” އަޒްހާ؟” ކޮޓަރި ދޮރު ހުޅުވާފައި ވަތް އަޒްހާ ފެނުމުން ނައިރާ ބުނެލިއެވެ. ” ނައި ދައްތާ ވަރަށް ބަނޑުހައި ވެއްޖެ” އަޒްހާ ބަނޑުގައި އަތް ކާތާލަމުން ބުނެލިއެވެ. ” ހިނގާ އަވަހަށް އެހެން ވިއްޔާ” ނައިރާ އެހެން ބުނުމަށް ފަހު ހަތިމު ލައްޕައި ލަމުން އެނދު މަތިން ތެދުވިއެވެ. އަދި އިސްތަށިގަނޑު ގަ ހުޅިއެއް ޖަހަމުން ކޮޓަރިން ނިކުތެވެ. ” އަޒްހާ ކާން ބޭނުމީ ކޯއްޗެއް” ނައިރާ އަޒްހާ ހިފައިގެން ބަދިގެއަށް ވަނުމަށް ފަހު އަޒްހާ ކައިރީ އަހާލިއެވެ. ” އަމް…………ސްޕެގެޓީ” އަޒްހާ ކާން ބޭނުން ވާ އެތި ބުނުމުން ނައިރާ ފާރުގައި ހަރުކޮށްފަ ހުރި ކަބަޑު ހުޅުވައިލުމަށްފަހު ކަބަޑު ތެރޭގައި ސްޕެގެޓީ އުރައެއް އޮތް ތޯ ބަލާލިއެވެ. އެންމެ އުރައެއް އޮތުމުން ނައިރާ އަޒްހާ އަށް ބަލައިލިއެވެ. އެއިރު އަޒްހާ އިނީ ފޯނަށް ގެއްލިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ” އެންމެ އުރައެއް އޮތީ އަޒްހާ….. ސޯ ފިހާރައަށް ގޮސްލަން ޖެހޭނީ……. އަޒްހާ ދާނަންތަ” ނައިރާ އެހެން އެހުމުން އަޒްހާ ބުނެލިއެވެ. ” ނޫން އަޒްހާ އެއް ނުދާނަން އީތެން އެ އުޅެނީ އަޒްހާ ގެ އެވެޓާރް މޭވިސް އަށް ޕްރޮޕޯޒް ކުރަން” ” އީތެން ؟ މޭވިސް ؟ އެވެޓާރް ؟……. އަޒްހާ ކޮން ގޭމް އެއްތަ ތި ކުޅޭނީ މާކު ވަރުދައްކާފަ” ނައިރާ އަށް ނޭނގުމުން ސުވާލުކޮއްލިއެވެ. ” މޫންލައިޓް ލަވާރްސް އޮންލައިން ގޭމްއެއް މީ…..” އަޒްހާ އެހެން ބުނުމުން ނައިރާ ފިހާރައަށް ދަނީ ކަމަށް ބުނެ ބަދިގެއިން ނިކުމެގެން ދިޔައެވެ. އެވަގުތަކީ ނަވާން އާއި ނިޔާޒް އާއި އަޔާޒް ވާހަކަ ދައްކަމުން ގެއަށް ވެންނި ވަގުތެވެ. ކުއްލިއަކަށް ބަދިގެއިން އިވުނު ހަޅޭކުގެ އަޑާއެކު އެ ތިން މީހުން ދިޔައީ ސިއްސައިގެންނެވެ. ދެވަނަ ސިކުންތު ތިން މީހުން ދުވެފައި ބަދިގެއަށް ވެއްނި އިރުގަ އަޒްހާ މުޅި ބަދިގޭގައި ހަޅޭލައްވަމުން ދުވަމުން ދިޔައެވެ. ” އަޒްހާ ކިހިނެއް ވީ ތި ހަޅޭލައްވަނީ”
