Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން-40

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
March 5, 2022 5 Mins Read
1 Comment

ބައްޕަ ހުރުމުން ނުފުދޭތޯ ބުނެ ޝަކުވާކުރަން ހިތުގެ ކަނަކުން އެދުނު ނަމަވެސް އެއީ ކިހާ މޮޔަ، އަމިއްލަ އެދުން ބޮޑު ވިސްނުމެއްކަން ދަޔާން އަށް އެނގެއެވެ. ދަޔާން އެކަނިމައި އެކަނި ދަރިފުޅަށް ބޭނުންވާ ހުރިހާ  އެދުންތައް ފުއްދައެއް ނުދެވޭނެއެވެ. އޭނާ އެކަންޗަށް އެލީ ބޭނުންވާފަދަ އާއިލާއަކަށް ނުވެވޭނެއެވެ. އެ އުފާވެރިކަން ހޯދައިދިނުމުގައި އޭނާ ފެއިލް ވެއްޖެއެވެ.

” އޯކޭ.. ބައްޕަ އެލް އެއް ނުގެންދާނަން..” ބައްޕިގެ ސަންޝައިން ބޭނުންނުވާކަމެއް ބައްޕައެއް ނުކުރާނެއެންނު..” ދަޔާން އެލީގެ ގައިން ދޫކޮށްލުމެއްނެތި އިސްތަށިގަނޑުގައި ބޮސްދިނެވެ. 

ދަޔާން ވިސްނަމުންދިޔައީ އޭނާގެ ދިރިއުޅުން އެއްކޮށް މާލެ ބަދަލުކުރުމުން ދިރިއުޅުމަށް ވެރިވާނެ ހަލަބޮލިކަމާ މެދުގައެވެ. ވަކި ހިސާބަކަުން ދިޔާންގެ މަތިން ހަނދާންވުމާއެކު ދަޔާންގެ ހިތަށް ނުތަނަވަސްކަން ލިބުނެވެ. ދަޔާންގެ އެނިންމުމާމެދު ދިޔާން ގަޔާވާނެހެނެއް އޭނާއަކަށް ހިޔެއްނުވެއެވެ. އެއާ އެކުއެކީހެން ލިލިއަންގެ ހަނދާން އާވުމުން ބުނެދޭން ނޭނގޭ އުނދަގުލެއް ހިތަށް ކުރުވިއެވެ.  ލިލިއަން އާ މެދު އެެއްވެސް ވަރަކަށް ވިސްނާކަށް ދަޔާން ބޭނުމެއްނުވެއެވެ. އެއީ އޭނާގެ މަޤާމެއް ނޫނެވެ. އެހެނަސް މިކޮޅަށް ދިރިއުޅުން މަދަލުކޮށްފިނަމަ ލިލިއަން އާ ދުރަކު އޭނާއަަކަށް ނޫޅެވޭނެއެވެ.  އެހުރިހާ ނުތަނަވަސްކަމަކާއެކުވެސް ދަރިފުޅުގެ ހިތުގައި ޖައްސާފައި ރާއްޖޭން ފުރައިގެންދާނެ ހިތްވަރެއް ދަޔާން އަކަށް ނުލިބުނެވެ.

****

” މާމަ.. އެލީ ނުދަން މިހާރު..” އެލީ ހިނިއައިސްފައި ފުރަތަމަވެސް އެވާހަކަ ބުނީ ދިރާޝާގެ ކައިރީއެވެ. ދިރާޝާ އިސް އުފުލާލަމުން ދަޔާން އާ ނަޒަރު  ހަމަކޮއްލީ އެއީ ތެދެއްހޭ އަހާ ފަދައިންނެވެ. ދަޔާން ލުއި ހިނިތުންވުމަކާއެކު ބޯ ޖަހާލުމުން ދިރާޝާގެ ތުންފަތައް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެލީ ނަގާ އުރާލަމުން އެނބުރިލިއެވެ. އެލީ ހެމުން ދިޔަ މަންޒަރަށް ބަލަން ދަޔާން ހުއްޓެވެ.  ދަރިފުޅަށް ބޭނުންވާ އުފާވެރިކަމަކީ މިއީ ކަން ދަޔާން އަށް އެނގުންވިއެވެ. އޭނާއަަށް ނިންމުނީ ރަނގަޅު ނިންމުމެއްކަމުގައި ހިތުގެ އަޑިން ޤަބޫލު ކުރެވުނީ އޭނާގެ ދަރިފުޅާއި މަންމަގެ މޫނުގައިވީ ހިނިތުންވުން ފެނުމުންނެވެ.

