Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިވޭ 1

Horror queen Level 210 Stories
January 29, 2022 5 Mins Read
0 Comments

އެނދުމަތީގަ އަރާމުކޮށް ނިދަން އޮއްތް ރިޝީ އަށް ހޭލެވުނީ އޭންގެ ފޯނު އެލާރމް ވާ އަޑަށްށެވެ. ރިޝީ އޭނާގެ ތަންމަތިން ތެދުވެގެން ފާޚާނާ އާއި ދިމާލަށް ދިޔައެވެ. އެއިރުވެސް ރިޝީގެ ދެލޯ އޮތީ ނިދާފައެވެ. ރިޝީ ފާޚާނާއަށް ގޮސް ވަނުމުގެ ބަދަލު ގޮސް ޖެހުނީ އެތާންގައި ހުރި ފާރެއްގައެވެ. “އައްދިއްޔޯއި!!!” ރިޝީ އަޑުއޮތްކޮޅަށް ހަޅޭއް ލަވައި ގަތެވެ. “ރިޝް އާރ ޔޫ އޯކޭ؟” ރިޝީގެ މަންމަ އާއި އެއްބަނޑު އެއްގަފައި މީހެއްގެ ދަރިއެއް ކަމަށްވާ ރަލާ އައިސް ރިޝީ ގާތުގައި އަހައިލިއެވެ. ރަލާ އަކީ ރިޝީ އާއި އެއް އުމުރެއްގެ މީހެކެވެ. އެމީހުންންކީ އެއްބަނޑުއެއްބަފައި ދެބެންގެ ދެދަރިންއެވެ. ދެމީހުން ވެސް އެންމެ ތުއްތު އިރުންސުރެ ފަށައިގެން އުޅެމުން އައީ އެއްކޮށްށެވެ. “އާން ރީއްޗަށް ލޯ ފުހެފަ ނޫނީ ދެނެއް މަށެއް ނުތެދުވާނަން” ރިޝީ ނިއްކުރިމަތީގައި އަތް އަޅައިގެން ހުރެ ބުނެލިއެވެ. “ކިހިނެތް ތަ ވީ ނިއްކުރި މަތީގަ އަތް އަޅައިގެން ތިހުރީ… ބުނީމަ ދޯ އެގޭނީ ބޭސް އަޅައިދޭން” ރަލާ ވަރަށް ހާސް ވެފަ ހުރެ ބުނެލިއެވެ. “މަ ގޮސް މިހިރަ ފާރުގަ ޖެހުނީ ހީވަނީ ބޯފަޅައިގެން ދިޔަހެން” ވެފަހުރި ތަދު ބޮޑުކަމުން ރިޝީ ދަތް ވިކާލާފައި ބުނެލިއެވެ. “ފްރެޝް ވެލައިގެން އާދޭ އައިސް އަޅަން އޭރުން ރަނގަޅުވެދާނެ” ރަލާ މިހެން ބުނެފަ ބޭރަށް ނިކުތެވެ. ރިޝީ ފާޚާނާ އަށް ވަދެ ފެން ވަރައިގެން އެތާންގައި އަޅުވައިފައި އޮތް ފިޔާތޮށި ކުލައިގެ ރޯބް ލުމަށް ފަހު ކުޑަކުޑަ ހުދު ކުލައިގެ ތުވާލިކޮޅަކުން އޭނާގެ އެ ދިގު ރަތް ކުލައިގެ ރާޅުބާނީ އިސްތަށިގަނޑު ހިއްކަމުން ކޮޓަރިތެރެއަށް ނިކުމެ އަލަމާރިން ކަޅު ކުލައިގެ ސްކިނީ އަކާއި ހުދުކުލައިގެ އައިފަލް ޓަވަރ ކުރުހާފައި އަދި އޭގެ ކައިރީގަ ‘ޕެރިސް ފްރާންސް ‘ މިހެން ޖަހައިފައި އޮތް ސުވެޓާރ އެއް ނަގައި ރިޝީ އޭނާގެ ގަޔަށް މަހައިލީމެވެ.

