Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިވޭ 9

Horror queen Level 210 Stories
February 23, 2022 5 Mins Read
1 Comment

 

“ސޮރީ އަހަރެން ލަމްހާން ދެކެ އަރާފަ ހުރި ރުޅި ސާޔަން އަށް ބޭލުވުނީމަ” ރިޝީ ހިނިތުން ވެލާފައި ބުނެލިއެވެ. “އެ އޯކޭ ވާނެ އަދި އެއްވާހަކަ ޖަނާން އާ ރަލާ އަދި ރިޒްލާން އާ ހަތަރުމީހުން ކޮން ސިއްރު ވާހަކައެއްތަ ތި ދައްކަނީ” ސާޔަން އަހައިލިއެވެ. “އޯ އެ ދޯ…

 

(9 ވަނަ ބައި)

 

…..އެއީ އަހަރުން މި އުޅެނީ ދޮންބެ އާ މައިރާ އާ ދެމީހުން މިރޭ ސެޓް ކުރަން ވެގެން” ރިޝީ މިހެން ބުނުމުން ދެމީހުން ކުރިއަށް ހިންގައިގަތެވެ.

 

“ހާދަހާ ލަހޭ ބޯޅަ ހަދައިގެން ތަ ތި އައީ” ރިޒްލާން ރިޝީ އަދި ސާޔަން ފެނުމުން ބުނެލިއެވެ. “އަން މި އޮތީ ބޯޅަ” ސާޔަން މޫދަށް އެރެމުން ބުނެލިއެވެ. ކުއްލިއަކަށް ސާޔަން ސިހުނީ މީހަކު އައިސް ސާޔަން ކޮއްޕާލުމުންއެވެ. މޫ ދުތެރެއިން ތެދުވެ ކާކުތޯ ބަލައިލިއިރު ރިޝީ ކަމަށް ވުމުން ވިހަ ހިނިތުން ވުމަކާއެކު ސާޔަން ރިޝީ ފަހަތުން ދުއްވައިގަތެވެ. ރިޝީ “މަންމާއި” މިހެންބުނެ ދުވަން ފެށިއެވެ. ނަމަވެސް ސާޔަން ގޮސް ރިޝީ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން ފުން ހިސާބަކަށް ގެންދިޔައެވެ. “ސާޔަން ނޯ މަށަކަށް ފަތާކަށް ނޭންގެއޭ….” “ހާސް ނުވޭ މަށެއް މިފަހަރު ރިޝީ އެހެން އެކަނި އުޅެން ދުލެއް ނުކުރާނަމޭ” ރިޝީ ސާޔަން ގައިގައި ބައްދައިލުމުން ސާޔަން ބުނެލިއެވެ. “އޯއެ ކޮންކަމެއްތީ؟” ރިޝްވާން މައިރާ ގޮވައިގެން ފުމަށް އެރެމުން ބުނެލިއެވެ. “ނޯ ނޯ ނޯ ނޯ މަ އިސްކޮޅެއް ނުޖެހޭނެ ރިޝްވާން އަޅެ ޕްލީޒް މަ އެއްގަމަށް ގެންދެބަލަ ޕުލީޒު މަ އާދޭސް މިކުރަނީ” މައިރާ އާދޭސް ކުރަން ފެޝިއެވެ. “އަޅެ ތީ ރޭގަ ވިހި ކުއްޖެއްދޯ ރޯކަށް… ފަތަން އިނގޭއްނު އެނިމުނީ” “އެކަމު މަށަކަށް ނުކެރެއޭ އެހެން އެކަނި ފުންތަންތާން ގައުޅޭކަށް” ރިޝްވާން ބުނި އެއްޗާ ވިއްދާ މައިރާ ބުނެލިއެވެ. “ސާބަސް މައި އަށް އަހަރެންގެ ދޮންބެ މަރައެއްނު ތި އުޅެނީ އަހަރެންގެ ދޮންބެ މައި އެހެން އެކަނި ދުލެއްނުކުރާނޭ އޭނަ އެއަށްވުރެ ބޮޑަށް މައި ދެކެ ލޯބިވޭ” ރިޝީ މިހެންބުނުމުން ރިޝްވާން ރިޝީ އާއި ދިމާލަށް ބަލައިލިއެވެ. “ރިޝް އާން ވަރަށް ސީކްރެޓް ކީޕް ކުރޭ ދޮންބެ ބުނި އެއް ސީކްރެޓް ތި ކިޔައި ދިނީ” ރިޝްވާން މިހެން ބުނެވުނީ ތަންކޮޅެއް ބާރަށްށެވެ. “އާ ދޮންބޭ މަށަށް ހީ ވަނީ ދޮންބެ ހެން އަމިއްލަ މީހާގެ ސީކްރެޓް ތި ފަޅައެރުވީ… މަ ބުނި ގޮތުން އެންމެން ހިތަށް އަރާނީ ދޮންބެ މައި ދެކެނީ ކޮއްކޮއެއްގެ ގޮތުގަކަން އެކަމު ދޮންބެ ތި ބުނިގޮތުން….އޯކްވާޑް” ރިޝީ މިހެން ބުނުމުން ރިޝްވާން މައިރާ އާއި ދިމާލަށް ބަލައިލިއެވެ. “މައި އައި ހޭވް ސަމްތިން ޓު ސޭ…. ވިލް ޔޫ ބީ މައި ގާރލް ފްރެންޑް؟” ރިޝްވާން އޭނާގެ އަތް މައިރާ އަށް ދިއްކޮށްލަމުން ބުނެލިއެވެ. “މީ އަހަރެން ހީ ކުރި ކަހަލަ ޕްރޮޕޯޒަލް އެއް ނޫން ސޯ އައިލް ސޭ ޔެސް އައިލް ބީ ޔުއާރ ގާރލް ފްރެންޑް” މައިރާ މިހެން ބުނުމުން ރިޝްވާން ހީލާފައި މައިރާ ގައިގައި ބައްދައިލިއެވެ. “އޯ މައި ބެސްޓީ އިޒް ނައު މައި ސިސް” ރިޝީ މިހެން ބުނުމުން ޖަނާން އާއި ރަލާ އަދި ރިޒްލާން އޭނައާއި ދިމާލަށް ބަލައިލިއެވެ. “ރިޝް ޔޫ ނިއު ކީއްވެ އަހަރުން ކައިރީގަ ނުބުނީ؟” ރަލާ ތުން ދަމާލާފައި ބުނެލިއެވެ. “އޭރުން ސަޕްރައިޒް އެއް ނުވާނެއްނު އަހަރުން ތިމީހުން އަށް ސަޕްރައިޒް އެއް ދޭންވެގެންނޭ މި ވާހަކަ ނުބުނީ” ރިޝްވާން މިހެން ބުނުމުން ރިޒްލާން ލޯ ހަނިކޮށްލިއެވެ.

