Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާ

އައިކާ 6

EEMA Level 1
March 13, 2022 12 Mins Read
0 Comments

އިނާގެ އިންތިޒާރުގައި ވަގުތުތައް ގުނަން ސިޓިންރޫމުގައި ތިބި ތިންމީހުންގެ މޫނު އަލިވެގެންދިޔައީ ގޭގެ ބެލް ޖެހުމުންނެވެ. ތިންމީހުންނަށް އެހިސާބަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ދޮރު ހުޅުވީ އިނާ ކަމަށް ހީކޮށް ކަމުގައި ވިޔަސް ކުރިމަތީގައި ތިބި ހަތަރު މީހުން ފެނިފައި ތިންމީހުންގެ ހިތުގައިވެސް ޖެހުނީ ސުވާލުތަކެކެވެ.
”ސަޕްރައިޒް…”ދޮރު ކުރިމަތީގައި ހުރި ލީން، ލަޔާނާ، ޔާއިން އަދި ޒަލަފް ދުރުވެލުމަށްފަހު އެމީހުންގެ ފަހަތުގައި ހުރި އިނާ ދައްކާލިއެވެ. ”އިނާ…ކޮއްކޯ ކޮންތާކުންތަ ތިޔައީ އަދި ގުޅާގުޅާ ފޯނެއްވެސް ނެގީކީއެއްނޫން..މިއޮށް ވިއްސާރާގައި ” އިނާގެ ތުއްތަ އިނާފެނުމުން ގާތަށް އަންނަމުން ސަކުވާ ކުރަންފެށިއެވެ. ” ތި ވާހަކަ ބާއްވާފައި ތުއްތަ ވެސް އިނާ ގޮވައިގެން އައި މީހުންނަށް ސުކުރުއަދާކޮށް މެހެމާންދާރީ އަދާކޮށްބަލަ..” އިނާގެ އާއިލާގައިވެސް އެންމެ އަނގަގަދަވެގެން އުޅޭ އިނާގެ ދޮންބެ ޒަލަފްގެ ކޮޑަށް އަތްވައްޓާލަމުންބުނެލިއެވެ. ”އައިކާމެންގެ ގެއިން އިނާ ނިކުތްތަނާ ވާރެ އޮށްސާލީ ދެން އަޅުގަނޑުމެންނާއި އެކީ އަޅުގަނޑުމެންގެޔަށް ދިޔައީ….ވާރެ ހުއްޓި އިރު އަޅުގަނޑުމެން ތިބީ ޕާސްތާ ކައްކަން އެހެންވެ ނައީ ދެން ކައިގެން ޒަލަފް ދޮންބެގެ ކާރުގައި މިޔައީ…”ލަޔާނާ ވީގޮތްސާފު ކޮށްދިނުމުން އިނާގެ އާއިލާއިން ސުކުރު އަދާކުރިއެވެ. ނަމަވެސް އިނާ ހުރީ ލަޔާނާމެން ދޮގު ހަދަން މޮޅުކަމުން ހައިރާންވެފައެވެ. އެކިޔާ ޕާސްތާއެއީ ގައިމު އަހަރެންނަށް ދިންވެސް އެއްޗެއްނޫނޭ އިނާގެ ހިތަށްއެރިއެވެ.
”އައިކާ..އައިކާ…ދެން ނިކުމޭ ކާން އިނާ އައިއްސިޔޯ ގެއަށް ކޮންމެސް ކުލާސސް ކުއްޖެއްގެއަށް ވާރެ ވެހޭތީ ވަނީ ޔޯ…” އަރިކާއައިސް އައިކާގެ ކޮޓަރީގައި ޖަހާލަމުން ބުނެލިއެވެ. ރައްދުގައި އައިކާވެސް މިދަނީ ކަމުގައި ބުނެލިއެވެ.
ކޮޓަރިއަށް ވަތްގޮތަށް އިނާ ދޮރު ތަޅުލުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ބާލިހެއްނަގައި މޫނުގައި ޖައްސައިގެން އޮވެ ރޯންފެށީ އިނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. އިނާގެ ހިތް ހީވަނީ މީހަކު ތޮރުފާހެންނެވެ. މީހުން ކުރިމަތީގައި ކިތަންމެ ކެރޭ މީހެއްކަމަށް ހެދިގެން އުޅުނު ކަމުގައި ވިޔަސް މިއަދު އިނާގެ ނުގުނޑާ އަޒުމަށް ގުނޑުން އަރާ އިނާ ފިނޑި މީހަކަށް ހަދައިފިއެވެ. ފަނަރަ ވަރަކަށް މިނެޓް އެގޮތުގައި ރޯން އޮތުމަށްފަހު އިނާ އެނދުން ތެދުވެ މިސްރާބު ޖެހީ ފާހަނައާއި ދިމާލަށެވެ. މޫނު ދޮންނަން ތަށި ކާރީގައި ހުރެ މޫނަށް ފެންޖަހާ ރޮމުން ދިޔަ އިނާ ބޮލުގައި ހިފަހައްޓާ ކުޑަ ހަޅޭކަކާއިއެކު ހުރި ތަނަށް ތިރިވިއެވެ. އަނެއްކާވެސް އިނާއަށް ގިސްލާފައި ރޯންފެށުނެވެ. އެގޮތުގައި އިރުގަނޑެއް ވަންދެން ރުއިމަށްފަހު އަނެއްކާވެސް މޫނު ދޮންނަންފެށިއެވެ. ”އިނާ…ތިހާ ބަލިކަށިވީ ކޮން އިރަކު ލޯބިވާ އެކުވެރިޔާއަށްޓަކައި ނިކަން ކެރިގެން ތެދުވެބަލަ…ގޮތެއް އަދި ހުހެއް ނުވެޔޭ…އިންސާނުންނަކަށް ގޮތެއް ހުހެއް ނުވާނެ ދުވަހަކުވެސް …” އިނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ ކިޔަމުން ދިޔައެވެ.
އައިކާ ހުރީ އާދައިގެ މަތިން މިއަދުވެސް އިނާ އަންނަން ދެން ކޮލެޖު ގޭޓުކައިރރި މަޑު ކޮށްގެންނެވެ. އޭރުވެސް ކުދިންތައް ކޮލެޖަށް ހާޞިރުވަމުންދެއެވެ. ގަޑި ޖެހެން އެއްމިނެޓަށްވީ އިރުވެސް އިނާ ނައުމުން އައިކާ މާޔޫސް ކަންމަތީ ކުލާހަށް ވަންނަން ދިޔައެވެ. ކުލާހަށް ވަތް އައިކާ ހައިރާންވީ އިނާއައިސް ކުލާހުގެ ކަނެއްގައި އިންމޭޒުގައި އިންތަން ފެނުމުންނެވެ. ކައިރީގައި ލީން އިނުމުން ވަކިން އައިކާ ހައިރާންވި ނަމަވެސް އަވަހަށް ގޮސް ގޮނޑީގައި އިށީނީ މުދައްރިސް ދުރުވަން ވާއިރަށް ހަމަޖެހިލެވޭތޯއެވެ. ގަޑި ނިމިގެން އިނާ ކައިރިން މިއަދު އިނާ މާކުރިން އައިސް އައިކާ ކައިރީ ނީނީ ކީއްވެކަން އޮޅުންފިލުވުމަށް އައިކާ ނިންމިއެވެ.
ދެ ގަޑި ނިމިގެން ދިޔައިރު ވެސް އިނާ އައިކާއާއި ދިމާލަށް ބަލާވެސް ނުލާތި އައިކާ އިނީ ވަރަށް ދެރަވެ އަދި ހިތްހަމަވެސް ނުޖެހިފައެވެ. އިނާގެ މި ޢަމަލުން ވީކީ ކުޑަކަމެއް ނޫންކަން އައިކާގެ ވިސްނުންތޫނު ސިކުނޑިއަށް އެނގުނެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ގޮސް ގެޔަށްދާ ވަގުތު ޖެހިއްޖެވެ. އައިކާ ހަމަ އިނާ ގޮނޑިން ތެދުވުމާއި އެކުހެން އިނާގާތަށް ގޮސް އިނާ އަށް ގޮވާލިއެވެ. ރައްދުގައި އިނާ އައިކާއަށް ބަލާލުމެއްވެސް ނެތި ހޫމް އަޅުވާލިއެވެ. އައިކާގެ ހިތުގައި މީހަކު ހިފާ ފިތާލި ކަހަލަ އިހްސާސެއް ކުރެވުނު ނަމަވެސް އިނާއާއި ކުރަންޖެހޭ ސުވާލު ހުރުމުން އިނާ އާއި އައިކާގެ ހިތުގައި ވާ ސުވާލު ކޮށްލީ އިނާގެ ކުރިމައްޗަށް އަރައެވެ. ”އިނާ…ކީއްވެ މިއަދު މި ތާ އިނީ އަނެއްކަ އަހަރެންނަށް މިއަދު މިތާ އިން އިރުވެސް ބަލާވެސް ނުލާ..