“އެލެން ޕްލީޒް.. މިބުނީނު އެ ފޮނި ހުސޭނު ދެކެ ދުވަހަކުވެސް ލޯބި ނުވެވޭނޭ.. ހީ އިޒް މޭޑް.. އިޑިއަޓް.. އެރޮގެންޓް އެންޑް ރޫޑް… އައި ޑޯންޓް ލައިކް ހިމް އެޓް އޯލް.. ހީ އިޒް ޖަސްޓް….” އަލާޔާ ބުމަ ގޮށް ޖަހާލައިގެން ހުރެ ވާހަކަދައްކަމުން އެނބުރުނު ވަގުތު ގާތުގައި ޖައްސާފައި ހުރި ޒާލިކް ފެނުމުން ސިހުނެވެ. ދެވަނަ ސިކުންތުގައި ހިންދިރުވާލެވުނީ ދެއްކި ހުރިހާ ވާހަކައެއް ޒާލިކްއަށް އަޑުއިވުނުކަން އެނގުމުންނެވެ.
“ހޫމް ހޫމް.. ހާދަ ލޯބިވޭ ދޯ ފޮނި ހުސޭނު ދެކެ.. އައިމް އިމްޕްރެސްޑް..” ޒާލިކް އެއްމިޔަކަނިން ހިނިތުންވެލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިތަން ފެނި އަލާޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މި ޒާލިކްއަށް މިހާރު ވެގެން މިއުޅެނީ ކީއްހެއްޔެވެ؟ އަލާޔާ އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ޒާލިކްއަށް ބަލައިލަމުން ފޯނަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ފެނުނީ ފޯނު ކަންފަތުގައި ޖަހައިގެން އަނެއް ފަރާތަށް އެނބުރި ގޮސް ރެއިލިންގައި އަތްއަޅުވާލިތަނެވެ.
ޒާލިކްއަށް ބަލަން ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. އޭނާއާ ވާހަކަދެއްކުންވެސް އަލާޔާއަށްވަނީ ބޮޑު ކަމަކަށްހެއްޔެވެ؟ ނޫނީ ހަމަ އޭނާ ރުޅި އަރުވާލަން ކުރާ ކަމެއްހެއްޔެވެ؟ ޒާލިކް ބުމަ ގޮށްޖަހާލިއެވެ. އޭނާގެ ވާހަކަ މެދުކަނޑާލަމުން އަލާޔާ އެހެން ދިޔުމުން އަމިއްލަ ނަފުސު ކުރިމަތީގައި ބޭޒާރުވެއްޖެއެވެ. މިހާތަނަށް އަންހެން ކުއްޖަކު މިހެން ކަންތައް ކޮށްފައެއްވެސް ނުވެއެވެ. ޒާލިކް ނުރުހިފައި އަލާޔާއަށް ބަލައިލަމުން އެތަނުން ނުކުމެގެން ދިޔައެވެ.
އަލާޔާ އިރުކޮޅަކު އެހެން ހުރެލާފައި އަޑެއް ނީވުމުން ފަހަތަށް އެނބުރި ބަލައިލިއިރު ހުސްކޮށް އޮތް ބެލްކަނީ ފެނިފައި ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ހީވީ މިއޮއް ހުރިހާއިރު ނޭވާ ހިފަހައްޓާލައިގެން ހުރިހެންނެވެ. އޭރު މޭތެޅޭވަރުން ވެސް ހީވަނީ ދެންމެ ދެންމެ ހިތް ނުކުމެދާނެހެންނެވެ. ޒާލިކް ފެނުމުން މިހިތަށް ގޮތްގޮތް ވަނީ ކީއްވެހެއްޔެވެ؟ ރުޅިއައިސްގެން ގޮސް ކަންނޭނގެ… އަލާޔާގެ ހިތަށް އެރިއެވެ. އޭނާ އެތައް އިރަކު އަލާންއާއި ވާހަކަދައްކަން ހުރެފައި ގޮސް ކޮޓަރިއަށް ވަންއިރު ދެފައިގައި ވަރެއްވެސް ނެތެވެ. ކަންނެތް ކަމާއެކު އެނދަށް އަރައި އޮށޯވެލުމާއެކު ފުން ނިދީގެ ތެރެއަށް ގެނބިގެން ދިޔައީ ނުހަނު އަވަހަށެވެ.
