“އޭ މަޑުކޮށްބަލަ އަދި.. ޒައްލެ ދެންމެ ތިބުނީނު މިހާރު މަށަށް ފަންސަވީސް އަހަރު ވެއްޖެޔޭ.. ކައިވެނި ކުރާ އުމުރަށް އަޅައިފިޔޭ.. ހަނދާން ނައްތާ ނުލައްޗޭ ޒައްލެއަށް ވެސް ދުވަސްކޮޅަކުން ފަންސަވީސް އަހަރު ވާނެކަން.. އެދުވަހަކުވެސް މަވެސް ޒައްލެ ގާތު ކައިވެނީގެ ވާހަކަ ދައްކާނަން… ހޫމް ދެން ބުނެބަލަ.. ކުއްޖަކު އެބަހުރިތަ ސެޓްކޮށްފަ؟..” އަފްލާކް ލާނެތް ރާގެއްގައި އެހެން އަހާލުމާއެކު ޒާލިކް ސިހުނެވެ. އޭނާއަށް ދެލޯ ބޮޑުކޮށްފައި އަފްލާކްއާއި ދިމާލަށް ބަލަން އިނދެވުނެވެ.
ކޮޓަރިން ނުކުމެގެން އައިސް އެހިސާބަށް އަރާ ހަމަވި އަލާޔާއަށް އަފްލާކްގެ ސުވާލު އަޑުއިވިފައި މަޑުޖެހެވުނެވެ. ދެފައިގައި ކަސްތޮޅު އެޅުވި ފަދައެވެ. އޭނާގެ މޭގެތެރޭގައި އޮވެ އެހިތް ތެޅެމުންދިޔަ ބާރުމިނުންވެސް ހީވަނީ ދެންމެ ދެންމެ ހިތް ނުކުމެދާނެހެންނެވެ. އޭނާއަށް ޒާލިކްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތު އަފްލާކްގެ ފަހަތުގައި ހުރި އަލާޔާ ފެނުމުން ޒާލިކްގެ ނޭވާ ވެސް ހީވީ ކަރުތެރޭގައި ތާށިވީހެންނެވެ. ދެފަހަރަކު އެސްފިޔަ ޖަހާލަމުން އޭނާ އަފްލާކްއަށް ބަލައިލަމުން ވަރުގަދަ ޖަވާބެއްދިނެވެ. އެވަގުތު އަލާޔާ އަދި އަފްލާކްވެސް ސިހިގެން ދިޔަވަރުން ދެލޯ ބޮޑުކޮށްފައި ޒާލިކްއަށް ބަލައިލެވުނެވެ.
“ލާކް.. ލާކް ކޮއްކޮ މަށަށް ސެޓުކޮށްދޭންވީނު..” ޒާލިކް އެހެން ބުނެލާފައި ފަހަތުގައި ހުރި އަލާޔާއަށް އެއްލޯ މަރާލުމުން އޭނާ ދަތްކުނޑި ވިކާލިއެވެ. މި ޒާލިކް އަދި އޭނާގެ ދެއަތުން މަރުވާނެއެވެ.
“އޯހ ޕްލީޒް.. އައިމް ނޮޓް އިންޓްރެސްޓެޑް.. ނެވަރ އެވަރ.. އެހެން ނޫނަސް އަލޫ ލޯބިވާ ކުއްޖެއްވެސް ހުރެޔޭ….” އަލާޔާ އައިސް އަފްލާކްގެ ކޮނޑުގައި އަތްއަޅުވާލަމުން އޭނާ ގާތު އިށީނެވެ. އެވަގުތު ޒާލިކްއަށް ސިހިފައި އަލާޔާއަށް ބަލައިލެވުނެވެ. އަލާޔާ ހަމަ އަސްލަށްވެސް އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ހެއްޔެވެ؟ ޒާލިކް އަލާޔާއަށް ހައިރާންވެފައި ބަލަން އިންދާ ދެލޮލުން ދިލަ ތަދެއް އިހުސާސްވިއެވެ. އޭނާ ކަނާއަތުގެ ބޮޑުވައި އިނގިލިންނާއި ޝަހާދަތް އިނގިލިން ކަރުނަވަޅުގައި ހިފައި އޮއްބާލިއެވެ. ނަމަވެސް ސިކުންތެއް ނުވަނީސް އަތްނަގައި ސޯފާމަތީގައި އޮތް ކުޝަން ނަގައި އުނގަށްލީ އަލާޔާ އަދި އަފްލާކްއަށް ސިއްރުކުރުމަށެވެ.
