އެ ނަފްސުގެ ބަދަލު 2
ދެން އިވުނީ ދުވަހަކުވެސް އަޑު ނީވޭ ބަސްތަކެކެވެ.ސަލްމާގެ ދެލޯ ބޮޑުވިއެވެ.ސަލްމާގެ ހިތް ބުނަމުން ދިޔައީ ފަރީޝް އެކަހަލަ ކަމެއް ނުކުރާނެ ކަމެވެ. ” ލޯނަށް ރުފިޔާ ނުދައްކައޭ؟”.” އާނ، ފަރީޝް އަހަރެމެން އަތުން ރުފިޔާ ނަގައިގެން ދިޔައީ.. ހަނދާންކުރާތި! މި އަންނަ މަހާ ހަމައަށް ރުފިޔާ ނުދީފި ނަމަ، ކަލޭގެ ދަރިފުޅު ނަގާނަން…” ފޯނުން ވާހަކަ ދެއްކި މީހާ ސަލްމާ އަށް ބިރުދައްކަން ފެށިއެވެ.” ނޫން،ނޫން…މަގޭ އައިމަލް ނުގެންދާތި!” ސަލްމާ ހާސްވިއެވެ.”އެހެންވެއްޖިއްޔާ އަހަރެންގެ ރުފިޔާ ގެނޭ!” މިހެން ބުނެ އެމީހާ ފޯނު ކަނޑައިލިއެވެ. ސަލްމާ ބޯ ހާވާލިއެވެ. ކުރާނެ ކަމެއް ނޭނގި،ގޮތް ހުސްވިއެވެ.
* 7 މަސް ކުރިން*
——————————————————————————————————
7 މަސް ކުރިން ބިސްނެސް މީހެއްގެ އަތުން ފަރީޝް ވަނީ ލޯނެއް ނަގައިފައެވެ.”އަހަރެން ބޭނުން ރުފިޔާއެއް…އަހަރެން އަނބުރާ މި ރުފިޔާތައް ދޭނަން…” ފަރީޝް އެދުނެވެ. ” އެހެން ވެއްޖިއްޔާ މި ކޮންޓްރެކްޓް ގައި ސޮއި ކުރޭ…7 މަސް ތެރޭ ރުފިޔާ ނުދެއްކިއްޖެ ނަމަ، އަހަރެން ބޭނުން ވަރެއް ކަލޭގެ އަތުން ނަގާނަން…” އެމީހާ އަމުރުކޮށްލިއެވެ. ފަރީޝް ކުޑައިރުކޮޅަކަށް މަޑުޖެހިއްޖެއެވެ. “ކޮބާ އަވަސްކުރޭ…”.މިހެން ބުނުމުން ފަރީޝް ސޮއިކޮށްފިއެވެ.މި ދުވަހުން ފެށިގެން ފަރީޝް މަސައްކަތް ކުރަމުން ގެންދިޔައީ އެ މީހާ އަށް ރުފިޔާ އަނބުރާ ދެއްކުމަށެވެ. ހަމައެކަނި އެމީހާއެއް ނޫނެވެ. ފަރީޝް ރުފިޔާ ނެގި ހުރިހާ މީހުންނެވެ.
އެކަމަކު މިހާރު ފަރީޝްގެ ކުއްލި މަރާ ގުޅިގެން ރުފިޔާ އަނބުރާ ދައްކަން މިޖެހުނީ ސަލްމާއަށެވެ.
——————————————————————————————————
1 ހަފްތާ ފާއިތުވެގެން ދިޔައިރު،އެންމެ މީހެއްވެސް ފޯނަށް ނުގުޅާ ދުވަހެއް ނާދެއެވެ. ސަލްމާ ވަނީ މިކަމާ މެދު ބޯގޮވައިފައެވެ. ފަރީޝް ވަނީ ހަމައެކަނި 1 މީހެއްގެ އަތުން ރުފިޔާ ނަގައިފައެއް ނޫނެވެ. ބައިވަރު އެކި އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންގެ އަތުން ރުފިޔާ ނަގައި ސޮއި ކޮށްފައި ފަރީޝް ވެއެވެ. ކޮންމެ ދުވަހަކު އެމީހުން ސަލްމާއަށް ބިރުދައްކައި އެވެނި ކަމެއް މިވެނި ކަމެއް ކުރާނަމޭ ކިޔައެވެ.
