ފެން ވަރައިނިމިގެން އެތާންގައި އަޅުވާފައި އޮތް ރޯބް ލުމަށްފަހު ކޮޓަރި ތެރެއަށް ނިކުމެލިއެވެ. ކުއްލިއަކަށް ރިޝީ ގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުން އެނދުމަތީގައި އޮތް ފޯނު ނަގާ ބަލައިލިއެވެ. އެ މެސެޖު ފެނުމާއި އެކު ރިޝީގެ ދެލޯ ބޮޑުވިއެވެ
(11 ވަނަ ބައި)
‘ހާއި ރިޝް ރޭގަ މީހަކު މަށަށް ގުޅިތަ؟’ ސާޔަން މިހެން ބުނެފައި އޮތުމުން ރިޝީ އަށް ވިސްނެމުން ދިޔައީ ސާޔަން އަށް އޭނާގެ ނަންބަރު ލިބުނީ ކިހިނަކުން ހެއްޔެވެ. އެހެން ވިސް ނަންހުރެފައި ރިޝީ ރިޕްލައި ކުރިއެވެ. ‘އާން ކޮންމެސް ކުޑަކުއްޖެއް ވާހަކަ ދެއްކީ “ދޮންބޭ” އޯ ކިޔާފައި ވާހަކަދެއްކީ… އެއީ ކާކުތަ؟’ ރިޝީ ގެ މި މެސެޖް ކިޔައިލުމަށްފަހު ސާޔަން ހިނިތުން ވެލިއެވެ. ‘އެއީ އަހަރެންގެ ކޮއްކޮ ޝާޒާ އެކަމު އަހަރެން އޭނައަށް ކިޔަނީ ޝާ’ ސާޔަން މިހެން ބުނުމުން ރިޝީ މީ ހުކުރު ދުވަހެކޭ މިދަނީ ކައްކަންށޭ ކިޔާފައި ފޯނު ބޭއްވިއެވެ.
ފޯނު ބޭއްވުމަށަފަހު އަލަމާރިން ކަޅު ސްކިނީ އަކާއި އަތްދިގު ޖޯޒީއެއް ލުމަށްފަހު ބޮލުގައި ޕޯނީޓެއިލް އެއް ޖަހައިގެން ބޭރަށް ނިކުމެލިއެވެ. އެއިރު ރަލާ އުޅުނީ ގޭތެރެ ކުނިކަހައެވެ. ރިޝީ މިދަނީ ފިހާރައަށްށޭ ކިޔާފައި ފާވަނަށް އަރައިގެން ފިހާރައަށް ދާން ހިންގައިގަތެވެ.
ކަމެއްނެތިފައި ގެ ކައިރީގައި ހުރި ޖޯލީގައި ޖައްސައިލައިގެން ހުރި ފޯނުން ކްލާޝް އޮފް ކްލޭންސް ކުޅެން އޮތް ސާޔަން އަށް ރިޝީ ފެނުމާއި އެކު އޭނާއަށް ޖެއްސުން ކޮށްލަންވީއޭ ކިޔާފައި އޭނާގެ ފަހަތުން ގޮސް ކުއްލިއަކަށް ޕޮއް ކިޔާފައި ރިޝީގެ ކުރިމައްޗައްއެރިއެވެ. “ސާޔަން ތަ؟ މަ ހީކުރީ ލަމްހާން ކަމަށް…. އަރްގް އެ ރޮޓެން ގަނޑު މިރަށުން ފައިބާނީ ކޮންއިރަކުގަތަ” ރިޝީ މޭ މަތީގައި އަތް އަޅައިލައިފައި ހުރެ ބުނެލިއެވެ. “އޯ ރިޝް ލަމްހާން އާ ހިތާވީ ދޯ ދެންވެސް ލަސްނުކޮށް އޭނަ ކައިރީގަ ބުނޭ ރިޝްގެ ފީލިންގްސް” ސާޔަން ސަމާސާ ކުރަން ބުނެލިއެވެ. “ހެހް މަކީއްކުރަން އޭނައާ ހިތާވަނީ އެއީ ބޮޑު ސިންގާ ރޮޓެން އެއް މަށެއް ނޫޅެން އެކަހަލަ ގޮތެއް ނެތް މީހަކާ ހެދިއެއް” ރިޝީ މޫނުހަދައިލައިފައި ބުނެލިއެވެ. “އައިމް ޖޯކިން ރިޝް އޭނައާ ހެދި ނޫޅޭ ކަން މަށަށް ވަރަށް ރީއްޗައް އިންގެއޭ އެއީ ހަމަ ފޫހިވެހެން ކުރިކަމެއް އަޝްމީ އުޅޭ ގޭގަ ކައްކާ ޖަނާން ވީ ފިހާރައަށް ގޮސް އެހެން ވެ މަ ފޫހިވެގެން އެތާންގަ ޖޯލީގަ އޮށޯއްވެގެން އޮއްވާ ރިޝް ފެނުނީމަ އަހަރެން ހަމަ ރިޝް އަށް ޖެއްސުން ކޮއްލާ ހިތްވީ” ސާޔަން މިހެން ބުނެ ރިޝީ އާއި އެކު ފިހާރައަށް ދިޔައެވެ.