ކައިގެން ސޯފާއަށް އަރާ އޮތް އަފްލާކް ސިހުނީ ފޯނުގެ ރިންގްޓޯންގެ އަޑު އިވިފައެވެ. އޭނާ ފޯނުނަގައި ބަލައިލިއިރު ގުޅަނީ އާތިކާއެވެ. އެވަގުތު އެތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އަވަސް އަވަހަށް ފޯނު ނެގި އަފްލާކްއަށް އެކޮޅުން ބުނެލި ޖުމުލަ އަޑުއިވިފައި ހީލެވުނެވެ. އޭނާ ޝުކުރު އަދާކުރަމުން ފޯނު ކަނޑާލިއެވެ.
“އޯހ ޔަނާލް.. އައި ކާންޓް ވެއިޓް ޓު ސީ ޔޫ..” އަފްލާކްގެ ދެތުންފަތް ދޭތެރެއިން ނުކުތް ޖުމުލަ ފަނޑުކޮށް ނަމަވެސް ކައިރިއަށް އައިސް ހުއްޓުނު ޒާލިކްއަށް އަޑުއިވުނެވެ. އޭނާއަށް ބުމައަރުވާލެވުނެވެ.
“ލާކް ވަޓް ޑިޑް ޔޫ ޖަސްޓް ސޭއި؟..” ޒާލިކްއަށް އެންމެ ފަހުން ނުހުރެވިގެން އައިސް ސޯފާގައި އިށީންނަމުން އަފްލާކްއާއި ކުރިމަތިލިއެވެ. އެވަގުތު އަފްލާކްގެ ނޭވާވެސް ހީވީ ތާށިވިހެންނެވެ. ދެލޯ ބޮޑުކޮށްލަމުން ޒާލިކްއަށް ބަލައިލިއިރު އެދެލޮލުން ކުޑަކޮށް ނަމަވެސް ހާސްކަން ފެނެއެވެ. އަނެއްކާ ޒާލިކްއަށް ރަނގަޅަށް އަޑުއިވުނުހެއްޔެވެ؟ އޭނާ ޒާލިކްއަށް ބަލަހައްޓައިގެން އިންދާ ޒާލިކް ސުވާލު ތަކުރާރުކޮށްލުމުން އޭނާ ސިހުނެވެ. ދެން ޒާލިކްއަށް ޖަވާބު ނުލިބެނީސް ހުއްޓާވެސް ނުލާނެއެވެ.
“އައި ސެއިޑް ހަވީރު ބޭރަށް ދާން އުޅެންވީއޭ..” އަފްލާކް އަވަސް އަވަހަށް ދޮގެއް ހަދާލިއިރު މިވެވެނީ ބޭޒާރުކަމެއް ރޭކާވެސް ނުލައެވެ. ޒާލިކް ބުމަ ގޮށްޖަހާލަމުން އަފްލާކްގެ ގައިގައި ބޮނޑިއެއް އެޅިއެވެ. “މިހާރު ކަންކަން ސިއްރުކުރަން ވެސް ފެށީއޭ ދޯ.. އަޑުއިވުނޭ ބުނި އެތި.. ލާކްގެ ދުލުން އަޑުއަހަން ބޭނުންވާތީ އެހީވެސް.. ދެންވެސް ތެދަށް ބުނަންވީ…” ޒާލިކް ކުޝަންއެއް ނަގައި އެއްލަމުން އަފްލާކްއަށް ބަލައިލިއިރު އެމޫނުމަތިން ދޭހަވަނީ ޝައުގުވެރިކަމެވެ.
“އައި މެޓް ޔަނާލް..” ޖަވާބު ނުދޭހާ އިރުކޮށްފައި އަފްލާކް އެންމެފަހުން ބުނެލިއެވެ. އެއާއެކު ޒާލިކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަތުގައި އޮތް ކުޝަންގައި ދެއަތުން ވަށާލެވުނުއިރު އޭނާގެ ދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުމެވެ.