” ފަރީޝް! އަޅެ ކީއްތަ ތި ކުރީ؟ ކޮންމެ ދުވަހަކު ކޮންމެވެސް މީހަކު އެބަ ގުޅާ ފަރީޝް އެމީހުންގެ ރުފިޔާ ނުދޭ ވާހަކަ! މިހާރު އަހަރެންގެ އައިމަލް އަށް ކާނެ އެތިކޮޅެއް ވެސް ނެތް!” ސަލްމާ ރޮމުން ފަރީޝްގެ ފޮޓޯގަނޑެއް ހިފައިގެން ބުނެލިއެވެ. އެވަގުތު އައިމަލް އައިސް ސަލްމާ ގައިގައި ބައްދައިލިއެވެ.” މަންމާ، ދެން ނުރޮއެބަލަ… އަޅުގަނޑު ވަރަށް ދެރަވޭ!” އައިމަލް އަށް ރޮވުނެވެ.” ދަރިފުޅާ، ނަމަނަމަ ބޭރަށް ނުނިކުންނާތި… ގޭގަ މަޑުކުރޭ…މަންމަ ނޫޅޭ ވަގުތު މީހަކު ދޮރުގައި ޓަކި ޖެހިޔަސް ދޮރު ނުހުޅުވާތި…މަންމަ ބޭނުމެއް ނޫން ދަރިފުޅަށް ދެރައެއް ލިބޭކަށް…ނަމަނަމަ އެކަކު ބުނާ އެކައްޗެއް ވެސް ގަބޫލުނުކުރާތި…އަދި ދޭ އެއްޗިސްވެސް ނުހިފާތި އިނގޭ ދަރިފުޅާ…”އައިމްލަ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.ހަމަގައިމު ވެސް ސަލްމާއަށް ފުރަތަމަ ގުޅި މީހާއަށް ރުފިޔާ ކޮންމެވެސް ގޮތަކުން ހޯދައިގެން އަނބުރާ އެމީހާ އަތަށް ފޮނުވިއެވެ.އޭގެފަހުން އެމީހާގެ ޚަބަރެއް ނުލިބެއެވެ.އެވެސް ނަސީބެކޭ ސަލްމާ ހިތަށް އެރިއެވެ.
އެދުވަހުގެ ދަންވަރު ވަގުތެވެ. ސަލްމާއަށް ނިދައިފައި އޮވެ ހޭލެވުނީ ބޮލަށް ތަދުވެ،އަނބުރައި ގަތުމުންނެވެ.ހީކުރިހައި ވަރަށް ވުރެ ވެސް ބޮޑަށްށެވެ. ސަލްމާ ދުވެފައި ގޮސް ވެންނީ ފާހަނައަށެވެ. ފާހަނައަށް ވަދުވުމާއެކު ހޮޑު ލެވުނެވެ.އެއީ ކީއްވެގެން ކަމެއް ސަލްމާއަކަށް ނޭނގުނެވެ. ” ކީއްބާ މިވަނީ؟ ހާދަ ބޮލަށް އެބަ ތަދުވޭ…” ސަލްމާ އަދިވެސް ނިދައި ހޭނުލެވެއެވެ. އައިމަލް އަށް ހޭލެވުނީ ސަލްމާ މާ ވަރަކަށް އަޑުގަދަ ކުރުމުންނެވެ.” މަންމާ، ކީއްތަ ތި ކުރަނީ މާ ވަރަކަށް؟ ނުނިދެނީތަ؟ ތަނަކަށް ތަދުވަނީތަ؟” އައިމަލް ސުވާލުކުރަން ފެށިއެވެ.” ނޫނޭ…މަންމައަށް އަޑުގަދަ ކުރެވުނީމަ ދަރިފުޅަށް ހޭލެވުނީތަ؟” ސަލްމާ ޖަވާބުދިނެވެ. އައިމަލް ސަލްމާ އާ މެދު ކަންބޮޑުވާކަށް ސަލްމާ ބޭނުމެއް ނުވެއެވެ.
