އައިސް” އެގެއަށް ވަދެގެން އައި ޖަނާން އެ ދެމީނުން ފެނުމާއި އެކު ބުނެލިއެވެ. ޖަނާން ކައިރީގައި ހުރި އަޝްމީ ހުރީ އަނގައިން ހިނި ނުކެނޑިފައެވެ. ނަމަވެސް ހިނުގަނޑު ހިފައްޓައިލައިގެން ހުއްޓެވެ. މާ ގިނަ އިރަކު ނުހުރެވުނެ އަޝްމީގެ ހިނިގަނޑު އަޑު ނެތް ކޮޅަށް ފަޅައިގެން ދިޔައެވެ. އެއާއި އެކު ޖަނާން ގެ ހިނިގަނޑު ވެސް ފަޅައިގެން ދިޔައެވެ. “މިހާރު ކިހިނެތް ވީ ކުއްލިއަކަށް ގޭ ދޮށުގަ އެހާ އަޑުނާރުވީ” ކޮޓަރީ ގައި ހުރި ރަލާ އާއި ރިޝީ ނިކުމެފައި ބުނެލިއެވެ. ރިޝްވާން މެން ފެނުމާއި އެކު ނުހޭން ހުރެފައި ވެސް ކޮންޓްރޯލް ނުވެގެން ހޭން ފެށިއެވެ. “ޔޫ ޑިޑް ދިސް… މަގޭ އެ ފިރިހެން ވަންތަކަން އަންހެނަކަށް ހަދައިލީ” ރިޒްލާން މިހެން ބުނެފައި ރޯ ކަމަށް ހެދިލިއެވެ. “އޯ މައި ބޭބީ އިޒް ކްރައިއިން އާދޭ އަވަހަށް އަޝް ކައިރިއަށް ހަގެއް ދޭން” އަޝްމީ ރިޒްލާން ގައިގައި ބައްދާލަމުން ބުނެލިއެވެ.

 

***********************

ސާޔަން ކޮޓަރިއަށް ވަދެ އެނދުމަތީ ގައި އޮށޯއްވެލަމުން ފޯނު ނަގާ ހުޅުވައިލިއިތު މެސެންޖާ އިން މެސެޖެއް އައިސް ފައި އޮތުމުން ހޯމް ސްކްރީން އަށް ގޮސް ބަލައިލިއެވެ. އެއީ ސާޔަން އެކޮޅުގައި އުޅުނުއިރު ހަދާފައި ހޮތް ގްރޫޕް އަށް އައި މެސެޖަކަށް ވުމުން ފޫހި ކަމާއި އެކު އެ ގްރޫޕް އަށް ފިއްތައިލިއެވެ. އެއީ ރިޝީ ލާފައި އޮތް ފޮޓޯ ޕޯސްޓް އަކަށް ވުމުން ރީއް ޗަށް ބަލައިލިއެވެ. އަދި ތިރޫ ގައި އޮތް މެސެޖް ކިޔައިލިއެވެ.

 

‘?? މިއީ ލ.މާބައިދޫގައި އުޅޭ ހޮޓް އަންހެނުން ތަކުގެ ތެރެއިން ދެ މީހުން މިމީހުން ނާއި އެކު މީހަކު ސެޓު ވާނެތަ؟ ކާކުބާ ސެޓުވާނީ؟??? މަގޭ ބޯ ހަލާކު މި ދެ އަންހެނުން އަށް އެބަ ޖެހޭ ކޮންމެ ހެނެއް ހަދާފަވެސް ދެ ފިރިހެނުން ހޯދަން ?????‘

 

‘ލޮލް??? ސާބަހޭ ތި ދެ އަންހެނުން އަށް ރަނގަޅު ފިރިހެންކު ހޯދޭނެބާ?? އައިލް އޯލްސޯ ޓްރައި ތި ކޮޅު މީހުންއަށް ގުޑް ލަކް’ ސާޔަން މިހެން ބުނެ މެސެޖް ފޮނުވައިލިއެވެ. އެއަށް ފަހު ރިޝީ އަށް ގުޅައި ލިއެވެ.