“އޭ ބަލާބަލަ އެހުރީ ލޯންލީ ތަ؟” ކުއްލިއަކަށް ސާޔަންގެ ކަންފަތުގައި ޖެހުނީ ދެ އަންހެން ކުދިން ވާހަކަދައްކަމުން ދިޔައެޑެވެ. “އާން އެއީ އެ ރިޝްވާންގެ ކޮއްކޮ ރިޝީ ކްލާސްގެ ލޯންލީ….ދެން އޭނަ ކައިރީގަ އެއީ ކާކު؟ ހާދަ ހޮޓޭ އޭނަ” މިކުދިން މިހެން ވާހަކަދައްކަން ހުރިތަން އަޑުއަހަން ހުރެފައި ސާޔަން ރިޝީ އާއި ދިމާލަށް ބަލައިލިއެވެ. ރިޝީގެ މޫނުމަތީގައި ވަނީ އުދާސްކަމެވެ. “ރިޝް ކިހިނެތްވީ؟” ސާޔަން މިހެން ބުނިތާ ސިކުންތެއްގެ ހިސާބުނުވޭ ރިޝީ އެފިހާރައިން ނިކުމެގެން އެތާންގައި ހުރި ގޯޅިއެއްގެ ތެރެއަށް ވަނެވެ. ސާޔަން ރިޝީގެ ފަހަތުން ގޮސް ރިޝީ ވަތް ގޯޅިގަނޑާއި ދިމާލަށް ދިޔައެވެ. އެ ގޮސް ވަތްތަނާހެން ސާޔަންގެ ގާތައް އައީ ރުޅިވެރިކަމެވެ. އެއީ އެތާނަގައި ރިޝީގެ އަތުގައި ހިފައިހެން ހުރި ލަމްހާން ފެނިފައެވެ. އަދި ރިޝީ ލަމްހާން ގެ ފުށުން ސަލާމަތް ވެވޭތޯ ބެލިއެވެ. ސާޔަން ދިއަގޮތައްގޮސް ލަމްހާން ގެ ކޯތާފަރް މައްޗައް އެތިފަހަރެއް އަޅުވައިލިއެވެ. “އަލާމާތެއްނު ކަލޭ ތީ ކާކު މަގޭ މަސައްކަތް ތަކުގެ ތެރެއަށް އަންނާކަށް ދެން މީވެސް ބޮޑު ނޮހޮރައްޕާނެކޭ މީއްޗަކު އައިސް މަގޭ ހުރިހާ ޕްލޭން އެއް ފަނިވައްޓައޭ” ލަމްހާން ރުޅިއައިސްގެން ބުނެލިއެވެ. “އޭތް ރިޝް އާ ދުރުގަ ހުންނާނީ އެހެންނޫނީ ރިޝްވާން ގެންނަން ޖެހިދާނެ” ސާޔަން މިހެން ބުނުމުން ރިޝީގެ އަތުގައި ހިފައިގެން އެ ގޯޅިގަނޑުން ނިކުމެލިއެވެ.
“ރިޝް އެތާ ތެރޭގަ އެ އަންހެން ކުދިން ރިޝް އޭކިޔާފަރތަ އެވާހަކަ ދެއްކީ؟” ސާޔަން މިހެން ބުނުމުން ރިޝީ އިސްދަށަށް ޖަހައިލިއެވެ. “އެއީ އަހަރެން މީ ކުރިން ސުކޫލުގަ އުޅުނުއިރު ކްލާސްއިން އެންމެ އެކަނިވެރިކޮށް ހުންނަކުއްޖާ… އެހެންވެ ކްލާސް ކުދިން އަހަންނާ ދިމާލަށް ކިޔަނީ ލޯންލީ” ރިޝީ މިހެން ބުނުމުން ސާޔަން ރިޝީ އާއި ދިމާލަށް ބަލައިލިއެވެ. އެއަށްފަހު ރިޝީ ގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. “އިޓްސް އޯކޭ އެހާވަރަށް ވިސްނާ އެއްޗެއްނޫން އެއީކީއެއް” ސާޔަން މިހެން ބުނުމުން ރިޝީގެ ކޮލަށް ޖަންބުކުލަ ވަރު ވެރިވެގަތެވެ. “ހިންގާ ތި ގަންނަން އުޅޭ އެއްޗެއް ގަނެގެން ދަމާ” ސާޔަން މިހެން ބުނެފައި ރިޝީ ގޮވައިގެން އެ ފިހާރައަށް ވަނެވެ. ފިހާރައިން ބޭނުން ވާއެއްޗެއް ގަނެގެން ގެއާއި ދިމާލަށް ދާން ހިންގައިގަތެވެ.
