ގެއިން ނިކުމެގެންދިޔަ ވިޔާމް ސައިކަލަށް އެރުމަށްފަހު ދުއްވާލިއެވެ.ދައްތަގެ ފިހާރަ ދޮޮރުމައްޗަށް ސައިކަލު މަޑުކުރުމަށްފަހު ފިހާރަތެރެއަށް ވިޔާމް ވަނެވެ. “ކޮބާ ކިހިނެއްވަނީ؟’ ވިޔާމް ވަނުމާއެކު ނަތާޝާ އަހާލިއެވެެ. “އެކަންތައް ނިންމާލައިފިން” ވިޔާމް ބުނެލީ ހަމަޖެހިލައިގެން ހުރެއެވެ. “ވިޔާމަށް ޔަގީންތަ އޭނަ އޯކޭވެއްޖެކަން؟” ނަތާޝާ އަހާލިއެވެ.
“ވިޔާމަށް އިތުބާރުކޮށްބަލަ ބޭބީ..ވިޔާމަށް އިނގޭ އެފަރީޝާގެ ގޮތް…ވަރަށް ފަސޭހައިން އޭނަގެ ބޮލުތެރެއަށް ވަދެވޭނެ” ވިޔާމް ބުނެލިއެވެ.އެހެންބުނެ ވަގުތު ބަލައިލަން ފޯނު ހުޅުވާލި ވިޔާމަށް ފަރީޝާގެ ސޮރީ މެސެޖު ފެނުނެވެ. “ކޮބާ ލަސްތަކެއްވިތަ؟…މިއޮތީ މާފަށްއެދިފަ” ފަރީޝާގެ އެމެސެޖު ނަތާޝާއަށް ވިޔާމް ދައްކާލީ ހިނިތުންވެ ހުރެއެވެ.
“އަސްލުތަ؟ކިހިނެއް ވިޔާމް އެކަންކުރީ؟” ނަތާޝާ އަހާލިިއެވެ. “ވިޔާމް އެއްކަލަ ފަހަރު މިތަނުން ދަމުން ބުނީމެއްނު ފަރީޝާ ހަމައަކަށް އަޅުވަންށޭ މިދަނީ…ވިޔާމްގޮސް ފޯނުދައްކާ ކުޑަ ގޭމެއް ކުޅެލީ” ކަންހިނގާ ދިޔަގޮތް ނަތާޝާއަށް ވިޔާމް ކިޔައިދިނެވެ.
“ހަހަހަ…ޅިޔަނުގެ ކޮއްކޮދޯ” ނަތާޝާ ސަމާސާވެރިގޮތަކަށް ބުނެލިއެވެ. “ތީ ޅިޔަނުގެ ކޮއްކޮއަކަސް އަދި އެހެންމީހެއްގެ ކޮއްކޮއަކަސް ތީ މިހާރު ވިޔާމްގެ ދޫންޏެއްނު” ނަތާޝާގެ އަތުގައި ހިފާ އަތަށް ބޮހެއްދެމުން ވިޔާމް ބުނެލިއެވެ. “ސޯ އެހެންވީމަ ނަތާއަށް އެފަށް ލިބޭނެދޯ؟” ނަތާޝާ އަހާލިއެެވެ.
“ވިޔާމަށް މީ ދުވާލުކަން އިނގޭފަދައިން ޔަގީން ފަރީޝާ އެފަށް ނަތާ ބޭބީއަށް ދޭނެކަން..އާނ އެހެންޏާ އެހާ އަގުބޮޑުކޮށް އެފަށް ގަތީ އޭނަ ކަރުގަ އަޅުވާކަށް ނޫންވިއްޔަ” ވިޔާމް ބުނެލިއެވެ. “އަސްލު ފަށް ދޭށޭ ބުނީމަ ނަތާ ކުޑަކޮށް ޖެހިލުންވި ދެން އެފަށް ނުލިބިދާނެތީ” ނަތާޝާ ބުނެލިއެވެ.
“ލިބޭނެ ހާސްނުވޭ…ވިޔާމް ނަތާ ކައިރި އެފަށް ދޭށޭ ބުނީ ފަރީޝާއަށް ގޭމެއް ޖައްސަންވެގެން..އޯކޭ ދެން ދިޔައީ މިރޭވެސް ބައްދަލުކުރާނަން ހަމަ އެތުނޑިމަތިން” އެހެންބުނެ އޮފީހަށް ދާން ވިޔާމް ނިކުތެެވެ.
***********
ފަށް އަނބުރާ ނަތާޝާއާ ހަވާލުކުރަން، އޭނާ ގެއަށް އަންނާނެ އިންތިޒާރެއްގައި ފަރީޝާ އިނެވެ.އެގޮތަށް ނަތާޝާ ފަށް ދިނުމުން ފަރީޝާ އިނީ އެކަމާ ކުޑަކޮށް ދެރަވެ ސަކަރާތްވެފައެވެ.
