Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަނދާންވޭ (11)

🥀lizzie🥀 Level 410 Stories100 Login
February 14, 2022 4 Mins Read
2 Comments

މެންދުރުގެ އެންމެ އަވިބާރު ވަގުތެވެ. އިރުގެ ގަދަހޫނުން ހަށިތަކަށް ވަރުބަލިކަން ގެނުވަމުންދިޔައެވެ. ކޮލެޖުގެ ދެކުނު ފަރާތުގައި ހަދާފައިވާ ކުޑަ ބަގީޗާގެ ބެންޗެއްގައި އަފްލާކް އަދި ޔަނާލް އިށީނދެގެން ތިއްބެވެ. އަމިއްލަ ވާހަކައިގައި ތިބި ވަރުން ދެމީހުންނަށް ވެސް ހުއްޓެމުންދިޔަ ލޯތަކެއް ނުފެނެއެވެ. އެއަށްވުރެ ވާހަކަ މާ ބޮޑަށްވެސް ފޯރިގަދައީ ކަންނޭނގެއެވެ. ޔަނާލް ސިހުނީ އޭނާ ފޯނު ރިންގުވުމުންނެވެ. އޭނާ ފޯނުނަގައި ބަލައިލަމުން ހިނިތުންވެލިތަން ފެނި އަފްލާކްގެ ހިތުގައި ޝައްކެއް ހިނގާލިއެވެ. އެވަގުތު ޔަނާލް ފޯނު ނަގަމުން ބޭބެއޭ ބުނެލިއެވެ. އަފްލާކް ހިނިއައީ ދެނެވެ. އޭނާ ހިނިއައިސްފައި އިނދެ މަޑުމަޑުން ބޯޖަހާލުމުން ޔަނާލް ތެދުވެގެން ގޮސް ހުއްޓިލީ ތަންކޮޅެއް ދުރުގައެވެ.

އިރުކޮޅަކު ބެންޗުގައި އިނދެފައި ޔަނާލް ނައިސް ލަސްވެގެން އެދިމާލަށް ބަލައިލި އަފްލާކްގެ ދެބުމަ ގޮށްޖެހުނެވެ.

ޔަނާލްގެ އަތުގައި ހިފަހައްޓައިގެން ހުރި ފިރިހެން ކުއްޖާ ފެނުމުން އެމޫނުމަތިން ފެނިގެން ދިޔައީ ނުރުހުމެވެ. ނަމަވެސް، ހިތަށް ތަދުވީ ޔަނާލްވެސް ހިނިތުންވެލައިގެން ހުރުމުންނެވެ. އޭނާގެ ލޯބި ފާޅުކުރަންވާއިރަށް ނިމިގެންދިޔައީ ހެއްޔެވެ؟

“ޔަނާލް.. ހޭއި ހާދަ ލަސްވީ..” އަފްލާކް އައިސް ޔަނާލްގެ ގާތުގައި ހުއްޓިލަމުން އެ ފިރިހެން ކުއްޖާއަށް ބަލައިވެސްނުލާ ވާހަކަދެއްކިއެވެ. އެޒުވާނާ ހައިރާންވިކަން އެނގުނެވެ. ނަމަވެސް ޔަނާލްގެ މޫނުމަތިން ހާސްކަމެއް އަދި އެހެން ކުލަވަރެއްވެސް ނުފެނެއެވެ. އެމޫނުމަތިން ފެނިގެންދިޔައީ ކުރިންވެސް އޭނާގެ ހިތް ފިދާކުރުވި ރީތި ހިނިތުންވުމެވެ. ނަމަވެސް މިފަހަރު އެ ހިނިތުންވުމުން އަފްލާކްގެ ހިތަށް ލިބުނު ފިނިކަމެއްނެތެވެ. އެހިތަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި ވޭނެކެވެ.

