” އޭ އަޔާޒް މަޑުކޮއްބަލަ….. ” ނިޔާޒް އައިސް އަޔާޒް ގެ ކޮނޑުމައްޗަށް އަތް ވައްޓަލަމުން ބުނެލިއެވެ.” ކިހިނެއް ވެފަ ތިހުރީ ” އަޔާޒް މޭ މަތީގަ އަތް އަޅައިގެން އިނުމުން ނިޔާޒް އަހާލިއެވެ.” ބްރޯ އައި ތިންކް މައި ހާރްޓް ޖަސްޓް ސްކިޕްޑް އަ ބީޓް ” އަޔާޒް އެހާ މާނަ ފުން ގޮތަކަށް އެހެން ބުނުމުން ނިޔާޒް އަށް ވީ މަޖާ ކަމަކަށް ށެވެ.” އޭ އެ ހުރީ ނާއިޒް ދޯ ” ހިރަނދު ގަހުގެ ހިޔަލުގައި ތިބި ނާއިޒް އާއި މިޝްހާ ފެނުމުން ނިޔާޒް ބުނެލިއެވެ.” އާނ އެއީ ނާއިޒް…. ދެން ކޮން އަނހެނެއް އެއިނީ ” އަޔާޒް ވެސް ނާއިޒް މެން ތިބި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.” އެއީ އެކަލަ ނާއިޒް ގެ މިޝް… ހިންގާބަލަ އޭނާ އަށް ޖެއްސުން ކޮއްލަން ދާން ” ނިޔާޒް އެހެން ބުނުމުން އަޔާޒް ގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އަޔާޒް އާއި ނިޔާޒް ވަގަށް ވަގަށް ގޮސް ނާއިޒް މެން ތިބި ގަސް ފަހަތަށް ދިޔައެވެ. އަދި ޖީބުން ފޯނު ނެގުމަށްފަހު ނާއިޒް އަށް ގުޅައިލިއެވެ. ފުރަތަމަ ގުޅުމުން ނާއިޒް އަޅައިނުލުމުން ދެން ނިޔާޒް ނާއިޒް އަށް ފޮނުވީ މެސެޖެކެވެ. ” އޭ ބްރޯ އެއްކަލަ އަޔާޒް އެބައުޅޭ މޫދަށް ގެނބިގެން އަވަހަށް އާދެބަލަ މިރަށު އަތިރިމަތީގަ އޮންނަ ތުނޑިއަށް އަވަސް އަވަސް ????” ނިޔާޒް ގެ މެސެޖް ކިޔުމަށްފަހު ނައިޒް ރިޕްލައި ފޮނުވާފައެވެ. ” ނައިސް ޓްރައި ނިޔާޒް އަމް ނޮޓް ގޮނަ ފޯލް ފޯރް ޔޯރް ޕްރޭކް …. އެކަމް ނިޔާޒް ތިއުޅެނީ ހަންދާން ނެތިގެން ކަންނޭނގެ އަޔާޒް އަށް ފަތަން އެނގޭކަން…. އަމް ނޮޓް އަ ފޫލް ނިޔާޒް ތި ހަދާހާ ދޮގު ތަށް ގަބޫލު ކުރާކަށް ????” ނިޔާޒް ނާއިޒް ގެ ރިޕްލައި ލިބުމުން ” ޝިޓް” އޭ ބުނެލިއެވެ. ނާއިޒް ގެ ރިޕްލައި ފެނުމުން އަޔާޒް ނިޔާޒް ގެ ފުއްކިބާގައި ޖެހިއެވެ. އަދި އެއަށްފަހު ބިންމަތީ ހަތަރު ފަސް ވަރަކަށް ބަރަވެލި ހިފައިގެން ހިރަނދު ގަހަށް އެރުމަށްފަހު ނާއިޒް މޭ ގެ ބޯމައްޗަށް ވާގޮތަށް އިން އަފިގަންޑުގަ އިށީންނިއެވެ. އެއަށްފަހު ނާއިޒް ގެ ބޮލަށް ހުރިހާ ބަރަވެލި ތަށް އަޅާލުމަށް ފަހު މަޑުމަޑުން ގަހުން ފޭބިއެވެ.