އައިމަލް ބޯ ޖަހައިލިއެވެ. މިވަގުތު ހޭލެވުމުން އައިމަލް ގާތުގައި ނިދަން ދިޔުމަށް ސަލްމާ ބުނެލިއެވެ. އަދި ކަންކަމާ މާވަރަކަށް ނުވިސްނުމަށް ވެސް އެދުނެވެ.މިހެން ބުނެ ސަލްމާ ވެސް ނިދަން އޮށޯތެވެ.
ގަޑިން 08:00 ޖެހުމާއެކު ސަލްމާއަށް ހޭލެވުނެވެ.އައިމަލް އޮތީ އަދިވެސް ނިދައިފައެވެ. ސަލްމާއަށް އަނެއްކާ ވެސް ބޮލަށް ތަދުވަންފެށިއެވެ. ދުވެފައި ފާހަނާއަށް ވަދުމާއެކު ހޮޑު ލެވުނެވެ. ދެން މި އެނގުނީ ސަލްމާ ބަނޑުބޮޑުވީ ކަމެވެ. “ހަމަގައިމު ވެސް އައިމަލް އެކަނިވެރިވެފައެއް ނުހުންނާނެ” ސަލްމާ ބަނޑުގައި ފިރުމައިލަމުން ބުނެލިއެވެ. 5 މިނެޓު ފަހުން ސަލްމާ އައިމަލް އަށް ގޮވައިލަން ދިޔައެވެ. “ދަރިފުޅާ، ދަރިފުޅު ކޮއްކޮ އެއް ބޭނުންތަ؟” ސަލްމާ ސުވާލު ކުރިއެވެ.”ހުމްމް…ލައްބަ ވަރަށް ބޭނުން!” އައިމަލް ނިދިން އަދި ހޭނުލެވެއެވެ.ކުއްލިއަކަށް އައިމަލް ފުންމައިގަތެވެ.”ކީކޭ؟ ކޮއްކޮ އެއް؟ އަސްލުވެސްތަ؟” ސަލްމާ ހީނލިއެވެ. “އާނ.. ހިނގާ ސައިބޯން، ކުޑަ ކުޑަ ބަނަސް ކޮޅެއް ހުރީ ” މިހެން ބުނެ ސަލްމާ ބަދިގެ އާ ދިމާލަށް ހިނގައިގަތެވެ. ސަލްމާއަށް 9 މަސް ފުރެންދެން އައިމަލް ސަލްމާއަށް އެހީތެރިވެ،ގޭތެރޭގެ ހުރިހާ ކަންތައްތައް ކުރަން ފެށިއެވެ. އަދި އައިމަލް އަށް ލިބޭ ކާއެތިކޮޅުވެސް ނުކައި އައިމަލްގެ މަންމައަށް ކާންދެވޭތޯ މަސައްކަތް ކުރެއެވެ. މިހެން ގޮސް ގާތްގަނޑަކަށް ކޮންމެ ދުވަހަކު، އައިމަލް ހުންނަނީ ނުކައެވެ. މިކަމާ ސަލްމާ ކަންބޮޑުވެއެވެ. ” ދަރިފުޅާ،އެއްޗެއް ކާންވީނު؟” ” ނޫން މަންމާ، އެހެންނޫނީ މަންމައަކަށް ކާކަށް އެއްޗެއް ނުހުންނާނެ”އައިމަލް ބުނެލިއެވެ.” އެކަމަކު މަންމައަށް މިހާރު ރަނގަޅަށް ކެވިއްޖެ…ތިހެން ނުކައި ހުންނާކަށް ނުވާނެ…” ސަލްމާ އައިމަލް ގާތުގައި މިހެން ބުނެ ސަލްމާ އަތުގައި އޮތް ބަނަސް ކޮޅު އައިމަލް އަތަށް ދިނެވެ. އައިމަލް އުފަލާ އެކު މަންމަ ދިން ބަނަސް ކޮޅު ކައިލިއެވެ.
