Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން-39

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
February 20, 2022 5 Mins Read
1 Comment

“އޯކޭތަ އެލް ލިލީ ދައްތި ކިޔަސް..؟” އެލީ ލިލިއަން ކުރެން ސުވާލު ކޮއްލިއެވެ. ލިލިއަން އަށް ލަސްލަހުން ހިންދިރުވާލެވުނެވެ. އެއީ އެއް އިރެއްގައި ދިޔާން އޭނާއާ މުޚާތަބު ކޮށް އުޅުނު ނަމެވެ . އެހެނަސް ކުއްލިއަކަށް ދިޔާން އެނަން ކިޔުން ހުއްޓާލީ ކީއްވެކަމެއް ލިލިއަން އަކަށް ނުވިސްނުނެވެ. އެ ނަމުން ގޮވާލާ އަޑު އަހަން އެހިތް އެދުނު ނަމަވެސް އެކަމަށް އެދޭކަށް ލިލިއަން ބޭނުމެއްނޫނެވެ. ބުނެކިޔައިގެން ކުރުވާކަމަކުން ލިބެން އޮންނާނީ ކޮން އުފާވެރިކަމެއްހެއްޔެވެ؟”  ކަރުގައި އެއްޗެއް ތާށިވިފަދަ އިޙްސާސެއް އެވަޤުތު ލިލިއަން އަށް ކުރެވުނެވެ. ހިންދިރުވާލަން އުނދަގޫވެ އެ ހަންދާންތަކާއެކު ލޮލަށް ޖަމާވި ތެތްކަން އެސްފިޔަތައް ތަޅުވާލަމުން ފޮރުވާލިއެވެ. އެއަށްފަހު ހިނިތުންވުމާއެކު އެލީއަށް ބަލާލަމުން އާއެކޭ ބުނުމުގެ ގޮތުން ލިލިއަން ބޯ ޖަހާލިއެވެ.

“އެލް ބޭނުން .. ގަސް ހަރު..ކުރަން..” ފަހުބަސްތައް އުނދަގޫ ގޮތަކަށް އެލީ ކިޔާލިއެވެ.

” އެލް..ގަސް ހަރުކުރާށެކޭ ނޫނޭ އިނގޭ ބުނާނީ.. ގަސް އިންދާނީ..”  ލިލިއަން ލަސްލަހުން އެލީއަށް ރަނގަޅުގޮތް ބުނެލަދިނެވެ. އޭނާ އިސްއުފުލާލަމުން ކޮޅަށްހުރި ދަޔާންގެ މޫނަށް ބަލައިލީ އެލީގެ އެދުން ފުރިހަމަކޮއްދެންވީތޯ އަހާފަދައިންނެވެ. 

ލިލިއަންގެ ދެލޮލާ ނަޒަރު އަމާޒުވުމާއެކު ދަޔާން ހިތްދިރުވާލިތަން ފެނުނެވެ. ވާންވެފައިވާ ކަތުރުކަށިގަނޑަށް ލިލިއަން އަށް ނަޒަރު ހިންގާލެވުނެވެ. ދަޔާންގެ މޫނުމަތިން ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައިވާހެން ލިލިއަން އަށް ހީވިއެވެ. 

” އެލް.. ބޮލުގަ ތޮފި އަޅައިގެން އަންނަން ހިނގާ.. ވަރަށް އަވި ގަދައެންނު..  ” ދަޔާން އެލީއަށް ބަލާލަމުން ބުނެލިއެވެ.

އެލީ ނުހަނު އަވަހަށް އޯކޭ އޭ ބުނެ ތެދުވަމުން ދަޔާންގެ އަތްތިލައިގާ އެކުޑަކިޑަ އިނގިލިތަކުން ހިފާލިއެވެ. ދެފައި ބިންމަތީގައި ޖަހަންފެށިއިރު އޭނާ ކުރަންބޭނުންވާ ކަންތައް ފަށާ ހިތުން ހުރިވަރު ހާމަވެއެވެ.