” ދޮންބޭ…. ކުޑޭ…. އީތެން ޕްރޮޕޯޒް ކޮއްފިޔޯއި ……. އަޒްހާ މިހާރު އެއް ހަފްތާ ވެއްޖެ އީތެން ޕްރޮޕޯޒް ކުރޭތޯ އިންތިޒާރު ކުރާތާ ” އަޒްހާ އެހެން ބުނުމުން އަޔާޒް އާއި ނިޔާޒް ގެ ދެލޯ ބޮޑުވި އެވެ. އަޒްހާ އެހެން ބުނުމުން ނަވާން ލާން ހުރި ނޭވާ ހުއްޓުނު ކަހަލައެވެ. ” ކޮން އީތެން އެއް ދޮންބެ ބުނީމެއްނު އަޒްހާ ކައިރީ އެއްވެސް ފިރިހެނަކާ ވާހަކަ ނުދައްކާށޭ ފޯނު ދިން އިރުވެސް ” ނިޔާޒް ހިތްހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ.” ސާބަސް ދޮންބޭ އީތެން އެއީ މިގޭމް ގަ އިންނަ ކެރެކްޓާއެކޭ ” އަޒްހާ ފޯނު ދައްކާލަމުން ބުނެލިއެވެ.” އޯ އެހެން ދޯ ” ނިޔާޒް ބޯ ކަހާލަމުން ބުނެލިއެވެ. އަޔާޒް ގެ ހިނިގަންޑު ދިޔައީ ފަޅައިގެން ނެވެ. އެއީ ގޭމް އެއްކަން އެނގުމުން ނަވާން ގެ ހިތަށް ފިނި ކަމެއް ލިބުނެވެ.
ނައިރާ ގޭ ކައިރީގަ ހުރި ފިހާރައަށް ދިޔައީ ހިތާއި ދެކޮޅަށްށެވެ. އެއީ އެތާގަ ޝާހިލް އިންނާނެ ކަން އެނގުމުން ނެވެ. ނައިރާ ފިހާރައަށް ވެންނި އިރުގަ ފިހާރައަށް ވިޔަފާރި ކުރަން ހަތަރު ވަރަކަށް މީހުން އައިސް ތިބުމުން ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. އަދި ގަންނަން އައި އެއްޗެހިން ނެގުމަށްފަހު އެ އޭއްޗެހިނަށް ރުފިޔާ ދެއްކިއެވެ. އަދި ޝާހިލް ގެ އެއްވެސް އުނދަގުލެއް ކުރިމަތި ނުވަނީސް ފިހާރައިން ނިކުމެވުނެވެ. ” ހޭއި ނައިރާ…… މަ އަޑުއެހިން ތި ގެއަށް ވަރަށް ހޮޓު ބިޓުން ތަކެއް އައިސްގެން އެބައުޅޭ އޭ” ޒޭނާއައިސް ނައިރާ ގެ ކުރިމަތީގައި ހުއްޓެމުން ބުނެލިއެވެ. ނައިރާ އެކައްޗެއްވެސް ނުބުނެ އަވަހަށް ގެއަށް ދެވޭތޯ ބެލިއެވެ. ” މާ އަވަސް އަރުވާލަގެން ކޮންތާކަށް ދާން ކަމަށް ތި އުޅެނީ” ނައިރާ ހިންގާ ގަތް އިރަށް ޒެއިނާ ނައިރާ ގެ އިސްތަށިގަނޑު ގަ ހިފިއެވެ. ” ނައިރާ އަދިވެސް ލަހެއް ނުވޭ އަހަރުމެން ގުރޫޕް އާ ޖޮއިން ވޭ” ޒެއިނާ ނައިރާ ގެ ކަންފަތު ކާރިގަ އެހެން ބުނުމުން ނައިރާ ޒެއިނާގެ އަތް ފޮޅާލިއެވެ. އަދި ގެއާއި ދިމާއަށް ދުއްވައި ގަތެވެ.