“ހޫމމ.. އެލެން ބަލާ އައީމަ.. ދަނީ އެނގޭ…” ޔަނާލް އަފްލާކްއަށް ބަލައިލަމުން އެކިޔާ އެލެންއެއްގެ އަތުގައި ހިފާލައިގެން ނުކުމެގެން ދިޔަތަން ބަލަން އަފްލާކްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ދެވަނަ ސިކުންތުގައި އެދެލޯ ފެންކަޅިވިއެވެ. އޭނާ ނޭނގޭކަމަށް ހަދާލަމުން ގޮސް ކާރަށް އަރައި ދުއްވާލިއެވެ.

އޭގެފަހުން ހަފްތާއެއްވީއިރު އަފްލާކް ޔަނާލްއާއި ވާހަކައެއް ނުދައްކައެވެ. ޔަނާލް ވާހަކަދައްކަން މަސައްކަތް ކުރާއިރުވެސް އެކަމަށް އަފްލާކްއަށް ދެވެނީ ބީރު ކަންފަތެކެވެ. ވީ ގޮތެއް ނޭނގިގެން ޔަނާލް ހުންނަނީ ދެރަވެފައެވެ. އަފްލާކްއަށް ވެސް އެކަން އެނގެއެވެ. އެހެނަސް އަފްލާކް ބޭނުންވަނީ ޔަނާލްގެ ނަންވެސް އެހިތުން ފޮހެލާށެވެ. ޔަނާލްގެ ހިތުގައި އޭނާއަށްޓަކައި އޮތީ ހަމައެކަނި އެކުވެރިކަން ކަންނޭނގެއެވެ.

“ލާކް…” ކެންޓީނުގައި އަފްލާކް އެކަނި އިންދާ ފެނުމުން ޔަނާލްއަށް އެހިސާބަށް ދެވުނު ގޮތެއްވެސް ނޭނގެއެވެ. އޭނާ އައިސް އަފްލާކްގެ ކުރިމަތީގައި އިށީނެވެ. އަސަރެއްނެތް ބެލުމަކުން ބަލައިލަމުން ތެދުވި އަފްލާކްގެ ދެފައިގައި ކަސްތޮޅު އެޅުވީ ޔަނާލްގެ ލޮލުން ވެއްޓުނު ކަރުނަތިއްކެވެ. އޭނާ ބަލައިލިއިރު ހަމައަސްލަށްވެސް ޔަނާލް ރޮނީއެވެ. ދެލޯ ބޮޑުކޮށްލަމުން އަފްލާކް ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ޔަނާލް ތެދުވެގެން ދުއްވައިގަތީއެވެ.

“އޯ ގޯޑް ވަޓް ހޭވް އައި ޑަން…” އަފްލާކްއަށް ގޮނޑިއަށް ތިރިވެވުނެވެ. ޔަނާލް އެގޮތަށް ދެރަވެފައި ދިޔުމުން ހަމަ ރަނގަޅަށްވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން ހިތް ވިސްނާދިން ކަހަލައެވެ. އަފްލާކް ދެން ތެދުވެގެން ދުއްވައިގަތީ ޔަނާލް ހޯދާށެވެ.

ބަގީޗާގައި ހުރި ތިރި ފާރުބުރިއެއްގެ މަތީގައި އިށީނދެގެން އިން ޔަނާލް އިނީ ކުރިމަތީގައި އޮތް ދަނޑުގައި ކުޅެމުންދިޔަ ކުދިންނަށް ބަލާށެވެ. ދޭތެރެއަކުން ލޮލުގެ ހިމަކޮޅުން ވެއްޓޭ ކަރުނަތިކި އަތުގެ ނުފުށުން ފުހެލައެވެ. އެވަގުތު އޭނާއަށް ސިހިފައި އިސްއުފުލާލެވުނީ ކައިރީގައި މީހަކު އިށީންހެން ހީވެގެންނެވެ. ފުރަތަމަވެސް ފެނުނީ އަފްލާކްގެ ކަނޑެއްފަދަ ފުން ދެލޮލެވެ.

