Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Vaanan umurah
ލޯބި

ވާނަން އުމުރަށް( 7)

4VU$#4 Level 1
February 7, 2022 4 Mins Read
0 Comments

“މަށަށް ވެސް ނަމެއް އޮވޭ… 7ދުވަސް ވީ ދުވަހު މަންމަ އާއި ބައްޕަ އާއި ބަކަރި އާއި ގެރި އާ ކަތިލާފަ ކީ ދެލޯކަނެއް ނޫން… އަރްޔަން އަދުނާން ކީ….ބައިދަ ވޭ އަދި އަތުގަ ހިފާ ލީމާ ގަޔަށް އަތްލި ކަމަކަށް ނުވޭ ދޯ…..އޫ..އޫ..އަނެއްކާ ތި އުޅެނީ އަހަރެން ލައްވާ… ގަޔަށް.. އަތް..” އަރްޔަން ޖުމްލަ ފުރިހަމަ ނުކުރެވުނީ އައިލީން ގެ އަތުގެ ހޫނު ހަމަ ލާއެއް ކޮލަށް އަމާޒުވެގެން ދިއުމުގެ ސަބަބުން ނެވެ.

އައިލީން ގެ މި ޢަމަލު ގެ ސަބަބުން އަރްޔަން އަށް ހުރެވުނީ ކޮލުގައި އަތް އަޅާލައިގެން ހުއްޓުން އަރާފައި އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޙަޔާތުގައި މިހާތަނަށް އައި އިރު ހުރިހާ އަންހެން ކުދިން ވެސް ބޭނުން ވަނީ އެ މޫނުގައި ފިރުމާ ލުމަށެވެ. އެއާ ހިލާފައް އެ އަންހެން ކުއްޖާ އޭނާއަށް ދިލަ ތަދެއް އިޙްސާސް ކުރުމަށް މަޖުބޫރު ކުރުވާފި އެވެ. އަރްޔަން ގެ މޫނުމަތީގައި ވިހެ ލުމަށް ފަހު ތިރީގައި ހުރި ފޮތްތައް ނަގައިގެން އައިލީން ގެއާއި ދިމާއަށް މިސްރާބު ޖެހީ އަރްޔަން އަށް ބަލާވެސް ނުލަ އެވެ. އަރްޔަންގެ ދެބުމަ ގޮއްޖެހި ދެއަތް މުއްކެވުނީ އެއަންހެން ކުއްޖާދެކެ ހިތްހަމަ ނުޖެހުނު ވަރުން ނެވެ. އެއް ފަރާތަކައް މޫނު އަނބުރާ ލައިގެން ވިސްނުމެއްގައި ހުރި އަރްޔަން އަށް ހޭވެރިކަމެއްވީ ކޮނޑުގައި މީހަކު ޖަހާލުމުން ނެވެ. “މިއަދު ގޮޅި ކަންމައްޗައް ހުއްޓުން އަރާފައި ހުރި ދުވަހަކީތަ؟” ފަހަތުން އައި ޒުވާނާ ކުރިމަށްޗައް އަރަމުން އެހެން ބުނެލީ އަރްޔަން ހުއްޓުން އަރާފައި ހުރިހެން ހީވެގެންނެވެ. “އުހޫން…އެހެންނެއް ނޫން އެކަމް ފާޑެއްގެ މަންޖެއެއް…އަދި އޭނަ އަށް މިކަމުގެ ހިތި ދައްކާލާނަން އެހެން މަށާ ކުޅެފަ ނުމެއް ދުވެ ފިލޭނެ.” ފާރުގައި ގޮށްމުށުން ޖަހާލި ގޮތުން ކައިރީގައި ހުރި ޒުވާނާ އަށް ވެސް ސިހިފައި ފަހަތަށް ޖެހި ލެވުނެވެ.”މޭން..ތަންކޮޅެއް ސާފު ވާނެހެން ތިކިޔާ އެއްޗެއް ކިޔާބަލަ..އޭރުން ދޯ ހެލްޕް ވެސް ވެވޭނި” އެޒުވާނާގެ އަޑު ކަންފަތުގައި ޖެހުމުން އަރްޔަން އަތް ތިިރިކޮަށްލުމަށް ފަހު އެޒުވާނާ އާއި ކުރިމަތި ލިޔެވެ.”ވިއްޓެ..އެކޮޅަށް ގޮސް މި ވާހަކަ ދެން ދައްކާނި ކޮބާ ސައިކު؟” ވިޔާމުގެ ކޮނޑައް އަތް ވައްޓާލަމުން އަރްޔަން އޭނާގެ ވާހަކަ ކުރިއައް ގެންދިޔައެވެ. މަޑި ދަށުގައި ހުންނާނެތަ ޕީސް..؟” އިސްތަށިގަނޑުގައި އަތް ހާކާލި އަރްޔަންގެ މޫނުމަތިން ހިސާބަކަށް ހާސްކަން ފާޅުވާން ހުއްޓެވެ.
