Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އެ ނަފްސުގެ ބަދަލު 3

N@B@@TI Level 110 Stories
February 15, 2022 3 Mins Read
1 Comment

” ދަރިފުޅާ،ބަސްއަހާތި…މަންމަ އަކަށް ހިޔެއް ނުވޭ ދެން މާ ގިނަ ދުވަހު އުޅެވޭނެހެން…ކޮއްކޮ ރަނގަޅަށް ބަލައްޗޭ…މަންމަ ދަރިފުޅުމެން ދެކެ ވަރަށް ލޯބި….” މިހިސާބުން ސަލްމާގެ ބަސް ހުއްޓުނެވެ.”މަންމާ! ނޫން… އަޅުގަނޑުމެން ދޫކޮށްފައި ނުދޭ!” އައިމަލްއަށް ގިސްލައިފައި ރޮވުނެވެ.އެވަގުތު އައިމާ މަޑުމަޑުން ހިނގައިލައިފައި އައިމަލް ގައިގައި ބައްދައިލިއެވެ.އައިމަލް އަވަހަށް ކަރުނަތައް ފޮހެލައިފައި އައިމާ އާ ދިމާލަށް ތިރިވެލިއެވެ.” ކޮއްކޮ މިހާލުގައި އުޅެން ޖެހޭތީ ދޮންތި ވަރަށް ދެރަވޭ…އެކަމު ދޮންތި ކޮއްކޮއަށް އެއްވެސް ދެރައެއް ނުދޭނަން…”އައިމަލް އައިމާގެ ބޮލުގައި ފިރުމައިލިއެވެ.” ދޮން..ތި” އައިމާ މިހެން ގޮވައިލިއެވެ. އައިމަލް ދެރަވެފައި ހުއްޓަސް އައިމާ އަށް އައިމަލް ހެއްވާލަން އެނގެއެވެ.” ލައްބަ،ކޮއްކޮ..މީ ދޮންތި..” މީ އައިމާގެ އެންމެ ފުރަތަމަ ބަސްކަމުން، އެހިނދުކޮޅުގައި ވެސް އައިމަލް ވަރަށް އުފާވިއެވެ.

އެ ދުވަހުގެ ރެއެވެ.އައިމަލް އުޅެނީ އައިމާ ނިންދަވަންށެވެ. ” ދޮންތިގެ ކުޑަ ދޫނި ނާނަ ކިޔާލާ، ނާނަ ކިޔާލާ.. ބަސްއަހައިގެން ނާނަ ކިޔާލާ…” އައިމަލްއަށް ހަނދާން އާވެގެން ދިޔައީ އައިމަލްގެ މަންމަ،ސަލްމާ، އައިމަލް ކުޑައިރުގައި ނާނާ ލަވަ ކިޔައިދޭ މަންޒަރެވެ. އައިމާ އަށް ބަލައިލުމުން އައިމަލްއަށް ސިފަވެގެން ދަނީ އައިމަލްގެ ކުޑައިރުގެ ހަނދާންތަކެވެ. މަންމަ އާ ބައްޕައާ އެކުގައެވެ. ކިތަންމެ ވަރަކަށް އައިމަލްގެ މައިންބަފައިން ގެއިން ބޭރުގައި މަސައްކަތް ކުރިޔަސް،އައިމަލް އަށް ދޭން ޖެހޭ ވަގުތު ދޫކޮށްނުލައި އައިމަލް އާއެކު ހޭދަކުރެއެވެ. ކިތަންމެ ވަރަކަށް ވަރުބަލި ވެފައި ހުއްޓަސް އައިމަލް އަކީ އެމީހުންގެ އެކެކެވެ.

