Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (19)

lamhus Level 910 Stories100 Login500 Login100 Stories100 Comments
February 10, 2022 3 Mins Read
2 Comments

ގެއިން ނިކުތް ވިޔާމް ސައިކަލަށް އެރުމަށްފަހު ނައްޓާލީ ދައްތަގެ ފިހާރައާ ދިމާލަށެވެ. “ހެލޯ ލޯބީ” ފިހާރައަށްވަދެގެން އައި ވިޔާމް އާދައިގެމަތިން ކައުންޓަރުގައި އިން ނަތާޝާއަށް ގޮވާލިއެވެ. “ޔެސް ބޭބީ” ތުއިގޮތަކަށް ނަތާޝާ ބުނެލިއެވެ. “ބޭބީ އަށް އެއްޗެއް ހިފައިގެން މިއައީ…މިދިޔަ ހަފްތާގަ އޯޑަރުޖެހީ…އެކަމަކު މިއަދު މިލިބުނީ” އެހެންބުނެ ވިޔާމް ނަތާޝާއަށް ކޮތަޅު ދިއްކޮށްލިއެވެ.

“މީ އަނެއްކާ ކޯއްޗެއްބާ؟” ނަތާޝާ ކޮތަޅުގައި ހިފަމުން އެހެންއެހިއިރު، އޭނާގެ ހިތް އުފަލުން ނަށަނީއެވެ. “ނޭނގެ ލޯބި ބެލީމައެއްނު އިނގޭނީ” ވިޔާމް ސަކަގޮތަކަށް ބުނެލިއެވެ. “ހަމަ އަބަދުވެސް ހަދާގޮތަށް މިފަހަރުވެސް ސަޕްރައިޒެކޭ ދޯ މީ ތިބުނަނީ؟” ނަތާޝާ ހިނިއައިސްފައި ބުނެލިއެވެ.އަދި މަޑުމަޑުން ކޮތަޅުގައިވާ ފޮށިނަގާ ހުޅުވާލިއެވެ. “ވާވް” ފޮށިތެރޭގައިވާ ރީތި ރިހިފަށް ފެނުމުން ނަތާޝާއަށް ބުނެލެވުނީ ހައިރާންކަމާ އެކުގައެެވެ. “ކަމުދާނެކަމަށް އުންމީދުކުރަން” ވިޔާމް ބުނެލިއެވެ.

“ކަމުދޭ ވަރަަށް ކަމުދޭ…ވަރަށް ލޯބި…ތޭންކްސް ބޭބީ” އުފަލުންހުރެ ނަތާޝާ ބުނެލީ ފަށަށް ބަލަން އިނދެއެވެ.ފަށް އަޅާފައިވާ ފޮށިނެގުމަށްފަހު، އޭތި ލައިފައިވާ ކޮތަޅު އެއްލާލަން އުޅުނު ނަތާޝާއަށް އޭގެތެރޭގައިވާ ފައިސާދެއްކި ރަޝީދުކޮޅު ފެނުނެވެ.އެހެންކަމުން އެކަރުދާސްކޮޅު ނަގާ އޭނާ ނިއުޅުވާލިއެވެ.ކަރުދާހުގައި އިން ފަށުގެ އަގު ފެނުމާއެކު ނަތާޝާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “ހާދަ އަގުބޮޑޭ” ނަތާޝާ ބުނެލީ ހައިރާންވެހުރެއެވެ.

“ނަތާ ބޭބީއަށް ވެއްޖިއްޔާ ކިތަންމެ އަގުބޮޑަސް ވަރިހަމަ” ވިޔާމް ބުނެލިއެވެ. “އެހާވެސް ލޯބިވޭތަ؟” ނަތާޝާ އަހާލިއެވެ. “ގައިމުތާ…ކަރުގަ ފަށް އަޅުވަދެންތަ؟” ފަށް ނަތާޝާގެ ކަރުގައި އަޅުވައިދޭން ވިޔާމް އެދުނެވެ. “އޯކޭ” ނަތާޝާ އެކަމަށް ހުއްދަދިނެވެ.ވިޔާމް ވަރަށް ލޯބިން ނަތާޝާގެ ކަރުގައި އެފަށް އަޅުވައިދިނެވެ. “ވަރަށް ގުޅޭ” ނަތާޝާގެ ކަރުގައިވާ ފަށަށް ބަލައިލަމުން ވިޔާމް ބުނެލިއެވެ.”ދޯ؟…ތޭންކްސް ލޯބީ ވަރަށް ބޮޑަށް” ފަށުގައި އަތްހާކައިލުމަށްފަހު ވިޔާމަށް ބަލައިލަމުން ނަތާޝާ ބުނެލިއެވެ.އަދި ވިޔާމްގެ އަތުގައި ހިފަހައްޓައިގެން ހުރެ ނަތާޝާ ވާހަކަދައްކަމުން ދިޔައެވ.ެ