____________________________
ކަންބޮޑުވެފައި ގޭޓުކައިރީގައި ދެކޮޅަށް ހިނގަހިނގާ ހުރި ޝާހީދު ފެނުމުން އައިލީން ގެ ފިޔަވަޅުތަށް މަޑު ޖައްސާލުމަށް ފަހު އަތުކުރީގައި އޮތް ގަނޑިއަށް އަވަސް ނަަޒަރެއް ދިނެވެ. 10:40 ވެފައި ހުުރުމުން އައިލީން އަށް އޭނާގެ ބޮލުގައި މަޑުމަޑުން ޖަހާލެވުނެވެ.”މި ހުސް އެ ފިިރިހެނާގެ ކަންތައް މޮޔަގޮވިޔަސް ދެން ބޮޑުވަރު ތޯއްޗެއް؟ ހިތުން ތިމަންނަމީ ވަރަށް ރީތި މީހެކޯލަ..ތިމާ ވަރެއް ނެތިފަ އަމިއްލަ ފެންވަރު ނޭނގޭ ކޮހެއް” އައިލީން އޭނާގެ ނަފްސަށް އިވޭވަރަށް ވާހަކަ ދައްކަމުން އައިސް ޝަހީދު ކުރިމަތީގައި ހުއްޓި ހިނިތުން ވެލި އެވެ. “އައިލީން ހާދަލަހުން ތިއައީ؟ ހުރިހާކަމެއް ރަނގަޅުތަ؟ ކީއްވެ ފޯނު ނުގަނި؟ އެހާލަސް ވަންދެން އަންހެން ކުދިން މާލޭ މަގުމަތި އުޅުން ރަނގަޅެއް ނުވާނޭ ބޭބެ ނުބުނަންތަ؟ ދެން ބޭބެ ދާންވީ ދޯ ކޮލެޖު ނިމޭގަޑީ ބަލާ؟” ހާސްވެ ކަންބޮޑުވެފައި ހުރި ވަރުން ޝާހީދު އެއްފަހަރާ ހިތުގަައި އުފެދުނު އުދާސްތައް ބޭރުކުރަމުން ދިޔައެވެ. ” ބޭބެ އެއްފަހަރާ ހުރިހާ ސުވާލެއް ކުރިމާ މިހުންނަނީ ޖަވާބެއް ދޭން ނޭގިފަ..އަޅުގަނޑު ރައްޓެހި ކުއްޖަކާ ވާހަކަ ދައްކަން ހުރެވުނީމައި ލަސްވީ ދެން..އަޅުގަނޑު ހަމަ ބަރާބަރު…ފޯނު ކުލާސްގަ ނޯޓްސް ލިޔަން އިންދާ ޗާޖު ގޮސްގެން ނިވުނީ……..އެކަމަކު މިހާ ކައިރި އިރު އަޅުގަނޑުވެސް ހިތްހަމަ ޖެހެނީ ހިނގާލާފައި ދިޔާމަ.” އައިލީން ގެ ޒަމީރު އެޒުވާނާގެ ވާހަކަ ދައްކަން ނުރުހުން ވާ ކަހަލަ އެވެ. ނުހަނު އަވަހަށް އައިލީން ހިނިތުން. ވެލުމުން ޝަހީދު އައިލީންގެ ކޮނޑުގައި ޖަހާލުމަށް ފަހު ދަބަސް ލާފައި ކާން ދިއުމަށް ބުނެލިއެވެ. އަދި އޭނާގެ މިސްރާބު ސިޓިންރޫމާއި ދިމާއަށް ބަދަލުކޮއްލި އެވެ. ކަމުން ދިޔަ ވަގުތު އައިލީންގެ ކަންފަތުގައި ގުގުމަމުން ދިޔައީ އެޒުވާނާގެ ބަސްތަކެވެ. ހަމަ އެއާއެކު އައިލީން ގެ ލޯ ކުރިމަތީގައި އެޒުވާނާގެ މޫނުމަތީގައި ވިހެލި މަންޒަރު ސިފަ ވުމުން ކޮށި އެރިއެވެ. އަދި އެޒުވާނާގެ މޫނު މައްޗަށް އެރި ކުލަވަރު ސިފަވެ ހެވުނެވެ.

