Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 6

Star Fire Level 310 Stories
February 8, 2022 5 Mins Read
2 Comments

” ނިޔާޒޫ ” އަޔާޒް ނިޔާޒް ކައިރިއަށް ގޮސް ވަރަށް ބާރަށް ބުނުމުން ނިޔާޒް ދިޔައީ ސިއްސައިގެންނެވެ. ނިޔާޒް ނިދިން ފުރިފައިވާ އަޑަކުން ބުނެލިއެވެ. ” ކިހިނެއްތަ ވީ ” ” މާ ބޮޑު ކަމެއް ނުވޭ….. މި އައީ ޖޮގް އަކަށް ގޮސްފަ ” އަޔާޒް އެހެން ބުނުމުން ނިޔާޒް” ދެން ކިހިނެއްވީ ހޭ ” ބުނެލިއެވެ.”  މި ރަށުގަ ހުރެއެއްނު އައުޓް ޑޯރް ޖިމް އެއް އެތަނަށް ދިޔައީ ” ” އަޔާޒް ތި ބުނަން އުޅޭ އެއްޗެއް ސާފުކޮއް ބުނެބަލަ ” ނިޔާޒް އެންމެފަހުން މޫނުމަތީގަ އަތް ކާތާލަމުން ބުނެލިއެވެ. އަޔާޒް ފުން ނޭވާއެއް ލުމަށްފަހު ބުނެލިއެވެ. ” ރިޒް އާ ދިމާވީ…… ރިޒް އެހި ނިޔާޒް އަށް ސަލާމަތުން ގެއަށް ދެވުނު ހޭ “އަޔާޒް އެހެން ބުނުމުން ނިޔާޒް ހައިރާން ވެފަ ހުރެ ބުނެލިއެވެ.” ރިޒް އޭ….. އަޔާޒް ކޮންއިރަކު ރިޒާ އާއި ދިމާއަށް ރިޒް ކިޔަން ފެށީ ” ނިޔާޒް އެހެން ބުނި ގޮތުން ހީވަނީ އަޔާޒް ރިޒާ އާއި ދިމާއަށް ރިޒް ކިޔުމުން ހިތްހަމަ ނުޖެހިފަ ހުރި ހެންނެވެ.” އަނެއްހެން ބުނާނަމަ މީގެ އިރުކޮޅެއް ކުރިން ” އަޔާޒް ހިނިގަންޑު ބަނޑަށް ހިނދާލަމުން ބުނެލިއެވެ.” ވަޓް ދަ އޭނާ ރުޅިއެއް ނާދޭ ” ނިޔާޒް ހައިރާން ވެފަ ހުރެ ބުނެލިއެވެ.” ކީއްވެ ރުޅި އަރަން ވީ ރިޒާ އަމިއްލަ އަކަށް ބުނީ މަ ކައިރީ ރިޒް ކިޔާ ށޭ” އަޔާޒް އެހެން ބުނުމުން ނިޔާޒް “ވަޓް” އޭ ބުނުމަށް ފަހު ކޮޓަރިއަށް ވަނެވެ. ނިޔާޒް ކޮޓަރިއަށް ވަނުމުން އަޔާޒް ބުނެލިއެވެ. ”  ޔޫ ލައިކް ހާ ” އަޔާޒް އެހެން ބުނީ އިއްޔުން ފަށައިގެން އަޔާޒް އާއި ދިމާވި ފަހުން ނިޔާޒް އަނގަ ހުއްޓާ ނުލާ ރިޒާ ގެ ވާހަކަ ދައްކާތީއެވެ. އަދި އޭގެ އިތުރުން ނިޔާޒް އަށް ރިޒާ ކަމުދޭހޭ ބުނުމުން އެކަމަށް އިންކާރު ކުރުމުން ނެވެ. ނިޔާޒް އަކީ ޕްލޭ ބޯއީ އެކޭ ބުންޏަސް ތަފާތެއް ނުވާނެއެވެ. އޭނާއަކީ ފެނޭހާ ކޮންމެ އަންހެނަކާ ރައްޓެހިވާ މީހެކެވެ. އަޔާޒް އެހެން ބުނީ ހަމަ މަޖަލަކައް ށެއް ނޫނެވެ. ނިޔާޒް ގެ ގޮތް އެނގޭތީއެވެ.