” 1000 ރުފިޔާއޭ…… މާ ބޭނުމީ 7000 ރުފިޔާ…. ކަލޭ ހިތަށް އަރަނީ މަ މީ ގަމާރެކޭތަ….. މާ ކަންތައް ބޮޑު ނުކޮށް ބޭނުމިއްޔާ އާދޭ……… މަށަކާ ބެހޭކަމެއް ނޫން ތީ………..…… ބަލަ މަ މި ވިޔަފާރި މި ކުރަނީ ކޮންމެވެސް ބޭނުމެއްގައޭ…………. މަ ބޭނުން މީހަކަށް ވިއްކާނީ ބޭނުން އަގެއް ގަ……….. ކަލޭ އަށް ވެސް އެނގޭނެ އަދި މަށަށް ވެސް އެނގޭނެ އެކި ރޭގަ މަ ބުނާނީ އެކި އަގުކަން………….” ގޭގެ ބިއްދޮށު ފަރާތުން ސަހީނާ ދެއްކި ވާހަކަ އަޑުއިވުމުން ނަވާން ގެ ދެލޯ ބޮޑުވި އެވެ. ނަވާން ބޮޑު ފިޔަވަޅު ތަކެއް އަޅަމުން ގޮސް ސަހީނާ ގެ ކުރިމައްޗަށް އެރިއެވެ. ” ރަނގަޅު އެހެން ވިއްޔާ މިރޭ އާދޭ ” ސަހީނާ އެހެން ބުނުމަށް ފަހު ނަވާން އަށް ބަލައިލިއެވެ. ” ކިހިނެއްވީ” ސަހީނާ ފޫހި ގޮތަކަށް ނަވާން އާއި ދިމާއަށް ބުނިއެވެ. ” މަންމަ ބުނީމެއްނު ދޮންތަ އާއި ވާހަކަ ނުދައްކާ ފިއްޔާ ދޮންތަ އަކަށް އެހެންނެއް ނުހަދާނަމޭ” ނަވާން އެހެން ބުނުމުން ސަހީނާ ހިނިގަނޑެއް ޖަހާލިއެވެ. ” މަންމާ ހެޔޮ ނުވާނެ ދޮންތަ ވެސް އެއީ އިންސާނެކޭ…… މަންމަ ދޮންތަ އާއި ދޭތެރޭގަ ތި ގޮތަށް ކަންތައް ކުރުން ހުއްޓައި ނުލާ ފިނަމަ އަހަރެން ޕޮލިހަށް ގުޅާ ކަށް އެންމެ ސިކުންތެއްވެސް ފަހެއް ނުޖެހޭނެ” ނަވާން އެހެން ބުނުމުން ސަހީނާ ނަވާން ގެ ކަންކަށި މަތީގަ ޖެހިއެވެ. ” ބަލާބަލަ ކަލޭ ގައިގަ ހުންނަ ލަދު ހަޔާތް ކުޑަކަން……. މަށޭ ކަލޭ ނުވަމަހާ ދިހަ ދުވަސް ވަންދެން މި ބަނޑުތެރެއަށް ލައިގެން އުޅުނީ ޝުކުރު ކޮއްބަލަ ކަލޭ މަރާ ނުލިކަން….. އަދި މަށަށް އިންޒާރު އެބަ ދެ އެއްނު” ސަހީނާ ރުޅިވެރި އަޑަކުން ބުނެލިއެވެ. ” މަންމަ އަހަރެން ނުވަމަހާ ދިހަ ދުވަހު ބަނޑު އަޅާ ވިހެއިކަން އަހަރެންނަށް ތަންދޮރު އެނގެން ފެށި ސުރެ އަހަރެންނަށް ކާންދިކުމަކަސް ފެން ވެރުވުމަކަސް އެހެން ކަމެއް ކޮއްދިނަސް ކޮއްދެނީ ކުޑަ މަންމަ” ނަވާން އެހެން ބުނުމުން ސަހީނާ ގެ ރުޅި ހީވީ ދެގުނަ ވިހެންނެވެ. ” ކޮން ކުޑަ މަންމައެއް ކަލޭ އޭނަ ދެކެ އެހާ ލޯބިވިނަމަ އެ ނައިނާ އާއެކު ކަށްވަޅަށް