ނުވާނަމޭ ބަދަލެއް ހުވާ ޔާރާ – 4
” މިއޮތީ ބުނި ކަންތައް ކޮށްފަ.. ކޮބާ އަގު؟ ” ސިނގިރޭޓު ރޯކޮށްލަމުން ލިއުޝާ ފޯނު ސްޕީކަރަށް ލިއެވެ. ” މިވަރަކުން ނުވާނެ. މަށަށް ވިޝާން ގެނެސްދީ ކޮންމެ ގޮތެއް ހަދާފަ ވިޔަސް. ނުވެއްޖެއްޔާ މިޝްޔަލް ދުވަސް ދުއްވާލާ. ވާނުވާ މަށަށް ރަނގަޅަށް އަންގާތި. ޕްލޭންއާއި އެއްގޮތަށް ކަންކަން ނުވަންޏާ މަ ތިކޮޅަށް ގޮސްގެން ވިޔަސް މިކަން ކުރާނަން. ”
* ހަތަރުވަނަ ބައި *
މިޝްޔަލް ގެއަށް އައިސް ވަންއިރު އަފްޝާ ބޭރަށް ދާން ނިކުންނަނީއެވެ. އަފްޝާއަށް ކިތަންމެ ވަރަކަށް މިޝްޔަލްގެ ޚާލަތް ސިއްރު ކުރަން އުޅުނަސް އެ ދެލޮލުން އަފްޝާއަށް ހުރިހާ ކަމެއް ވެސް ކިޔައިދިން ކަހަލައެވެ. ” ކިހިނެއް ވީ؟ ” އަފްޝާ މަޑުމައިތިރި ކަމާއެކު އެހިއެވެ. ނަމަވެސް މިޝްޔަލްއަށް ރޮވޭ ގޮތްވިއެވެ. ” ޓެލް މީ. ވަޓް ހެޕެންޑް؟” ދެވަނަ ފަހަރަށް އެހުމުން ވެސް މިޝްޔަލް އަނގައަކުން ނުބުނިއެވެ. ” ހިނގާ ބީޗް ކައިރިއަށް. ރީތި ވައި ޖެހޭނެ މިގަޑީ. ” މިޝްޔަލް ހިތްހަމަ ޖައްސައިލަދެވޭތޯ އަފްޝާ ބެލިއެވެ. އެކުވެރިޔާގެ އެހީއަށް އެދޭވަރުން ދެކޮޅު ހެދުމެއް ނެތި މިޝްޔަލް މޫނު ރީތި ކޮށްފަ ހިނގައިގަތެވެ.
” އައިލީން ހިނގާބަ ހިނގާލަން. އަދި މިއުޅެނީ ރަށުތެރެ ބަލާލަން ވެސް ނުގޮސް. ” އަޔާންއަށް އައިލީން އަތުގައި ހިފައިގެން ހިނގައިގަނެވުނެވެ. އައިލީން އުޅުނީ އަތް ނައްޓުވާލަންށެވެ. ނަމަވެސް އަޔާންއަށް ހުރެވުނީ މާބާރަށް ހިފަހައްޓައިގެނެވެ. ކަމެއް ހީވެގެން އަޔާން ކުއްލިއަކަށް އަތް ދޫކޮށް ފަހަތަށް ބަލައިލިއެވެ. އޭރު އައިލީންއަށް ވެފައި ހުރި ވަރު ފެނިފައި އަޔާން ވެސް ރަކިވިއެވެ. ” އެހެހެ.. ސޮރީ ” ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ދުރަށް އެނބުރި ހިނގައިގަތެވެ. އެތަން ފެނިފަ އައިލީންއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. މުޅިން އަމިއްލަ ދުނިޔެއެއް ތެރެއަށް ވަދެވުނެވެ. އެތައް ފަހަރަކު އެ މަންޒަރު ސިކުނޑި ތެރެ ރިޕީޓް ވަމުން އައެވެ. ކުއްލިއަކަށް ސިހުނީ މާދުރުގައި ހުރެގެން އަޔާން ގޮވާލި އަޑަށެވެ. ” އައިލީން. ނާންނަމުތަ؟ ” އައިލީންއަށް ވީގޮތުން އަޔާންއަށް ވެސް ހެވުނެވެ. ތިރީ ތުންފަތުގައި ދަތް އަޅަމުން އައިލީން ގޮސް އަޔާންއާއި އެއްވަރު ކުރިއެވެ. ” ކޮން ޚިޔާލެއްގަ؟ ” އަޔާން އުޅުނީ އައިލީން އިތުރަށް ލަދު ގަންނަވާލާށެވެ. އައިލީން ދުރަށް އެނބުރި ދެލޯ މަރާ ބާރު ކޮށްލިއެވެ. އައިލީން އެއްޗެކޭ ނުބުނުމުން އަޔާން ވެސް އިތުރަށް އެ ވާހަކައެއް ނުދެއްކިއެވެ.