ޖެހިގެން އައި ދުވަހު ސައިމޭޒުދޮށުގައި ދިރާޝާ އެޚަބަރު އެންމެންނާ ހިއްސާކުރިއެވެ. ހަމްދޫން ދަޔާންގެ ކޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވެލިއިރު ބައްޕަވެސް އެނިންމުމާ ގަޔާވެފައި ހުރިވަރު ހާމަވިއެވެ. އެހެނަސް ދަޔާން އަށް ބަލާލެވުނީ އޭނާގެ ކޮއްކޮގެ މޫނަށެވެ. ދިޔާންގެ މޫނުމައްޗަށްވެރިވި ސިހުން އޭނާއަށް ރަނގަަޅަށް ފެނުނެވެ. ދެމީހުންގެ ނަޒަރު އަމާޒުވުމާއެކު ދިޔާން އަވަސް އަވަހަށް އިސްތިރިކޮށްލަމުން އުލުން ތަށީގައި އޮތް ބިސްގަނޑާ ކުޅެން ފެށިއެވެ. އެހެނަސް ދިޔާންގެ ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަ ގޮތާއި އުލަށް ބާރުކުރަމުންދިޔަ އަތް ހުދުވެގެން ދިޔަ މަންޒަރު ދަޔާންގެ ލޮލުން ކަސިޔާރެއްނުވިއެވެ.

ދަޔާން އެއިން އެެއްވެސް ކަމެއް ފެންނަ ކަމަށް ނަހަދާ ކެއުމައިގެން ކުރިއަށް ދިޔައެވެ.  އޭނާ ދެމީހުންގެ އެގުޅުމަށް ވަޤުތު ދޭން ނިމިއެވެ. ހާލަތާ އެކު ދެމީހުންގެ ގުޅުން ރަނގަޅުވެގެން ދާނެކަމުގައި ނިންމަމުންނެވެ.

**********

ދަޔާންގެ ނިންމުމަށްފަހު ހަފްތާއެއް ފާއިތުވެގެން ހިނގައްޖެެެއެވެ. އެލީވެސް މާލޭގެ ސުކޫލަކުން ކިޔެވުން ހަމަޖެހިގެން ދިޔައެެވެ. މިއަދު މިއީ އެލީ  ސުކޫލަށްދާ ފުރަތަމަ ދުވަހެވެ.

” ބަސް އަހައިގެން އާންޓީ ބުނާގޮތް ހަދައިގެން އުޅެއްޗޭ.. ހުރިހާ ކުދިންނާވެސް ގުޅިގެން އުޅޭތި..” ކާރުގައި އެލީ ސުކޫލަށް ލާން ދަމުން ދަޔާން އޭނާގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ. އެލީ ހަމައެކަނި ބޯ ޖަހާލުމުންވެސް ދަރިފުޅު އެއިނީ ހާސްވެފައިކަން ދަޔާން އަށް ނަގައިގަނެވުނެވެ.

އާ ސުކޫލަަކަށް ދާ ފުރަތަމަ ދުވަހު ކަމުން އެހެން ވެދާނެ ކަން ދަޔާން އަށް އެނގެއެވެ. 

” ބައްޕަ އަންނާނަން އިނގޭ އެލް ނިމޭގަޑިއަށް.. ނިންމާފަ ވަފްލްސް ކާން ދާނަންތަ..؟”  އެލީ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ދަޔާން ސުވާލު ކުރިއެވެ.  ކަންވީވެސް އޭނާ ބޭނުންވި ގޮތަށެވެ. އެލީ ފުޅާ ހިނިތުންވުމަކާއެކު  ބޯ ޖަހާލިއެވެ. ދަޔާންވެސް ބަދަލުގައި ހިނިތުންވެލަމުން ދަރިފުޅުގެ ކޮލުގައި ހިފާ ދަމާލަމުން ތިއީ ބައްޕަގެ ސަން ޝައިން ކަމުގައި ބުނެލިއެވެ.

