ތި ލޯބި-10
ފާހަނައިން ނުކުމެ އަހަރެން ނަމާދަށް އަރަން އަވަސްވެގަތީމެވެ. ނަމާދުކޮށް ނިންމާފައި އަހަރެން އިށީންދެލީ ޤުރްޢާނުގެ މިންވަރެއް ކިޔަވާލުމަށްޓަކައެވެ. އެހެން އިންދާ އަހަރެންގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. އަހަރެން ފޯނަށް ޖަވާބު ދިނީމެވެ. “ހަލޯ…” އަހަރެން ބުނެލީމެވެ. ފޯނުން ވާހަކަ ދެއްކި މީހަ ބުނި ވާހަކައިން އަހަރެންގެ ބަސް ހުއްޓިގެން ދިޔައެވެ. އަހަރެންގެ ހުވަފެންތައް ފުރިހަމަ ވުމުގެ މަގު ފަހިވެގެން ދަނީއެވެ. “އަލްޙަމްދުﷲ!” ހިތާ ހިތުން އަހަރެންނަށް ބުނެލެވުނެވެ. “އާދެ. ޝައިމާގެ ކިޔެވުން މިމަހު 14ގައި ފެށޭނެ. މިކޮޅުން ފުރުމުގެ ހަރަދު ކުރާނެ. އެހެންވެ އަޅުގަނޑުމެން މާދަން ފުރާ ވަގުތެއް އަންގާލަ ދޭނަން” ފޯނުން ވާހަކަ ދެއްކި އެޒުވާނާ ބުނެލިއެވެ. އަހަރެން ޝުކުރިއްޔާ އޭ ބުނެލުމަށްފަހު ފޯނު ބޭއްވުމަށްފަހު އަހަރެން އަވަހަށް ދިޔައީ މަންމަގެ ގާތަށެވެ. އެޚަބަރު ދިނުމަށްޓަކައެވެ. މަންމަ ގާތު އަހަރެން އެ ވާހަކަ ބުނެލުމުން މަންމަ އުފަލުން ފޮޅުނު ފަދައެވެ. މައީ އަށް އެ ޚަބަރު ލިބުމުން މައީއަށް އުފަލުން ރޮވުނެވެ. އަހަރެންނަށްވެސް މެއެވެ.
އެންމެން އެއްކޮށް ސިޓިންގ ރޫމްގައި ތިބީ އުފަލުން ފުރިފައިވާ ހިތަކާއި އެކުއެވެ. އެހެން ތިބެގެން ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. މަންމަ އާއި ބައްޕަ އަހަރެންނަށް ވަރަށް ނަސޭހަތް ދިނެވެ. އަހަރެން އެ ނަސޭހަތްތަށް ގަބޫލުކުރީ އުފަލާއި އެކުގައެވެ. އެހެން އިންދާ ޢިޝާ ނަމާދަށް ގޮވައިފިއެވެ. އެންމެން ނަމާދަށް ދިޔައީ އުފަލުން ހުރެއެވެ. އަހަރެން ވެސް އަވަހަށް ގޮސް ނަމާދު ކޮށްގެން ކެތްމަދުވެފައި ހުރެވުނީ އަނީމްގެ އިންތިޒާރުގައެވެ. 8 ޖަހާއިރު އަނީމް އަންނާނެއެވެ. ދެން 8 ޖަހަާކަށް މާއްކަ އިރެއްވެސް ނެތެވެ. ވަގުތު ދިޔައީ ނުހަނު އަވަހަށެވެ. އެންމެން ކާން ދަމުން އަހަރެންނަށް ކާން ދިއުމަށް ބުނި ނަމަވެސް އަހަރެން ކާހިތް ނެތުމުން ނުކާނަމޭ ބުނެ ބޭރު ޖޯލި ކައިރީގައި އަނީމްގެ އިންތިޒާރުގައި ހުރީމެވެ. އެހެން ހުއްޓާ އަނީމް އަހިސް އަހަރެން ސިއްސުވާލިއެވެ. “އައްދޭ… މިރޭ ހާދަ އުފާވެފަ ތިހިރީ އަނެއްކާ ކިހިނެއްވީ؟” އަނީމަށް އަހަރެންގެ އުފާވެރި މޫނުގައިވާ ހިނިތުންވުން ފެނިފައި ސުވާލުކޮށްލިއެވެ. އަހަރެން އުފަލާއިއެކު އަނީމް ފުރާ ދުވަހާ ޖެހިގެން އޮތް ދުވަހު ޑަކުޓަރު ކިޔެވުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ފުރުސަތު ލިބުނު ވާހަކަ ބުނީމެވެ. އަނީމްވެސް ވަރަށް އުފާވިއެވެ. އަދި އަހަރެންގެ ގައިގާ ބައްދާލިއެވެ. “ޝައީ އެންމެ ކިޔަވާ ހިތްވަނީ ޑޮކް ތަ؟” އަނީމް އަހާލިއެވެ. “އާނނނ އެންމެ ކުޑައިރުން ފެށިގެން ވެސް ޝައީ ކުރިއަށް ދާން އެންމެ ބޭނުންވި ދާއިރާ އަކީ މިއީ… މިދިޔަ އަހަރު ރާއްޖެއިން ކިޔެވެން އޮތް އެންމެ މައިން ކިޔަވައިގެން ރަށަށް އައީ… އަހިއްސަ ކިޔަވަންދާން އެކޮޅަށް އެދުނީ.. މިރޭ އަދި ޖަވާބެއް މި ލިބުނީ!” އަހަރެން ވަރަށް އުފަލާއި އެކު ކިޔައިދިނީމެވެ. އެކަހަލަ ވާހަކަތައް ދައްކަން ހުރުމަށްފަހު ނިދަން ދިއުމަށް ވަކިވެލީމެވެ.