” ނައު ޓެލް މީ. ” ދޮންވެލިގަނޑުމަތީ އިށީންނަމުން އަފްޝާ ޝައުޤުވެރިކަމާއި އެކު އެހިއެވެ. ” އައި ބްރޯކް އަޕް ވިތް ވިޝާން.. ” މިޝްޔަލް ދެލޯ ފެންކަޅި ވިއެވެ. ” ކިހިނެއްވެ؟ ޑޯންޓް ކްރައި. ” އަފްޝާ ވެސް ހުރީ ދެރަވެފައެވެ. ” އަހަރެން ވެސް ވިޝާން ވެސް އެކަކު އަނިކަކު ދެކެ ލޯބިވޭ. އެކަމަކު އަހަރެންގެ ހިތް ބުނަމުން ދިޔައީ ވިޝާންއާއި އެކު ރަނގަޅު ދިރިއުޅުމެއް ނޫޅެވޭނެޔޭ. އަހަންނަށް ވިޝާން ހައްޤެއް ނުވެޔޭ. އެއީ އެހެން މީހެއްގެ ހައްޤެކޭ. ވިޝާންއާއި ދުރު ވެވޭތޯ މި ރަށަށް ބަދަލުވީ ވެސް. އެ ލޯބި ހިތުން ފޮހެވެވޭތޯ. އެވަރުން ވެސް ވިޝާން އައިއްސި. އަހަންނަކަށް ނޭނގެ ދެން ހަދާނި ގޮތެއް.. މާ ބޮޑަށް ލޯބި ވެވިއްޖެ. ހިތުން ނުފޮހެލެވޭނެ ވަރަށް. ވިޝާންއާއި ނުލާއި އުޅެން ބޭނުން ވިޔަސް އެ ލޯތްބާއި ނުލާ އެންމެ ސިކުންތު ކޮޅެއް ވެސް މިހިތަކަށް ކެތެއްނުވާނެ. ” ހިތުގެ ހުރިހާ ވޭންތަކެއް ކިޔައިދެވުމުން ހިތަށް ކުޑަ ވެސް ލުއެއް ލިބުނެވެ. ހިތަށް ފިނިކަން ލިބުނެވެ. އައު ހިތްވަރެއް ލިބުނެވެ. ” ޑޯންޓް ވޮރީ. ދެން މާބޮޑަށް ނުވިސްނާ. ޔޫލް ފައިންޑް އަ ވޭ. ” އެކުވެރިޔެއްގެ ހައިސިއްޔަތުން ބުނާނެ އެއްޗެއް ނޭނގުނަސް އަފްޝާ އުޅުނީ މިޝްޔަލް ހިތްހަމަ ޖައްސާލެވޭތޯއެވެ. ” މިތާ ރާޅުތައް ކައިރި ހިނގާލަން ހިނގާބަލަ. ” ރާގު ބަދަލު ކޮށްލަމުން އަފްޝާ ބާރަށް ހިނގައިގަތެވެ. މިޝްޔަލް ވެސް ފައިވާން އަތަށް ނަގައިގެން އަފްޝާ ފަހަތުން ދިޔައެވެ.
ފާޑު ފާޑުގެ ވާހަކަ ދައްކަމުން ދިޔަ އަފްޝާއަށް ފެނުނު މަންޒަރަކުން އަފްޝާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މިޝްޔަލްއަށް އެތަން ދައްކަމުން ފޯނުން ދެތިން ފޮޓޯ ނަގާ އެހެން އެންމެން ތިބޭ ގުރޫޕައް ލިޔެވެ. މާއިން އޮތީ ޔަޝްފާ އުނގުގާ ބޯ އަޅައިލައިގެންނެވެ. އަފްޝާ މެނާއި ފުރަގަހަށް ތިބުމުން އެމީހުންނަށް މިޝްޔަލްމެން ތިބި ކަމެއް ނޭނގޭނެއެވެ. އެހެންވެ މަޑު މަޑުން ފަހަތުން ގޮސް ‘ ޕޮއް’ ކިޔެވެ. މާއިންއަށް ހީވީ ތަނެއްގައި ބޮމެއް ގޮވި ހެންނެވެ. މުޅި މީހާ ކޮޅަށް ޖެހުނެވެ. އެތަން ފެނިފައި އަފްޝާގެ ހިނިގަނޑު ބާރުވިއެވެ. މިޝްޔަލް ވެސް ހުރީ ހެވިފައެވެ. ކުޑަ ހިނދުކޮޅެއް ތެރޭ ވިޝާންގެ ހަނދާންތަކުން ދުރަށް ދެވުނެވެ.