“އައިމް ސޮރީ….” އަފްލާކްގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތީ ހަމައެކަނި މިހެންނެވެ. ޔަނާލް ފެންކަޅިވިއެވެ. އަފްލާކްގެ އެ ދުރުކަން އޭނާގެ ހިތަށް އުނދަގޫކުރާ ވާހަކަ އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އެހިތުގައި އަފްލާކްއަށްޓަކައި ވާ މަޤާމް އަފްލާކް ގާތު އޭނާ ބުނާނީ ކިހިނެއް ހެއްޔެވެ؟

“އައި ނޯ ވަރަށް ގޯސްކޮށް ކަން ކަންތައް ކުރެވުނީ.. އެން އައިމް ސޯ ސޮރީ ފޯރ އޯލް ދެޓް… ތެދަށް ބުނަންޏާ ޔަނާލްގެ ބޯއިފްރެންޑެއް ހުއްޓާ އަހަރުމެން ދެމީހުން އެހާ ކްލޯޒްވާކަށް ނުވާނެ ކަންނޭނގެ… އެހެންވެ އެހެން ކަންތައް ކުރެވުނީ..” އަފްލާކް އިސްޖަހާލަމުން ޔަނާލްގެ ކައިރީގައި އިށީނެވެ. ޔަނާލްއަށް ހައިރާންވެފައި އަފްލާކްއަށް ބަލަހައްޓައިގެން އިނދެވުނެވެ. އެބުނި ޖުމުލައިގެ މާނަ ހަމަ ރަނގަޅަށްވެސް އޭނާއަކަށް ނޭނގުނެވެ.

“ކޮން ބޯއިފްރެންޑެއް؟ ކާކުގެ ބޯއިފްރެންޑެއްތަ؟ ޔަންނުގެ؟ ނޯ ވޭޒް ޔަންނު ބޯއިފްރެންޑެއް ނުހުރޭ… ކާކު ލާކް ގާތު ދެއްކި ވާހަކައެއްތަ ތީ؟..” ޖަވާބެއް ނުލިބިގެން އިސްއުފުލާލި އަފްލާކްއަށް ޔަނާލް ބުނެލިއެވެ. އެއަޑު ނުކުތްލެއް މަޑުކަމުން އަފްލާކްއަށް އަޑުވެސް އިވުނީ ކިރިޔާއެވެ.

“ދެން އެދުވަހު ކާކުތަ އައީ ޔަނާލް ބަލާ.. ކޮންމެވެސް އެލެ..އެލެންއެއް ކަންނޭނގެ ކިޔަނީ އޭނާއަށް.. އެއީ ކާކުތަ؟..” އަފްލާކްގެ ހިތުގައި ވީ ސުވާލު އޭނާ ދުލާއި ހަމައަށް ވެސް ގެނައެވެ. އެވަގުތު އިވިގެން ދިޔައީ ޔަނާލްގެ މަޑު މިއުޒިކެއްފަދަ ހުނުމުގެ އަޑެވެ. ކޯތާފަތުގައި ނުހިކި ހުރި ކަރުނަތަކާއި އެކުވެސް ޔަނާލް ހޭންފެށުމުން އަފްލާކް ފާޑަކަށް ހައިރާންވިއެވެ. ޔަނާލް ހޭވަރު އެއްޗެއް އޭނާއަށް ބުނެވިއްޖެހެއްޔެވެ؟