 

ދެން ރިޝީ ކޮޓްރިން ނިކުތް ގޮތައް ބަދިގެއާއި ދިމާލަށް ގޮސް އައިސް އަލަމާރީގައި އޮތް އައިސް ޕެކް ނަގައި  އޭނާގެ ނިއްކުރި މަތީގައި އަޅައިލީމެވެ. އެއިރު ރަލާ އޮތީ ސޯފާ ސެޓް މަތީގައި އޮށޯއްވެލައިގެން ކޭބީއެސް ވޯލްޑް އިން އެއިރު އަންނަ ޑްރާމާ ‘ޔަންގް ލޭޑީ އެންޑް ޖެންޓަލްމެން’ ބަލަންށެވެ. “ރަލް އަދިވެސް ތި ޑްރާމާ ނުނިމޭ ތަ؟” ރިޝީ އަހައިލީމެވެ. “ހްމް މިހާރު އެންމެ އިންޓްރެސްޓިން ތަންކޮޅުގް މިއުޅެނީ… އެއްކަލަ ދުވަހު މީހުން ބެލި ޕާރޓް އިން ޔަންގްގުކް ހައިކިން އަށް ގޮސްގެން އުޅުނިކޮށް މެމޮރީ ލޮސްޓް ވިއެއްނު ދޯ އޭގެ 3 މަސް ފަހުން ޔަންގްގުކް އާއި ޖޯ ސަރާ ގެ އެންގޭޖްމެންޓް ތެރެއިން ޔަންގްގުކް ގެ މެމޮރީ ތައް އަނެއްކާ އަލުން އަންނަނީ… ވަރަށް ފައްކާ” ރަލާ ހުރިހާ ޑީޓެއިލްސް އަކާއި އެކު ކިޔައިދިނެވެ. “ޕިސް ޕިސް… މި ފެށީ ކޭބީއެސް ކުއީން ތި ރިމޯޓު ދީބަ ތަންކޮޅެއް ސަހަލަ އެއްޗަކަށް ލާން” ރަލާ އާއި އެއްބަނޑު އެއްބަފާ ދޮންބެ އަދި ރިޝީގެ ތިއްތި ރިޒްލާން ހޭލައިގެން ނިކުމެ ރަލާ އަތުން ޓީވީ ރިމޯޓު އަތުލަން އުޅުނެވެ. “އެއްކަލަ ދެމީހުން ފެށީ ދޯ… ރިޝް ކީއްވެ ނިއްކުރި މަތިގަ އައިސް ޕެކް އަޅައިގެން ތިހުރީ؟” ރިޝީގެ ދޮންބެ ރިޝްވާން ރިޝީ ގާތުގަ އަހައިލިއެވެ. “ހޭލައިގެން ފާޚާނާ އަށް ދަނިކޮށް ގޮސް އެތާން ގައި ހުރި ފާރުގަ ބޯ ޖެހުނީ” ރިޝީ ރިޝްވާން ގާތުގައި ބުނެލީމެވެ. އެވަގުތު ރިޒްލާން ހުރީ ރިޝީ ބުނި އެއްޗެއް ކަނުލައި އަޑުއަހަންށެވެ. “ފާރެއްގައި ބޯ ޖެހުނީއޭ؟ ހާއްހައްހައްހައްހާ” ރިޒްލާން މިހެން ބުނެ ރިޝީއަށް މަލާމާތް ކުރަން ފެށިއެވެ. “މީހަކަށް ދެރަގޮތެއް ވެއްޖިއްޔާމު ހޭނެ” ރިޝީ މިހެން ބުނެ ކުނި މޫނުހަދައިލިއެވެ. “ހައްހައްހެހް އެހެންވެ ބުނަނީ ތެދުވާއިރު ހަށިގަނޑު އެކަންޏެއް ނޫންކަން ތެދުވަން ވީކީއެއް ހަށިގަނޑާ އެކު މީހާގެ ދެލޯވެސް ޖެހޭނެ ތެދުވަން” މިހެން ބުނެ އަނެއްކާވެސް ރިޒްލާން ހޭން ފެށިއެވެ. “މިތާންގަ ކޮން ކުޅިވަރެއްތަ މި ހިންގަނީ” ރަލާ އަދި ރިޒްލާންގެ މަންމަ ރައީފާ ގެއަށް ވަންނަމުން ބުނެލިއެވެ. “މަންމާ އިންގޭތަ މިހިރަ ރިޝީ ގޮސް އޭނަގެ ކޮޓަރީ ފާޚާނާ ކައިރީގަ ހުރި ފާރުގަ ބޯޖެހިގެން އެއުޅެނީ” މިހެން ބުނެ އަނެއްކާވެސް ޕަކަ ޕަކަ ލާފައި ރިޒްލާން ހޭން ފެށިއެވެ. “ބަލާބަލަ މީހަކަށް ދެރަ ގޮތެއް ވެއްޖިއްޔާމު ހޭވަރު އަދި މީހާ ތިހިރީ ހޭލި ގޮތަށްށޭ… ހަމަމިހާރު ދާންވީ ފެންވަރައި ގައިން ތާހިރުވެގެން ނިކުންނަންދާން” ރިޒްލާންގެ ކަންފަތުގައި ހިފައި ބާރަށް އަނބުރައިކުމަށް ފަހު ރައީފާ ރިޝީ އާއި އެއްކޮޅަށް އެރިއެވެ. “އެހެން ވާނީ މީހުން އަށް މަލާމާތް ކުރަންޏާމު އެހެންވެ ބުނަނީ އެހެންމީހަކަށް ކުރާ މަލާމާތް ރައްދުވާނީ އެ މަލާމާތެއް ކުރާމީހަކަށް ދެން ވެސް ޞޯލިހުވޭ” ރަލާ މިހެން ބުނުމުން ރިޒްލާން މޫނު ހަދައިލައިފައި އޭނަގެ ކޮޓްރިއަށް ދިޔައެވެ.

