Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އެ ނަފްސުގެ ބަދަލު 1

N@B@@TI Level 110 Stories
February 3, 2022 3 Mins Read
3 Comments

އައިމަލްގެ އުމުރުން އެންމެ 10 އަހަރެވެ. އައިމަލްގެ ހުންނަނީ ހަމައެކަނި މަންމައަކާ ބައްޕައެކެވެ.ގިނަ ފަހަރު ބައްޕަ ގެއަކު ނޫޅެއެވެ.އޮފީސް މަސައްކަތްތައް ބުރަ ވުމުގެ ސަބަބުން ގިނަފަހަރު އައިމަލްގެ ބައްޕަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ނަމަވެސް ބައްޕައަށް ލިބޭ ކުޑަ ވަގުތުކޮޅުގައި އައިމަލް ފެނިލަން ގެއަށް އާދެއެވެ.ފައިސާ ހޯދުމަށް އައިމަލްގެ މައިންބަފައިން އެތައް މަސައްކަތެއް ކުރެއެވެ. އެކަމަކުވެސް ގިނަފަހަރު ދަނީ ނާކާމިޔާބު ވެގެންނެވެ. އައިމަލްގެ މަންމަ،ސަލްމާ، ފައިސާ ހޯދުމުގައި އެތައް ވަޒީފާތަކެއް އަދާކުރަމުން ދެއެވެ. ބޫޓުތައް ސާފުކުރުމާއި،ކާރުތަކުގެ ލޯގަނޑު ސާފުކުރުމާއި، އެހެންމީހުންގެ ގެ ސާފުކުރުމަކީ ހުސް ސަލްމާގެ މަސައްކަތެވެ.އެކަމަކު ސަލްމާއާ މެދު މީހުން ކަންތައް ކުރަނީ ވަރަށް އިހާނާތްތެރިކޮށެވެ. ހަޅޭއްލަވާ އަދި ސަލްމާ ބޫޓޫތައް ސާފުކުރާ ވަގުތު ފައިން ޖަހައި ވެސް ހަދައެވެ. މިކަމުގެ ސަބަބުން ސަލްމާ މި ވަޒީފާތައް އަދާކުރުން ހުއްޓައިލިއެވެ. އައިމަލްގެ ބައްޕަގެ ހާލަތަކީ ވެސް މިއެވެ. މުޅި ދުވަސް ހޭދަކުރަން ޖެހެނީ ކޮންމެވެސް ގަނޑުތަކެއް މަގުމަތިން ދާ މީހުންގެ އަތަށް ދިނުމެވެ. ގިނަ ފަހަރު މީހުންދަނީ ގަނޑުތައް ވީދައި،ބޮނޑިކޮށް މަގުމައްޗައް އުކަމުންނެވެ.

އައިމަލްގެ އާއިލާ ނިކަމެތިވުމުން،ވަށައިގެން މިވާ އަވައްޓެރި މުޖުތަމައު ވެސް ވަނީ މި އާއިލާ  ބާކީކޮށްފައެވެ. ފޫހިވާ މީހުން ގިނައެވެ. ނަފްރަތު ކުރާ މީހުންވެސް އެހާމެ ގިނައެވެ. ފައިސާއަށް އެހީވެދޭނެ މީހަކު އަދި އަމުދުން ނެތެވެ. މި އާއިލާގެ ކުށަކީ ކޮބައި ހެއްޔެވެ؟.މި އާއިލާ އެއްވެސް ކުށެއް ކުރެވިފައި ނެތް ނަމަ މިހެން ކަން ވާންވީ ކީއްވެގެން ހެއްޔެވެ؟

*2 ދުވަސް ފަސް*

ގޭތެރޭގެ ފޯނު ރިންގުވާން ފެށުމުން އައިމަލް ފޯނު ނަގައި “އައްސަލާމް އަލައިކުމް، އައިމަލް ވާހަކަ ދައްކަނީ” މިހެން ބުނެލިއެވެ. އެއީ އައިމަލްގެ ބައްޕައެވެ. ” ދަރިފުޅާ، ބައްޕައައް ހުސް ވަގުތެއް ލިބިއްޖެ…މިހާރު މި ދަނީ އައިމަލް ކައިރިއަށް… މަންމަ ކޮބާ؟”.” މަންމަ ގޮއްސި ގޭތެރެ ކުނިކަހަން”.އައިމަލް ޖަވާބުގައި ބުނެލިއެވެ. ފޯނު ބޭއްވުމަށްފަހު އައިމަލް މަންމަ ގާތަށް ދިޔައެވެ. ” ދަރިފުޅާ، ކާކު ގުޅީ؟”. މަންމަ ސުވާލުކުރިއެވެ.” އެއީ ބައްޕަ… ހުސް ވަގުތެއް ލިބުނީމަ ގެއަށް އަންނަ ވާހަކަ ބުނީ..”. 30 ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. ބައްޕަގެ ޚަބަރެއް ނުލިބެއެވެ. އައިމަލް އާ އައިމަލްގެ މަންމަގެ ކެތްތެރިކަން ކުޑަވަމުން ދިޔައެވެ.

