“ނަތާ މިއަދު ފިހާރައަށް ނުނިކުތަސް ރަނގަޅުވާނެ…ދެންމެއެއްނު ތިއައީ އެހެންވީމަ ހުންނާނީ ދަތުރު ވަރުބަލިވެފަ” ވަސީމާ ދައްތަ ބުނެލިއެވެ.ވަސީމާ އެހެންބުނުމުން ސައިބޮއެގެން ނަތާޝާ އޭނާގެ ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަތް ނަތާޝާގެ ފޯނަށް ވިޔާމް ގުޅިއެވެ. “ހަލޯ ބޭބީ މިސްވާވަރުން މިގުޅާލީ…ކިހިނެއްވަނީ ވަރަށް ސުވާލުކުރިތަ ގޭމީހުން؟” ވިޔާމް އަހާލިއެވެ. “ނޫން…ބައްޕަ އޯކޭހޯ ދައްތަ އެހި…ތިއެއްނޫނޭ ލަދުން މަރުވާ ވަރުވެއްޖެ” ނަތާޝާ ބުނެލިއެވެ.ނަތާޝާ އެހެންބުނުމުން އެއީ ކީއްވެތޯ ވިޔާމް އަހާލިއެވެ. “ދެންމެ ސައިބޯން އިންދާ ނަތާގެ ކަރުގަ އިން ރެޑްމާކު ފެނިގެން މަންމަ އަހައިފި ކަރަށް ކިހިނެއްވެފަހޭ؟…އެވަގުތު އެންމެން ނަތާގެ ކަރަށް ބެލި..ބުނާނެ އެއްޗެއް ނޭނގިގެން އެންމެފަހުން ބުނީ އެއީ ދިރޭއެއްޗެއް ހަފައިގެން ކެހީމައޭ” ނަތާޝާ ބުނެލިއެވެ.
“ހަހަހަހަ…އެހެންވީއިރު އެހެފި ދިރޭއެއްޗަކީ ވިޔާމޭދޯ ތިބުނީ؟” ހިނިގަނޑެއް ޖަހާލަމުން ވިޔާމް ބުނެލިއެވެ. “ވިޔާމްވެސް ކުރާނީ އެކަހަލަ ކަންތައް” ނަތާޝާ ތުއިގޮތަކަށް ބުނެލިއެވެ. “ދެންވެސް އަތުޖެހިއްޖެޔާ ކާލާނަން” ވިޔާމް ސަމާސާވެރި ގޮތަކަށް ބުނެލުމުން ނަތާޝާ ހޭންފެށިއެވެ.
**********
ކާގެތެރެ ސާފުކޮށްލުމަށްފަހު ފަރީޝާ ކޮޓަރިއަށް ވަނެވެ.އަދި ވިޔާމްގެ ނަންބަރަށް ގުޅާލިއެވެ.ވިޔާމްގެ ނަންބަރު ވެއިޓިންގަ އިންތަން ފަރީޝާއަށް ފެނުނެވެ. “ވިޔާމް ގައިމުބުނި ވަރަށް ބިޒީވާނޭ…ފޯނުން ވާހަކަނުދެއްކިދާނޭ…އެކަމަކު އެއިނީ ވެއިޓިންގަ..ކާކަށް ގުޅައިގެންބާ؟” ފަރީޝާގެ ހިތަށްއެރިއެވެ.ކޯލު ރިންގުވެ ކެނޑުމުން އަނެއްކާ ދެވަނަފަހަރަށްވެސް ފަރީޝާ ވިޔާމްގެ ނަންބަރަށް ގުޅާލިއެވެ.މިފަހަރުވެސް އޭނާގެ ފޯނު އިނީ ވެއިޓިންގައެވެ. “ވެދާނެ މަސައްކަތު ކޯލެއްކަމަށް އެހެންނޫންނަމަ ވިޔާމް ނަގާނެ” މިފަހަރު ފަރީޝާގެ ހިތަށްއެރިއެވެ.