“އެހެންތަ؟.. ކޮން ނަމެއް ކިޔާ ކުއްޖެއްތަ؟ ހީވޭ ވަރަށް ސްޕެޝަލް ކުއްޖެއްހެން..” ޒާލިކް އެހެން ބުނެލިއިރު ޙައިރާންވީ އެހިތުގައި ރިހުމެއް އުފެދުމުންނެވެ. އޭނާއަށް އެވަނީ ކިހިނެތް ހެއްޔެވެ؟
“އޮފްކޯޒް ވަރަށް ބޮޑަށް ސްޕެޝަލް ކުއްޖެއް.. އަލޫ ވަރަށް ބޮޑަށް ލޯބިވާ ކުއްޖެއް އެއީ…. ހީޒް ދި ބެސްޓް.. ފެނުނު ދުވަހުއްސުރެ އަދި އަދަށްވެސް މިހިތުން އެސޫރަ ފިލައިގެން ނުދޭ…” އަލާޔާ އެހެން ބުނެލިއިރު އިނީ ފާޑަކަށް ހިނިތުންވެލައިގެންނެވެ. އެދެލޮލުގައި ވި ވިދުވަރު ފެނިފައި އަފްލާކް ހައިރާންވިއެވެ. އަލާޔާ މިއޮއް ހުރިހާދުވަހު ކުއްޖެއް ނަގައިގެން އުޅުނުއިރު އޭނާއަށް ވެސް ނޭނގުނުހެއްޔެވެ؟
އަފްލާކް ޙައިރާންވެފައި އަލާޔާއަށް ބަލަހައްޓައިގެން އިނުމުން އަލާޔާ ދެން ބުނެލީ އަދި އަފްލާކް އެއަށްވުރެ ހައިރާންކުރުވަނިވި ޖުމުލައެކެވެ.
“ތިއްތިއަށް ވަރަށް ރަނގަޅަށް އެނގޭނެ އެއީ ކާކުކަން..” އަލާޔާ އެހެން ބުނެލުމުން ޒާލިކްވެސް އަފްލާކްއަށް ބަލައިލީ އެއީ ކާކުކަން އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. އޭރު އެހިތުގައި އެ އިންސާނާއާއި މެދު ހަސަދަވެރިކަމުގެ އޮއެވަރު ހިނގާލައިފިއެވެ. ނޭނގުމެއްގައި ވިޔަސްއެވެ.
އަލާޔާ އިރުކޮޅަކު ދެމީހުންގެ މޫނު ދިރާސާކުރަން އިނދެފައި އެންމެފަހުން ނުހުރެވިގެން އެކުއްޖާގެ ނަން ބުންޏެވެ. އެވަގުތު އަފްލާކްއަށް ސިހިފައި ޒާލިކްއަށް ބަލައިލެވުނު އިރު ޒާލިކްއަށް ބަލައިލެވުނީ އަލާޔާގެ މައުސޫމު ދެލޮލަށެވެ. ހައިރާންވެ ކުޑަކޮށް އަނގަ ހުޅުވިފައިވީއިރު އޭނާ އިނީ ގަބޫލުނުކުރެވިފައެވެ.