އިރުއޮއްސުމުން ފިހާރަ ބަންދުކުރުމަށްފަހު ނަތާޝާ ގެއަށް އެނބުރިއައެވެ.ނަތާޝާގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށް، ކޮޓަރިތެރޭގައި އިން ފަރީޝާ އަވަހަށް ކޮޓަރިން ބޭރަށް ބޯދިއްކޮލިއެވެ.އެވަގުތު ނަތާޝާ އޭނާގެ ކޮޓަރިއަށް ވަންނަނީއެވެ.ނަތާޝާ ފެނުމާއެކު އޭނާއަށް ފަރީޝާ ގޮވާލިއެވެ.އަދި އެކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
“މިއަދު ކަންތައްވީގޮތުން މާފަށް އެދެން..އަސްލު އެހެންވީ ފަރީއަށް ކުރެވުނު ކުށްހީއެއްގެ ސަބަބުން…އަސްލު އެގޮތަށް ފަރީ ހީކުރާކަށްވެސް ނުވާނެ” ފަރީޝާ ދެރަވެލާފައި ވާހަކަދައްކަން ފެށިއެވެ.ފަރީޝާގެ ވާހަކަތައް އަޑުއަހަން އޭނާގެ ކުރިމަތީގައި ސީރިއަސްކަން ދައްކައިގެން ނަތާޝާ ހުރިނަމަވެސް، ފަށް ލިބެންއުޅޭކަން އިނގޭތީ އޭނާގެ ހިތް އުފަލުން ނަށަނީއެވެ.
“އަން…މީ ނަތާގެ އެއްޗެއް” އެެހެންބުނެ ފަރީޝާ ފަށް ދިއްކޮށްލިއެވެ.ފަރީޝާ ފަށް ދިއްކުރުމުން އެފަށާ ދިމާލަށް ބަލާލުމަށްފަހު ފަރީޝާއާ ދިމާލަށް ނަތާޝާ ބަލައިލިއެވެ.ކުއްލިއަކަށް އެފަށުގައި ހިފުމުން ފަރީޝާއަށް އިތުރަށް ޝައްކުވެދާނެހެން ހީވުމުން، މޮޅު ގޭމެއް ޖައްސާނީ ކަމުގައި ނަތާޝާގެ ހިތަށްއެރިއެވެ.
“ފުރަތަމަވެސް ނަތާ ބުނާނެ ވާހަކައަކީ…ވިޔާމާ ނަތާއާ ދެމެދު އޮންނަނީ ރަހުމަތްތެރިކަމުގެ ގުޅުމޭ..އެހެންނޫނަސް ނަތާ ދެކެނީ ވިޔަމަކީ ރަހުމަތްތެރިއަކަށްވުރެ ބޮޑަށް ބޭބެއެއްގެ ގޮތުގަ…ކަން މިހެން އޮތްއިރު، ވިޔާމާ ނަތާއާާ ދޭތެރޭ ގޯސްކޮށް ފަރީޝާ ދެކުނީމަ ވަރަށް ބޮޑަށް ނަތާ ދެރަވެއްޖެ” ނަތާޝާ ދެރަވާކަމަށް ހަދަމުން ބުނެލިއެވެ.
“ދެވަނަކަމަކަށް ނަތާ ބުނާނީ ނަތާ ވިޔާމް ކައިރީގަވެސް ބުނިން ނަތާ ބޭނުމެއްނޫނޭ ތިދެމީހުންގެ ދޭތެރޭގަ މައްސަލަޖެހުމުގެ ސަބަބަށް ވާކަށް…އެހެންވީމަ ތިފަށުގަ ހިފާކަށް ނަތާއަކަށް ނުކެރޭނެ” ކިތަންމެ ފަށް ބޭނުންވިއަސް ފަރީޝާގެ ކުރިމަތީގައި އެބޭނުންނުވާކަމަަށް ހެދެމުން ނަތާޝާ ބުނެލިއެވެ.
“ފަރީއަށް މާފުކުރޭ…ފަރީ މިބުނީނު އެއީ ފަރީއަށް ކުރެވުނު ކުށްހީއެކޭ….ދެން މީގަ ހިފާ…އެހާ އަގުބޮޑުކޮށް ނަތާއަށް ވިޔާމް ގަނެދިން އެއްޗެއްމީ އެވެސް އަދި މާލެކޮޅުން އެހެންވީމަ ހިފާ” ފަރީޝާ އާދޭސްކުރަން ފެށުމުން ނަތާޝާ އޭގައި ހިފިއެވެ.ފަށް ދިނުމަށްފަހު ފަރީޝާ ނިކުތުމުން، ނަތާޝާ ވަގުތުން ވިޔާމަށް ގުޅާލިއެވެ.
