“ސާޔަން!! ސާޔަންގެ މަންމަ މަރުވީ ކިހިނެތް ތަ؟ މަ މަގޭ ސޮބް ލައިފް މި ކިޔައިދިނީ ދެން ސާޔަން ކިޔައި ދީބަލަ” ރިޝީ މިހެން ބުނުމުން ސާޔަން ރިޝީ އާއި ދިމާލަށް ބަލައިލިއެވެ.
(10 ވަނަ ބައި)
“އަހަރެންގެ މަންމަ ޝީ ސޫސައިޑެޑް ހާރ ސެލްފް” ސާޔަން މިހެން ބުނުމުން ރިޝީ ސާޔަން އާއި ދިމާލަށް ވައްކަޅިން ބަލައިލިއެވެ. “އައިމް ސޮރީ އައި ގެސް ވީ ޑޫ ހޭވް ސޯ މަޗް އިން ކޮމަން” ރިޝީ މިހެން ބުނެ ސާޔަން އާއި ދިމާލަށް ބަލައިލިއެވެ. ސާޔަން ވެސް ރިޝީ އާއި ދިމާލަށް ބަލައިލިއެވެ. ދެމީހުން ކަޅިޖަހައިނުލާ އެކަކު އަނެކަކަށް ބަލަން ހުއްޓެވެ. ރިޝީ ހުރީ ސާޔަންގެ އެ ކަޅުކަންގަދަ ކަޅިއަށް ބަލަން ހުރެފަ ކުއްލިއަކަށް ރިޝީ ސާޔަން އާއި ކައިރި ވާން ފެށުމުން ސާޔަން އަށް ދުރު ބަލައި ލެވުނެވެ. “ސް… ސޮރީ” ރިޝީގެ މޫނު އޮތީ ޖަންބު ކުލަ އަރާފައެވެ. “އިޓްސް އޯކޭ” ސާޔަން އަށް ވެސް ހުރީ ރިޝީ އަށް ވެފަ ހުރި ވަރުވެފައެވެ. “ހޮހޯއި ސާބަހޭ ދެމީހުން ކީއްވެޔޯ ދުރުބެލީ” ރަލާ ތުން އަނބުރައިލައިފައި ބުނެލިއެވެ. “ރަލް؟!” ރިޝީ އަށް ރަލާ ފެނުމާއި އެކު ބުނެވުނެވެ. “ރިޝް މަށާ އެކު އާދެބަލަ” ރަލާ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލާފައި ބުނެލިއެވެ. ރިޝީ ބަހެއް ނުބުނެ ދޮންވެލިގަނޑު މަތިން ތެދުވެގެން ރަލާ އާއި އެކު ދިޔައެވެ.
“ރިޝް ޑޫ ޔޫ ލައިކް ހިމް؟” ރަލާ ރިޝީ ގޮވައިގެން ތަންކޮޅެއް ދުރު ހިސާބަކަށް ގޮސް ބުނެލިއެވެ. “އައި ގެސް އެކަމަކު އައި ޑޯންޓް ތިންކް ހީ ލައިކްސް މީ” ރިޝީ އިސްޖަހައިލިއެވެ. “އަހާބަލަ އޭނަ ކައިރީގަ އޭރުން ދޯ އިންގޭނީ އޭނަ ރިޝް ލޯބިވާ ކަން” ރަލާ މިހެން ބުނުމުން ރިޝީ އުޑު މައްޗަށް ބަލައިލިއެވެ.
“އޭތް ބްރޯ އެއީ ކޮން ކަމެއްތަ ދެން މަ ކައިރީގަވެސް ބުނެލަބަލަ” ޖަނާން ސާޔަން ކައިރީގަ އިށީން ނަމުން ބުނެލިއެވެ. “ކޮބާ؟ ކޮން އިރަކު ހިނގި ކަމެއްގެ ވާހަކަ ތި ދައްކަނީ؟ ކާކާ އެކު؟” ސާޔަން ނުވާކަމަށް ހެދިލާފައި ބުނެލިއެވެ. “ބޮރޯ ދެންމެ ޔޫ އާ ރިޝް އާ ދެމީހުން އޯލްމޯސްޓް ކިސްޑް… ދެން ކީއްވެތަ ސާޔަން ދުރު ބެލީ އެހެންނޫނީ އޭތި ވާނީ ޔޫގެ ފަސްޓު ކިސްއަށްށޭ” “އައި ހޭވް ނޯ އައިޑިއާރ ވަޓް ޔުއާރ ޓޯކިންގް އެބައުޓް” ޖަނާން ބުނި އެއްޗާއި ދެކޮޅަށް ސާޔަން ބުނެލިއެވެ.