“ކިހިނެއްވީ؟ ގަބޫލުނުކުރެވުނީ ދޯ.. ބަޓް އިޓްސް ޓްރޫ.. އައި ލަވް ތިއްތި މޯރ ދޭން އެނީވަން އިން ދިސް ހޯލް ޔުނިވާސް.. އަބަދުވެސް މިހިތުގައިވީ ސޫރައަކީ ތިއްތި.. ހީ އިޒް މައި ހީރޯ.. މައި ރޯލް މޮޑެލް.. މައި އެވްރީތިންގ…..” އަލާޔާ އަފްލާކްގެ ކަރުގައި އަތްވަށާލަމުން އެކޮނޑުގައި ބޯއަޅާލިއެވެ. ޙަގީގަތުގައި އޭނާ އެދެއްކި ހުރިހާ ވާހަކައެއް ހިތުގެ ފުންމިނުން ބުނެލީ ޒާލިކްއަށްޓަކައެވެ. އޭނާ ގަބޫލުނުކުރިޔަސް އޭނާއަށް ޒާލިކް ފެނުނު ދުވަހު ކުރުވި އިހުސާސް އަދިވެސް އެސޫރަ ފެނުމުން ކުރުވައެވެ. ނަމަވެސް ތަފާތަކީ އޭނާ އެކަން އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާ ކަމެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އަލާންއަށްވެސް އެކަން ސިއްރުކުރީ އިތުބާރުނުކުރާތީއެއް ނޫނެވެ. ނަމަވެސް އަދިވެސް އަލާޔާއަށް ވެސް ގަބޫލުނުކުރެވޭތީއެވެ. އޭނާ ހަމަ އަސްލަށްވެސް ޒާލިކްދެކެ ލޯބިވޭބާވައެވެ؟ އެހެން މީހެއް ގާތު ބުނުމުގެ ކުރިން ފުރަތަމަ އޭނާވެސް އެކަން ޔަގީން ކުރަން ޖެހޭނެ ނޫންހެއްޔެވެ؟
“އޯކޭ މައި ޕްރިންސެސް.. އައި ބިލީވް ޔޫ.. އިނގޭ ތިއްތި ދެކެ އަލޫ ލޯބިވާވަރު.. ތިއްތި ބުނަންތަ ވާހަކައެއް؟…” އަފްލާކް އަލާޔާގެ ދެކޮލުގައި ހިފާލަމުން ހިނިތުންވެލިއެވެ. އެވަގުތު އަލާޔާވެސް ތެދުވެފައި ސޯފާގައި ހަމަޖެހިލަމުން އެނަޒަރު އަފްލާކްއަށް ހުއްޓާލީ އަފްލާކް ބުނަން އުޅުނު ވާހަކައިގެން ކުރިއަށްދިޔުމަށް އެދެމުންނެވެ.
“އައި ލަވް ޔޫ މޯރ ތިއްތި ޕްރިންސެސް.. ތިއްތި ނުބުނާނަން ތިއްތިގެ ހިތުގައި އަލޫ އޮތީ ކިތައް ވަނައަށް ކަމެއް… ބަޓް ޔޫ ނޯ ދެޓް އައިލް އޯލްވޭސް ބީ ދެއާރ ފޯރ ޔޫ.. މައި ލިޓްލް އެންޖަލް… ތިއްތި ބޭނުމީ އަލޫ އަބަދުވެސް ހެޕީކޮށް އުޅެން..” އަފްލާކް އަލާޔާގެ ދެއަތުގައި ހިފައިގެން އިނދެ އެހެން ބުނެލުމުން އަލާޔާ އޭނާގެ ކުދިކުދި ދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ. އެވަގުތު ޒާލިކްއަށް ވެސް ހިނިތުންވެލެވުނެވެ. ދެބެންގެ މެދުގައިވާ ލޯބި ފެނިފައި އޭނާ އުފާވިއެވެ.
“ތިއްތި އައި ނޯ ދެޓް ޔޫ ވިލް އޯލްވޭސް ބީ ދެއާރ ފޯރ މީ.. މިއަދު އަލޫވެސް ޕްރޮމިސްއެއް ކުރަންތަ؟.. ތިއްތި އުފާވާކަމެއް ކޮށްދިނުމުގަ އަލޫ ދުވަހަކުވެސް ފަހަކަށް ނުޖެހޭނަން އައި ޕްރޮމިސް.. އެހެޔޮ ޔަނާލ………..” އަލާޔާ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް ދުލުގައި ދައިގަނެވުނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ އަފްލާކްއަށް ބަލައިލިއިރު އަފްލާކްވެސް އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެވަގުތު ޒާލިކްއަށް ވެސް ސިހިފައި އަލާޔާއަށް ބަލައިލެވުނެވެ. ޖުމުލަ ފުރިހަމަ ނުކުރި ކަމުގައިވިޔަސް އެބުނަން އުޅުނު ޖުމުލަ ދެމީހުންނަށް ވެސް ފަހުމުވިއެވެ.