“ގެސްކޮށްބަ ދެންމެވީ ކަންތައް؟” ފޯނު ނެގުމާއެކު ހިނިއައިސްފައިހުރެ ތުއިގޮތަކަށް ނަތާޝާ ބުނެލިއެވެ. “ކިހިނެއްތަވީ ލޯބީ؟” ވިޔާމް އަހާލިއެވެ. “ފަށް ލިބިއްޖެ” އުފަލުންހުރެ ނަތާޝާ ބުނެލިއެވެ. “އަސްލު؟ ވިޔާމް ބުނީމެއްނު” ވިޔާމްގެ އަޑުގައިވެސްވަނީ ހިތްހަމަޖެހުމެވެ. “ހޫމް މިހާރު ފަށްމިއޮތީ އަނެއްކާވެސް ނަތާގެ ކަރުގަ” ލޯގަނޑުކުރިމަތީގައި ހުރެ ކަރުގައިވާ ފަށަށް ބަލައިލުމަށްފަހު، އެފަށުގައި އަތްހާކާލަމުން ނަތާޝާ ވިޔާމަށް ބުނެލިއެވެ.
************
ދުވަސްތައް ހިނގަމުންދިޔައެވެ.ނަތާޝާއާ ވިޔާމްގެ ގުޅުން އިހުނެކޭ އެއްފަދައިން ބާރަށް ކުރިއަށް ދިޔައެވެ.ރޭގަނޑު ދެމީހުން ތުނޑިމަތިން ބައްދަލުކުރުމާއި، އެހެންވެސް ލޯބިވެރިން އުޅޭފަދައިން އެދެމީހުން އުޅެމުންދިޔައެވެ.ނަމަވެސް ކުރިއެކޭވެސް އެއްފަދައިން އެދެމީހުންގެ އެގުޅުމެއް ފަރީޝާއަށްވެސް ގޭމީހަކަށްވެސް ނޭނގެއެވެ.
**********
އެއްދުވަހަކު ރަށާ ކައިރި ރަށަކަށްދާން ނަތާޝާއާ ވިޔާމް ރޭވިއެވެ.އެމީހުންގެ މަގުސަދަކީ މީހަކަށް ފެނިދާނެތީ ޖެހިލުންވާން ނުޖެހ،ި އުފާވެރި އެކަހެރި ވަގުތުކޮޅެއް ހޭދަކުރުމެެވެ.އެހެންކަމުން އޮފީހުން ތިންދުވަހަށް ޗުއްޓީއެއް ވިޔާމް ނެގިއެވެ.އަދި އޮފީސްދަތުރަކު ރަށާކައިރި ރަށަކަށްދާން ޖެހިއްޖެކަމަށް ވިޔާމް ފަރީޝާމެންނަށް އެންގިއެވެ.އަނެއްކޮޅުން ނަތާޝާ އޭނާގެ ބައްޕަ ބަލިވެ އުޅޭތީ ތިންދުވަހަށް ބައްޕަކައިރިއަށް ރަށަށްދާން ކަމަށްބުނެ ވަސީމާ ދައްތައަށް އެންގިއެވެ.ނަތާޝާއަށް ދިއުމުގެ ހުއްދަ ދައްތަ ދިނެވެ.ނަތާޝާ ފުރަންއުޅޭކަން ފިރިމީހާއަކަށްވެސް ފިރިމީހާގެ އާއިލާއަކަށްވެސް ވަސީމާ ނާންގައެވެ.ވަސީމާ ދައްތަ ހީކުރިގޮތުގައި ނަތާޝާ ފުރަންއުޅޭކަން އޮންނާނީ އޭނާގެ ގޭމީހުންނަށްވެސް އެނގިފައެވެ.
ފުރަން ތައްޔާރުވެ ބަނދަަރަށްދާން ނަތާޝާ އުޅުނެވެ.އޭނާ ފުރުވަން ވަސީމާ ދައްތަ ދާން ބޭނުންވިއެވެ.ނަމަވެސް ނަތާޝާގެ އެދުމުގެ މަތިން މަޑުކުރީއެވެ.އެހެންކަމުން ބަނދަރަށް ދިޔައީ ނަތާޝާ އެކަންޏެވެ.ނަތާޝާ ގެއިން ނިކުތްތާ ފަސް މިނެޓްފަހުން ވިޔާމްވެސް ގެއިން ނިކުމެގެންދިޔައެވެ.އެދެމީހުން އެއްދުވަހެއްގެ އެއްވަގުތަކު ފުރަން ދިޔަނަމަވެސ،ް އެމީހުން އެދަނީ އެކީގައި އެއްތަނަކަށް ކަމެއް ފަރީޝާގެވެސް އަދި ގޭމީހެއްގެ ބޮލަކަށްވެސް ނާދެއެވެ.
*********
ލޯންޗެއް ކުއްޔަށް ނެގުމަށްފަހު ނަތާޝާއާ ވިޔާމް އެއަށްއަރާ ނައްޓާލިއެވެ.ސީޓުގައި އިން ނަތާޝާ ވިޔާމަށް އުފާވެރިކަމާއެކު ބަލައިލިއެވެ.ވިޔާމްވެސް ހިނިތުންވެ އިނދެ ނަތާޝާއަށް ބަލައިލިއެވެ “އެއްވެސް މީހަކަށް ނޭނގޭނެދޯ ދެމީހުން އެކުގަ ކަމެއް މިއައީ؟” ނަތާޝާ އަހާލިއެވެ. “ޔެސް ބޭބީ” އެހެންބުނެ ވިޔާމް ނަތާޝާ ގަޔާ ކައިރިކޮށްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