 

“ހޫމް މިހާރު ޕްރޮޕޯޒް ކުރެވިއްޖެއްނު ދެން ހިންގާ ގޭމް އެއް ކުޅެން ބޯޅަ ހިފައިގެން އައީ ވަކިކަމަކުއެއްނު” ރިޒްލާން ރަކިވެހުރެ ބުނެލިއެވެ. ދެން އެންމެން ވައްބުރެއް ހަދައިގެން އެކަކު މެދަށް އެރުވުމަށް ފަހު ކުޅެން އުޅޭ ގޭމު ކުޅެން ފެށިއެވެ.

 

މުޅި މެންދުރު އެއްކޮށް ދިޔައީ މޫދު ތެރޭގައެވެ. އެންމެން މޫދުން އެރިއިރު ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. ރިޝީ އާއި ރަލާ އާއި މައިރާ އަދި އަޝްމީ ދިޔައީ އެތާންގައި ހުރި ގަސްތަކުގެ ތެރެއަށް ހިކިއެއްޗިސް ލާންށެވެ. އެއަށް ފަހު އެންމެން ދިޔައީ ކޮންމެވެސް ކާއެއްޗެއް ތައްޔާރު ކުރަންށެވެ. ހުރިހާ ފިރިހެނުން ތިބީ ފޯނާއި ކުޅެންށެވެ.  “ޕިސް ޕިސް ޕިސް ތީ ދޯ ކުރަން ޖެހޭ ކަމަކީ އެންމެ ރަނގަޅު ވާނީ ދޯ ދަރުކޮޅެއް ވެސް ކަނޑައިގެން އަންނަން ދާން ތި ފޯނު ތަށް ބަހައްޓާފަ އަވަހަށް ދޭބަލަ އިރުއޮއްސުމުގެ ކުރިން” ރަލާ މިހެން ބުނުމުން އެންމެން އެ އަށިމަތިން ތެދުވެލިއެވެ. ނަމަވެސް ރިޒްލާން އޮތީ ފޯނަށް ގެއްލިފައެވެ. “ލާން ދެން ދޭބަލަ ޕްލީޒް”އަޝްމީ ބުނުމުން ރިޒްލާން އަވަހަށް މިދަނީ އޭ ކިޔާފައި ރިޝްވާން މެނާއި އެއްވަރުކުރިއެވެ.