ދަޔާން އެލީގެ ބޮލުގައި ތޮފި އެޅުވުމަށްފަހު އަތަށް އަންގި ލައްވަދިނެވެ. ބަސް އަހައިގެން އުޅުމަށްބުނުމަށްފަހު  ލިލިއަން ކައިރިއަށް ދުވެފައިދިޔަތަން ބަލަން ހުރެފައި ގޭތެރެއަށް ވަނެވެ. 

ދަޔާން އޭނާގެ ކޮޓަރިއަށް ވަދެވުމާއެކު އައިސް ރީތިވާ މޭޒުދޮށުގައި ހުއްޓުނެވެ.  ދެއަތުން މޭޒުގެ ދެފަރާތުގައި ހިފަހައްޓާލަމުން ފުންނޭވާތަކެއް ދޫކޮށްލިއެވެ. އެލީ ހުރުމުން އޭނާގެ މޫނުަމަތިން ހަމަޖެހޭގޮތް ދެއްކި ނަމަވެސް އެދަރިފުޅުގެ ދުލުން ނިކުން ނަމާއެކު ދަޔާންގެ ސިކުނޑި ހަލަބޮލިވެފައިވެއެވެ.

” ލި..ލީ..” ދަޔާން އަށް މަޑު މަޑުން ، ލަސްލަހުން އެނަން ކިޔާލެވުނެވެ.  އެ އަޑުގައިވަނީ ޖެހިލުންވުމެވެ. ދުލުން އެނަން ކިޔަންވެސް އޭނާ ބިރުގަންނަ ފަދައެވެ. އެހެނަސް ޚުދު އޭނާއަކަށްވެސް އެއީ ކީއްވެކަމެއް ނުވިސްނުނެވެ.

ލަސްލަހުން އޭނާގެ އަތް ހަރަކާތް ކޮށްލިއެވެ. މޭޒުގެ ތިރީ ވަތްގަނޑާ ހިސާބުން އެހަރަކާތް މަޑުޖެހިލިއެވެ. އޭނާ ދެފިކުރެއްގައިވާފަދައެވެ.  ކޮލުތެރޭ ދޫހާކާލުމަށްފަހު ދަޔާން އެންމެ ފަހުން ވަތްގަނޑުގައި ހިފާ ދޮރު ހުޅުވާލިއެވެ.

އެތެރޭގައި އޮތް ކަޅުކުލައިގެ މަހުމާ ފޮށި ނަގަމުން ފަރުވާތެރިކަމާއެކު އެފޮށްޓަށް ދަޔާން ބަލައިލިއެވެ. ލަސްލަހުން ފޮށި ހުޅުވާލިއެވެ. ފޮށި ތެރޭގައި އޮތީ  

ހުދު ރަން ފަށެކެވެ. ފަށުގެ ވަށައިގެންހުރި ކުދި ކުދި އެސްތައް ޖަވާހިރުތަކެއްހެން ވިދަމުން ދިޔައެވެ. އެހެނަސް ދަޔާންގެ ލޯ ދަތުރުކުރީ ފަށު ފުލަށެވެ. ލިލީ މަލަކާއި ގުޅުވިގެން ލިޔެވިފައިވާ ބަސްކޮޅުގައި ދަޔާންގެ އިނގިލިކުރިތައް ހިންގާލިއެވެ.

” ޔޫ ގޭވް މީ ދި ޑިޒައިން.. އަޅުގަނޑުމެން މިސްޓަރ ކޭ އަށް ހާއްސަކޮށްގެން ކަސްޓަމައިޒް ކޮށްފަވާ ފަށެއް ތިއީ… ކަނޑައެޅިގެން ނިންމަން ޖެހޭ ތާރީޙުވެސް ދިން..  އަޅުގަނޑު މަޖަލަކަށް ކޮން އަންހެން ކުއްޖަކަށް ދޭން ގަންނަ ފަށެއްތޯ އެހުމުން ސިއްރުކުރުމުގެ ބަދަލުގަ ވަރަށް ބޮޑަށް ހިނިއައިސްހުރެ ބުނީ ވަރަށް ހާއްސަ އަންހެން ކުއްޖަކަށޭ..”  އެފަށް އޭނާއާ ހަވާލުކުރި ދުވަހު އެގަހަނާ ކުންފުނީގެ މެނޭޖާ ދަޔާން ކައިރި ދެއްކި ވާހަކަތައް ހަނދާނަށް އައެެވެ.