 

“ހާއި…. ސާޔަން އައި މިސް ޔޫ” ރިޝީ ފޯނު ނެގުމާއި އެކު ބުނެލިއެވެ. “އައި މިސް ޔޫ ޓޫ ރިޝް… ރިޝް އެއީ ކޮން ދެ އަންހެނުން ނެއް ދޯ؟ ވަރަށް ހީ ވޭ އަހަރެންގެ ސުކޫލުގަ އުޅޭ އެކުވެރިޔާ އޭނައާ ސެޓުވާނެހެން މަޑު ކޮށްލައްޗެ…… އަޒްހަމް އާދެބަލަ” ސާޔަން ގޮވައި ލިމައި އެކު އަޒްހަމް ކުދިކިޔަމުން ސާޔަންގެ ކޮޓަރިއަށް ދިޔައެވެ.

 

 “އޯއި ކީކޭ؟” އަޒްހަމް މިހެން ބުނުމުން ސާޔަން އަޒްހަމް އަށް ރިޝްވާން އާއި ރިޒްލާން މޭކަޕް ކޮށްފައި އޮތް ފޮޓޯ ދައްކައިލިއެވެ. “ތީ ކޯއްޗެއް ހާދަ ހަޑިއޭ މީގެން ދުވަހަކުވެސް މީހަކު އެ ދެ އަންހެނުން އަކާ ރައްޓެސް އެއް ނުވާނެ” އަޒްހަމް ވައްތަރު ޖައްސަމުން ބުނެލިއެވެ. ދެން އިވުނީ ސާޔަންގެ ފޯނުން ބައެއް ހޭން ފެށި އަޑެވެ. އެއާއި އެކު ސާޔަން ވެސް ހޭން ފެށިއެވެ. “އައުޗް…. މަމީ އަންހެނެއް ނޫނޭ މަގޭ ކޮއްކޮ މަށަށް ހަދާލިވަރު އެއީ…. ރިޝް އާދޭ މިތަނަށް މިހާރި” ރިޝްވާން ފޯނު މޭޒުމަތީގައި ބާއްވާފައި ބުނެލިއެވެ. “އޭ ސާޔަން ކައެ ގެ ޖީއެފް ގެ ބޭބެ ދޯ” އަޒްހަމް ދޯ ދެމުން ބުނެލިއެވެ. “އާން އޭނަގެ ދޮންބެ އާ ތިއްތި އާ ދެމީހުން މިތާންގަ މިހުރީ މޭކަޕް ކޮށްފަ” ސާޔަން ހެމުން ހެމުން ބުނެލިއެވެ. “ދޮންބޭ ތި ފޯނުދީބަލަ އައި ވޯންޓު ޓޯކް ޓު މައި ބީއެފް” ރިޝީ މިހެން ބުނުމުން ރިޝްވާން މޫނުހަދައިލައިފައި ރިޝީ އަތަށް ފޯނުދިނެވެ.

 

