އެ ނަފްސުގެ ބަދަލު 5
އައިމަލްގެ ދެ އަތުގައި ހިފަހައްޓައިގެން ހުރި މީހުންގެ އަތުން ދޫވަން މަސައްކަތްކުރިއެވެ.އެކަމަކު އެމީހުން އައިމަލްއަށް ވުރެ މާ ބާރުގަދައެވެ.އައިމަލް އަށް ހުއްޓުން އެރީ އައިމާ ވަރުނެތް ގޮތަކަށް “ދޮންތީ” އޭ ގޮވައިލުމުންނެވެ.”ނޫން…” އައިމަލްގެ ދެލޯބޮޑުވިއެވެ.އައިމަލް އަތުގައި ހިފަހައްޓައިގެން ހުރި ދެމީހުން އައިމަލްގެ އަތުން ދޫކޮށްލިއެވެ. އައިމަލްގެ ދެލޮލުން ކަރުނަ ހޯސްލައިފައި ފައިބަމުން ދިޔައީ އައިމާގެ އަނގައިން ލޭ ނުކުތުމުންނެވެ. މި ނުބައި މީހުންގެ އެއްވެސް ހިތެއް ހުރޭބާއެވެ؟ ހިތެއް ހުރި ނަމަ މިކަހަލަ ނުބައި ކަމެއް ކުރާނެހެއްޔެވެ؟ ނުކުރާނެއެވެ. އެކަމަކު މި މީހުންނަށް މިކަން ވީ ވަރަށް މަޖާކަމަކަށެވެ. އައިމަލްގެ ހަށިގަނޑު ހޫނުވެގެން ދިޔައެވެ. އައިމަލް ބޭނުންވީ މިކަހަލަ ބަދަލެއް އެމީހުންނަށް ދޭށެވެ.އެކަމަކު އެވަގުތު ކޮޅުގައި އައިމަލް އަށް ހަނދާން އާވެގެން ދިޔައީ އައިމަލްގެ މަންމަ ކިޔައިދިން ނަސޭހަތެކެވެ. އެއީ އައިމަލްގެ އުމުރުން އެންމެ 4 އަހަރުގައި މަންމަ ކިޔައިދިން ނަސޭހަތެކެވެ.
*އައިމަލްގެ އުމުރުން އެންމެ 4 އަހަރުގައި*
——————————————————————————————————
މަންމާ، ކީއްވެގެން އެހެންމީހުން މަންމައަށް ތަދުކުރާއިރު އެމީހުންނަށް މަންމަ ތަދު ނުކުރަނީ؟ އޭރުން އެމީހުން ފަހުން މަންމައަށް އެއްވެސް ތަދެއް ނުކުރާނެއްނު…” ކުޑަކުޑަ އައިމަލް ސުވާލުކުރިއެވެ.” ނޫނޭ،ދަރިފުޅާ… ތިހެން ނުބުނޭ…އެހެންމީހުންނަށް އެއްވެސް ކަހަލަ ތަދުވާކަހަލަ އަނިޔާއެއް ނުދޭނެ…މަންމަ ހުންނަ ވުގުތުގަޔާ ނުހުންނަ ވުގުތުގަ ވެސް ތިކަލަ ކަމެއް ދަރިފުޅު ނުކުރައްޗޭ…އެހެންނޫނީ މަންމަ ވަރަށް ދެރަވާނެ…”.ސަލްމާ ޖަވާބު ދިނެވެ.”.އައިމަލް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.އަދި އައިމަލްގެ މަންމަ ދެރަވާ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އައިމަލް އެއްބަސްވިއެވެ.
މިހާރު އައިމަލް މިޖެހުނީ މި އެއްބަސްވުން އުވާލުމަށެވެ.’ މަންމާ،އަޅުގަނޑަށް މައާފު ކުރޭ…އަޅުގަނޑަކަށް ދެނެއް ނުހުރެވޭނެ އަޅުގަނޑުގެ އެންމެ ލޯބިވާ މީހުން ވަކިވާތަން ބަލަން…އަޅުގަނޑު…އެމީހުންނަށް ލިބެންވީ އަދަބު ދޭނަން…’ މިހެން އައިމަލް ބުނެލިއެވެ.