ޖެހިގެންއައި ދެދުވަސް ދިޔައީ ނުހަނު އަވަހަށެވެ. މިއަދު ހަވީރު 5 ޖަހާއިރު އަނީމް ފުރާނެއެވެ. އަހަރެން ހުރީ ވަރަށް ދެރަވެފަ ނަމަވެސް ކިޔަވަން ދެވޭތީ އުފަލުންނެވެ. “ޝައީ… ބަލައިގެން އުޅެއްޗޭ… ރަނގަޅަށް ކިޔަވައްޗޭ.. ކިޔެވުމަށް ބޮޑަށް ސަމާލުކަން ދެއްޗޭ… ހަބަރު ވެވޭ ވަރަކުން އަބަދުވެސް ހަބަރު ވައްޗޭ… އަބަދުވެސް އެދެނީ ޝައީއަށް ބާއްޖަވެރި ހަޔާތަކަށް… އެކޮޅަށް ދެވުނީމަ ހަބަރެއްވާނަން އިނގޭ!” އަނީމްގެ ހިތުގައި ފޮރުވިފައިވާ ބަސްތަކެއް ފަދައިން އަނީމް ބަސްތައް އަމުނާލިއެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. “ހްހްމމމމ… އަބަދުވެސް އަނީމަށް ހަބަރު ވާނަން… އަނީމް ވެސް ބަލައިގެން އުޅެއްޗޭ… ލަވް ޔޫ.. ވިލް މިސް ޔޫ!” އަހަރެން ބުނެލީމެވެ. “މީ ޓޫ” ދެރަވެފައި ހުރި އަނީމްގެ އެ އަސަރުގަދަ އަޑުން ބުނެލުމަށްފަހު ފުރަން ލާންޗަށް އަރަން ދިއުމުން އަތުން އަހަރެން ހަނާއަޅާލީމެވެ. އަނީމްގެ މިސްރާބަށް އަނީމް ފުރައިގެން އެދަނީއެވެ. މާދަމާ ފަތިހު 05:45 ގައި އަހަރެންގެ މަންޒިލަށް ދިއުމަށް ދަތުރު ފަށަން ޖެހެއެވެ. އިރުއޮއްސެން ގާތް ވެފައިވާތީ އަހަރެން މިސްރާބުޖެހީ ގެއަށް ދިއުމަށެވެ.
ގޭ ޖޯލިފަތީގައި އަހަރެން އިށީނދެލައިގެން އިނީ އަނީމްގެ ފޯނަކަށެވެ. މާގިނަ އިރުތަކެއް ނުވެ މޫސުން ބަދަލުވާން ފެށިއެވެ. އަހަރެންގެ ހިތް ނުތަނަވާސް ވެގެން ދިޔައީ އަނީމްގެ ޚަބަރެއް އަދިވެސް ނުވާތީއެވެ. އެހެން ހުއްޓާ މަޢްރިބް ނަމާދުގެ ބަންގީގެ އަޑުން މުޅި ހިސާބުގަނޑުގެ ހިމޭންކަން ނައްތާލިއެވެ. އެ ވަގުތުވީ އަހަރެންގެ ފޯނުވެސް ރިންގުވި ވަގުތަށެވެ. ހިތުގެ ވިންދު އަވަސް ވެގެން ދިޔައީ އިންތިހާ ދަރަޖައަށެވެ.
<ނުނިމޭ>
ނޯޓު: މިދިިޔަ ދުވަސްކޮޅު ވާހަކަ ނުލެވި ފަސް ވުމުުގެ ސަބަބުން ކިޔުންތެރީނގެ ކިބައިން އަޅުގަނޑު މަޢާފަށް އެދެން!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

