Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Vaanan umurah
ލޯބި

ވާނަން އުމުރަށް( 6)

4VU$#4 Level 1
February 2, 2022 4 Mins Read
0 Comments

ކާމޭޒު ދޮށުގައި އިން ޝަހީދު އިރުއިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަލާލުމަށް ފަހު ދޮރާ ދިމާއަށް ބަލާލަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މިރޭގެ ކެއުމަށް ލަސްވުމުން ނެވެ. “ބައްޕާ.. މާފުކުރަށްވާ.. އަޅުގަނޑު ކުޑަ ކަމަކު އުޅުމުން ހަނދުމަ ނެތުނީމާ ލަސްވީ” ކާކޮޓަރީގެ ދޮރުން އެތެރެއަށް ވަދެވުމުން ޝައްފާން ފުރަތަމަ ވެސް އޭނާގެ ބައްޕަ ފަރާތުން މާފަށް އެދުނީ ގަޑިއަށް ނާދެވުމުން ނެވެ.

ކާމޭޒާ ދިމާއަށް ހިނގައި ގަތް ޝައްފާން ގެ ލޮލުގައި ބައްޕަ ކާރީގައި އިން އަންހެން ކުއްޖާ އަޅައި ގަތީ ދެނެވެ. އިސްޖަހައިގެން ހުރެ ދެއަތް ދެއަތާ މޮޑެމުން ދިޔަ ގޮތުން އެކަނި ވެސް އެ އަންހެން ކުއްޖާ ހާސް ވެފައިވާ މިންވަރު ބަޔާންކޮށްދެއެވެ. ބަހެއް ނުބުނެ ޝައްފާން ގޮސް އެ އަންހެން ކުއްޖާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ ބައްޕަގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުން ނެވެ. “އަވަހަށް ކާން ފަށަމާ… ވާހަކަ ދައްކާލާނީ ކައި ނިމިގެން ދޯ.. ދަރިފުޅު ވެސް ވާނެ މަޑުކޮއްލަން” ޝަހީދު ގެ އެދުމަށް ފުރަގަސް ދިނުމަކީ ދުވަހަކުވެސް ޝައްފާން ކޮށްފައިވާ ކަމަކަށް ނުވުމުން ޝައްފާން ނުހަނު ފަސޭހަކަމާއެކު އެކަމަށް އެއްބަސް ވި އެވެ.

_____________________________

ހޮޓޮލް ރޫމެއްގެ ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އަތުގައި ހުރި ޕެކެޓު އަނގަޔަށް އަޅަމުން ދިޔަ އިރު އަރްޔަން ދިޔައީ ދެއަތަށް ހޫރެމުން ނެވެ. ބައެއްފަހަރު ރޫމު އެތެރޭގައި އަރްޔަން ގެ ހޭއަޑު ގުގުމާލާފައި ހުންނަ އިރު އަނެއް ބައި ފަހަރު އެތަނުން އިވެނީ ވޭނީ ގިސްލުމެއްގެ އަޑެވެ.

ދަރިފުޅު ހިތްހަމަ ނުޖެހިފައި ހުރިހެން އާޒިމާ އަށް ހީވާތީ އަރްޔަން ހޯދަން ކޮޓަރިއަށް ވަތް އާޒިމާ ކަންބޮޑުވީ ކޮޓަރީގެ އެއްވެސް ހިސާބަކުން އަރްޔަން ގެ ހިލަމެއް ނުވުމުން ނެވެ. ކަންބޮޑުވެ ހާސްވެފައި ހުރެ އާޒިމާ އަދުނާން ކައިރިއަށް ދިއުމުން އަދުނާން ބުނީ އަރްޔަން މެސެޖު ކޮށްފައި މިރޭ އޭނާ ނިދާނީ ލަހުން ކަމުގައި ބުނެފައި ވާ ކަމަށެވެ.
ދަރިފުޅު ހެޔޮ ހާލުގައި ހުރިކަން އެނގުނު ނަމަވެސް އެ ދަރިފުޅު ގެ ހިތުގައި ހަމަޖެހުމެއް ނެތްކަން އިޙްސާސް ކުރެވުމުން އާޒިމާ ގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެހެން ނަމަވެސް ކަރުނަ ތައް ހިންދާލަމުނ އިސްޖެހިފައި ހުރެ އާޒިމާ ނިދަން އޮށޯވެލީ އެ ދަރިފުޅަށް އަމާން އުފާވެރި ދިރިއުޅުމެއް ދެއްވާ ތޯ ދުޢާކުރާ ހާލު ގައެވެ.