އިނާ ތިއީ އެހެންޏާ ތިހެން އުޅޭ ކުއްޖެއް ނޫނެއްނުން..” ” އައިކާ….މިހާރު އަހަރެން މިއުޅެނީ ތުއްތަ މެން ފުރާ ކަންތައް ކުރާތި ވަރަށް ބިޒީކޮށް…ގެޔަށް އެއްވެސް ފިލާވަޅެއް ނުގެންދެވޭތޯ މި ބަލަނީ …އައިކާ ކައިރީ އިންނަންޏާ އަހަރެންނަކަށް ފިލާވަޅެއްވެސް ނުނިންމޭނެ..އިންސާނުންނަކީ އެހެން ނޫނަސް އަބަދު އެއްގޮތަށް ތިބޭނެ ބައެއްނޫނޭ އައިކާ..” އިނާ އެހެން ބުނެ ކުރިއަށް ހިނގައިގަތެވެ. އައިކާއަށށް ހުރީ އިނާއަށް އެއާ ކުއްލި ބަދަލުން ޤަބޫލު ކުރަންވެސް ދަތިވެފައެވެ. އިއްޔެ އެހާ ރީތިކޮށް ވާހަކަ ދެއްކި އިނާއަށް މިއަދު މިވީ ކިހިނެތް ހެއްޔެވެ؟
ގެއަށް އައިސް ވަތް އައިކާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަންފެށިއެވެ. އަވަސް އަވަހަށް ކޮޓަރިއަށްދާން ހިނގައިގަތް އައިކާއަށް ހުއްޓެން މަޖުބޫރުވީ ބެލްކަނިއަށް ދާދޮރުކައިރިން އައިކާއަށް ގޮވާލުމަށްފަހު އަރީކާ މިއަދު އަރިކާއާއި އެކު ހަވީރު ފިހާރައަކަށްދެވިދަނެތޯ އެހުމުންނެވެ. އައިކާ އަރީކާއަށް ރައްދުގައި ހޫމް އަޅުވައިލީ އަރީކާއާއި ދިމާލަށް ނުވެސް ބަލައެވެ. އަރރީކާ އާއި ދިމާލަށް ބަލާލައިފިނަމަ އައިކާގެ ލޮލުން ރޮއެފައި ހުރިކަން އެނގޭނެތީއެވެ. ނަމަވެސް އައިކާއަށް ނޭނގުނީ އަރީކާއަށް އައިކާ ރޮއެފައި ހުރިކަން އަދި އެމަންޒަރުވެސް ވަނީ ފެނިފައިކަމެވެ.
ކައިގެން ކޮޓަރިއަށް ވަތް އިނާއަށް އެނދުމަތީގައި އޮތް ފޯނުރިންގުވާ އަޑަށް ގގޮސް ގުޅަނީ ކާކުތޯ ބަލާލިއެވެ. އަރާފައި އިން ނަމަކުން އިނާމޫނުން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ. އަނެއްކާ އިނާއަށް މިއަދު ލީންހަވާލު ކުރި މަސައްކަތް ކުރެވުނީ ރަނގަޅަށްބާއޭ އިނާގެ ހިތަށް އެރިއެވެ. ލީންމެން ހިތްހަމަ ނުޖެހޭ ގޮތަކަށް ކުރެވިގެން މިފަހަރު ހަޅޭ ލެވިޔަސް ހެޔޮކަމަށް ބަލާ އިނާ ފޯނު ކެނޑުމުގެ ކުރިން ފޯނު ނެގިއެވެ.
”ހަލޯ…މި ލީން މިއަދު އައިކާއާއި ވާޙަކަ ދެއްކި ގޮތެއް އެހާ ރަނގަޅެއްވެސް ނޫން އެކަމަކު ފުރަތަމަ ފަހަރުވީމަ މި ދޫކޮށްލަނީ…މިއަދު އެބަޖެހޭ ހަވީރު ހަތަރެއް ވާންވާއިރަށް ރެޑީވާން އަހަރެމެންނާއި އެކީ ބޭރަށްދާން ތިގެޔަށް ދާނަންބަލާ..ހަތަރެއް ޖަހަންވާއިރަށް ރެޑީވާތި…ބާއި” ލީން ފޯނު ނެގިގޮތަށް ވާހަކަ ދައްކަން ފެށިއެވެ. އެނދުމަތީގައި ޗިޕްސް ދަޅެއް ހިފައިގެން ކަމުން ލީން ވާހަކަ ދައްކަމުން ދިޔައެވެ. ލީން ކިޔަން ބޭނުންވާ އެއްޗިހި ކިޔާ ލުމަށްފަހު ފޯނު ބޭއްވިއެވެ.
ލީން ކިޔަން ބޭނުން އެއްޗިހި ކިޔުމަށް ފަހު އިނާ އެއްޗެކޭ ބުނަން އުޅެނިކޮން ލީން ފޯނު ކަނޑާލުމުން އިނާ މޫނަށް ފޫހި ވައްތަރެއްޖައްސާލިއެވެ. އެނދުގައި ހަމަޖެހިލަމުން ވައިބާއަށް ވަދެލުމަށް ވައިފައި ޖައްސާލިހާއިރުން އިނާއަށް ފިލުފުލުގައި މެސެޖުތައް އަންނަން ފެށިއެވެ. އިނާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތި އައިކާ ކޮށްފައި އޮތް ވިހި މެސެޖެވެ. އިނާގެ އެއްވެސް އިހުތިޔާރަކާއި ނުލާ އައިކާގެ އެމެސެޖްތައް ކިޔާލެވުނު ގޮތް އިނާއަށްވެސް ނޭނގެއެވެ. އައިކާގެ މެސެޖުތަކުން އިނާއަށްޓަކައި އައިކާގެ ހިތުގައި ވާ ލޯބި ހާމަ ވެގެން ދިޔައިރު އައިކާ ރޭގައި އުޅޭނެ ހާލު އިނާއަށް އަންދާޒާވެސް ކޮށްނުލެވުނެވެ. ނަމަވެސް ކުރާނީ ކީއްހހެއްޔެވެ.؟ އިނާއަށް މިވަނީ މިއަދު އައިކާއާއި ދުރުވާން މަޖުބޫރު ވެފައެވެ. އެ މަޖުބޫރު ކުރީ ކޮންބައެއްކަން އެނގުނު ނަމަވެސް އިނާއަށް ވެސް އައިކާއާއި ދުރުވާން މަޖުބޫރު ކުރި އަސްލު ސަބަބެއް ނެނގުނެވެ. އިނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އައިކާ ނުވަ ފަހަރު ގުޅާފައިވެސް އެބައޮތެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ ރީތި ވަމުން ދިޔަ އައިކާގެ ބޮލުގައި އަދިވެސް ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. ދޮންތަ އަވަހަށް ގަންނަންދާ އެއްޗިހިގަނެ ނިމިއްޖާ އިނާމެންގެޔަށް ދިޔުމަށް ނިންމައިގެން އައިކާ ސޯލްއަޅައި ނިންމާލުމަށްފަހު ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. އޭރު ދޮންތަވެސް ކޮޓަރިން ނިކުމެއެވެ. ދެމިހުން އެކުގައި އެޕާޓުމެންޓުން ނިކުތުމަށްފަހު ދާން ބޭނުންވާ ފިހާރައާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެއްފިހާރައަށްވަދެ އެތަނުން ދޮންތަ ބޭނުންވާ އެކަށްޗެއްވެސް ނެތުމުން ޖެހިގެން އިން ގޯޅީގައި އިން ފިހާރައަށް ވަންނަންދިޔަ އައިކާއަށް ހުއްޓެން މަޖުބޫރުވީ ކުރިމަތިން އިނާއާއި ލީން އައިސް މަގު ހުރަސް ކުރުމަށްފަހު މަގުގެ އަނެއް ފަރާތުގައި އިން ގެޔަކަށް ވަނުމުންނެވެ. ދޮންތައަށް އެވަގުތު ދޮންބެ ގުޅުމުން ދަބަހުގައި އޮތް ފޯނު ނަގަން އުޅުންކަން އެއީ ނަސީބެކޭ އައިކާ އަދި އިނާގެވެސް ހިތަށް އެރިއެވެ. އެހެނންނޫނީ އަދި އެހާ ސުވާލު ކުރާނެ ވިއްޔާއެވެ. އިނާ އައިކާއާއި ދިމާލަށް ބަލާވެސް ނުލިއެވެ.