” ވާވް ނައި ދައްތާ ހާދަ ރީތި ތަނެކޭ މީ……. އިޓްސް އަ ޝޭމް ކުޑޭ ގެ މޫޑު ރަނގަޅު ވީމަ އަނެއްކާ އަލުން އަނބުރާ މާލެ ދާން ޖެހޭނެ ” އަޒްހާ ނައިރާ އާއި ރިޒާ ގެ ދެމެދުގަ ދޮނވެލިގަންޑު މަތީ އިށީންނަމުން ބުނެލިއެވެ.” ކުޑޭ ގެ މޫޑު ރަނގަޅު ވީމައޭ ތިބުނީ ؟؟؟” ރިޒާ އެހެން ބުނުމުން އަޒްހާ ފުންނޭވައެއް ލިއެވެ. ” ކުޑޭ ގެ އެކްސް ގާލްފްރެންޑް ޔަލްވީ އާ ހެދި ކުޑޭ ދެރަވީމަ މަންމަ ބުނީ އަޒްހާ ހިފައިގެން މި ރަށަށް އަންނާށޭ…. އަސްލު އެހެން ގެއެއްގަ އުޅެން ހަމަޖެހިފަ އޮތީ އެކަމް އެ މީހާ މި ރަށުގަ ނޫޅޭތީ ނައި ދައްތަ މަންމަ ކައިރީ ބުނީ އަޒްހާ މެން ތި ގެއަށް ގެން ދާށޭ ” އަޒްހާ ވީގޮތް ކުރު ގޮތަކަށް ކިޔައިދިނެވެ.” ހިންގާ ދެން ގެއަށް ދަމާ މިހާރު މިތާގަ ވަރަށް ގިނައިރު ވަންދެން ތިބެވިއްޖެއެއްނު ” ރިޒާ ކޮއްޅަށް ތެދުވުމަށް ފަހު ހެދުމުގަ ހުރި ދޮންވެލި ތައް ފޮޅާލަމުން ބުނެލިއެވެ.” ހާދަ އަވަހަކަށް ” އަޒްހާ ގެއަށް ދާން ބޭނުން ނުވުމުން ބުނެލިއެވެ.” މިހާރު 5:58 އެވީ ވާހަކައިގަ ޖެހުނީ މަ ނޭނގޭނެ ވަގުތު ފާއިތު ވާނުވާ ގޮތެއް ” ނައިރާ ފޯނުން ގަޑި ބަލައިލަމުން ބުނެލިއެވެ. އަދި ގެއަށް ދާން ކޮއްޅަށް ތެދުވިއެވެ.” ފައިން ހިނގާ ދަމާ ” އަޒްހާ ހިތާއި ދެކޮޅަށް ކޮޅަށް ތެދުވެ ލަމުން ބުނެލިއެވެ. އަޒްހާ ކޮޅަށް ތެދުވަމުން ނައިރާ އާއި ރިޒާ ހިންގައިގަތެވެ.” އޭ ބަލަ އެ ހުރީ މިޝް ” ދުރުގަ ހުރި މިޝްހާ ފެނުމުން ރިޒާ ބުނެލިއެވެ.” އެތާގަ މިޝް ހުރިއްޔާ ދޮންބެ ވެސް ހުންނާނެ ” ނައިރާ އެހެން ބުނުމުން ރިޒާ ވެސް އެކަމަށް އެއްބަސް ވެލަމުން މިޝްހާ އާއި ދިމާއަށް ހިނގައި ގަތެވެ.” މިޝްހާ މީ ކޮންކަމެއް ” މިޝްހާ ކައިރީގަ ދުވަން ތިބި އަޔާޒް އާއި ނާއިޒް އާއި ނިޔާޒް ފެނުމުން ނައިރާ އަހާލިއެވެ. ނާއިޒް އަޔާޒް އާއި ނިޔާޒް ފަހަމުން ދިޔައިރު ހީވަނީ އަދިވެސް ކުޑަކުދިން ތަކެއް ހެންނެވެ.” ބަލާބަލަ ޓޮމް އެން ޖެރީ އެކޭ އެއްވެސް ތަފާތެއް ނެތް ދޯ ރިޒް ދައްތާ ” އަޒްހާ ހިނިއައިސްފަ ހުރެ އެހެން ބުނުމުން މިޝްހާ ހޭން ފެށިއެވެ. ކުއްލިއަކަށް ނިޔާޒް ދުވަމުން ދުވަމުން އައިސް ރިޒާ ގެ ފަހަތަށް ވަނެވެ. އަދި ނާއިޒް އައުމުން