އައިކާ 5
އިނާ މޭޒުމަތީގައި ހުރި ކޯކުދަޅު ނަގާ ތަށްޓައް އެޅުމަށްފަހު ބޯންފެށިއެވެ. ކޯކު ތަށީގައި ތުން ޖެހި އިރުވެސް އިނާއަށް ކުރިމަތިވާން އުޅޭ ކަމުގެ ހިލަމެއްވެސް ނުވެއެވެ. ޒަރަފް ވެސް ގެނައި ދަޅު ބޯން ފެށީ އިނާއަށް ބަލަން އިނދެއެވެ. ފުރަތަމަ ކޯވަރު ބޯލުމާއި އެކު އިނާއަށް ފާޑެއްގެ ރަހައެއްލީ ކަހަލަ އިހުސާސެއް ކުރެވުނު ނަމަވެސް އެއީ ހީވިހީއެއް ކަމަށް ބަލައި ބޯންފެށިއެވެ. އެހެން ނަމަވެސް މިފަހަރު އިނާގެ ބޮލަށް އެނބުރުންއަރައިގަތެވެ. މިކަމަށް ވިސްނައއިގެން ހުރި ޒަރަފް ގޮސް އިނާ އަތުން ތަށިނަގާ މޭޒުމަތީގައި ބެހެއްޓިއެވެ.
………………………………………………………………………………………………………….
އިނާއަށް ހޭވެރިކަންވީ އަނބުރައި ގަތްތާ 1ގަޑިއިރު ފަހުންނެވެ. ނަމަވެސް އިނާއަށް ސިހުމެއް ލިބުނީ ދެފަޔާއި ދެއަތް އައްސާ އަނގައިގައި ވެސް ފޮތި ގަނޑެއް އައްސާފަ އޮތުމުންނެވެ. އަނދިރި ކޮޓަރިއެއް ކަމުން އިނާއަށް އެތަނަށް ހޭނެންގިނައިރު ވީނނަމަވެސް ބައިންދާފައި އިނީ ލަކުނޑި ގޮޑިއެއްގައިކަން އެނގުނެވެ. އިނާގެ ސިކުނޑި ދަނީ އެކިކަހަލަ ޖަވާބު ނުލިބޭ ސުވާލުތަކުން ފުރެމުންނެވެ. މިހާރު އިނާ ބަލަން ބެނުންވަނީ މިކަންކުރީ ކޮންބައެއްކަމާއި ކުރި ބޭނުމެވެ. އިނާ ހަނދާންވާގޮތުގައި އޭނާ އެންމެފަހުން އިނީ ޒަރަފްގެ ގޭގައެވެ. ނަމަވެސް މިހާރު މިއިނީ ކޮންތާކު ހެއްޔެވެ؟ ކުއްލިއަކަށް އިނާ ހަނދާނަށް އައީ އާއިލާ މީހުންނާއި އައިކާއެވެ. މިހާރު އެމީހުން އިނާ ހޯދާނެތާއެވެ؟ އިނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށީ ދެން އެމީހުން ކައިރިއަށް ދެވޭނެހެން އިނާއަށް ހީނުވާތީއެވެ. އެމީހުންނާއި އެކު ކުރެވުނު މަޖާކަންކަމާއި އެ އުފާވެރި ވަގުތުތައް ހަނދާނަށް އަންނަން ފެށުމުންނެވެ. ﷲ އަށް ވަކީލު ކޮށްލައިގެން އިނުން ނޫން ގޮތެއް އިނާގެ ސިކުނޑިއަކަށްނައެވެ. ކުރެވޭނެ ކަމެއް ނެތުމާއި އެހީއަށް އެދި ގޮވާނެ މީހަކު ނެތުމުން އެކަލާނގެ ހަޞްރަތުގައި ދުޢާދަންނަވާ ކެތްތެރިވެލައިގެން އިނާއިނީއެވެ. މިވަނި މިވަނި ގޮތަކަށް ކަންތައް ނުކުރެވުނު ނަމަ މިހެން ނުވީސް ހޭ އިނާގެ ހިތަށް އަރާފަހަރުވެސް މަދެއްނޫނެވެ. ނަމަވެސް ނަމައަކުން ކެއްކޭނެ ރިހައެއް އޮންނާނެ ހެއްޔެވެ.؟
”އަޅެ ދޮންތާ އަދި ގުޅާބަލަ އިނާ ބޭބެމެންނަށާއި މީހުންނަށް މިހާރު ފެނިއްޖެތޯ ބަލަން…ކޮންތާކަށްބާ އެދިޔައީ އަދި މިއޮށް ވިއްސާރާގަ….” އައިކާގެ އަޑުގައި ވަނީ ރާޅުކަމެވެ. ކުރަކިވެފައިވާ އަޑަކުން ވާހަކަ ދައްކަމުން ދޔައިރު އެމަންޒަރު ފެންނަ މީހަކުގެ ލޮލުން ކަރުނަ ހިލޭނެކަންގައިމެވެ. އިނާގެއްލުނު ހަބަރު ލިބުމުން އައިކާ އިނީ މާޔޫސްވެ ހަނދާނެ ގޮތް ހުސްވެފައެވެ. އައިކާގެ ދެލޮލަށް ބަލާލުމުންވެސް އެކަން ހެކިދެއެވެ. އެކުވެރިކަމުގެ ގުޅުމަކީ ގަދަފަދަ ބާރެކޭ ބުނަނީ އެހެންވެއެވެ.
ލަޔާނާމެން ތިބީ ޒަރަފްގެ ކޮޓަރީގައެވެ. ރޭވިފައިވާ ގޮތަށް ފަސްމީހުންވެސް ތިބީ ޒަރަފްގެ ލެޕްޓޮޕުން އިނާއަށް ވާގޮތްބަލާށެވެ. ” ޔާއިން އެތަނުގެ އެއްބޮކި ދިއްލާލަބަލަ…އޭރަށް މޫނު ފެންނާނީ ރީތިކޮން..” ލީން ޔާއިންގާތު ބުނެލީ ތުންފަތަށް ވިހަ ހިނިތުންވުމެއްދީގެން އިނދެއެވެ. ލީން ބުނި ގޮތަށް ޔާއިން އެބޮކި ދިއްލާލިއެވެ. ޔާއިންއަށް ފުދޭވަރަކަށް ކަރަންޓުގެ މަސައްކަތް އެނގޭތީ ޒަރަފްގެ ކޮޓަރީގައި ހުރެފަ ޔާއިން އެތަނަށްލީ އާބޮކި ދިއްލޭގޮތް ހެދިއެވެ. ” އޯކޭ ލެޓްސްގޯ…ކޮބާ ޒަލަފް އޭރުގެންގުޅުން ރިކޯޑާރ…އޯކޭ ބުނީމަ އާދޭ އިނގޭ ހިފައިގެން …ޒަލަފް ނޫން އެހެން މީހުން އާދޭ ފަހަތުން އެކަމަކު ޔާއިން ފަހުންއައީމަދޯ ވާނނީ….” ލަޔާނާ އެންމެންގެ މޫނަށް ބަލަމުން ބުނެލިއެވެ. ”އާނ..އެހެންވީމަ ޒަލަފް ދާއިރު ޔާ ވެސް ދާނީ..އޯކޭ” ޒަލަފް ޔާއިންގެ ކޮޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ލީން އޯކޭ އޭބުނެ ހިނގައިގަތީ އިނާއިން ކޮޓަރިއަށް ވަނުމަށެވެ.