ވަދެވުނު ގޯތީގެ ރީތިކަމުންނާއި ސާހީ ކަމުން އިނާ ހުރީ އަނގައިން ސޮނިފައިބާ ވަރު ވެފައި ކަމުގައި ވިޔަސް ލަޔާނާމެންގެ ގެކަން އެނގުމުން އިނާގެ ލޮލަށް އެގެ ފެނިގެން ދިޔައީ ބާ ޖިފުޓިގަނޑެއް ހާ ހަނޑި ތަނެއްގެ ގޮތުގައެވެ. ކުރިއަށް އަޅާލި ފިޔަވަޅާއި އެކު އިނާ އަށް ސިހުމެއް ލިބިގެންދިޔައީ ކުރިމަތިގައި އިން މީހާފެނިފައެވެ. އެމީހެއްގެ ކުރިމައްޗަށް ނާރާން އުޅުނަސް މިފަހަރު މިޖެހުނީ އަރަންތާއެވެ.؟ ނަމަވެސް މިމިހަ މިގޭގައި މި ކުރަނީ ކޮންކަމެއްބާއެވެ.؟
އިސްދަށަށް ޖަހައިގެން އަވަހަށް ލީންގެ ފަހަތުން ސިޑިން އެރަންފެށީ އަނެއްކާ ލީންގެ ފަރާތުން ބަހުގެ ހަމަލާއެއް އަތުވެދާނެތީއެވެ.
އަކުމަލް އިނީ އިނާ އައިސް އަދިޔަންގެ ގެޔަށް ވަނުމުން ހައިރާންވެ ކަޅި ޖަހާނުލާ އިނާއަށް ބަލާށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އިނާ ހިނގައިގަތުމުންނާއި އަދިޔަން ފައިބާ އަޑު އިވުމުން ދޮރުން ބޭރަށް ހިނގައިގަތީ އިޒާކު އުރާލަމުންނެވެ. އިޒާކު އަށް ރީތތިކޮން އިނާ ފެނުނު ނަމަ އިނާއަށް ގޮވީސްކަން އިނާއަށް އެނގެއެވެ. އިޒާކުއަށް އިނާ ނުފެނުންކަން އެއީ ނަސީބެކޭ އިނާގެ ހިތަށް އެރިއެވެ.
”ކިހިނެތް ވެފައި ހާދަ މަޑުންތިހުރީ….އައިރު ބުރިޖުމަތީގައި ވާހަކަ ނުދެއްކިޔަސް ހުޅުމާލެއަށް ފައިބާފަވެސް ހިތަށް އެރިއްޔާތި އަނގައިން ބުނަނީ…ދެން އެކަމަކު މި ތަނަސް މަޑުކޮށްފައިވެސް ތިހުރީ މޫދަށް ބަލަހައްޓައިގެން….ކިހިނެތްތަވީ؟” އަދިޔަން ސައިކަލުން ފައިބަމުން ބުނެލިއެވެ. އަކުމަލްވެސް ސައިކަލުން ފައިބައިގެން ގޮސް ހުޅުމާލޭ އިރުމަތި ބީޗުގައި ބަހައްޓާފައި ހުރި ބެންޗު ތަކުން ބެންޗެއްގައި އިށީނެވެ. ” އެއްޗެއް އަހާލަންތަ…؟” އަދިޔަން އައިސް ކައިރީގައި އިށީނުމާއި އެކު އަކުމަލް ބުނެލިއެވެ. ” އަހާބަލަދޯ… ” އަދިޔަން އަކުމަލް އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ” އެއްޗެކޭ ހީނުކުރާތި އިނގޭ…. އަދިޔަން ކޮއްކޮއަށް ކިޔަނީ ކޮންނަމެއް..މިހާރު ކިތައް އަހަރު..ކޮލެޖަށްދޭ..” އަކުމަލް ބިންމަތީގައި ވެއްޔާއި ކުޅެން އިން އިޒާކުއަށް ބަލާލަމުން ބުނެލިއެވެ. ” އަދި އަކޫއަކަށް ނުފެނޭދޯ…ކޮލެޖަށްދާނެ އަދި އެއުޅެނީ އަށާރަވާން އެއްމަސް ފަހުން…ކިޔަނީ ލަޔާނާ…ކިހިނެތްވީ؟” އަދިޔަން އަކުމަލް ކުރި ސުވާލުތަކަށް ޖަވާބުދިނެވެ.
” ހުއް….އެނިމުނީ ދެން އޮތީ އިޒާކުއަށް ޑުރައިޕާ ގަންނަން…އެކަމަކު އެފިހާރައަށް ދާން ޖައްސާނީ އަކުމަލް ގަނޑަށް…ކޭހުން ގަންނައިރު ގޮސް އެތާ އެއަށް އޯޑާރ ޖަހާކަށް ނުދެވޭނެ….” އަރީކާ ފިހާރައިން ނިކުމެ ހިނގައިގަންނަމުން ބުނެލިއެވެ. ”އަދި އައިކާ ބުނީމޭނުން އިނާމެން ގެޔަށް ވެސް ދާ ވާހަކަ…ދެވިދާނެ ފަނަރަ މިނެޓް ތިބެލާފަ އަންނަން..” އަރީކާ އައިކާ ގެއިން ނުކުމެފައި އެހެން ބުނި ހަނދާންވެގެން ބުނެލިއެވެ. ” ދެން މިއަދަކު ނުދެވޭނެ..ވަރަށް ވަރުބަލި މާދަމާ އަދި ކޮލެޖަށްވެސް ދާން ޖެހޭނެ…އެކްސްޓްރާ ގަޑިއެއްވެސް އޮންނާނޭ އެބައޮތް އަދި މިއަދު ގުރޫޕުގައި ލިޔެފައި.އަދި އެގަޑިއަށް ދަސްކުރަންޖެހޭ އެއްޗެއްވެސް އޮންނާނެ ދަސްނުވެ..” އައިކާއަށް ދަސްވެފައި އޮތްކަމަށް ވިޔަސް އިނާމެންގެޔަށް ނުދާންވެގެން ބަހަނާއެއް ހަދާލިއެވެ.
އަކުމަލްމެންނަށާއި އައިކާމެންނަށް ގެޔަށް އައިސް ވަދެވުނީ އެކުއެކީގައެވެ. ” އަދިޔަން ވަދޭ..” އަކުމަލް އައިކާމެންގެ ފަހަތުން ގެޔަށް ވަދެފައި އަދިޔަން ނުވަދެ ހުރުމުން ބުނެލިއެވެ. ” މިއަދު އަދިޔަން އަށް ދެވޭނީ ޖޫސް ތަށްޓެއް ނަމަވެސް ބޮއެގެން.. ދޮންތަ އަންނާނަން މިއެއްޗިހި ކޮޓަރިއަށް ލައިފަ..އައިކާ ދޭބަލަ ޖަގުގަ ޖޫސް ހުރިއްޔާ ގެނެސްދޭން … ނެތިއްޔާ ބަހައްޓާ ދޮންތަ މިއަންނަނީ ގިރަން..” އަރީކާ ގަތް އެއްޗިހި އެއްބައި ބަދިގެޔަށް ލުމަށްފަހު އަނެއްބައި ހިފައިގެން ކޮޓަރިއަށް ދަމުން ބުނެލިއެވެ.
” ދޮންތާ ނެތް ޖޫހެއް…ހަމަ ދޮންތަ އަށް ގިރަންޖައްސަންވެގެން ތޯޗެ ދޮންބެ އަސުރަށް ދަމުންވެސް އެއްތަށި ބޮއެގެން ދިޔައި..އެހެންނޫނަމަ ހުރީހޭ…އާއްސަ ސައި ބުއި ގގަނޑީގައ ވެސް މިއަދު ބުއީޖޫހޭ..” އައިކާ ބަދިގެޔަށް ވަދެ ޖަގު ހިފައިގެން ނިކުންނަމުން ބުނެލިއެވެ. ” ހޫމް އެސޮރު ބޮލުގަ ވީ ޓަކި ތަޅަން..މިދަނީ ގިރަން އައިކާ އިޒާކު އެއްސިހި ބާލުވަބަލަ…ކާންދޭން” އަރީކާ ކޮޓަރީގައި ހުރެފައި ބުނެލިއެވެ.