 

އެމީހުން ދަރު ކަނޑައިގެން އައި އިރު ހަވީރުގެ ސައި ތައްޔާރު ވެފައި ހުރުމުން ކުނާ މަތީގައި އިށީންނީ ކާންށެވެ. “އަޅެ ފަހެ މީހަކު އަޖައިބެއް ނުވާނެ ތި އައީ ވަލުތެރެއިން ދަރުކަނޑައިގެންއޭ އެންމެ ރަނގަޅު ދޯ ވާނީ އަތް ދޮވެލާގެން އިށީންނި ނަމަ” ރިޝީ އެދިމާލަށް ދަމުން ބުނެލިއެވެ. “ދެން މާކު ލަސްވެއްޖެ ކާން ވެސް ފެށިއްޖެ ދެން އަޅައި ނުލާ އޯކޭ ރިޝް ދޮންބެ ގެ ލޯބި ލޯބި ރިޝްކޮ” ރިޝްވާން މިހެން ބުނެ އަތުގަ އޮތް ގުޅަ ހިފައިގެން ދުއްވައި ގަތެވެ. “ކިތައް ފަހަރު ބުނަންވީ މަށާ ދިމާލަށް ރިޝްކޮ ނުކިޔާށޭ މިހާރު އެއްހާސް ފަހަރު ބުނެވިއްޖޭ މިފަހަރު ބޮނޑިއެއް ދޭނަން” ރިޝީ މިހެން ކިޔަމުން ރިޝްވާން ގެ ފަހަތުން ދުވަމުން ދިޔައެވެ. “މީ ކޮންކަމެއް؟” އަޝްމީ އައިސް އެންމެން ކައިރީގައި އަހައިލިއެވެ. “ލެޓްމީ ގެސް ވާން ދޮންބެ ރިޝްއާ ދިމާލަށް ދޮންބެގެ ލޯބި ލޯބި ރިޝްކޮ ކީ ދޯ” ރަލާ ދޯ ދެމުން ބުނެލިއެވެ. ރިޒްލާން ބޮލުގެ އިޝާރާތުން އާންއެކޭ ބުނެލިއެވެ. އެންމެ ފަހުން ރިޝީ ވާޅުވެގެން ގިވަޕް ދިނެވެ.

 

އެދުވަހު އިރު އޮއްސުމުން އެންމެން އަލިފާން ގަނޑުކައިރީގައި ފޯނާއި ކުޅެން ތިއްބެވެ. އެއީ ދެން ކުރާނެ ކަމެއް ނެތުމުންއެވެ. “ހިންގާ އަނެއްކާވެސް ރަށުތެރެ ބަލައިލަން ދާން” ކުއްލިއަކަށް ރިޝްވާން މިހެން ބުނުމުން ރިޝީ ސިހުނެވެ. “މިގަޑީ؟ ނޯ މާކު އަނދިރި ވާނެ ހިންގާ އިހަށް މިތާންގަ މަޑުކުރަން” ރިޝީ ބިރުން ބުނެލިއެވެ. “ރިޝް ހިންގާބަލަ ޕްލީޒް” އަޝްމީ މިހެން ބުނުމުން ނޫނެކޭ ބުނަން ނުކެރިފަ ހުރެ އާންއެކޭ ބުނެލިއެވެ. “އޯކޭ ހިންގާ ދަމާ އެކަމު އަހަރެން އެކަނި ދޫކޮށްލައިގެން ނުވާނެ” ރިޝީ މިހެން ބުނެ އެންމެން އާއި އެކު ރަށުތެރެ ބަލައިލާން ގިޔައެވެ.