(އެއް ހަފްތާ ފަސް)
ދަތުރު ނިމިގެން އެންމެން ރަށަށް ދާން ތައްޔާރު ވަނީއެވެ. “ކޮބާ ހުރިހާ އެއްޗެއް އަރުވާ ނިމުނީ ތަ؟” ސާޔަން އެންމެން އާއި ސުވާލު ކޮށްލިއެވެ. “އާން އެއީ އެންމެ ފަހު އެތި” ރިޒްލާން ބުނެލިއެވެ. އެންމެން ޑިންގީ އަށް އެރުމުން ޑިންގީ ދުއްވަން ފެށިއެވެ. ޑިންގީ ދުއްވަމުން ގޮސް މަޑުކުރީ އެމީހުން އުޅޭ ރަށުގެ ފަޅުތެރޭގައެވެ.
އެއިރު ލަމްހާން ހުރީ އަތިރީގަ ހުރި ޖޯއްޔެއްގައި އިށީންދެލައިގެން ފޯނަށް ބަލަންށެވެ. އެހެން އޮއްވާ ރިޝީގެ އަޑު އިވުމުން ޖެޓީ އާއި ދިމާލަށް ބަލައިލިއެވެ. އެތަނުން ރިޝީ ފެނުމާއި އެކު ލަމްހާން ޖޯލިން ތެދުވާން އުޅެފައި ކުއްލިއަކަށް ސާޔަން ގެ އަޑު އިވުމުން އަނެއްކާވެސް ޖެޓީ އާއި ދިމާލަސް ބަލައިލިއެވެ. “ވަޓް ދަ ފަ*… އޭއްޗަކު ރިޝް ކައިރީގަ ކީއް އެކުރަނީ ރިޝް އަކީ ހަމައެކަނި އަހަރެންގެ މިލްކެއް މިފަހަރު އަހަރެން ރިޝް ގޮވައިގެން ނޫނީ މާލެއެއް ނުދާނަން” ލަމްހާން ސާޔަން އާއި ދިމާލަށް ލޯ އަޅައިލައިފައި ބުނެލިއެވެ. އެހެން ސާޔަން އާއި ދިމާލަށް ބަލަން ހުއްޓާ ލަމްހާން ގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު މައްޗަށް ނަގާ ބަލައިލިއިރު އޭނާގެ ކުޑައިރުގެ އެކުވެރިޔާ ނުހައިކް ގުޅުމުން ފޯނު ނަގާ ވާހަކަ ދައްކަން ފެށިއެވެ.
ޖެޓީ މައްޗަށް އެރި އިރުވެސް އެންމެން އުޅުނީ ސަކަރާތާއި މަޖަލުގައެވެ. “ދެން ސަކަރާތް ނުޖެހި ހިންގާބަލަ ގެއަށް ދާން މިހާރު އެއޮށް 3:23 ވީއޭ” ރިޝްވާން މިހެން ބުނުމުން އެންމެން ގެއަށް ދާން ހިންގައިގަތެވެ. އެއްލި ކަޅިއަކުން ރިޝީގެ ލޮލުގައި އަޅައިގަތީ އެތާ ޖޯލީގައި އިށީންދެލައިގެން ރިޝީ އާއި ދިމާލަށް ބަލަން ހުރި ލަމްހާންއެވެ. ސާޔަން އަށް ރިޝީގެ މޫނުން ރުޅިވެރިކަން ފެނުމުން ރިޝީގެ ބޮލަށް ފެންހަން ތެރޭގައި ހުރި ފެންކޮޅު އޮއްސައިލިއެވެ. “ސާޔަން!!” “ލައްބަ ކިހިނެތްވީ ” ރިޝީ ސާޔަން އަށް ގޮވައިލުމުން ސާޔަން ޖަވާބު ދިނެވެ. ދެން ރިޝީ ސާޔަންގެ ފަހަތުން ދުވަން ފެށިއެވެ. “ގެއެއް މަގުމައްޗެއް އެހެންތަނެއްނޯވޭ ސަކަރާތް ޖެހޭކަށް” ރިޝްވާން ކުދި ކިޔަން ފެށިއެވެ. ގެއާއި ހަމައަށް ދިއުމުން އެމީހަކު އެމީހެއްގެ ގެއަކަށް ދިޔައެވެ. މައިރާ ވެސް އޭނަގެ ގެއަށް ދާން ދިޔައެވެ.
