“ހުރެ ބަލަ މިފަހަރު ހޭ އަރުވާލާނަމޭ” މިހެން ބުނެ ރިޝީ ރިޒްލާން އާއި ދިމާލަށް ބާރު ބާރަށް ހިންގަމުން ދިޔައެވެ. އެ ދިޔަ ގޮތަށް ދޮސް ރިޒްލާން ގެ ދޮޅުވެފަ އޮތް ކަންކައްޓުގައި އެތިފަހަރެއް އަޅުވައިލިއެވެ. “އައްދޯއި~” ރިޒްލާން ވީތައްދަކުން ހަޅޭއް ލަވައިގަނެވުނެވެ.
(ދެވަނަ ބައި)
“މަ ބުނިން ދޯ އެއިރުވެސް ތިއްތި ކައިރީގަ… މަ ރުޅިނާރުވައްޗޭ” ރިޝީ މިހެން ބުނެ މޫނުހަދައިލައިފައި ދިޔައެވެ. “ޕިސް ޕިސް ޕިސް ދޮންބޭ މިއަދު ހެނދުނުގަ ބުނިގޮތަށް ތި ތަންކޮޅެއް ޞާލިހް ވެބަލަ” ރަލާ މިހެން ބުނުމުން ރިޒްލާން އޭނާގެ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ރިޝްވާން ރިޒްލާން ހުއްޓުވިއެވެ. “ހިމޭން ވެބަ ތި ތިން މީހުން” ރިޝްވާން އެއްޗެކޭ ނުބުނަން ހުރެ ބުނެލިއެވެ.
“އޭތް ޖަނާން ވާނެ ދޯ މިރޭ ނޫޑްލިސް ގަނޑެއް ޖަހައިލާން” ގެއާއި ކައިރި ވުމުން ރިޝީ ޖަނާން ގާތުގަ ބުނެލިއެވެ. “އާން މިދިޔަ އަހަރުހެން ނުވެއްޖިއްޔާމު ވީހާވެސް ރަނގަޅު” ޖަނާން ހިނިތުން ވެލާފައި ބުނެލިއެވެ. “ޖަނާން މިދިޔަ އަހަރުގަ ކިހިނެތް ތަ ވީ؟” ސާޔަން އަށް ވާ ނުވާ ނޭންގިގެން އަހައިލެވުނެވެ. “އޯ މިދިޔަ އަހަރު ދޯ…” ” އަހަރުން ގޭގެ އެފަރާތުގަ ހުރި ބަދިގެ ރޯ ކޮށްލީ” ޖަނާން ބުނުމުގެ ކުރިން ރިޝީ ބުނެލިއެވެ. “މި އަހަރުގަ ހަދާނީ ތިގޭގަ” ރަލާ ޖަނާން ގާތު ބުނެލިއެވެ. “އޯކޭ ފައިން ބައި މީ” ޖަނާން ގަބޫލު ވިއެވެ. “ކޫލް އައި ކޭން ޖޮއިން ޓޫ” ސާޔަން ހިނިތުން ވެލާފައި ބުނެލިއެވެ. “ބްރޯ އޮފް ކޯޒް ޔޫ ކޭން ޖޮއިން” ޖަނާން ސާޔަން ކޮނޑަށް އަތް ވައްޓާލުމަށް ފަހު ބުނެލިއެވެ. “މިރޭ 7:55 ވާއިރު އެންމެން ޖެހޭނީ ޖަނާން މެންގޭގަ ހުންނަން” ރަލާ ވަގުތު ބުނެލިއެވެ.