“ދެ..ދެން.. ލާކް ކި.. ކީއްކުރީ..؟….” ޒާލިކްގެ އަޑު މިފަހަރު ނުހަނު މަޑެވެ. އަފްލާކްއަށް ދެރައެއް ލިބޭތަން ބަލަން އޭނާއަށް ކެތެއްނުވާނެއެވެ. އެއްފަހަރު އެހިތަށް އަނިޔާވެއްޖެއެވެ. ވަރަށް ވެސް ބޮޑަށެވެ. ދެވަނަ ފަހަރު އެކަން ތަކުރާރު ވިޔަދޭކަށް އޭނާއަކަށް ނުކެރޭނެއެވެ. އޭނާ އަފްލާކްގެ ގާތުގައި ހުއްޓާ އެކަން ވާކަށް ލާހިކެއްނޫނެވެ.
އަފްލާކް ޒާލިކްއަށް ބަލައިލަމުން ބޭރުކޮށްލީ ފުން ނޭވާއެކެވެ. އެއަށްފަހު އޭނާ ކިޔާދޭން ފެށިއެވެ. “ކުރިން ދުވަހު މަންމަ ބުނެގެން ކޮންމެވެސް ގެއަކަށް ހެދުން ކޮތަޅެއް ދޭން ދިޔައީ.. ބެލް ޖަހާލީމަ އައިސް ދޮރު ހުޅުވީ ކާކުކަން އެނގޭތަ؟ މިހިތުގެ ރާނީ.. ޔަނާލް.. އޭނަގެ މޫނުމަތިން ވެސް އެނގުނު ހުރީ ވަރަށް ހައިރާންވެފަކަން.. އެކަމަކު އަހަންނަށް އެއަށްވުރެ ބޮޑަށް ފާހަގަވީ ކޯއްޗެއްކަން އެނގޭތަ؟ އެދެލޮލުން އަހަންނަށް ފެނުނު ވޭން.. ދެލޮލުގައިވި ބޮޑުތިކި ކަރުނަ… އައި ސްވެއާރ ޓު ގޯޑް ޔަނާލްގެ ދެލޮލުން ފެނުނު ވޭނުން މިހިތް ހީވީ ފިހުނުހެން.. ހިތް ހީވީ ކޮށި ވަޅިއަކުން ކަފަމުން ދިޔަހެން.. އެކަމަކު ވެސް ކެތްކޮށްގެން ހުރެ އެކޮތަޅު ޔަނާލް އަތަށް ދެމުން އެގެއިން ނުކުތީ… ޒައްލެއަށް އެނގޭތަ، އެދުވަހުގެ އެވަގުތުކޮޅުގަ ވެސް އަހަރެން ރިގްރެޓްކުރި ކަންތައް؟ އިޓްސް ދެޓް އައި ކާންޓް ސޭ ހާރ ހައު މަޗް އައި ލަވްޑް ހާރ.. ހައު މަޗް އައި މިސްޑް ހާރ.. ގެއަށް އައިއިރު ވެސް އިހުސާސްވި ހުސްކަން އެއީ މިއިން ދުވަހަކު އަހަންނަށް އިހުސާސްވި ކަމެއްނޫން.. ޔަނާލްއާއި ދުރުވި ދުވަހު ވަރަށް ބޮޑު ހުސްކަމެއް ވެރިވި.. ހީވީ ހަށިގަނޑުގެ އެއްބައި މަދުހެން.. އެކަމަކު އެދުވަހު ޔަނާލް ފެނުމުން ވީގޮތް ވެސް ނޭނގުނު.. ހިތަށް ވިސްނާދޭން ބޭނުންވި އަހަރެންނަށް ޔަނާލް ދެން ނުލިބޭނެކަން.. ޝީ ލެފްޓް މީ.. ޒައްލެ.. އައި ޑޯންނޯ ވައި.. ޔަނާލް އަހަރެން ދޫކޮށްލާފަ ދިޔައީ.. އެހިތުގަ ކުޑަވެސް ވޭނެއް ނޭޅިތަ؟ އެހުރިހާ ދުވަހަކު އެކީ އުޅެފަ ޔަނާލް ވަކިވީ.. ހާދަ ލޯތްބެއް ވީމޭ.. އެންޑް ދެން އަގެއިން އައި މެޓް ހާރ.. އެންމެ ފަހުން ދުވަހު ބޭއްވީމެއްނު އިންޓަވިއުއެއް.. ޔަނާލް އައި އެ އިންޓަވިއުއަށް.. ފުރަތަމަ ގަބޫލުވެސް ނުކުރެވުނު.. ބަޓް އެދުވަހު އަހަރެންގެ ހިތަށް ތަދުވީ ކީއްވެކަން އެނގޭތަ؟ ޔަނާލް އެދުވަހު ވާހަކަދެއްކި ގޮތުން.. ޝީ ވޯޒް ސޯ ރޫޑް.. ދަންނަ މީހަކަށް ހަދާވެސް ނުލި.. އައި ތޯޓް ޔަނާލް އަދިވެސް އަހަރެން ދެކެ ލޯބިވާނެކަމަށް.. އަދިވެސް އެހިތުގަ ވަނީ އަހަރެންކަމަށް ހީކުރީ.. އެކަމަކު.. އަހަރެން ބޭނުންވީ ޔަނާލް އަހަރެން ގާތުގަ ބަހައްޓަން.. އެޓްލީސްޓް ޔަނާލްގެ ލޯބި ނުލިބުނަސް އެސޫރަ ކޮންމެ ދުވަހަކު ފެންނާނެއެއްނު.. ޒައްލެ، އަހަންނަށް ޔަނާލްއާއި އެކީ މަސައްކަތް ކުރަން ފުރުސަތު ލިބުނީމަ ވީ އެފުރުސަތު ދޫކޮށްލަންތަ؟ އެ ހިތް ނުލިބުނުކަމުގައި ވިޔަސް، ކޮންމެ ދުވަހަކު އެސޫރަ ފެންނާނެތީވެސް ހާދަ ބޮޑު ހިތްހަމަޖެހުމެއް ލިބެޔޭ.. އެ ކުޑަކުޑަ ވަގުތުކޮޅުގެ އުފާވެސް ވީ ދޫކޮށްލަންތަ؟..” އަފްލާކް އިސްޖަހާލައިގެން އިންއިރު އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. އަޑު ކުރެހިގެން ދިޔައިރު ޒާލިކްއަށް ރަނގަޅަށްވެސް އެހިތުގައި ޖެހިފައިވާވަރު އެނގިގެންދިޔައެވެ. އޭނާގެ ހިތުގައި ފުރަތަމަ ފަހަރަށް މީހަކާއި މެދު ރުޅިވެރިކަން އުފެދުނެވެ. ރުޅިނަޔަސް، ޔަނާލްދެކެ ހިތްހަމަ ނުޖެހެވުނެވެ. ވަރަށް ބޮޑަށް ހިތްހަމަ ނުޖެހެވުނެވެ. އަފްލާކް އެ ތަޙަންމަލްކުރި ވޭން ޔަނާލްއަށް އިހުސާސް ނުވަނީހެއްޔެވެ؟ ލޯބިނުވާއިރު އެންމެ ފުރަތަމަވެސް އަފްލާކްގެ ހިތާއި ކުޅެލީ ކީއްކުރަން ހެއްޔެވެ؟ އެވޭން އަފްލާކްއަށް ދިނީ އަފްލާކްއަށް ކުރެވުނު ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
ކޮޓަރިއަށް އައިސް ވަން އަލާޔާގެ ބޮލަށްވަނީ ބަރުވެފައެވެ. ދެންމެ ދެންމެ ވެއްޓިދާނެހެން ހީވެއެވެ. އޭނާ ބޭރަށް ނުކުތީ އެފަދަ ވާހަކައެއް އަޑުއިވޭނެކަމަކަށް ނޫނެވެ. އޭނާއަށް ނޭނގި އޭނާގެ ލޯބިވާ ބޭބެ ހާދަ ކަމެއް ތަޙަންމަލް ކޮށްފިއެވެ. އެހިތުގައި ހާދަ ވޭނެއް އަޅާނެއެވެ. އެވަރުންވެސް އެންމެންގެ ކުރިމަތީގައި އެހުންނަނީ ނެތް ހިތްވަރު ނެރެގެންނެވެ. އަބަދުމެ ހިނިތުންވެލައިގެން ހުންނައިރު އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ވޭނާއި ކެކުޅުން އެކަކަށްވެސް ނުފެނެއެވެ. ކޮންމެ ދުވަހަކު އެތައް ހާސް މަރަކުން މަރުވަމުންދާއިރު އެކަކަށްވެސް ހަމަ ނޭނގެނީހެއްޔެވެ؟ އެންމެ ކުޑަމިނުން އޭނައަށް… އަފްލާކްގެ ވޭން އޭނާއަށް ވެސް ނުފެނުނެވެ.