ސާޔަން ގޮސް ގެއަށް ވަނުމާއިއެކު ދިޔައީ އޭނާގެ ކޮޓަރީގައި ހުރި ފާޚާނާ އަށްށެވެ. ތުވާލި ހިފައިގެން ފާޚާނާ އަށް ވަދެ ފެން ވަރަން ފެށިއެވެ. ފެން ވަރައިގެން ތުވާލި އުނަގަޑުގައި އުޅައިލައިގެން ކޮޓަރި ތެރެއަށް ނިކުމެ އަލަމާރިން ޖިންސެއް ނަގާ ލުމަށްފަހު އޭނާގެ އިސްތަށިގަނޑު ހިއްކަން ތުވާލި ބޮލުގައި އަޅައިލިއެވެ. އިސްތަށިގަނޑު ހިއްކާފައި ބޮލުގައި އަތް ކާތާލުމަށްފަހު އެނދުގެ ބޯކޮޅުގައި ލެގިލައިގެން ހުރެ ފޯނުން ދަތުރު ދިޔަ ދުވަސް ތަކުގެ ފޮޓޯތަށް ބަލަން ހުއްޓެވެ. އެހެން ހުއްޓާ ކުއްލިއަކަށް ހުރެލާފަ ސާޔަންގެ ބޮލުގަ ރިއްސަން ފަށައިފިއެވެ. އަލަމާރިން ކަޅުކުލައިގެ ޓީޝާޓެއް ނެގުމަށްފަހު އޭތި ލައިގެން ބޭރަށް ނިކުތް އިރު ޖަނާން އޮތީ ސޯފާގަ ފޯނާކުޅެންށެވެ. “ބްރޯ ޕެނެޑޯލް ގުޅަ އެބަހުރި ތަ؟” ސާޔަން ޖަނާން ގާތުގައި އަހައިލިއެވެ. “އާން މި އަންނަނީ ހިފައިގެން” މިހެން ބުނެ ޖަނާން ދިޔައީ ބަދިގެ ތެރެއަށް ޕެނެޑޯލް ގުޅައެއް ބަލައެވެ. ޕެނެޑޯލް ގުޅައަކާއި ފެންތައްޓެއް ހިފައިގެން ނިކުމެ ސާޔަން އަތަށް ދިނުމަށްފަހު ސާޔަން ބޭސްގުޅަ ކެއުމަށްފަހު ފެންތަށި ބޯލިއެވެ. “ބްރޯ މާދަން ރޭ އަހަރުން ބާބަކިއު ހަދަން އެމީހުން ވެސް މާދަންރޭގަ ހަދާވާހަކަ ދެއްކި… ދޭ އަވަހަށް މާދަންރެއަށް ރެސްޓުކުރަން އެހެންނޫނީ މީހާއޮންނާނި މާދަމާއަށްބަލިވެފަ” ޖަނާން މިހެން ބުނުމުން ސާޔަން އާންއެކޭ ބުނެލާފައި ދިޔައީ އޭނާގެ ކޮޓަރިއަށްށެވެ. ސާޔަން ކޮޓަރިއަށް ވަދެފައި އޮށޯތީ އަރާމުކުރާންށެވެ. އެހެން އޮއްވާ މީހާ އަށް ނިދުނެވެ.