ދިޔަ ނަމަ…… ހުވާ ޝަހާދަތް” ސަހީނާ އެހެން ބުނުމަށް ފަހު ގެއަށް ވަންނަން ދިޔައެވެ. ސަހީނާ ގޭތެރެއަށް ވަދެގެން ދިޔަތަން ބަލަން ހުރުމަށްފަހު ފުންނޭވައެއް ދޫކޮއްލިއެވެ. އެއްފަރާތެއްގަ ވަށްކޮށް ހަދާފައި ހުރި ހަޓް ތެރެއަށްވަދެ އިށީންނިއެވެ. ނަވާން އަށް ވިސްނެމުން ދިޔައީ ސަހީނާ އުޅުންހުރި ގޮތާ މެދުގައެވެ. އެކަން އިޞްލާޙު ކުރާށޭ ބުނި އަދަދުވެސް ނަވާން އަކަށް ނޭނގެއެވެ. ނަވާން ހައްތަހާވެސް އެކައްޗެއްވެސް ނުބުނެ އެ ހުންނަނީ ސަހީނާ ދީފައިވާ އިންޒާރު ގެ ސަބަބުންނެވެ. ސަހީނާ އެހެން ނަވާން ގެ ކަންކަށި މަތީގައި ޖެހުމުން ނަވާން ގެ ހިތުގައި ޖެހުނެވެ. ކޮންމެ ގޮތެއް ވިއަސް މަންމަ ވާނީ މަންމަ އަށް ތާއެވެ. ނަވާން ހަންދާން ވީ ނަވާން އަށް އަނިޔާ ކުރާ ކޮންމެ ފަހަރަކު އޭނާ ގެ ކުޑަ މަންމަ ކަމަށްވާ ނައިނާ އޭނަ އަށް އަޅާލާ އޯގާތެރި ކަން ދޭ ގޮތެވެ. ނަމަވެސް އެ ހުރިހާ ކަމެއް ބަދަލުވީ ނައިނާގެ މަރަށް ފަހުގައެވެ. ނައިނާގެ މަރަށް ފަހު އެކަނިވީ ހަމައެކަނި ނައިރާ އެއް ނޫނެވެ. ނަވާން އާއި ނާއިޒް ވެސް މެ އެވެ.
” އަޒްހާ އާދޭ ކާން ” ނައިރާ ސިޓިން ރޫމް ސޯފާ މަތީ ބަނޑުން އޮތް އަޒްހާ އަށް ކާން ގޮވައިލިއެވެ. އަދި ގޮސް އަޔާޒް އާއި ނިޔާޒް ކައިރީ ވެސް ކާން އަންނަން ބުނިއެވެ.” ދޮންބޭ އާދޭ ކާން ” ގެއަށް ވަދެގެން އައި ނާއިޒް ފެނުމުން ނައިރާ ބުނެލިއެވެ.” ކޮބާ ނަވާން ؟” ނާއިޒް ނަވާން ކޮބައިތޯ އަހާލިއެވެ. ” ނޭނގެ” ނައިރާ ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. އަދި އެއަށްފަހު ސަހީނާ ކައިރީ ކާން ބުނަންނަ ދިޔައެވެ. ނައިރާ ގޮސް ސަހީނާ ކޮޓަރީ ޓަކި ޖެހުމުން އެތެރެއަށް ވަނުމަށް ބުނެލިއެވެ. ” ކަލޭ ދޯ…. ކީއްކުރަން ތި އައީ؟” ނައިރާ ފެނުމުން ރީތިވާ މޭޒު ދޮށުގަ އިން ސަހީނާ ބުނެލިއެވެ. “މަންމާ އާދޭ ކާން” ނައިރާ މަޑުމަޑުން ބުނެލިއެވެ. “މަށައް ނުކާނަން ” ” އެކަމް މަންމާ ” ސަހީނާ ނުކާނަމޭ ބުނުމުން ނައިރާ ދެރަވިއެވެ.” ބުނެފީމެއްނު ނުކާނަމޭ….. ހަމަ މިހާރު ނުކުމޭ މަގޭ ކޮޓަރިން ” ސަހީނާ ނައިރާ ފަހަތަށް ކޮއްޕާލުމުން ބުނެލިއެވެ. ނައިރާ ވެއްޓުނު ގޮތަށް ފާރުގެ ކަނުގަ ނިއްކުރި ޖެހުމުން ތަދުވުމުން” އައުޗް ” އޭ ބުނެލިއެވެ.” މަންމާ ކީއްވެ ؟