 

ވަލުތެރެއާއި ކައިރިވާވަރަކަށް ރިޝީގެ ބިރު ދަނީބޮޑުވަމުންއެވެ. ކުއްލިއަކަށް ފޯނު ނިވުމުން ރިޝީ އަޑުނެތް ކޮޅަށް ހަޅޭއް ލަވައި ގަތެވެ. “ރިޝް ކިހިނެތް ވީ؟” ސާޔަން ގެ އަޑު އިވުމާއި އެކު އެ އަޑު އަންނަ ދިމާލަށް ބަލައިލިއެވެ. ރިޝީ އަށް ފެނުނީ އަލިކޮޅެކެވެ. ރިޝީ އިތުރަށް ބިރުގަތެވެ. ދެން ރިޝީ އަނެއްކާވެސް ހަޅޭއްލަވަން އުޅުނިކޮށް މީހަކު ރިޝީގެ އަނގަ މަތީގައި އަތް އެޅި ހެން ހީވިއެވެ. “ރިޝް ހަޅޭއް ނުލައްވަބަލަ މިހުރީ ވަލުތެރޭގައޭ އަދި މީ ރޭގަނޑެކޭ” ސާޔަންގެ އަޑު އަނެއްކާވެސް އިވުމުން ރިޝީ ރީއްޗަށް ސާޔަން ހުރި ދިމާލަށް ބަލައިލިއެވެ. “ސާޔަން؟؟؟” ރިޝީ ސާޔަން އަށް ގޮވައިލިއެވެ. އެއަށް ފަހު ސާޔަންގެ ގައިގައި ބައްދައިލިއެވެ. “ރިޝް އާރ ޔޫ އޯކޭ؟ ކީއްވެ ތި ރޮނީ؟ ކިހިނެތް ވީ ތަ؟” ސާޔަން ރިޝީ ރޯން ފެށުމުން ބުނެލިއެވެ. “އަހަރެންގެ ފޯނު ނިވިއްޖެ އަދި މި ތަނުން ފާޑުފާޑުގެ އަޑުތަށް އިވޭ އައިމް ސްކެއާރޑް” ރިޝީ މިހެން ބުނުމުން ސާޔަން ގެ ގާތަށް ހިނިއައެވެ. “ސާޔަން ކީއްވެ ތިހެނީ” ރިޝީ މިހެން ބުނެ ސާޔަން ގެ ގައިން ދޫކޮށްލިއެވެ. “ދެން މީހަކަށް ނުހެވޭ ވަރެއްތަ ރިޝް އަހަރުމެން މިތިބީ ވަލުތެރޭގައޭ މި ތަނުން އަޑު އަޑު އިވޭނެ ދޯ މިތާންގަވެސް ދިރޭ އެއްޗިސް އުޅޭނެ… ހިންގާ މަށާއެކީ އެތާންގަ އެމަގަށް އެމަގުން ނިކުމެއްޖިއްޔާމު ދެވޭނީ މިރަށުގެ ތުނޑިއަށް އެ ތަނުން ހިންގާފަގޮސް މީހުން ދާނީ ކޭމްޕް ސައިޓް އަށް އޯކޭ ފޮލޯ މީ” ސާޔަން މިހެން ބުނެ ހިންގާން ފެށިއެވެ. ރިޝީ ވެސް އެކަނި ނުހުންނަންވެގެން ސާޔަންގެ ފަހަތުން ދިޔައެވެ.

 