(އެރޭ 8:00 ޖެހުމުން)
“ސާޔަން ސާޔަން…” ސާޔަން އަށް ހޭލެވުނީ ރިޝީ އޭނައަށް ގޮވާ އަޑަށްށެވެ. އެއިރު މީހާ އޮތީ ހުން އައިސްގެން ދާހިއްލާ ފޯވެފައެވެ. “ހުޅުވާފަ ހުރީ ވަދޭ” ތެދުވާނެ ވަރެއް ނެތުމުން ސާޔަން ރިޝީ ގާތު ވަންނަން ބުނެލިއެވެ. “ސާޔަން ހިންގާބަލަ…. ސާޔަން؟! އާރ ޔޫ ސިކް؟” ރިޝީ އަށް ސާޔަންގެ މޫނުމަތި ފެނުމާއި އެކު ހާސްވިއެވެ. “ނޮޓް ރިއަލީ ކުޑަކޮށް ހުންއައިސްފަ މިހުރީ އެއީ ހާސް ވާވަރުގެ ކަމެއްނޫން” ސާޔަން ތެދުވަން މަސެއްކަތް ކުރިއެވެ. “އެކަކުވެސް ގެއަކު ނެތް… އެބައަންނަން އިންގެ ސާޔަން އޮށޯއްވެގެން އޮވޭ” ރިޝީ މިހެން ބުނެފައި ދިޔައީ ބަދިގެއަށްށެވެ.
ބަދިގެއަށް ގޮސް ތައްޓަކަށް ފެން އަޅައިގެން އެ ތަށީ ހިފައިގެން ދިޔައީ ސާޔަންގެ ކޮޓަރިއަށްށެވެ. ކޮޓަރިއަށް ވަދެ އެތާން ގައި އަޅުވާފައި އޮތް ތުވާލިކޮޅު ތެންމާލާފައި ސާޔަންގެ ބޮލުގައި އަޅަން ފެށިއެވެ. “ސާޔަން ބަލިވެ އުޅޭންޏާމު ވާނެ ވަގުތުން މީހެއްކައިރީގަ ބުނަން އެހެންނޫނީ އިތުރަށް ގަދައަށް ބަލިވާނީ” ސާޔަންގެ ބޮލުގައި ފެން ޖައްސަމުން ރިޝީ މިހެން ބުނަމުން ދިޔައެވެ. ސާޔަން ހިނިތުން ވެލިއެވެ. “ރިޝް އައިމް ގްލާޑް ރިޝް އައީމަ ރިޝް ނައި ނަމަ އަހަންނަށް ވާނެ ގޮތެއްވެސް ނޭގެ” ސާޔަން ރިޝީ ގެ އަތުގައި ހިފާފައި ބުނެލިއެވެ. ސާޔަން މިހެން ބުނެ ފައި ނިދޭތޯ މަސައްކަތް ކުރިއެވެ. ރިޝީ ސާޔަންގެ ނިއްކުރި މަތީގައި އެ ތުވާލިއޮޅު ބޭއްވުމަށްފަހު އެތާ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންދެލިއެވެ. ސާޔަންގެ މޫނަށް ކަޅިނުޖަހާ ބަލަންހުއްޓާ ރިޝީ ސިއްސައިގެން ދިޔައީ ސާޔަންގެ ފޯނު ރިންގުވާ އަޑަށްށެވެ. “ސާޔަން! ސާޔަން ގެ ފޯނު އެ ރިންގުވަނީ” ރިޝީ ސާޔަން އަށް ގޮވަމުން ބުނެލިއެވެ. ސާޔަން ގަދަ ނިދީގައި އޮތުމުން ރިޝީ ސާޔަން ގެ ފޯނުނަގާ ވާހަކަ ދައްކަން ފެށިއެވެ.
“ހަލޯ ދޮންބޭ ކޮން އިރަކުގަތަ އަންނަނީ” ފޯނުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. ރިޝީ އިތުރު ބަހެއް ނުބުނެ ފޯނު ބޭއްވިއެވެ.