“ރިޝް މިހާރު ރަނގަޅުތަ؟” ސާޔަން ރިޝީ ގެ ހާލުއަހައިލިއެވެ. “އާން ސާޔަން އިންގޭތަ އެއްކަލަ ލަމްހާން މިރޭގަ ވެސް އަހަންނާ ދިމާކޮށްލި އަހަރެން ކުރިކަމަކީ އޭނަގެ ކަންކަށި ދުއްވައިލީ” ރިޝީ މިހެން ބުނުމުން ސާޔަން ހިނިގަނޑެއް ޖަހައިލިއެވެ. “ވާވު އަހަރެންގެ ރިޝް ވަރަށް ބޮޑު ވެއްޖޭ ދޯ  ހީވަނީ ދެންމެ ދެންމެ އަހަރެން ފަހަތުގަ ބަހައްޓާފައި ދިޔަހެން” ސާޔަން މިހެން ބުނުމުން ރިޝީ ހިނިތުން ވެލިއެވެ. “ސާޔަން ކޮން އިރަކުގަތަ މިކޮޅަށް އަންނަނީ އައި ރިއަލީ ވާންޓު ސީ ޔޫ” ރިޝީ މިހެން ބުނުމުން ސާޔަންގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ. “ތިން އަހަރު ފަހުން އަހަރެން ތިކޮޅަށް ދާނީ” މިހެން ވެސް ބުނަން ޖެހިލުންވެފައި ހުރެ ސާޔަން ބުނެލިއެވެ. “ސީޔޫ އާފްޓާރ ތްރީ އިޔާޒް” މިހެން ބުނެ ރިޝީ ފޯނު ކަނޑާލިއެވެ.

 

(3 އަހަރު ފަސް)

 

ރަށުގެ ޖެޓީ މަތީގައި މަޑުކޮށްލި ލޯންޗް އިން ފައިބައިގެން ސާޔަން ނަޒަރު ހިންގައިލީ ރަށުގެ ތެރެއަށްށެވެ. ރަށް އަދިވެސް ހުރީ މީހެ ތިން އަހަރު ކުރިން ހިރި ގޮތަށްށެވެ. ދެން ބަލައިލީ ރަށުގެ ތުނޑިއާއި ދިމާލަށްށެވެ. އެއްލި ކަޅިއަކުން ފެނުނީ އެތާ ކައިރީ އުނދޯއްޔެއްގައި އޮށޯއްވެގެން އޮތް ޖަނާންއެވެ. ސާޔަން އެ ދިޔަ ގޮތަށް ގޮސް ޖަނާން ކައިރީގައި ހުއްޓިލިއެވެ.

 

“ތީ ކާކު؟ މަ ދަންނަ މީހެއްތަ؟” ޖަނާން ލާނެތް ގޮތަކަށް ބުނެލިއެވެ. އެހެންނު ވާނީ މީގެ ތިން އަހަރިކުރިން އޮތް ކަޅު އިސްތަށިގަނޑު މިގާރި ވަނީ ރަން ރީންދޫ ކުލަ ޖައްސާފައެވެ. “މަ ހަނދާނެއް ނުވޭ ދޯ” ސާޔަން މިހެން ބުނުމުން ޖަނާން ރީއްޗައް އެދިމާލަށް ބަލައިލިއެވެ.

 

 

 

 “ސާޔަން ނޭންގޭނެއްނު ބަލާބަލަ މީނަ ނުވެސް ބުނެ އައި ވަރު” ޖަނާން އެ އުނދޯލިން ތެދުވަމުން ބުނެލިއެވެ. “ބައްޕީ މީ ކާކުތަ؟” ޖަނާން ކައިރިއަށް ގޮސް ހުއްޓުނު ކުޑަކުއްޖެއް ބުނެލިއެވެ. “މީ ބައްޕި ގެ ފްރެންޑް އެއް…. ރައި ވެސް ވަރަށް ބާތްވަރު ފްރެންޑްސް ހުރޭއްނު ދޯ އެގޮތަށް މީ ބައްޕިގެ ފްރެންޑްއެއް” ޖަނާން އެ ކުޑަ ކުއްޖާ އުރާލަމުން ބުނެލިއެވެ. “ޖަނާން މީ ކައެ ގެ ދަރިތަ؟” ސާޔަން އަހައިލިއެވެ. “އާން މީ މަށާ ރަލް އާ ދެމީހުންގެ އެންމެ ބޮޑު ދެން އޮތް މީހާއަށް އަދި އަހަރެއް ނުވޭ” ޖަނާން ގެއަށް ދާން ހިންގައި ގަނެފައި ބުނެލިއެވެ. ސާޔަން ވެސް ފަހަތުން ގޮސް ޖަނާން އާއި އެއްވަރު ކޮށްލިއެވެ.

