Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިވޭ 3

Horror queen Level 210 Stories
February 3, 2022 5 Mins Read
1 Comment

“ހެހް މަށަކާ ކޮން ކަމެއް… ދާން ވީ އެ ކަން ކުރަން އެހެން ނޫނީ މަށަށް ކާން ނުލިބި ދާނެ” ރިޒްލާން މިހެން ބުނެފައި ރިޝްވާން ބުނި ތަނަށް ދިޔައެވެ. އެތަނުން އެއްޗެއް ހެލޭ ހެން ހީ ވުމުން ރީއްޗަށް ބަލައިލާން ތަން ކޮޅެއް ކައިރި ވިއެވެ. ކައިރި ވަމުން ދަނިކޮށް އެތާން ގައި އޮތް ގަލެއްގައި އަޅައިގަނެގެން ވެއްޓޭން ދިޔައެވެ. އެއިރު ރިޒްލާން އަކަށް ނޭންގޭ އޭނާގެ ކުރި މަތީގައި އަންހެން ކުއްޖެއްކަމެއް އެކަން އިނގުނީ ވެއްޓެން ދިޔަ ފަހުންއެވެ. ރިޒްލާން އެކުއްޖާގެ ގައި މައްޗަށް ވެއްޓި އޭނާގެ ތުންފަތް ގޮސް ޖެހުނީ އެ އަންހެން ކުއްޖާގެ ތުންފަތުގައެވެ.

 

(3 ވަނަ ބައި)

 

އެ އަންހެން ކުއްޖާ އަވަހަށް ރިޒްލާން ދުރަށް ކޮއްޕާލާފައި ތެދުވެލިއެވެ. “ޔަކް ތީ ކާކު މިގޭގަ ކީއްތިކުރަނީ؟” އެ އަނަހެން ކުއްޖާ އަހައިލިއެވެ. “ތީ ކާކު؟” ރިޒްލާން އަހައިލިއެވެ. “މަށަށް ކިޔަނީ އަޝްމީ… މަ ދޯ ފުރަތަމަ ސުވާލު ކުރީ” އަޝްމީ މިހެން ބުނެފައި ފޯނު ނެގިއެވެ. “އޯކޭ އޯކޭ މަށަށް ކިޔަނީ ރިޒްލާން މަ މީ މިގޭ ކުރިމަތީ ގޭގަ އުޅޭ މީހެއް” ރިޒްލާން ފޯނަށް ދެލޯ އަޅާލާފައި ބުނެލިއެވެ. “ކީއްކުރަން މިގެއަށް އައިސް ގެން ތިއުޅެނީ؟ ހިންގާ މަށާ އެކު” އަޝްމީ މިހެން ބުނެފައި ރިޒްލާންގެ އަތުގެ ކުޑަހުޅުގައި ހިފައިގެން ގެންގޮސް ޖަނާން ކުރިމަތީގަ ބެހެއްޓިއެވެ. “ޖަނާން މީ ކާކު މީނަ މިގޭގަ ކީއް މިކުރަނީ” އަޝްމީ ޖަނާން ގާތު އަހައިލިއެވެ. “އޯ އަޝް އަކަށް އަދި މީނައަކާ ދިމައެއް ނުވޭ ދޯ މީ ރިޒްލާން ރަލްގެ އެއްބަނޑު އެއްބަފާ ދޮންބެ” ޖަނާން އަޝްމީ އަށް ރީއްޗަށް ކިޔައިދިނެވެ. “އޯ ސޮރީ ފޯ ދަ މިސްއަންޑަސްޓޭންޑިން” އަޝްމީ މިހެން ބުނެފައި ވަނީ އެތެރެއަށްށެވެ. “ޖާން އެއީ އަޝްމީ ތަ؟” ރަލާ އަހައިލިއެވެ. “އާން އެއީ އަޝްމީ… މަގޭ ސްޓެޕް ސިސްޓާ” ޖަނާން ބުނެލިއެވެ. “މަގޭ ލޯ” އެންމެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ރިޝީ ހަޅޭއްލަވައި ގަތުމުންއެވެ. ދަރު ބަދިގެ ސާފް ކުރަން ހުރި ސާޔަން ވެސް ސިއްސައިގެން ގޮސް އެތާން ގައި ހުރި ވަކަރުގަނޑުގައި ބޯ ޖެހުނެވެ. “އައްދެއްޔޯއި!!!!” ސާޔަން ވި ތަދަކުން ހަޅޭއްލަވައިލިއެވެ. ދެން އެ ބަދިގެއިން ނިކުމެ ބޯމަތީގައި އަތް ޖަހައިގެން ބޭރަށް ނިކުތެވެ. “ބްރޯ ކިހިނެތްވީ؟ ސާފްކޮށް ނިމުނީ؟” ޖަނާން ސާޔަން ގާތު އަހައިލިއެވެ. “އާން މަ އެތަން ސާފް ކޮށް ނިމިއްޖެ ދެންވެސް ބަލަން ނުހުރެ އަވަހަށް އައިސް ޕެކެއް އެރެދީބަލަ” ސާޔަން މިހެން ބުނުމުން ޖަނާން ގޮސް އައިސް އަލަމާރީގެ ގަނޑުކުރާ ބައިން އައިސް ޕެކެއް ނަގާ ފައި ސާޔަން އަތަށް ދިނެވެ. “ކާކުތަ ހޭނެތިގެން ހަޅޭއްލަވައިގަތީ؟” ސާޔަން ވެފަ ހުރި ތަދުގެ ބޮޑުކަމުން ރުޅި އެރިއެވެ. “ރިޝީ!!” ކެއްސާކަމަށް ހެދިލާފަ ޖަނާން ރިޝީގެ ނަން ބުނެލިއެވެ. “އޯ އެހެން ދޯ” ސާޔަން ކަޑަވެގެން ބުނެލިއެވެ.