——————————————————————————————————
އެ ނުބައި މީހާ އައިސް އައިމަލް ގާތަށް ތިރިވެލިއެވެ.” ސޮރީ… އެކަމަކު އަދި ދޭނަން ވަން ޗާންސް އަހަރެންގެ ރުފިޔާ ހޯދަން…ވިސްނާލައްޗޭ އިނގޭ.. ދެން އޮންނާނީ ޔުއަރ ލައިފް…” މިހެން އެމީހާ ބުނުމަށް ފަހު އެމީހާގެ ‘އެކުވެރިން’ ގޮވައިގެން ބޭރަށް ހިނގައިގަތެވެ. އައިމަލް މަޑުމަޑުން ތެދުވެ،އައިމާއާ ދިމާލަށް ހިނގައިގަތެވެ.އައިމަލްއަށް އާދެވުނުލެއް ލަސްވުމުން މީ އައިމަލް ކުށެއް ކަމަށް ހިތާހިތުން ބުނެލިއެވެ.އައިމަލްގެ ހުރި ހަމައެކަނި ލޯބިވާ ކޮއްކޮ ވެސް އައިމަލްއާ ވަކިވެގެން ދިޔައީއެވެ.
އައިމަލް އެ ފަޅުގެއިން ނިކުމެ،ހިނގައިގަތީ ކުރިއަށެވެ. ދެވޭ ނުދެވޭ ތަނެއް އައިމަލް އަކަށް ނޭނގެއެވެ. އައިމަލްގެ ވިސްނުން ހުރީ އެހެން ދުނިޔެއެއްގައެވެ. މަގުމަތީ ފެންނަން އޮންނަ ކޮންމެ އެއްޗެއް ފައިން ޖަހަމުން،ބުނަމުން ދިޔައީ ” މީ އަހަރެންގެ ސަބަބުން ވީ ކަމެއް…އަހަރެންގެ ކުށެއް” މިހެނެވެ. އައިމަލްގެ ބަނޑުން އަޑު ކިޔަން ފަށައިފިއެވެ. އެންމެ ފަހުން އައިމަލް ކެއީ ކޮން ވަގުތަކު ކަމެއް އައިމަލް އަކަށް ނޭނގުނެވެ. ނުވެސް ވިސްނުނެވެ. ހަނދާނަށް ގެންނަން ވެސް ދަތިވިއެވެ. އައިމަލް ވަށައިލައިފައި މިވަނީ ދިގު ވިނަތަކުންނެވެ. ކުއްލިއަކަށް އައިމަލްއާ ދިމާލަށް މީހަކު ސައިކަލު ދުއްވަމުން އައެވެ. އައިމަލްއަކަށް އަދިވެސް އެމިހާ އަންނަ ކަމެއް ނޭނގެއެވެ. ސައިކަލުގެ ބަރުގަނޑުގެ އަޑު އިވުމުން އައިމަލްއަށް ކުރިއަށް ބަލައިލެވުނެވެ.އަދި ސިހުމަކާއެކީ އައިމަލްއަށް ހުރިތަނަށް ހުއްޓިފައި ހުރެ ތިރިވެވުނެވެ. އައިމަލް ތިރިވުމުން އެމީހާއަށް ސައިކަލު ކަހައިލެވި،އަނެއްފަރާތަށް ވެއްޓުނެވެ.” އާހް…” މިހެން އެމީހާއަށް ބުނެލެވުނެވެ.އައިމަލްގެ ދެ ލޯ ބޮޑުވެ،ފަސް އެނބުރި ބަލައިލެވުނެ. އެމީހާ ތެދުވެ އައިސް ކޮރަމުން އައިމަލްއާ ދިމާލަށް ދިޔައެވެ. ބޮލުގައި އަޅައިގެން އިން ހެލްމެޓު ބޭލުމަށްފަހު އައިމަލްއާ ސުވާލުކުރަން ފެށިއެވެ.