ރިޒާ ގެ ކޮނޑުގައި ހިފާ ނާއިޒް ގެ ކުރި ބެއްދޭތޯބެލިއެވެ.” ބަލަ މަ މީ ނިޔާޒް ގެ ހިޔުމެން ޝީލްޑް ތަ ދޫކުރޭ ” ރިޒާ ނިޔާޒް ގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.” އިޒް ދެ ހުއްޓާލަބަ ނިޔާޒް އެ އުޅެނީ ރިޒާ އެކޮޅުކޮޅުން ޖަހައޭ ” މިޝްހާ ނާއިޒް ގެ އަތުގަ ހިފަހައްޓާލަމުން ބުނެލިއެވެ.” އޯކޭ ފައިން ” ނާއިޒް ހިން ދެމީލަމުން އެހެން ބުނެލިއެވެ.” ހޫހް…. ވާޅުވެއްޖެ ” އަޔާޒް އައިސް ނައިރާ ކައިރީ ހުއްޓިލަމުން ބުނެލިއެވެ. އަދި މޫނު މަތީގަ ހުރި ހުރިހާ ދާ ތިކިތައް ފުހެލި އެވެ. އެއިރު ނައިރާ ހުރީ އަޔާޒް ފެނި އެހެން ދިމާއަކަށް ބަލަން ނުކުޅެދިފައެވެ.” ބަލާބަލަ މި މިޝް މީ ކުރިން އަބަދު އަހަރެންނާއެކު އުޅޭ މީހެއް… މި ނާއިޒް ކަލޯ އާ ރައްޓެހި ވީ ފަހުން އަހަރުންނާ ވާހަކަ ދައްކަން ކީއްކުރަން ބަލާވެސް ނުލާ ދޯ ނައި ” ރިޒާ ނައިރާ ދޯ ދެމުން ނައިރާ އަށް ބަލައިލިއެވެ. އެއިރު ނައިރާ ގެ ހުރިހާ ސަމާލުކަމެއް ވަނީ އަޔާޒް އަށް ހުއްޓިފައެވެ. މިތަން ފެނުމުން ރިޒާ ގާތަށް ނުލަފާ ހިންޏެއް އައެވެ.” ނައި ދައްތާ ކިހިނެއް ވެފަ ތިހުރީ ” އަޒްހާ ނައިރާ ގެ އަތުގަ ކޮއްޓާލުމުން ބުނެލިއެވެ.” ނައި އެ ހުރީ ޔާޒް ގެ ހިޔާލީ ދުނިޔޭގަ އަޒްހާ ދޯ ނައި ” ރިޒާ އެހެން ބުނުމުން ނައިރާ ޖަވާބު ދިނެވެ.” އާނ……. ނޫން….. ކޯއްޗެކޭ ” ކުއްލިއަކަށް ނައިރާ އަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ.” ނައީ….. ކޮން ޔާޒް އެއްތަ އެއީ ދޮންބެ ކައިރީ ވެސް ބުނެބަލަ ” ކުއްލިއަކަށް ނާއިޒް އެހެން ބުނުމުން ނައިރާ ރިޒާ އަށް ބަލާލިއެވެ.” ރިޒް ކޮން ޔާޒް އެއްތަ ” ނައިރާ އަށް ވެސް ނޭނގުމުން އަހާލީ ރިޒާ ކައިރީގައެވެ.” މި އެންމެން ގެ ތެރޭގަ ބުނަންވީ ” ރިޒާ އެހެން ބުނުމުން ނައިރާ ކުޑަކޮށް ވިސްނާލިއެވެ. ފަހަރެއްގަ ނައިރާ ބޭޒާރު ވެދާނެ ކަހަލަ ވާހަކައެއް ވެދާނެތީ ނައިރާ ބުނެލިއެވެ.” ނޫން އަހަރެން ކައިރީ އެކަނިން ބުނަން ވީ ” ” އަޔާޒް ” ނައިރާ އެހެން ބުނުމުން ރިޒާ އައިސް ނައިރާ ގެ ކަންފަތް ދޮށުގަ ބުނެލިއެވެ. ރިޒާ އަޔާޒް ގެ ނަން ބުނުމުން ނައިރާ” ވަޓް ” އޭ ބުނެލިއެވެ. ދެން ރިޒާ ފެށީ ލަވެއް ކިޔަން ށެވެ.