ނައިރާ ރޮށި ފިހެ ނިމުމުން އުޅުނީ ބޭކެޑް ބީންސް ހެދުމުގައެވެ. ނަމަވެސް ނުބަލާ އުޅެނިކޮށް ނައިރާ ގެ އަތް އުނދުން މަތީގައި ހޫނުކޮށް ހުރި ތެއްޔުގަ ޖެހި އެތަން ކުޑައިކޮށް ފިހުނެވެ. އެތަނުން ނަގަމުން ދިޔަ ދިލަ ކުޑަ ކުރުމަށް ޓަކައި ނައިރާ ސިންކް އާ ކައިރި ވެލަމުން ޓީށާޓުގެ އަތްކުރި އޮޅާލުމަށް ފަހު އެތަނަށް ފެންއަޅަން ފެށިއެވެ. ފެން އަޅަމުން ދީޔަވަރަކަށް ނަގަމުން ދިޔަ ދިލަ ކުޑަވަމުން ދިޔައެވެ. ދިލަ އެއްކޮށް ކެނޑިގެން ދިޔުމުން ނައިރާ އަނެއް ފަރާތަށް އެނބުރި ލިއެވެ. އެނބުރުނު އިރު އަޔާޒް ބަދިގޭ ދޮރުކައިރީ ނައިރާ އާއި ދިމާއަށް ބަލަން ހުރުމުން ނައިރާ ދިޔައީ ސިއްސައިގެންނެވެ. އަޔާޒް ހުރީ ނައިރާ ގެ އަތުގައި ނޭ ކުލަ އަރާފަ ހުރި ތަނަށް ބަލައިގެންނެވެ. ނައިރާ އަށް އެކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ. އެހެންކަމުން އަވަހަށް އޮޅާފައި ވާ ޓީށާޓުގެ އަތް ކުރި ތިރިކުރެއެވެ. އަދި ތެއްޔުގައި ހުރި ބީންސް ތަށް ފަހު ފަހަރަށް އެއް ކޮއްލުމަށްފަހު ތައްޓަކަށް އެޅުމުގަ އުޅުނެވެ. އަޔާޒް ވެސް  ބަދިގެއަށް ވަދެ ފްރިޖް އިން ފެންފުޅި އެއް ނެގުމަށްފަހު ފެންފޮދެއް ބޯލިއެވެ. އަދި އަވަހަށް ބަދިގެއިން ނިކުމެވޭ ތޯ ބޭލިއެވެ. ” އަޔާޒް” އަޔާޒް ހުއްޓުން އެރީ ނައިރާ އޭނަ އަށް ގޮވައިލުމުން ނެވެ. ” އަމް………..ނިޔާޒް އާއި ދޮންބެ އާއި ނަވާން ކައިރީ ބުނޭ ސައިބޯން އަންނާށޭ” ނައިރާ އެހެން ބުނުމުން އަޔާޒް ބުނެލިއެވެ. ” ހާދަ އަވަހަކަށް”  ” އެއްވެސް އަވަހެއް ނޫން މިހާރު 9:00 އެ ޖަހަނީ” ނައިރާ ކުޑަކޮށް ހީލަމުން ބުނެލިއެވެ. އަޔާޒް ވެސް ބޯ ކަހާލުމަށްފަހު ނިޔާޒް މެން ނަށް ގޮވުމަށް ދިޔައެވެ. ” ނައީ” ނައިރާ ބަދިގެއިން ނިކުންނަނި ކޮށް މިޝްހާ ގެ އަޑު އިވުނެވެ. ” ކިހިނެއްވީ ތިހާ އަޑު ގަދަ ކޮށްލައިގެން ތިއުޅެނީ އަނެއްކާ ދޮންބެ ޕްރޮޕޯޒް ކުރީތަ” ނައިރާ މިޝްހާ ކައިރިއަށް ދަމުން ބުނެލިއެވެ. ” ޔެސް” މިޝްހާ ހުރިހާ ދަތް ތަށް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. މިޝްހާ އެހެން ބުނުމުން ނައިރާ ކުޑަކޮށް ށޮކް ވިއެވެ. އިރުކޮޅެއް ނުވަނީސް ފެނުނީ ނައިރާ މިޝްހާ ގެ ދެއަތުގައި ހިފަހައްޓަމުން ” ހަމަ އަސްލު ވެސް ހޭ” ކިޔާ ފުންމަމުން ދިޔަ ތަނެވެ. ” އަމް ސޯ ހެޕީ ފޯ ޔޫ މިޝްހާ….. އައި މީން ވާނ އުޅޭ ދޮންބެ ދައްތާ” ނައިރާ އެކުވެރިޔާގެ އުފާވެރި ކަމުގައި ބައިވެރި