 

އެރޭ ކައްކައިގެން ކާނިމުނު އިރު 10:15 ވެއްޖެއެވެ. ރިޝީ، ރިޝްވާން، ރަލާ އަދި ރިޒްލާން ގެއަށް ގޮސް އެމީހެއްގެ ކޮޓްރިއަށް ގޮސް ވަނެވެ. ރިޝީ ވަނީ ފާޚާނާ އަށްށެވެ. ފާޚާނާއަށް ވަދެ ގައިދޮވެލައިގެން ނިކުތީ ކޮޓްރިތެރެއަށްށެވެ. އަލަމާރިން ފަލަ ހަރުވާޅަކާއި ގަޔަށް ދޫ ޓީޝާޓެއް ނެގުމަށްފަހު އޭއްޗިސް ލައިގެން އެނދުމަތީގައި އޮށޯއްވެލިއެވެ. “ޔުއާރ ނޮތް އިންވިޒިބަލް  އެންޑް ޔޫ އެގްޒިސްޓްސް އެއީ ކީއްވެ ކަން ބުނަންތަ އެއީ މަށަށް ރިޝީ ފެންނަތީ” ސާޔަންގެ މި ބަސްތަށް ދިޔައީ ރިށީ ގެ ކަންފަތު ތެރރެއިން އެކޯ ވަމުންއެވެ. “މަށަށް ކިހިނެތް މި ވަނީ ކުއްލިއަކަށް ސާޔަން މަތިން ހަނދާން މިވީ” ރިޝީ އަމިއްލަ މީހާ އާއި ވާހަކަދައްކަމުން ދިޔައެވެ. މިހެން އޮއްވާ ރިޝީ އަށް ނިދުނެވެ.

*********************************

ސާޔަން ފެންވަރައިލައިގެން އުނަގަނޑާއި ހަމައަށް ތުވާލި އުޅައިލައިގެން ކޮޓްރި ތެރެއަށް ނިކުމެލިއެވެ. އަލަމާރިން ސޯޓަކާއި ޓީޝާޓެއް ލުމަށްފަހު އޭނާގެ ކޮޓަރީގެ ބެލްކަންޏަށް ނިކުތެވެ. ނިކުމެ ފެންސު ގަނޑު މަތީގައި އޮށޯއްވެލުމަށްފަހު އޭނާގެ ސިންގިރޭޓް ފޮށިން ސިންގިރޭޓެއް ނެގިއެވެ. ނަގައިގެން ރޯ ކުރަން އުޅެފަ ރޯ ނުކޮށް ހުއްޓައިލީ ކުއްލިއަކަށް ރިޝީ މަތިން ހަނދާން ވުމުންއެވެ. ސާޔަން ސިންގިރޭޓް ބިންދާލައިފައި ބޭރަށް އެއްލާލިއެވެ. ދެން ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮށޯއްވެލާފައި ރިޝީ އާއި ދެމެދު ފުންކޮށް ވިސްނަން އޮއްވާ ސާޔަން އަށް ނިދުނު އިރެއްވެސް ހުދު އޭނާ އަކަށް ނޭންގެއެވެ.