އެ ދިޔަ މަގުމަތީގައި ސާޔަންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ސާޔަން ފޯނުނަގައި ބަލައިލުމަށް ފަހު އޭނާގެ ދެލޯ ބޮޑުވިއެވެ. “ސާޔަން ކިހިނެތްވެ އެހާ ހައިރާން ވެފަ ތިހުރީ” ރިޝީ މިހެން ބުނުމުން ސާޔަން ހީލިއެވެ. “އައި ގޮޓް އޭން އޮޑިޝަން ހާދަ އަހަރަކު މަޑުކޮށްފީމޭ މި އޮޑިޝަން އަށް އައި ފައިނަލީ ގޮޓްއިޓް” ސާޔަން އުފާވެފައި ހުރެ ބުނެލިއެވެ. ނަމަވެސް ދެވަނަ ސިކުންތެއްގައި ސާޔަންގެ އެ ބޮޑު ހިނިތުންވެލުން ގެއްލުނެވެ. އަދި އެމޫނުމަތީގައި އޮތީ އުދާސްކަމެވެ. “ސާޔަން ކިހިނެތްވީ؟ ކުއްލިއަކަށް ދެރަތިވީ” ރިޝީ މިހެން ބުނުމުން ސާޔަން ރިޝީ އާއި ދިމާލަށް ބަލައިލިއެވެ. “އޮޑިޝަން އޮތީ އާދީއްތަ ދުވަހު…. މާދަން ނޫން އަނެއްދުވަހު” ސާޔަން މިހެން ބުނުމުން ރިޝީ ސާޔަންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. “އެ އޯކޭ ވާނެ ސާޔަންގެ ޑްރީމް އެއްނު އެއީ ލަވަކިޔާ މީހަކަށް ވާން ސޯ ފޮލޯ ޔުއާރ ޑްރީމް” ރިޝީ ހިނިތުން ވެލާފައި ސާޔަން އަށް ހިތްވަރު ދިނެވެ.
މާކު ގިން އިރެއް ނުވޭ ގެއާއި ހިސާބަށް ދެވުނެވެ. ސާޔަން ރިޝީގެ އަތަށް ކޮތަޅުތަށް ދީފައި ދިޔައީ ޖަނާން އެތާންގައި ހުރި ޖޯލީގައި އިށީންދެގެން ހުރުމުން އޭނާ ކައިރިއަށްށެވެ. ރިޝީ ގެއަށް ވަދެފައި ސިންކު މަތީގައި ކުކުޅު އެތި ބެހެއްޓުމަށް ފަހު ތަރުކާރިތަށް ކާމޭޒު މަތީގައި ބަހައްޓާފައި ދިޔައީ ރިޝްވާން އާއި ރިޒްލާން ހުކުރަށް ދާއެއްޗިސް އިސްތިރި ކުރުމަށްށެވެ. އެއަށްފަހު ރިޝީ ވަނީ ކޮޓަރިއަށްށެވެ. އެތެރެއަށް ވަދެ އެނދުމަތީގައި އޮށޯއްވެލުމަށްފަހު މާގިންއިރެއް ނުވޭ ރިޝީއަށް ނިދުނެވެ.
(5 ގަޑިއިރު ފަސް)
ރިޝީ އަށް ހޭލެވުނީ ބޭރުގައި ވަރަށް އަޑުބާރު ވުމުންއެވެ. ބޭރަށް ނިކުމެ ބަލައިލި އިރު ސާޔަން ޖަނާން އަދި އަޝްމީ ހުރުމުން ރިޝީ އެތެރެއަށް ވަދެ ފައި ފާޚާނާ އަށް ގޮސް މޫނު ދޮވެލައިގެން ނިކުމެ އަލަމާރިން އާދައިގެ ނޫކުލައިގެ ފިޓް ޖިންސަކާއި ކަޅުކުލައިގެ ފަލަމަސްގަނޑާއި ހަމައަށްދާ ވަރުގެ ވަށްތިރި ހެދުމެއް ނަގާ ލުމަށްފަހު ބޭރަށް ނިކުމެލިއެވެ.