” ފެނުނު މަންޒަރު ގެ ފުރިހަމަ ކަމުން
ވެވުނު ގަދަރެއް ނުއެނގުނޭ ނިދީގާ
ފެނުނު ނާޒުކު އެ ހަރަކާތް ތަކުން-”
ރިޒާ އަށް ކިޔުނީ އެހާ ހަމައަށް ށެވެ. އެއީ ވެސް ނައިރާ ރިޒާ ގެ އަންގަމަތީގަ އަތްއަޅާ ލުމަށްފަހު ރިޒާ ހިފައިގެން ކުރިއަށް ހިނގައި ގަތުމުން ނެވެ. އަޒްހާ ވެސް ދުވެފައި ގޮސް ނައިރާ އާއި އެއްވަރު ކުރިއެވެ. ” ތި މީހުން ދޭ އަހަރުން ދާނަން ފަހުން” ނާއިޒް މިޝްހާ ގެ އަތުގައި ހިފާ ލަމުން އަޔާޒް އާއި ނިޔާޒް އަށް ބުނެލިއެވެ. ” ރިޒް ވަޓް ދަ ހެލް އާރް ޔޫ ސެއިން” ނައިރާ ރިޒާ ގެ އަނގަ މަތިން އަތް ނަގަމުން ބުނެލިއެވެ. ރިޒާ ހުރިތަނަށް ހުއްޓުމުން ނައިރާ ކުރިއަށް ބަލާލީ ރިޒާ ކުރިއަށް ބަލައިގެން ހުރުމުންނެވެ. ކުރިމަތިން އަންނަ ޒައިދާން ފެނި ނައިރާ އަށް ރިޒާ އަށް ބަލާލެވުނެވެ. އެއިރު ރިޒާ ގެ ހަށިގަނޑުގައި ތުރު ތުރު އަޅަމުންދިޔައެވެ. ” ހޭ ތި މީހުން މިތާ ބުދެއް ހެން ހުއްޓިގެން ތި ތިބީ ކީއްވެ” ނިޔާޒް އައިސް ނައިރާ މެން ކައިރީ ހުއްޓިލުމަށްފަހު ބުނެލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުމުން ނައިރާ އާއި ރިޒާ ގެ މޫނަށް ބަލައިލިއެވެ. ރިޒާ ގެ މޫނު މަތީގަ ހުރި ބިރުވެރިކަމާ ނައިރާ ގެ މޫނު މަތީގައި ހުރި ހާސްކަން ފެނި ނިޔާޒް އަށް ކޮންމެވެސް ގޯހެއް އުޅޭކަން އެނގިއްޖެވެ. ނިޔާޒް ބަލައިލީ ކުރިމަތިން އައި ޒައިދާން އަށްށެވެ. ޒައިދާން ރިޒާ އާއި ދިމާއަށް ބަލަމުން ދިޔަ ގޮތް ނިޔާޒް އަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެއީ ކީއްވެ ކަން ހުދު ނިޔާޒް އަކަށް ވެސް ނޭނގެއެވެ. ” ރިޒް މަގޭ އަތްދަށުން އެވަގުތު ސަލާމަތް ވިއަސް މި ގަޑީގަ ސަލާމަތް ކުރާނީ ކާކު” ޒައިދާން އެހެން ބުނުމަށް ފަހު ރިޒާ ގެ ދަތްދޮޅީގަ ހިފަހައްޓާ ލިއެވެ. އަދި މަޑުމަޑުން ރިޒާ ގެ މޫނާ ކައިރިވަމުން ދިޔައެވެ. ނައިރާ ހުރީ ހަދާނެ ގޮތެއް ނޭނގި ފައެވެ. އެހީއަކަށް އެދި ގޮވިއަސް އަންނާނެ އެކަކު ވެސް ނުވާނެކަން ނައިރާ އަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. އެއީ އެންމެން ޒައިދާން ދެކެ ބިރުގަނާތީއެވެ. ޒައިދާން ކުރަން އުޅޭ ކަމެއްގެ މެދު ތެރެއަށް ވަދެއްޖެނަމަ ޒައިދާން އެމީހަކަށް ބޮޑު ގެއްލުމެއް ނުދީ ނޫނީ ނުހުންނާނެއެވެ. އެކުވެރިޔާ ގެ ދިފާޢުގަ އެއްވެސް ކަމެއް ކުރެވެން ނެތުމުން ނައިރާ އަށް ރޮވޭ ގޮތް ވިއެވެ. ކުއްލިއަކަށް ބިންމައްޗަށް އެއްޗެއް