“ލާކް.. އޯ މައި ގޯޑް.. އެލެން، އެލެން އަކީ ބޭބެ.. އެދުވަހު ގުޅާފަ ބުނީ ބަލާ އެބަދަމޭ.. ބަޓް ހީ ވޯޒް ރައިޓް ހިއާރ.. ހިޔެއް ނުކުރަން ލާކް ތިހާ މޮޔަވާނެކަމަކަށް.. ހެހެހ.. ލާކް، ޔޫ އާރ ސޯ ފަނީ….” ޔަނާލްގެ ވާހަކައިން އަފްލާކް ރަކިވިއެވެ. ފާޑަކަށް އަނގަވެސް ހަދާލެވުނެވެ. އޭނާގެ މޮޔަކަމުން ވާހާ ކަންތައްތަކެވެ. އަފްލާކް އިސްތަށިގަނޑަށް އަތްމަހާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލުމުން ޔަނާލް އަފްލާކްއަށް ބަލައިލިއެވެ. އެތައް ދުވަހެއްފަހުން އެމޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެނުމުން ޔަނާލްގެ ހިތަށްވެސް ލިބުނީ ފިނިކަމެވެ.

“ހީ އިޒް އަލާން.. ކުރުކޮށް އެންމެންވެސް ކިޔަނީ އެލެން.. ކުރިން ބޭބެއަށް ކިޔަނީ އަލާންއޭ ބުނީމަ ނޭނގުނީ ދޯ… ހެހެހ… ލާކް ގާތު ބުނީމެއްނު ބޭބެ ހުންނަނީ ޔޫ.އެސްގަ ކިޔަވާށޭ.. ހާދަ ދުވަހެއް ފަހުންނޭ އެއައީ.. އެލެން ގެއަށް ގޮއްސަ ވަރަކަށް ދިމާކޮށްލިއޭ އެދުވަހު އައިއިރުވެސް ފިރިހެން ކުއްޖަކާ އެކީ ފެނުނީމަ…” ޔަނާލް އެންމެފަހު ޖުމުލަ ބުނެލިއިރު ރަކިވިވަރުން ކުޑަކޮށް ކެއްސާލިއެވެ. އަފްލާކްގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. އޭނާ ޔަނާލްގެ އަތުގައި ހިފާލުމުން ހީވި ދިރޭ ސުއިއްޕެއް ކަށިޖެހީ ހެންނެވެ. ސިހިފައި ޔަނާލް އަތް ދަމައިގަތްއިރު އެހާ އަވަހަށްވެސް އެދޮން ކޯތާފަތަށް ރަތްކުލަ ފާއްދާލައިފިއެވެ.

“ޔަނާލް… މިއުޅެނީ ކަޑަކަމެއް ވެގެންނޭ..” އަފްލާކް ޔަނާލްގެ މޫނަށް އަރާ ކުލަވަރު ބަލަން އިނދެފައި ވާހަކަދެއްކިއެވެ. އެއަޑަށް ޔަނާލް ހައިރާންވެލާފައި ކިހިނެއްވީހޭ އަހާލިއެވެ.

“މިއުޅެނީ ލޯބިވެވިގެން.. އެކަމަކު ނޭނގޭ އެކުއްޖާ ލޯބިވާކަމެއްވެސް..” އަފްލާކްގެ އަނގައިން ނުކުތް ޖުމުލައާއެކު ޔަނާލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ގަދަކަމުން ހިނިތުންވެލަމުން އަތުގައި އޮތް ފެންފުޅިން ކޯވަރެއް ބޯލިއެވެ.

“މިރޭ ޕްރޮޕޯސް ކުރަންވީ ކަންނޭނގެ ދޯ… އާނއެކޭވެސް ބުނެފާނެއެއްނު…” އަފްލާކް ދެން ބުނެލި ޖުމުލައިން ޔަނާލް ކޮށިއެރިއެވެ. ކެއްސާ ކެއްސާ ލޮލުން ފެންވެސް އައެވެ. އަފްލާކް އަވަސް އަވަހަށް ޔަނާލްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލިއެވެ. ޔަނާލްގެ މޫނަށް އެރި ކުލަވަރު ފެނިފައި އަފްލާކްއަށް ފާޑަކަށް ހިނިތުންވެވުނެވެ.