“އަ..ލޫ.އަލޫ.. ކަ..ކާކު ބުނީ.. ޔަނ..ޔަނާލްގެ ވާހަކަ؟..” އަފްލާކްއަސް ޖުމުލަ ފުރިހަމަ ކޮށްލެވުނީވެސް ކިރިޔާއެވެ. މޭގައި ރިހުމެއް އުފެދުނެވެ. އަދިވެސް އެނަން ކިޔަންވުމުން އެހިތުގައި އެތައް ވޭނެއް އެބަ އަޅައެވެ. އޭނާއަށް ޔަނާލްއާއި ދުރުގައި ހުރެވޭނެހެއްޔެވެ؟ އޭރު އަލާޔާ ވެސް އިނީ ތުންފަތުގައި ދަތްއަޅާލައިގެން އިސްޖެހިފައެވެ. އަނގަގަދަ ކަމުން ނުބުނަން އުޅުނު ވާހަކަވެސް ބުނެވުނީއެވެ.
“އައިމް ސޮރި ތިއްތި.. އެއްގޮތަކަށް ވެސް ތިއްތި ހާޓް ކުރާކަށްނޫން.. އަލޫއަށް އަޑުއިވުނު ތިއްތި ޒާލިކްއާއި ދެމީހުން ދެއްކި ވާހަކަ.. އައިމް ސޮރީ.. އައި ޝުޑްންޓް ހޭވް ހާޑް ދެޓް..” އަލާޔާ އަފްލާކްއަށް ބަލައިލިއިރު އިނީ ފެންކަޅިވެފައެވެ. އެދެލޮލުގައި ކަރުނަ ވިދަމުން ދިޔައިރު ހާދަ މައުސޫމެވެ. ޒާލިކްގެ ހިތަށް ތަދުވެލިއެވެ. އަލާޔާ ރޯތީކަމެއް ނުވަތަ އަފްލާކްއަށް ހިތާމައެއް ލިބުމުންކަމެއް ނޭނގުނެވެ.
“ސްޓޮޕް އިޓް ޒާލިކް.. އެއީ ލާކް ދެރަވެގެން އުޅޭތީ ދެރަވަނީ.. އަލާޔާއަކީ ކާކުތަ އެވަރަށް ވިސްނާކަށް؟.. ޝީޒް ނޮޓް އީވެން ޔުއާރ ފްރެންޑް.. ސްޓޮޕް ތިންކިންގ އެބައުޓް ހާރ..” ޒާލިކްގެ ސިކުނޑި އޭނާއަށް ވިސްނާދެމުން ދިޔައިރު ހިތް އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. ބޮލުތެރޭގައި ހައިޖާނުގަނޑެއް އުފެދިއްޖެއެވެ. ޒާލިކް ދެލޯ މަރާލަމުން ސޯފާއި ލެނގިލިއެވެ.
“އަލޫ.. އައި.. އަލޫ ސްޓޮޕް. ވެއިޓް.. އަ..” އަފްލާކް ވާހަކަދައްކަން ފެށުމާއެކު ފެނުނީ އަލާޔާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ބާރަކަށް ދޮރުޖެހިތަނެވެ. އެވަގުތު ޒާލިކްއަށް ވެސް ސިހިފައި ތެދުވެވުނެވެ. އަފްލާކް ޒާލިކްއަސް ބަލައިލަމުން ކަމެއްނޫނޭ ކިޔައި ގޮސް ކޮޓަރިއަށް ވަނުމުން ޒާލިކްވެސް އިތުރަށް މަޑުކުރާކަށް ނުހަދައެވެ. އޭނާވެސް ގޮސް ކޮޓަރިއަށް ވަންނަމުން މަޑުމަޑުން ދޮރު ލައްޕާލިއެވެ.