ސުކޫލު ކައިރީ ކާރު ޕާކުކުރުމަށްފަހު ދަޔާން އެލީ ގޮވައިގެން ސުކޫލާ ދިމާއަށް ހިނގައިގަތެވެ. ކްލާސް ކައިރިއަށް އާދެވުމާއެކު ދަޔާން އެލީގެ ކޮނޑުގައި ދަރިފުޅުގެ ކުޑަ ކުޑަ ދަބަސް އަޅުވާލަދިނެވެ. ވަރަށް ލޯބިވާކަމަށް ބުނަމުން އަދިވެސް އެއްފަހަރު ބަސް އަޅައިގެން އުޅުމަށް ދަޔާން ބުނެލިއެވެ. އެލީ ބަދަލުގައި ދަޔާން އަށް ހަނާ އަޅާލަމުން ކުލާހުގެ ތެރެއަށް ވަދެގެން ދިޔައެވެ. ދަޔާން އަށް އިރުކޮޅަކު ހުއްޓިލައިގެން ހަރަކާތެއް ކޮށްނުލާ ހުރެވުނެވެ. ނުތަނަވަސް ވެފައިހުރީ ހަމައެކަނި އެލީއެއް ނޫނެވެ. އޭނާގެ ހިތަށްވެސް އެފަދަ އަސަރެއް ކުރުވަމުން ދިޔައެެވެ. އެލީއާ މެދު އެހިތް ކަންބޮޑުވިއެވެ.  ދަރިފުޅު ހިތް އެދޭ ފަދަ ތަޖުރިބާއަކަށް އޭނާގެ ތަޢުލީމީ ހަޔާތް ވެގެން ދާން ދަޔާން އެދެއެވެ.  ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގައި ނަފްސަށް ވިސްނައިދެމުން ދަޔާން ފަހަތަށް އެނބުރި ހިނގައިގަތެވެ. ސުކޫލުގެ ކޮރިޑޯއިން ލައިފާ ގޮސް ސިޑިން ފައިބަން އަޅާލި ފިޔަވަޅު ހުއްޓުނީ ސިޑިން އަރައިގެން އައި އަންހެންކުއްޖާ ފެނުމުންނެވެ. އަތުގައި އޮތް ގަނޑުތަކަށް ނަޒަރު ހުއްޓާލައިގެން އައި ލިލިއަން އަކަށް ދަޔާން އެއް ނުފެނެއެވެ. އައި ގޮތަށް އައިސް ލިލިއަންގެ ނިތްކުރިމަތަވީ ދަޔާންގެ މޭގައެވެ. އަވަސް އަވަހަށް މަޢާފަށް އެދެން ބޯ ހިތްލައިލި ލިލިއަންގެ ދެލޯ ބޮޑުވިއެވެ.

ދަޔާން އަށް ހުރިހާ ކަމެއް ގުޅުވާލެވުނީ އެވަޤުތުއެވެ. އޭނާއަށް ނޭނގިނަމަވެސް އެލީ ވެއްދުނީ ލިލިއަން ވަޒީފާ އަދާކުރާ ސުކޫލަށެވެ. 

އެހެނަސް ލިލިއަން އަށް އަދި އެކަން ރެޔަކާލީ ހެނެއް ހިޔެއްނުވެއެވެ.

” ދަޔާން..؟” ލިލިއަން ސުވާލެއް ފަދައިން ދަޔާންގެ ނަންކިޔާލީ މިތާ ތިކުރަނީ ކީއްހޭ އަހާފަދައިންނެވެ.