ވަމުން ބުނެލިއެވެ. ” ކޮބާ ރިޒް ރިޒް ކައިރީ ބުނެފިން ތަ” ނައިރާ އެހެން ބުނުމުން މިޝްހާ ފޯނުން ގުޅާފަ ބުނެފިން ކަމަށް ބުނެލިއެވެ. އަދި ރިޒާ މިގެއަށް އިރުކޮޅަކުން އަންނާނެ ކަށްވެސް ބުނެލިއެވެ. މިޝްހާ އެހެން ބުނުމުން ނައިރާ މިޝްހާ ހިފައިގެން ގޮސް ސޯފާގައި އިށިންދެލަމުން ބުނެލިއެވެ. ” ޑީޓޭލްސް އާއެކު ކިޔާދީ ބަލަ ދެން”  ” ނޫން ރިޒް އައީމަ ކިޔާ ދޭނީ” މިޝްހާ އެހެން ބުނުމުން ނައިރާ ރިޒާ އަންނާނެ އިރެއް ގައި އިންތިޒާރު ކުރަމުން ދިޔައެވެ. މާގިނައިރު އިންތިޒާރުގައި އިންނާކަށް ނުޖެހުނެވެ. އިރުކޮޅެއް ނުވާނީސް ފެނުނީ ރިޒާ ދުވެފަ ވަދެގެން އައި ތަނެވެ. ” ޑީ…. ޑީޓޭލްސް… އައި ވޯންޓް ޑީޓޭލްސް” ރިޒާ ދުވެފައި އާ ކަމުން ފުންނޭވައެއް ލަމުން ބުނެލިއެވެ. ” އޯކޭ ފައިން……….ރޭގަ ދުއްވާލަން ގޮސްފަ އިޒް އަހަރެން ހިފައިގެން ދިޔައީ ރަށުގެ ފުއްޓަރު ފަރާތަށް ގޮސްފަ އަހަރެން ކައިރީ ބުނީ އިރުކޮޅެއް ވަންދެން މަޑު ކޮއްލާށޭ އެއަށްފަހު އިޒް ދިޔައީ ގޮނޑުދޮށަށް ފައިބާގެން ދެން އަހަރެން މަޑުކުރީ އިޒް އަންނަންދެން…….. އިރުކޮޅެއް ނުވަނީސް އިޒް އައިސް ބުނީ އަހަރެން ކައިރީ ހިނގާށޭ ދަމާ އަހަރެންގެ ލޮލު މަތީގަ އަތް އަޅާ ލަމުން ދެން އަހަރެން ހިފައިގެން ދޮން ވެލިގަނޑު މައްޗަށް ފޭބުމަށްފަހު ލޯމަތިން އަތްނެގީ….. އިޓް ވޯސް ސޯ ބިޔުޓިފުލް ކުދިކުދި ކޭނޑަލްސް އިން ވިލް ޔޫ މެރީ މީ މިޝްހާ ޖަހާފަ އިނީ މުޅިތަނަށް ތައުޒެން ފްލާވާސް ވިއްސާފަ އޮތްއިރު ވަރަށް ރީތި ދެން އަހަރެން ފަހަތަށް އެނބުރުނު އިރު އިޒް އިނީ އެއްފައި މައްޗަށް ތިރިވެ ގެން ރިންގެއް ހިފައިގެން…….. އިޒް ސެއިޑް ވިލް ޔޫ މެރީ މީ ” މިޝްހާ ލަދުން އިނދެ ކިޔައިދިނެވެ.” އޯ މައި ގޯޑް ތައުޒެން ފްލާވާސް ކޭނޑަލްސް ސައުންޑްސް ސޯ ރޮމޭންޓިކް….. އަނެއްކޮޅުން  އަދި މިޝް ގެ ފޭވްރިޓް ފްލާވާ ” ރިޒާ ހުވަފެނީ ގޮތަކަށް ބުނެލިއެވެ.” އޭ ރިޒް ދޮންބެ މެލޭޝިޔާ ގޮސްފަ އެންމެ ފުރަތަމަ ފަހަރަށް އައެއްނު ޗުއްޓީ އަށް އެ ޗުއްޓީ އަށް އައިސްފައެއްނު ދޮންބެ އަށް މިޝް  ފެނުނީ އަދި އެވެސް ފުއްޓަރު ފަރާތުން… ޔަގީން ވަންޏާ އެތާގަ ކަންނޭނގެ މިޝް އަށް ޕްރޮޕޯޒް ކުރީ ” ނައިރާ މިޝްހާ އަށް ޖެއްސުން ކޮއްލުމުގެ ނިޔަތުގައި ބުނެލިއެވެ. އަދި ރިޒާ އާއި ދެމީހުން ވެގެން ހޭން ފެށިއެވެ. އެއަށްފަހު ނާއިޒް އާއި މިޝްހާ އަށް ނިސްބަތް ކޮށް ލަވަކިޔަން ފެށިއެވެ. 