 

ގެ ކައިރިއަށް ދިޔައިރު އެތާން ގައި ހުރި ސޫރަ ފެނި ސާތަން ގެ ދެލޯ ބޮޑުވިއެވެ. އެތާންގައި ހުރީ ރިޝީ ނޫން ދެވަނަ މީހެއް ނޫނެވެ. ރިޝީ ގެ އެރީތި ހިނިތުން ވުން ފެނިފައި ސާޔަން އަށް ހީލެވުނެވެ. “ކުޑައްތާ ރައިވެސް ލައިގެން އަތުލާ ކުޅެބަލަ”  ރައިޝާ ޖަނާން ގެ އަތުން ފުންމާލާފައި ގޮސް ރިޝީ ގާތު ގަ މަޑުކޮށްލާފައި ބުނެލިއެވެ. “އެއީ ހުސް ޖަނާން އާ ރަލާ އާ ދެމީހުންގެ ކުދިން؟” ސާޔަން މިހެން ބުނުމުން ޖަނާން ހިނިގަނޑެއް ޖަހައިލިއެވެ. “ނޫން ރިޝީގެ ކައިރީގަ އެހުރީ އެއްނު އަންހެން ކުއްޖެއް އެއީ އަޝް އާ ރިޒްލާން ގެ ދަރި އަޒްހާ ދެން އެހުރީއެއްނު ފިރިހެން ކުއްޖެއް އެއީ ރިޝްވާން އާ މައިރާގެ ރަހުލާން ދެން އޭނީވެސް ރިޝްވާން ގެ ދަރިއެއް ރައިލީ ދެން އެހުރީ މަގޭ ދަރި ރައިޝާ ދެން ރަލް އުރާގެން އެހުރީ މަގޭ އެންމެ ކުޑަ ރައުހާން” ޖަނާން މިހެން ބުނުމުން ސާޔަން އޯ އެއް ލައްވައިލިއެވެ.

 

“އޭ ބަލާބަލަ އެހެރަ އުޅޭ ވަގެއް އަންގާވެސް ނުލާ އެ އައީ” ރިޒްލާން އަށް ސާޔަން ފެނުމާއި އެކު ބުނެލިއެވެ. “މަށާ ދިމާލަށް ބަލަ ތިމީހުން މަ ކައިރީގަ ނުބުނެ މީހުންނާ އިންދެގެން ދަރިން ފަތި ހޯދީ” ސާޔަން އެއާއި ވިއްދާ އެއްޗެކޭ ބުނެލިއެވެ. “އޭ އަހަރުން ގުޅީމޭ އެކަމު އަންނަނީ ފޯނު ސްވިޗް އޮފް ވެފަ އޮތް ވާހަކަ” އަޝްމީ ބުނެލިއެވެ. “އޭ ސޮރީ މަ އެއިރު އުޅުނީ ބޭރުގަ ބައްޕަ ބަލިވެގެން ގޮސް މިހާރު ޝާ ބައްޕަ ކައިރީ ބަހައްޓާފަ މަ މިއައީ” ސާޔަން މިހެން ބުނެފައި ޖަނާން މެން ގެއަށް ވަދެލިއެވެ. ގޮސް ދަބަސް ބެހެއްޓުމަށް ފަހު ބޭރަށް ނިކުމެލިއެވެ.

 

“އިންގޭތަ މަށަށްއެއީ ކާކުކަންވެސް ނޭންގުނު އޭނަގެ އެ ރަން ރީންދޫ އިސްތަށި ގަނޑާހެދި މަށަށް މާ ފަހުން މި އެގުނީ އެއީ ސާޔަން ކަން އޭނަގެ މޫނަށް ބަލައިލީމަ” ޖަނާން މިހެން ބުނުމުން ރިޝި ހިނިގަނޑެއް ޖަހައިލިއެވެ. “ސާބަސް ތީ ވާވަރު” ރިޝީ މިހެން ބުނެފައި ނަޒަރު ހިންގައިލީ ސާޔަން އާއި ދިމަލަށް ށެވެ. އެއިރު ސާޔަން ވެސް ހުރީ ރިޝީ އާއި ދިމާލަށް ބަލަންށެވެ.