*********************************

އަނެއްދުވަހު ހެނދުނު ރިޝީ އަށް ހޭލެވުނީ ރަލާ އޭނާގެ ކޮޓްރީ ދޮރުގައި ތަކިޖަހާ އަޑުއިވުމުންއެވެ. “ރިޝް ރިޝީ ރިޝީ އަވަހަށް ތެދުވެބަލަ” ރަލާ މިހެން ބުނުމުން ރިޝީ އަށް ޖެހިލިން ވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ދިޔަގޮތަށް ގޮސް ދޮރު ހުޅުވައިލީއިރަށް އޭނާގެ ފަޔުގެ ކުޑަމާއިނގިލި ދޮރު ދަށުން ފިތުނެވެ. “މަންމާ!!!!!! މަގޭ ފަޔޯއި!!!” ވީ ތައްދަކުން ރިޝީއަށް ރޮވުނެވެ. “ރިޝް ކިހިނެތް ވީ؟ އޯ.އެމް.ޖީ ލޭވެސް އެބަ އަރާ ހިންގާ އަވަހަށް އައިސް އަޅަން ދަމާ” މިހެން ބުނެ ރަލާ ރިޝީގެ އެތް އަތުގައި ހިފައިގެން ސިޓިން ރޫމް އަށް ނެރެ އޭނާގެ ފައި ކޮފީ ޓޭބަލް މައްޗައް ނަގާ ބޭންދުމަށްފަހު ރަލާ އައިސް އަލަމާރިން އައިސް ޕެކް ހިފައިގެން އައިސް ޕެކް ހިފައިގެން ގޮސް ރިޝީގެ ފަޔުގެ ކުޑަމާއިނގިލިން އަޅަމުން ދިޔައީ ލޭމަނާ ކުރާންށެވެ. “އައްސަލާމް އަލައިކުމް” ކުއްލިއަކަށް އިވުނީ ޖަނާން ގެ އަޑެވެ. “ވާލެއިކުމުއް ސަލާން” ރަލާ ސަލާމް ބަލައިގަތެވެ. ރިޝީ ހުރިގޮތް ފެނިފަ ޖަނާން ހޭން ފެށިއެވެ. އެއިރު ސާޔަން ވެސް ހުރީ ޖަނާން ގެ ފަހަތުގައެވެ. ރިޝީ އަވަހަށް ކޮޓްރިއަށް ދާން އުޅެން ހަދާ އޭނާގެ އެ އިނލި ގޮސް ކާމޭޒު މަތީގަ ޖެހުނެވެ. “މަގޭ ފަޔޯއި!!! މީ ދެން ކޮންމެ ދުވަހަކު ކުޅިވަރެއްތަ އިއްޔެ ނިއްކުރި މަތި މިއަދު ފައި މާދަމާ މުޅި މީހާ” ރިޝީ ރުޅިއައިސްފަ ހުރެ ބުނެލިއެވެ. “އަޖާނެއްނު މި ގޭގަ މީހަކަށް ނިދޭ ވަރެއްނުވޭ ކޮންމެ ދުވަހަކު ކޮންމެސް ތަނެއް ހަލާއްކުރާނެ” އެންމެ ފަހުން ނުނިދީގެން ރިޒްލާން ނިކުމެ އެއްޗިސް ކިޔަން ފެށިއެވެ. “ކޮންކަމަކާ ވަޖީދު އަރާގެން ތި އުޅެނީ މަ ކުރާ ކަމެއްދޯ އެއީ”މިހެން ބުނެ ރިޝީ ކޮޓްރިއަށް ވަދެ ތަޅުލިއެވެ. “ސާޔަން ދަން ތަ؟” ރަލާ ސާޔަން ގާތު އަހައިލިއެވެ. “ނޯ އައިލް ސްޓޭ” ސާޔަން ބުނެލިއެވެ. “އޯކޭ އިރުކޮޅަކުން ވާން ދޮންބެ އަންނާނެ” ރަލާ މިހެން ބުނެފައި ޖަނާން އާއި ދެމީހުން ދިޔައީ ހިނަގާލަންށެވެ.

 

އެމީހުން ދިޔަ ތާ މާ ގިނަ އިރެއް ނުވޭ ރިޝްވާން އައިސް ގެއަށް ވަނެވެ. “މަންމާއި… ސާވަން ކޮން އިރަކުގަތަ އައީ؟” ސާވަން ފެނުމުން ރިޝްވާން ދިޔައީ ސިއްސައިގެންއެވެ. “މާ ގިނަ އިރެއްނުވޭ ޖަނާން އާ ރަލާ ވީ ހިންގާލަން ގޮސް ރިޒްލާންއާ ރިޝީ ދެންމެއަކު ބޮޑު ފައިޓް އެއް ހިންގައިގެން ދެމީހުން ރުޅިއައިސް ގެން އުޅުނީ ރިޝީ އެބައޮތް ކޮޓްރީގަ ރިޒްލާން ދިޔަތަނެއް ނޭންގެ” ސާޔަން ވީ ހުރިހާކަމެއް ކިޔައިދިނެވެ. “މަ ދާނަން ރިޒްލާން ހޯދަން ސާޔަން ރިޝީ ކާލްމް ކުރޭ އޯކޭ” މިހެން ބުނެފައި ރިޝްވާން ދިޔައީ ރިޒްލާން ހޯދަންށެވެ. “ރިޝީ ރިޝީ؟!” ސާޔަން ރިޝީ އަށް ގޮވައިލިއެވެ. ރިޝީ އެނދުމަތިން ތެދުވެ ކަރުނަތަށް ފުހެފަ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ.