އައިމާ ނިދުމުން ތަންމަތީގައި އައިމަލް އައިމާ ބޭއްވިއެވެ. ދެން އައިމަލް ނިކުތީ ސިޓިންގރޫމަށެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފަށައިފިއެވެ. އައިމަލް ދިޔައީ ސިއްސައިގެންނެވެ. އައިމަލް އެ ފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. ފޯނު އަމިއްލައަކަށް ކެނޑެންދެން އައިމަލް އިނެވެ. އަނެއްކާ ވެސް ފޯނު ރިނގުވާން ފެށިއެވެ. އައިމަލް އަޅައެއް ނުލިއެވެ.އެ ގުޅަނީ ކާކުކަން އައިމަލްއަށް އެނގެއެވެ.އެހެންވެގެން ފޯނު ނަގާކަށް އައިމަލް ބޭނުމެއް ނުވެއެވެ. ދެން އައީ ވޮއިސް މެސެޖެކެވެ. “މީ އެންމެ ފަހު އިންޒާރު! އަހަރެމެންގެ ރުފިޔާ ނުދީފި ނަމަ ތި އާއިލާ އެކަކު ވެސް ސަލާމަތެއް ނޯންނާނެ…އަހަރެމެން މިހާރު މި ދަނީ ތި ގެއާ ދިމާލަށް!!!” މިހެން ބުނުމާއެކު އައިމަލްއަށް ސިހުމެއް ލިބުނެވެ.އައިމަލްއަށް ފުރަތަމަ އައި ހިޔާލަކީ ގެއިން ނިކުމެގެން ދިޔުމެވެ.އެކަމަކު ދާނެ ތަނެއް ނެތެވެ. އައިމަލް އަވަހަށް ބޭނުންވާނެ މުހިއްމު ސާމާނު ބައު ދަބަހަކަށް އެޅިއެވެ.ދެން،  ދެގޮތެއް އައިމަލްގެ ވިސްނުމުގައި އޮތެވެ.އެއީ، ފުރަތަމަ ކަމަކީ އެމީހުން އައުމުގެ ކުރިން ގެއިން ނިކުތުމެވެ. ދެވަނަ ކަމަކީ ވަގުތު ފާއިތު ވެއްޖެ ނަމަ، ގޭތެރޭ އެންމެ އަޑީގައި އައިމަލްގެ ބައްޕަ ހަދައިފައި އޮތް ގުދަން ތެރެއަށް ފިލަން ދިޔުމެވެ.އެއީ ވަކިން ހާއްސަކޮށް ތަކެތި ރައްކާކުރަން ހަދައިފައި އޮތް ގުދަނެކެވެ

ކުއްލި އަކަށް ދޮރުގައި މީހަކު ޓަކިޖެހިއެވެ.އައިމަލް އަށް ސިހުމެއް ލިބުނެވެ. އައިމަލް އައިމާ ގޮވައިގެން ދުއްވައިގަތީ ގުދަނާ ދިމާލަށެވެ.

“ތި ދޮރު ހުޅުވަބަލަ!3 ސިކުންތު ލިބޭނީ ދޮރު ހުޅުވަން އެހެންނޫނީ އަހަރެމެން ދޮރު ފަޅައިލައިގެން ވެސް ވަންނާނަން!” އެމީހާ އަމުރުކޮށްލިއެވެ. އައިމަލް މަޑުމަޑުން އިނެވެ. ދެން ދޮރުގައި އެމީހާ އަނެއްކާވެސް ތަޅައިގަތެވެ. ދޮރުގައި ތަޅައިގަތުމާއެކު ދޮރު ހަލާކުވެގެން ބިން މައްޗަށް ވެއްޓުނެވެ. އެމީހާ އައީ އެކަންޏެއް ނޫނެވެ.އެ މީހާ އައީ އެމީހާގެ ގުރޫޕާ އެއްކޮށެވެ. ” ގޭތެރެ ޗެކު ކުރޭ! އެއްތަނެއް ވެސް ދޫނުކުރާތި!”.މިހެން ބުނުމާއެކު މީހުން ތަންތަން ހާވަން ފެށިއެވެ. ކަބަޑާ ތަންތަން ހާވައި ހަލާކުކޮށް، ގޭތެރޭ ބަހައްޓައިފައި ހުރި ސާމާނު އުކައިލިއެވެ. އެކަމަކު އެކަކަށް ވެސް އައިމަލް މެނެއް ނުފެނުނެވެ.” ބޮސް، މަށަށް ހީވަނީ އެމީހުން ގެއިން ނިކުތީހެން…ގޭގެ ކުޑަދޮރު ހުޅުވާފަ ހުރީ…”. މިހެން މީހަކު ބުނި އަޑު އިވުމުން އައިމަލް ހީނލިއެވެ. އެއީ އައިމަލް ހީކުރިގޮތަށް ކަންތައް ދިޔައީމައެވެ.