 

އިރު އޮއްސި 6:00 ޖަހައިފިއެވެ. އެންމެން އުޅުނީ ބަބަކިޔު ޖައްސަން ވެގެން ތަން ތައްޔާރު ކޮށްށެވެ. ސާޔަން އާއި ރިޝީ ދިޔައީ ރިޝްވާން މެން އާދޭސް ކުރަ ވަރުން ފިހާރައަށްށެވެ. އެ ދިޔަ މަގުމަތީގައި ދެމީހުން ގެ ދޭތެރޭ ގައި އޮތީ ފަޅު ކަމެވެ. ފިހާރައަށް ވަތް އިރު އެތާން ގެ ކައުންޓަރުގައި ހުރި މީހާ ފެނި ރިޝީ ގެ ދެލޯ ބޮޑު ވިއެވެ.

 

(15 ވަނަ ބައި)

 

 “ލަމްހާން މިތާންގަ ކީއް ތިކުރަނީ؟” ރިޝީ ސުވާލު ކޮށްލިއެވެ. “މީ އަހަންނަށް ލިބެން އޮތް ހަމައެކަނި މަސައްކަތަކީ…. ރިޝް އަޅެ ޕްލީޒް އަހަރެން އަށް ޖަވާބެއް ދީބަލަ އައި ރިއަލީ ލަވް ޔޫ އެ ސާޔަން އެއް ދެނެއް ނާންނާނެ އޭނަ އެދިޔައީ ރިޝް ދެން އަހަންނާއެކު ހިންގާބަލަ ދިރިއުޅުމެއް ފަށަން ޕްލީޒް” ލަމްހާން އާދޭހުގެ ގޮތުގައި ބުނެލިއެވެ. “ލަމްހާން ރިޝް ކިތަށް ފަހަރު ކަލޭ ރިޖެކްޓު ކޮށްފި ނޫނެކޭ ބުނީމަ ގަބޫލުކުރާނީ އިންގެ ރިޝް އަކީ އަހަރެންގެ މިލްކެއް އޭނަ އަހަރެން ދެކެ ލޯބިވަނީ އަދި އަހަރެންވެސް އޭނަދެކެ ލޯބިވޭ އެއީވެސް އިމްތިހާ އަށް އަދި އެއީ އަހަރެން ރިޝް އަށް ކުރި ވައުދެއް އެ ވައުދު އަހަރެން ފުއްދާނަން” މިހެން ބުނެ ސާޔަން ދެޔައީ ބާބަކިޔު އަށް ބޭނުން ވާނެ ތަކެތި ގަންނަން ށެވެ. ގަނުމަށް ފަހު ލާރިދައްކާފައި ރިޝީ ގޮވައިގެން އެ ފިހާރައިން ނިކުތެވެ.

 