“ލިލީ..” އެ ފަށު ފުލުގައި ލިޔެވިފައިވާ ނަން ދަޔާން ކިޔާލިއެވެ.

” މިއީ ހަމަ އަހަރެން ބުނެގެން ހެދި ފަށެއްތަ..؟ އެކަމަކު.. އަހަރެން ކާކަށް ދޭން..؟  އަހަރެން އެބުނި ހާއްސަ ކުއްޖަކީ ކާކު..؟ އެ ކުއްޖަކަށް ކިޔަނީ ލިލީތަ..؟ އެކަމަކު.. “  ޚުދު ދަޔާންގެ ހިތަކު އެއިން އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް ނުވެއެވެ. އެގޮތަށް އޭނާގެ ދިރިއުޅުމުގައި ޖަވާބު ނުލިބި ހުރި ކިތައް ކަންތައް އެބަހުރިހެއްޔެވެ؟ އޭނާގެ މުޅި ދިރިއުޅުމަކީވެސް ސުވާލެއް ފަދައެވެ. ދަޔާން އެކޭ މަގުގެއްލިފައިވާ މުސާފިރެކޭ ތަފާތެއް ނެތެވެ.  ހިތުގައިވާ ސުވާލުތަކަށް ޖަވާބެއް ދެވޭނެ މީހެއްނެތެވެ؟ އެ ސުވާލުތަކަށް ޖަވާބު ހޯދަން ކުރަންވީ ކަމެއްވެސް ދަޔާން އަކަށް ނޭނގެއެވެ.

ހުރިހާ ކަމެއް ދަޔާންގެ ދިރުޅުމަށް ބޮޑު ބުރައަކަށް ވެއްޖެއެވެ. ބައެއްފަހަރު އޭނާގެ ބުއްދި ގޯސްވަނީބާއޭވެސް ހިތަށް އަރައެވެ. އެޚިޔާލާއެކު ހަޑިގަނޑުގައި މަޑު ތުުރުތުރުލުމެއް އުފެދިގެން ދިޔައެވެ.   

ދެފަރާތަށް ބޯ ހޫރުވާލަމުން އެފަދަ ޚިޔާލުތަކާ ދަޔާން ދުރައްދާން މަސައްކަތް ކުރިއެވެ. ފޯނު ނަގާ ހުޅުވާލަމުން ދަޔާން އޭނާ ކުރަން ބޭނުންވާ ކަންތައް ކޮއްލިއެވެ. އިތުރަށް ރާއްޖޭގައި ހުރުމުގެ ވިސްނުން ދަޔާން ދޫކޮށްލިއެވެ. ވެރިވި ހަލަބޮލިކަމުން ފިލަން އޭނާގރ ހިތް ބޭނުންވިއެވެ.  ދިޔާން އަށްވެސް ރަނގަޅުވާނީ އެގޮތްކަން ދަޔާން ޔަޤީންކުރިއެވެ. ކޮއްކޮގެ ހިތުގައި އޭނާއަށްދޭނެ ޖާގައެއް މިހާރު އޮތްކަމަކަށް ދަޔާން ޤަބޫލެއް ނުކުރެެެއެވެ.  ބޭރަށް ފުރުމަށް ޓިކެޓް ބުކިންގް ހައްދާ ނިމުމާއެކު ދަޔާން ހިންދެމިލިއެވެ.

**********

މާދަން ފުރަންޖެހޭ ވާހަކަ ދަޔާން އެންމެ ފުރަތަމަވެސް ބުނީ އެލީ ކައިރިއެވެ. އެއީ ހަވީރު ޕާކަށް ގޮސް ގެއަށް އައި މަގުމަތީގައެވެ. ދަޔާންގެ އަނގައިން ފުރުމުގެ ވާހަކަ ބުނެވުނު ހެނެއް ހިޔެއްނުވެ އެލީގެ މޫނުގައިވީ ފުޅާ ހިނިތުންވުން އޮއްސިއްޖެއެވެ. ދަޔާންގެ މޫނުން އެކަން ޔަޤީންކުރާ ފަދައިން ބަލައިލިއިރު އެދެލޯ ފެންކަޅިވެއްޖެއެވެ.