” ތި ދެމީހުން މިތާ ކޯއްޗެއް ހަދަނީ؟ ” މާއިން ތެދުވެ ނުވާކަމަށް ހެދެމުން އަހާލިއެވެ. ” ދެން ހަމަ އައީ. ހަހަހަ ދެން މާ ނުވާކަމަށް ހެދޭނެ ކަމެއް ނެތް. ފެނިގެން ފޮޓޯ ވެސް ނަގައިފީމޭ. ” އަފްޝާ ޔަޝްފާ ކައިރީ ހުއްޓެމުން ބުނެލިއެވެ. ” މީ ލޯބިވެރިންގެ ތަނެކޭ. ދެން ނުޖެހޭ ދޯ މިތަނަށް އަފޫމެން އަންނާކަށް. ” މާއިން ޔަޝްފާ ކައިރި ކޮށްލަމުން ހަމަޖެހިލިއެވެ. ” ކާކު ދެއްކި މޮޔަ ވާހަކައެއް. އެހެން ވިއްޔާ މިހިރި އަންނަނީ ވެސް ދެ ލޯބިވެރިން ތަ؟ ” ކުއްލިއަކަށް ލޮލުގައި އަޅައިގެން އަޔާންއާއި އައިލީން ފެނިފަ އެމީހުނަށް އަޑު އިވޭ ވަރަށް ގޮވާލިއެވެ.
އައިލީންއަށް މާއިން މެން ފެނުމުން އަވަހަށް އަޔާން ކައިރިން ދުރަށް ޖެހިލިއެވެ. އެމީހުން ނުބައި މާނައެއް ނަގާފާނެތީ އައިލީން ހުރީ ފާޑަކަށް ޖެހިލުންވެފައެވެ. އެހެންވެ އަޔާންއަށް ވުރެ ކުރިން ގޮސް މިޝްޔަލް ކައިރިން އިށީނެވެ. ” ވޯވޯ.. އަޔާ! ކޮން ކަމެއް؟” ލާނެތް ހިނިގަނޑެއް ޖަހާލަމުން މާއިން އަޔާން ކޮނޑަށް އަތް ވައްޓާލިއެވެ. ” މިދެން ހަމަ ރަށުތެރެ ހިނގާލީއޭ. ހަމަޖެހިބަލަ. ” އަޔާން އައިލީންއާއި ދިމައަށް ބަލާލަމުން ހީނލިއެވެ. ” ހަމަ އެހެން؟ ” އަފްޝާ ވެސް ދިމާ ކޮށްލަން ބުނެލިއެވެ. ” ދެން އަފޫ..” ފޫހި ރާގަކަށް އައިލީން ބުނެލިއެވެ. ” އޭހް މާނު ހިނގާބަ މަށާއެކު. ” އަޔާން ކުއްލިއަކަށް ތެދުވިއެވެ. ” ކޮންތާކަށް؟ ” މާއިން ވެސް ތެދުވިއެވެ. ” ވާހަކައެއް ދައްކަން ވެއްޖެ. ” ރަށުތެރެއަށް އެރޭ ގޮތަށް އޮތް މަގަކާއި ދިމާލަށް އަޔާން ހިނގައިގަތެވެ. ” ބާއި ލޭޑީސް. ” މާއިން ވެސް ހިނގައިގަންނަމުން ވަކިން ޔަޝްފާއަށް ބަލާލިއެވެ.