**********

ގޭގައި އިންނަން ފޫހިވުމުން ބޭރަށް ނިކުމެލާން ފަރީޝާ ހިތަށްއެރިއެވެ.އެހެންކަމުން ފެންވަރައިގެން ބޭރަށް އޭނާ ނިކުތެވެ.މަޑު ހިނގުމުގައި ހިނގަމުން ފަރީޝާ ދިޔައެވެ.އެއްގޯޅިން ގޮސް އަނެއްގޯޅިއަށް އަޅަމުން ފަރީޝާ ދިޔައީ ދާނެ ވަކި މަންޒިލެއް ބެލުމެއްނެތިއެވެ.ހިނގަމުންދިޔަ ފަރީޝާއަށް ދައްތަގެ ފިހާރަމަގަށް އެޅެވުނެވެ.އެހެންކަމުން އެފިހާރައަށް ވަދެލަން އޭނާގެ ހިތަށްއެރިއެވެ.

މަޑު ހިނގުމުގައި ދިޔަ ފަރީޝާ ފިހާރަ ދޮރުމައްޗަށް އެރުމާއެކު، ފެނުނު އުންމީދުނުކުރާ މަންޒަރުން ހުއްޓުން އެރިއެވެ.ކައުންޓަރުގައި އިން ނަތާޝާއާ ހެވިފައި ވާހަކަދައްކަނ،ް ކައުންޓަރުމަތީގައި ބަނޑުޖަހާލައިގެން އެއޮތީ އޭނާގެ ފިރިމީހާ ވިޔާމެވެ.އެދެމީހުން ހީހީފައިވާ އޮލަވާހަކައެއްގައި ތިބުމުން، ފިހާރަދޮރުމަތީ ފަރީޝާ ހުރިކަންވެސް އެމީހުންނަށް ރެއަކާނުލައެވެ.އެދެމީހުންނާ ދިމާލަށް ކަޅިޖަހާނުލާ ބަލަން، އެޅި ފިޔަވަޅުމަތީގައި ފަރީޝާއަށް ހުރެވުނެވެ.

ވާހަކަދައްކަމުންދިޔަ ވިޔާމަށް އެއްލި ކަޅިއަކުން ފިހާރަދޮރުމަތީގައި ފަރީޝާ ހުރިތަން ފެނުނެވެ.އެއާއެކު ކައުންޓަރުމަތީގައި ބަނޑުޖަހާލައިގެން އޮތް ވިޔާމް ކުއްލިއަކަށް ތެދުވިއެވެ.ނަތާޝާއަށްވެސް ފަރީޝާ ފެނުމާއެކު ގޮނޑީގައި ރީއްޗަށް އިށީންދެލިއެެވެ.ވިޔާމްމެންނަށް ފަރީޝާ ފެނުމާއެކު ފަރީޝާ އަވަހަށް އެތަނުންދާން ހިނގައިގަތެވެ.ބާރު ހިނގުމުގައި ހިނގަމުންދިޔަ ފަރީޝާ ހުރީ ދެންމެވީކަންތަކުން ހާސްވެ ނޭވާކުރުވެފައެވެ.

ހިނގަމުންދިޔަ ފަރީޝާ ހުއްޓިލުމަށްފަހު ފަހަތަށް އެނބުރި ބަލައިލީ ވިޔާމް އޭނާގެ ފަހަތުން އަތުވެދާނެ ކަމަށް ހީކޮށެވެ.އޭނާއަށް ފެނުނު މަންޒަރުގެ ހަގީގަތް ކިޔައިދޭން ނަމަވެސް، ވިޔާމް އޭނާގެ ފަހަތުން އަންނާނެކަމަށް ފަރީޝާއަށް ހީކުރެވުނެވެ.ނަމަވެސް ވިޔާމްގެ ހިލަމެއްވެސް ފެންނަން ނެތުމުން އޭނާ ނާންނަނީ ކަމުގައި ފަރީޝާއަށް އެނގުނެވެ.