 

(ހަވީރު 5:00 ޖެހުމުން…)

 

“ރިޝް، ރަލް، ރިޒްލާން އަވަހަށް އާދެބަލަ ސަޕްރައިޒް އެއް އެބައޮތް” ރިޝްވާން މިހެން ބުނުމުން ތިން މީހުން އަވސް އަވަހަށް ބޭރަށް ނިކުމެ ބަލައިލިއެވެ. “ވާން ދޮންބޭ ކޮބާތަ ސަޕްރައިޒް އަކީ؟” ރަލާ އަހައިލިއެވެ. “އޯ އޭތި ދޯ އެކްޗުއަލީ އެއީ ތި ތިން މީހުން ބޭރަށް ނެރެންވެގެން ބުނެލިއެއްޗެއް… ތި މީހުން ތިހުރީ ފޫހިވެފައެއްނު ދޯ ހިންގާބަ ހިންގާލަން ދާން؟” ރިޝްވާން ބުނެލިއެވެ. “އޯކޭ އެބައަންނަން އިންގެ މޫނުގަ ފުއްޖަހައިލައިގެން” ރިޝީ މިހެން ބުނެފައި އެތެރެއަށް ވަދެ މޫނުގައި ފުއްޖަހައިލައިގެން ސެންޓު ޖަހައިލައިގެން ނިކުތެވެ. “ރިޝް އެއައީ ހިންގާ ދަމާދެން” ރަލާ އަށް ރިޝީ ފެނުމުން ބުނެލިއެވެ. “ހިންގާ” މިހެން ބުނެފައި ރިޝްވާން ހިންގައިގަތީ އަތިރިއާއި ދިމާލަށްށެވެ. “ވާވު މިތާންގަ ހާދަ ގިނަ ރީތި އަންހެން ކުދިން އެބަ އުޅޭ… ދާން ވި އެކަކުގެ ފޯން ނަންބަރު ހޯދަން ދާން” މިހެން ބުނެ ރިޒްލާން އެދިމާލަށް ދިޔައެވެ. “ހާއި އަހަންނަށް ޔޫގެ ފޯން ނަންބަރ ދެވިދާނެތަ؟” ރިޒްލާން ޕާކްތެރޭގައި ހުރި އަންހެންކުއްޖަކު ކައިރީގައި އަހައިލިއެވެ. ނަމަވެސް އެކުއްޖާ ރިޒްލާން އަށް ފޯނު ނަންބަރު ދިނުމުނެ ބަދަލު އޭނަގެ ކަންކަށި މަތީގައި އެރިފަހަރެއް އަޅުވައިލިއެވެ. އެމަންޒަރު ފެނިފަ ރިޝީ، ރިޝްވާން އަދި ރަލާގެ ހިނިގަނޑު އޮތްތަނަށް ފަޅައިގެން ދިޔައެވެ. “އަދި އެބަ ހެއެއްނު މިއަދު ހެނދުނު ރިޝް ވިއްޔާ އުޅުނީ ބޮލުގަ ބޮޑުސިންގާ ގޮބެއް އަރުވައިގެން” ރިޒްލާން އެމީހުން ކައިރިއަށް ގޮސް ބުނެލިއެވެ. “ތިއްތީ ވާހަކައެއް ބުނަންތަ… މަށަށް ނިއްކުރީގަ ބޮޑުގޮބެއް ދެން ތިއްތި އަށް ދޮޅުވެފައި އޮތް ކޮލެއް ދެމީހުން އީކުއަލްވީ އެއްނު” މިހެން ބުނެ ރިޝީ ޕަކަ ޕަކަ ލާފައި ހޭން ފެށީމެވެ.