ހެނދުނުގެ ވަގުތެވެ. ފަތިސް ނަމާދަށް ތެދުވެފައި ޔަނާލް އިތުރަށް ނިދާ ހިޔާލެއް ނުކުރިއެވެ. އަށެއް ޖަހާއިރު އޮފީހަށްދާންޖެހޭއިރު އޭނާ ކުރަން ހުރި މަސައްކަތްވެސް ފުނިޖެހިފައި އެބަހުއްޓެވެ. އޭނާ ނަމާދުކޮށްލައިގެން ގޮސް ބަދިގެ ތެރެއަށް ވަދެ ކޮފީއެއް ހަދައިގެން އިށީނީ ބެލްކަނީގައި ހުރި ކުޑަ އުނދޯލީގައެވެ. އެވަގުތު ހިތަށް ވެރިވެގެން ދިޔައީ އަފްލާކްއާއި އެންމެ ފުރަތަމަ ދުވަހު ބައްދަލުވި ގޮތެވެ. ޔަނާލްއަށް ހިނިތުންވެލެވުނެވެ. އަފްލާކްގެ އެ ފިރިހެންވަންތަ ސޫރަ ހިތަށް ސިފަވުމާއެކު އެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އެވަގުތު ބެލްކަންޏަށް ވަދެގެން އައި އަލާންއަށް އެމަންޒަރު ފެނުމުން އާގަމަވެފައި ބަލަހައްޓައިގެން ހުރެވުނެވެ. ޙިޔާލުތަކުގެ ތެރޭގައި އިނދެ ހިނިތުންވަމުންދިޔަ ޔަނާލް ފެނިފައި އޭނާ ހިނިއައެވެ. އަދި މަޑުމަޑުން އައިސް ޔަނާލްގެ ފަހަތުން ކޮނޑުގައި ހިފައި ކުޑަކޮށް ކޮއްޕާލިއެވެ.
ޔަނާލް ސިހިފައި ފަހަތް ބަލައިލިއިރު އަނގައިން މަޑު ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ފަހަތުގައި ހުރި އަލާން ފެނިފައި ޔަނާލް ފުން ނޭވާއެއް ބޭރުކޮށްލަމުން ދެބުމަ ގޮށްޖަހާލިއެވެ. އަލާންއެއް ކަމަކު އެކަހަލަ ސަކަރާތް ޖަހަން ވެދާނެހެއްޔެވެ؟
“ޔަންނު އިޒް އިން ލަވް.. އޯ.މައި.ގޯޑް ޝީޒް އިން ލަވް……” “އަލާނޫ…….” އަލާން ދުވެފައި ގޭތެރެއަށް ވަދެފައި ހަޅޭއްލަވަން ފެށުމާއެކު ޔަނާލް ކޮފީތަށި ދޫކޮށްލާފައި ދުއްވައިގަތެވެ. އެދިޔަ ބާރުމިނުގައި އޭނާ އަލާންގެ އަނގަ މަތީގައި އަތްއަޅަމުން ދެލޯ ބޮޑުކޮށްފައި މުޅި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ.
އޭރު އަލާންގެ ހަޅޭކުގެ އަޑަށް ކޮޓަރިން ދުވެފައި ޔަލްވީއާއި ޔުނާން ނުކުންނަނީއެވެ. ކާގޭގައި އިން ޒުހުދުއަށާއި ރަޒީނާއަށް ފުރަތަމަ ބަލައިލެވުނީ އަލާންގެ އަނގަމަތީގައި އަތްއަޅައިގެން ހުރި ޔަނާލްއަށެވެ. އޭނާގެ ބޮޑުކޮށްލެވިފައިވީ ލޮލުން ފެންނަމުން ދިޔައީ ހާސްކަމެވެ. ރަޒީނާއަށް ކިތަންމެ ރަނގަޅަކަށްވެސް އަލާން ބުނި ޖުމުލަ އަޑުއިވުނެވެ. ޒުހުދުއަށްވެސް މެއެވެ. ނަމަވެސް ދެމީހުން ތިބީ ނޭނގޭކަމަށް ހެދިލައިގެންނެވެ. ޔަލްވީއާއި ޔުނާން އޭރު ވީގޮތެއް ނޭނގިގެން އެކަން އޮޅުންފިލުވޭތޯ އުޅެމުންދިޔައެވެ. ޔަނާލް ކުޑަކޮށް ދުރުވެލަމުން އަލާންއަށް ބަލައިލުމަށްފަހު ދެލޯ އަޅާލިއެވެ. ހީވަނީ ދެންމެ ދެންމެ ގަޔަށް ބޮލަށް އަރައިގެންފާނެހެންނެވެ. އަލާންއާއި އެކީ ޔަނާލްގެ ކުރީގެ ލާނެތްކަމާއި ރުޅިގަނޑުވެސް އަނބުރާ އައިފަދައެވެ. ޔަނާލް އިރުކޮޅަކު އެތާ ހުރެލުމަށްފަހު އަދިވެސް އެއްފަހަރު އަލާންއަށް ދެލޯ އަޅާލަމުން ބާރުބާރަށް ގޮސް ކޮޓަރިއަށްވަނެވެ. އެތަން ބަލަން ހުރި އަލާންގެ ތުންފަތްމަތީ ދުވެލާފައިވަނީ މާނަފުން ހިނިތުންވުމެކެވެ.