” އެލް ނުބޭނުން..” ތުންފަތް ބައްދާލުމާއެކު އެލީ ނުރޯން މަސައްކަތްކުރިއެވެ. ދެލޮލަށް ބޮނޑިވި ކަނރުނަތައް އެހެނަސް ހިފެހެއްޓުމެއްނެތި ކޯތާފަތައް ފައިބައިގެން ދިޔައެވެ. އެ މަންޒަރު ފެނުނު ދަޔާންގެ ހިތުގައި މީހަކު ހިފާ ދަމައިގެންފަދައެވެ. އެލީއަށް އެހާ ބޮޑު އަސަރެއް ކޮށްފާނެކަމަކަށް ދަޔާން ހިޔެއް ނުކުރެއެވެ.

“އެލް.. ބަލާލަބަ ބައްޕި ދިމާ.. ބައްޕި ވޯކް ކުރަންޖެހޭނެ އެންނު ދޯ.. އެހެންވީމަ އަބަދު ނުހުރެވޭނެ އެންނު މިކޮޅުގައެއް.. އެލް ސުކޫލަށް ދާހިތެއްނުވޭތަ..؟”  ދަޔާން އުޒުރުތައް ދައްކަމުން މަސައްކަތް ކުރީ ދަރިފުޅު ފުރަން އެއްބަސްކުރުމަށެވެ.

” ނޯ.. އެލީއަށް ހެޔޮ..” ބާރުބާރަށް ދެފަރާތަށް ބޯހޫރުވާލަމުން ބުންޏެވެ.  ތުންކޮޅު އޫކޮށްލެވިފައިވާއިރު ދެންމެ ދެންމެ ގިސްލާ ރޯން ފަށާފާނެހެން ހީވެއެވެ.

” ކީއްވެތަ އެލް..؟ މީގެ ކުރިންވެސް ބައްޕިއާއެކު އެހެން ޤައުމެއްގައެންނު އުޅުނީ.. އެހެން ޗުއްޓީއެއްގަ އަންނާނީއޭ.. މާމަމެންވެސް ވަރަށް ގިނައިން އެލީ ކައިރިއަށް އާދެ އެންނު..؟” ދަޔާން އެލީއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“އެލީ ނުބޭނުން.. ނުދާނަން .. ” ގެއާ ހިސާބަށް އާދެވުމުން  ދަޔާންގެ އަތުން ވީއްލިގަނެގެން އެލީ ގޭތެރެއާ ދިމާއަށް ދުއްވައިގަތެވެ. ދަޔާންވެސް ހާސްވެ ހުރެ އަވަސް ފިޔަވަޅުތަކުގައި އެލީގެ ނަމުން ގޮވަމުން ހިނގައިގަތެވެ. 

ދަޔާން އަށް ގެއަށް ވަދެވުނު އިރު އެލީ ހުރީ ދިރާޝާގެ ގައިގާ ބައްދައިގަނެގެން ރޯށެވެ. ދިރާޝާ ކިހިނެއްވީތޯ  އެލީގެ ކައިރީ އެހިއެވެ. އެހިނދު ކުރިމަތިން ދަޔާން ފެނުމުން ދިރާޝާ ފަރުވާތެރިކަމާއެކު ދަޔާންގެ މޫނަށް ބަލައިލިއެވެ.