“އައްދޭ ތަންމަތި ފުރޭތަ ތެދުވީދޯ އާދޭ ދޮންބެ ރިޝް އަށް ޕްރެޒެންޓްއެއް ގެނައިން….. ޓަޑާ ޔޫ ލައިކް އިޓް” ރިޝްވާން ރިޝީ ނިކުތުމުން ބުނެލިއެވެ. “ދޮންބޭ މަ އިސްތަށިގަނޑުގަ ކުލަ ބަދަލް ކުރަން… ވަޓްސް ދަ ކަލާ” ރިޝީ ގޮސް ރިޝްވާން ކައިރީގައި އިށީންނަމުން ބުނެލިއެވެ. “ބަރައުން” ރިޝްވާން މިހެން ބުނުމުން ރިޝީ އާންއެކޭ ބުނެފައި ސާޔަން އާއި ދިމާލަށް ބަލައިލިއެވެ.
“ހެޕީ ބާރތް ޑޭ ރިޝް… މަށަކަށް ނޭންގުން މިއަދު މީ ރިޝްގެ އުފަން ދުވަސް ކަމެއް ޖަނާން ބުނީމަ އެގުނީ” ސާޔަން މިހެން ބުނެ ހިނިތުން ވެލިއެވެ. “އަން ތިއްތިގެ ގިފްޓް ނެކްސްޓް” ރިޒްލާން މިހެން ބުނެ ރިޝީ އަށް ކޮތަޅެއް ދިއްކޮށްލިއެވެ. “މީގެ ތެރޭގަ އޮންނާނީ ކޯޗެއް މަ ބިރު ގަނޭ މީތި ހުޅުވަން ކުރަފި ފުޅިއެއްވެސް އޮވެދާނެ” ރިޝީ މިހެން ބުނުމުން ރިޒްލާން އޭނާގެ މޭމަތީހައި އަތް އަޅައިލިއެވެ.
“އައުޗް… ތިއްތި ކުރިން ރިޝް އަށް އެކަހަލަ ކަމެއް ކުރިއަސް މިހާރަކު ނުކުރާނަމޭ އެއީ ތިއްތި ރިޝް އަށް ވަރަށް ކެ….ކެ…ކެއާރ ކުރަމޭ…. އައްދޯއި” ރިޒްލާން ތަދުވާކަމަށް ހެދިލާފައި ބުނެލިއެވެ. “ރިޝް އެ އޯކޭ ވާނެ މަށޭ މިއަހަރު ގިފްޓް ޗޫޒް ކުރީ” އަޝްމީ މިހެން ބުނެމުން ރިޝީ އެ ކޮތަޅު ހުޅުވައިލިއެވެ. “ބޫޓެއް ވާވު އަޝް ޔޫ ރިއަލީ ގެޓްމީ” ރިޝީ މިހެން ބުނި ތަނާހެން މައިރާ ފޮއްޓެއް ހިފައިގެން އައެވެ.
“ހާއި ރިޝް” މައިރާ ކާމޭޒު މަތީގައި އެ ފޮށިގަނޑު ބެހެއްޓުމަށްފަހު ބުނެލިއެވެ. އެއަށް ފަހު އެ ފޮށިގަނޑުގައި އޮތް ކޭކް ނެގުމަށްފަހު އެތާންގައި ހުރި ކޮފީ ޓޭބަލް މަތީގައި ބެހެއްޓިއެވެ. އޭގައި ވަރަށް ރީތި ފޮންޓަކުން “ހެޕީ ބާރޓްޑޭ ރިޝީ” ޖަހާފައި ހުއްޓެވެ.
“އޯ މައި އައި ލަވް ޔޫ ސޯ މަޗް” ރިޝީ މައިރާގައިގައި ބައްދައިލައިފައި ބުނެލިއެވެ. “އެހެމް އެހެމް މައި އަށް މިއަދަކީ ރިޝްގެ ބާތް ޑޭ ކަން އެގުނީ ދޮންބެ ބުނީމައޭ” ރިޝްވާން މިހެން ބުނުމުން ރިޝީ ރިޝްވާން ކައިރިއަށް ދިޔައެވެ. “އަޅޭ ދޮންބެ ޖެލެސް ވީތަ ދެން ދެރަނުވޭ” ރިޝީ ރިޝްވާންގެ ކޯމަތީގައި މަޑުމަޑުން ޖަހަމުން ބުނެލިއެވެ. މިހެން ރިޝީ ބުނުމުން އެންމެން ހިނިގަނޑެއް ޖަހައިލިއެވެ.