“ސާޔަން؟ އެއީ ތެދެއްތަ ސާޔަން އަހަރެން ދެކެ ހަމަ އެހާ ވަރަށް ލޯބިވޭ؟” ރިޝީ ސަޔަންގެ އަތުން މިނިވަން ވުމަށް ފަހު ބުނެލިއެވެ. ” އާން އަހަރެން އެހެން ބުނީ މަޖަލަކަށްށެއް ނޫން އައި ރިއަލީ ލަވް ޔޫ ރިޝް އަހަރެން….” “ދެން ކީއްވެ އަހަރެން ގުޅީމަ ފޯނުނުނެގީ އަހަރެން ވަރަށް ގުޅިން ސަޔަން ކޮބާތޯ ބަލަން އެކަމު ސާޔަންގެ ފޯނު ސްވިޗް އޮފް ވެފަ އޮންނަ ވާހަކަ އަރަނީ އައި ތޯޓް އިޓް ވޯޒް އޯވާ” ރިޝީ ސާޔަން ބުނަން އުޅުނު އެއްޗެއް ނުބުނެވުނީސް ބުނެލިއެވެ. “އަހަރެން އަހަރެންގެ ބައްޕަ ބަލިވެގެން އެމެރިކާ އަށް ދިޔައީ ތިން އަހަރު ފަހުން ރާއްޖެ އަންނަން ޖެހުމުން އަހަންނަށް ވެސް ޖެހިލުންވި” ސާޔަން މިހެން ބުނުމުން ރިޝީ ސާޔަން ގައިގައި ބައްދައިލިއެވެ. “އައި ލަވް ޔޫ ޓޫ ސާޔަން” ރިޝީ މިހެން ބުނުމުން ސާޔަން ވެސް ރިޝީ ގައިގަ ވެސް ބައްދައިލިއެވެ. މިހެން ގިން އިރު ނުހުރެ ދެމީހުން ހިންގައިގަތީ ގެއަށް ދާންށެވެ.

 

 ގެއަށް ގޮސް ވަތްތަނާހެން ވިހަ ގަދަ ނަޒަރަކުން ރިޝީ އާއި ދިމާލަށްބަލަން ހުރި ރިޒްލާން ފެނި ރިޝީ ސިއްސައިގެން ދިޔައެވެ. “ވާވަރަށް މާ ފޮޅުވާފަދޯ ތި ދެމީހުން ތިއައީ؟” ރިޒްލާން ލާނެތް ގޮތަކަށް ބުނެލިއެވެ. “ޕިސް ޕިސް ބައްޕަ އަށް ސާބަސް ކުޑައްތަ އަށް އުންދަގޫ ނުކޮށްބަލަ އެއީ ކުޑައްތަގެ ލައިފް އެއްނު ކުޑައްތަ މަޖާ ކޮށްލަން ދީބަލަ ބައްޕަ އާ މަންމި އާދެކުދިންވެސް މަޖާކުރަނީ ވިއްޔާ” އަޒްހާ އަނގާގަ ޖެހުނުހާ އެއްޗެއް ބުނެލިއެވެ. އަޒްހާ މިހުރިހާ އެއްޗެއް ކިޔާ ނިމުނު ތަނާހެން ރިޝީ އާއި ސާޔަންގެ ހިނިގަނޑު ފަޅައި ގެން ދިޔައެވެ. އަދި އެއާއި އެކު ބަދިގެތެރޭގައި ހުރި އަޝްމީ އާއި ރަލާ އަދި މައިރާގެ ވެސް ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ތިން އަހަރުގެ ކުޑަކުއްޖެއް އެކަމުވެސް އަނގަ ލާނެތަނެއް ނޭންގޭ އަޒްހާ ޔޫ އާރ ދަ ބެސްޓް” ރިޝީ ހިނިތުން ވެލާފައި ބުނެލިއެވެ. “އާދޭ ކާން” ބާބަކިޔު ފަދާ ނިމުމުން ރަލާ ކާން ބުނެލިއެވެ.

 