“ހޫމމ.. ލާކް ލޯބިވާ ކުއްޖަކާއި ގުޅެވޭނެއެއްނު.. ދެން ކީއްކުރަންތަ ޔަންނު ގާތު ތިވާހަކަ ތިދައްކަނީ..” ޔަނާލްގެ އަޑު މިފަހަރު މަޑެވެ. ދުރު ބަލަހައްޓައިގެން އިނދެފައި އެހެން ބުނެލީވެސް ލޮލުން އައި ކަރުނަ އަފްލާކްއަށް ނުދައްކާން ކަންނޭނގެއެވެ. ނަމަވެސް އަފްލާކްއަށް ނުހަނު ރަނގަޅަށް ޔަނާލްގެ މޫނަށް އެރި ކުލަވަރާއި އެދެލޮލަށް ޖަމާވި ކަރުނަ ފެނުނެވެ. އޭނާގެ ހިތުގައި ރިއްސާލިއެވެ.

“ޔަނާލް ގާތު މިބުނަނީ….. ޔަނާލް ވާނެ އިނގޭ އަހަރެންނާއި އެކީ ދާން.. އައި މީން ޔޫ އާރ މައި ބެސްޓީއެއްނު މިހާރު.. އެހެންވީމަ ދާންވާނެއެއްނު..” އަފްލާކް އާދޭހާއި އެކު ޔަނާލްގެ މޫނަށް ބަލައިލިއެވެ. ނަމަވެސް ޔަނާލް އިނީ އިސްޖެހިފައެވެ.

“ލާކްގެ ވާންއުޅޭ ވައިފްއާއި އެކީ އެކަނި ޓައިމް ސްޕެންޑްކުރަން ބޭނުމެއްނުވޭތަ؟ އެޓްލީސްޓް އައި ޑޯން ވޯނަ ބީ އެ ތާޑް ވީލް..” ޔަނާލް ހިތުގައި އަތްއަޅައިގެން އިނދެ ބުނެލިއެވެ. އަފްލާކްގެ ކުރިމައްޗަށް އަރަންވެސް ދެން އޭނާ ބޭނުމެއްނުވެއެވެ. އަފްލާކްގެ ހިތުގައި އެހެން އަންހެން ކުއްޖެއްގެ ނަން ފެވިފައިވާއިރު އެހިތަށް ކެތްކުރެވޭނެހެއްޔެވެ؟

“ނޯ ނޯ ނޯ… ޔަނާލް ދާންވާނެ ޕްލީޒް…. ޕްލީޒް ޕްލީޒް ޕްލީޒް… އަހަރެން އެކަނި ކިހިނެތްތަ..” “އޯކޭ ދާނަމޭ..” އަފްލާކްގެ އާދޭހުގެ އަޑުއިވިފައި ހިތާއި ދެކޮޅަށް ޔަނާލް އެއްބަސްވިއެވެ. އޭނާ އިތުރަށް އެތަނުގައި މަޑުނުކޮށް ގޮސް ކުލާހަށް ވަތްއިރު އަފްލާކް އިނީ ހިނިތުންވެލައިގެންނެވެ. އެހިތުގައި ރާވަމުންދިޔަ ކަންތައް ފަހެ ޔަނާލްއަށް އެނގޭނެހެއްޔެވެ؟

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ގަޑިން އަށެއްޖެހިއިރު ޔަނާލް ހުރީ ރެޑީވެގެންނެވެ. އަފްލާކްގެ އެދުމަށް އޭނާ ހުރީވެސް ނުހަނު ރީތިވެގެންނެވެ. ލައިގެން ހުރީ އަފްލާކް ގެނެސްދިން ރަތްކުލައިގެ ދިގުކޮށް ހުރި ހެދުމެކެވެ. ގިނަ އަދަދަކަށް ލޭސް އަދި މެޓު ފޮތި ބޭނުންކޮށްފައިވާއިރު އެހެދުން ހުރީ އެހިމަ އުނަގަނޑަށް ހިފާލާފައެވެ. މެދުގައި އިން ފުޅާ ބަންދު ފަހަތަށް އައްސާލާފައިވާއިރު އުނަގަނޑުގެ ހިމަކަން ފާޅުވެއެވެ. ހެދުމުގައި ހަރުކޮށްފައިވާ ކުދި ޑައިމަންޑްތަކުން އެހެދުން އިތުރަށް ފުރިހަމަކުރުވައެވެ.