……” ނައިރާ ވީ ދެރައެއްގެ ބޮޑުކަމުން އަހައިލިއެވެ. އެ ސުވާލުގެ ޖަވާބު ނައިރާ އަށް އެނގެއެވެ. ނަމަވެސް އެ ސުވާލު ކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. ” މަ މީ ކަލޭގެ މަންމަ އެއް ނޫނޭ……..ކަލޭ މަންމަ ހޯދަންޏާ ދޭބަލަ މިރަށު ސަހަރާއަށް އެތާގަ އޮންނާނެ ކަލޭގެ މަންމަ” ސަހީނާ އެހެން ބުނުމަށް ފަހު ނައިރާ ކޮޅަށް ނެގިއެވެ. އަދި ކޮޓަރި ދޮރު ހުޅުވުމަށް ފަހު ނައިރާ ބޭރަށް ކޮއްޕާލިއެވެ. މި މަންޒަރު ކައި ނިމިގެން އައި އަޔާޒް އަށް ފެނުނެވެ. ނައިރާ ގެ ބޮޑު ދެލޯން ކަރުނަ ތިކި ތަށް ފައިބަމުން ދިޔަތަން އަޔާޒް އަށް ހަމަ ރަނގަޅަށް ވެސް ފެނުނެވެ. އަޔާޒް ނައިރާ އާ ދިމާއަށް ދާން ފިޔަވަޅު ނެގިއެވެ. ނަމަވެސް ދެވަނަ ސިކުންތު ހުއްޓުނެވެ. އެއީ ނައިރާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުންނެވެ.
( މެންދަމުގެ ވަގުތެއް)
އަޔާޒް އަށް ހޭލެވުނީ ފެން ބޮވައިގެން ނެވެ. ނަމަވެސް ފެންބޯން ތެދުވާނީތޯ ނުތެދުވާނީތޯ ވިސްނަން އޮތެވެ. އެންމެފަހު ފެނބޮވައިގަނެފަ ހުރިލެއް ބޮޑުކަމުން އެނދުމަތިން ތެދުވިއެވެ. އަޔާޒް ދޮރު ހުޅުވަން ވެގެން ދޮރު ކާރިއަށް ދިޔަ ވަގުތު ބަޔަކުވާހަކަ ދައްކާ އަޑު އިވުނެވެ. އެހެން ނަމަވެސް ޔަގީން ކޮށްލުމަށް ޓަކައި ދޮރުގައި ކަންފަތް ޖެހީމެވެ. ” މަންމާ……. ހެ.. ހެޔޮނުވާނެ އަހަރެން ތިހެން ނުހަދާ…. މަންމަ ބުނި ކަމެއް ކުރާނަން… މަންމަ ބޭނުން ވަރަކަށް ފައިސާ ވެސް ދިފާނަން އެކަމް -” ” ކޮން އެކަމް އެއް އެއް ކިޔާކަށް ހަމަ މިހާރު ދޭ” އިވުމުން ދިޔައީ ދެ އަންހެނެއްގެ އަޑެވެ. ” ނޫން ނޫން ދޫކުރޭ” ކުއްލިއަކަށް އިވުނީ ދޮރު ލެއްޕިއަޑެވެ. އަޔާޒް ކޮޓަރިން ނިކުތް އިރު އެއްވެސް މީހެއް ނެތެވެ. އޭނާއަށް ހީވީ ހީވުމެއްކަމަށް ނިންމާ ބަދިގެއަށް ގޮސް ފެން ބޮއިގެން ކޮޓަރިއަށް ވަދެ ނިދީއެވެ.
