ހިދާޔަތު ގެ އަލިކަން އިރާއި އެކު އޮއްސިގެން ދާ އުސޫލުން މިއަދު އެ އިރާއެކު އަރްޔަން ގެ ހިތުގެ ހަމަޖެހުން އޮއްސިގެން ހިނގައްޖެއެވެ. ކުރަން މިއުޅެނީ ކޮން ކަހަލަ ކަމެއް ކަން އެނގުނު ނަމަވެސް ގޮތެއް ނިންމުމަށް އަރްޔަން ނުކުޅެދިފައި ވާކަހަލަ އެވެ. އެއްފަރާތެއްގައި ނަފުރަތު ވީއިރު އަނެއް ފަރާތުގައި ހަމްދަރުދީ ވެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަ އަރްޔަން އަށް އިރު އިރުކޮޅާ އަތުގައި އޮތް ގަޑިއަށް ނަޒަރު ހިންގައި ލެވެއެވެ. __________________________ އެހެން […]
އެ ތަފާތުކަން އަރްޔަން ގެ ހިތުގައި ޓަކި ޖަހާލި ކަހަލަ އެވެ. ފޮނި ހިޔާލު ތަކާއި ގޮތް ނޭނގޭ ހިޔާލު ތަކެއްގައި ފީނަމުން ދިޔަ އަރްޔަން އަށް ހޭވަރިކަންވެ ހަމަ ބިމަށް އާދެވުނީ ފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ. ________________________ ހޫން ތިއީވާ މީހެއް..2 ޖަހާއިރު ގުޅާށޭ މަ ބުނިން 2:30 ވީއިރު ވެސް ނުވިތަ 2 ޖެހި ކަމަކަށް…. އޭ.. ނިކަން މޭން އަކަށް ވެގެން މިކަން ކުރެވޭނީ.. ކުރަތްޕެއް ހެން ހުރެގެނެއް […]
“މަށަށް ވެސް ނަމެއް އޮވޭ… 7ދުވަސް ވީ ދުވަހު މަންމަ އާއި ބައްޕަ އާއި ބަކަރި އާއި ގެރި އާ ކަތިލާފަ ކީ ދެލޯކަނެއް ނޫން… އަރްޔަން އަދުނާން ކީ….ބައިދަ ވޭ އަދި އަތުގަ ހިފާ ލީމާ ގަޔަށް އަތްލި ކަމަކަށް ނުވޭ ދޯ…..އޫ..އޫ..އަނެއްކާ ތި އުޅެނީ އަހަރެން ލައްވާ… ގަޔަށް.. އަތް..” އަރްޔަން ޖުމްލަ ފުރިހަމަ ނުކުރެވުނީ އައިލީން ގެ އަތުގެ ހޫނު ހަމަ ލާއެއް ކޮލަށް އަމާޒުވެގެން ދިއުމުގެ ސަބަބުން ނެވެ. އައިލީން ގެ […]
ކާމޭޒު ދޮށުގައި އިން ޝަހީދު އިރުއިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަލާލުމަށް ފަހު ދޮރާ ދިމާއަށް ބަލާލަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މިރޭގެ ކެއުމަށް ލަސްވުމުން ނެވެ. “ބައްޕާ.. މާފުކުރަށްވާ.. އަޅުގަނޑު ކުޑަ ކަމަކު އުޅުމުން ހަނދުމަ ނެތުނީމާ ލަސްވީ” ކާކޮޓަރީގެ ދޮރުން އެތެރެއަށް ވަދެވުމުން ޝައްފާން ފުރަތަމަ ވެސް އޭނާގެ ބައްޕަ ފަރާތުން މާފަށް އެދުނީ ގަޑިއަށް ނާދެވުމުން ނެވެ. ކާމޭޒާ ދިމާއަށް ހިނގައި ގަތް ޝައްފާން ގެ ލޮލުގައި ބައްޕަ ކާރީގައި އިން […]
އެންމެ ގާތް އެކުވެރިޔާ އާއި ދެމެދު އޮތް ގުޅުން ކަނޑައި އާއިލާ އާއި އޮތް ގުޅުން ހީނަރު ވެގެން ނޫނީ އަރްޔަން އަށް އޭނާގެ މަގުސަދާއި ހަމައަށް ވާސިލް ވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ހީވާ ކަހަލަ އެވެ. އަރްޔަން ހުރީ ކޮންމެ ހާލެއްގައި ވެސް އޭނާގެ މަގުސަދު ހާސިލު ކުރުމަށް ފޫގަޅާފައި ގެންނެވެ. އެ ހިތުގައި މިވަގުތު އުތުރި އަރަމުން ދިޔަ ޖަޒުބާތައް އަރްޔަން ބޭރު ކުރަމުން ދިޔައީ ކަރުނައިގެ ސިފާ ގައެވެ. […]
އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޝައްފާން ދިން ޖަވާބު ވެގެން ދިޔައީ އަރްޔަން އުންމީދު ކުރި ފަދަ ޖަވާބަކަށް ނޫންކަން އަރްޔަން ގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތަކުން ވެސް ހެކި ދެއެވެ. __________________________ “އެ ކީއްވެ މިހާރު ޕައިލެޓަކަށް ވާން ބޭނުން ނުވަނީ ތަ؟” އަރްޔަން ކަންބޮޑުވެފައިވާ އަޑަކުން ވާހަކަ ދައްކަން ފެށުމުން ޝައްފާނަށް ހެވުނެވެ. “އެހެންނެއް ނޫން…..ބައްޕަގެ އުމުރު ދުވަހުގެ މަސައްކަތް ”ބްލައިންޑް“ކޮންޕެނީ އަކީ ބައްޕަގެ މިންނެތް މަސައްކަތް، ދުލުން ނުބުނި ކަމުގައި ވިޔަސް […]
“އައިލީން އަހަރެމެން މިކުރާ ކަންތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ވާނަމަ ކިޔަވަން މާލެ ދާން ވީ ނުން….. ” ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަދެގެން އައި ހާޝިމް ހިނިތުން ވުމާއި އެކު ވާހަކަ ދެއްކުމުން އައިލީން އަނގަޔަށް ގޮތެއް ހަދާލި އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ލަދެއް ބިރެއް ނެތި އޭނާގެ ހަފާ ކަމުން މިއޮތް ހުރިހާ ދުވަހު އުޅެމުން އައި އިރު މި ހަތަރު ފާރު އެތެރޭގައި އޭނަ އާއި […]
ޝައްފާން ކާރުގައި އަރްޔަން ގެއަށް ލާން ދާން ބުނުމުން އެއްވެސް ދެކޮޅު ހެދުމެއް ނެތި އެއްބަސްވީ އަރްޔަން އަށް އެތަނަށް އާދެވުނީ ހިނގާފައި ކަމަށް ވުމުން ނެވެ. ކާރަ އަރަން ދޮރު ހުޅުވާލާފައި އަރްޔަން ފަހަތް ބަލާލި އަންހެން ކުއްޖެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ. ________________________ އަރްޔަން ފަހަތް ބަލާލި ނަމަވެސް ޝައްފާން ހީކުރި ގޮތަށް އެއީ މާ ބޮޑު ކަމަކަށް ނުހަދާ ކާރަ އަރާ އަރްޔަން ހަމަޖެހިލިއެވެ. “ފަހަތް ބަލާލީމަ މަ ހީކުރި […]
އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން ހުރި ޒުވާނާ ސުނާމީ ބިނާ ކައިރީގައި ގިޓާ ކޭސް ބާއްވާ ލުމަށް ފަހު ގިޓާ އަތަށް ހެޔޮވަރު ކޮއްލަމުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލި އެވެ. ހީވާގޮތުން އޭނާ މަސައްކަތް ކުރަމުން ދިޔައީ ހިތުގައި ވާ އުދާސްތަށް ލަވައެއް ގެ ގޮތުގައި ބޭރުކޮށްލުމަށެވެ. “ނުވާނަމޭ ބަދަލެއް ހުވާ ޔާރާ……ވާނަމޭ އުމުރަށް އެކީ ޖާނާ…..ނޭދެމޭ ދުރުވާކަޝެށް ލޯބިވާ…… ނުވާނަމޭ.. ބަދަލެއް ހުވާ ޔާރާ…..އަދު ވަޔާދެވި…ދުރަށް އޮޔާ ދެވި…ބެހިގެން ރަށަކަށް ނަފްސު އޮޔާ […]