” ދުރުގަ ހުއްޓަސް ކަލާ އޭ މިހިތުގާ ވަނީ 

ތިޔަ ހަނދާނުން ހެންދުނާ ހަވީރު ވެ ދަނީ-” 

ނައިރާ އާއި ރިޒާ ދެމީހުން ލަވަ ކިޔާކިޔާ ތިއްބާ މިޝްހާ ” ދޭން!!!! ” އޭ ކިޔާ ހަޅޭލައްވައި ގަންނަމުން ސޯފާގައި ހުރި ކުށަން ތައް އެ ދެމީހުންގެ މޫނު މައްޗަށް ޖެހިއެވެ. އޭގެ ސަބަބުން ތިން މީހުންގެ މެދުގައި ކުށަން ފައިޓް އެއް ފެށުނެވެ. ” ހާދަ އަޑުގަދަ ކޮށްލައިގެން ތި އުޅެނީ” ކޮޓަރިން ނިކުމެގެން އައި ނާއިޒް އެހެން ބުނުމާއެކު ނައިރާ އާއި ރިޒާ ނާއިޒް އާއި ދިމާއަށް ހުރިހާ ކުށަން ތަކެއް އުކަން ފެށިއެވެ. ރިޒާ ނާއިޒް އާއި ދިމާއަށް އެއްޗެހި ކިޔަމުން ކުށަން ތައް އުކަމުން ދިޔައެވެ. ” ބަލާބަލަ ހުންނަ ނުލަފާ ކަން ނުވެސް އަނގާލާ މިޝް އަށް ޕްރޮޕޯޒް ކޮއްފަ އަދި ނުވާކަމަކަށް ހެދިގެން އެބަ އުޅެއެއްނު” މިޝްހާ އައިސް ރިޒާ ގެ އަތުގައި ހިފެހެއްޓުމުން ރިޒާ އަށް ކުށަން ތަށް އުކޭ ގޮތެއްނުވިއެވެ. އެހެން ކަމުން ނައިރާ ނާއިޒް އާއި ދިމާއަށް ކުށަން ތަށް އުކާން ފެށިއެވެ. ކުށަން ތަށް އުކަމުން ދަނިކޮށް ނިޔާޒް ހިފައިގެން އައި އަޔާޒް ގެ މޫނު މަތީގައި ނައިރާ އެއްލި ކުށަން އެއް ޖެހުނެވެ. އަޔާޒް މޫނު މަތީގައި ޖެހުނު ކުށަން ނަގަމުން ނައިރާ އާއި ދިމާއަށް ބަލާލިއެވެ. އަދި ނައިރާ ކައިރިއަށް ހިނގާފައި ދިޔައެވެ. އަޔާޒް ގެ މޫނު މަތީގަ ހުރި ސީރިއަސް ކަން ފެނި އެންމެން ތިބީ އެއްކޮށް ސައިލެންޓް މޯޑް އަށް ގޮސްފަ އޭ ބުނެލިޔަސް ތަފާތެއް ނުވާނެއެވެ. އެކަކު ވެސް އަނގަޔަކުން ނުބުނެ އެވެ. ނައިރާ އިނީ އިސްޖަހައިގެންނެވެ. ކުއްލިއަކަށް އެ ހަމަހިމޭންކަން ފޫއަޅުވާލީ އަޔާޒް ޖަހާލި ހިނިގަނޑެވެ. އަޔާޒް ގެ އަޑު މުޅި ގޭގައި އެކޯ ވަމުން ދިޔަ ކަހަލަ އެވެ. ” ވާވް……. ސޯ ސީރިއަސް ޔެޓް ސޯ ފަނީ….. ސޯ ސްމާޓް ބަޓް އެޓް ދަ ސޭމް ޓައިމް މެސްމަރައިޒިން” ނައިރާ އަށް ބުނެވުނެވެ. ނައިރާ ކިތައްމެ މަޑުން ބުނީ ނަމަވެސް އެއަޑު އަޔާޒް ގެ ކަންފަތާ ހަމައަށް ފޯރިއެވެ. ” ތޭންކްސް ފޯދި ކޮމްޕްލިމެޓް” އަޔާޒް އިސްތަށިގަނޑުގަ އަތް ހިނގާލަމުން ބުނެލިއެވެ. އަޔާޒް އަށް ނައިރާ ބުނި ބަސްތަށް އަޑު އިވުމުން ނައިރާ ލަދުން އިސްޖަހާލިއެވެ. އަދި ބުނެލިއެވެ. ” ދެ….ދެ… ދޭ އެންމެ ސައިބޯން” ނައިރާ އެހެން ބުނުމަށް ފަހު އަވަހަށް ބޭރަށް ނިކުންނަން ދިޔައެވެ. އަޔާޒް ނައިރާ ނިކުމެގެން ދިޔަތަން ބަލަން ހުރުމަށްފަހު ހިނިތުންވެލިއެވެ. އަދި ނިޔާޒް ކައިރިއަށް ދިޔައެވެ. 

