އައިކާ 4
ދުވަސްތައް ފާއިތުވަމުން ގޮސް ދެ ހަފްތާ ވެއްޖެވެ. އެއްބަޔަކު ހޭބޯނާރަ ދިރިއއުޅުމައިގެން މަސާއްކަތް ކުރާއިރު އަނެއް ބަޔަކު މަސައްކަތް ކުރަމުން ދަނީ އެހެން މީހުންގެ ދިރިއުޅުން ހަލާކު ކުރެވޭނެ ގޮތެއް ވިސްނުމުގައެވެ. ފުރަތަމަ ދުވަހުގައި ދިމާވި ފަދަ ކަމެއް އައިކާއަށް ފަހުންދިމާނުވާތީ އައިކާ އަދި އިނާ ވެސް ހުންނަނީ ހިތްހަމަޖެހިފައެވެ. ނަމަވެސް އަދިވެސް އެދުވަހު އެތަން ފެނުން ބައެއް ކުދިންގެ ނަޒަރު އައިކާ އަށް ވަރަށް ގިނައިން ހުއްޓެއެވެ. އަދި އެއްބައި ކުދިން ސިއްރުން ތިބެގެން އެކި އެއްޗިހި ކިޔައެވެ. ނަމަވެސް އައިކާ އެކަމަށް ސަމާލު ކަމެއް ނުދެއެވެ. އިނާ އަކީ ފުދޭ ވަރަކަށް އަނގަގަދަ ކުއްޖެއްކަމުން މިހާރު ކުލާހުގައި އުޅޭ އެންމެ އަނގަގަދަ ސަކަރާތް ޖަހާ ކުދިންނާއި ވާހަކަ ދައްކަން ފަށާފިއެވެ. މިކަމާ ލަޔާނާ، ލީން ، ނަޖާ އަދި ޒީނާ ތިބެނީ ވަރަށް އުފަލުންނެވެ. ލަޔާނާ އަދި ލީންގެ ތުންފަތުގައި އެމަންޒަރު ފެންނަ ކޮންމެ ފަހަރަކު ދުވެލަނނީ ކާމިޔާބީގެ ވިހަ ހިނިތުންވުމެކެވެ. އައިކާ އަށާއި އިނާ އަށް ކުރިއަށް އަންނަ އުޅޭ ތޫފާނުގެ ހިލަމެއް ވެސް ނުވާފަދައެވެ.
………………………………………………………………………………
”ހުރިހާ ކުދިން އަޑު އަހާބަލަ..ޕެން ޕެންސިލްސް ޑައުން..މިސް އަބަދުވެސް ބުނަން ދޯ ކިތަމެ ގިނައިން ލިޔުނަސް ރަނގަޅަށް ނުލިޔާނަމަ އޭގެ ބޭނުމެއް ނޯންނާނެއޭ …ލިޔާ މީހަކު ވެސް ލިޔަނީ ނުބައިކޮން ލިޔެފަކާ ޗެކް އެއް ނުކުރާނެ..އިއްޔެ ދިން މަޒުމޫން އެންމެ ރަނގަޅަށް ލިޔެފަ އޮތީ އައިކާ..ދެން ކޮބާ އިއްޔެ ނުނިންމަ އުޅުން މީހުން..ފޮތްތައް ގެނޭ. ހުރިހާ އަންހެން ކުދިން ދެއްކި އެކަމް އެހާ ރަނގަޅެއް ނޫން އައިކާ ހެން ފަރުވާބަހައްޓައިގެން ލިޔެބަލަ…” ދިވެހި މުދައްރިސް ކުދިންނަށް ފޮތްތައް ބަހަމުން އިއްޔެގެ ފިލާވަޅާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ނަމަވެސް އެވާހަކަ ވީ ލަޔާނާމެންގެ ހިތުގައި އަދަމުން ދިޔަ ނަފުރަތުގެ އަލިފާނަށް ދަރުއެޅުން ފަދަ ކަމަކަށެވެ. ލަޔާނާ އަދި ލީން ވެސް އިނީ ކުލާހުގައި ކަމުން ރުޅިގަނޑު ހިފަހައްޓާލައިގެންނެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް ނީވޭވަރަށް ލަޔާނާ ދިޔައީ ލީންގާތު އައިކާ އާއި އެއްޗިހި ކިޔަމުންނެވެ. ” ހުން… ކޮންމެ މީހަކު ވެސް އާއްސަ މާ އައިކާ ދޮންފުތުކޮށްގެން އެބައުޅެއޭނުން. ހުރެބަލަ މިފަހަރު ތި އައިކާއެއްގެ ވަރުދައްކާލާނަމެވެ.” ލަޔާނާ ދިޔައީ ދުލަށް އައިހާ އެއްޗެއް ކިޔަމުންނެވެ. ލީން ވެސް އެކަމާ އެއްބައިވެ ދިޔައީ ވާހަކަ ދައްކަމުންނެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ގޮސް އެންމެ ފަހު ގަޑި ގެހިއްޖެވެ. ފަސް މިނެޓް ހިނގާ ދިޔައިރު ވެސް ހިސާބު ލެކްޗަރާއެއް ނުދުރުވެއެވެ. ފިރިހެން ކުދިންގެ އަޑު މިހާރުވެސް އެހާގަދައެވެ. ތަންވަޅުބަލާފަ ލީން އާ ލަޔާނާ ކުލާހުގައި އިން ފިރިހެން ކުއްޖެއް އަތަށް ގަނޑު ކޮޅެއް ދިނެވެ. ދެ ކުއްޖެއް ގަނޑުކޮޅުގައި ވާ އެއްޗެއް ކިޔާލިއެވެ. އެކަކު އަތުން އޯކޭ ދައްކާލިއިރު އަނެއް ކުއްޖަ ގަނޑުކޮޅު ވީދާލުމަށްފަހު ޑަސްބިނަށް ލާފިއެވެ. ހިސާބުގަޑީގެ ފަނަރަ ވަރަކަށް މިނެޓް ދިޔަފަހުން ކުލާހަށް މުދައްރިސްއެއްއައެވެ. ” އައްސަލާމްއަލައިކުމް.. މިއަދު ތިކުދިންގެ ހިސާބު ލެކްޗަރާ ނުދުރުވާތި މިސް މިއައީ…މިގަޑީގައި ތިކުދިން ދާނީ ލައިބްރަރީއަށް. ހުރިހާ ކުދިންވެސް ދަބަހަށް ހުރިހާ އެއްޗެއް އަޅައިގެން، ފަހަރަކު ތިންކުދިން ނިކުމޭ ބޭރަށް . އެހާ އަޑުގަދަ ނުކޮށް ލައިބްރަރީގެ ގަވާއިދުތަކާ ހިލާފުވާގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް މިސް އުންމީދު ކުރަން. ގޮސް ކޮންމެ ތާކު ކޮންމެ ކުއްޖަކަށް ވެސް
އިނށީދެވޭނެ. އެހެންވީމަ ދޮރާއެންމެ ކައިރީގައި ތިބި ކުދިންނުން ފަށައިގެން ނިކުމޭ.” އައިސް ހުރި މުދައްރިސް ދެއްވި އިރުސާދާއި އެއްގޮތަށް ހުރިހާ ކުދިންވެސް އަމަލު ކުރަން ފެށިއެވެ.
”ލީން ޒަލަފް އަށް ގޮވާލާފަ ބުނޭ ނިމިގެން މި މޭޒަށް ޖޮއިންވާށޭ..އައިމް ސޯ ލޭޒީ ..އެހެންނޫނަސް މި އެންމެ އެތެރެމޭޒު..”ލަޔާނާ ގޮޑީގައި އިށީނަމުން ކާރީގައި ހުރި ލީންގާތު ބުނެލިއެވެ. ލީންވެސް އެކަމާ އެއްބަސްވެ ޒަލަފް ގޮޑީގައި އިށީނުމުގެ ކުރިން ކާރިއަށް އައއުމަށް އިސާރާތް ކޮށްލިއެވެ. ”މި މޭޒަށް ޖޮއިންވޭ ނިމިގެން ފޯ ސޭފްޓީ..އޯކޭ ކުރިންވެސް ބުނެފަ އޮތްގޮތަށް ހުރިހާކުދިން ދިޔައީމަ އިނގޭ ޖޮއިންވާނީ..”ޒަލަފް އައުމާއިއެކު ލީން ހަރުކަށިކަން އެކުލެވިގެންވާ ރާގެއްގައި ބުނެލިއެވެ. ޒަލަފް ވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން ބޯޖަހާލުމަށްފަހު ގޮޑީގައި އިށީންނަން ދިޔައެވެ. ހާދިމު މީހާ ވެރިޔާއަށް ކިޔަމަންވާ އުސޫލުންނެވެ.