”އައިކާ..ނުބޮމޭނުން ކަޅުސައެއް އެހެންވެ ދެން ދޮންބެވެސް އެއްދުވަހު އެއްކކޮން ޖޫސް ބޮނީމި..ކަޅުސަޔަށް ސަލާން ބުނެފައި.” އަކުމަލް އައިކާ ކަޅުސައި ނުބޯތީވެ ބުނެލިއެވެ. އައިކާއަކީ ކަޅުސައި ބޯކުއްޖެއް ނޫނެވެ. އައިކާ ބޮނީ ޖޫހާއި ކިރުތަށްޓެވެ. އައިކާ ކަޅުސައި ނުބޯތީވެ އަކުމަލް އައިކާ ކަޅުސައި ނުބޮނީ ކަޅު ވެދާނެތީއޭ ވަރަށް ގިނައިން ކިޔައެވެ. ”ހެވޭ ދެން..މިއަދު ތިޔައީ ކޮންތާކު ދުއްވާފަތަ..”އައިކާ އިޒާކު ގަމީސް ބާލުވަމުން ބުނެލިއެވެ. ” މިއަދު ދިޔައީ ހުޅުމާލެއަށް..ތިޔެއް ނޫނޭ މިއަދު އިނާ ދެކުނިން.. އަދިޔަންމެންގެޔަށް އައީ ދޮންބެ އިންދަ..ކޮންމެވެސް ފިލާވަޅެއް ދަސްކުރަން…ލަޔާނާއާ..އައިކާ ކީއްވެ ނުދިޔައީ..” ” ކޮބާ އައިކާ..އެބުނީ އެއްކަލަ ފިލާވަޅު ވާހަކަދޯ..އައިކާ ކީއްވެތަ ނުދިޔައީ..” އަރީކާއަށް އަކުމަލް ބުނިއެތި އަޑު އިވިގެން ބުނެލިއެވެ. އަރީކާއައިސް އަދިޔަންއަށް ޖޫސްތަށި ދިނުމުން އައިކާ ބުނެލިއެވެ. ” ކަމެއް ނުވޭ.. އިނާއެއް ނުބުނޭ…އެހެންނޫނަސް އަޅުގަނޑުއަށް ފަސސޭހައީ އެކަނި އިނދެގެން ދަސްކުރަން…” ދެންމެ އަކުމަލް އާއި ވާހަކަދެއްކިއިރު އެހާބާރަށް ވާހަކަ ދެއްކިކަމަށް ވިޔަސް އައިކާ ޖަވާބު ދިނުމުގައި މިފަހަރު ވަނީ މަޑުމައިތިރިކަމާއި ސާދާ ކަމެވެ. އިނާގެ ނަންބުނުމުން އައިކާގެ ލޮލަށް ސިފަވެގެން ދިޔައީ މިއަދު ފިހާރައަށް ދިޔައިރު ފެނުނު މަންޒަރެވެ. އެއާއެކު މަޑު މަޑުން އައިކާގެ ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. އަދިޔަން ޖޫސްތަށި ބޯލުމަށްފަހު އަރީކާއަށް ޝުކުރުއަދާކުރިއެވެ. އަދި އަކުމަލް އާއި އެކު ގެއިން ނިކުންނަން ހިނގައިގަތުމާއިއެކު އައިކާވެސް އަވަހަށް ކޮޓަރިއަށްވަންނަން ދިޔައެވެ.
ކޮޓަރިއަށް ވަދެ ދޮރު ތަޅުލެވުނީ އައިކާއަށް ހަމަ ކިރިޔާއެވެ. ލޮލުގައި ބޮޑިކޮށްގެން ހުރި ކަރުނަތައް އެއްވެސް އިހްތިޔާރަކާ ނުލާ ކޯތާފަތް މަތީ ފިރުކެންފެށިއެވެ. އައިކާއަށް ދޮރުބުޑުގައި އިށީނދެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ގިސްލާފައި ރޯންފެށުނެވެ. ދޮރުން ބޭރަށް އަޑު ނީއްވަން އަތްއަޅާ ބާރު ކުރިނަމަވެސް އައިކާގެ ކިބައިގައި ދެން ކެތްކުރާނެހާ ހިތްވަރރު ނެތީ ކަންނޭނގެއެވެ. ގިސްލާފައި ރޯންފެށިއެވެ. ނަމަވެސް އަދިވެސް އަނގަމަތިން އަތެއް ނުނަގައެވެ.
އިޒާކު ގޮވައިގެން ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހި އަރީކާއަށް ހުއްޓެވުނީ އައިކާގެ ކޮޓަރިން ރުއިމުގެ އަޑު އިވުންހެން ހީވެގެންނެވެ. އަރީކާގެ ހީ ޔަޤީނަށް ބަދަލުވީ ދޮރާ ކައިރިއަށް ޖެހިލުމުން އެއަޑު ބާރުވުމުންނެވެ. އެއީ އައިކާގެ ރުއިމުގެ އަޑުކަން އަރީކާއއަކަށް ނޯޅުނެވެ. އަދިވެސް ބޮޑަށް ދޮރާ ގާތަށްޖެހިލީ އައިކާ ރޮންޖެހުނު ސަބަބާއި ދޭތެރޭ ވިސްނަމުންނެވެ. ދޮރުގައި ޖަހަންވީތީ ނުޖަހަ އިހަށް ހުންނާނީތޯ ދެކޮޅަށް ކިރަކިރަ ހުރި އަރީކާ ރަނގަޅަށް ކަންފަތް ހުޅުވާލީ އައިކާ ވާހަކަ ދައްކާއަޑު އިވުމުން އެކިޔާއެއްޗެއް ބަލާލުމަށެވެ. އިނާ އޭ ބުނެފައި އަނެއްކާވެސް އައިކާ ރޯންފެށިއެވެ. އަރީކާގެ އުނގުގައި އިން އިޒާކު ތިރީގައި ބެހެއްޓުމަށްފަހު ކޮޓަރިއަށް އިސާރާތް ކޮށްލުމުން އިޒާކު ދުވެފައި ގޮސް ކޮޓަރިއަށްވަނެވެ. އަނެއްކާވެސް އަރީކާ ކަންފަތް ހުޅުވައިގެން އައިކާ އެއްޗެއް ކިޔާތޯ އިންތިޒާރިގައި ހުންނަންފެށިއެވެ.
އަރީީކާއަކަށް މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އައިކާ ވާހަކަ ދައްކަން ފަށައިފިއެވެ. ”އިނާ….ކި..ކީއްވެ…ތިހާ…ތި އަހަރެންނާއި ދުރަށް..ދާން ތި މަސައްކަތް ކުރަނީ….ބުނެ..ބަލަ..ހެޔޮނުވާނެ…ލީންމެން އެއީ އިނާ އެންމެ ފޫހިވާ މީހުން…ދެން ކީއްވެ މިހާރު އެމީހުންނާއި..އެކު ތިއުޅެނީ….ބެސްޓްފުރެންޑަކީ އަހަރެންނެއް ނޫންތަ…” އަރީކާއަށް އައިކާގެ ވާހަކަ ތަކުން އިނާއާއި އައިކާގެ ގުޅުން ރަނގަޅު ނޫންކަން ވިސްނުނެވެ. ނަމަވެސް ވީކީއްކކަމެއް އަދި ޖެހުނު މައްސަލައަކީ ކޮބައި ކަމެއް ނޭނގުނެވެ. އައިކާއަކީ މުރައިދޫގައި އުޅުނު އިރުވެސް އެހާ ހިތްބަލި ކުއްޖެއްނޫނެވެ. އައިކާއަކީ އޭރު ވަރަށް ހިތްވަރުގަދަ ކަންކަމުގައި ކެތްތެރިވާކުއްޖެކެވެ. ނަމަވެސް ރޯނީ ކިހާ ދެރަވެ މާޔޫސްވެގެންކަން އަރީކާއަށް އަންދާޒާކޮށްލެވުނެވެ. އައިކާއަކީ އައިކާގެ މަންމަ މަރުވި ދުވަހު އެންމެގިނައިން ރޮއެ އަދި އެންމެ އަވަހަށް އެ ފުން ހިތަމައިން ދުރުވާން މަސައްކަތްކޮށް އަރީކާއަށް އަދި އަކުމަލްއަށް އެންމެގިނައިން ހިތްވަރު ދިން އެކަކކެވެ. ކުއްލިއަކަށް އަރީކާ ސިއްސައިން ދިޔައީ އަދި އަރީކާގެ ލޮލުންވެސް ކަރުނަ ނިރާލީ އައިކާ ” މަންމާ”އޭ ކިޔާ ތަންފުކެއް ބާރަށް ގޮވާލުމުންނެވެ. ނަމަވެސް އެގޮވާލުމުގައި، އެއަޑުގެ ފަހަތުގައި އެތައް ވޭނާއި ހިތާމައެއްވެއެވެ. މާޔޫސްކަމާއި ހިތްދަތިކަން ނޫނީ ނުވެއެވެ.
އަރީކާ މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ. އައިކާއާއި މެދުގައި ވިސްނަންއިން އަރީކާއަށް އައިކާގެ ހިޔާލުތަކުން ނިކުމެވުނީ ކޮޓަރިއާއި ދިމާއިން އިވުނު އަޑުންނެވެ. ސޯފާއިން ތެދުވި އަރީކާއަށް ކޮޓަރިއާއި ހިސާބަށް ވައިރޯޅިއެއްހާ ބާރުމިނުގައި ދެވުނީ އިޒާކު ރޯއަޑު އިވުމުންނެވެ. އެނދުފަނޑީގައި ބޯޖެހިގެން އަރީކާ ދިޔައިރު އިޒާކު ރޮނީއެވެ. އަވަހަށް ގޮސް އިޒާކު ނެގުމަށްފަހު ބޯޖެހުންތަން ބަލާލީ ކަމެއްވެފައި އިންތޯ ބަލާލުމަށެވެ. ބޯޖެހުނުލެއް ބާރުކަމުން އެތަންކޮޅު އިނީ ކޮންމެވެސް ވަރަކަށް ދުޅަވެ ރަތްވެފައެވެ. އިޒާކު ގޮވައިގެން ސިޓިންރޫމަށް އައިސސްޕެކް ޖައްސަންނިކުތް އަރީކާގެ ސިކުނޑީގައި މިހާރު އައިކާގެ ހިޔާލުވެސް ނެތްފަދައެވެ.