ނައިރާ ގެ ފަހަތުން ނިކުތް ރިޒާ އާއި މިޝްހާ އައިސް އެއްފަރާތުގައި ހުރި އުނދޯލި ގަ އިށީންނަމުން ބުނެލިއެވެ. ” ނައި ކިހިނެއް ވެފަ ތިހުރީ ؟” މިޝްހާ މި ސުވާލު ކުރަން ޖެހުނީ ނައިރާ ދެކޮލުގަ އަތް އަޅައިގެން އިނުމުން ނެވެ. ” ތެދެއް ނައި ކިހިނެއް ވެފަ ތިހުރީ؟” ރިޒާ ވެސް އެ ސުވާލު ކުރުމުން ނައިރާ ކޯމަތީގައި އަތް ނެގިއެވެ. ނައިރާ ގެ ދެ ކޯ ރަތް ވެފަ ހުރުމުން ރިޒާ އާއި މިޝްހާ އަށް އެއްފަހަރާ އަހާލެވުނެވެ. “ވަޓް ހެޕެންޑް ޓު ޔޫ”  ” އަޔާޒް އަށް އަޑު އިވުނު….. ގާލްސް ވަޓް އޭމް އައި ގޮއިން ޓު ޑޫ…. އައި ޑޯންނޯ ވައި އައި އިވެން ސެޑް ދެޓް ” ނައިރާ އިސްތަށިގަނޑުގައި ހިފާ ދަމަމުން ބުނެލިއެވެ. ” ކީކޭ ތަ ނައި ބުނީ” މިޝްހާ ނައިރާ ކައިރީ އަހާލިއެވެ. ” އައި ކާންޓް ޓެލް ޔޫ ގާއިޒް” ނައިރާ އެހެން ބުނުމަށް ފަހު އުނދޯލިން ތެދުވަމުން ދުވެފައި ގެއަށް ވަނެވެ. ރިޒާ އާއި މިޝްހާ ތިބީ ވާނުވާ ނޭނގިފަ އެވެ. ދުވެފައި ކޮޓަރިއަށް ވަންނަން އައި ނައިރާ ފެނި އަޒްހާ ބުނެލިއެވެ. ” ނައި ދައްތާ ކި-” ނައިރާ ކޮޓަރިއަށް ވަނުމުން އަޒްހާ އަށް ޖުމްލަ މެދުކަނޑާލަން ޖެހުނެވެ. އަޒްހާ އަޅައިނުލާ ހިނގައިގަތް ތަނާހެން މީހަކު އޭނަ އަށް ގޮވައިލި އަޑު އިވުމުން ހުއްޓުނެވެ. އަދި ފަހަތަށް އެނބުރި ބަލައިލިއެވެ. 

(ނުނިމޭ) 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ޔާރާ ފެނުނީމާ – 1

Next

ބުނެބަލާ ލޯބިވޭ 4

Next
February 8, 2022

ބުނެބަލާ ލޯބިވޭ 4

Previews
February 8, 2022

ޔާރާ ފެނުނީމާ – 1

2 Comments!

  1. Horror queen says:
    February 8, 2022 at 9:59 pm

    Haadha reehchey mi part ves❤❤
    Waiting for the next part

  2. Star Fire says:
    February 9, 2022 at 5:33 pm

    Thanks Horror queen ☺️☺️☺️☺️

Comments are closed.

Next Episodeލޯބި ވެވުމުން 7←


All Right Reserved!