” އެލީގެ ފަސްޓްޑޭ އޮފް ސުކޫލް..” ދަޔާން އޭނާގެ ދެއަތް ޖީބަށް ޖަހާލަމުން ހަމަޖެހޭކަމަށް ދެއްކިއެވެ. އެހެނަސް އޭނާގެ އެތެރެ ހަށީގައި ބޮޑު ހައިޖާނެއް އުފެދިފަައިވާ ފަދައެވެ. ލިލިއަން އާ އެހާ ކައިރީ ހުރުމަކީ އޭނާގެ ސިއްޙަތަށް ރަނގަޅު ކަމެއްކަމަކަށް ދަޔާން އަކަށް ނުފެނުނެވެ. ލިލިއަންގެ ގައިން ދުވަމުންދިޔަ މަޑު މަޑު މީރުވަސް ދަޔާންގެ ހިތުގެ ހިނގުން އަވަސް ކުރުވަނީއެވެ. އެ ލުއި ލުއި ވަސް މީގެ ކުރިން ކޮންމެވެސް ތާކުން ދުވިހަނދާނެއް ވާހެން ހީވަނީއެވެ. ލިލިއަން އާ ދިމާވާ ކޮންމެހިނދަކު އޭނާގެ ނަފްސަށް ވެރިވާ ހަލަބޮލިކަމާއި ޖަވާބު ނުލިބޭ ސުވާލުތައް ގިނަވެއްޖެއެވެ. އެހެން އެކަން ވާކަން ދަޔާން ބޭނުމެއްނޫނެވެ.

” އަސްލުވެސްތަ..؟ ކޮން ކްލާހެއް..؟” ލިލިއަންގެ މޫނުމައްޗަށް ވެރިވި ފުޅާ ހިނިތުންވުން ފެނުމުން ދަޔާންގެ ހިތަށް އަސަރުކުރުވިއެވެ.  އެއްފަހަރާ އިޙްސާސްވަމުންދިޔަ ހުރިހާ ޖަޒުބާތުތަކާއެކު ދަޔާން އަަށް ހިންދިރުވާލެވުނީ ގަދަކަމުންނެވެ.

“ކްލާސް ބީ..” ދަޔާން ގަދަކަމުން ކަހަލަ ގޮތަކަށް އަނގައިން ބޭރުކޮއްލިއެވެ. އޭނާއަކީ އެހާ ކެތްތެރިކަން ކުޑަ މީހެއް ނޫނެވެ. އެހެނަސް ލިލިއަންގެ ކައިރީ އިތުރު ސިކުންތަކު މަޑުކުރަންވެސް އޭނާއަށްވާނީ ބޮޑު ވޭނަކަށެވެ. ދެ ދަަތްޕިލަ ޖައްސާ ބާރުކޮއްލެވުނު އިރު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔައެވެ.

” އޯވް.. ވަރަށް ރަނގަަލު ކުލާހެއް..ވަރަށް ގިނަ ބެލެނިވެރިން ގަޔާވާ ދެ ޓީޗަރުން އެކުލާހުގެ ކިޔަވަދޭނީ.. ” ލިލިއަންގެ ފަރާތުން އެނގުނު ހަޤީޤަތާއެކު ދަޔާންގެ ހިތަށް ކުޑަ ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ އޭނާ އެލީއާ މެދު ހާސްވާން ޖެހޭ ކަމެއް ނެތްކަމުގައި ސިކުނޑިއަށް އިތުރު ޔަޤީން ކަމެއް ލިބުމުންނެވެ.

“ލިން..!” ލިލިއަންގެ ނަމުން ޓީޗަރަކު ގޮވާލުމުން ލިލިއަން ހިނިތުންވެލަމުން ހަނާއަޅާލިއެވެ. 