” މާމަގެ ދޫނި އަވަހަށް ހުއްޓާލާ.. ” ދިރާޝާ އެލީ އުރާލަމުން މައްޗަށް މިސްރާބުޖެހީ ދަޔާން އަށް ބަލާލުމަށްފަހުއެވެ. އެބެލުމުން މަންމައަށް މިކަން ދޫކޮށްލާށޭ ބުނިދަފައެވެ. ދެތުންފަތް ބައްދާލަމުން ދަޔާން މަޑު މަޑުން ބޯޖަހާލީ އެންމެ ރަނގަޅު ގޮތަކީ މިވަޤުތު އޭނާ އެލީ ކައިރިއަށް ނުދިޔުންކަން ވިސްނުމުންނެވެ.  ދިރާޝާ އެލީގޮވައިގެން ދިޔަ ދިމާއަށް ބަލަންހުރި ދަޔާން އަށް އެއް އަތުން އޭނާގެ އިސްތަށިގަނޑުގައި ހިފަހައްޓާލެވުނެވެ. އޭނާ ކުރާ އެއްވެސް ކަމެއް ރަނގަޅަށް ނުނިމެނީ ކީއްވެހެއްޔެވެ؟ އެ ޝަކުވާޔާއެކު ދަޔާން އޭނާގެ ހަށިގަނޑުގެ ވަރު  ލިވިންގް ރޫމުގައި ހުރި ސޯފާ އަށް ދޫކޮއްލިއެވެ.

އިރުގަނޑަކަށްފަހު ދިރާޝާއައިސް ދަޔާންގެ ކައިރީ ސޯފާ ކުރިމަތީ ހުއްޓުނެވެ. ވިސްނުމެއްގައި އިން ދަޔާން އަށް ދިރާޝާ ފެނުމާއެކު އޭނާގެ ހަށިގަނޑު ސީދާ ކޮށްލެވުނެވެ.

” އެލީ..؟” ދަޔާން އަށް ސުވާލު ކޮށްލެވުނެވެ.

” ރޮއެ ރޮއެފަ ނިދިއްޖެ.. މަންމައަށް މިވެގެން އުޅޭގޮތެއް ދަރިފުޅު ކިޔައިދީފާނަންތަ..؟ ކީއްވެތަ އެވަރަށް އެކުއްޖާ އެ ރުއީ..؟” ދިރާޝާ ސުވާލު ކުރިއެވެ.

” އަހަރެން… މާދަން ސިންގަޕޯރ އަށް ފުރަން އުޅޭވާހަކަ ބުނީމަ..؟” ދަޔާން އިސްޖަހާލަމުން ބުނެލިއެވެ.

” ކީއްވެ މަންމަ ކައިރި ފުރަން އުޅޭވާހަކަ ނުބުނީ..މަންމަ ހިޔެއް ނުކުރަން ތިހާ އަވަހަށް ފުރަން އުޅޭނެ ކަމަކަށް؟”  ދިރާށާ އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ކައިރީ އިށީނދެ ކޮނޑުގައި ހިފާލިއެވެ.

” އެލީ ކައިރި ބުނެފަ މިރޭ ބުނަން ހުރީ.. ބުކިންގްވެސް ހެދީ މިއަދު..” ދަޔާން ބުންޏެވެ.

” ދަރިފުޅަށް ހީވޭތަ ތިއީ އެންމެ ރަނގަޅު ނިންމުންހެން..؟” އިރުކޮޅަކު ވިސްނަން އިނުމަށްފަހު ދިރާޝާ ސުވާލު ކުރިއެވެ.

” ދަރިފުޅު އަނބުރާ ދާންޖެހޭ އެއްވެސް ސަބަބެއް މިހާރަކު ނެތެންނު..  ދަރިފުޅުގެ އާއިލާ އެކީގަހެން މިއޮތީ މިތާ.. ދެން އެކަނިވެރިކަމާއެކު ދިރިއުޅެން ކީއްކުރަން ރާއްޖޭން ބޭރަށް ދަނީ.. މަންމަ ނުބުންޏަސް ދަރިފުޅާ އެލީގެ މަތިން އަބަދުވެސް ވަރަށް ހަނދާންވޭ.. އަބަދުވެސް ކައިރީގަ ހުންނަން ބޭނުންވަނީ..” މަންމަގެ އަޑުގައިވީ ހިތާމަ އިޙްސާސްކުރެވުމުން ދަޔާން ދެރަވިއެވެ.