******
މެންދުރުވެގެންގޮސް ހަވީރުވީއެވެ.ފުރާވަގުތު ޖެހުމުން ވިޔާމް ރަށަށްދާން ލޯންޗުގައި ނައްޓާލިއެވެ.ރަށަށް ލެފުމާއެކު ވިޔާމް ގެއަށްވަނެވެ.ކޮޓަރިތެރޭގައި ވިޔާމް އަންނާނެ އިންތިޒާރެއްގައި ފަރީޝާ އިންދާ، ވިޔާމް ކޮޓަރިއަށް ވަނެވެ.ތިންދުވަސް ފަހުން ވިޔާމް ފެނުމުން ފަރީޝާއަށް އުފަލުންގޮސް ވިޔާމްގެ ގައިގައި ބައްދާލިއެވެ. “ކިހިނެއްވެގެންތަ ތިއުޅެނީ؟” ފަރީޝާ ދުރަށް ކޮއްޕާލަމުން ވިޔާމް ބުނެލީ ނުރުހުންތެރިކަމާ އެކުގައެވެ.
“ސޮރީ އެހާ ދުވަސްފަހުން ވިޔާމް ފެނުމުން އުފަލުން ބައްދާލެވުނީ” ވިޔާމް ރުޅިއައުމުން ފަރީޝާ ވަރަށް ދެރަވިއެވެ. “އެހާ ދުވަސްފަހުންނޭ ބުނާއިރު ދުވަސްތަކެއް ވެއްޖެތަ؟…އެންމެ ތިންދުވަހެއްނޫންތަ މިވީ” ވިޔާމް ބުނެލީ ރުޅިވެރިކަމާއެކުގައެވެ.ލޯންޗުގައި އިންއިރު ރީތިކޮށް ވާހަކަދެއްކި ވިޔާމް، މިހާރު ފަރީޝާދެކެ ކަމަކާނުލާ ރުޅިއައިސްފައިވުމުން ފަރީޝާ ހައިރާންވިއެވ.ެ
“ހާދަ ވަރަކަށް ގުޅީމޭ…ވަރަށް ބިޒީކޮށްތަ އުޅުނީ…މިއަދު ގުޅިއިރު ވިޔާމްގެ ފޯނު އިނީ ވެއިޓިންގަ ދެފަހަރު ގުޅިއިރުވެސް އިނީ ހަމައެހެން” ފަރީޝާ ބުނެލިއެވެ. “އަނެއްފަހަރު އަނެކައްޗެކޭ ކިޔަންވީދޯ؟…އަހަރެން ބުނިންދޯ ބިޒީވާނޭ…އެހެންނޫނަސް އެތަނަށް އަހަރެންދިޔައީ މަޖާކުރަންތަ؟…ފޯނަށް އޮފީހުންވެސް ގުޅާނެދޯ؟…އެހެންނޫނަސް އަހަންނަކަށް ފަރީޝާއަށް ގުޅާ މާފޮޅުވާނެ ވަގުތެއްނުވޭ” ވިޔާމް ބުނެލީ ނުރުހުމުގެ ރާގަކަށެވެ.
އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު ވިޔާމް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާކަން ފަރީޝާއަށް ފާހަގަވިއެވެ. ފަރީޝާ ހީކުރީ އެއީ ވިޔާމް އުޅުނު ބިޒީކަމުންނާ، ދަތުރު ވަރުބަލިވުމުން އައިސްފައިހުރި ރުޅިއެއް ކަމަށެވެ.އެހެންކަމުން އިތުރަށް އެންމެއެއްޗެއްވެސް ފަރީޝާ ވިޔާމަށް ނުބުނެއެވެ.