“އޭތް އަދި ވާހަކައެއް އެބައޮތް މިހިރަ ސާޔަން އަށް އޮޑިޝަން އެއް ލިބިއްޖެ” ޖަނާން ބުނަން ނުބުނަން ހުރެ ބުނެލިއެވެ. “އަސްލުތަ؟! ކޮންގަރާޓްސް” ރިޒްލާން އެންމެ ކުރިން މަރްހަބާ ކިއެވެ. “ތެންކްސް” ސާޔަން ޝުކުރު އަދާކުރިއެވެ. އެހެން އެންމެން ވެސް ސާޔަން އަށް ކޮންގްރާ އަދި ކޮންގްރާޓުލޭޝަން ކިޔަނީއެވެ.
(21:30 ވެލިހާއިރު)
އެންމެން ވެސް ގޭގަ ހުރެހުރެ ފޫހިވެގެން ނިކުމެލީ ހިންގާލަން ދާންށެވެ. އެންމެން ވެސް މިސްރާބު ޖެހީ އަތިރީގައި ހުރި ޖޯލިތަކާއި ދިމާލަށްށެވެ. “އައްދޯއި ވަރަށް ވަރުބަލިވެއްޖެ؟ ދެން ތި ފިރިހެންވެރިން ތީ ވަރުގަދަ ބައެއްނު ދޭބަލަ އަހަރުން އަންހެން ކުދިން އަށް ފެން ފުޅިއަކާއި ކާލާނެ އެއްޗެއް ހިފައިގެން އަންނަން… ޕްލީޒް” މައިރާ އެތާން ގައި ހުރި ޖޯއްޔެއްގައި އިށީންނަމުން ބުނެލިއެވެ. “ބަނޑެކޭ ކިޔާފަ ކަނޑެއްތަ އޮންނަނީ ތި މީހުން އަދި ކިތަންމެ ވަރަކަށް ކެއަސް ފަލެއް ނުވޭތަ” ރިޒްލާން މިހެން ބުނެ ބޮޑާހާކާލާފައި ދިޔައީ އެތާން ކައިރީގައި ހުރި ހޮޓަލަކަށްށެވެ. ދެން ހުރި ތިން ފިރިހެނުންވެސް ދިޔައީ ރިޒްލާންގެ ފަހަތުން އެ ހޮޓަލަށްށެވެ. ހޮޓަލާއި ހަމައަށް ގޮސް ގޮސް ހުއަޓާ ރިޝްވާން އަށް އޭނާގެ ފޯނު ވީ ރިޝީގެ އަތުގަކަން ހަނދާން ވުމުން ފަހަތަށް އެނބުރި ރިޝީ މެން ހުރި ދިމާލަށް ދާން ހިންގައިގަތެވެ.
ހުރިހާ ފިރިހެނުންތަށް ދިއުމުން ރިޝީ އާއި ރަލާ އާއި މައިރާ އަދި އަޝްމީ އެކިއެކި ވާހަކަތަށް ދައްކަން ފެށިއެވެ. މިހެން ވާހަކަ ދައްކަން ހުއްޓާ ރިޝީ އަތުގައި އޮތް ރިޝްވާން ގެ ފޯނަށް މީހަކު ގުޅުމުން ތަންކޮޅެއް ދުރުނޫން ހިސާބަކަށް ގޮސް އެ ފޯނުނަގާ ވާހަކަދައްކަން ފެށިއެވެ.
ވާހަކަ ދައްކާ ނިންމާފައި އެތަނުން ދާން އުޅެނިކޮށް މީހަކު އައިސް ރިޝީގެ އަތުގައި ހިފާ އެތާންގައި ހުރި އަނދިތި ގަނޑަށް ގެން ދިޔައެވެ. “ލަމްހާން ދޫކުރޭ ހަމަމިހާރު…. އާ ތަދުވެޔޭ” ރިޝީ މިހެން ބުނި ވަރަކަށް ލަމްހާން ދިރައީ ރިޝީ އާއި ކައިރި ވަމުންއެވެ. ރިޝީ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ދެލޯ މަރާ ބާރަށް ފިއްތާލިއެވެ. ދެވަނަ ސިކުންތެއްގައި މީހަކު އައިސް ލަމްހާންގެ ކޯމައްޗަށް މުއްޓިއަކުން ޖެހި އަޑު އިވުނެވެ. ރިޝީ ރީއްޗަށް ލޯ ހުޅުވާ ބަލައިލިއެވެ. އެތާންގައި ހުރީ……
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