*30 ގަޑިއިރު ކުރިން*

——————————————————————————————————

އައިމަލްގެ ބައްޕަ، ފަރީޝް، ފޯނު ބޭއްވުމަށްފަހު މަގު ހުރަސް ކުރުމަށް ހިނގައިގަތެވެ. އެވަގުތު ފަރީޝްގެ ލޮލަށް ވަރަށް ގަދަ އައްޔެއް އެޅެން ފެށިއެވެ. މި އަލި ދަނީ ކައިރިވަމުންނެވެ. އެއީ ކާރެއްކަން އެނގުނީ މާ ފަހުންނެވެ. ބާރު ދުވެލީގައި އެ ކާރު ފަރީޝް އާ ދިމާލަށް އައެވެ. އެވަގުތު ފަރީޝަށް ހުއްޓުން އެރިއެވެ.ފިޔަވަޅު ވެސް ނޭޅުނެވެ. މިކާރު އައިސް ފަރީޝް ގައިގައި ޖެއްސިއެވެ. ފަރީޝްގެ ގައިގައި ކާރު ޖެހުނުލެއް ބާރުކަމުން ފަރީޝް ބުރައިގެން ދިޔައެވެ. މަގުމެދުގައި ހުރީ ހުސް ފަރީޝްގެ ލެޔެވެ. އެކުޑަ ހިނދުކޮޅުގައި ވެސް ފަރީޝް މަސައްކަތް ކުރީ  ސަލްމާއަށް ގުޅޭތޯއެވެ. އެކަމަކު ފޯނުން ‘ ކޮންޓެކްޓްސް’ އަށް ވެންނުމާއެކު ފަރީޝްގެ ހޭވެރިކަން ހިނގައްޖެއެވެ. ފަރީޝް ގައިގައި ޖެއްސި، ކާރު ދުއްވި މީހާ މިކަމާ އަޅައެއް ނުލައެވެ. އޭނާ މަސައްކަތް ކުރީ އަވަހަށް މިކަމުން ފިލޭތޯއެވެ. މިކަމުން ސަލާމަތްވެވޭތޯއެވެ.