އަނެއްކާވެސް ކޮލެޖުތެރެ ހަލަބޮލިވެގެން ދިޔައީ ކުދިންތައްގެއަށްދާ ވަގުތަށެވެ. އެކި ކުލާހުން ކުދިންތައް ނިކުމެގެން ކޮލެޖުން ނިކުންނަން ދިޔައިރު ހީވާނީ ވަރަށް ގިނަދުވަސް ވަންދެން ކޮށްޓެއްގައި ބަންދު ކޮށްފައި ތިބި ދޫނިތަކެއް މިނިވަންވިހެންނެވެ. އެކަކަށް ވުރެން ކުރިންދާން އުޅޭއިރު ވާދަވެރި މުބާރާތެއްގައި އުޅޭހެން ހީވާފަހަރުވެސް ވަކިމަދެއް ނޫނެވެ.
”އޯކޭ ބާއި …ސީޔޫ ޓުމޯރޯ…މާދަމާވެސް މަށަށް ރަނގަޅީ އެފޫހި ލެކްޗަރާ ނައިއްޔާ..އާނ އެހެންޏާ އޭރަށް މިހެން ކޮލެޖުދުވަހަކު ވެސް އެސައިމެންޓެއް އެއްޗެއް ހަދަންނޫން ގޮތަކަށް އާދެވޭނީ… އެހެން ނޫނީ ވިހި ވަރަކަށް ސުވާލު ދޭނެ ހޯމްވޯކް އަކަށް ވެސް
” އިނާ އައިކާ ކޮޓަރީގައި ހުރި ސޯފާއިންތެދުވެ ލޯގަނޑުބަލާލަމުން ބުނެލިއެވެ. އައިކާވެސް ރައްދުގައި އާއެކޭ ބުނެލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ފަހަތުން އިނާވެސް ނިކުތެވެ. ” އިނާ ދަނީތަ … ދޮންތަ ހީކުރީ ރޭގަނޑުން ކަމަށްދާނީ އެހެންހިތާ އަކޫކައިރީ މިކިޔަނީ ހިނގާށޭ މިރޭ ޕިއްޒާގެންނަން..” އަރީކާ ބިންމަތީގައި އިޒާކު ބައިންދާފައި ކުޅޭއެއްޗިހި ގާތްކޮށްދެމުން ބުނެލިއެވެ. ރައްދުގައި އިނާވެސް އިޒާކު ކޮލުގައި ކޮށްޓާލުމަށްފަހު ބުނެލިއެވެ.”އާނ…ތުއްތަބެ އަންނަތަނަށް އިރުކޮޅަކުން ތުއްތަ ދާންވެގެން ގެއަށް އަންނާށޭ ކިޔާފަ ގުޅައިފި..” ”އެހެންތަ ދެން އެކަނި ދަނީ އިރުއޮއްސެން ގާތްވީ އެޔޮއް..އަދި އެހާދުރު މިހާރު އިނާމެން ތިއުޅޭ ގެއާ މިގެއާ..އައިކާ ދޮންބެއަށް ގުޅައިދީދާނަން ލާންދާން އަންނަން” އަރީކާ އިނާގެ ޖަވާބާއިމެދު ހިތްހަމަނުޖެހުން ފާޅު ކުރިއެވެ. ” އުހޫން ގުޅާނިކަމެއްނެތް…ރުފިޔާ އެބައޮތޭ މިތާތިރިން ޓެކްސީއެއް ލިބިދާނުން” އިނާ އަވަހަށް އަކުމަލްއާއި އެކު ނުދިއުމަށްޓަކައި ބަހަނާއެއް ހޯދާލިއެވެ. އަދި އަވަހަށް ނިކުމެގެން ތިރިއަށް ފޭބިއެވެ.
”ޕިސް ހަމަދެން..ހުސް ރަތް އެއްޗިހި..ހުސް ކާރެއް ވެއްޖާ އަދި މަޑެއްނުކުރެއޭ ހަމަ ޖެއްސުމަށް އުޅޭ އެއްޗިހިން ތަކެއް ހެޔޮ ދެން ހިނގާފަދާނީ ތެމުނަސް ދެފައިން ވާގި ދޫވިއަސް…” އިނާ އަމިއްލަ ނަފްސަށް އަޑުލަމުން ހިނގައިގަތެވެ. ވާރެވެސް ހީވަނީ ހަމަ އިނާ ހިނގައިގަނޭތޯ ބަލަބަލަ ހުރިހެންނެވެ. އޮށްސާލީ އެހާމެ ބޯކޮށެވެ. ތަންވަޅަކަށް ބަލަބަލާހުރި ލީން އާއި ލަޔާނާ އަވަހަށް ކާރުގައި އިން ޒަލަފް އަށް އަށް މެސެޖް އެއްކޮށްލިއެވެ.