އޭރު ޔާއިން ހުރީ އިނާއިން ކޮޓަރީގެ ބޮކި ނިއްވާލާފައެވެ. އިނާއިނީ މިވަނީ ކީއްކަން ނޭނގިފައެވެ.؟ ބޮކި ދިއްލާފަ ނިއްވަނީ ކީއްވެބާއެވެ.؟ އެމީހަކު ކުރިމައްޗަށް ނާންނަން އެއުޅެނީ ކީއްވެބާއެވެ.؟ އެތައް ސުވާލުތަކެއް އިނާގެ ހިތަށް އަރަމުން ދަނިކޮން އިނާގެ ސަމމާލުކަން ދަމައިގަތީ ކޮޓަރީގެދޮރު ހުޅުވުމުންނެވެ. ކޮންމެވެސް މީހަކު ކޮޓަރީއަށް ވަދެއްޖެކަން އިނާއަށް އެނގުނަސް އެއީ ކާކުކަމެއް އިނާއަށް ކޮޓަރި އަނދިރިވެ ނޭނގުނެވެ. ދެންވާނީ ކިހިނެތްކަމެއް ނޭނގޭތީ އިނާ އިނީ ބިރުންނެވެ. އެމީހަކު އަނެއްކާ ކުރާނީ ކީއްކަމެއް އިނާއަށް ނޭނގެތީ އިނާ އިނީ ދެލޯމަރާ ތަގުޅި ކޮށްލައިގެންނެވެ. އިނާގެ ހިޔާލަށް އަންނަނީ އިނާ ބަލާ ފިލްމްތަކާއި ކިޔާ ވާހަކަތަކުގައި ކިޑްނެޕްކޮށްގެން އެކުއްޖާއަށް ހަނދާލާގޮތެވެ. އެކަހަލަ ހިޔާލެއް އަންނަ ކޮންމެފަހަރަކު އިނާގައިން ހީބިހި ނަގައިގެންދެއެވެ. އެކަހަލަ ކަމެއް އިނާއަށް ދިމާ ނުވެތޯ އިނާ އިނީ ހިތާހިތުން ދުޢާ ކޮށްލަކޮށްލައެވެ.
ކުއްލިއަކަށް މީހަކު އައިސް ފަހަތު ކޮނޑުގައި ހިފާލުމުން އިނާދިޔައީ ސިހިގެންނެވެ. ދެންވާނީ ކިހިނެތްކަމެއް އިނާގެ ހިތަށްވެސް ނުގެނެވޭހާ އިނާއިނީ ބިރުންނެވެ. އަދިވެސް ދެލޯމަރާ ތަގުޅި ކޮށްގެން އިނީ ލޯހުޅުވަންވެސް ނުކެރިފައެވެ. ”އިނާ ތިލޯ ހުޅުވިއަކަސް އަހަރެމެން އަދި ނޫޅެމޭ ތި ދެލޯ ކޮނެލާކަށެއް…”ލަޔާނާ އިނާކައިރީ އިށީނދެފައި ބުނެލިއެވެ. އިނާ ލޯހުޅުވުމުން ފެނިގެން ދިޔަ ދެމީހުންގެ ސަބަބުން އިނާހުރީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ. ލީން އާއި ލަޔާނާ މިއީ އިނާގެ ހިތަށް މިކަންކުރީ ކާކުމެއް ވިސްނިއިރު އައިވެސް ބައެއްނޫނެވެ. ނަމަވެސް އިނާއަށް އެނގިގެންދިޔައީ ހީނުކުރާ ކިތަންމެ ކަމެއް ވެދާނެކަމެވެ. ޤަބޫލުކުރަން ބޭނުން ނުވާކަމުގައި ވިޔަސް ވެސް އިނާއަށް މިކަމުގެ އަޑީގައި ތީބީ ލީން އާއި ލަޔާނާކަން ޖެހުނީ ޤަބޫލުކުރާށެވެ.