އިޒާކު ރޯއަޑު އިވުމުން ދޮރުބުނޑުގައި ރޯންއިން އައިކާ އަވަހަށް ތެދުވެ ބޭރަށް ނިކުމެވެން އުޅުނުކަމުގައިވިޔަސް ދެންމެ ރޮވުނުކަން ހަނދާނަށް އައުމާއި އެކެ ފާހަނައަށް މިސްރާބުޖެހީ ކޮޓަރިން ނިކުތުމުގެ ކުރިން މޫނު ދޮވެލުމަށެވެ. ފާހަނަ ދޮރު ހުޅުވާލުމަށްފަހު މޫނު ދޮންނަތަށި ކައިރީ ހުއްޓި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލި އައިކާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ރޮއެފައި ހުރިކަމުގައިވިޔަސް އެހާ ލޯ ރަތްވެފައި ނެތުމުންނެވެ. ނަމަވެސް މިހާރު ބަލާލައިފި މީހަކަށް އައިކާގެ ބޯ އެސްފިޔަތަކުން ރޮއެފައި ހުރިކަން ސިއްރެއް ނުވާނެވެ.
ފެންގޮށްޓެއްނަގައި މޫނު ދޮވެލުމަށްފަހު އަވަހަށް ނިކުމެ ތުވާލިން މޫނުދޮވެލައިން ކުރިން ލައިފައި ހުރި އަބާޔާ ބާލާ އަލަމާރިން ގޭގައި ލާން ގެންގުޅެ ހެދުން ތަކު ތެރެއިން ހެދުމަކަށް ބަދަލު ކޮށްލައިގެން އަވަހަށް ކޮޓަރިން ނިކުތީ އިޒާކުއަށްވީގޮތެއް ބަލާލުމަށެވެ. ކޮޓަރިން ނިކުމެގެން ބަދިގެއަށް ގޮސް ވަތް އައިކާއަށް އަރިކާ އިޒާކު ބޮލުގައި އައިސްޕެކް ޖައްސަން އިނުމުން ބޮލަށް ކަމެއްވީކަންފަހުމުވިއެވެ. ” ދޮންތާ….އިޒާކު ބޮލަށް ކިހިނެތްވީ…ވަރަށް ބާރަށް ރޯއަޑު އިވުނު ފާހަނައިގަ ފެންވަރަން ހުއްޓާ….އެހެންވެ އަދި އަވަސް އަވަސް ކޮށްލައިގެން މި ނނިކުތީ ނަމާދު ވެސް ނުކޮށް..” އައިކާ އިޒާކުއަށް ވީގޮތެއް ބަލާލުމަށްޓަކައި އަރީކާއާއި ސުވާލި ކޮށްލީ ތެޅިތެޅި އޮތް ހިތަކާއެކު ހުނަރު ވެރިކަމާއިއެކުގައެވެ.
އައިކާގެ އެ ދޮގު ހެދުން ވެގެން ދިޔައީ އަރީކާ ހައިރާންކުރުވަނިވި ޢަމަލަކަށެވެ. އަރީކާވެސް އައިކާފަދައިން އައިކާ ރުއިކަން ނޭނގޭކަމަށް ހަދާލަމުން އިޒާކުއަށް ވީގޮތް ކިޔައިދިނުމަށްފަހު އައިކާ އަތަށް އިޒާކު ދިނީ އަރީކާ އިޒާކުއަށް ކާންދޭން އެއްޗެއް ތައްޔާރު ކޮށްލުމަށްޓަކައެވެ. އައިކާ ސިޓިންގްރޫމްއަށް އިޒާކު ގޮވައިގެން ދިޔުމާއިއެކު އަރީކާ އަވަސްވެގަތީ އިޒާކުއަށށް ކާންދޭން އެއްޗެއް ތައްޔާރު ކޮށްލުމަށެވެ.
ސިޓިންގްރޫމަށް ނިކުތް އިނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ފާރުކައިރީގައި ބަހައްޓާފައި ހުރި ފޮށްޓެވެ. ގަދަނޫކުލައިގެ އެފޮށްޓަކީ އިނާމެން ގިނަދުވަހަށް ރަށުންބޭރަށް ދާނަމަ އެއްޗިހި އަޅައިގެން ގެންދާ ފޮށްޓެވެ. ” މީކޮންކަމެއް؟…ކާކު ކޮންތާކަށް ފުރަންދާން..” އިނާ ހައިރާންވެފައި ފޮށްޓަށް އިސާރާތްކޮށް ސޯފާގައި އިން ތުއްތަގާތު އަހާލިއެވެ. ސިޓިންގްރޫމްގައި ބަހައްޓާފައި ހުރި ދެމީހުންގެ ޖާގައިގެ އުނދޯލީގައި ބޭބެއާއި ތުއްތަބެ އިނެވެ. ބޭބެ އިނީ ފޯނާއި ކުޅޭށެވެ. ”އިނާ…އިއްޔެގަ ތުއްތަމެން އަނެއްކާވެސް ރާއްޖޭން ބޭރަށް ބޭހަކަށް ފުރަންދާން ނިންމައިފިން….މިހާރު ސިންގަޕޯގަ އެބައިންކަމަށްވަނީ އަންހެނުންގެ ވަރަށް މޮޅު ޑޮކްޓަރެއް..އއަޅޭ އެމީހައަށް ދައްކާލަންވެގެން މިހާރު ފައިސާވެސް އެބަހުރި ބޭސްކުރެވޭވަރަށް..” އިނާ އައިސް ސޯފާގައި އިށީނުމާއިއެކު އިނާގެ ތުއްތަ ވެގެން އުޅޭގޮތް ސާފުކޮށްދިނެވެ.
”އެކަމަކު ތި ތިންމީހުންގެ މޫނަށް ބަލާލީމަ ހީވަނީ ވަރަށް ކަންބޮޑުވެފައި ތިބިހެން…މި ފުރަތަމަ ފަހަރެއް ނޫނެއްނުން އަހަރެންނާއި ބޭބެ ބަހައްޓާފައި ބޭރަށްދާ..” އިނާ ވަކިވަކިން ކޮންމެ މީހެއްގެ މޫނަށްބަލާލަމުން ބުނެލިއެވެ. ”މިފަހަރު ބޭބެ ޖެހިއްޖެ ތުއްތަމެން ފުރާދުވަހުގެރޭ މިތާކައިރި ރަށަކަށްދާން….މިއީ ބޭބެ ޕޮލިހުންދާން ބުނެގެންހަމަ އެއްވެސް ގޮތެއްނެތިގެންދާފަހަރެއް….އެހެންވެ” އިނާގެ ތުއްތަބެ އިނާއަށް ރައްދުދީ ނިންމާލުމުންއިނާގެ ބޭބެވެސް ފޯނު ޖީބަށްލުމަށށްފަހު އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ. ” އިނާއަށް ވެސް އެނގޭނެ ބޭބެ ޕޮލިހަށް ވަތްފަހުން ވަރަށް ރަށްރަށަށް ދާންޖެހޭކަން…އެކަމަކު މިފަހަރު ދާންޖެހެނީ ވަރަށް ގިނަދުވަހަށް ގައިގަނޑަކަށް ދެމަސްދުވަހަށް….އެކަމަކު އިނާ ކުދިން ބަލާގެޔެއްގަ ވެސް ބެހެއްޓޭކަށްނެތް….މިތާ އެކަނި އިނާ ހުރުމެއްމާ ރައްކާތެރިއެއް ވެސްނުވާނުން…” އިނާގެ ބޭބެ ތުއްތަބެގެ ވާހަކައާއި ވިއްދާފައި ބުނެލިއެވެ.