ވެއްޓުނު އަޑު އިވުމުން ނައިރާ ބަލާލިއެވެ. ބިންމަތީގައި އޮތީ ޒައިދާން އެވެ. ” ބަލާއެއްނު……..” ކުއްލިއަކަށް ޒައިދާން އެހެން ބުނެފަ ތެދުވަމުން ނައިރާ ދިޔައީ ސިއްސައިގެންނެވެ. ނައިރާ ބަލާލީ ބިރުން ރިޒާ އަށްށެވެ. ނައިރާ ހީކުރީ ރިޒާ ޒައިދާން ކޮއްޕާލި ކަމަށް ށެވެ. ނަމަވެސް ނިޔާޒް ރިޒާ ކައިރީގަ ހުރުމުން ނައިރާ ވީ ކީއް ކަން އެންގުނެވެ. ” ކިހާ ބޮޑު ބަލާއެއް ދޯ… ބަލަ ކައެއާ ބެހޭ ކަންތަކާ ބެހިބަލަ” ޒައިދާން ނިޔާޒް އާއި ދިމާ އަށް ހަޅޭ ލައްވައި ގަތެވެ. ” މީ އަހަރެންނާ ބެހޭ ކަމެ އެހެންވެ މި ބެހުނީވެސް” ނިޔާޒް އެހެން ބުނުމުން ޒައިދާން ނިޔާޒް ގައިގަ ޖަހަން އައެވެ. ނަމަވެސް އޭގެ ކުރިން ނިޔާޒް ޒައިދާން ގައިގާ ގޮއްމުއްޓުން ޖެހިއެވެ. ޖެހިދެއް ބާރުކަމުން ޒައިދާން ބިންމައްޗަށް ވެއްޓުނެވެ. ” އަޔާޒް ދޭ ނައިރާ އާއި އަޒްހާ ގެއަށް ލާން އަހަރެން އަންނާނަން ރިޒާ ލާފަ” ނިޔާޒް އެހެން ބުނުމަށް ފަހު ރިޒާ ގެ އަތުގަ ހިފައިގެން މަގަށް މިސްރާބު ޖެހިއެވެ. އަޔާޒް ވެސް ބެލީ އަވަހަށް ޒައިދާން ތެދުވުމަށް ކުރިން އެތަނުން ނައިރާ އާއި އަޒްހާ ހިފައިގެން ދެވޭތޯ އެވެ. ގެއަށް ދިޔަ މަގުމަތީގަ އަޔާޒް އަދި ނައިރާ ވެސް ވާހަކައެއް ނުދައްކަ އެވެ. ހަމައެކަނި ވާހަކަ ދައްކަމުން ދިޔައީ އަޒްހާ އެވެ. ގެއަށް އާދެވުމުން އަޔާޒް ވަނީ ފާހާނާއަށް ފެންވަރަން ށެވެ. ނައިރާ ދިޔައީ ބަދިގެއަށް ފެން ފޮދެއް ބޯލުން ށެވެ. އެހެން ކަމުން އަޒްހާ އިށީންނީ ސޯފާގައެވެ. ސޯފާގައި އިށީންނުމަށް ފަހު އަޒްހާ ލާގެން އިން ފިޓް ޖިންސުގެ ޖީބުން ފޯނުނެގިއެވެ. ފޯނުގެ ޕަވާ އޮފް ވެފަ އޮތުމުން އަޒްހާ އަވަސްވެގަތީ ފޯނު ޗާރްޖައް ޖެހުމަށް ށެވެ. އެހެންވެ އަޒްހާ ދުވެފަ ކޮޓރިއާއި ދިމާއަށް ދިޔައެވެ. އަޒްހާ ފޯނުގެ ކަވަރަށް އެޅިފަ ހުރި ދޮންވެލި ތަށް ފޯޅަމުން ދިޔުމުން ކުރިމަތިން އައި ނަވާން އެއް ނުފެނުނެވެ. އަޒްހާ އެ ދިޔަގޮތަށް ގޮސް ޖެހުނީ ނަވާން ގައި ގައެވެ. ނަވާން ވެސް ފޯނަށް ސަމާލުކަށް ދީގެން އިނުމުން ދުވެފަ އާއި އަޒްހާ އެއް ނުފެނުނެވެ. އޭގެ ނަތީޖާ އަކަށް ވީ ދެމީހުން އެއްކޮށް މުށިގަނޑު މައްޗަށް ވެއްޓުމެވެ. ވެއްޓުނު ގޮތަށް އަޒްހާ ގެ ނިއްކުރި ޖެހުނީ މުށިގަނޑު މަތީގައެވެ. ނަވާން ގެ މޫނު މަތީގަ އަޒްހާ ގެ އެތަށިގަނޑު އޮތްއިރު އެއިސްތަށިގަނޑުން އެރި ސްޓްރޯބެރީ ވަސް ނަވާން ގެ ނޭފަތުގަ ޖެހުމުން