ތި ލޯބި-8
4 މީހުން އެއްކޮށް ގޯތި ތެރެއަށް ވަދެ މިސްރާބު ހުރީ ކާގެއަށެވެ. ކާގެއަށް ވަދެފައި އަހަރެންނަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑި އާ ދިމާލަށެވެ. ގަޑިން 9 ޖަހަނީއެވެ. “މިހާރު އެ 9 ޖަހަނީ…. އިރުކޮޅެއް ވަންދެން ތިބެވިއްޖެ ދޯ ބޭރުގަ ވާހަކަ ދައްކަން..” މަޖާ ވެފައި އެހެން ބުނެލި ހިނދު އެކަކު ވެސް ހިނިތުން ވުމެއް އަހަންނަކަށް ހިއްސާއެއް ނުކުރިއެވެ. އަހަރެންގެ ހިތށް އެރިއެވެ. އަނެއްކާ އަހަރެންނަށް ގޯސް ކޮށް ކަމެއް ކުރެވުނީ ނޫން ބާވައެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަހަރެން ސައިހާ ގާތުގައި ދޮރާއި ފުރަގަސްވާ ގޮތަށް އިން ގޮނޑީގައި އިށީންދެލީމެވެ. އަހަރެން ނޫން އެންމެން ދިޔައީ ކެއުމައިގެނ ކުރިއަށެވެ. އެންމެން ކައި ނިންމައިފިއެވެ. އެންމެފަހުން ކައިގެން ތެދުވީ އަނީމެވެ. އަނީމް އަތް ދޮވުމަށްޓަކައި ބޭރަށް ނުކުތެވެ. އަހަރެން ޝައްމާއި ސައިހާއާ ވާހަކައިގަ ކާގެ ތެރޭގައި އިނީމެވެ. އެހެން އިންދާ ގޮދަން ފުށާއި ކުލަފަދަ ތަކެތި އަހަރެންގެ ބޮލަށް މީހަކު އަޅާލިއެވެ. ކާކު ތޯ ބަލައިލި އިރު ފަހަތުގައި ހުރީ އަނީމާއި އޭނާގެ 4 އެކުވެރީންނެވެ. އޭރުވެސް ވެގެން އުޅޭ ގޮތެއްވެސް އަހަރެންނަށް ރޭކާ ވެސް ނުލައެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟
އަހަރެން ވާނުވާގައި ހުރެފައި އެންމެނާ ދިމާލަށް ކިހިނެއްހޭވީ އަހައިލީމެވެ. އަދި ސައިހާ އަހިސް ބުނެލިއެވެ. “ކަނބުލޮ ވަރަށް ދުވަސް ކޮށްލާފަ މީހަކާ ރައްޓެހި ވީމަ ހަނދާނުން ނުފިލާވަރު ކަމެއް ކޮށްލީއޭ…ސަޅި އޭނުން ދެން” މިހެން ބުނުމަށްފަހު ދެން ފެނުނީ ޝައްމާ، އަނީމް ގަޔަށްވެސް ފުށާއި ކުލަ އަޅާމަންޒަރެވެ. އެންމެންވެސް އެ ސަކަރާތުގައި ބައިވެރިވިއެވެ. އަހަރެންނާއި ވެސް ލައިގެންނެވެ. “އޭ މިސެސް އަނީމް…. ދެން ދޭ މޫދަށް އެސޮރު ގައިން އެ ކުލަތަށް ފިލުވަދޭން….” އަނީމްގެ އެކުވެރި އަހުޒަލް ބުނެލިއެވެ. އަހުޒަލް އެހެން ބުނުމުން އަހަރެން ވަގުތުން ފެން ހޮޅި ނަގާ އަނީމްގެ އެކުވެރިން ވެސް ތެއްމާލީމެވެ. “ކޮބާ އެންމެން ދާންވީއޭނުން މޫދަށް ތާހިރު ވެލަން ދޯ؟” އަހަރެން ހެމުން ޝައްމާ މެން މޫނުގައި ކުލަ ހާކަމުން އެންމެނަށް ބުނެލީމެވެ. އެންމެންވެސް އާއެކޭ ބުނެލީ މަޖާވެފައި ނަމަވެސް ކަންނެތް ގޮތަކަށެވެ.