(ރޭގަނޑު 7:55 ވެލި ހާއިރު)
ރަލާ، ރިޝީ، ރިޝްވާން އަދި ރިޒްލާން ޖަނާން މެން ގެއަށް ދިޔައެވެ. “ހްމްމް މި އަހަރު ފިހާރަ އަށް ދާނީ ކާކު؟” ޖަނާން ފުން ވިސްނުމަކަށް ފަހު ބުނެލިއެވެ. “އަލަށް ވެސް ނުދާ ބައެއް” ރަލާ ޖަނާން އާއި އެއްބަސްވިއެވެ. “ސާޔަން އާއި ރިޝީ ދޭ ފިހާރައަށް އަހަރުން އެ ބަދިގެ ތައްޔާރުކުރާނަން” ރިޒްލާން ބުނެލިއެވެ. “އޭން މަށެއް ނުދާނަން ދޮންބެ އަޅެ ދެން ދޭބަލަ ޕްލީޒް” ރިޝީ އާދޭސް ކުރިއެވެ. “އަޅެ އެބުނީ މަ ދާށޯ މީގެ އެއްއަހަރު ކުރިން މަ ދިޔައީން ރިޒްލާން އާ އެކު” ރިޝްވާން ބުނެލިއެވެ. “މި ނިމިދިޔަ އަހަރު މަށާ ރަލް އާ ދިޔައީ” ޖަނާން ވެސް ރިޝްވާން އާއި އެއްބަސް ވިއެވެ. “ގާރލް އައި ވުޑް ލަވް ޓު ހެލްޕް ޔޫ އެކަމު މިއަހަރު ދެން ދޭބަލަ… އަޅެ ދެން ޕްލީޒް” ރަލާ އާދޭސް ކުރުމުން ރިޝީ މިދަނީ އޭ ކިޔާފަ ސާޔަން އާއި އެކު ގެއިން ބޭރަށް ނިކުތެވެ.
“ސާޔަން ދޯ ކިޔަނީ؟” ރިޝީ އެއްޗެކޭ ނުބުނަން ހުރެފައި ބުނެލިއެވެ. “އާން ތީ ދޯ ރިޝީ އަކީ” ސާޔަން ވެސް ބުނެލިއެވެ. “އާން ރަލް އާ މަށާ ވަރަށް އެތްގޮތް ވާނެ އެހެންވެ މަ ކުރިކަމަކީ މަގޭ އިސްތަށިގަނޑުގަ ރަތްކުލަ ޖެއްސީ އޭރުން ރަލް އާ މަށާ ވަކިކުރަން އިނގޭނެއްނު” ރިޝީ ބުނެލިއެވެ. “އަސްލުވެސް ތި ދެމީހުން ވަރަށް އެއްގޮތް މޫނުމަތިން” ސާޔަން މިހެން ބުނުމުން ރިޝީ އިސްޖަހައިލިއެވެ. “އަމް ރިޝީ އާރ ޔޫ އޯކޭ؟” ސާޔަން ރިޝީ އަށް ބަލައިލައިފައި ބުނެލިއެވެ. “އަމް ޔާ އައިމް ގޫޑް” ރިޝީ ވިހަ ހިނިތުން ވުމަކާއި އެކު ބުނެލިއެ އެއަށް ފަހު ފިހާރައަށް ވަނެވެ. “އައްދެ ރިޝީ ދޯ އައީ މަ ހީކުރީ ރަލާ ކަމަށް… އަޅާ ނުލާ” އެ ފިހާރައިގައި އިން ސޭޓް ބުނެލިއެވެ. ރިޝީ ބަހަކުން ބަހެއް ނުބުނެ އެ ފިހާރައިން ކައްކަން ބޭނުން ކުރާ އެއްޗިސް ނަގަމުން ދިޔައީ ސާޔަން ގެ އަތަށް އަޅަމުންއެވެ. “އަމް ރިޝީ ނިމުނީތަ؟” ސާޔަން އަހައިލިއެވެ. “އާން އެނިމުނީ ހިންގާ އަވަހަށް ދަމާ ނޫނީ ރަލް މެން މަ ރޮލާ ކާނެ” ރިޝީ މިހެން ބުނެފައި ކައުންޓަރާއި ދިމާލަށް ދިޔައެވެ. “ރިޝީ އިންގޭތަ ކަލޭގެ މޫނު ވަރަށް ރަލާ އާ ވައްތަރު އެހެންވެ މިވާހަކަ ބުނަން ވެގެން އެފަހަރު އެހެން ބުނި” ސޭޓް މިހެން ބުނުމުން ރިޝީ ގާރަށް ރުޅިއަންނަން ފެށިއެވެ. “މަ ވާހަކައެއް ބުނަންތަ ކައެ މާކު މައްޗަށް ތިދަނީ” މިހެން ބުނެ ރުފިޔާ މޭޒުމަތީގަ ބާއްވާފައި ރިޝީ ފިހާރައިން ނިކުތެވެ. “ރިޝީ މަޑުކޮށްބަލަ އިހަށް” ސާޔަން މިހެން ބުނުމުން ރިޝީ މަޑުކޮށްލިއެވެ. “އެއީ ކޮން ކަމެއްތަ؟” ސާޔަން އަހައިލިއެވެ. “ދެޓް