**********
ދެހަފްތާ ނިމިގެންދިޔައެވެ.ނަތާޝާ ކުއްލިއަކަށް ބަލިވާން ފެށިއެވެ.މޭނުބައިކުރުމާއި ބޮަލަށް އެނބުރުން އެރުންފަދަ ކަންކަން ވާން ފެށިއެވެ.ނަތާޝާާ ބަލިކަން ވިޔާމަށްވެސްް ފާހަގަވާން ފެށިއެެވެ. “ނަތާ ހާދަ ބަލިވައްތަރުޖަަހައޭ” އެއްރޭ އާދައިގެމަތިން ތުނޑިމަތީގައި ނަތާޝާއާ އެކު ހުރެ ވިޔާމް ބުނެލިއެވެ. “ހާނ..އަބަދު އިންނަނީ މޭޭނުބައިކޮށްފަ…ބޮލަށް އެނބުރުން އަރާފަ” ނަތާޝާ ބުނެލިއެވެ. “ދެން ކީއްވެތިވާހަކަ ނުބުނީ؟ ނަތާ އަނެއްކާ؟” ވިޔާމް އަހާެލީ ނަތާޝާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
ވިޔާމް ގެއަށްދިޔައީ ނަތާޝާ ގޮވައިގެން ބޭސްފިހާރައަކަށްވަދެ ޕުރެގްނެންސީ ކިޓެއް ގަނެގެންނެވެ.
ރޭގަނޑުވެ އެންމެން ނިދުމުން ވިޔާމް އާދައިގެމަތިން ޖޯއްޔަށް ނިކުމެލިއެވެ.އަދި ނަތާޝާއަށް ގުޅާލިއެވެ.ފާހަނަތެރޭގައި ހުރި ނަތާޝާއަށް ފޯނު ރިންގުވާ އަޑު އިވުމުން، އަވަސްކޮށްލައިގެން ފާހަނައިން ނިކުތެވެ.އަދި ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. “ކޮބާ ކިހިނެއްވަނީ؟” ވިޔާމް އަހާލިއެވެ. “އަދި މި ނެގީ..ފާހަނައިގަވީ ކިޓު އިރުކޮޅަކުން ބަލާނީ” ނަތާޝާ ބުނެލިއެވެ. “އަވަހަށް ބުނައްޗޭ ވަރަށް ކެތްމަދުވެފަ މިއިނީ” ވިޔާމް ބުނެލިއެވެ.
*********
އިރުކޮޅެއްފަހުން ނަތާޝާ ވިޔާމަށް ގޮވާލިއެވެ. “ހަލޯ ނަތާ” ވިޔާމްވެސް ގޮވާލިއެވެ. “ވިޔާމް އައި އެމް ޕްރެގްނެންޓް” ނަތާޝާ ބުނެލިއެވެ.ނަތާޝާ ހުރީ ކޮންމެވެސްވަރަކަށް ހިތް އަވަސްވެފައެވެ. “ނަތާ ބޭބީ އަސްލުތަ؟” ވިޔާމަށް ފުންމައިގެން ޖޯލިން ތެދުވެވުނެވެ. “ބޭނުން ދެކިލަން ކިޓު…ދޮރުހުޅުވަބަ” ވިޔާމް އެހެންބުނެ ނަތާޝާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. “ނޫން ގޭމީހުންނަށް ފެނިދާނެ” ނަތާޝާ ބުނެލިއެވެ
“ހެޔޮ އެނގުނަސް..ދެން މިކަމެއް ސިއްރެއްނުކުރެވޭނެ ނަތާ ބަނޑުބޮޑުވާ ވަރަކަށް އެންމެންނަށް އެނގޭނެ..އެހެންވީމަ ހެޔޮ މިރޭ އެންމެނަށް އެނގުނަސް” ވިޔާމް ކުރުނުކުރަން ފެށުމުން ނަތާޝާ ދޮރުހުޅުވިއެވެ. ކޮޓަރިއަށް ވަތް ވިޔާމް ނަތާޝާގެ އަތުގައިވާ ކިޓަށް ބަލައިލިއެވެ.ރަތް ދެރޮނގު އޭގައި އިންތަން ފެނުމުން ވިޔާމް ވަރަށް އުފާވިއެވެ.އަދި އުފަލުން ނަތާޝާ ގައިގައި ބައްދާލިއެވެ.”އަދި ބޭނުން އިތުރަށް ޔަގީންކުރަން” ނަތާޝާ ބުނެލިއެވެ.
