Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި-9

Amee_sher Level 110 Stories
March 8, 2022 2 Mins Read
0 Comments

ހިނގަމުން ހިނގަމުން ގޮސް ފޭބީ އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުން ފެށިގެން ދިޔަ އަތިރި މައްޗަށެވެ. އަދި އަނީމް އަހަރެންނަށް ވަރަށް ލޯބިން ގޮވާލިއެވެ. ގޮވާލުމަށްފަހު ވާހަކަ އެއް ބުނަން ބޭނުން ކަމަށް އަނީމް ބުންޏެވެ. އަހަރެން އަނީމް ގާތު ބުނާށޭ ބުނެލި ހިނދު އަނީމް ބުނެލި ވާހަކަ ވީ އަހަރެން އަޑު އަހަން ބޭނުންވި ވާހަކަ އަކަށް ނުވިއެވެ. އާއެކެވެ. އަނީމްމެންގެ ރަށް ރ.މީދޫއަށް ދާން ޖެހުނީއެވެ. އަނީމްގެ އެ ވާހަކަ އިވުމާއި އެކު އަހަރެންގެ މޫޑު އެއްކޮށް ބަދަލުވެގެން ދިޔައެވެ. އަދި ފެން ކަޅި ވެފައިވާ ލޮލަކާއި އެކު އަނީމްގެ ލޮލާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. ދެމީހުންގެ ހާލަކީވެސް ހަމަ އެއް ހާލެކެވެ. ވާނީވެސް އެހެންތާއެވެ. ލޯބީގެ ގުޅުމަކަށް ބަދަލުވީ ފަހުން ދެމީހުން ވަކިވާން މި ޖެހެނީ އަދި އަލަށެވެ. ކިތަންމެ ދެރަވިޔަސް އަނީމްގެ ވެސް އާއިލާ މީހުން ހުންނާނީ ރަށުގައެވެ. އެމީހުން ގާތަށް ދާން އަނީމަށް ޖެހޭނެއެވެ. ދެރަވީ ނަމަވެސް އަނީމަށް ޓަކައި އަހަރެން އެ އިހުސާސް އޮއްބާލީމެވެ. އަދި ހިނިތުންވެފައި ދަނީ ކޮން ދުހާކުން ތޯ އަހަރެން އަހާލީމެވެ. “މާދަން ނޫން އަނެއް ދުުހުން ދާނީ… ދާކަށް ބޭނުމެއްނޫން އެކަމް އަބަދު މިތާކުވެސް ނޫޅެވޭނެ ވިއްޔަ… ހުރެވޭނެ ނަމަ ހުންނާނަން…” އަނީމްގެ އެ އަސަރުގަދަ އަޑުން ބުނެލިއެވެ. “އޯހ އޯކޭ، ހިނގާ ދެން ގެއަށް ދާން ދޯ؟!” އަހަރެން ގެއަށް ދާން ބުނުމުން އަނީމްވެސް އާއެކޭ ބުނެ އަވަށުތެރެއަށް ދިއުމަށް ހިނގައި ގަތެވެ. އަހަރެން ވެސް އަނީމާ އެއްވަރަށް ހިނގާލައިފާ ދިޔައީމެވެ.

ގެއާ ހަމައަށް ފޯރުނު އިރު ދެ މީހުންގެ ދެމެދުގައިވީ ހަމަ ހިމޭން ކަމެވެ. އެ ހަމަ ހިމޭން ކަން އަހަރެންނަށް އުނދަގޫ ކުރަމުން ދިޔައެވެ. އަނީމަށް ވާހަކަ ދެއްކުމަށް މަޖުބޫރު ކުރުވަމުން ދިޔައެވެ. “އަނީމް.މިރޭން ފެށިގެން ގެއަށް ދިމާވާން އަންނަން ވީ އޭނުން…؟” އަހަރެން އަނީމަށް ސުވާލު ކުރުމުން އަނީމް ޖަވާބު ދިނީ ބޮލުންނެވެ. އަދި އެ ޗާލު ހިނިތުން ވުމާއި އެކުގައެެވެ. އަހަރެންގެ ހިތަ ކުޑަ ހިނދު ކޮޅަކަށް ނަމަވެސް އުފަލުން ފޮޅުނެވެ. އާއެކެވެ.އެ ހިނިތުންވުން ފެނިފައެވެ. މިރޭ ދިމާ ވުމުގެ އުންމީދުގައި ވަކިވެލީމެވެ.