މަންމަމެން ގާތުން ހުއްދަ ހޯދައިގެން އަހަރެމެން ދިޔައީ މޫދަށެވެ. ސަކަރާތް ޖެހުމުގައި މޫދުގައި އުޅެފައި ގެއަށް ދިއުމަށް ަނައްޓާލީ މެންދުރު ނަމާދު ނުކޮށް ހުރީމައެވެ. އަސްރު ވަގުތު ވެސް ޖެހެނީއެވެ. އަހަރެން އަނީމްގާތުގައި އެވާހަކަ ބުނެ ރަށު ތެރެއަށް ދާން އެދުނީމެވެ. އެންމެންް ވެސް އާއެކޭ ބުނެ އެއްގަމަށް އަރާ ދެން ދިޔައީ ގެއާ ދިމާލަށެވެ. އަވަހަށް ނަމާދަށް އެރުމުގެ ނިޔަތުގައެވެ.
ގެއަށް އާދެވިއްޖެއެވެ. އަވަހަށް އަހަރެން ލާނެ ހެދުމެއް ނެގުމަށްފަހު ފާހާނާއަށް ވަދެ ފެން ވަރައިގެން ނުކުތީމެވެ. އަހަރެން އަވަސްވެގަތީ މެންދުރު ނަމާދު ކުރާށެވެ. ވަރަށް އަވަސް ކޮށްލައިގެން ނަމާދުން ފޭބުނީ ހަމަ ކިރިޔާއެވެ.މާ ގިނައިރު ތަކެއް ނުވަނީސް އަސްރު ނަމާދަށް ގޮވައިފިއެވެ. އަހަރެން އަވަހަށް ނަމާދަށް އެރީމެވެ. ނަމާދުކޮށް ނިމުން އިރު މައީ ވެސް އިނީ ނަމާދު ކުރާށެވެ. މައީ ނަމާދުން ފައިބަންދެން އަހަރެން މަޑު ކޮށްލީމެވެ. “މިއަދު ދެން ކޮން ކަމެކޯ އޮތީ؟” މައީ ނަމާދުކޮށް ނިމުމުން އަހަރެން އަހާލީމެވެ. “މިއަދު ކުލާސް ކުދިންނާ އެއްކޮށް ހިނގާލަން ދާން ކިޔައިގެން މިއުޅެނީ… ކިހިނެތް ވީ؟ ކަމެއް އޮތީތަ؟” މައީ ސުވާޅުކޮށްލުމުން އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ. މައީ ކުލާސް އެކުވެރީންނާ އެއްކޮށް ހިނގާލަން ދާތީ އަހަރެން އިށީނދެލީ ވާހަކަ ކިޔާށެވެ. އެހެން އިންދާ އަނީމްގެ ފޯނެއް އައެވެ. އަދި އަތިރި މަތީގައި ހިނގާލަން ދާން އެދުނެވެ. އަހަރެން އުފަލުން އެއްބަސް ވީމެވެ.
ވަރަށް އަވަހަށް ދާން ތައްޔާރު ވެލައިގެން ބޭރަށް ނުކުތް ހިނދު އަނީމް ގޭ ފާރު ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. “ކިހިނެތްތަ ވީ މާ ވަރަކަށް ތި ބަލަނީ؟” އަނީމް ފާޑަކަށް ހެވިފަ ބަލަން ހުރުމުން ލަދުން ހުރެ އަހަރެން އަހާލީމެވެ. “ތި ނަލަ މޫނާއި ހަށިގަނޑު ފެންނަ ކޮންމެ މީހަކުވެސް ހަމަ މިހެން ގެއްލިފަ ބަލަން ހުންނާނެ….ތިހިރަ ނަލަކަމެއް… ވާ ވާ” އަނީމްގެ ބަސްތަކުން އަހަރެންގެ ލަދުވެތިކަން އިންތިހާ ދަރަޖައަށް ދިޔައެވެ. “ހޫމމ… ތޭންކްސް،އެކަން ދެނަ ދަމާ ދޯ!” އަހަރެން ދާން އެދުމުން އަނީމްގެ އެ ލޯބި ހިނިތުންވުން އަހަރެންނަށް ދިނުމަށްފަހު ދިއުމަށް ހިނގައި ގަތެވެ.
ހިނގަމުން ހިނގަމުން ގޮސް ފޭބީ އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުން ފެށިގެން ދިޔަ އަތިރި މައްޗަށެވެ. އަދި އަނީމް އަހަރެންނަށް ވަރަށް ލޯބިން ގޮވާލިއެވެ. ގޮވާލުމަށްފަހު ވާހަކަ އެއް ބުނަން ބޭނުން ކަމަށް އަނީމް ބުންޏެވެ. އަހަރެން އަނީމް ގާތު ބުނާށޭ ބުނެލި ހިނދު އަނީމް ބުނެލި ވާހަކަ ވީ އަހަރެން އަޑު އަހަން ބޭނުންވި ވާހަކަ އަކަށް ނުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