” މަންމާ.. އަހަރެން މަންމަ ކައިރި ހުންނަހިތްނުވަނީއެއް ނޫން.. އެކަމަކު.. އަހަންނަށް އެދިރިއުޅުމަށް އާދަވެއްޖެ.. ” ދަޔާން އުނދަގުލުން ވާހަކަ ދެއްކިއެވެ.  އާއިލާއާއި އުޅެބޮޑުވި ފަސްގަނޑާ ދުރުގައިވާ އެ ދިރިއުޅުމަކީ ހުރިހާ އިޙްސާސަކާއި ހަލަބޮލިކަމަކުން ފޮރުވިގެން ހުންނަން އޭނާއަށް އޮތް ހަމައެކަނި މަންޒިލެވެ. 

” އެކަމަކު އެލީވެސް ކިހާ ވަރަކަށް އެރުއީ.. އެންމެ ކުޑަމިނުން އެފަކީރާމެދު ވިސްނާލަބަލަ..މަންމަ އަށް އިނގޭ ނުބުންޏަސް ދަރިފުޅާ ދިޔާން އާ ދޭތެރޭ އޮތް ގުޅުމުގެ ނާޒުކުކަން.. އެ ހީނަރު ގުޅުން އެގޮތުގަ ބާއްވާފަ ދަރިފުޅު ފުރައިގެން ދާނީތަ..؟ ނުވަތަ އެގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާނީތަ..؟ ” ދިރާޝާ އެންމެ ދެރަވަނީ ކުރިން ނުހަނު އެކުގައި އުޅުނު ދެބެންގެ ގުޅުން މިހާ ގޯސްވީމައެވެ.

” މަންމާ.. ދިޔާން.. އަހަންނަށް ހީވަނީ ދިޔާން އަށްވެސް ރަނގަޅުވާނީ އަހަރެން ނެތީމަހެން.. ދެމެދުގައި އޮތް ގުޅުން ރަނގަޅު ކުރުމަށްވުރެ ދިޔާން ބޭނުންވާގޮތް އަހަންނަން މާ މުހިންމު.. އަހަރެން ދިޔައީމަ ކުރިން އޮތް ދިރިއުޅުމަށް އެންމެނަށް އަނބުރާ ދެވޭނެ..” ދަޔާން އިސްއޮބާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. 

” ދަރިފުޅަށް އަދި ނުވިސްނިގެން ތިއުޅެނީ.. ދަރިފުޅާ އެލީ އައި ފަހުން މިގޭގެ ފަޅުކަން އެކީ ފިލައިގެން ހިނގައްޖެ..  ބައްޕަވެސް އެލީއާ ހެދިގެން އުޅޭވަރު ދަރިފުޅަށް ފެންނާނެ.. އެކުއްޖާ އެއީ މިގޭގެ ދިރުން.. އެހެންވީމަ މަންމަ މިބުނަނީ..  މަންމަ ދަރިފުޅަކަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރުވާނަން.. އެކަމަކު އެލީ ހަމަ ހުރެފަ އެވަރަށް ނުރޯނެކަން މަންމައަށް އެނގޭ.. އަނެއްކޮޅުން މަންމަ އެދެނީ ދެބެއިންގެ ގުޅުން އިހު އޮތް ގޮތަށް އަނބުރާ އިޔާދަވުން.. މަންމައަށް އެނގޭ ދަރިފުޅަށްކަން އެކަން ކުރެވޭނީ..  އެހެންވީމަ ފުރަން ތައްޔާރުވުމުގެ ކުރިން މަންމަ މިދެއްކި ވާހަކަތަކާމެދު ވިސްނާފަ ދަރިފުޅު ބޭނުން ގޮތެއް ނިންމާ..” ދިރާޝާ ދަޔާންގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ. މަންމަގެ މޫނަށް ބަލާލަމުން ދަޔާން ބޯ ޖަހާލިއެވެ.