” ދޮންބޭ ޑޫއިޓް” ޒަލަފް އެހެންބުނެ ކާރުން ފޭބުމާއިއެކު ކާރުގައި އިން ޒަރަފް ކާރު ދުއްވާލައިފިއެވެ. ދެން ޒަލަފް ގޮސް އެރީ ޒަލަފް ރައްޓެހި ޔާއިންގެ ކާރަށެވެ. ”ހެލޯ..ތެމެނީނުން ތިޔޮއް. އަރާ ގެންގޮސްދޭނަން…”ޒަރަފް ގޮސް އިނާއާއި ގާތަށް ކާރު މަޑުކޮށްލުމަށްފަހު ބުނެލިއެވެ. އިނާވެސް ތެމޭތީ އާއި އެކު އަވަހަށް ކާރުގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ. ” ތިހާރީތި ކުއްޖެއް ނުވާނުން ތެމެނިކޮން އެކަނި ދާކަށް …ބިރެއްވެސް ނުގަނޭތަ؟…ރޯގާވެސް ޖެހިދާނުން…އަދި އެހާ ޑެންގޫ ވެސް ގިނަ މިދުވަސް ކޮޅު..އަހަރެންމެންގޯތީގައި ވެސް އެކަކަށް އެޖެހިގެން ހޮސްޕިޓަލުން މިއަންނަނީ ….އަންނަނިކޮން މި ފެނުނީ ތި ކުއްޖާ ދަނިކޮން. ދެން ހިތަށް އެރީ ލިފްޓެއްދޭން…އޯ އަދި ނަމެއްވެސް ނުބުނެވޭދޯ އިންޓްރޮޑިއުސް ވެލަބާ..” ޒަރަފް ދިޔައީ ރާވާފާވައި ގޮތަށް އިނާ ހެއްލޭތޯ މަސައްކަތް ކުރަމުންނެވެ.” ކިޔަނީ އިނާ.. ހާދަ ދެރައޭދޯ އެކަމަކު އަދި ރަނގަޅުވާނެ އިންސާﷲ… އަދި ދާނެތަނެއް ވެސް ނުބުނެވޭދޯ..” އިނާ ޒަރަފް އަށް ރައްދުދިނީ އިސްދަށަށް ޖަހައިން އިނދެއެވެ. ވިއްސާރަވެ އަދި ކާރުގައި ވަކިން ބޮޑަށް ފިނި ހިފާފައި ހުރުމުގެ ސަބަބުން އިނާ އިނީ ހީކަރުވައިގަނެފައެވެ. ” އިނާ…. ސޫރައާ އެއްވަރަށް ނަންވެސް އެހާރީތި…މިއަދު އަހަރެން ގެންދާނީ އަހަރެމެން ގެއަށް އޯކޭތަ.. އެއްވެސް މީހަކު ނޫޅޭނެ..ދޮންތަ އާއި ބޭބެ ވީ ހޮސްޕިޓަލްގަ..ދެން ނޫޅޭނެ މީހަކު.. އަނ މިއޮއް އާދެވުނީނުން…ފައިބަމާ އަދިވެސް ވެހޭތޯޗެ އެބަ މިއޮތީ ކުޑައެއް ..ޒަރަފް ކާރު ޕާކު ކޮށްލުމަށްފަހު ކުޑަނަގާ ދެމުން ބުނެލިއެވެ. ކުޑަ ހިފައިގެން ޒަރަފްގެ ފަހަތުން ހިނގައިގަތް އިނާގެ ވިންދު ހުރީ އަވަސް ވެފައެވެ. ހިތް ކިތަންމެ ވަރަކަށް ޒަރަފްގެ ގެޔަށް ނުވަނުމަށް ނަސޭހަތްތެރިވި ނަމަވެސް މިފަހަރު ސިނކުޑީގެ ގޮވުމަށް އިޖާބަދީ އިނާ ޒަރަފްގެ ފަހަތުން ޒަރަފްގެ ގެޔަށް ވަނެވެ. ރީތި ތަނަވަސް ގެޔެކެވެ. ހަތް ބބުރިޔަށް ހަދާފައިވާ އެގޭގައި ޒަރަފް އިނާ ގޮވައިގެން އެރީ އެގޭގެ އެންމެ މަތީ ފުލޯއަށެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރުކަމެވެ. އެއް ފަރާތުގައި އިން ބިއްލޫރި ދޮރު ކަހާލުމުން ބެލްކަޏަށް ނިކުމެވޭ ގޮތަށް ހުރިއިރު އަނެއް ފަރާތުގައި ތިން ކޮޓަރި ވެއެވެ. ހުރިހާ ފާރެއްގައި