”އަހަރެންދެން ކޮންމެވެސް ގޮތެއްވޭތޯ ބަލާނަން ރައްޓެއްސެއްގެ ގެޔެއް ނަމަވެސް….”އިނާ ވަރަށް ވިސްނަން އިނުމަށްފަހު ބުނެލިއެވެ. ”އައިކާމެންގެ ގޭގައި ނެތް….”އިނާގެ ތުއްތައަށް ބުނަން އުޅުންއެތި ރަނގަޅަށް ނުބުނެވެނީސް އިނާ ފެނުނީ ވާހަކަ ދައްކަންފެށިތަނެވެ. ” ތުއްތާ…އައިކާމެން އެއުޅެނީ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގައޭ…އަނެއްކަ މިހާރު އައިކާގެ ދޮންބެ ވެސް އެބައުޅެޔޯ..އައިކާ ނޫނަސް ރައްޓެހިން އެބަތިއްބޭ…ޑޯންޓް ވޯރީ..އަހަރެން މިދަނީ ކާން ވަރަށް ބަނޑުހައި ވެއްޖެ..” އިނާ މިހެން ބުނުމުން އިނާގެ ތުއްތަ އޯކޭ އޭ ބުނެލުމަށްފަހހު ޓިކެޓްކަންތައް ހަމަޖައްސާ އަދިވެސް ވާންޖެހޭ ކުދި ކުދި ތައްޔާރީތައް ވުމުގައި ކުރިޔަށްދިޔައެވެ.
ބަދިގެޔަށް ވަތް އިނާ ދިޔައީ ހިތާހިތުން ބޭބެ ޕޮލިހުގައި އުޅޭތީ އަދި މިކަހަލަ ވަގުތަކު ބޭބެވެސް ފުރައިގެން ދަތީވެ ޝަކުވާ ކޮށްލަކޮށްލައެވެ. ނަމަވެސް އިނާވެސް ތުއްތައަށް ބޭބީއއެއް ލިބުމަށް އެދޭތީ ކެތްތެރިވެލައިގެން ހުރީއެވެ.
އިނގިރޭސި ލަވައެއް މަޑުމަޑުން ކިޔަމުން ޒިންކުކައިރީ ތަށި ދޮންނަން ހުރި އިނާއަށް އިނާގެ ތުއްތަ ގޮވާލުމުން މިދަނީކަމުގައި ބުނެ އަތްމަތި އަވަސްކޮށްލީ އަވަހަށް ތުއްތަ އެގޮވަނީ ކީއްކުރަންތޯ ބަލާލަންދިއުމަށެވެ. ތަށިދޮވެ ނިންމުމަށްފަހު ކުޑަކޮން ދުވެލައިފައި ގޮސް ބޭބެ ކޮޓަރި ކުރިމައްޗަށް ވާގޮތަށް ހުރި ތުއްތަ ކޮޓަރިއަށް އިނާވަނެވެ. ” އިނާ…އަވަހަށް ހުންނަތަނެއް ބަލާބަ ތުއްތަމެން ފުރުމުގެ ކުރިން ތުއްތް ބޭނުން އެތަން ބަލާލަން އަދި އިނާ ދެން ބަލަހައްޓާ މީހަކާއި އެމީހަކާއި ވާހަކަ ދައްކާލަންވެސް…އޯކޭތަ؟ ” އިނާގެ ތުއްތަ ކޮޓާރި ފޮޅަންހުރެ ދޮރުމަތީގައި ހުރި އިނާގާތު ބުންޏެވެ. ” އޯކޭ އަޅެ މިގަޑީގައި ގުޅާލާނަން..”އިނާ އެހެން ބުނުމަށްފފަހު އިނާގެ ކޮތަރިއަށްވަނީ ފޯނުބަލައެވެ. ފޯނު ހިފައިގެން ނިކުންނަން އުޅެފައި ވެސް ކޮޓަރި އެނދުގައި އިށީނީ ކޮޓަރީގައި ހުރެ ވާހަކަ ދެއްކުން ރަނގަޅު ކަމުގައި އިނާއަށް ވިސްނުމުންނެވެ.
ފާހަނައިން ނިކުތް ލީން ބޮލުން ފެން ހިއްކަމުން އައިސް ޗާޖަރަށް ޖަހާފައި އޮތް ފޯނު ރިންގުވާތީ ބަލާލީ ގުޅަނީ ކާކުތޯ ބަލާލުމުގެ ނިޔަތުގައެވެ. އަރާފައިން ނަން ފެނުމުން ލީން ތުވާލި އެނދުމައްޗަށް އެއްލާލުމަށްފަހު ފޯނު ހިފައިގެން ކައިރީގައި ހުރި ސޯފާއަށް ވެއްޓިގަންނަމުން ފޯނުނަގައި
ކަންފަތުގައި ޖެހިއެވެ. ” ހަލޯ މިގަޑީގައި ކީއްކުރަން.؟ ކިހިނެތްވީ ؟…” ލީން އިނާ މިގަޑީގައި ގުޅުމުން ހައިރާންވެހުރެ އެހިއެވެ. ” ވަރަށް ބޮޑު ކަމަކު…ބޭނުމީ މީޓް ކޮށްލަން ލީންމެން ބުނާތަނަކުން މީޓް ކޮށްދާނަން އެކަމަކު ވީހާވެސް އަވަހަކަށް….ލަޔާނާވެސް ގެނައިއްޔާ ރަނގަޅީ ބޮޑަށް..” އިނާ ބޭނުންވާ ކަންތައް ބުނުމަށްފަހު މަޑުކޮށްލީ ލީންގެ ޖަވާބެއް ލިބެންދެންނެވެ. ” އަމމް..ކިހިނެތްވާނީ ހަވީރު..ލަޔާނާ ކައިރީ އަހާލާފައި ތަނެއް ބުނެލާނަން… މެސެޖަކުން..” ލީން ވަރަށް ވިސްނުމަށްފަހު ބުނެލިއެވެ. އިނާވެސް އެންމެ ރަނގަޅުކަމުގައި ބުނެ ފޯނުބޭއްވިއެވެ.
” ލަޔާނާ އެބަ ގުޅާ ކޮންމެވެސް ކުއްޖެއް ކިހިނެތް ހަދަންވީ…” ލަޔާނާގެ ކޮޓަރީގައި ދޮވެފައި ހުރި އެއްޗިހި ހިފައިގެން އައި ލަޔާނާގެ މަންމަ ލީޒާ ފާހަނައިގެ ދޮރާ ކައިރިވެލުމަށްފަހު ބުނެލިއެވެ. ” މި ނިކުންނަނީ….ބާއްވާ ނުނަގަ..” ލަޔާނާ މިހެންބުނެ އަވަސްކޮށްލައިގެން ފާހަނައިން ނިކުތެވެ. ” ހަމައެކެޑުނީ…ކޮންމެސް ލީން އެކޭ އިނީ އަރާފަ އަޅެ ގުޅާލަބަލަ…” ލީޒާ މިހެނންބުނެ ލަޔާނާގެ ބޮލުގައި ފިރުމާލުމަށްފަހު ކޮޓަރިން ނިކުތެވެ. ލީޒާ ދިއުމުން ލަޔާނާ ކޮޓަރި ތަޅުލުމަށްފަހު ބެލްކަނިއަށް ނިކުތެވެ. އަދި ލީން ގުޅީ ކީއްކުރަންތޯ ބަލަން އަވަހަށް ލީންއަށް ގުޅާލިއެވެ.
”ރާނބާ” ރެސްޓޯރެންޓްގައި އިނާ އިންތިޒާރުކުރަމުން ދިޔައީ ލީން އާއި ލަޔާނާއަންނާނެ އިރަކަށެވެ. ހަތަރުގަޑިބަޔަށް އަންނަންކިޔާފައި ވިޔަސް އިނާ އިނީ ބައި ވުމުގެ ކުރިން އައިހެވެ. އިނާގެ އިންތިޒާރަށް ނިމުމެއް އައީ ދޮރުންވަތް ލީން އާއި ލަޔާނާފެއެވެ. ލލީން ވަދެ ކޮޅުކޮޅަށް ބަލާތީ އިނާ އަތުން ހަނާއަޅާލިއެވެ. ލަޔާނާއަށް އިނާ ފެނުމާއި އެކު ލީންއާއި އެކު އެމޭޒާއި ދިމާލަށް ހިނގައިގަތެވެ. ތަނުގައިވަނީ ޖަހާފައިވާ ލުއި މިއުޒިކުގެ އަޑެވެ. ވަގުތުގެ ގޮތުނން ރެސްޓޯރެންޓްގައި އެހާ މީހުންގިނައެއްނޫނެވެ. ލީން އައިސް އެންމެ ފުރަތަމަ ވެސް އިނާއަށް ގެނެސްފައި ހުރި ފެންފުޅިނަގާ ކޯވަރެއްބޯލިއެވެ. ހިނގާފައި އައުމުގެ ސަބަބުން ލަޔާނާއަދި ލީންވެސް ވަނީ ފުދޭވަރަކަށްވަރުބަލި ވެފައެވެ. ގޮޑީގައި ހަމަޖެހިލަމުން ލަޔާނާ ވެއިޓާއަށް ގޮވާލލީ އޯޑާރ ގެނައުމަށެވެ. ”އަމްމް..ޓޫ ކޯކް އެން އިނާ އަށް ކޯޗެއް..ކޯކް އޯކޭތަ.؟”ލަޔާނާ ވެއިޓާރ އައުމުން ލީންއަށް އަދި ލަޔާނާއަށް ގެންނަންވީ އެތި ބުނުމަށްފަހު އިނާއަށް ގެންނަންވީ ކޯޗޗެއްތޯއެހިއެވެ. ” އޯކޭވާނެ..” ”އޯކޭ ނޮޓް ޓޫ ކޯކް..ތްރީ..” ލަޔާނާ އިނާއަށް ގެންނަންވީ އެތި އެނގުމުން ވެއިޓާ ގާތު ބުނެލިއެވެ. އޯޑާރ ނަގާ ނިމުމުން ވެއިޓާރ ދިޔައެވެ.” ދެން ބުނަން އޮތް ބޮޑު ވާހަކަ ކޮބައިތަ؟” ލަޔާނާ ސުވާލު ކޮށްލިއެވެ.