*9 މަސް ފަހުން*
އައިމަލްއަށް ހޭލެވުނީ ކުޑަ ކުއްޖަކު ރޯ އަޑު އިވުމުންނެވެ. އައިމްލަ ދުވެފައި ދިޔައީ އައިމަލްގެ މަންމަ ހޯދުމަށެވެ.”މަންމާ؟” އެއްވެސް ޖަވާބެއް ނުލިބުމުން އައިމަލް ހިނގައިގަތީ އަޑު އަންނަ ދިމާލަކަށެވެ. ދެން މި ފެނުނީ އައިމަލްގެ މަންމަ ކުޑަ ކުއްޖެއް ގޮވައިގެން އިން މަންޒަރެވެ. އައިމަލް މަޑުމަޑުން ކައިރިވެލިއެވެ.” ދަރިފުޅާ، މީ އައިމާ…ދަރިފުޅުގެ ކޮއްކޮ…” ސަލްމާ ހީނލައިފައި ފިރުމައިލިއެވެ.އައިމަލް އައިމާގެ ބޮލުގައި ވަރަށް ލޯބިން ފިރުމައިލިއެވެ.”އައިމާ،ކޮއްކޮއާ ވަރަށް ގުޅޭ ނަމެއް…” އައިމަލް ހީނލިއެވެ.”އާނ،ދަރިފުޅު ޖެހޭނެ މަންމަ ނުހުންނަ ވަގުތުގަ ވެސް ކޮއްކޮ ބަލަން…ކޮއްކޮއަށް ދަރިފުޅުގެ ފަރާތުން ރައްކާތެރިކަން ދޭންވާނެ…އޭރުން މަންމަ ވެސް ވަރަށް އުފާވާނެ…”.”ލައްބަ މަންމާ،އަޅުގަނޑު ކޮއްކޮ ބަލާނަން..” އައިމަލް ވައުދުވިއެވެ.
އައިމާ ލިބުނު ފަހުން ދުވަސްތައް ފާއިތުވަމުން ދިޔައީ ގޮތް ނޭނގޭ ކަހަލަގޮތަކަށެވެ. ރުފިޔާ ބޭނުންވެގެން އުޅޭ މީހުންނަކަށް އަދިވެސް ބަދަލެއް އަންނަ ހެނެއް ހީއެއް ނުވެއެވެ.މިކަމާ ސަލްމާ ކަމެއް ކުރަން އެބަ ޖެހެއެވެ. އެމީހުންގެ ރުފިޔާ ނުދީއެއް މިކަމުން ސަލާމަތެއް ނެތްކަމަށް ސަލްމާއަށް އެނގެއެވެ. އެކަމަކު ކުރެވެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ މިހެން ދުވަސްތައް ފާއިތު ވަމުން ދިޔައިރު ސަލްމާ ކުއްލިއަކަށް ވަރަށް ބަލިވެއްޖެއެވެ. މުޅި ދުވަސް ހޭދަކުރަމުން ދިޔައީ އެނދުމަތީގައެވެ. ކޮންކަހަލަށް ބައްޔެއް ކަމެއް ނޭނގެއެވެ. މިކަމާ އައިމަލް ކަންބޮޑުވެ، ހާސްވާން ފެށުމުން ސަލްމާ އައިމަލް ގާތުގައި ބުނެލިއެވެ.” ދަރިފުޅާ،ބަސްއަހާތި…މަންމަ އަކަށް ހިޔެއް ނުވޭ ދެން މާ ގިނަ ދުވަހު އުޅެވޭނެހެން…ކޮއްކޮ ރަނގަޅަށް ބަލައްޗޭ…މަންމަ ދަރިފުޅުމެން ދެކެ ވަރަށް ލޯބި….” މިހިސާބުން ސަލްމާގެ ބަސް ހުއްޓުނެވެ….
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


alhey hadhaa sad ey. ekamakuves v reethi. miss u and take care and stay safe ❤️❤️
thanx @GUITER LOVER
actually this story’s genre is sad…