ނަވާން އެތެރެއަށް ފުން ނޭވައެއް ލިއެވެ. އަޒްހާ މުށިގަނޑު މަތިން މޫނު ނަގަމުން ނަވާން ގެ މޫނަށް ބަލާލިއެވެ. ނަވާން ގެ މިސްޓް ބްލޫ ކުލައިގެ ދެލޯ ފެނި އެއްވެސް އިޚްތިޔާރަކާ ނުލާ އަޒްހާ ނަވާން ގެ އެ ފުން ކަނޑެއް ފަދަ ލޮލަށް ގެނބިގެން ދާން ބޭނުންވިއެވެ. ނަވާން ގެ ހާލަކީތޯއެވެ. އަޒްހާ ގެ މޫނު އެހާ ކައިރިން ފެނުމުން ނަވާން އަނގައި ތަލީގަ ކުޅު ހިކުނެވެ. އަޒްހާ ގެ ލޮލުގެ ޖާދޫގަ ޖެހިފަ ނަވާން އަށް އޮވެވުނީ ކީހާއިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ. އަޒްހާ އަދި ނަވާން ވެސް ހަމަ ހޭވެރިކަން ވީ ދެ މީހެއްގެ ކަރު ކެހުނު އަޑަށްށެވެ. އަޒްހާ އަވަހަށް ނަވާން ގެ ގައި މަތިން ތެދުވިއެވެ. އަދި ދުވެފަ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ނަވާން ވެސް އަޒްހާ އޭނާގެ ގައިމަތިން ތެދުވަމުން ކޮޅަށް ތެދުވިއެވެ. އަދި ކުރިމަތީގަ ތިބި އަޔާޒް އާއި ނައިރާ އަށް ބަލާލުމަށްފަހު ބަދިގެއަށް ދިޔައެވެ. ނައިރާ އާއި އަޔާޒް ތިބީ ހިނިގަނޑު ކޮންޓްރޯލް ކޮށްގެންނެވެ. އެ ދެމީހުން ދިޔުމުން އަޔާޒް އާއި ނައިރާ ގެ ހިނިގަންޑު ފަޅާ ގެންދިޔައެވެ.
ބަންގީގެ އަޑު އިވުމާއެކު ނައިރާ ވަނީ ކޮޓަރިއަށް ށެވެ. އަޔާޒް ދިޔައީ އެރަށުގެ މިސްކިތައްށެވެ. ނައިރާ ކޮޓަރިއަށް ވަތް އިރުވެސް އަނގައިން ހިނި ނުކެނޑެއެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ ނައިރާ ވުޝޫ ކޮށްލައިގެން ނިކުމެ މަޣްރިބް ނަމާދު ކުރިއެވެ. ނަމާދު ކޮއްނިމުމުން ނައިރާ މުސޮއްލަ އޮޅާލުމަށް ފަހު އަލަމާރިއަށް ލިއެވެ. ނައިރާ އަށް ވިސްނަމުން ދިޔައީ ރިޒާ އާއި ދޭތެރޭގައެވެ. ރިޒާ އަށް ސަލާމަތާއެކު ގެއަށް ދެވުނު ތަ ؟ ނިޔާޒް އާއި ރިޒާ ގެޔަށް ދިޔަ މަގުމަތީގަ ޒައިދާން އާއި ދިމާވިތަ ؟ މި ސުވާލު ތަށް ނައިރާ ގެ ސިކުނޑި ތެރޭގައި މެއްސެއް ހެން އެނބުރެމުން ދިޔައެވެ. ނައިރާ ގެ ހިތަށް ނުބައި ހިޔާލު ތަށް ވަންނަން ފެށުމުން ނައިރާ އަވަހަށް ހަތިމު ނަގައިގެން ޤުރުއާން ކިޔަވަން ފެށިއެވެ. ނައިރާ ކިޔަވަން އެނދުމަތީގަ އިނދާ ކޮޓަރީ ދޮރު ގަ ޓަކިޖެހުމުން އެތެރެއަށް ވަނުމަށް ބުނިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


saabahey ❤️❤️❤️
Thanks for giving a saabahay GUITAR LOVER ????
anytime ❤️
mi part ves vvvvvvvv reethi
dhen anna part ah kehmadhu vefa
Thanks Horror queen ☺️☺️☺️