“ދަނީ..” ލިލިއަން ދަޔާން އަށް ބުނެލަމުން އެ ޓީޗަރާއެކު ހިނގައިގަތެވެ. ދަޔާން އަށް ލިލިއަން އޭނާގެ ލޮލުގެ ކޮޅުން ގެއްލެންދެން ބަލަން ހުރެވުނެވެ. މީގެ ކުޑައިރުކޮޅެއްކުރިން އޭނާ ހުރީ ލިލިއަންގެ ކިބައިން ސަލާމަތް ނުވެވިފައެވެ. އެހެނަސް ލިލިއަން ދިޔުމާއެކު އޭނާގެ ހިތަށް އެވެރިވީ ކޮން ހުސްކަމެއްހެއްޔެވެ؟

************

ފެންވަރާލައިގެން ކޮޓަރިން ނިކުން ލިލިއަންގެ ފިޔަވަޅުތައް ހުއްޓުނީ އެނދުގައި އޮށޯވެގެން އޮތް ދިޔާން ފެނުމުންނެވެ. ހައިރާން ކަމާއެކު ލިލިއަން އަށް ގަޑިން ވީވަރު ޔަޤީން ކޮށްލެވުނެވެ. އޭރު ގަޑިން އަދި ރޭގަނޑު ދިހައެެއް ޖެހީއެވެ. އެހެން ރޭރެއަށްވުރެ އަވަހަށް މިރޭ އޮފީހުން ދިޔާން އައުމުން ލިލިއަންގެ ހިތުގައި ސުވާލު އުފެދުނެވެ. 

ލިލިއަން އައިސް ދިޔާންގެ މަގަތުން އެނދުގައި އިށީނެވެ. އެއް އަތް ނިއްކުރީގައި ބާއްވާލައިގެން ސީލިންގަށް ނަޒަރު ހުއްޓިފައި އޮތް ދިޔާން ފުން ވިސްނުމެއްގައިވާފަދައެވެ.

” ޔާން..؟” ދިޔާންގެ ސަމާލުކަން ހޯދުމުގެ ގޮތުން ލިލިއަން މަޑު މަޑުން ގޮވާލިއެވެ. ދަޔާން އޭނާއާ ދިމާ ބަލާލަމުން ލިލިއަންގެ އަތް ބާއްވާލެވިފައިވާ އޭނާގެ ކޮނޑަށް ނަޒަރު ހިންގާލިއެވެ.

” އޮފީހުގެ ކަމެއްދިމާވީތަ..؟”  ލިލިއަން ދިޔާން ކުރެން ސުވާލު ކުރިއެވެ.  ޖަވާބެއްގެ ގޮތުން ދިޔާން ދެފަރާތައް ބޯ ހޫރުވާލިއެވެ.

“ދެން ކިހިނެއްވީ..؟”  ލިލިއަން އަނެއްކާވެސް ސުވާލުކުރިއެވެ. ދިޔާން އަށް ވީގޮތެއް އޮޅުން ނުފިލުވާ ހުއްޓާލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

” އަހަރެން އެބަ ވިސްނަން އެހެން ގެޔަކަށް ބަދަލުވާން..”  ދިޔާން ދިން ޖަވާބާއެކު ލިލިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

” ކި..ކީއްވެ..؟ ތިއީ ކޮން އިރަކު ޔާން ވިސްނިކަމެއް..؟” ލިލިއަން އަށް ހައިރާންކަމާއި ނުތަނަވަސްކަމާއެކު ސުވާކު ކޮށްލެވުނެވެ.

” ކިހިނެއްވީ..؟ ލިލިއަން އަހަރެންނާއެކު ދާން ބޭނުން ނުވަނީތަ..؟” ދިޔާން ލިލިއަން އަށް ބަލާލަމުން ބުނިއިރު އެ އަޑުގައިވީ ހިތްހަމަނުޖެހުމާއި އެކުވެފައިވާ ޝަކުވާގެ އަސަރެވެ.

” އަހަރެން އެހެންނެއް ނުބުނަމެންނު.. އަހަރެން ޔާން ދާ ކޮންމެ ތާކަށް ދާން ތައްޔާރު.. ޔާން ނޫނިއްޔާ އަހަރެންގެ ހުރީ ވަކި ކާކު.. ” ލިލިއަން އިސްޖަހާލަމުން ބުނެލިއެވެ. އޭނާގެ ހުރި ހުރިހާވެސް މީހަކީ ދިޔާން އެވެ. އެކަމަކު ބައެއްފަހަރު ދިޔާން އަށް އެކަން އިޙްސާސް ކުރެވޭހެނެއް ލިލިއަން އަކަށް ހިޔެއްނުކުރެވެއެވެ. އެ ޚިޔާލާއެކު ލިލިއަންގެ މޭގައި މަޑު ރިހުމެއް އުފެދިގެން ދިޔައެވެ.