” ކިރިޔާއެއްނު ނުޖެހުނީ! އެކަނިމައި އެކަނި މިތާ ކީއްތިކުރަނީ؟”. އެ މީހާއަކީ ކުއްޖެކެވެ.އިސްކޮޅުން ދިގު،ފަން ރީތި އިސްތަށިގަނޑެކެވެ.އަޅި މުށިކުލައިގެ ވިދާ ދެލޮލެވެ.”ސޮރީ….” އައިމަލް އިސް ޖަހައިލައިފައި އެކުއްޖާގެ ސުވާލަށް ވަރުދެރަ ގޮތަކަށް ޖަވާބުދިނެވެ. މިހެން ބުނެ އަނެއްކާވެސް އައިމަލް ތެދުވެ،ކުރިއަށް ހިނގައިގަތެވެ. “އަހަރެން މި ވާހަކަ ދައްކަނީ ތީނަ އާއޭ… ތީނާއާ ހެދި ވީ ކަމެކޭ މީ…”.މިހެން އެކުއްޖާ ބުނުމުން އައިމަލް ހުއްޓިއެވެ.އަދި ފަހަތަށް ރަނގަޅަށް ބަލައިލިއެވެ.” އަހަރެން އަތުގައެއް ރުފިޔާއެއް ނެތް…އެހެނޫން ނަމަ މި ދިމާވި އެކްސިޑެންޓަށް ޕޭ ކުރާނަން…” އައިމަލް ޖަވާބުގައި ބުނެލިއެވެ. އެ ފިރިހެން ކުއްޖާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.’ ދެން މި އަންހެން ކުއްޖާގެ ކުށަކަށް ހެދީމަ ރަނގަޅެއް ނުވާނެދޯ… ދެން މިކަން ބޮޑުކަމަކަށް ނުހަދާނީ… އަނެއްކާ އެ އަންހެން ކުއްޖާ ގައިގައި ޖެހުނުބާ؟’ އެ ފިރިހެން ކުއްޖާ ހިތުން ބުނަމުން ދިޔައެވެ. ” ދެން އަޅާ ނުލާ…އަހަރެން ބޭނުމެއްނޫން ރުފިޔާއެއް… އެއްވެސް ތާކު ޖެހުނުތަ؟ ތަދުވިތަ؟”. އައިމަލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ދެފަރާތަށް ހޫރުވައިލިއެވެ. އަނެއްކާވެސް އައިމަލް ކުރިއަށް ހިނގައިގަތެވެ. އައިމަލް އެކަނި ދާން ފެށުމުން އެ ފިރިހެން ކުއްޖާއަށް އުނދަގޫ ވިއެވެ.ސަބަބަކީ އަންހެން ކުއްޖަކު އެކަނިމައި އެކަނި އެއްވެސް ބޮޑުމީހަކާއެކީ ނޫޅޭތީއެވެ.އަދި މިކަލަ ތަންތަނަކީ ގޯސް މީހުން އާންމުކޮށް ފިލައި އުޅޭ ތަންތަނެވެ.މީހުން ފޮރުވައި ހަދައި ތަންތަނެވެ.
ފިރިހެން ކުއްޖާ އަނެއްކާވެސް ގޮވައިލިއެވެ.” ކޮންތާކަށް ތި ދަނީ؟”. އައިމަލް ކުޑައިރަކު މަޑުން އިނެވެ. އައިމަލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ‘އަހަރެންނަކަށް ވެސް ނޭނގެ މިދެވޭ ތަނެއް…’ މިހެން އައިމަލް މަޑުން މަޑުން ބުނެލިއެވެ. ” ކޮންމެވެސް ތާކަށް…” މިހެން އައިމަލް ބުނުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ. އެ ފިރިހެން ކުއްޖާވެސް ދާންވި މަންޒިލަށް މިސްރާބުޖެހިއެވެ. “މީ އަހަރެން އެންމެ އޮކުވާރޑުކޮށް ޑީލް ކުރި ސިޗުއޭޝަން… އަހަރެންނަކަށް އެކުއްޖާގެ ނަން ވެސް އަހައިނުލެވޭ…” އެ ފިރިހެން ކުއްޖާ އަމިއްލައަށް ވާހަކަ ދައްކަމުން ދިޔައެވެ.އޭގެފަހުން ދެ ކުދިން ވެސް ދެމަގުން ވަކިވެގެން ދިޔައީއެވެ.