( ފަތިހުގެ ވަގުތެއް)
ނައިރާ އޮތީ އެނދުމަތީގަ އެވެ. ގައިގާ ހިރީލާނެހާ ވަރެއް ނެތް އިރު ނައިރާ އެކޭ މައްޔިތެކޭ ތަފާތެއް ނެތެވެ. ނައިރާ އޮތީ އެނބުރެމުން ދިޔަ ފަންކަޔަށް ބަލައިގެންނެވެ. ނައިރީގެ ހަށިގަނޑުގެ އެކި ތަންތަން ރަތް ވެގެންގޮސް ނޭ ކުލަ އަރާފަހުއްޓެވެ. އެތަށް އަނީއެއް އެ ހަށިގަނޑަށް ކޮއްފައިވެއެވެ. ނައިރާ ގެ ހިތަށް އަރާ ފައިބަމުން ދިޔައީ އެންމެ އެއްޗެކެވެ. އޭނާގެ މަންމަ އެހާ ރަޙުމުކުޑައީ ކީއްވެ ހެއްޔެވެ. ނާއިޒް އާއި ނަވާން އާ ދިމާއަށް ލޯބިން އެ ބަލާ ގޮތަށް އޭނައަށް ނުބަލަނީ ކީއްވެގެން ހެއްޔެވެ. ނައިރާ ގެ ހިތުގައި އެތަކެއް ޝަކުވާއެއް އެބަ އޮތެވެ. ނައިރާ ބައްޕަ މިއަދު ދުނިޔޭގަ ހުރި ނަމަކު މިއިން އެއްވެސް ކަމެއް ނުވީސް އެވެ. ބައްޕަ ގެ މަތިން ހަނދާން ވުމުން ނައިރާ އަށް އިތުރަށް ރޮވޭގޮތް ވިއެވެ. ނައިރާ ގެ ލޮލުން ތާޒާ ހޫނު ކަރުނަ ފައިބަމުން ދިޔައިރު ގިސްލެވެމުން ދިޔައެވެ. މިހާލުގައި އުޅުމަށް ވުރެ މަރުވުން ވެސް މާ ރަނގަޅު ވާނެ އޭ ނައިރާ ގެ ހިތަށް އެރިއެވެ. ނައިރާ ގެ ހިތަށް އެ ވަރަށް އަސަރު ކޮއްފަވާއިރު އެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނ ކުޑައީކީއެއް ނޫނެވެ. ބަނޑުން ފެށިގެން ތިރި ހީވަނީ ނުވެސް އޮންނަ ހެނެވެ. ހަށިގަނޑުން ގެ އެކި ތަންތަނުން ދިލަ ތަދެއް ވާކުމުގެ އިޙްސާސް ކުރެވުމުން ދިޔައެވެ. ފަތިސްނަމާދު ގެ ބަނގި ގޮވުމުން ނައިރާ ހިވަރުކޮއްފައި ފާހާނާއަށް ވަނެވެ. އަދި ފެންވަރައިގެން ވުޝޫ ކޮށްލައިގެން ނިކުމެ ކްރީމް ޕިންކް ކުލައާއި ހުދަ ކުލައިން ޑިޒައިން ކޮށްފައިވާ ބޮޑު ހަރުވާޅެއް ލުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ އަތްދިގު މަތިކޮޅެއް ލިއެވެ. އަދި މުސޮއްލަ ނެގުމަށްފަހު ސްޓާކިން އާއި ނަމާދު ދޮޅި އަޅައިގެން ނަމާދުކުރަން ފެށިއެވެ. ނަމާދު ކޮއްނިމުމުން ނައިރާ މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރިއެވެ. ” އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ މި އަޅާ މި އަނިޔާވެރިކަމުން ސަލާމަތް ކުރައްވާން ދޭއެވެ. މި އަޅާގެ މަންމަ އަށް ރަނގަޅު ވިސްނުން ދެއްވާށި……..” ނައިރާ ދުޢާކޮށް ނިމުމުން ސްޓާކިން އާއި ނަމާދު ދޮޅި ބޭލިއެވެ. އަދި މުސައްލަ އަށް ލުމަށްފަހު އަލަމާރިއަށް ލިއެވެ. އަދި ހަތިމު ނަގައިގެން ޤުރުއާން ކިޔަވަން ފެށިއެވެ.