________________________________

އަރައިގެން އައި އިރުގެ ރަން ދޯދިތަކުން އަރްޔަން ގެ މޫނުމަތީގައިިވި ދާތިކިތަ ވިދާ ބަބުޅަމުން ދިޔަ އެވެ. ކަޅުކުލައިގެ ޓްރެކް ޝޫޓާ ހަމަ އެކުލައިގެ ހޫޑީ އެއްގައި ހުރި އިރު އަތުގައި އޮތް ފެންފުޅިން އެކަނިވެސް ދުވަން ގޮސް އައިސް ހުރި ކަން ހާމަ ވެއެވެ. ރަސްފަންނުގެ އެ މާހައުލުގައި އިށީނދެލާނެ ޚާއްޞަ ތަންތަން ހުރި ނަމަވެސް އަރްޔަން ހިޔާރު ކުރީ ހުދު ސާފު ދޮންވެލި ގަނޑެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް އަރްޔަން ތަފާތު ކަމަށް ދައްކަނީ ރީތި ވަރަކަށް ދިގުކޮށް ލާފައިވާ އެ އިސްތަށިގަނޑުގައި ޖަހާފައިވާ ރަބަރުން ނެވެ. ގުދުރަތީ ހިތްގައިމު ކަމަށް ނަފްސު ދޫކޮށްލައިގެން އިނދެ މަޑުމަޑުން ކޯ ކަށިގަނޑުގައި ފިރުމަމުން ދިޔަ އަރްޔަން އަށް ހޭވަރިކަންވެ ހަމަ ބިމަށް އާދެވުނީ ފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ. ޖީބުގައި އޮތް ފޯނު ނެގި އިރު އަރްޔަން މޫނުމައްޗަށް ވައްތަރެއް ޖައްސާލައިގެން އިނީ ކާކުކަން ނޭނގޭތީ އެވެ. އެހެން ނަމަވެސް ގުޅަމުން ދިޔަ ވިޔާމް ފެނި ވަގުތުން ވީގޮތް ނަގައި ގަނެވުނެވެ. އައްޓެ؟…..ތަނެއްގެ ރޯވީތަ؟….ރޭގެ މާ މީހުން ތިބީމަ އެއްޗެއް ނޭހުނި…” އަރްޔަން އަށް ދެފަރާތަށް ބޯ ހޫރާލެވުނީ ބޮލުގައި ރިއްސާލި ވަރުން ނެވެ. “ވިއްޓެ…މަށަށް ބުނާއިރު އަސުރުން ތިރި ނުވަނީސް އެނދުން ނުހިއްލާލާ މީހާ މިއަދު މުނާޖާ ގޮވަން ތެދުވެގެން ތަ ތި އުޅެނީ؟” ވިޔާމް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަރްޔަން ވެސް ސުވާލެއް އަމާޒުކޮށްލީ ވިޔާމް ގެ ސުވާލަށް ޖަވާބުދާރީ ވާން ބޭނުން ނެތުމުން ނެވެ. އަރްޔަން ބޭނުން ވީ ގޮތަށް ނުހަނު އަވަހަށް ވިޔާމް އޭނާގެ ވާހަކަ ފެށި އެވެ. “ހޫން….މަ މިއަދު މިއުޅެނީ މަސައްކަތެއް ފަށާގަންނަން މިކަން މިފަހަރު ކޮއްފަ ނޫނީ ދުލެއް ނުކުރާނަން…” ވިޔާމް ގެ އަޑުގައި ހުރި އާދަޔާ ޚިލާފު ފޯރި އަޑު އިވިފައި ހުދު އަރްޔަން ވެސް އެ މަސައްކަތެއް އަޑު އެހުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. “ކޮން ކަމެއް ތަ މާ ކުރަން ފޯރި ހިފާލާފަ ތިހުރީ؟ ބުނެ ލައިގެން އުޅުނީމާ ދޯ އެނގޭނީ.” ކެތްތެރިކަން ކުޑަވެފައި ހުރި އަރްޔަން ގެ އަޑު ކަންފަތުގައި ޖެހުމުން ވިޔާމް އަށް ހެވުނެވެ. “ވަރަށް ތަފާތު ސަޅި ކަމެއް….އެކަމު ފޯނަކުން ނުކިޔާ ދެވޭނެ މެންދުރު 2 އަކަށް އެއްކަލަ ކެފޭއަށް..އޭރުން ދޯ ހަމަ ޖެހިގެން މި ވާހަކަ ދެއްކޭނީ….ގުޅާލައްޗޭ!” އަނގައިން ނުބުނެ އުޅެނިކޮށް ވިޔާމް އެކޮޅުން ފޯނު ކަނޑާލި އަޑު އިވުމުން އަރްޔަން ވިޔާމް އަށް ކުދި ކިޔަމުން ތެދުވެ ގެޔާ ދިމާއަށް ދިއުމަށް ޕާކިން ޒޯނު ގައި ހުރި ސައިލައް އަރާ ދުއްވާލި އެވެ.