” ހުމް. ކިހިނެކޭ ވީ؟ ” ތަންކޮޅަކަށް ދެވުމުން މާއިން އަހާލިއެވެ. ” މީ.. އަޔާޝް މިއަދު ވަރަށް ފާޑެއް. ގެއަށް އައިސް ވަންއިރު މުޅި އަނގަ މަތި ހުރީ ފަޅައިގެން ގޮއްސަ. އަނގައަކުން ވެސް ނުބުނި. ކޮޓަރިއަށް ވަދެ އޮބޮތް. ” އަޔާން މާއިންއާއި މިވާހަކަ ހިއްސާ ކުރީ މާއިންއަކީ އަޔާޝްއާއެކު ކުޑަ އިރުއްސުރެ އެންމެ ގާތް އެކުވެރިޔާއަށް ވާތީއެވެ. އަޔާންއަށް ވުރެ ގިނަ ކަންކަން ދަންނާނީ އޭނަ ކަމަށް ވާތީއެވެ. ” އެހެން؟ މިހާރު އޭނަ ވަރަށް ތަފާތު. މަށާ ވެސް އަނގައިން ނުބުނެލަ. ” މާއިން ބުންޏެވެ.
ލިއުޝާ އުޅުނު އޭނާގެ ލާރީގެ ބޭނުމުގައެވެ. ފަހަރަކު ތަނެއް ބަލަމުން ދިޔައީ ވިޝާން ނޫނީ މިޝްޔަލްގެ ވެސް ފިޔަވަޅެއް ފެނޭތޯއެވެ. އެހެން އުޅެމުން މާއިން ފެނިފަ ލިއުޝާ ހުއްޓުން އެރިއެވެ. އެހެން ކަހަލަ އުނދަގުލެއް ވިއެވެ. އޭނާގެ މަޤްޞަދު ވެސް ހަނދާން ނެތުނެވެ. ” ޕިސް. މަށަށް ކިހިނެއް ތަ މި ވަނީ؟ އަނިއްކާ އޭނަ ދެކެ ލޯބިވެވުނީ ބާ؟ އުހޫނ! އެހެނެއް ނުވާނެ. މަށަށް ކިހިނެއް މީހެއް ދެކެ ލޯބި ވެވެންވީ. އަދި އެ ވެސް އެ މާއިން. ހަހަ.. ނުވާނެ އެހެނެއް.” ބޮލުގައި ޖަހާލަމުން އެތަނުން ދާން ލިއުޝާ ހިނގައިގަތެވެ.
” އޭނ! ހާދަ މަޑުން ތި ތިބެނީ. ” އަފްޝާ ތަނުގެ ހިމޭންކަން ނަގާލިއެވެ. ” ހޫނ ދެން އަފޫ ބުނާހާ އަނގަ ގަދައެއް ވެސް ނުވެވޭނެ ދޯ. ” ޔަޝްފާ ބުނެލިއެވެ. ” އިލޫ. ކޮންކަމަކާ ވިސްނާ ދުވަހެއް؟ ” ދެން ވެސް ވާހަކަ ދެއްކީ އަފްޝާއެވެ. ނަމަވެސް އައިލީންއަށް މީހަކު އެއްޗެކޭ ބުނިހެން ވެސް ހީނުވިއެވެ. އެހާ ވެސް އިނީ ކަމަކަށް ގެއްލިފައެވެ. ” އޭއި. ލޯބިވާ މަތިން ހަނދާން ކުރަނީތަ؟ ” ޔަޝްފާ ކުޑަކޮށް އައިލީން ކޮށްޕާލިއެވެ. އައިލީން ސިހުނެވެ. ” އަމްމް.. ހެހެހެ. ތިހެން ކަމަށް ވެސް ވެދާނެ. ” އައިލީން ދެކޯ ރަތްވިއެވެ. ” ވަޓް؟ އަސްލު؟ ކާކު؟ ބުނެ ވެސް ނުލައޭ. ” އަފްޝާ މޫނުމަތިން ސީރިއަސް ކަން ދައްކަމުން ބުނެލިއެވެ. ” ކާމް ޑައުން ސިސް. ހީޒް ޖަސްޓް އަ ކްރަޝް. އޭނައަކަށް ނޭނގޭނެ މަ ލައިކް ވާ ކަމެއް. ޕްލަސް އައި ޑޯންޓް ނޯ އިފް ހީޒް ސިންގަލް އޯ ނޮޓް. ” އައިލީން އުޅުނީ އެ ކާކު ކަން ނުބުނާށެވެ. ” ކާކުތަ؟ އިލޫ ފަރާތުން ބުނެ ދީފާނަމޭ. ހަހަހަ ” ޔަޝްފާ ހިނިގަނޑެއް ޖަހާލިއެވެ. ” ހެޔޮ ނުބުނެ ދިނަސް. މަށަށް ވެސް ބުނެވިދާނެ. އެންޑް ވަގުތު ޖެހުނީމަ ބުނާނަން އެ ކާކު ކަން. ” އައިލީން ހަމަޖެހިލިއެވެ. އެވާހަކަ ބުނެވުނީ ތީ ވެސް މޮޔަ ހިތަށް އެރިއެވެ. ” އޯކޭ އޯކޭ. މިޝްއަށް ކިހިނެއް ވެފަ؟ ” ޔަޝްފާ އަހާލިއެވެ. އެކުވެރިންނާ އެކު އުޅުމުގަ މުޅިން މިޝްޔަލް އިނީ އެ ސަކަރާތުގެ ތެރޭގައެވެ. ވިޝާންގެ ހަނދާން މުޅިން ފިލާފައެވެ. ” އަމް.. ޝީ ބޮރޯކް އަޕް ވިތް ވިޝާން.” އެހެން ބުނެފަ އަފްޝާ ލޮލުން އަންގާލީ އެވާހަކަ ނުދެއްކުމަށެވެ. އެހެންވެ މަޢުލޫ ބަދަލްކޮށްލިއެވެ. އިރުކޮޅަކުން މިޝްޔަލްއަށް ވިޝާންގެ ޓެކްސް މެސެޖްއެއް އައެވެ. ‘ އައި ނޯ ވީ ކާންޓް ގެޓް ބެކް ޓުގެދާ. ބަޓް ޕްލީޒް ލެޓްސް ހޭވް އަވާރ ލާސްޓް ޑިނާރ. ޔޫއާރ ފޭވަރިޓް ރެސްޓޯރެންޓަށް މިރޭ 9 ގަ. މިޝްއަށް އިންތިޒާރު ކުރާނަން. ‘ އިމޯޖީ ތަކަކާ ވިޝާން ފޮނުވިއެވެ. ” މިރޭ ދަމުތަ؟ ” ވަގުވަގުން ފޯނަށް ބަލަން އަފްޝާ އިނދެފަ އެހިއެވެ. ” ދާންވީތަ؟ ” މިޝްޔަލް އަހާލިއެވެ. ” ތިއެއް އިނގޭނީ މިޝްއަށް. އިފް ޔޫ ވޯން ޖަސްޓް ގޯ. މަ މީ މިޝް ނަމަ ދާނަން. ” އަފްޝާ ބުނެލިއެވެ. ” އޯކޭ.”
” މިއަދު ކިހިނެއްވީ؟ ” އަޔާޝް ކޮޓަރިން ނިކުތީ މީހެއް ނޫޅޭ ކަމަށެވެ. ނަމަވެސް ކުރިމަތީ ފާރުގައި ލެގިލައިގެން މާއިން ހުއްޓެވެ. އަޔާން ވެސް ކޮޓަރި ކުރިމައްޗަށް ވާގޮތަށް ހުރި ސޯފައެއްގައި އިނެވެ. ހީވަނީ މީހަކު ފާރައަށް ބަހައްޓާފައި ހުރި ދެމީހުން ހެންނެވެ. ” ނުވޭ ކަމެއް. ” ފަރުވާ ކުޑަ ގޮތަކަށް ބުނަމުން ކާގެއާއި ދިމާލަށް ހިނގައިގަތެވެ. ” އޭނ ތި ވެގެން އުޅޭ ގޮތެއް މައެ ކައިރި ވެސް ބުނެލައިން އުޅެބަލަ. ” މާއިން އަޔާޝް ކޮނޑު ހިފާ އެނބުރުވިއެވެ. ” ކަމެއް ވީމަނުން ބުނެވޭނީ.” މާއިންގެ އަތް ދުރަށް ލަމުން އަޔާޝް ހިނގައިގަތެވެ. މާއިން ވެސް ފަހަތުން އައެވެ. ” ދެން ކޮން ފައިޓެއް؟” މާއިން އެހެން އަހާލުމުން އަޔާޝް ދެލޯ ބޮޑުވިއެވެ. އެހެންނަމަވެސް މާއިންއާއި ފުރަގަހަށް ހުރުމުން އޭނައަކަށް މޫނެއް ނުފެނުނެވެ. ހިންދިރުވާލަމުން އެނބުރުނެވެ. އޭރު މާއިން ބަލަހައްޓައިގެން ހުއްޓެވެ. އަޔާން ވެސް އެތަނަށް އައިސް ވަނެވެ. ” އާހްހް..” އެންމެފަހުން އަޔާޝް ކުޑަ ގޮތަކަށް ވީގޮތް ކިޔައިދިނެވެ. ” ކާކުތަ އޭ؟ ” މާއިން އެހިއެވެ. ” ނޭނގެ. މިޝްޔަލް ބިޓަށް ވެދާނެ. ކައޭން ހެޔޮ ކަމެއް ނުކުރިޔަސް. ނުވާ ކަމަކަށް ހަދާފަ، އަޅައިނުލާ. ” އަޔާޝް ކާން ފެއްޓިއެވެ. ” ދެން ކީއްވެ ކައެ މާ ތަފާތީ؟ ކުއްޖެއް ދެކެ ލޯބިވީތަ؟ ވެއިޓް.. މިޝްޔަލް ތަ؟ ” މާއިން ހިނިގަނޑެއް ޖަހާލިއެވެ. އެހެން ބުނި ތަނުން އަޔާޝްއަށް ކޮށި އެރިއެވެ. ” ހަހަހަ. ޔަޤީނޭ. ” މާއިންގެ ހިނިގަނޑު ބާރުވިއެވެ. ” ނޯވޭ. ދެން މަ ކެޔާ ދީބަލަ. ” އެވާހަކަ ދެއްކިޔާ ނުދޭން އަޔާޝް ބުންޏެވެ. ” ހޫނ އޯކޭ އޯކޭ.. އެކަމް މަށަށް ހީވަނީ އެންމެ ފަހުން މިޝްޔަލް ދަމައިގަންނާނީ ކައެ ހެން. ” ” ދެން ކިހާ ބޮޑު ކަމެއް ދޯ!” އަޔާޝް އެންމެ ފަހުން ރުޅިއަންނަ ކަމަށް ހެދުނެވެ. ” އާނ… ޔާނު ކޮބާތަ ކައެ ބިޓު؟ ބިޓަށް ފިލަންތަ މިކޮޅަށް އައި؟ ” މާއިން އެއްސެވެ. ” މީނައަށް މި ނޯން ވާހަކައެއް ނުދެއްކޭ.” އަޔާން އެހެން ބުނުމުން މާއިން ދެލޯ އަޅާލިއެވެ. ” އާނ އެހެއްނު ވާނީ. ޔަޝްފާ ލިބިފަ ވިއްޔާ އެހެރީ. ” އަޔާޝް ވެސް މާއިން ކަޑަ ކޮށްލިއެވެ. ” ނޯން އަސްލަށް ވެސް. ކޮބާތަ ކައެ ގެންގުޅުނު މަންޖެ؟ ” މާއިން އެހެން ބުނި އަޑު ކަންފަތުގައި ޖެހުނީ އައިލީންގެއެވެ. މުޅި ހިތް ރޮއްވާލިއެވެ. އަޔާންގެ ޖަވާބެއް އަޑު އަހާކަށް ވެސް ބޭނުން ނުވިއެވެ. ލަހެއް ފަހެއް ނުކޮށް ކޮޓަރިއަށް ވަނެވެ. ” އޭނަ މަށަށް ދޮގު ހެދީ. އެހެންވެ އޭނާ ދޫކޮށްލީ. ދެން މަ އެކޮޅުގައި ހުރުމުގެ ކޮން ބޭނުމެއް.” އަޔާން ކިޔައިދިނެވެ. ” ދެން މާނު ކައެ ބިޓު ވާހަކަ ފަށާނި!” އަޔާޝް ޖެއްސުމަށް ބުންޏެވެ. “މައެ ދާން ޖެހިއްޖެ.” މާއިން ސަކަރާތް ވެގެން އަވަހަށް ނިކުތެވެ. ” އެ ނައްޓާލީނުން ބިޓު މަތިން ހަނދާން ވެގެން.” އަޔާޝް އެހެން ބުނުމުން އަޔާން ވެސް ހިނިގަނޑެއް ޖަހާލިއެވެ.
އައިލީންއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖިއެވެ. އައިލީންއަށް ނޭނގުނީ އިނގެން ޖެހުނު ތަންކޮޅެވެ. ނަމަވެސް އަޔާން ލޯބިވާ ކުއްޖަކު ހުންނަ ނަމަ އެދޭތެރެއަކަށް ވަންނާކަށް ބޭނުމެއް ނޫނެވެ. އަޔާންގެ ލޯބި ނުލިބުން އެއީ އޭނާއަށް އޮތް ގޮތް ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ވެވޭނީ ލޯތްބެވެ. ބަދަލެއް ނުވާނަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