*******

ނިދިފައި އޮތް އޭނާގެ ދަރިފުަޅަށް ބަލާލަމުން ދަޔާން އައިސް އެނދުގެ މަގަތުގައި އިށީނެވެ.  އެލީގެ މޫނުމައްޗަށް ވެރިފައިވާ ފަން އިސްތަށިތައް އެއް ފަރާތް ކޮއްލިއެވެ. ދަރިފުޅުގެ ހިތުގައި ޖެއްސުނީތީ ދަޔާންގެ އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ. 

ދެބަދޭތެރޭގައި ފުރުޅެލަމުން އެލީ ދެލޯ ހުޅުވާލިއެވެ. ރޭގަނޑު ލަހުން ނިދޭނެތީވެ އިތުރަށް ގިނައިރު އެލީ ނިދަން ބޭއްވުމުގެ ވިސްނުމެއް ދަޔާންގެ ނެތެވެ. ހޭލުމާއެކު  އެލީއަށް ހިނިތުންވުމެއް ރައްދުކުރަމުން އެއަތުގައި ބޮސްދިނެވެ.

” ބައްޕީ އެލް ނުގެންދައްޗޭ.. ” ދަޔާންގެ ހިނިތުންވުން ފަނޑުވީ އެލީ ހޭލުމަށްފަހު ބުނެލި ފުރަތަމަ ޖުމްލައިންނެވެ. އޭނާ ހީކުރީ ނިދިން ހޭލެވުމުން އެލީ ފުރަން އުޅޭ މަތިން ހަނދާންނެތިފައި ހުންނާނެކަމަށެވެ.

“ދަރިފުޅު އަސްލު ކީއްވެ ތިހާ ދާން ބޭނުންނުވަނީ..؟” ދަޔާން ސީރިއަސް ކަމާއެކު ސުވާލުކުރިއެވެ. އުފަންވީއްސުރެ އެލީ ދިރިއުޅުނީ ސިންގަޕޯރގައެވެ. އަދި ރާއްޖެ އައިތާ  ދެތިން ހަފްތާ ނުވަނީސް އެލީގެ ހިތް އޭނާއަށް މުޅިން އާމާހައުލަކަށް ދެވި ނިމެންވީ ސަބަބެއް ދަޔާން އަކަށް ނުވިސްނުނެވެ.

“  ލިލީ ދައްތިއެއް ނުހުންނާނެ.. މާމައެއްވެސް .. ކާފަވެސް ދެރަވާނެ އެލް ދިޔައީމަ.. އެލް އެކަނިވާނެ އޭރުން.. ” އެލީ ހިތުގައި ޖެހިފާ ދައްކަންފެށި ވާހަކަތައް އަޑު އަހާކަށް ދަޔާން އަކަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ދަރިފުޅު އަތު ތެރެއަށް ގެނެސް  އެ ކުޑަކުޑަ ހަށިގަނޑުގައި ދަޔާން ބާރަށް ބައްދާލިއެވެ.

ބައްޕަ ހުރުމުން ނުފުދޭތޯ ބުނެ ޝަކުވާކުރަން ހިތުގެ ކަނަކުން އެދުނު ނަމަވެސް އެއީ ކިހާ މޮޔަ، އަމިއްލަ އެދުން ބޮޑު ވިސްނުމެއްކަން ދަޔާން އަށް އެނގެއެވެ. ދަޔާން އެކަނިމައި އެކަނި ދަރިފުޅަށް ބޭނުންވާ ހުރިހާ  އެދުންތައް ފުއްދައެއް ނުދެވޭނެއެވެ. އޭނާ އެކަންޗަށް އެލީ ބޭނުންވާފަދަ އާއިލާއަކަށް ނުވެވޭނެއެވެ. އެ އުފާވެރިކަން ހޯދައިދިނުމުގައި އޭނާ ފެއިލް ވެއްޖެއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (25)

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (26)

Next
February 21, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (26)

Previews
February 20, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (25)

One Comment

  1. shamma mohamed says:
    February 21, 2022 at 7:58 pm

    Varah furihama. Kuriah oeh thaanga ves thi gothah hafthaa Aku baeh namaves neredheyne kamah ummeedhu kuran.

Comments are closed.

Next Episodeހީވޭ ކަލާވާހެން-40←


All Right Reserved!