_________________________

ޝަހީދު ގެ ދުލުން ޙަޤީޤަތް އެނގުމުން ޝައްފާން އައިލީން ބަލައިގަތީ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ގޮތުގައެވެ. ޝައްފާން އޭނާ ބިޒްނަސް ގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރަން ބޭނުންވާ ވާހަކަ ބުނުމުން އެކަމަށް މަރުޙަބާ ކިޔާ އުފާ ފައުޅު ކުރި އެވެ. މާގިނަ ވާހަކައެއް ނުދެއްކި ނަމަވެސް އައިލީން އާއި ޝަހީދު ތަފާތު އެކި ސުވާލުތައް ކުރަމުން ދިޔަ އެވެ. “ދެން އައިލީން ދަރިފުޅު ޝައުގުވެރިކަން ހުރި ދާއިރާ އެއް ބުނެބަލަ އޭރުން ދޯ އަވަހަށް ކޯސް ފެށޭނީ ވެސް…. މި އަންނަ މަހަށް ޖެނުއަރީ އިންޓޭކް ވެސް އެބަ އިން… އެކަމު ދަރިފުޅު ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު އެބަ އޮތް ނޫނީ ވަޒީފާ އަކަށް ނިކުންނަ ބޭނުން ނަމަ އެކަން ހަމަޖައްސާލާކަށް ވެސް ބޭބެ އަކަށް ނުނަގާނެ މާ ގިނަ އިރެއް ” އައިލީން އަށް ވިސްނުނު ގޮތުގައި މިހާރު ވަޒީފާ އަކަށް ވަތް ނަމަވެސް ނަމަވެސް ތަޖުރިބާ ގެ އިތުރުން މަތީ ތަޢުލީމު ގެ ސަނަދު ތައް އޭނާ އަށް ފަހުން ނަމަވެސް ބޭނުން ޖެހޭނެ އެވެ. ދުރާލާ ތައްޔާރު ވުމަކީ މުހިންމު ކަމެއް ކަމަށް އައިލީން ދެކުނެވެ.” އަޅުގަނޑު ބޭނުން ވަނީ މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު ވަޒީފާގެ މާހައުލައް ނިކުންނަން ” އިސް ޖަހައިގެން އިނދެ އައިލީން އިތުރަށް ކިޔަވަން ބޭނުންވާ ވާހަކަ ބުނުމުން ޝަހީދު ނުހަނު އުފާވި އެވެ. ބިޒްނަސް ގެ ދާއިރާއިން އައިލީން ކުރިއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން ޝައްފާން އެދުނީ އޭނާ އާއި އެކު ކިޔަވަން ފުރުމަށެވެ. ނަމަވެސް އައިލީން ބޭނުންވީ އެންމެ ބޭސިކް އިން ކޯސް ފެށުމަށެވެ.

-އެތް ހަފުތާ ފަސް-

“އަހަރެން ހަމަ އަޖައިބު ވެއްޖެ….ލީންކޮ ކީއްވެތަ އެ ކޮޅަށް ނުދާން ތިއުޅެނި” ޝައްފާން އާއި އެކު ފޮށިތައް ތައްޔާރު ކޮށް ދިނުމުގައި އެހީތެރިވަމުން ދިޔަ އައިލީން ގައިގައި ކުށަން އަކުން ޖަހާ ލަމުން އައިލީން އާއި ސަމާސާ ކޮއްލިއެވެ. “ތިހާ ހަޑި މީހެއް ކައިރީ ހުންނަ އިރު މާ ބައިވަރު މީހުން މަލާމާތް ކުރާނެ…ދެން ކިހިނެއް ދާނީ…ބޯ ވެސް ހީވަނީ ރަކިސް ބޮނޑެއް ހެން..ހަހަހަ” ޝައްފާން ތެދުވެ ދުއްވައި ގަތުމުން އައިލީން ވެސް ދުއްވާ ގަތީ ޝައްފާން އަތު ނުޖެހުމަށެވެ އޮފީސް ނިންމާފައި ގެއަށް ވަތް ޝަހީދު އަށް ސިޓިންރޫމް ގެ ސޯފާތައް ވަށައިގެން ދުވަމުން ދިޔަ އައިލީން އާއި ޝައްފާން ފެނުނެވެ. ފުރަތަމަ ދެތިން ދުވަހު އައިލީން މަޑުމަޑުން ހުރި ނަމަވެސް ޝައްފާން ގެ ސަކަ މިޒާޖުގެ ސަބަބުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައި އެވެ.

“ދެން ތި ދުވުން ހުއްޓާލާފަ ދޭ އަވަހަށް ތައްޔާރުވެގެން ނިކުންނަން މިހާރު ގަޑި ޖެހެން ކައިރި ވެއްޖެ ” ޝަހީދު ގެ އަޑާއި އެކު ދުވެފައި ގޮސް އައިލީން އޭނާގެ ކޮޓަރި ދޮރު ހުޅުވާލާފައި ޝައްފާން އަށް ވައްތަރު ޖައްސާލަމުން ދޮރު ލައްޕާލީ އޭނާގެ ކާމިޔާބީ އާއި މެދު ފަހުރުވެރިވެ ހުރެއެވެ.