*20 މިނެޓު ކުރިން*

——————————————————————————————————

” ނޫން، މިހެން ހަދައިފިއްޔާ މާ އަވަހަށް އެމީހުންނަށް އެނގިދާނެ…” އައިމަލް އަމިއްލައަކަށް ބުނެލިއެވެ. އެހެންވެ އައިމަލް ކުރި ކަމަކީ ގޭތެރޭ ބައެއް ތަކެތި ވިއްސައިލައި، ކުޑަދޮރު ހުޅުވައިފައި،ކުޑަދޮރު ކައިރީ އެއްޗެއް ވެއްޓިފައި ހުރި ކަހަލަ ގޮތަކަށް ބޭއްވިއެވެ. އޭރުން ގޭތެރެ މީހުން ހޭވިޔަސް،އެއީ ގެއިން ބަޔަކު ނިކުތީކަން އަންގައިދިނުމަށް ކުރި ކަމެކެވެ. ދެން އައިމަލް އަވަސްވެގަތީ ކާން ބޭނުންވާނެ ތަކެތި ދަބަހަށް އަޅައި ރައްކާކުރުމަށެވެ. ” އެމީހުން ގޭތެރޭ ހުންނާނެ އިރެއްވެސް ނޭނގެ…އެހެންވީމަ ކާނެ އެތިކޮޅެއް ބޭނުންވާނެ.. އެމީހުން މިކަމަށް ހެއްލިއްޖިއްޔާ ރަނގަޅުވާނެ…” އައިމަލް ބުނެލިއެވެ. ދެން އައިމަލް އައިމާ މަޑުމަޑުން ތަންމަތިން ނަގައި ރަޖާގަނޑު ތެރެއަށް ލިއެވެ.އެވަގުތު އައިމަލް އަށް މީހަކު އަންނަހެން ހީވުމުން، އައިމަލް އަވަހަށް ގުދަނާ ދިމާލަށް މިސްރާބު ޖެހިއެވެ. ގުދަން ތެރެއަށް ވަދެވުމާ އެކު މީހަކު ދޮރުގައި ޓަކިޖެހިއެވެ.”ތި ދޮރު ހުޅުވަބަލަ!3 ސިކުންތު ލިބޭނީ ދޮރު ހުޅުވަން އެހެންނޫނީ އަހަރެމެން ދޮރު ފަޅައިލައިގެން ވެސް ވަންނާނަން!” އެމީހާ އަމުރުކޮށްލިއެވެ…

——————————————————————————————————

ކުއްލިއަކަށް އައިމާއަށް ހޭލެވުނެވެ. އައިމާއަށް ހޭލެވުމާއެކު ތުންފިއްތައިލުމުން އައިމަލްއަށް އެނގުނީ އައިމާއަށް އެއުޅެނީ ރޮވެންށެވެ..”ޝްޝްޝް…ކޮއްކޮ ނުރޮއްޗޭ… ދޮންތިގެ ކުޑަ ދޫނި ނާނަ ކިޔާލާ، ނާނަ ކިޔާލާ.. ބަސްއަހައިގެން ނާނަ ކިޔާލާ…” އައިމަލް ވައި އަޑުން މިހެން ބުނެ ނާނާ ކިޔަން ފެށިއެވެ. އައިމާއަށް ހޭލެވުނީ ވަރަށް ނުބައި ވަގުތެއްގައެވެ.ނަސީބަކުން އެވަގުތުކޮޅުގައި ވެސް އައިމާއަށް ނިދުނެވެ. ” ޝްޝް،އަޑެއް އެބަ އިވޭތަ؟ އެ އަޑު އަންނަނީ އެދިމާލުން…ދޭބަލަ ބަލައިލަން..” އެންމެ އިސްކޮށް ހުރި ނުބައި މީހާ މިހެން ބުނެލިއެވެ. އައިމަލްގެ ހިތް ތެޅެންފެށިއެވެ. ” އެކަމަކު މަށަކަށް އެއްވެސް އަޑެއް ނީވޭ… ތީ ހީވާއެއްޗެއް… އެމީހުން ގެއިން ނިކުމެގެން ހިނގައްޖޭ…” އެ ނުބައި މީހާގެ ދަށުން މަސައްކަތް ކުރާ މީހާ ބުނެލިއެވެ.”އާނ ބޮސް،މަށަށް ވެސް ހީވަނީ އެހެން…” އަދި އެކަކު އެމީހާއާ ބައިވެރިވެލިއެވެ.” އާނ،ދެން ހިނގާ ދާން..އެންމެން ނިކުމޭ އަހަރެން މި ނިކުންނަނީ..” މިހެން ބުނެ އެންމެން ބޭރަށް ފޮނުވައިލިއެވެ.އެކަމަކު އެ ނުބައި މީހާއަށް ހީވަނީ މީހަކު އުޅޭހެންނެވެ. އެ މީހާ މަޑުމަޑުން ކުރިން އަޑު އިވުނު ދިމާލަށް ދިޔައެވެ. އައިމަލްގެ ހިތް އަނެއްކާވެސް ތެޅެންފެށިއެވެ. މިފަހަރު އެއައްވުރެއް ބާރަށެވެ. އެމީހާ ކުރިއަށް ހުއްޓުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދިޔައެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

N@B@@TI

Level 110 Stories

Other Articles

Previous

ބުނަން ބޭނުމޭ 3

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (22)

Next
February 15, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (22)

Previews
February 14, 2022

ބުނަން ބޭނުމޭ 3

One Comment

  1. Black X says:
    February 17, 2022 at 8:58 am

    Wow mi part ves varah reethi ingey ❤️❤️❤️ waiting for the next part

Comments are closed.

Next Episodeއެ ނަފްސުގެ ބަދަލު 4←


All Right Reserved!