Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (25)

lamhus Level 910 Stories100 Login500 Login100 Stories100 Comments
February 20, 2022 3 Mins Read
0 Comments

އޮފީހަށް ދެވުމާއެކު ވިޔާމް ނަތާޝާއަށް ގުޅިއެވެ.އޭނާ މިހާރު ބޭނުންވަނީ ގިނަވަގުތު ނަތާޝާއާއެކު ހޭދަކުރާށެވެ.

ފިހާރަ ބަންދުކުރާ ވަގުތައް ވިޔާމް ނަތާޝާ ބަލާއައިސް ހުއްޓެވެ. “ހިނގާލާފަ ދާނީ” ވިޔާމް ސައިކަލަށް އަރަން  ބުނުމުން ނަތާޝާ އެކަމަށް ދެކޮޅުހަދަމުން ބުނެލިއެވެ. “އުހުނ..އެގޮތް ކަމަކު ނުދާނެ…ބަނޑުބޮޑުވީމަ ބޭނުމެއްނޫން ނަތާ ހިންގުވާކަށް” ވިޔާމް ބުނެލިއެވެ.ވިޔާމް ކުރުނުކުރުމުން ނަތާޝަާ ސައިކަލަށް އެރިއެވެ.

ނަތާޝާ ފަހަތު ލައިގެން ސައިކަލުގައި އައި ވިޔާމ،ް ގޯތި ދޮރުމައްޗަށް މަޑުކުރި މަންޒަރު ޖޯލީގައި އިން ފަރީޝާއަށް ފެނުނެވެ.އެދެމީހުން ގެއަށް ވަންނަ މަންޒަރު ބަލަން ފަރީޝާއަށް އިނދެވުނެވެ.ގޯތިތެރެއަށް ވަދެގެން އައި ނަތާޝާގެ ފަހަތުން ވިިޔާމްވެސް ފަރީޝާ ހުރަސްކޮށް އަނގައިން ބަހެއް ނުބުނެ ދާމަންޒަރުން ފަރީޝާއަށް ލިބުނީ ހައިރާންކަމެކެވެ.

ވަގުތަކީ ފަރީޝާ ފިޔަވައި އެއްވެސް މީހެއް ގޭގައި ނެތް ވަގުތެކެވެ.އެހެންނަމަވެސް މިއަދު ގޭމީހުން ތިއްބަސް ވިޔާމް ހަމައެހެން ނަތާޝާއާ އެކު ވަންނާނެކަން ގައިމެވެ.ކުޑަވަގުތުކޮޅަކު ވިސްނަން އިނދެލުމަށްފަހު، ފަރީޝާ ނަތާޝާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.އަދި ދޮރުގައި ޓަކިޖަހަން އަތް އުފުލާލި ވަގުތު ވިޔާމް އެކޮޓަރިން ނިކުތެވެ.

ވިޔާމް އެކޮޓަރިން ނިކުތުމާއެކު ހައިރާންކަންމަތީ އޭނާއާ ދިމާލަށް ބަލަން ފަރީޝާއަށް ހުރެވުނެވެ. “ނަތާޝާ ވަރަށް ބަލިކޮށް އުޅެނީ އެހެންވެ އަހަރެން އޭނަ ގޮވައިގެން މިއައީ” ފަރީޝާ ބަލަންހުރިގޮތުން ވިޔާމް ބުނެލިއެވެ.އޭނާގެ ރާގުގައި ހަރުކަށިކަމެއް ވެއެވެ. “އެހެންތަ؟ކިހިނެއްވަނީ؟” ފަރީޝާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. “ގައިން ވަރުދޫކުރަނީ” އަހަރެން އަންނާނަން މޭވާކޮޅެއް ގަނެގެން ފަރީޝާ އޭނައަށް އެކޮށާފަ ދީ” ވިޔާމް އެހެންބުނެ ދާން ހިނގައިގަތުމުން ފަރީޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.ވިޔާމް ވާހަކަދެއްކި ރާގުގައި ހަރުކަށިކަމެއް ހުއްޓަސް، ކަންތައްވީގޮތް އޭނާ، ފަރިޝާއަށް ކިޔައިދިނުމުން ފަރީޝާ ހަމަޖެހުނެވެ.

ވިޔާމް މޭވާ ގެނައުމުން ފަރީޝާ އެކޮށާ ތައްޓަކަށް އަޅައިގެން ނަތާޝާގެ ކޮޓަރިއަށް ދިޔައެވެ. “އަން..މީ ވިޔާމް ގަތް މޭވާކޮޅެއް މިކާލާ..ނަތާ ގައިންވަރުދޫކޮށް ބަލިވެއުޅޭ ވާހަކަ ވިޔާމްބުނި…ކީއްވެ ބަލިވާހަކަ ނުބުނީ ފަރީމެން ގާތު” އޮށޯވެގެން އޮތް ނަތާޝާ ކައިރި މޭވާ ތަށި ބަހައްޓަމުން ފަރީޝާ ބުނެލިއެވެ.