ވޯޒް ނަތިން” މިހެން ބުނެ ރިޝީ މަގު ބަލާނުލައި މަގުގެ އަނިއް ފަޅިއަށް ދާން އުޅުނެވެ. އެ ވަގުތު ކާރެއް އެ މަގަށް ވަދެގެން އައެވެ. “ރިޝީ!!!” ސާޔަން ރިޝީ އަށް ގޮވައިލައިފައި ރިޝީގެ އަތުގެ ކުޑަހުޅުގަ ހިފާ އޭނައާއި ދިމާލަށް ދަމައިގަތެވެ. “ހޭވް ޔޫ ގޯން މޭޑް… ދެންމެ އޭގަ ޖެހުން ނަމަ ރިޝީ އަށް ވާނެ ގޮތް… ރިޝީ؟!” ސާޔަން ބުނަން އުޅުނުއެތި މަޑުޖައްސައިލައިފައި ރިޝީއަށް ގޮވައިލިއެވެ. “އޯއި އޭމް އައި ސްޓިލް އަލައިވް؟” ރިޝީ ބިރުގަނެފަހުރި ވަރުން ބުނެވުނީ މިހެންއެވެ. “ޔާ…އެކަމު ރިޝީ އަސްލު ވެގެން ތި އުޅޭ ގޮތެއް ބުނެބަ އޭރުން ދޯ މަށަށް ވެސް އިންގޭނީ އެހީ އެއް ވާން” ސާޔަން މިހެން ބުނުމުން ރިޝީ ސާޔަން އާއި އެކު ހަތަރު ކަޅި ހަމަ ކޮށްލިއެވެ. “ފިހާރާގަ އެހުރި މީހާ ބުނި އެއްޗެއް އަޑު އިވުނުތަ؟ އައިމް އިންވިޒިބަލް އައި ޑޯންޓް އެގްޒިސްޓް ޓު ޕީޕަލް ދެން މެވެސް އެ ކާރަށް ހުއްޓުވެން އޮތް… އެކަމު އޭތި ދުއްވަން ހުރި މީހާ ހުއްޓުވިތަ؟ މަށާ ރަލް އާމީ އެއްބަނޑު އެއްބަފާ ދެބެންގެ ދެދަރިން އަހަރުން ގެ ތެރޭގަ ހުންނާނީ ކުޑަކުޑަ ތަފާތެއް އެއީ ރަލް އަކީ ވަރަށް ޕޮޕިއުލާ މީހެއް މަށަކީ އޭގެ އިދި ކޮޅު ރަލްގެ މައިން ބަފައިން ދުނިޔޭގަ އެބައުޅޭ އެކަމު މަގެ މައިންބަފައިން ވަނީ އަހަރެން އުމުރުން 6 އަހަރުތެރޭގަ ކާރުއެކްސިޑެންޓް އަކުން މަރުވެފަ އެއީ އަހަރުންގެ ދެމެދު އޮންނަ ޑިފަރެންސް އަކީ ކުރުކޮށް ބުނަންޏާމު އައިމް ޖެލެސް…ޔޫ ވޯންޓް ގެޓް އިޓް” ރިޝީ ސާޔަން ގާތުގައި ބުނެލިއެވެ. “އެކްޓުއަލީ އައި ގެޓް އިޓް މަށަކީވެސް ތިހާލުގަ އުޅޭ މީހެކޭ މަގޭ މަންމަ ވަނީ މަރުވެފަ މަންމަ މި ދުނިޔެ ދޫކުރުމުން ބައްޕަ މަ އެވޮއިޑް ކުރޭ… އައިމް ޖަސްޓް ލައިކް ޔޫ” ސާޔަން އޭނަގެ ސޮބް ލައިފް ކިޔައިދިނެވެ. “އަދިވާހަކައެއް ބުނަންތަ؟ މަގޭ އަތުން ދޫކޮށްފާނަންތަ؟” ރިޝީ މިހެން ބުނުމުން ސާޔަން އޯ އެކޭ ކިޔާލައިފައި ރިޝީގެ އަތުން ދޫކޮށްލިއެވެ. “ރިޝީ!! ރިޝީއަށް އިންގޭތަ ވާހަކައެއް” ސާޔަން މިހެން ބުނުމުން ރިޝީ ސާޔަން އާއި ދިމާލަށް ބަލައިލެވުނެވެ. “ކޮން ވާހަކައެއް؟” ރިޝީ އަށް އެންމެ ފުރަތަމަ ހިތަށް އެރި އެއްޗެއް ބުނެވުނެވެ. “ދެޓް ޔުއާރ ނޮތް އިންވިޒިބަލް އެންޑް ޔޫ އެގްޒިސްޓްސް އެއީ ކީއްވެ ކަން ބުނަންތަ އެއީ މަށަށް ރިޝީ ފެންނަތީ” ސާޔަން މިހެން ބުނުމުން ރިޝީ ހިނިތުން ވެލިއެވެ. “ހިންގާ ދަމާ މިހާރު ހަމަގައިމުވެސް އެމީހުން ތިބޭނީ އަހަރުން ގައިން މަސް ކާލަކާލާ” ރިޝީ މިހެން ބުނެފައި ކުރިއަށް ބާރަށް ހިނަގާފައި ދިޔައެވެ.