 

“ސާޔަން؟!” ރިޝީ އަށް ސާޔަން ފެނުމުން ބުނެވުނެވެ. “މޭ އައި ކަމް އިން؟” ސާޔަން އަހައިލިއެވެ. “ޔާ އާދޭ” ރިޝީ އޭނާގެ ކޮޓްރީގެ ދޮރު ކުޑަކޮށް ހުޅިވައިލައިފައި ބުނެލިއެވެ. ސާޔަން އެތެރެއަށް ވަދެލުމަށްފަހު އެތާން ގައި ހުރި ސޯފާއެއްގައި އިށީންދެލިއެވެ. “ކިހިނެތް ތަ ވީ؟ ރޭގަ އެޔަށް މަޖާކޮށް އުޅެފަ ކުއަލިއަކަށް މިއަދު ދެމީހުން ތަޅައިގަތީ؟” ސާޔަން އަހައިލުމުން ރިޝީ އޭނައާއި ދިމާލަށް ބަލައިލިއެވެ. “އައި ޑޯންޓް ނޯ… މަށަކަށް ނޭންގެ ކުއަލިއަކަށް ތިއްތިއަށް އެވީގޮތެއް” ރިޝީ މިހެން ބުނެ އެނދުމަތީގަ އިށީންދެލިއެވެ. “އޯކޭ ދެން ކޮންމެދުވަހަކު ތަނެއްހަލާކުވަނީ ކީއްވެޔޯ” ސާޔަން ސޯފާއިން ތެދުވެ ރިޝީ ކައިރިއަށް ދަމުން ބުނެލިއެވެ. “ނޭންގެ ތިއްތި އާނމުކޮށް މަށާ ދިމާލަކަށް ހަޅޭކެއް ނުލަވާނެ” ރިޝި މިހެން ބުނިއިރު ސާޔަން ހުރީ ރިށީ ކުރިމަތީގައެވެ. އެއްފައިމައްޗަށް ތިރިވެފައި ރިޝީގެ ހަލާއްކުވެފައި އޮތް ފައި ބަލައިލިއެވެ. “ހިންގާ ބޭސް އަޅަން ދަމާ؟” ސާޔަން މިހެން ބުނުމުން ރިޝީ އެތާ އަލަމާރި މަތީގަ ހުރި ބޭސް އެތިނަގަން ވެގެން އޭނަގެ ކޮންޕިއުޓަރު ކައިރީގަ ހުރި ގޮންޑި މައްޗަށް އެރިއެވެ. ބޭސް އެތި ނެގުމަށފަހު ފައިބަން އުޅުނިކޮށް ބެލެންސު ނުކުރެވިގެން ވެއްޓެން ދިޔައެވެ. ނަމަވެސް ސާޔަން ރިޝީގެ އުނަގަނޑުގައި ހިފިއެވެ. ރިޝީ ގޮސް ޖެހުނީ ސާޔަންގެ މޭމަތީގައެވެ. ސާޔަން އާއި ދުރަށް ޖެހެން އުޅެފަ ދުރަށް ނުޖެހުވުނީ ރިޝީ ގެ ކަރުގައި އޮތް ރަންފަށް ސާޔަންގެ ގަމީހުގެ ގޮށެއްގައި އަޅައިގަތުމުންއެވެ. އެފަށަކީ ރިޝީގެ މަންމަ ދުނިޔެ ދޫކޮށް ދިޔުމުގެ ކުރިން އޭނައަށް ދިން ފަށެކެވެ. އެފަށަކީ ރިޝީ އަށް އޭނާގެ މަންމަގެ ފަރާތުން ލިބުނު އެންމެ ފަހު ހަދިޔަލެކެވެ. “މަޑުކޮށްލާ މަ ނައްޓައި ދޭނަން” ސާޔަން މިހެންބުނެ އެ ފަށް ނައްޓައިދޭން އުޅުނެވެ. ރިޝީ ހުރީ ކަޅިވެސް ޖަހައިނުލާ ސާޔަންއާއި ދިމާލަށް ބަލަންށެވެ. “އެއޮތީ…” ސާޔަން އަށް މަޑުޖެހުވުނީ ރިޝީގެ އެ މަޑު ބްރައުން ކުލައިގެ ދެލޯ ފެނިފައެވެ. އެހެން އެތަކެއް އިރަކު ހުއްޓެވެ. ދެމީހުން ވެސް ސިހުނީ ރިޝީގެ ފޯމު ރިންގުވާ އަޑަށްށެވެ. “ހަލޯ؟” ރިޝީ މީހެއްގެ ހިސާބު ބަލައިނުލާ ފޯނުނަގާ ވާހަކަ ދައްކަން ފެށިއެވެ. “ހޭއި ރިޝް މަ މިހާރު މިދަނީ ތިގެއަށް ދާން” ފޯނުން ވާހަކަ ދެއްކި މީހާ ބުނެލިއެވެ. “މައި؟!” ރިޝީ ހައިރާން ވީ ފޯނުން މައިރާ ގެ އަޑު އިވުނީމައެވެ. “ޑާ ޔޫ ސީމްސް ސަޕްރައިޒްޑް” މައިރާ ހިނިތުން ވެލާފައި ބުނެލިއެވެ. “ސަޕްރައިޒް ވާނެއެއްނު ނުބުނެ ވިއްޔާ ތި އައީ” ރިޝީ މިހެން ބުނުމުން މައިރާ ހިނިގަނޑެއް ޖަހައިލިއެވެ. މައިރާ އަކީ ރިޝީ ގެ ބެސްޓްފްރެންޑްއެވެ. ދެމީހުން ގްރޭޑް 1 އިން ފެށިގެން އައީ ހުރިހާކަމެއް އެއްކޮށް ކުރަމުންއެވެ. ނަމަވެސް މައިރާ ސުކޫލު ނިމުމުން ޖަޕާން އަށް ކިޔަވަން ދިޔައެވެ. ސުކޫލު ނިމުނުތާ ތިން އަހަރުފަހުން އަނެއްކާ އެނބުރި ރާއްޖެ އައެވެ.