——————————————————————————————————

ކުއްލިއަކަށް ގޭގެ ފޯނު ރިންގުވާން ފަށައިފިއެވެ. ސަލްމާ ދުވެފައިގޮސް ފޯނު ނެގިއެވެ.” ފަރީޝް؟”.ސަލްމާ ހާސްވެފައި ހުރެ ޖަވާބުދިނެވެ. ” ޕޭޝަންޓްގެ އާއިލާތޯ؟ ދެންމެގަ ވަރަށް ބޮޑު އެކްސިޑެންޓެއް ދިމާވެއްޖެ… ޕޭޝަންޓުގެ ހާލަތު އެހައި ރަނގަޅެއް ނޫން… މި ޕޭޝަންޓުގެ ފޯނު ބަލައިލީ އިރު މި ނަންބަރަށް ގުޅަން މަސައްކަތް ކޮށްފައިވާކަން ވަނީ…”. މި ޚަބަރު ލިބުމުން ސަލްމާގެ ހިތް ކުދިކުދި ވިއެވެ. އަދި ކަރުނަތައް ހޯސްލައިފައި ފައިބަންފެށިއެވެ. ގިސްލަމުން ހުރެ ސަލްމާ ބުނެލިއެވެ.” ކޮ..ކޮ..ން ހޮސް..ޕިޓަ…ލެއް.؟..”. ” ކޮމިއުނިޓީ ސެންޓްރަލް ހޮސްޕިޓަލް.” އައިމަލް ހުރީ ވާނުވާ ނޭނގިފައެވެ.” މަން…”. ” ދަރި…ފުޅާ، ބައްޕަ އެކްސިޑެންޓެއް…. ހޮސްޕިޓަލް”. އައިމަލް ވާހަކަ ދައްކާ ނުނިމެނީސް ސަލްމާ މެދުކަނޑައިލިއެވެ. ސަލްމާ ކީ އެއްޗެއް ހަމައެއް ނުޖެއެވެ.އެކަމަކު އައިމަލްއަށް ވީގޮތް އެނގިއްޖެއެވެ. ދެ މައިން ވެސް ދުއްވައިގަތީ ހޮސްޕިޓަލާ ދިމާލަށެވެ. އެންމެފަހުން ސަލްމާ އަށް ގުޅި ޑޮކުޓަރު ފެނިއްޖެއެވެ.” ކޮންކަމަކާ ގުޅިގެން އެކްސިޑެންޓަކަށް މެދުވެރިވީ؟” ސަލްމާ މަޑުމަޑުން ސުވާލު ކުރަން ފަށައިފިއެވެ. ” ކަން ވީ ގޮތެއް ނޭނގެ އެކަމަކު އެނގިފައިވާ ގޮތުން ޕޭޝަންޓުގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ ކާރެއްގެ ސަބަބުން ކަން ފާހަގަވޭ… މިހާރު ޕޭޝަންޓު ވަނީ ކުއްލި އޮޕަރޭޝަން ކުރަން ގެންގޮސްފަ…”.ސަލްމާގެ އަނގަ މަތީގައި އަތްއަޅައި ރޮވެން ފެށިއެވެ.އައިމަލް އަށް މަންމަ ރޯ ތަން ފެނުމުން އައިމަލް އަށް ވެސް ރޮވުނެވެ. ” ކިހާ ވަގުތެއް ނަގާނެ…އޮޕަރޭޝަން ނިމެން..” ސަލްމާ ގިސްލަމުން ބުނެލިއެވެ.” ގާތްގަނޑަކަށް 9 ގަޑިއިރު…” މިހެން ބުނެ ޑޮކުޓަރު ހިނގައިގަތެވެ.

11 ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. ސަލްމާ ދެކޮޅަށް ހުއްޓުމެއްނެތި  ހިނގާލަ ހިނގާލަ ހުއްޓެވެ. އައިމަލް ގޮޑީގައި އިށިނދެގެން އިނެވެ. ވިސްނަމުން ދިޔައީ ބައްޕަގެ ހާލަތާ މެދުއެވެ. ” ކާކު ކުރި ކަމެއް؟ ކީއްވެގެން؟ ކާރުގެ ލައިސެންސް ނަންބަރަކީ ކޮބާ؟ ” މި ސުވާލުތައް ދަނީ އައިމަލްގެ ބޮލުތެރޭގައި އެނބުރެމުންނެވެ. ކުއްލިއަކަށް އޮޕަރޭޝަން ދޮރު ހުޅުވައިލިއެވެ. ޑޮކުޓަރު ނިކުމެ، ސަލްމާއާ ދިމާލަށް ބަލައިލިއެވެ.ޑޮކުޓަރުގެ މޫނުމަތިން ފެންނަ ފެނުމުން ހީވަނީ ދެރަކަމެއް މެދުވެރިވި ހެންނެވެ. “އޮޕަރޭޝަންގެ މެދުތެރޭ ޕޭޝަންޓު ނިޔާވެއްޖެ..މައާފު ކުރޭ” މިހެން ޑޮކުޓަރު ބުނުމުން ސަލްމާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އައިމަލް އަށް ހުއްޓުން އެރިއެވެ. ހުރީ ގަބޫލުކުރަން ވެސް ދަތިވެފައެވެ. އައިމަލް އަށް ގިސްލެން ފެށިއެވެ. “ނޫން….” މިހެން އައިމަލް އަށް ބުނެވުނެވެ.ސަލްމާ އައިމަލް ގައިގައި ބައްދައިލައިފައި ދެން ގެއަށް ދާން ހިނގާށޭ ބުނެލިއެވެ.