“މި ދިޔަ ދެ އަހަރު އަހަރުން ގައިމް މަސްކޭ މީހާ ބަލާބަލަ ތީ 8:00 ޖެހިއިރު ދިޔަ ބައެކޭ މިހާރު އެޔޮށް 8:30 އެވީ” ރިޒްލާން އަށް ރިޝީ އާއި ސާޔަން ގެއަށް ވަތްތަން ފެނުމުން އެމީހުނާއި ދިމާލަށް ބުނެލިއެވެ. “އަޖައިބެއް ފަހެ ނުވާނެ ބަލަ މީގެ އެތް އަހަރުކުރިން 7:00 ޖެހިއިރު ދިޔަ މީހުން އައިއިރު 7:50 ވީއިރު ވިއްޔާ އެ ގަންނަ އެއްޗެއް ގަނެ ނިމިގެން ގެއަށް އައީ… އަޅެ ދެން އަހަރުން 30 މިނެޓް ލަސް ވިޔޭ ކިޔާކަށް ށެއް ވުޖެހޭ ދޯ” ރިޝީ ތަންކޮޅެއްގެ ހިސާބެއް ދުލެއް ނުކުރިއެވެ. “ހޫމް ދެން ހެވޭ” ރިޒްލާން ރަކިވުމުން ހުއަޓައިލިއެވެ. “ރިޝް ކީއްވެތަ ލަސްވީ؟” ރަލާ ރިޝީ ގާތު އަހައިލިއެވެ. “އައި އޯލްމޯސްޓް ޑައިޑް ސާޔަން ނެތް ނަމަ މަ މަރުވީސް” ރިޝީ މިހެން ބުނި އަޑު އިވުމުން ރިޝްވާން އެ ދިމާލަށް ބަލައިލިއެވެ. “ރިޝް ކަމެއް ވިތަ؟” ރިޝްވަން އަހައިލިއެވެ. “ދޮންބޭ ހާސް ވާނެ ކަމެއްނެތް އައިމް ފައިން” ރިޝީ ރިޝްވާން ގާތުގައި ބުނެލިއެވެ. “ހާސް ވާނެ ކަމެއް ނެތޭ؟ ރިޝް ޔޫ އޯލް މޯސްޓް ޑައިޑް ދޮންބެ އެއްގެ ހައިސިއްޔަތުގަ މަ ޖެހެއޭ ރިޝް ޕްރޮޓެކްޓު ކުރަން” ރިޝްވާން ހާސް ވެފަ ހުރެ ބުނއލިއެވެ. “ދޮންބޭ މަ ސަލާމަތް ވީ ސާޔަން މަ އެ ކާރު ކުރިމަތިން ދުރަށްލުމުންނޭ ދެން ކޫލް ޑައުން ވެބަލަ” ރިޝީ ވިހެން ބުނުމުން ރިޝްވާން ސާޔަން ހޯދަން ފެށިއެވެ. “ސާޔަން!!!!!” ސާޔަން ފެނުމާއި އެކު ރިޝްވާން އޭނަ އަށް ގޮވައިލިއެވެ. “ލައްބަ” ސާޔަން ޖަވާބްދާރީ ވިއެވެ. “ބްލެސް ޔޫ ބްލެސް ޔޫ މައި ފްރެންޑް މިއަދު އެތާންގަ ސާޔަން ނެތްނަމަ އަހަރެންގެ ކޮއްކޮގެ ދުވަސް ދިޔައީސް” ރިޝްވާން މިހެން ބުނުމުން ރިޝީ މޭޒުމަތީގަ ބޯ އަހައިލިއެވެ. “އައުޗް” މޭޒުގައި ބޯ ޖެހުނުލެތް ބާރުކަމުން ހަޅޭއް ލެވުމުނެ ބަދަލު މިހެން ބުނެލިއެވެ.