3* ދުވަސް ފަސް*
3 ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އައިމަލްއަށް އާދެވުނީ ކުޑަ ގެތަކެއް އަޅައިފައި ހުރި ކުޑަ ސަރަހައްދަކަށެވެ.ހަމަގައިމުވެސް ފިހާރަތަކާއި ސުކޫލެއް ވެސް ހުއްޓެވެ. މީހުންތައް ވެސް އެހާމެ ގިނައެވެ. މި ‘ މަންޒިލް’ އަށް އާދެވުނީތީ އައިމަލްއަށް ހިތްހަމަޖެހުމެއް ލިބުނެވެ.ވޭތުވިޔަ ދުވަސްތަކުގައި އައިމަލްގެ މޫނުމަތިން ހިތްހަމަޖެހުމުގެ އިހްސާސެއް ވެސް ނުލިބެއެވެ. އައިމަލްގެ ކުރިމަތިން މީހަކު ދިޔައެވެ.އަދި އެވަގުތު އެމީހާ ލައިގެން ހުރި ޖެކެޓުގެ ޖީބުން 500 ރުފިޔާ ބިންމައްޗަށް ވެއްޓުނެވެ. އައިމަލްއަށް އެ 500 ރުފިޔާ ފެނުމުން، އެ ނަގައި އެމީހާއާ ދިމާލަށް ދުއްވައިގަތެވެ. ” ބޭބޭ،ބޭބޭ…” މިހެން އައިމަލް ގޮވައިލުމުން އެ މީހާ ފަސް އެނބުރި ބަލައިލިއެވެ. ” ދެންމެ ބޭބޭގެ ޖީބުން ވެއްޓުނު އެއްޗެއް މީ..” މިހެން އައިމަލް ބުނެ،އެ ރުފިޔާ އެ މީހާ އަތަށް ދިއްކޮށްލިއެވެ. އެމީހާ ހިނިތުންވެލައިފައި ބުނެލިއެވެ.” ވަރަށް ބޮޑަށް ޝުކުރިއްޔާ! ހާދަ ރަނގަޅު ކުއްޖެކޭ.. މީގެ ބަދަލުގައި ކޮއްކޮ ބޭނުން ކަމެއް ކޮށްދޭނަން…”. ” އަޅުގަނޑު ބޭނުމެއްނޫން އެކައްޗެއްވެސް….އެކަމަކު… އަޅުގަނޑަށް ކާނެ އެތިކޮޅެއް ދީފިއްޔާ ރަނގަޅުވާނެ…” އައިމަލް ޖަވާބުގައި ބުނެލިއެވެ. އެ މީހާ ހީނލައިފައި އައިމަލްގެ ހިތް ފުރެންދެން ކޮންމެ ވައްތަރެއްގެ ކާނެ އެއްޗެހި ކޮންމެ ފިހާރައަކުން ގަނެދިނެވެ. އައިމަލް އެމީހާއަށް ޝުކުރު އަދައިކޮށްފައި އަނެއްކާވެސް ހިނގައިގަތެވެ. އައިމަލްއަށް ލިބުނު އުފަލަކުން ދެވޭގޮތެއް ވެސް ނޭނގެއެވެ. ބައެއް ފަހަރު ފުންމަމުންނެވެ.އަނެއްބައި ފަހަރު ދުވަމުންނެވެ. މިހެން ގޮސް އަނެއްކައި އައިމަލް މީހަކު ގައިގައި ވަރަށް ބާރަށް ޖެހުނެވެ. ” ސޮރީ” އައިމަލްއަށް މިހެން ބުނެވުނެވެ.އަދި ޖެހުނު މީހާއާ ދިމާލަށް ރަނގަޅަށް ބަލައިލެވުނެވެ. އެ މީހާގެ މޫނު ފެނުމުން އައިމަލްއަށް ސިހުމެއް ލިބުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


wow mi part ves varah reethi