އަހަރެން ގޭތެރެއަށް ވަދެވުން ވަގުތުވީ މައީ ކޮޓަރިން ނުކުތް ވަގުތަށެވެ. އަދި ހޭން ފަށާފަ “ކޮބާ ކޮން ވަޢުދު ތަކެއް ކޮށްފަ ތި އައީ؟” މިހެން ބުނެލިއެވެ. ހިނިތުން ވެލައިގެން ހުރި ނަމަވެސް ހިތް ވަނީ މިލާ މޯޅިވެފައެވެ. ނަމަވެސް އަހަރެން ޖަވާބު ދިނީ ވަރަށް އުފަލުން ހުރެގެން ކަމަށް ހެދިގެނެވެ. “ކުރާހާ ވަޢުދަކާ އަހުދެއް އެހެން މީހުން ގާތު ކިޔާކަށް ނުޖެހެއޭ. އެއީ ހަމަ އެކަނި އެ ދެމީހެއްގެ ދެމެދުގައި އޮންނަންޖެހޭ ކަމެކޭ!” އަހަރެން ބުނެލީމެވެ. އެހެން ބުނުމަށްފަހު އަހަރެން ގޮސް ކޮޓަރިއަށް ވަންނަން ދިޔައީމެވެ. ނަމަވެސް އޭގެ ކުރިން މަންމަ އަހަރެންނަށް ކޮވާލިއެވެ. މަންމަ އަހަރެންނަށް ގޮވީ ކީއްވެތޯ ބަލައިލަން ދިޔަ ހިނދު މަންމަ ވެސް އިނީ މައީ އެކޭ އެއްފަދައިން އަހަރެންނަށް ދިމާކުރުމުގެ ނިޔަތުގައި ކަން ވަރަށް ރަނގަޅަށް ވެސް އަހަރެންނަށް އެނގުނެވެ. “ޝައީ… މިއަދު ހަވީރު އެސޮރާ އެއްކޮށް ގޮއްސަ ކޮން ކަމެކޯކުރީ؟” މަންމަ ހެމުން އަހާލިއެވެ. ނަމަވެސް މާޔޫސްވެފައިވާ ހިތަކާއި އެކު އަހަރެން ބުނެލީމެވެ.” މަންމާ އަނީމް ރަށަށް ދާން މާދަން ނޫން އަނެއް ދުހުން ފުރަނީ” އެ ހިސާބަށް ބުނެވުނު ހިނދު އަހަރެންގެ އެއްވެސް އިޙްތިޔާރަކާނުލައި ނީރާލި ފެންތިކި ކޯތާފަށް މައްޗަށް ދޫވެގެން ދިޔައެވެ. ކޯތާފަތް މަތީ ކަރުނަ ތިކިތަށް ވެރިކަން ކުރަމުން ގެންދިޔައެވެ. މަންމަގެ މޫނުގެ ކުލަވަރުވެސް ބަދަލުވެގެން ދިޔައެވެ. މައި ލަގޮނޑިއަށް ކެތް ނުވީކަން ހަމަ ގައިމެވެ. ދެން އެއްވެސް އެއްޗެއް ނުބުނެ މަންމަ ގާތު އެހެން އިންދާ ބަންގީގެ އަޑުން މުޅި ތަނުގެ ހަމަ ހިމޭންކަން ނައްތާލިއެވެ. އަދި މަންމަ ގާތު މިރޭން ފެށިގެން އަނީމް އަހަރެންނަށް ބައްދަލު ކުރަން އަންނާނެ ވާހަކަ ބުނެ ނަމާދަށް އަރަން ދިއުމަށް އަހަރެން ކޮޓަރި ފާހަނަ އަށް ވަދެ ތައްޔާރު ވެލީމެވެ.

ފާހަނައިން ނުކުމެ އަހަރެން ނަމާދަށް އަރަން އަވަސްވެގަތީމެވެ. ނަމާދުކޮށް ނިންމާފައި އަހަރެން އިށީންދެލީ ޤުރްޢާނުގެ މިންވަރެއް ކިޔަވާލުމަށްޓަކައެވެ. އެހެން އިންދާ އަހަރެންގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. އަހަރެން ފޯނަށް ޖަވާބު ދިނީމެވެ. “ހަލޯ…” އަހަރެން ބުނެލީމެވެ. ފޯނުން ވާހަކަ ދެއްކި މީހަ ބުނި ވާހަކައިން އަހަރެންގެ ބަސް ހުއްޓިގެން ދިޔައެވެ.

 

<ނުނިމޭ>

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amee_sher

Level 110 Stories

Other Articles

Previous

އަބަދަށް އެކުގައި 7

Next

ލޯބި ވެވުމުން 13

Next
March 8, 2022

ލޯބި ވެވުމުން 13

Previews
March 7, 2022

އަބަދަށް އެކުގައި 7



All Right Reserved!