(އަނެއްދުވަހު ހެނދުނު)
ސާޔަން އަށް ހޭ ލެވުން އިރު ބޯމަތީގަ އޮތީ ހިކިފަ އޮތް ތުވާލިކޮޅެކެވެ. ތެދުވަން ވެގެން އެނދުން ފައިބާ ދިމާލަށް ބަލައިލިއިރު އެތާންގައި ބޯއަޅައިލައިގެން ނިދާފައި އޮތް ރިޝީ ފެނުނެވެ. “ރިޝް ރިޝް ތެދުވެބަލަ” ސާޔަން ރިޝީގައިގައި މަޑުމަޑުން ކޮއްޓާލަމުން ބުނެލިއެވެ. “ސާޔަން އާރ ޔޫ އޯކޭ؟ އަދިވެސް ހުން އައިސްފަތަ؟” ރިޝީ ތެދުވަމުން ސާޔަންގެ ނިއްކުރި މަތީގައި އަތް އަޅައިލިއެވެ. “ޔާ އައިމް އޯކޭ ނައު… ރިޝް ރޭގަ މި ތާންގަތަ ނިދީ؟” ސާޔަން މިހެން ބުނުމުން ރިޝީ ބޯ މަތިން ތިރިއަށް ތަޅުވައިލިއެވެ. “ގަޑިން ކިތެއް؟ ގޭގަ ތިބި މީހުން ތެދުވާން ވާއިރަށް ޖެހޭނެ ގެއަށް ދާން އެހެންނޫނީ އެ ކަންތަކާ ޖެހުނީ” މިހެން ބުނެ ރިޝީ އެގެއިން ނިކުމެގެން އޭނަ މެން ގެއަށް ދިޔައެވެ. ރިޝީ އުޅުނު ގޮތް ބަލަން ސާޔަން އޭނަގެ ކޮޓަރީ ބެލްކަނީގެ ރޭލަން ގައި އަތް އަޅައިލައިގެން އަނގައިންހިނި ނުކެނޑި ހެމުން ދިޔައެވެ. “ކިތަނމެ މަޑުންހުއްޓަސް ރިޝް އަކީ ފަނީ ކުއްޖެއް” އަމިއްލަ މީހާ އާ ވާހަކަ ދައްކަން ހުރި ސާޔަން ހުރީ ހިނިތުން ވެލާފައެވެ. ނަމަވެސް އެމޫނުގެކުލަވަރު ބަދަލުވީ އެގޭ ކައިރިން ހިންގާފަ ދިޔަ ލަމްހާން އެގޭ ފާރުމަތިން ބޯ ދިއްކޮށް ބެލުމުންއެވެ.
ރިޝީ ގެއަށް ވަތް ތަނާހެން ރަލާ ފެނުމާއި އެކު ސިހުނެވެ. “މަންމާއި ހުވާ ސަހާދެއް މިބުނީ ރަލް މަށަށް ހާރޓް އަޓޭކް އެއް ދޭންތަ ތިއުޅެނީ؟” މޭމަތީގައި އަތް އަޅައިލައިފައި ރިޝީ ބުނެލިއެވެ. “ނޫން މިހާ ފަތިހު ފަތިހާގެން ކޮންތާކަށް ގޮސްފަތަ ތިއައީ؟” ރަލާ މިހެން ބުނުމުން ރިޝީ ހިންގާލަން ގޮސްފައޭ ކިޔާފައި އޭނާގެ ކޮޓަރި ތެރެއަށް ވަނެވެ.
“ޑިޑް އައި ނޯ ނޯ ނޯ ކޯޗެކޭ މަމި ވިސްނަނީ އެހެންނެއް ނުވާނެ… އެކަމު ރޭގަ ސާޔަން އަށް އެގުޅީކާކުދޯ؟…. ސާޔަން ކައިރީގަ އަހަނީ ފަހުން އިހަށް ދާން ވީ ފެންވަރައިގެން އަވަހަށް މެންދުރަށް ކައްކަން އުޅެން ދާން މިއަދު މީ ހުކުރު ދުވަހެކޭ” ރިޝީ އަމިއްލަމީހާ އާ ވާހަކަ ދައްކަން ހުރެފައި ހުކުރު ދުވަހެއްކަން ހަނދާން ވުމުން އޭނާ ވަނީ ފާޚާނާ އަށްށެވެ. ފާޚާނާއަށް ވަދެ ދަތް އުނގުޅައިގެން ދިޔައީ ފެން ވަރާލާންށެވެ. ފެން ވަރައިނިމިގެން އެތާންގައި އަޅުވާފައި އޮތް ރޯބް ލުމަށްފަހު ކޮޓަރި ތެރެއަށް ނިކުމެލިއެވެ. ކުއްލިއަކަށް ރިޝީ ގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުން އެނދުމަތީގައި އޮތް ފޯނު ނަގާ ބަލައިލިއެވެ. އެ މެސެޖު ފެނުމާއި އެކު ރިޝީގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


cool
Thanks you a i s h a