” ދަރިފުޅާ، ބައްޕަ ނެތީމަ ދެން ވަރަށް އުދަނގޫ ވާނެ، އެކަމަކު ވެސް މަންމަ މަސައްކަތް ކުރާނަން… ބައްޕަގެ އޮޕަރޭޝަން ބިލްވެސް ވަރަށް އަގުބޮޑު… މަންމަމެން އެއްކުރި ހުރިހާ ރުފިޔާއެއް ދޭން މި ޖެހެނީ ހޮސްޕިޓަލަށް…ދެން ނެތް ބާކީ އެއް…” ސަލްމާ އައިމަލްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އައިމަލް ކުއްލިއަކަށް ހަނދާންވީ އައިމަލް ކުޑައިރު މަގުމަތިން ފެންނަ ރުފިޔާ އެއްކުރި ހަނދާނެވެ. އައިމަލް ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ކުޑަ ފޮއްޓެއް ހިފައިގެން މަންމަ އަތަށް ދިނެވެ. ” މަންމާ، މަންމަމެން ގޭގަ ނޫޅޭއިރު އަޅުގަނޑު މަގުމައްޗަށް ނިކުންނަ ކޮންމެ ފަހަރަކު ރުފިޔާއެއް ފެނޭ… އެހެންވެ އަޅުގަނޑަށް ފެނުނު ރުފިޔާތައް އެއްކުރަމުން ގެންދިޔައީ…”.” ދަރިފުޅާ، އަސްލުވެސްތަ؟ އެކަމަކު….”.” މަންމާ، ހަމަގައިމުވެސް މި ރުފިޔާކޮޅުން ކާނެ އެތިކޮޅެއް ލިބޭނެއްނު…” އައިމަލް މެދުކަނޑައިލިއެވެ. ” އާނ، އެހެންވީމަ ތި ރުފިޔާތައް ރައްކާކޮށްފަ ބަހައްޓާ…މަންމަ އަންނާނަން އޮޕަރޭޝަން ބިލަށް ރުފިޔާ ދައްކާފަ”.ސަލްމާ މިހެން ބުނެ އަނެއްކާވެސް ހޮސްޕިޓަލާ ދިމާލަށް ހިނގައިގަތެވެ. އައިމަލް ކޮޓަރިއަށް ވަދެ،އެނދުގައި އިށީނދެގެން އިނެވެ. އައިމަލް ވިސްނަމުން ދިޔައީ އައިމަލްގެ ބައްޕަގެ މަރާ މެދުގައެވެ.” ބައްޕައަށް ކީއްވެގެން މިކަހަލަ ކަމެއް ކުރާނީ؟ ކާރު ދުއްވި މީހާގެ ބޭނުމަކީ ކޮބާ؟” މިހެން އެކަނިމައި އެކަނި އިންދައި އައިމަލްއަށް ނިދިއްޖެއެވެ.އެވަގުތު ސަލްމާ ވެސް އަތުވެއްޖެއެވެ. ދެން ބަލައިލަން ދިޔައީ އައިމަލް ނިދައިފިތޯއެވެ. އައިމަލް ނިދައިފައި އޮތުމުން ސަލްމާ ނިކުތީ ސިޓިންގރޫމަށެވެ.15 މިނެޓު ވަންދެން ސަލްމާ ވިސްނަމުން ދިޔައީ ފަރީޝް އާ މެދުއެވެ. މި ފުން ވިސްނުމުގެ ތެރޭ ހުއްޓައި ކުއްލިއަކަށް ފޯނު ރިންގުވާން ފަށައިފިއެވެ.’މިވަގުތު ކާކުބާ ގުޅާނީ؟’ ސަލްމާ މިހެން ހިތާހިތުން ބުނެލިއެވެ.ފޯނު ނަގައި “ހަލޯ” ބުނެލިއެވެ.ދެން އިވުނީ ދުވަހަކުވެސް އަޑު ނީވޭ ބަސްތަކެކެވެ.ސަލްމާގެ ދެލޯ ބޮޑުވިއެވެ.ސަލްމާގެ ހިތް ބުނަމުން ދިޔައީ ފަރީޝް އެކަހަލަ ކަމެއް ނުކުރާނެކަމެވެ…

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

N@B@@TI

Level 110 Stories

Other Articles

Previous

ކަލާއާއި އެކުގައި މި ހިތް ނަށާނޭ 1

Next

ވީމޭ އިންތިޒާރުގައި – 13

Next
February 3, 2022

ވީމޭ އިންތިޒާރުގައި – 13

Previews
February 2, 2022

ކަލާއާއި އެކުގައި މި ހިތް ނަށާނޭ 1

3 Comments!

  1. GUITAR LOVER says:
    February 3, 2022 at 6:40 pm

    wow nice story ❤️❤️❤️miss you @ n@b@@ti. ❤️❤️tc

  2. GUITAR LOVER says:
    February 3, 2022 at 7:02 pm

    can’t wait for next part ❤️?

  3. N@B@@TI says:
    February 4, 2022 at 6:23 pm

    Thank for the wonderful comment @GUITER LOVER ☺️

Comments are closed.

Next Episodeއެ ނަފްސުގެ ބަދަލު 2←


All Right Reserved!