” އެކަމަކު އަހަރެން އެނގެން ބޭނުންވަނީ ޔާން ތިވަރުގެ ނިންމުމެއް ނިންމީ ކީއްވެކަން.. މިހުރިހާ ދުވަސް ވީއިރުވެސް ޔާން ތިކަހަލަ ވާހަކައެއް ނުދައްކަމެންނު..” ލިލިއަން އެހިއެވެ. ދިޔާންގެ އެ ނިންމުމާ ، ދަޔާން ރާއްޖެ ބަދަލުވުމާ ގުޅުމެއް ހުރިހެން ލިލިއަން އަށް ހީވަނީއެވެ.

” ކަމެއްނުވެ.. އަހަރެން ހަމަ އެގޮތް ބޭނުންވަނީ.. ވަކިން ދިރިއުޅެން ފެށީމަ ލިބޭ މިނިވަންކަން ބޮޑުވާނެ..” ދިޔާން ސީލިންގަށް ބަލަން އޮވެ ވާހަކަ ދެއްކިއެވެ. 

” ………… މަންމަ މެންނާ ތި ވާހަކަ ދެއްކިންތަ..؟”  ލިލިއަން އިރުކޮޅަކު ވިސްނުމަށް އިނުމަށްފަހު ސުވާލު ކުރިއެވެ.

” ނުބުނަން.. އަހަރެންގެ ނިންމުމަށް ވަކި  އެމީހުންނަކަށްވެސް ބާރެއް ނުފޯރުވޭނެ..” ދިޔާންގެ އަޑަށް ހަރުކަށިކަން ވެރިވެގެން ދިޔައެވެ.

” އެކަމަކު ޔާން.. އެމީހުންނާ ހިއްސާނުކޮށް ތިވަރުގެ ނިންމުމެއް ނިންމާކަށް ނުވާނެ އެންނު.. އަނެއްކޮޅުން ޔާންގެ ބޭބެވެސް މިދާކަަށް ދުވަހު މިކޮޅަށް އެބަދަލުވީ.. ކުއްލިއަކަށް އަހަރެމެން އެހެންތާކަށް ދިރިއުޅެން ބަދަލުވީމަ ހިތަށް އަރާނީ ކީކޭ..؟” ލިލިއަން އޭނާގެ ކަންބޮޑުވުންތައް ފާޅުކުރިއެވެ.

“އަހަންނަކަށް ނޭނގެ ލިލިއަން އަށް ދަޔާން އާ މެދު ތިހާ ވިސްނެން ޖެހޭ ސަބަބެއް.. އަހަންނަށްވުރެ ލިލިއަން އަށް މުހިންމީ އަހަރެންގެ ބޭބެ ހިތަށް އަރާފާނެ އެއްޗެއްތަ..؟” ދިޔާން އެނދުން ތެދުވެ އޮށޯވެގެން އޮތް ބާލީސް އެނދުމައްޗަށް ޖެހިއެވެ. ދިޔާންގެ އަޑު ބާރުވެގެން ދިޔައިރު ކަތުރުކަށިގަނޑަށް ވާންވަމުން ދިޔައެވެ. ހީވަނީ މިހުރިހާދުވަހު ހިފަހައްޓައިގެން ހުރި އުދާސްތައް އެއްފަހަރާ ބޭރުކޮށްލިހެންނެވެ. ދިޔާންގެ ކުއްލި ބަދަލާއެކު ލިލިއަން އަށް އެނދުން ތެދުވެ ފަހަތަށް ޖެހިލެވުނެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (32)

Next

ބުނެބަލާ ލޯބިވޭ 12

Next
March 6, 2022

ބުނެބަލާ ލޯބިވޭ 12

Previews
March 5, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (32)

One Comment

  1. Cutie girl says:
    August 9, 2024 at 12:48 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Mi vaahaka nimuneetha

Comments are closed.



All Right Reserved!