______________________

“ކުލާސް ރޭގަނޑު އޮންނާތީ މުޅި ދުވަސް އެއްކޮށް ފޫހި ދޯ ވަރަށް ؟” ހެނދުނުގެ ނާސްތާ ކުރުމަށް އިން ޝަހީދު ޖެހިގެން އިން ގޮނޑީގައި އިން އައިލީން އަށް ބައެއް ތަށިތައް ކައިރި ކޮށްދެމުން ބުނެލި އެވެ. “ފުދޭވަރަކަށް ފޫހި.. އެކަމު ގޭތެރޭގައި ބައެއް ކަންކަން ކޮށްލީމާ ފޫހި ފިލާ..” އައިލީން ހިނިތުން ވެލި އެވެ. “ބިޒްނަސް ތި ކިޔަވަނީ…ދާންވީނު ބޭބެއާ އެއްކޮށް ކޮންޕެނީ އަށް…ގައިމު އާ ކަންތައްތަކެއް ދަސްވެސް ވާނެ.. އަނެއްކާ ތަޖުރިބާ ވެސް ލިބޭނެ ދޯ..” ނާސްތާ ނިންމާފައި ތެދުވި ނަމަވެސް ޝަހީދު އައިލީން ގެ ޖަވާބަކަށް މަޑުކޮށްގެން ހުރި ތަން ފެނުމުން އައިލީން ވާހަކަ ދައްކަން ފެށި އެވެ. “އަޅުގަނޑަށް ހީވަނީ ތީ ރަނގަޅު ހިޔާލެއް ހެން.. އެކަމު އަޅުގަނޑު ގަސްތުކުރަނީ މާދަން ނިކުންނަން…މިއަދު އަދި ކޮލެޖުން ދިން ބައެއް މަސައްކަތްތައް ވެސް އެބަ ހުރި ނުނިމި..އެ މަސައްކަތަށް އަދި އެބަ ޖެހޭ މިރޭ ދާން ވާއިރަށް ނިންމާލަން..” އައިލީން އޭނާގެ ހިޔާލު ފައުޅުކުރުމުން ބޯ ޖަހާލަމުން ޝަހީދު ހިނގާ ގަތީ އޮފީހަށް ދާން ތައްޔާރު ވުމަށެވެ. އައިލީން ވެސް ލައިބުރަރީ އާއި ދިމާއަށް ހިނގައި ގަތީ ފިލާވަޅު ތައް ނިންމުމަށެވެ.

_________________________________

ބެލްކަނީ ގައި އަތް އަޅުވައިލައިގެން ހުރި އަރްޔަން ގެ ނަޒަރު ހުއްޓިފައި ހުރީ މާލޭގެ ހަލަބޮލި ވެފައި ވީ މާޙައުލު ގެ ތެރެއަށެވެ. ކިތަންމެ ވަރަކަށް ހަމަ ޖެހެން ބޭނުން ވީ ނަމަވެސް އެ ހިތުގެ ހަމަޖެހުން ގެއްލިޖެއެވެ. އެންމެ ރެޔަކުން ނެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. ތަކުރާރުކޮށް ލޯ ކުރިމަތީގައި ސިފަވަމުން ދިޔައީ އެ މަޢުސޫމު ކަމުން ފުރިފައިވި މޫނެވެ. އަންހެން ވަންތަ ކަމެއް ލިބިފައި ވާއިރު އެ ހިތްވަރާއި ކެރުމެވެ. ސާބިތު ކަމެކެވެ. އެހެން އަންހެން ކުދިންނާ ޙިލާފައް ތުއި ކަމެއް ނެތް ދެބުމަ ގޮށް ޖެހިފައިވާ މޫނެވެ. ނަން ނޭނގުނު ނަމަވެސް އަރްޔަން އެ އަންހެން ކުއްޖާ ގެ ގޮތް ދެނެގަތުމަށް ޝައުގުވެރި ވެއްޖެ އެވެ. އެ ތަފާތުކަން އަރްޔަން ގެ ހިތުގައި ޓަކި ޖަހާލި ކަހަލަ އެވެ. ފޮނި ހިޔާލު ތަކާއި ގޮތް ނޭނގޭ ހިޔާލު ތަކެއްގައި ފީނަމުން ދިޔަ އަރްޔަން އަށް ހޭވަރިކަންވެ ހަމަ ބިމަށް އާދެވުނީ އެނދުމަތީގައި އޮވެ ރިންގުވަމުން ދިޔަ ފޯނުގެ އަޑުން ނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

4VU$#4

Level 1

?I LOST THE K1NG.......WHO SAID I CAN'T BE THE QU11N?

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (16)

Next

އެ ހުވަފެން – 6

Next
February 7, 2022

އެ ހުވަފެން – 6

Previews
February 7, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (16)



All Right Reserved!