”ވަރަށް ހައިރާންވެއްޖެދޯ…އެނގޭ ވަރަށް ބައިވަރު ސުވާލުވެސް އުފެދޭނެކަން ….އަޑުއަހާ އޭރަށް ހުރިހާއެއްޗެއްވެސް ސާފުވާނެ.”ލަޔާނާ އެހެން ބުނެ ނިމުމާއި އެކު އިނާގެ ހަތަރެސް ފައިގައާއި އަނގައިގައިވާ ފޮތިގަނޑު މޮހެލުމަށް ލީން އިނާގެ ފަހަތުގައި ހުރި ޒަރަފް ގާތު ބުނނެލިއެވެ. އެއާއެކު އިނާއަށް އަދި ޒަރަފް ވެސް މީގެތެރޭގައި އުޅޭކަން އެނގިގެންދިޔައެވެ. އިނާގެ ސަމާލުކަން ލަޔާނާއަށް ހުއްޓުނީ ލަޔާނާ ހަރުކަށިކަން އެކުލެވިގެންވާ ރާގެއްގައި އިނާއަށް ގޮވަލުމަށްފަހު ވާހަކަ ދައްކަން ފެށުމުންނެވެ. އިނާއިނީ ލަޔާނާ ކިޔަމުން ދިޔަވާހަކަތަކުން ހައިރާންވެ ބަސްހުއްޓިފައެވެ. ލަޔާނާމެންގެ ހިތަށް ދެ އެކުވެރިން ދުރުކުރުވާ،ދިރިއުޅުން ހަލާކު ކޮށްލަން ނިންމިއިރު ހަމަ އެކަށްޗެއްވެސް ނާރާބާއޭ އިނާގެ ހިތަށް އެރީ ކިތަށް ފަހަރު ކަމެއް ނޭނގެއެވެ. ހިތތެކޭ ކިޔާފަ އޮންނަނީ ހިލަގަނޑެއް ހެއްޔޭ އަހަން އިނާގެ އަނގަ ހަރަކާތް ކުރަން އުޅުނަސް ކެތްތެރި ވެލައިގެން އިނީ ދެން އަނެއްކާ ވާނެ ގޮތެއްނޭނގޭތީއެވެ. ދެންވެސް ލޯކުރިމައްޗަށް އައިސް ހާމަވީ އިނާ ހައިރާންކުރުވަނިވި ކަމެވެ. ޒަލަފް އާއި ޔާއިންވެސް އެބައުޅެއެވެ. އިނާއަށް އެނގިގެންދިޔައީ ވަރަށް ބޮޑަށް އިނާ މާޔޫސްވާންޖެހޭނެކަމެވެ. އެތައްކަމެއް އައިކާއަށްޓަކައި ޤުރިބބާންކޮށް އެއްއަހަރުގެ އެކުވެރި ކަމަށްޓަކައި ކެތްތެރިކަން އިސްކުރަންޖެހޭކަމެވެ. ފަސް މީހުންގެ ގުރޫޕަކުން އިނާ އަލުން އައިކާއާއި އެކުވެރި ވުމަށްޓަކައި މޮޅުވާންޖެހޭކަމެވެ. ހަތަރު މީހުން އެއްކުލާހުގައި އުޅޭއިރު އިނާ ކުރާ ކޮންމެކަމެއް އެނގޭނެކަން އިނާ ދަންނަންޖެހޭކަމެވެ. މިހުރިހާ ކަމަކުން މޮޅުވވާން މިހާރު އިނާއަށް އެއްމަގު ވަނީ ލަޔާނާމެންގެ ފަރާތުން އެނގިފައެވެ. ނަމަވެސް އެކަމެއް ލަޔާނާމެންނަކަށް ނޭނގެއެވެ. ލަޔާނާމެން ހިތުން އެމީހުން ބޭނުންވާކަންތައް ވާނެކަމަށް ހީކުރެވުނަސް އިނާ އެފުރުސަތެއް ނުދޭނެއެވެ. އިނާގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.
އިނާގެ އިންތިޒާރުގައި ވަގުތުތައް ގުނަން ސިޓިންރޫމުގައި ތިބި ތިންމީހުންގެ މޫނު އަލިވެގެންދިޔައީ ގޭގެ ބެލް ޖެހުމުންނެވެ. ތިންމީހުންނަށް އެހިސާބަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ދޮރު ހުޅުވީ އިނާ ކަމަށް ހީކޮށް ކަމުގައި ވިޔަސް ކުރިމަތީގައި ތިބި ހަތަރު މީހުން ފެނިފައި ތިންމީހުންގެ ހިތުގައިވެސް ޖެހުނީ ސުވާލުތަކެކެވެ.
( ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Owww anekka police tha.
Can’t wait
Mi part VX vrh reethi
Next part kiyaalan lipeyne kamah unmeedhu kuran
wowww