“ކޮންކަހަލަ ކޮއްކޮއެއްތަ މީ؟ އަމިއްލަ ބޭބެ ހިތާމައިގަ އުޅޭއިރު ނޭނގުނީ ކީއްވެތަ؟ ތިއްތި.. ތިއްތި ކީއްވެތަ އެކަން އަލޫއާ ޝެއާރ ނުކުރީ.. ހަމަ އެހާވެސް މިދެމެދުގަ ދުރުމިން ވަނީތަ؟..” އެނދަށް އައިސް ވެއްޓިގެން އަލާޔާގެ ދެލޮލުގައިވަނީ ޝަކުވާއެވެ. އޭނާގެ ލޯބިވާ ތިއްތި އޭނަ ގާތު ކަންކަން ހިއްސާނުކުރަނީ، ހަމަ އެހާވެސް އެދެމީހުން ދުރުވީހެއްޔެވެ؟ އާނއެކެވެ. އަލާޔާއަށް އަބަދުވެސް އިސްކަން ދެވުނީ ކިޔެވުމަށެވެ. އޭނާގެ އާއިލާއަށްވުރެ ބޮޑަށް އޭނާ ބެލީ ކިޔަވައިގެން އޭނާގެ މައިންބަފައިންގެ ނަން ރޯޝަން ކުރެވޭތޯއެވެ. އެކަމުން އޭނާގެ މައިންބަފައިންގެ އިތުރުން އޭނާގެ ތިއްތި އުފާވާނެތީއެވެ. ނަމަވެސް، އެކަމުގެ ތެރެއިން އޭނާއަށް އަމިއްލަ ބޭބެގެ އިހުސާސްތައް ބަލައިލަން ވަގުތުނުވީހެއްޔެވެ؟ އަލާޔާއަށް ރޮވުނެވެ. އޭނާއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ.
“އައި ޕްރޮމިސް ތިއްތި.. އަލޫ މޮޅަށް ކިޔަވަންވެސް ކިޔަވާނަން.. ފެމިލީއަށް ޓައިމް ވެސް ދޭނަން.. އައި ޕްރޮމިސް އައިލް ބީ އެ ގުޑް ގާރލް.. އަބަދުވެސް އެންމެ ފުރަތަމަ އިސްކަން ދޭނީ ފެމިލީއަށް.. އައި ލަވް ޔޫ ތިއްތި.. އަލޫ ހުއްޓާ ތިއްތި ދެރަވާންޖެހޭ އެއްވެސް ކަމެއް ދިމާވިޔަ ނުދޭނަން އިންޝާﷲ..” އަލާޔާ ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ. އޭނާ ނުބުންޏަސް އަބަދުވެސް އޭނާއަށް އެންމެ މުހިންމީ އޭނާގެ ޢާއިލާއެވެ. މިއަދުމީ އެކަން ހިތުން ޤަބޫލުކުރަންވީ ދުވަހެއްނޫނެވެ. އެކަން ދައްކަންވީ ދުވަހެވެ. އަލާޔާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.