މިއަދު ފިހާރައިގަ އިންދާ ވިޔާމް އެއްޗެއް ގަންނަން ފިހާރައަށް އައިސް އެހީ ބަލީހޭ ހާދަ ބަލިވައްތަރު ޖަހައޭ..ދެން ނަތާ ބުނިން ގައިންވަރުދޫކުރާތީއޭ މިއުޅެނީ..ވިޔާމް އައީ ބަންދުކުރާ ވަގުތުޖެހެން ކައިރިވެފަ ވަނިކޮށް އެހެންވެ އޭނަ ބުނީ ސައިކަލަށް އަރާށޭ ގެއަށް ލައިދޭނަމޭ…ގައިން ވަރުދޫކުރަންޏާ ނުހިނގޭނެ ނޫންހޭ” ނަތާޝާ ބުނެލިއެވެ. “އާނ…އެކަމަކު ދެން ބަލިވެއްޖެއްޔާ އަހަރެމެން ކައިރިގަ ބުނާތި” ފަރީޝާ އެހެންބުނެ އެކޮޓަރިން ނިކުތެވެ.

********

ރޭގަނޑު ދިހައެއްޖެހީއެވެ.އިރާކޮޅު ބުރަކޮށް އުޅުމުގެ ސަބަބުން ފަރީޝާއަށް ވަރަށް އަވަހަށް ނިދުނެެވެ.ނިދިފައި އޮތް ފަރީޝާއަށް ހޭލެވުނެވެ.ހޭލެވުމާއެކު އޭނާ އެނދާ ދިމާލަށް ބަލައިލިއެވެ.އެނދުގައި ވިޔާމް ނެތުމުން ފާރުގައި ހަރުކޮށްފައިވާ ގަނޑިން ވަގުތު ބަލައިލިއެވެ.ގަނޑިން މެންދަމުން އަލިވެ ބާރަ ޖެހީއެވެ.އެނދުގައި ވިޔާމް ނެތުމުން އޭނާ ވާނީ އޭނާގެ އާދައިގެމަތިން ބޭރު ޖޯލީގައިކަން ފަރީޝާއަށް އެނގުނެވެ.އެހެންކަމުން އަނެއްކާވެސް ނިދޭތޯ ފަރީޝާ ލޯމަރާލިއެވެ.

ނިދަން އުޅުނު ފަރީޝާއަކަށް ނިދޭގޮތެއް ނުވިއެވެ.ގަނޑިން އެކެއްޖަހާ އެއްގަނޑި ތިރީސް މިނެޓްވެސް ހިނގައިފިއެވެ.ނަމަވެސް ފަރީޝާގެ ލޮލަށް ނިންޖެއް ނައެވެ.އެހެންކަމުން ވިޔާމް ކައިރިއަަށް ގޯތިތެރެއަށް ނިކުމެލަން ފަރީޝާގެ ހިތަށްއެރިއެވެ.

ގޯތިތެރެއަށް ނިކުތް ފަރީޝާއަށް ވިޔާމެއް ނުފެނުނެވެ.އެހެންކަމުން މިހާ ދަންވަރު ވަގުތެއްގައި ވިޔާމް ދާނީ ކޮންތަނަކަށްބާވައޭ ފަރީޝާގެ ހިތަށް އެރިއެވެ.ކުޑަ ވަގުތުކޮޅަކު ވިސްނާލަން ހުރުމަށްފަހު، ފަރީޝާ އެނބުރި ކޮޓަރިއާ ދިމާލަށް ދިޔައެވެ.އެވަގުތު ނަތާޝާގެ ކޮޓަރި ލައިޓް ޖައްސާފައި ހުރިތަން ފަރީޝާއަށް ފެނުނެވެ.ނަތާޝާ ބަލިވެ އުޅޭތީ ނުނިދިގެން އުޅެނީކަމަށް ހިތާ އެކޮޓަރިއަށް ވަދެލަން ފަރީޝާ ނިންމިއެވެ.

ނަތާޝާގެ ކޮޓަރީގައި ޓަކިޖެހުމުގެ ކުރިން ކޮޓަރި ތަޅުގައި ފަރީޝާ ހިފާލިއެވެ.އެވަގުތު ތަޅުނުލާހުރި އެދޮރު ހުޅުވުނެވެ.ހިނިތުންވެލައިގެން ހުރެ ދޮރުހުޅުވާލުމަށްފަހު، ކޮޓަރިތެރެއަށް ބޯދިއްކޮށްލި ފަރީޝާއަށް ކޮޓަރިތެރެއިން ފެނުނު މަންޒަރުން، މޫނުމަތީގެ ހިނިތުންވުން ކެނޑި ފައިދަށުން ބިންގަނޑު ކެނޑުނުހެން ހީވިއެވެ.

އޭނާގެ ފިރިމީހާ ވިޔާމް، ނަތާޝާ ގަޔާކައިރި ކޮށްލައިގެން އޭނާގެ ބަނޑުގައި ފިރުމަން އޮތްއިރު، ނަތާޝާ ކުޑަކުއްޖެއްހެން ވިޔާމްގެ ގައިތެރެއަަށް ވަދެއޮތެވެ.އެދެމީހުންނަށް ބަލައިފި މީހެއްނަމަ އެއީ ހިލޭ ދެމީހުންނޭ ނުބުނާނެއެެވެ.ދެމީހުން އޮތް ގައިގޯޅިކަމުން ހީކުރެވޭނީ އެއީ އިނދެގެން އުޅޭ ދެމީހުން ކަމަށެވެ.ފަރީޝާ ދޮރުޙުޅުވާލުމާއެކު ދެމީހުންވެސް ފުންމައިގެން ތެދުވިއެވެ.