 

“އޯކޭ ބާއި” ރިޝީ މިހެން ބުނެ ފޯނު ބޭއްވިއެވެ. “މަ މިއުޅެނީ އެއްޗިސް ބަދަލް ކުރަން އިހަށް ނިކުމެ ފާނަންތަ”ރިޝީ މިހެން ބުނުމުން ސާޔަން އޭނާގެ ކޮޓްރިން ނިކުމެލިއެވެ. އަލަމާރިން ޖިންސު ފޮތިން ފަހާފައި އޮތް ގަމީހަކާއި ކަޅުކުލައިގެ ސްކިނީއެއް ލުމަށްފަހު ބޭރަށް ނިކުމެލިއެވެ. ނިކުތަ ތަނާހެން ފެނުނީ މައިރާއެވެ. “އޯއި ރިޝް މީ ކާކު؟” މައިރާ އަށް ރިޝީ ފެނުމުން ބުނެ ވުނެވެ. “މީ ސާޔަން ހީސް މައި ފްރެންޑް” ރިޝީ ބުމެލިއެވެ. “ތޮމޮދަޗި؟” މައިރާ ޖަޕަނީޒް އިން ބުނެލިއެވެ. “ހަހް ކީކޭ؟ މައި އަށް އިނގޭނެ މަ މީ ޖަޕަނީޒް އިން ވާހަކަ ދައްކާ މީހެއް ނޫން ކަން” ރިޝީ އަށް ނޭންގިގެން ބުނެވުނެވެ. “އޯ ސޮރީ ފްރެންޑްސް؟” މައިރާ ބުނެލިއެވެ. “އާން… ސާޔަން މީ މައިރާ… މައި މީ ސާޔަން” ރިޝީ ދެމީހުން އަށް އެކަކު އަނެކަކު ތަޢާރަފް ކޮށްދިނެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ފުރާނައިގެ ބައިވެރިޔާ

Next

ލޯބިވާނަމޭ އުމުރަށް

Next
February 3, 2022

ލޯބިވާނަމޭ އުމުރަށް

Previews
February 3, 2022

ފުރާނައިގެ ބައިވެރިޔާ

One Comment

  1. GUITAR LOVER says:
    February 3, 2022 at 6:44 pm

    nice story my friend ❤️❤️

Comments are closed.

Next Episodeބުނެބަލާ ލޯބިވޭ 4←


All Right Reserved!