“ސް….ސް….ސާ…ޔަން” އަނދިރި ކަމުން ތަނެއް ނުފެންނާތީ ރިޝީ ސާޔަން އަށް ގޮވްއިލިއެވެ. ދެން އެހެން ކުއްލިއަކަށް ހުއްޓާ ރިޝީގެ ކުރިމަތިން ބުޅަލެއް ހުރަސްކޮށްލިއެވެ. ރިޝީ ބިރުން ގޮސް ސާޔަންގެ އަތްދަނޑިމަތީގައި ހިފާ ބާރުކޮށްލިއެވެ. “އައުޗް ރިޝް ހާދަ ވަރުގަދޭ” ސާޔަން ތަދުވާކަމަށް ހެދިލާފައި ބުނެލިއެވެ. “އެއޮތީ ދޮންވެލިގަނޑު ހިންގާ ބާރަށް ދަމާ” ރިޝީ މިހެން ބުނެ ބާރަށް ހިންގަން ފެށިއެވެ. ދެމީހުން ވެސް އެދިމާލަށް ނިކުތް އިރު އެދިމާލު މޫގުގައި ހުރީ ރެދަން އަޅާފައެވެ. “ވާވު ހާދަ ރީއްޗޭ” ރިޝީ ހިނިތުން ވެލާފއި ހުރެ ބުނެލިއެވެ. “ޔާ އިޓްސް ބިއުޓިފުލް… ރިޝީ އޯކޭތަ އަހަރެން ސުވާލެއް ކޮށްލިއަސް؟” ސާޔަން ރިޝީ އާއި ދިމާލަށް ބަލައިލައިފައި އަހައިލިއެވެ. “އާން ކޮށްބަލަ ތި ކުރަން އުޅޭ ސުވާލެއް” ރިޝީ މިހެން ބުނެ ދޮންވެލި ގަނޑު މަތީގައި އިށީންދެލިއެވެ.

 

“ރިޝީގެ މައިންބަފައިން މަރުވީ ކިހިނެތް ތަ؟” ސާޔަން ވެސް ރިޝީ ކައިރީގައި އިށީންނަމުން އަހައިލިއެވެ. “މަށަށް އެއިރު 6 އަހަރު މަންމަ އާއި ބައްޕަ ދިޔައީ އަހަރެންގެ އުފަންދުވަހަށް ކޭކެއް ގަންނަންވެގެން މަ އެއިރު ހުރީ ސުކޫލުގަ ދެން ސުކޫލު ސެޝަން ނިމުނީމަ މަގެއަށް ދިޔަ އިރު ގެއަކު ނޫޅޭ އެކަކުވެސް ދެން ފެނުނީ ދޮންބެ ސޯފާ ސެޓު މަތީގަ އިށީންދެގެން ހުރެ ރޯންހުރިތަން އަހަރެން ވަރަށް ގިނަ ފަހަރު ދޮންބެ ކައިރީގަ އެހީން ކިހިނެތް ވީ ދޯއޭ އެކަމު އޭގެ ޖަވާބެއް ނާ ދެން ފެނުނީ ބޮޑުދައިތަ އައިސް ގެއަށް ވަންނަތަން ދެން މަ ގޮސް ބޮޑުދައިތް ކައިރީގަ އަހައިފިން އެހިސާބުން މަށަށް އެގުނީ މަންމަ އާ ބައްޕަ އާ ދެމީހުން އެމީހުން ކާރުގެ ބްރެކު ހަލާކުވެގެން ގޮސް އެތާންގައި ހުރި ހޮޅި ދަނޑެއްގައި ޖެހި މަރުވެއްޖެކަން މަށަށް އެހުރިތާންގައި އިށީންދެގެން ހުރެ ރޮވެން ފެށުނީ އެއީ މަށަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ދެން ބޮޑުދައިތަ އަހަރުން ގޮވައިގެން ބޮޑުދައިތަ މެންގެއަށް ދިޔައީ… ދެޓްސް ދަ ސޭޑެސްޓް ޑޭ އޮފް މައި ލައިފް” ރިޝީ ކިޔައި ދިނެވެ. “އޯ އައިމް ސޯ ސޮރީ” ސާޔަން އިސްޖަހައިލައިފައި ބުނެލިއެވެ. “ސާޔަން!! ސާޔަންގެ މަންމަ މަރުވީ ކިހިނެތް ތަ؟ މަ މަގޭ ސޮބް ލައިފް މި ކިޔައިދިނީ ދެން ސާޔަން ކިޔައި ދީބަލަ” ރިޝީ މިހެން ބުނުމުން ސާޔަން ރިޝީ އާއި ދިމާލަށް ބަލައިލިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ – 5

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (28)

Next
February 23, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (28)

Previews
February 22, 2022

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ – 5

One Comment

  1. Hûdhãkkø says:
    February 23, 2022 at 12:56 pm

    Alhey enme kiyaahihva hisaabun e nimuni
    BTW mi part VX vrh v v v v v reethi
    Waiting for the next part ??????

Comments are closed.

Next Episodeބުނެބަލާ ލޯބިވޭ 10←


All Right Reserved!