“ހަމަ މިހާރު ނިކުމޭ” ވިޔާމް އަޑަށް ބާރުލާފައި ބުނެލިއެވެ.އެހެންނަމަވެސް ފަރީޝާޢަށް ހުރިތާ ހުރެވުނެވެ.ވަގުތުކޮަޅަކު ހުއްޓުންއަރާފައި ހުރި ފަރީޝާ އޭނާގެ ކޮޓަރިއަާ ދިމާލަށް ދުއްވައިގަތެވެ

އެނދުގައި އިށީނދެ ދެންމެވީ ކަންތަކާމެދު ވިސްނަން ފަރީޝާ އިނެވެ.އޭނާއަށް މިއުޅެވެނީ ބިރުވެރި ހުވަފެނެއްގެ ތެރޭގައިހެން ހީވާން ފެށިއެވެ.އޭނާގެ ހިތްގަދަޔަށް ތެޅެމުންދިޔައިރު ނިއްކުރިމަތިން އޮށްދާ ތިކިތައްވެސް ފާޅުވާން ފެށިއެވެ.އެނދުގައި އިން ފަރީޝާ ސިހިގެންދިޔައީ ރުޅިވެރިކަމާއެކު އައި ވިޔާމް ކުއްލިއަކަށް ދޮރު ހުޅުވާލުމުންނެވެ.

“ކިހިނެއްވެގެންތަ މިީސްމީހުންގެ ކޮޓަރިއަށް ޓަކިޖަހާލުމެއްނެތި ވަންނަ ގޮތެއްވަނީ؟” ވަރަށް ބޮޑަށް ރުޅިއައިސްފައިހުރެ ވިޔާމް އަހާލިއެވެ.ވިޔާމާ ދިމާލަށް ބަލަަހައްޓައިގެން ފަރީޝާއަށް އިނދެވުނެވެ. “ދެން ނުވާނެ އެކޮޓަރިއަށް ކަލޭ ވަދެގެނެއް!” ވިޔާމް އަމުރުވެރި ރާގަކަށް ބުނެލިއެވެ.

“ތިދެމީހުން ދޭތެރޭ ގުޅުމެއް އޮވޭދޯ އެހެންވީމަ؟” ވިޔާމަށް ބަލަން އިނުމަށްފަހު ފަރީޝާ ރުޅިވެރިކަމާއެކު އަހާލިއެވެ. “އާނ އާނ އަހަރެން އުޅެނީ ނަތާޝާއާ ރައްޓެހިވެގެން އެއީ އަހަރެންގެ ލޯބިވެރިޔާ މިހާރު ހިތްހަމަ ޖެހިއްޖެތަ؟” ވިޔާމް ބުނެލިއެވެ.ވިޔާމްގެ އެބަސްތަކުން ފަރީޝާއަށް ހީވީ ދުނިޔެ ހުއްޓުނު ހެންނެވެ.

“ކީއްވެ ވިޔާމް އަހަންނަށް ތިހެންހެދީ؟ކީއްވެ އަހަންނަށް ބޭވަފާތެރިވީ؟” ފަރީޝާ އަހާލިއެވެ. “އަހަންނެއް ނަހަަދަން އެއްވެސް ގޮތެއް..އާނ އަހަރެން ފަރީޝާ ދެކެ ފޫހިވޭ..އަހަރެން ފޫހިކުރުވީވެސް ފަރީޝާ..އޭރުވެސް އަހަރެން ބުނިގޮތަށް ހެދިނަމަ މިހެން ނުވީސް..ދެން ކޮންމެހެން އެއްޗެހިތަކެއް ކިޔަން ހަދާނެކަމެއް ނެތް…މިހާރު ވަގުތު ފާއިތުވެއްްޖެ” ވިޔާމް ބުނެލިއެވެ.

ވިޔާމްގެ ވާހަކަތައްަ އަޑުއަހަން އިން ފަރީޝާގެ ދެލޮލުން މަޑުމަޑުން ކަރުނަތަށް ފައިބަން ފެށިއެވެ. “މިގޭގަ އުޅެން ބޭނުންވަންޏާ އަނގަމަޑުން ލައިގެންހުރޭ…އަހަންނާ ނަތާއާ ދޭތެރެއަށް ވަންނަން ނުހަދާ…އަހަރެެމެން ވަރަށް އަވަހަށް ކައިވެނިކުރަން މިއުޅެނީ” ވިޔާމް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ލޯބި ވެވުމުން 9

Next

ހީވޭ ކަލާވާހެން-39

Next
February 20, 2022

ހީވޭ ކަލާވާހެން-39

Previews
February 20, 2022

ލޯބި ވެވުމުން 9



All Right Reserved!