_____________________________

ރޭގަނޑު އެއްކޮށް ބޭރުގައި ބޭރުކުރުމަށް ފަހު ދުވާލު ނިދުން އަރްޔަން ގެ އާދަަ އަކަށް ވެއްޖެ އެވެ. މައިބަފައިންނާއި ވާހަކަ ދެއްކުން އަރްޔަން އަށް ޙަރާމް ވެފައިވާ ކަހަލަ އެވެ. “އަދުނާން…އަރްޔަން މިހާރު އެ އުޅެނީ ކިހިނެއް ތަ؟ އޭނާ ކިޔަވަން ފޮނުވަން ވީނުން” އާޒިމާ ކަންބޮޑުވީ އަރްޔަން އަށް ދެރަގޮތެއް މެދުވެރި ވެދާނެ ތީ އެވެ. ރަނގަޅު މަގުން ކައްސާލާފާނެ ތީ އެވެ. “އާޒިމާ..އެއީ ވެސް ތަންދޮރު ނުދަންނަ ކުޑަ ކުއްޖެއް ނޫން…ކުރިން އަރްޔަން ބުނި ކިޔަވާ ނިންމައިގެން އައިސް ވިޔަފާރި އާއި ހަވާލު ވާން..އެކަމަކު ކިޔަވަން ދާން ބުނިޔަސް ކާން ބުނިޔަސް މިއަދު އަރްޔަން ގެ ފަރާތުން ހަނުހުރުން ނޫން ޖަވާބެއް އަހަރެމެންނަކަށް ނުލިބޭ.. ނޫންތަ؟ ” އައިދާން އާއި ދެކޮޅަށް ހަދަން ކިތަންމެ ބޭނުންވިޔަސް އެ ފުރުސަތެއް މިއަދު ނެތެވެ. އަރްޔަން އާއި ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް އަރްޔަން އަނގަ ހުޅުވާލަން ހިތަށް ވެސް ނާރަ އެވެ.”އެކަމަކު އަހަރެމެން ނުވާނެ ދޯ ދަރިއަކު ހަލާކު ވާން ދޫކޮށްލާކަށް…އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން ކަންނޭނގެ..” އައިދާން ވެސް ބޯ ޖަހާލީ އޭނާ ވެސް އެކަމާ ވިސްނާކަން އަންގައި ދިނުމަށެވެ.

_______________________

ޝައްފާން ދިއުމާއި ގުޅިގެން ގިނަ ވަގުތު އައިލީން ފޫހި ވެފައި ހުންނަ ޖެހުމުން ހިތާއި ނަފްސަށް މާޒީގެ ހަނދާންތައް އުނދަގޫ ކުރަމުން ދިޔައެވެ. އެކަމުން މިންޖު ވުމަށް އައިލީން އަށް އެހީވެދިނީ ކިޔެވުމެވެ. ކޮލެޖަށް ދާން ފެށުމުން އައިލީން މަޑު މަޑުން ހަމައަކަށް އެޅި ކިޔެވުމުގެ ތެރެއަށް ރަނގަޅަށް ވަދެވުނެވެ. ޝައްފާން ކިތަންމެ ދުރުގައި ހުރި ނަމަވެސް އައިލީން އަށް ގުޅައި ހާލު ބަލައި ހަދަ އެވެ. އަދި ކިޔެވުމުގެ ކަންކަން ވެސް ދެމީހުން ހިއްސާކޮށް ހިޔާލު ބަދަލުކޮށް ހަދަމުން ދިޔައީ ދެބެން ފަދައިން ނެވެ.