*****

ކޮޓަރިއަށް ވަތް ފަރީޝާ އިނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.ތަފާތު އެކިކަހަލަ ވަހުމުތައް އޭނާގެ ބޮލަށް އަރާ ފައިބަމުންދިޔައެވެ.އެހެންނަމަވެސް ހަގީގަތް ނުބަލާ ގޮތް ނުނިންމަން ފަރީޝާ ނިންމިއެވެ.އެހެންކަމުން އޭނާ ކެތްތެރިކަމާއެކު އިންތިޒާރުކުރީ ވިޔާމް ގެއަށް އަންނާނެ ވަގުތަކަށެވެ.އޭނާ ބޭނުންވަނީ މިއަދު ފެނުނު މަންޒަރުގެ ހަގީގަތް ވިޔާމްގެ ދުލުން ހޯދުމެވެ.

********

ފަރީޝާއަށް އެދެމީހުން ފެނުމުން ނަތާޝާ ވަރަށް ސަކަރާތްވިއެވެ. “އަޅެ އޭނައަށް އެފެނުނީދޯ…ދެން އަހަންނަކަށް ނުކެރޭނެ އޭނަ ކުރިމައްޗަށްވެސް އަރާކަށް” ނަތާޝާ ވިޔާމަށް ބުނެލިއެވެ. “ނަތާ ހާސްނުވޭ…އޭނައަކަށް ނުކުރޭނެ ނަތާއާ ދިމާލަށް ފުއްޕާކަށް…އޭނަ އެހުރީ އަހަރެންގެ ގެއެއްގަ..އެހެންވީމަ އޭނަ ޖެހޭނީ އަހަރެން ބުނާގޮތަކަށް އުޅެން…އޭނައަށް އަހަރެން ބުނިކަންތައް ނުވާއިރު އަހަރެންވެސް ނުޖެހޭނެ އޭނަ ދަށުވެގެން އުޅޭކަށް…އެހެންނޫނަސް އަހަރެމެންގެ ގުޅުމަށް މިހާރު މަހެއްވަނީ އަހަރެން ބޭނުމެއްނޫން ދެން މިކަން ސިއްރުކުރާކަށް..ގޭތެރެއަކު ނުހުންނާނެ ނަތާއާ ދިމާލަށް އެއްޗެކޭ ބުނާނެ އެކަކުވެސް..ނަތާވެސްތީ ހަމަ އަހަރެެމެންގެ ގޭކުއްޖެއްކަހަލަ ކުއްޖެއް…އަދި އަހަންނާ ގުޅުނީމަ ގޭ ކުއްޖަކަށް އެއްކޮށް ބަދަލުވީނު” ވިޔާމް ބުނެލިއެވެ.

ނަތާޝާ ހާސްވެފައި އިނުމުން ވިޔާމް އޭނާ ހަމަޖައްސުވައިދިނެވެ.ފިހާރައިގައި އިނދެފައި ވިޔާމް ނިކުތީ ރޭގަނޑު އަށެއްޖަހާއިރު ނަތާޝާއާ ތުނޑިމަތިން ބައްދަލުކުރަން ނިންމައިގެންނެވެ.ކޮޓަރިއަށް ވަތް ވިޔާމަށް އެނދުގައި އިން ފަރީޝާ ފެނުނެވެ. “ވިޔާމް ވާހަކައެއް ދައްކާލަންވެގެން” ވިޔާމް ވަނުމާއެކު ފަރީޝާ ބުނެލިއެވެ. “އަހަންނަށް އެނގޭ ތިއުޅެނީ އަހަރެން ނަތާޝާއާ ވާހަަކަދައްކަން ހުރިތަން ފެނިގެން އެވާހަކަ ދައްކާކަށްނު…ފަރީޝާ ބޭނުންގޮތަކަށް ވިސްނާ އަހަންނަށް ވަރިހަމަ” އެހެންބުނެ ފަރީޝާއަށް ވާހަަކަދެއްކުމުގެ ފުރުސަތުނުދީ ވިޔާމް ފެންވަރަން ތައްޔާރުވާން އުޅުނެވެ.