އަޅިކުލަލައިފައި ހުރި އިރު ގަދަ ނޫކުލައިގެ ސޯފާސެޓަކާއި ދެކަނބަޑު ބަހައްޓާފައި ހުއްޓެވެ. ގޭގެ އެކި ތަންތަނަށް ނަޒަރު ހިންގާއި އެތަނާއި މެދު ހިތާހިތުން ތައުރީފު ކުރަންހުރި އިނާ ސިއްސައިގެން ދިޔައީ ޒަރަފް އައިސް ކޮނޑުގައި އަތްބާއްވާލުމުންނެވެ. ” ސޮރީ…އަމްމްމްމް ކޮޅަށް ހުންނަނީތަ…އިށީނދޭ.. ”ޒަރަފްއަށް އަތްބާއްވާލެވުނީ އިނާގެ ކޮނޑުގައި ކަން އެނގުމާއި އެކު އަވަހަށް އަތް ނެނގީ މިސަން ފެއިލް ވެދާނެތީއެވެ. އަދި ދެވަނަ މަރުހަލާއަށް ދިޔައެވެ. އިނާގޮސް ސޯފާގައި އިށީނުމާއި އެކު ޒަރަފް ވެސް އައިސް އިނާއާއި ކުރިމަތިވާ ގޮތަށް އިށީންދެލިއެވެ. ” މިއޮށް ފިނި ދުވަހު ފިޒީ ޑްރިންކެއް އެންމެ ރަނގަޅުތޯ…ނޫނީ އައިސް މައިލޯ ވެސް ގިރާފައި އެބަހުރި ..” ޒަރަފް އިނާގާތު ކޯއްޗެއްތޯ ގެންނަންވީ އެހިއެވެ. ” އޯކޭ ވާނެ ކޮންމެ އެއްޗެއްވެސް… ފިޒީ ޑްރިންކް އަކަށް ކޯކު އޯކޭވާނެ…” އިނާ އިސް އުފުލާލުމަށްފަހު ޒަރަފް އާއި ދިމާއަށް ބަލާލަމުން ގެންނަންވީ އެއްޗެއް ބުނެލިއެވެ. އިނާ ކޯކު ގެންނަން އެއްބަސް ވުމުން ޒަރަފް އަށް ލިބިގެންދިޔައީ ބަޔާން ކުރަންދަތި އުފަލެކެވެ. އަވަހަށް ގޮސް ތައްޔާރު ކޮށްފައި އިން ކޯކު ދަޅާއި ތަށްޓެއް ގެނެސް އިނާ ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓުމަށްފަހު ބޯން ބުންޏެވެ. އިނާ މޭޒުމަތީގައި ހުރި ކޯކުދަޅު ނަގާ ތަށްޓައް އެޅުމަށްފަހު ބޯންފެށިއެވެ. ކޯކު ތަށީގައި ތުން ޖެހި އިރުވެސް އިނާއަށް ކުރިމަތިވާން އުޅޭ ކަމުގެ ހިލަމެއްވެސް ނުވެއެވެ. ޒަރަފް ވެސް ގެނައި ދަޅު ބޯން ފެށީ އިނާއަށް ބަލަން އިނދެއެވެ. ފުރަތަމަ ކޯވަރު ބޯލުމާއި އެކު އިނާއަށް ފާޑެއްގެ ރަހައެއްލީ ކަހަލަ އިހުސާސެއް ކުރެވުނު ނަމަވެސް އެއީ ހީވިހީއެއް ކަމަށް ބަލައި ބޯންފެށިއެވެ. އެހެން ނަމަވެސް މިފަހަރު އިނާގެ ބޮލަށް އެނބުރުންއަރައިގަތެވެ. މިކަމަށް ވިސްނައއިގެން ހުރި ޒަރަފް ގޮސް އިނާ އަތުން ތަށިނަގާ މޭޒުމަތީގައި ބެހެއްޓިއެވެ.
(ނުނިމޭ)
ކިޔުންތެރިންނަށް ހީވާގޮތުގައި ދެންވާނީ ކިހިނެތް ހެއްޔެވެ.؟؟ އިނާއަށް ވާނީ ކިހިނެތް ހެއްޔެވެ.؟ މިކަން ރޭވީ ކޮން ބައެއް ހެއްޔެވެ.؟ ކުރިމަތިވާނީ ކޮންފަދަ ބޮޑު ކަމަކާބާއެވެ.؟ ………………މި ބައި ވެސް ތިޔަ ކިޔުންތެރިން ޝައުޤުވެރިކަމާއި އެކު ކީ ކަމަށް އުންމީދު ކުރަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