ހުރިހާ އެންމެން ވެސް އެމީހެއްގެ މަސެއްކަތަކާގެން ކުރިއަށް ދިޔައެވެ. ރިޝީ އުޅުނީ އެއްޗިސް ކޮށައެވެ. ރަލާ އުޅުނީ ތަށިތައް ދޮންނަންށެވެ. ރިޝްވާން އުޅުނި މަސް ކޮށައެވެ. ޖަނާން އުޅުނީ މަސް ފިހަން ލޮނު މިރުސް ފުނޑައެވެ. ސާޔަން އުޅުނީ އެ ދަރުއުނދުނުން ކައްކާ ބަދިގެ ސާފުކޮށްށެވެ. ރިޒްލާން އޮތީ ސޯފާ ސެޓް މަތީގަ ހަމަ ޖެހިލައިގެން ފޯނާ ކުޅެންޑެވެ. އެހެން އޮއްވާ ރިޝްވާން ރިޒްލާން އަތުން ފޯނު އަތުލިއެވެ. “އަހަރުން މިއުޅެނީ މިތާން ގަ މަސައްކަތް ކޮށް ރިޒްލާން އެންމެ ރަނގަޅުދޯ އެހީ ވެދޭން” ރިޝްވާން މިހެން ބުނުމުން ރިޒްލާން އޭނާއާއި ދިމާލަށް ބަލައިލިއެވެ. “ޕިސް ދެން ދޮންބޭ” ރިޒްލާން ވަރަށް ލާބިން ރިޝްވާން އަށް ގޮވައިލިއެވެ. “ކޮން ދޮންބޭ އެއް ކިޔާކަށް އެތާން ގަ ހުންނާނެ ދަރު ތަކެއް އެ ދަރުތަށް ހިފައިގެން ދޭބަލަ އެހިރަ ބަދިގެ ތެރެއަށް ލާން” ރިޝްވާން މިހެން ބުނެ ރިޒްލާން ގެ ފޯނު ހިފައިގެން ދިޔައެވެ. “ނޯ!!!!!!!! މައި ބިލަވްޑް ފޯން” ރިޒްލާން މިހެން ބުނި އަޑު އެންމެން އަށް އިވުމުން ހުރިހާ އެންމެން ގެ ހިނިގަނޑު ދިޔައީ އޮތްތަނަށް ފަޅައިގެންއެވެ. “ހެހް މަށަކާ ކޮން ކަމެއް… ދާން ވީ އެ ކަން ކުރަން އެހެން ނޫނީ މަށަށް ކާން ނުލިބި ދާނެ” ރިޒްލާން މިހެން ބުނެފައި ރިޝްވާން ބުނި ތަނަށް ދިޔައެވެ. އެތަނުން އެއްޗެއް ހެލޭ ހެން ހީ ވުމުން ރީއްޗަށް ބަލައިލާން ތަން ކޮޅެއް ކައިރި ވިއެވެ. ކައިރި ވަމުން ދަނިކޮށް އެތާން ގައި އޮތް ގަލެއްގައި އަޅައިގަނެގެން ވެއްޓޭން ދިޔައެވެ. އެއިރު ރިޒްލާން އަކަށް ނޭންގޭ އޭނާގެ ކުރި މަތީގައި އަންހެން ކުއްޖެއްކަމެއް އެކަން އިނގުނީ ވެއްޓެން ދިޔަ ފަހުންއެވެ. ރިޒްލާން އެކުއްޖާގެ ގައި މައްޗަށް ވެއްޓި އޭނާގެ ތުންފަތް ގޮސް ޖެހުނީ އެ އަންހެން ކުއްޖާގެ ތުންފަތިގައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