ކޮލެޖު ފެށުނު ފުރަތަމަ ހަފްތާ އައިލީން ލާން އަދި ބަލާ ޝަހީދު އައި ނަމަވެސް އައިލީން އެކަން މަނާ ކުރީ ކޮލެޖާއި ގެއާއި މާ ދުރު ނޫން ވީމަ އެވެ. 8 އިން 10 އަކަށް އޮތް ކިލާސް ނިންމާފައި ކޮލެޖުން އައިލީން ނިކުމީ ކޮލެޖުގައި އައިލީން އާއި އެންމެ އެއްކޮށް އުޅޭ ލުޔޫން އާއި އެކު އެވެ. ކޮލެޖުގެ ބޭރުގައި މަޑުކޮށްގެން ހުރި ލުޔޫން ގެ ބޭބެ ފެނުމުން ލުޔޫން އައިލީން ކައިރީގައި ދަނީ ކަމުގައި ބުނެ ހިނގާ ގަތުމުން އައިލީން ވެސް ދަތުރު ފެށީ ގެއަށް ދިއުމަށެވެ. މަޑު ހިނގުމެއްގައި ގެ ހުންނަ މަގަށް އެޅި ވަގުތު އައިލީން ވެއްޓުނީ ދުވެފައި އައި ފިރިހެން ކުއްޖެއް އޭނާގެ ގައިގައި ޖެހި ގަތުމުން ނެވެ. “މަގުމަތީގައި އެހެން މީހުން ވެސް އުޅޭކަން ދަނެގެން އުޅެން ވެއްޖެ ދޯ؟ދެލޯކަނު މީހަކަށް ވުރެ ކަންތައް ފަލަ..” އައިލީން ހިތް ހަމަ ނުޖެހުނީ އޭނާގެ ކިޔަވާ ފޮތްތައް ތިރިއަށް ވެރިފައި ހުރުމުން ނެވެ. އިސްޖެހިފައި ފޮތްތައް ނަގާ އަތަށް އަޅަމުން އައިލީން އެހެން ބުނެލީ ކުރިއަށް ހިނގަމުން ދިޔަ ޒުވާނާ އަށް އަޑުއިއްވުމުގެ މަގުސަދުގައި ނޫން ނަމަވެސް އެ ޒުވާނާ އަށް އަޑުއިވުމުން އެނބުރި އައިސް އައިލީން ގެ އަތުގައި ހިފައި ލަކިއެއް ޖަހާ ނަގާ ކޮޅަށް ޖަހައި ލި އެވެ. އަދި ދެވަނަ ސިކުންތު ގައި ކައިރީގައި ހުރި ފާރާއި ދެމެދުގައި އައިލީން ހައްޔަރުކޮއްލި އެވެ. އައިލީން އަށް އެ ޒުވާނާ ގެ މޫނު ސާފުކޮށް ފެންނަ ވަރު ވުމުން ރަނގަޅަށް ބަލާލި އެވެ. ރީތި ދިގު އިސްކޮޅެއް ލިބިފައި ވާއިރު ލާފައި ހުރި ގަމީސް ކަރު ގޮށާއި ހަމައަށް އަޅުވާލާފައި ވެއެވެ. އަޅި ކުލައިގެ ކަޅިއެއް ލިބިފައިވާ އިރު އެ ލޮލުގެ އެތެރެއަށް ފީނާލަން ބޭނުންވާ އެތައް އަންހެން ކުދިނެއް ވާނެ ކަން ގައިމެވެ. ފަން އިސްތަށިގަނޑު ރީތި ވަރަކަށް ކޮނޑާ ހަމައަށް ކޮށާ ލާފައި ހުރި އިރު އެ ޒުވާނާ ރީތި ކަމަށް ދައްކަ އެވެ. އެހެން ނަމަވެސް އައިލީން ގެ ހިޔާލު ތަފާތެވެ. “ދެލޯކަނާ ތި ކޯއްޗެއް ހިތަށް އަރުވައިގެން އުޅޭ އިންސާނެއްތަ؟ އެއްފަހަރު މަގު ކަންމައްޗަށް ވައްޓާލާފަ…އަނެއް ފަހަރު ފާރު ބިތައް ޖަހާފަ…ލަދު ހަޔާތް ކޮބާތަ އަންހެން ކުއްޖެއްގެ ގަޔަށް އަތް ލާއިރު..” އައިލީން ގެ ވާހަކަ ނިމުމާއި އެކު އެ ޒުވާނާ އައިލީން އާއި ނަޒަރު ސީދާ ކޮއްލިއެވެ. “މަށަށް ވެސް ނަމެއް އޮވޭ… 7ދުވަސް ވީ ދުވަހު މަންމަ އާއި ބައްޕަ އާއި ބަކަރި އާއި ގެރި އާ ކަތިލާފަ ކީ ދެލޯކަނެއް ނޫން… އަރްޔަން އަދުނާން ކީ….ބައިދަ ވޭ އަދި އަތުގަ ހިފާ ލީމާ ގަޔަށް އަތްލި ކަމަކަށް ނުވޭ ދޯ…..އޫ..އޫ..އަނެއްކާ ތި އުޅެނީ އަހަރެން ލައްވާ… ގަޔަށް.. އަތް..” އަރްޔަން ޖުމްލަ ފުރިހަމަ ނުކުރެވުނީ އައިލީން ގެ އަތުގެ ހޫނު ހަމަ ލާއެއް ކޮލަށް އަމާޒުވެގެން ދިއުމުގެ ސަބަބުން ނެވެ.

-ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

4VU$#4

Level 1

?I LOST THE K1NG.......WHO SAID I CAN'T BE THE QU11N?

Other Articles

Previous

ޖޭއޯވަން-ޓްރެއިލަރ

Next

ހަނދާންވޭ (8)

Next
February 2, 2022

ހަނދާންވޭ (8)

Previews
February 2, 2022

ޖޭއޯވަން-ޓްރެއިލަރ



All Right Reserved!