“އަހަރެންގެ ގަމީސް އިސްތިރިކޮށްބަލަ” ވިޔާމް ފަރީޝާއަށް ބުނެލިއެވެ. “ހުރިހާ އެއްޗެއްވެސް އިސްތިރިކޮށް އަލަމާރީގަ އަޅުވާފަ ހުންނާނީ” …”އެކަމަކު މިއަދު އަހަރެން އެގޮތަށް ހިލޭ ފިރިހެނަކާ ވާހަކަދައްކަން ހުރިތަން ފެނިއްޖެނަމަ ވިޔާމްވެސް އެއްޗެހި ހިތަށްއަރާނެ” ވަގުތުކޮޅަކު ހިމޭނުން ހުރެފައި ފަރީޝާ ބުނެލިއެވެ.

“އަހަންނަށް ހެޔޮ ފަރީޝާ ކޮންމެގޮތަކަށް އުޅުނަސް…ކޮންމެމީހަކާ ވާހަކަދެއްކިއަސް…އަހަރެންގެ ކަންކަމާ ފަރީޝާ ނުބެހޭތި” ވިޔާމް އެހެންބުނެ ފާހަނައަށް ވަނެވެ.ވިޔާމްގެ އެބަސްތަކުން ފަރީޝާ ދެރަވިއެއް ކަމަކު ހައިރާންވިއެވެ.ވިސްނަންވީ ކޮންގޮތަކަށްކަމެއް ނޭނގިފައި ފަރީޝާއަށް ހުރެވުނެވެ.

*******

ރޭގަނޑު އަށެއްޖެހުމުން ކައިގެން ވިޔާމް ބޭރަށް ނިކުތެވެ.ވިޔާމް ބޭރަށް ނިކުތުމުން ފަރީޝާ އޭނާއާ ދިމާލަށް ބަލަންހުރެލުމަށްފަހު ބަދިގެތެރެ ސާފުކުރަން އުޅުނެވެ.ވިޔާމް ނިކުތުމުގެ ކުރިން ނަތާޝާ ހުރީ ބޭރަށް ނިކުމެއެވެ. “ވަސީމާ ދައްތަ ހިތްހަމަނުޖެހިދާނެ ފިހާރަ ހުޅުވުން ލަސްވީމަ” ނަތާޝާ ބުނެލިއެވެ. “ނާންނާނެ..އެންމެރެއަކު ލަސްވިއަސް ރަނގަޅުވާނެ…ދެން އަރާބަ ސައިކަށް” ވިޔާމް އެދެންފެށުމުން ނަތާޝާ ވިޔާމްގެ ސައިކަލު ފަހަތަށްއަރާ ވިޔާމްގެ އުނަގަނޑުގައި ދެއަތުން ހިފާލިއެވެ.ނަތާޝާ އެރުމާއެކު ވިޔާމް ސައިކަލު ދުއްވާލިއެވެ.އެދެމީހުން ސައިކަލަށް އެރީ ގެއާ ދުރުންކަމުން އެއްވެސް މީހަކަށް އެދެމީހުން ދިޔައީ އެކުގައި ކަމެއް ނޭނގޭނެއެވެ.

ފިހާރައަކަށްވަދެ ބޯނެ އެއްޗެއް ގަނެގެން ވިޔާމް ނަތާޝާ ގޮވައިގެން ތުނޑިއަށް ދިޔައެވެ.އޭނާ ސައިކަލު ދުއްވީ މީހުން ނޫޅޭ މަގުތައް ބަލައިގެންނެވެ.އެއީ އަދި ރަށުމީހުންނަށްވެސް އެކަން އަންގަން ވިޔާމް ބޭނުންނުވާތީއެވެ. ތުނޑިއަށް ދެވުމާއެކު އަތްގުޅުވާލައިގެން ދެމީހުން ހިނގައިގަތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އިއްތިފާގު

Next

ވީމޭ އިންތިޒާރުގައި – 16

Next
February 10, 2022

ވީމޭ އިންތިޒާރުގައި – 16

Previews
February 10, 2022

އިއްތިފާގު

2 Comments!

  1. lamhus says:
    February 10, 2022 at 10:23 pm

    Kiyunetheringe baeh comments thakah alhugandah comment nukurevuny comments bai off kohlaafai vumun…ekamah comment kuri hurihaa beyfulhunge faraathun maafah Edhen…
    Mi furusathuga comment Koh like kuri hurihaa beyfulhunna shukuruves dhannavan ?❤️

  2. Hûdhãkkø says:
    February 11, 2022 at 8:41 am

    Alhey sorry for not commenting for a long time ekamak vx baraabarab vaahaka kiyan

    Btw mi part VX vrh reethi ?????

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (20)←


All Right Reserved!