ގަޑިން 6:00 ޖެހުމުން ނައިރާ ކިޔެވުން ހުއްޓާލީ އެވެ. ޤުރުއާން ކިޔެވުމުގެ ސަބަބުން ނައިރާ ގެ ހިތަށް ލުއްވެއް ލިބުނެވެ.ނައިރާ އިސްތަށިގަނޑު އައްސާލަމުން ބަދިގެއަށް ވަންނަން ދިޔައެވެ. ނައިރާ ގެ ހަށިގަނޑުގަ ކިތައްމެ ވޭނެއް އަޅަމުން ދިޔައަސް ގޭގަ މަސައްކަތް ކުރަން ޖެހޭ ނެވެ. އެހެންނޫނީ ސަހީނާ އިލޯށިފަތި ކޮޅު ކުދިކުދި ވެގެން ފާބާ ވަރަށް ނައިރާ ގައިގާ ތަޅާ ނެއެވެ. ހަށިގަނޑުން އަޅަމުން ދިޔަ ވޭނާއެކު ނައިރާ ހެނދުނުގެ ސައި ތައްޔާރު ކުރަން ފެށިއެވެ.
އަޔާޒް އަށް ތަންކޮޅެއް އަވަހަށް ހޭލެވުމުން ޖޮގްއިން އަށް ދާން ނިންމީ އެވެ. އެހެން ކަމުން ކަޅުކުލައިގެ ޓީށާޓް އަކާއި ކަޅުކުލައިގެ ޓްރަކް ސޫޓްއެއް ލުމަށްފަހު ބޫޓްއަށް އަރައިގެން ގެއިން ނިކުންނަމުން ކަންފަތަށް އިޔާ ޕޯންސް ލައްވާލުމަށްފަހު ފޯނުން ” ދުރުވާނެ ބާ” އެ ލަވަ ޖެހުމަށްފަހު މަގުމައްޗަށް ނިކުތެވެ. އެއިރު ބައެއް އަންހެން ކުދިން ގޭ ކައިރީގަ ކުނިކަހަމުން ދިޔައިރު އަނެއްބާ އަންހެން ކުދިން ވެސް އަޔާޒް އެކޭ އެއްފަދައިން ކަސްރަތަށް ދުވަން ނިކުމެއެވެ. ގިނަ މީހުންގެ ލޯތަށް އަޔާޒް އަށް އަމާޒުވަމުން ދިޔައިރު އެއިން އެއްވެސް ކަމެއް އަޔާޒް އަށް ރޭކާނުލާ އެވެ. އަޔާޒް އަށް ވިސްނެމުން ދިޔައީ ރޭގަ އިވުނު އަޑެވެ. އެއީ ހުވަފެނެއް ކަމެއް ޙަޤީޤަތެއް ކަމެއް ބުނާކަށް އަޔާޒް އަކަށް ނޭނގުނެވެ. އެއީ އެވަގުތުގައި ލޮލަށް ނިދި ސަވާރުވެފަ ހުރުމުންނެވެ. ދާނެ ވަކި މަންޒިލް ނެތި އަޔާޒް ދުވަމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި ހުއްޓުނީ ދުރުގައި ފެންނަން އޮތް އައުޓް ޑޯރް ޖިމް ފެނުމުން ނެވެ. އެތާގައި ދެ ޖިންސުގެ މީހުން ކަސްރަތު ކުރަމުން ދިޔައެވެ. ނަމަވެސް ގިނައީ އަންހެން ކުދިންނެވެ. އަޔާޒް ދާން ނުދާން ހުރެފަ ދިޔައީ ކަސްރަތު ކުރަން ހުރި ރިޒާ ފެނުމުން ނެވެ. ރިޒާ ހުރީ އާރްމްސް ސްޓްރެޗް ކުރަން ށެވެ. އަޔާޒް ގޮސް ރިޒާ ކަންފަތު ކައިރީ ” ޕޮއް” އެހެން ބުނުމުން ރިޒާ ދިޔައީ ސިއްސައިގެންނެވެ. ” އަޔާޒް ތަ…… މާ ހިތަށް އެރީ އެ ޒައިދާން ކަމަށް” ރިޒާ މޭމަތީގައި އަތް އަޅައިގެން