 

“އަމް… އެކްސްކިޔުޒް މީ” އެތަނަށް ކޮނޑުގައި ބޮޑު ދަބަހެއް އަޅުވައިގެން ހުރި ފިރިހެން ކުއްޖަކު އައިސް ރިޝްވާން އަށް ގޮވައިލިއެވެ. “ޔެސް މޭ އައި ހެލްޕް ޔޫ” ރިޝްވާން އޭނަ ގާތުގައި އަހައިލިއެވެ. “ހާއި މިރަށުގަ އުޅޭތަ ޖަނާން ކިޔާ މީހެއް” އޭނަ ރިޝްވާން ކައިރީގައި އަހައިލިއެވެ. “ޖާން އެބަ އުޅޭ ދޯ… ރިޝް ކީއްވެ މަ ކައިރީގަ ނުބުނީ ޖާން އުޅޭވާހަކަ؟” ރަލާ ރިޝީއާއި ދިމާލަށް ބިރުވެރި ނަޒަރަކުން ބަލައިލިއެވެ. “ރަލް އައި ނޯ ޔުއާރ މޭޑް އެކަމު އައި ހޭޑް މައި ރީޒަން-” ރިޝީ ބުނަން އުޅޭއެއްޗެއް ބުނެ ނުނިމެނީ ރަލާ ރިޝީގެ ފަހަތުން ދުއްވައިގަތެވެ. ރިޝީ ވެސް ކުރިއަށް ދުއްވައިގަތީމެވެ. “އައިޝަތު ރިޝީ ހަމަމިހާރި މިތަނަނށް އާދޭ… މިފަހަރު މަ ރިޝީ އަށް ފިލާވަޅެއް ދަސްކޮށްދީފަ ނޫނީ ދުލެއް ނުކުރާނަން” ރަލާ ރިޝީގެ ފަހަތުން ދުވަމުން ބުނެލިއެވެ. “ރަލް؟!” ކުއްލިއަކަށް ރަލާ ހުއްޓުނީ ޖަނާން ގެ އަޑު އިވުނެވެ.

 

ޖަނާން އަކީ ރިޝީ އާއި ރަލާ އެލް.ކޭ.ޖީ ގަ އުޅުނު އިރުން ސުރެ ފެށިގެން އެމީހުންގެ ބެސްޓުފްރެންޑްއެވެ. ނަމަވެސް ގްރޭޑް 7 ގަ އުޅުނު އިރު ޖަނާން މާލެއަށް ކިޔަވަން ދިޔައެވެ.

 

“އެހުރީ ހޯދަން އުޅޭމީހާ… އޯއި އައިޝަތް ރިޝީ ފާތިމަތް ރަލާ ތި ދެމީހުންގެ ފައިޓް ނިމިއްޖެ ތަ” ރިޒްލާން ބުނެލިއެވެ. އެއިރު ޖަނާން އާއި ރަލާ ހުރީ ކަޅިޖަހައިވެސް ނުލައި ހަތަރު ކަޅި ހަމަ ކޮށްގެންއެވެ. “ހައެ ހައޭ ލޯބީގެ ފެށުން ރަލާ ޕްލަސް ޖަނާން” ރިޝީ އާއި ރިޒްލާން އެއްފަހަރާ ބުނެލީމެވެ.