ކައި ނިމުމުން ރިޝީ އާއި ސާޔަން ދިޔައީ ސައިކަލު ބުރެއް ޖަހައިލުމަށްށެވެ. ސައިކަލު ބުރުޖަހަމުން ގޮސް ސައިކަލު މަޑުކޮށްލީ ރަށުގެ އިންނަ އެންމެ ރީތި ބީޗްކައިރީގައެވެ. “އެވޭލާ ބީޗް؟ އައި ޑްރީމްޑް އޮފް ކަމިންގް ހިއަރ” ރިޝީ އުފަލުން ބުނެލިއެވެ. “ޑްރީމް ކޮމްޕްލީޓެޑް…. ރިޝް ވިލްޔޫ މެރީ މީ؟” ސާޔަން އެއްފައި މައްޗައް ތިރި ވެލާފައި ބުނެލިއެވެ. ސާޔަން މިހެން ބުނުމުން ރިޝީ ފަހަތަށް އެނބުރިލިއެވެ. އެއިރު ސާޔަން ހުރީ އެއްފައި މައްޗަށް ތިރި ވެގެންއެވެ. “ޔެސް އައި ވިލް އަހަރެން ސާޔަން އާ ކައިވެނި ކުރާނަން” ރިޝީ މިހެން ބުނެފައި ސާޔަން ގައިގައި ބައްދައިލިއެވެ. އަދި އެއަށް ފަހު ރިޝީ ސަޔަން ގެ ތުންފަތަށް ބޮސް ދިނެވެ. މިހެން ދެމީހުން މާ ގިނައިރު ނުތިބެ ގެއަށް ދާން ހިންގައިގަތީ އެތަނަށް ބަޔަކު އައި ކަން އެގުމުން އެވެ.

 

(2 އަހަރު ފަސް)

 

ސާޔަން އާއި ރިޝީ ކައިވެންޏަށް ފަހު ދިރި އުޅެމުން ދިޔައީ މާލޭގައެވެ. “މަމީ ޑެޑީ ހިންގާ ދަމާ އެހެންނޫނީ މަމީ ގެ ރަށަށް ނުދެވިދާނެ” ސާޔަން އަދި ރިޝީ ގެ ދަރި ރަމްލާ އައިސް ބުނެލިއެވެ. “ޑެޑީގެ ޕްރިންސެސް މަޑުކޮށްބަލަ އިހަށް ދޭބަލަ މަމީ ކައިރިއަށް ތިއްތިވާން” ސާޔަން ރަމްލާ އުރާލާފައި ބުނެލިއެވެ. “ކޮބާ ރަމްލާން؟ ސާޔަން ރަމްލާން ދެކުނީންތަ؟” ރިޝީ އަށް އޭނާގެ ފިރިހެން ދަރިފުޅު ރަމްލާން ފެންނަން ނެތުމުން ބުނެވުނެވެ. “ޕޮއް މަންމި ސިއްސުވައިލީ” ރަމްލާން ރިޝީ ފަހަތުގަ ހުރެފައި ބުނެލިއެވެ.

 

ރިޝީގެ ހަނދާން ތަކަށް އަންނަމުން ދިޔައީ އޭނާގެ މައިން ބަފައިން ނާއި އެކު އޭނާ ހޭދަކުރި ދުވަސްތަކެވެ. އޭނާ ތުއްތު އިރުގަ އުޅެމުން ދިޔަ ގޮރެވެ. “މީ އަނެއްކާ ހުވަފެނެއްބާ؟” ރިޝީ އަމިއްލަ ނަފްސަށް ސުވާލުކޮށްލިއެވެ. “ނޫން މީ ހުވަފެނެއްނޫން މީ ހަގީގަތެއް މީ އަހަރުމެންގެ މުސްތަގްބަލް” ރިޝީގެ ސުވާލަށް ޖަވާބެއް ނުލިބިފައި ހުއްޓާ ސާޔަން ރިޝީ ގެ އަތުގައި ހިފާލިއެވެ. އަދި އެއަށްފަހު ރަމްލާ އަދި ރަމްލާން ގާތަށް އެކުދިން ކުޅެން އުޅޭ ކުޅިވަރެއް ކުޅެން ދިޔައެވެ.

 

(ނިމުނީ)

 

Thank u dear readers for supporting me. My next story (ވިންދު) will be up soon. I hope u guys like it. See u then

*Horror queen*

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

އަބަދުވެސް ހިތުގައި (13)

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (37)

Next
March 12, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (37)

Previews
March 12, 2022

އަބަދުވެސް ހިތުގައި (13)



All Right Reserved!