” އަހަރެންގެ ބޭބެ އާއި ތުއްތަ އުޅެނީ ހޮނިހިރު ދުވަހު ފުރަން…ގާތްގަނޑަކކަށް އެއްމަސްދުވާހާއި ފަނަރަވަރަކަށް ދުވަހަށް….” އިނާއަށް އެވަރަށް ބުނެވުނުތަނާ ލީން ވާހަކަދައްކަން ފެށިއެވެ.” ދެން ތިހެން ބުނަންތަ ތިގެނައީ…ތިކަމާ އަހަރެމެންނާއި އޮތީ ކޮން ގުޅުމެއް؟….” އިނާ އިސް އުފުލާ ލީންއަށް ބަލާލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. ” މިފަހަރު އަހަރެން ކިޔާއެއްޗެއް އަޑު އަހައިގެންތިބޭ…މިކަމާ ކަލޭމެންނާއިވެސް ގުޅުން އެބައޮތް…” އިނާ ވާހަކަ މެދު ކަނޑާލީ ވެއިޓާރ އޯޑާރ ހިފައިގެން އައުމުންނެވެ.
އިނާ ކޯކް ކޮޅެއް ބޯލުމަށްފަހު ދެމީހުންނަށް ނަޒަރު ހުއްޓާލުމަށްފަހު އަނެއްކކާވެސް ވާހަކަ ދައްކަންފެށިއެވެ. ”އަހަރެންނަކަށް ނެތް ކުދިން ބަލާ ގޯޗެއްގައި ހުރެވޭކަށް، ބޭބެމެން ބޭނުމެއް ނުވޭ އަހަރެން މިހާރު މިއުޅޭގޭގައި އެކަނި ހުންނާކަށް..،ދެން ތުއްތަ ބުނީ އަހަރެން ދާންވީނުންހޭ އައިކާމެން ކައިރިއަށް އެގެއަށް…އަހަރެން ދޮގުހަދައިގެން އެގެއަށް ނުގޮސްވާނެ ގޮތެއްހޯދިން…ތުއްތަބުނީ އަހަރެންކާއިރީ އެހެންވީރު ހުންނާނެތަނެއްހޯދަން…އަދި ތުއްތަ ބޭނުމޯ އަހަރެންނާއި ހަވާލުވާ މީހަކާއިވެސް ވާހަކަ ދައްކަން….” އިނާބުނަންބޭނުންވާ އެތި ބުނުމަށްފަހު ފަޒާގެ ތެރެއަށް ފުންނޭވައެއްލިއެވެ. ލީންއަށާއި ލަޔާނާއަށް އިނާ ބަލާލިގޮތުންވެސް އިނާ އެއިނީ އެމީހުންގެ ޖަވާބަކަށް ބޭނުންވެފައިކަން އެނގެއެވެ.
”ދެން ކާކުގެޔަކަށްދާން ތި ވިސްނަނީ..؟ އަހަރެންގެ ގެއަށްތަ؟..” ލަޔާނާ ބުނެލިއެވެ. ”ވަކި މީހެއްގެ ގެޔަކަށްދާކަށް ނުވިސްނަން..”އިނާ ލަޔާނާގެ މޫނުން ނަޒަރު ވަކކިކޮށްލަމުން ބުނެލިއެވެ. ” ޒަލަފްމެން ގޭގައި ހުންނާނެ ބައިވަރު ހުސްކޮޓަރި..”ލީން ކޯކްތަށިން އެތިކޮޅެއްބޯލާ، މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ. ” އެކަމަކު…” އިނާ މަޑުމަޑުން އެހިސާބަށް ބުނެލެވުނު ތަނާ ލަޔާނާ ބުލިއެވެ. ”އެކަމަކު ކިހިނެތްވީ؟ ލީން ގުޅާބަލަ ޒަލަފްއަށް.”
”ރާނބާ” ރެސްޓޯރެންޓްއާއި ތިންވަރަކަށް ދުރުގައި މަޑުކޮށްލި ޕްރައިވެޓް ކާރުން ފޭބި ޒުވާނާ ހިނގައި ގަތީ ފޯނުން މީހަކަށް ގުޅަމުންނެވެ.” ހަލޯ..ވެއިޓް މި ފައިބަނީ…”ލީން ފޯނު ނެގުމަށްފަހު ބުނެލިއެވެ. ލަޔާނާ އަދި އިނާ މަޑުކުރަން ބުނުމަށްފަހު ލީން ރެސްޓޯރެންޓުން ނިކުމެ ރެސްޓޯރެންޓަށް ވަންނަދޮރު ކައިރީގައި ހުރި ޒަލަފްގާތަށް ގޮސް މަޑު ކޮށްލިއެވެ. ” ކިހިނެކޭވީ؟..” ޒަލަފް އެއްބުމަ އަރުވާލަމުން ކައިރީގައި ހުރި ލީންއަށް ނަޒަރު ހުއްޓައިލައިގެން ހުރެ ބުނެލިއެވެ. ލީން ވެގެން އުޅޭ ގޮތް ކިޔައިދިނުމުން ޒަލަފް ގޮސް އެތާ އޮތް ޕްރައިވެޓް ކާރު ކައިރީ މަޑުކޮށްލިއެވެ. ” ބައްޕަ އެބައުޅޭތަ ގޭގައި؟..އަހަރެމެން އައިރު،މަންމައަށް ގުޅާފަ އަހާބަލަ އެބައުޅޭތޯ…”ކާރު ލޯގަނޑު ތިރިކޮށްލުމާއި އެކު ޒަލަފް އޭނާގެ ދޮންބެ ޒަރަފްގާތު އެހިއެވެ.
”މަންމައަށް ގުޅާފައި މިއައީ…ބައްޕަވީ ރިސޯޓަށް ކުޑަކަމެއްގަ ގޮއްސަ….”ޒަލަފް އަނބުރާ ލީން ގާތަށްގޮސް ބުނެލިއެވެ. ” ލަޔާ…ޕޭކޮށްފަ ނިކުމެބަލަ….”ލީން ލަޔާނާއަށް ގުޅުމަށްފަހު ބުނެލިއެވެ. ލަޔާނާ އަދި އިނާ ނިކުތުމުން ހަތަރުމީހުން ގޮސް ކާރަށްއެރިއެވެ. އިނާއިނީ ޒަލަފްގެ ގެޔަށްދާން ޖެހޭތީ ފޫހިވެފައެވެ. ނަމަވެސް މޫނުމަތިން އެއްވެސް އަސަރެއް ދައްކާނުލާ އެގެއާއި ހަމައަށް ދެވެންދެން އިނާއިނެވެ.