“ލާކް.. ކީކޭ ދެން ބުނަންވީ ވެސް.. ލާކް ދެރަވެފަ ހުންނަތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ.. ޔަނާލް ލާކް ދޫކޮށްފަ ދިޔައީ ލާކްގެ އެއްވެސް ކުށެއް އޮވެގެންތަ؟ ނޫނެއްނު.. ޝީ ޖަސްޓް ލެފްޓް ޔޫ.. ރީޒަން ނުބުނެ ޔަނާލް ލާކްއާ ވަކިވީ.. ދެން މިއަދު އެބޭވަފާތެރިއަށްޓަކައި ތި ކަރުނަ އޮހޮރުވަނީ ކީއްކުރަން.. ލާކް ލިސިން ޓު މީ.. ޔަނާލް ލާކްދެކެ ލޯބިވާނަމަ ދެއަހަރު ދުވަސް.. ދެއަހަރު ދުވަސްތެރޭ ލާކްއާ ކޮންޓެކްޓް ކުރަން މަސައްކަތް ކުރިސް.. ބަޓް ނޯ.. އޭނަ އެހެން ކަންތައް ކުރިތަ؟ ނުކުރޭ.. ލާކް ޖަސްޓް އެކްސެޕްޓް ދަ ފެކްޓް ދެޓް ޝީ ނެވަރ ލަވްޑް ޔޫ.. ޔަނާލް ދުވަހަކުވެސް ލާކްދެކެ ލޯތްބެއްނުވޭ.. އެހެންނަމަ އެހިތުގަ ލާކްއަށްޓަކައި ކުޑަނަމަވެސް ޖާގައެއް އޮތީހެއްނު.. ދެން ތިބުނަނީ ޔަނާލް ފެނިގެން ލާކްއަށް ހިތްހަމަޖެހުން ލިބޭ.. ލާކް އުފާވާ ކަމެއްކުރުމުގެ ޙައްގު ލާކްއަށް ލިބިގެންވޭ.. އިޓްސް އޯކޭ ލާކް.. އެކަމަކު ވިސްނާލިންތަ.. ލާކް މަންމަމެން މިހާރު ލާކްގެ ފަރާތުން ބޭނުންވާނީ ކޮންކަމެއްކަން؟ ދުވަސްކޮޅަކުން އެމީހުން ބުނަންވެސް ބުނާނެ.. އަހާނެ އަފްލާކް.. ކޮންއިރަކުންހޭ މީހަކާ އިންނަނީ.. މީހުންވެސް އަހާނެ.. ލާކް އެއަށް ޖަވާބެއް ދޭނީ ކީކޭ ކިޔާފަ؟ އަދި ކައިވެނިކުރާކަށް ނުވެޔޭތަ ލާކް ބުނާނީ؟ ބްރޯ ޔޫ އާރ 25… ފަންސަވީސް އަހަރުވެފަ ތިހުރީ.. ދެތިން މަސްފަހުން ސައްބީސްވެސް ވާނެ… ކައިވެނިކުރާ އުމުރަށް އަޅާފައޭ ތިހުރީ.. ދެން ލާކް މަންމަ ގާތު ބުނާނީ ކީކޭ؟ ނުލިބޭނެ ކުއްޖަކަށްޓަކައި ތިމަންނަ އިންތިޒާރު ކުރަނިއްޔޭ.. ކައިވެނިކުރެވޭނީ ވެސް އެކުއްޖާ ލިބިގެންނޭ.. އެހެންތަ ބުނަން ތި ވިސްނަނީ؟ ލާކް އައި ނޯ.. ލާކްއަށް އުނދަގޫ ވާނެކަން.. ބަޓް ލާކް އެޓްލީސްޓް ޓްރައި ކުރަން މަސައްކަތް ކުރިންތަ؟ އެއްފަހަރު ޔަނާލް މަތިން ހަނދާން ނައްތާލަން މަސައްކަތް ކޮށްބަލަ.. ލާކްގެ ލައިފްއަށް އިތުރު ކުއްޖަކަށް ފުރުސަތު ދިނީމައެއް ނޫންތަ ތިހިތުންވެސް އެކުއްޖާ ގަބޫލުކުރާނީ..” ޒާލިކް އަފްލާކްގެ ދެކޮނޑުގައި ހިފައިގެން ހުރެ ވާހަކަދެއްކި އިރު ހީވާނީ ޒާލިކްއަކީ އަފްލާކްގެ ބޭބެހެންނެވެ. އަފްލާކް އިރުކޮޅަކު އެހެން ވިސްނަން އިނދެފައި ޒާލިކްއަށް ބަލައިލިއެވެ.