ޔަނާލް މަޑުމަޑުން ހިނގާލާފައި ގޮސް ވަނީ ކައިރީގައި ހުރި ކެފޭއަކަށެވެ. އަފްލާކް އެދިފައިވާ ފަދައިން އޭނާ އެރީ ޓެރަހަށެވެ. އެތަން ތައްޔާރުކޮށްލާފައިވާ ފުރިހަމަ ގޮތް ފެނިފައި ޔަނާލްއަށް އާގަމަވެފައި ބަލަހައްޓައިގެން ހުރެވުނެވެ. މުޅިތަނުގައި ރަތްކުލައިގެ ލޭސް ހަރުކޮށްފައިވާއިރު ހަންތަކާއި ކަރުދާސްތަކުން އެ ޑިޒައިން އިތުރަށް ފުރިހަމަކުރުވައެވެ. މެދުގައި ހުރި ވަށްމޭޒުގެ ދެފަރާތުގައި ދެގޮނޑި ބެހެއްޓިފައިވާއިރު މޭޒުމަތީގައި ތަށިތައް އަތުރާލާފައި ވަނީވެސް އެހާ ރީތިކޮށެވެ. މޭޒުގެ މެދުގައި ބަހައްޓާފައި ހުރި ހުދުކުލައިގެ ބިއްލޫރި ވާސްގައި ގިނަ އަދަދަކަށް ރަތް ފިނިފެންމާ ޖަހާފައިވެއެވެ. ވާސްގެ ވަށައިގެން ހުރީ ހިތެއްގެ ބައްޓަމަށްވާ ކުދި އުއްބައްތިތަކެކެވެ.

“ކީއްވެ ދެގޮނޑި؟…” ޔަނާލްގެ ހިތަށް އެރިއެވެ. އޭނާ އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ދެކޮނޑު އަރުވާލިއެވެ.

ޔަނާލް ދެކޮޅު ހޯދާލަމުން ތިރީގައި މަގު ފާހަގަކުރަން އަޅާފައިވާ ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތަކުގެ މަތިން ހިނގާލާފައި ގޮސް ރެއިލިންގެ ކައިރީގައި ހުއްޓުނެވެ. ދެއަތް މެއާލައި ބޮނޑިކޮށްލައިގެން ހުރިއިރު މޫނުމަތީގައި އުފާވެރިކަމެއް ނުވެއެވެ. އެހެން ހުއްޓާ ފަހަތުން އިވުނު އަޑާއެކު ޔަނާލްއަށް އެނބުރި ބަލައިލެވުނެވެ. އެއާއެކު އެދެލޯ ފެންކަޅިވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🥀lizzie🥀

Level 410 Stories100 Login

Other Articles

Previous

ލޯބި ވެވުމުން 7

Next

ތި ލޯބި-4

Next
February 14, 2022

ތި ލޯބި-4

Previews
February 14, 2022

ލޯބި ވެވުމުން 7

2 Comments!

  1. Mariyam Yanal says:
    February 15, 2022 at 3:43 pm

    When next part… This part is also beautiful.. Sooooooooooo curious ✌️

    1. ?lizzie? says:
      February 16, 2022 at 4:21 pm

      Insha allah vrh avahah next prt up kohleveythw mibalany.. Schl ga vrh bxy v ma maybe this week ga up nukurevidhaane.. Hopw you understand and will wait?❤Thank you so so much it means so much??

Comments are closed.

Next Episodeހަނދާންވޭ (12)←


All Right Reserved!