”މަންމާ..”ޒަލަފް އޭނާގެ މަންމަގެ އެޕާރޓްމެންޓްއަށް ވަދެފަ ގޮވާލިއެވެ. ” ދަރިފުޅުމެންދޭ ތި ގެނައި ކުދިން ގޮވައިގެން ޓެރަސްއަށް އެހެންނޫނީ މަންމައަށް އެންމެ ރަނގަޅު ދަރިފުޅުގެ އެޕާރޓްމެންޓަށްދިޔަސް..މަންމަ މިދަނީ ބޯލާނެ އެއްޗެއް ހިފައިގެން..” ޒަލަފް މަންމަ ތަށިތައް ތަބަކަށް އަރުވަން ހުރެފައި ބުނެލިއެވެ.
ޒަލަފްގެ ގެއަކީ ތަނަވަސް ސާފުތާހިރު ގެޔެއްކަން ޓެރަސްއަށް އެކަނި ބަލާލިޔޔަސް އެނގިގެންދާހާވެއެވެ. ވަށައިގެން ރީތި އެކިކުލަ ކުލައިގެ ގަސްތައްވަނީ ހައްދާފައއެވެ. އިށީނދެ ތިބެވޭގޮތަށް ސޯފާ އާއި އުނދޯލިވެސް ހިޔާކޮށް ހަދާފައިވާ ތަންކޮޅެއްގައި ހުއްޓެވެ. އިނާމެން އެތާ އިށީންތާ މާގިނައިރެއް ނުވެ ޒަލަފްގެ މަންމައައެވެ.
” މަންމާ….މީ އިނާ..އިނާއަށް މިގޭގައި މަންމަމެންބައިގައި މަހެއްހާދުވަހު ހުރެވޭނެގޮތް ހަދާދީބަލަ..”ޒަލަފް އޭނާގެ މަންމަގާތު އިނާ ދައްކާލުމަށްފަހު ބުނެލިއެވެ. ” އެ އަނެއްކަ ކިހިނެތްވީ އެހެން ރަށެއްތަ ދެން ކުރިން އުޅޭގެއިން ނިކުންނަން ޖެހުނީތަ؟..” ޒަލަފްގެ މަންމަ އިނާގާތުގައި އަހާލިއެވެ. ” ތުއްތައާއި ތުއްތަބެ ސިންގަޕޯއަށް ބޭހަކަށް ދާތީވެ..އެހެން ފަހަރުތަކުގައި ބޭބެހުރޭ އަޅުގަނޑުއާއި އެކީ..އެކަމަކު މިފަހަރު ބޭބެ ވެސް މަހެއްހާދުވަހަށް އެހެން ރަށަކަށް ވަޒީފާކަމެއްގައި ދާންޖެހިގެން، އެމީހުން ބޭނުމެއް ނުވޭ އަޅުގަނޑު އެކަނި މިހާރު މިއުޅޭ ގޭގައި ހުންނާކަށް..އެހެންވެ”އިނާ އިސްދަށަށް ޖަހައިގެން އިނދެ ވީގޮތް ކިޔައިދިނެވެ.
ހޮނިހިރު ދުވަހު ހެނދުނު ސައި ބޮއެގެން އިނާމެންގެ އާއިލާ އުޅުނީ ދަތުރަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވުމުގައެވެ. މިހާރު ޒަލަފްގެ ގެއަށް ގެންދަން އިނާ ވަނީ ފޮށިތަންމަތިވެސް ގާތްގަނޑަކަށް ރެޑީކޮށްފައެވެ. ހަވީރު ތުއްތަމެން ފުރަން އިންކަމުގައި ވިޔަސް، މެންދުރު ބޭބެމެން ފުރާތީވެ އެމީހުން ދިއުމުގެ ކުރިން އިނާ ޒަލަފްގެގެއަށް ހުރިހާ އެއްޗެއް ގެންދަން ޖެހެއެވެ. އިނާގެ ނަސީބު ރަނގަޅުކަމުން އިނާ އުޅެންޖެހެނީ ޒަލަފް މަންމަމެންބައިގައި ހުސް ކޮޓަރިއެއް ނެތުމުން އެބައިގައި އެހެން ރަށަކުން ކޯހަކަށް އައިސް ހުންނަ ކުއްޖަކާއި އެއްކޮޓަރިއެއް ސެއާރ ކޮށްގެންނެވެ. އިނާއާއި އެއްރޫމެއްގައި ކުއްޖެއް ހުންނަކަން އެނގުމުން އިނާގެ ނުތަނަވަސްކަން ވެސް ފިލައިގެން ދިޔައެވެ.
ގަޑީގެ ކަށި ހިނގަމުން ގޮސް ތުއްތަމެން ފުރާގަޑި ޖެހިއްޖެވެ. ފަސްގަޑި ބައިހާއިރު ތުއްތަމެން ފުރުމުން އިނާ ބަލާއައިސް އޮތް ޒަލަފްގެ ގޭގެ ކާރަށްއަރައިގެން އިނާ ދިޔައީ ޒަލަފްގެ ގެއަށެވެ. ރޭގަނޑު ކައިގެން ފޯނާއި ކުޅެން އޮވެފައި އިނާއަށް ނިދުނީ ދިހައެއް ވެސް ޖެހިފަހުންނެވެ.
އަނެއްދުވަހު ކޮލެޖަށްގޮސް އައިކާ އިންތިޒާރު ކުރަމުން ދިޔައީ ކެންޓީނަށް ދެވޭނެ ވަގުތަކަށެވެ. އައިކާ މިފަހަރު އިނާއާއި ކުރިމަތި ލާނީ ގަދައަޒުމާއިއެކު ކެރިގެންކަމަށް އަމިއްލަ ނަފުސަށް އައިކާ ވަނީ ވަޢުދުވެފައެވެ. ކޮންމެގަޑިއެއްވެސް މިއަދު އައިކާއަށް އެހާމެ ދިގެވެ. ވާނީވެސް އެހެންތާއެވެ. އިންތިޒާރު ކުރާމީހަކަށް ކޮންމެ ސިކުންތަކީ ވެސް އެއްމިނެޓް ފަދައެވެ. ކޮންމެ މިނެޓަކީ އެއްގަޑިއިރަށް ވެގެން ދާއިރު ދުވަހެއް ނިމިގެން ދާއިރު އެއް އަހަރުވެގެން ދެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

EEMA

Level 1

Other Articles

Previous

މާޒީ

Next

ވައުދޭ ވެވޭ މީ… 8

Next
March 13, 2022

ވައުދޭ ވެވޭ މީ… 8

Previews
March 13, 2022

މާޒީ



All Right Reserved!