“އެ ޖޮބް ލިބޭނީ ޔަނާލްއަށް.. އެހެން އެއްވެސް އަންހެން ކުއްޖަކަށް މިހިތުންވެސް ދިރިއުޅުމުންވެސް ޖާގައެއް ނުދެވޭނެ.. މަންމަމެން މަޖުބޫރުކޮށްގެން އަހަރެންގެ ކައިވެނި ކުރުވަފާނެ.. އެކަމަކު ދުވަހަކު މިހިތް އެދިގެން ޔަނާލް ނޫން އިތުރު ކުއްޖަކާއި ނީންނާނަން.. އަދި ކައިވެނި ކުރުމަކީ މާ ދުރުގަވާ ކަމެއް.. އެކަހަލަ ނަޒަރަކުން ބަލައިވެސް ނުލާނަން… ޒައްލެ އައިމް ސޮރީ.. ހާދަ މަސައްކަތެއް ކުރީމޭ.. ބަޓް ހަމަ ނުވޭ.. އެއަށްވުރެ ބޮޑަށް ޔަނާލް ދެކެ ލޯބިވަން…” އަފްލާކް ފުން ނޭވާއެއް ބޭރުކޮށްލަމުން ޒާލިކްއަށް ބަލައިލިއެވެ. އެދެމެދުގައި ބައްދަލްވި ނަޒަރުން އެކަނިވެސް ޒާލިކްއަށް އަފްލާކްއަށް އުނދަގޫވާނެ ވަރު އިހުސާސްކުރެވުނެވެ. އޭނާ ކުޑަކޮށް މާޔޫސްވާ ގޮތްވިއެވެ.
“އޭ މަޑުކޮށްބަލަ އަދި.. ޒައްލެ ދެންމެ ތިބުނީނު މިހާރު މަށަށް ފަންސަވީސް އަހަރު ވެއްޖެޔޭ.. ކައިވެނި ކުރާ އުމުރަށް އަޅައިފިޔޭ.. ހަނދާން ނައްތާ ނުލައްޗޭ ޒައްލެއަށް ވެސް ދުވަސްކޮޅަކުން ފަންސަވީސް އަހަރު ވާނެކަން.. އެދުވަހަކުވެސް މަވެސް ޒައްލެ ގާތު ކައިވެނީގެ ވާހަކަ ދައްކާނަން… ހޫމް ދެން ބުނެބަލަ.. ކުއްޖަކު އެބަހުރިތަ ސެޓްކޮށްފަ؟..” އަފްލާކް ލާނެތް ރާގެއްގައި އެހެން އަހާލުމާއެކު ޒާލިކް ސިހުނެވެ. އޭނާއަށް ދެލޯ ބޮޑުކޮށްފައި އަފްލާކްއާއި ދިމާލަށް ބަލަން އިނދެވުނެވެ.
ކޮޓަރިން ނުކުމެގެން އައިސް އެހިސާބަށް އަރާ ހަމަވި އަލާޔާއަށް އަފްލާކްގެ ސުވާލު އަޑުއިވިފައި މަޑުޖެހެވުނެވެ. ދެފައިގައި ކަސްތޮޅު އެޅުވި ފަދައެވެ. އޭނާގެ މޭގެތެރޭގައި އޮވެ އެހިތް ތެޅެމުންދިޔަ ބާރުމިނުންވެސް ހީވަނީ ދެންމެ ދެންމެ ހިތް ނުކުމެދާނެހެންނެވެ. އޭނާއަށް ޒާލިކްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތު އަފްލާކްގެ ފަހަތުގައި ހުރި އަލާޔާ ފެނުމުން ޒާލިކްގެ ނޭވާ ވެސް ހީވީ ކަރުތެރޭގައި ތާށިވީހެންނެވެ. ދެފަހަރަކު އެސްފިޔަ ޖަހާލަމުން އޭނާ އަފްލާކްއަށް ބަލައިލަމުން ވަރުގަދަ ޖަވާބެއްދިނެވެ. އެވަގުތު އަލާޔާ އަދި އަފްލާކްވެސް ސިހިގެން ދިޔަވަރުން ދެލޯ ބޮޑުކޮށްފައި ޒާލިކްއަށް ބަލައިލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