ޔަނާލް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަންނަމުން އިސްތަށިގަނޑުގައި ހިފައި ކުޑަކޮށް ހަޅޭއްލަވައިގަތެވެ. ނަމަވެސް އެއަޑު އަނގައިން ބޭރެއް ނުވިއެވެ. އެއާ ޚިލާފަށް އެދެތުންފަތް ދޭތެރެއިން ބޭރުވީ މަޑު އާހެކެވެ. އެއާއެކު ދެން ފެނުނީ އެދެލޮލުން ފޭބި މުތީތަކެއްފަދަ ހޫނު ކަރުނައެވެ.
“އިކީ ޕްލީޒް މާފުކޮށްދީބަ… އިކީއަށް އެނގޭނެނަމަ… ލާލް ދުރަށް ދިޔައީ ކީއްވެކަން އެނގޭނަމަ.. އިކީ ޕްލީޒް މަޢާފުކޮށްދީ… އައި ކާންޓް ލިވް ވިތްއައުޓް ޔޫ..” ޔަނާލްގެ ދެތުންފަތް ދޭތެރެއިން ނުކުތް ޖުމުލަތަކާއި އެކު އަނެއްކާވެސް އިވިގެން ދިޔައީ މަޑު އާހެއްގެ އަޑެވެ. އޭނާ ބޭނުންވީ އެޝަކުވާ އަފްލާކްއާއި ކޮށްލާށެވެ. ނަމަވެސް…..
އޮފީހަށް ވަދެގެން އައި އަފްލާކް ފެނުމުން އޮފީހުގެ މާޙައުލު މުޅިން ހިމޭންވިއެވެ. އެމީހަކު އެމީހެއްގެ ޕާޓިޝަން ކައިރިއަށް ގޮސް މަސައްކަތް ފެށިއެވެ. އޭ.އެސް ކޮމްޕެނީއަކީ މުޅި ރާއްޖޭގައި ވެސް ނަން ވިދާލެވޭފަދަ ކޮމްޕެނީއެކެވެ. އަފްލާކް އަމިއްލައަށް ހިންގަން ފެށި މި ކޮމްޕެނީއަށް ގިނަބައެއްގެ ލޯތްބާއި ސަޕޯޓު ލިބިގެންދިޔައީ އޭނާ ހީކުރި ވަރަށްވުރެ ވެސް އަވަހަށެވެ. އެކަމާ އޭނާ ނުހަނު ބޮޑަށް ހިތްހަމަޖެހެއެވެ. އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މިންނެތް މަސައްކަތުން އެ ކޮންޕެނީއަށް މިއަދު އެވަނީ ގިނަ ފައިދާއެއް ކޮށްފައެވެ.
އަފްލާކް ފުން ނޭވާއެއްލަމުން ގޮސް ލިފްޓަށް އަރައި ހަތްވަނަ ބަޔަށް ފިތާލިއެވެ. އޭނާ ގޮސް ގޮނޑީގައި ނީށީނދެވެނީސް ދޮރުގައި ޓަކިޖަހާލައިފިއެވެ. އަފްލާކް ހަމަޖެހިލަމުން އިނގިރޭސިން އެތެރެއަށް ވަނުމަށް އެދުމުން އާތިކާ ދޮރު ހުޅުވާލައިފިއެވެ. އެވަގުތު އާތިކާ ކައިރީ ހުއްޓިލައިގެން ހުރި ޔަނާލް ފެނިފައި އަފްލާކްގެ ނޭވާވެސް ހީވީ ކަރުތެރޭގައި ތާށިވީހެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