ހުރެ ބުނެލިއެވެ. ” ސާބަސް…. މިހާރު އެނގިއްޖެ ތި ޒައިދާން އެއް ރިޒާ ގެ ފުލުން ނުނެއްޓި ގެން އެ އުޅެނީ ކީއްވެ ކަން” އަޔާޒް އެހެން ބުނުމުން ރިޒާ ކީއްވެގެންހޭ ބުނެލިއެވެ. ” އެއީ ރިޒާ އަބަދު ޒައިދާން މަތިން ހަނދާން ކުރާތީ” އަޔާޒް އެހެން ބުނުމުން ރިޒާ ބުނެލިއެވެ. ” މަ ކޮންއިރަކު އޭނަ މަތިން ހަނދާން ކުރީ” ” ދެންމެ އެއްނު…. މަ އައިސް ސިއްސުވަލީމަވެސް ބުނީ ވިއްޔާ ޒައިދާން ކަމަށް ށޭ ހީކުރީ” އަޔާޒް ވެސް އާރްމްސް ސްޓްރެޗް ކޮއްލަމުން ބުނެލިއެވެ. ” އާނ އަދި މި ހަނދާން ވީ ނިޔާޒް އަށް ރޭގަ ސަލާމަތުން ދެވުނު ތަ އަނެއްކާ….. އެނ ޕްލީސް ކޯލްމީ ރިޒް” ރިޒާ އެހެން ބުނުމުން އަޔާޒް ލާނެތް ގޮތަކަށް ރިޒާ އަށް ބަލައިލަމުން ބުނެލިއެވެ. ” ކިހިނެއްވީ…. ނިޔާޒް މަތިން މިސް ވަނީ ތަ….. މީސް ވަންޏާ މަގޭ ކައިރިނާހާ ދޭބަލަ ގެއަށް އޭރުން ހަމަލޮލުން ފެންނާނެ އެއްނު އެ ޒައިދާން ނިޔާޒް އަށް އަރުވާލަފަ އޮތް ވަރު” އަޔާޒް ގަސްތުގަ އެހެންބުނެލީ ރިޒާ އަށް ވާގޮތް ބަލާލަން ށެވެ. ” ވަޓް…ކިހާވަރެއް އަރުވާލި ބުނެބަލަ ބުނެބަލަ ބުނެބަލަ” ރިޒާ އެހެން ބުނުމުން އަޔާޒް ގެ ހިނިގަންޑު ފަޅައިގެން ދިޔައެވެ. އަޔާޒް ކުރީ ސަމާސައެއްކަން އެނގުމުން ރިޒާ ތުން އަނބުރާލުމަށްފަހު ވަރަށް ފޫހިވޭ ބުނެލިއެވެ. ” ބައިދަވޭ…. އަޒްހާ ނިޔާޒް އަށް ކިޔަނީ ދޮންބެ… އެން އަޔާޒް އަށް ކިޔަނީ ކުޑޭ… އެހެންވީމަ އަޔާޒް ކުޑައެއްނު ނިޔާޒް އަށްވުރެ” ރިޒާ އެހެން ބުނުމުން އަޔާޒް ބުނެލިއެވެ. ” ސޯ” ” ސޯ ކީއްވެ އަޔާޒް ނިޔާޒް އަށް ދޮންބެ ނުކިޔަނީ” ރިޒާ އެހެން ބުނުމުން އަޔާޒް ބުނެލިއެވެ. ” ވީ އާ ޓްވިންސް……. އެހެންވެ” އަޔާޒް އެހެން ބުނުމުން ރިޒާ އޯ އޭ ބުނެލިއެވެ. އަޔާޒް އާއި ރިޒާ އެކިކަލަ ވާހަކަ ދައްކަމުން ދިޔައެވެ. ކަސްރަތު ކޮއް ނިމުމުން ދެމީހުން ވެސް މިސްރާބު ޖެހީ ގެއަށް ދާނށެވެ. އަޔާޒް އައިސް ގެއަށް ވަތް އިރުގަ ނިޔާޒް އާފުރަމުން ކޮޓަރިން ނިކުންނި އެވެ. އަޔާޒް ގެ ސިކުނޑި އަށް އައި މޮޅު ހިޔާލަކާއެކު ނިޔާޒް ކައިރިއަށް ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