 

“ޖަނާންގެ ފްރެންޑް އެއްތަ ތީ؟” ރިޝްވާން އަހައިލިއެވެ. “އާން އަހަންނަށް ކިޔަނީ ސާޔަން… ތީ ކޮންބައެއް؟” ސާޔަން އަހައިލިއެވެ. “އަހަންނަށް ކިޔަނީ ރިޝްވާން މިހުރީ ރިޒްލާން މީ އަހަރެންގެ ބޮޑުދައިތަގެ ދަރިއެއް ދެން އެހުރީއެއްނު ޖަނާން ކައިރީގަވެސް އަންހެން ކުއްޖެއް އެއީވެސް ބޮޑުދައިތަގެ ދަރިއެއް އޭނައަށް ކިޔަނީ ރަލާ ދެން އެހުރީ އަހަރެންގެ ކޮއްކޮ ރިޝީ އަހަރުން މީ ޖަނާން ގެ އަވައްޓެރިން ދެން އެ ދެ އަންހެނުންނަކީ ޖަނާން ގެ ޗައިލްޑް ހޫޑް ބެސްޓީސް” ރިޝްވާން އެމީހުން އެންމެން ތައާރަފް ކޮށްދިނެވެ. “ހެއި ދޮންބޭ މިހާރު އެޔޮށް އިރުއޮއްސެނީ” ރިޝީ މިހެން ބުނުމުން އެންމެން ހިންގައި ގަތީ ގެއާއި ދިމާލަށްށެވެ. އެއިރު ރިޝީ އާއި ރަލާ ހުރީ އެންމެ ކުރީގައެވެ. “އޭތް ތި ދެމީހުން އިހަށް މަޑުޖެހިބަ އަހަރުން އެއްވަރުވާ ދެކަށް” ރިޒްލާން ފަހަތުގަ ހުރެ ހަޅޭއް ލަވަން ފެށިއެވެ. “ޕިސް ހާދަ ތަތޭ ތި މިހުން އަވަހަށް ހިންގާބަލަ” ރިޝީ ލާނެތް ގޮތަކަށް ބުނެލިއެވެ. “ތަތޭ؟ މިއަދު ހެނދުނު ރިޝް އުޅުނީ ބޮލުގަ މާސިންގާ ގޮބެއް އަރައިގެން ދެން މަށޭ ކިޔާކަށް ކަމެއް ނެތް” ރިޒްލާން މިހެން ބުނުމުން ރިޝި ގާތަށް ރުޅި އައެވެ. “މާސިންގާ ގޮބެކޭ؟ ދެޓްސް އިޓް ޑޫ ޔޫ ވަނަ ޑައި.. މަރުވަން ބޭނުމިއްޔާމު މަރާލަފާނަން” ރިޝި ގެ ގާތަށް އައި ރުޅިން ބުނެލިއެވެ. “ކީކޭ؟ މަ މަރާލަން ތި އުޅެނީ؟ ޕިސް ޕިސް ރިޝް ވާހަކައެއް ބުނަންތަ އައިމް އިންވިންސިބަލް… ކެރެންޏާމު މިހާރުވެސް އައިސް ޖަހާ ވަރަކަށް ޖަހާބަލަ ތަދެއް ނުވާނެ މަށަކަށް ތަދުވާނި ރިޝް އަށް” ރިޒްލާން މިހެން ބުނެ ފޮނިކަނޑަން ފެށިއެވެ. “ހުރެ ބަލަ މިފަހަރު ހޭ އަރުވާލާނަމޭ” މިހެން ބުނެ ރިޝީ ރިޒްލާން އާއި ދިމާލަށް ބާރު ބާރަށް ހިންގަމުން ދިޔައެވެ. އެ ދިޔަ ގޮތަށް ދޮސް ރިޒްލާން ގެ ދޮޅުވެފަ އޮތް ކަންކައްޓުގައި އެތިފަހަރެއް އަޅުވައިލިއެވެ. “އައްދޯއި~” ރިޒްލާން ވީތައްދަކުން ހަޅޭއް ލަވައިގަނެވުނެވެ.

 

(ނުނިމޭ)

 

☺☺Hi fellow readers. Hope you like this story as well and I hope I’ll get ur support as well…so pls ? comment often ☺☺

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ހަނދަކީ ކަލާ ކަމުގާވިޔަސް 10

Next

އިތުބާރު

Next
January 29, 2022

އިތުބާރު

Previews
January 27, 2022

ހަނދަކީ ކަލާ ކަމުގާވިޔަސް 10



All Right Reserved!