*********
ހެނދުނު ވިޔާމް އޮފީހަށްދާން ގެއިން ނިކުތުމުން ނަތާޝާވެސް ފިހާރައަށްދާން ނިކުތެވެ. “އަރާ ސައިކަލަށް ހޮސްޕިޓަލަށްދާން” ގެއާ ތަންކޮޅެއް ދުރަށް އާދެވުމުން ވިޔާމް ބުންޏެވެ.ހޮސްޕިޓަލަށް ގޮސް ލޭނަގައިގެން ނަތީޖާ ލިބޭނެއިރެއްގެ އިންތިޒާރުގައި ނަތާޝާމެން ތިއްބެވެ. “ދައްތަ ނާންނާނެތަ ފިހާރައަށް އަނެއްކާ؟ފިހާރަ ބަންދުކޮށްފަ ހުރުމުން ހިތްހަމަ ނުޖެހިދާނެ” ނަތާޝާ ބުނެލިއެވެ. “ނަތާ ކަންބޮޑުނުވޭ ނަތާއަށް ގުޅާފިއްޔާ ބުނޭ ހޮސްޕިޓަލުގައޭ…ނޫނީ ވިޔާމް ބުނާނަން” ވިޔާމް ބުނެލިއެވެ.
ބައިގަނޑިއިރުގެ އިންތިޒާރަކަށް ފަހު ނަތީޖާ ލިބުނެވެ.ވަގުތުން ސިޓީއުރަ ކަނޑާލުމަށްފަހު ވިޔާމް ބަލައިލިއެވެ. އޭގައިވެސް އިނީ ނަތާޝާ ބަނޑުބޮޑުކަމަށެވެ. “ކޮބާ މިހާރު ޔަގީންވެއްޖެތަ؟” އުފަލުންހުރެ ވިޔާމް ބުނެލުމުން ނަތާޝާ ބޯޖަހާލިއެވެ. ނަތާޝާގެ އެދުމުގެ މަތިން ވިޔާމް އޭނާ ފިހާރައަށް ލައިދިނެވެ. “އަން މި މޭވާތައް ކާތި..ގޮނޑީގަ ރީތިކޮށް ލެނގިގެން އިނދޭ..ތަނަކަށް ތަދުވެ ނޫނީ އުދަނގުލެއް ވަންޏާ ވިޔާމަށް ގުޅާތި…ވިޔާމް އަސްލު އެހާ ބޭނުމެއްނޫން ނަތާ ފިހާރައަށް ގެންނަން އެކަމަކު ނަތާ ބުނީމަ މިގެނައީ” ވިޔާމް ބުނެލިއެވެ.
ނަތާޝާ ބަނޑުބޮޑުކަން އިނގުމުން ވިޔާމްގެ އަޅާލުން ނަތާޝާއަށް އިތުރުވިއެވެ. “ވިޔާމް ބޭނުމެއްނޫން އެންމެ ސިކުންތެއްވެސް ނަތާޔާ ދުރުގަ ދެން ހުންނާކަށް..އެކަމަކު އޮފީހަށްވެސް އެބަދާންޖެހޭ…ވިޔާމްގެ ބޭބީއަށް ރަނގަޅަށް ބަލާތި” ނަތާޝާގެ ބަނޑުގައި ފިރުމާލަމުން ވަރަށް އުފަލާއެކު ވިޔާމް ބުނެލިއެވެ. “އާނ…ބަލާނަން” ނަތާޝާވެސް ބުނެލީ އުފަލުންހުރެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





