އިނާގެ އިންތިޒާރުގައި ވަގުތުތައް ގުނަން ސިޓިންރޫމުގައި ތިބި ތިންމީހުންގެ މޫނު އަލިވެގެންދިޔައީ ގޭގެ ބެލް ޖެހުމުންނެވެ. ތިންމީހުންނަށް އެހިސާބަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ދޮރު ހުޅުވީ އިނާ ކަމަށް ހީކޮށް ކަމުގައި ވިޔަސް ކުރިމަތީގައި ތިބި ހަތަރު މީހުން ފެނިފައި ތިންމީހުންގެ ހިތުގައިވެސް ޖެހުނީ ސުވާލުތަކެކެވެ. ”ސަޕްރައިޒް…”ދޮރު ކުރިމަތީގައި ހުރި ލީން، ލަޔާނާ، ޔާއިން އަދި ޒަލަފް ދުރުވެލުމަށްފަހު އެމީހުންގެ ފަހަތުގައި ހުރި އިނާ ދައްކާލިއެވެ. ”އިނާ…ކޮއްކޯ ކޮންތާކުންތަ ތިޔައީ އަދި ގުޅާގުޅާ ފޯނެއްވެސް ނެގީކީއެއްނޫން..މިއޮށް ވިއްސާރާގައި […]
އިނާ މޭޒުމަތީގައި ހުރި ކޯކުދަޅު ނަގާ ތަށްޓައް އެޅުމަށްފަހު ބޯންފެށިއެވެ. ކޯކު ތަށީގައި ތުން ޖެހި އިރުވެސް އިނާއަށް ކުރިމަތިވާން އުޅޭ ކަމުގެ ހިލަމެއްވެސް ނުވެއެވެ. ޒަރަފް ވެސް ގެނައި ދަޅު ބޯން ފެށީ އިނާއަށް ބަލަން އިނދެއެވެ. ފުރަތަމަ ކޯވަރު ބޯލުމާއި އެކު އިނާއަށް ފާޑެއްގެ ރަހައެއްލީ ކަހަލަ އިހުސާސެއް ކުރެވުނު ނަމަވެސް އެއީ ހީވިހީއެއް ކަމަށް ބަލައި ބޯންފެށިއެވެ. އެހެން ނަމަވެސް މިފަހަރު އިނާގެ ބޮލަށް އެނބުރުންއަރައިގަތެވެ. މިކަމަށް ވިސްނައއިގެން ހުރި ޒަރަފް ގޮސް […]
ދުވަސްތައް ފާއިތުވަމުން ގޮސް ދެ ހަފްތާ ވެއްޖެވެ. އެއްބަޔަކު ހޭބޯނާރަ ދިރިއއުޅުމައިގެން މަސާއްކަތް ކުރާއިރު އަނެއް ބަޔަކު މަސައްކަތް ކުރަމުން ދަނީ އެހެން މީހުންގެ ދިރިއުޅުން ހަލާކު ކުރެވޭނެ ގޮތެއް ވިސްނުމުގައެވެ. ފުރަތަމަ ދުވަހުގައި ދިމާވި ފަދަ ކަމެއް އައިކާއަށް ފަހުންދިމާނުވާތީ އައިކާ އަދި އިނާ ވެސް ހުންނަނީ ހިތްހަމަޖެހިފައެވެ. ނަމަވެސް އަދިވެސް އެދުވަހު އެތަން ފެނުން ބައެއް ކުދިންގެ ނަޒަރު އައިކާ އަށް ވަރަށް ގިނައިން ހުއްޓެއެވެ. އަދި އެއްބައި ކުދިން ސިއްރުން ތިބެގެން އެކި […]
2 ވަނަބައި އައިކާ އިނާގެ ހިތްވަރުގެ ބަސްތަކުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަމަޖެހިއްޖެވެ. ކުލާހަށް ވަދެވުނުތަނާހެން އައިކާ އަދި އިނާވެސް ހުރިތަނަށް ގަބުވީ ކުރިމަތިން ފެނުނު ހަތަރު ކުދިންގެ ސަބަބަބުންނެވެ. ވަގުތުން އައިކާގެ އަދި އިނާގެ ހިތްވެސް ނުތަނަވަސްވީ ދެން ކުރިމަތި ލާންޖެހޭނީ ކޮންފަދަ ކަމަކާކަމެއް ނޭނގޭތީއެވެ. ދެކުދިންގެ ހިތުގައި ވެސް ވީ އެއްސުވާލެކެވެ. މި ކުލާހުގައި އުޅޭނެގޮތެކެވެ؟ ކިޔަވާނީ ކިހިނެތްތޯއެވެ.؟ މިފަދަ އެކި އެކި ސުވާލުތަކެވެ. ………………………………………………………………………………………………………………………… ދެންމެ ވެސް އެދިޔައީ އައިކާ ކައިރީ […]
ކާރު ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އަންހެން ކުއްޖާ ހީވަނީ ދުނިޔޭގެ ހުރިހާ ރީތި ކަމެއް ހުސްކޮށްލައިގެން އިންހެންނެވެ. ނަމަވެސް އެހެން އަންހެން ކުދިންނާ ހިލާފަ އައިކާ އެއްވެސް މޭކަޕެއް ކޮށްފައި ނެތެވެ. އެ ހަށިގަނޑުގެ ދޮން ކަމާ ނޫކުލައިގެ ކަޅިން އެކަނިވެސް ހީވަނީ ކަނޑުތަކުގެ ރާނީ ހެންނެވެ. ލާފައިވަނީ ފުންނާބާ ހިސާބަށް އަރާ ބިސްތޮށި ކުލައިގެ ހެދުމެކެވެ. ހެދުމާ ގުޅޭ ގޮތަށް އެ ފަންބޯ އިސްތަށި ގަނޑު ނިވާ ކޮއްފައި ވަނީ ދަނބު ކުލައިގެ […]
އާދައިގެ މަތިން މިއަދު ވެސް އަހަރެން ކޮލެޖަށް ކިޔަވަން ދިއުމުގެ ކުރިން ބޮޑުބޭބެގެ ހުއްދައާއި އެކު އާޓިފިސަލްބީޗަށް ފިނިވައި ޖައްސާލުމުގެ ނިޔަތުގައި ފަތިހު ފަތިސް ނަމާދު ކޮށްލައިގެން ދިޔައީމެވެ. ފަތިސް ގަޑި ކަމުން މި ހަލަބޮލިމާލޭގައި މީހުން ފެންނަނީ ވަރަށް މަދުންނެވެ. އެވެސް ދުވަން ނިކުމެ އުޅޭ މީހުންނެވެ. މިއަދު ފަތިހު ރަށަކުން ބޯޓެއް ނުލަފާތީ ކާރެއް ވެސް ފެންނަނީ ހުދު ކާޅެއް ދައްކާލާ ހެންނެވެ. އަހަރެން ފުރަތަމަ ވެސް ގޮސް އިށީނީ މޫދާ އެންމެ ކައިރީގައި […]
އާދައިގެމަތިން މިއަދުވެސް އަހަރެން ހޭލިއިރު ހަވީރުވާން ގާތްވަނީއެވެ. ހައިކަން އިހުސާސްވެފައި ހުރުމުންނާއިއެކު އަހަރެން އަވަސްވެގަތީ ފެންތިކެއްވަރައިލައިގެން ނިކުންނާށެވެ. ރޭގަނޑުދާ ހަތަރުދަމު އަހަރެން ވަގުތު ހޭދަކުރަނީ އަހަރެންގެ އެކުވެރިންނާއެކުގައެވެ. ޕާޓީ ކުރުމުގައެވެ. މަޖަލާ ފޯރީގައި ދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްވެސް ކުރަމުން ދިޔައީ ހެއްދެވި ފަރާތެއް ވާކަންވެސް ނޭނގޭ މީހެއްފަދައިންނެވެ. ބިރުގެކަންފުޅެއް ވެސް ނެތިއެވެ. އުމުރުން ފަނަރަ އަހަރަށް އަޅަންދެންވެސް އަހަރެންމީ ވަގުތުން ވަގުތަށް ނަމާދުކޮށް ދީނީކަންކަމަށް ސަމާލުކަންދޭ، ރަނގަޅު ކުއްޖެކެވެ. ނަމަވެސް އަހަރެންނާއި ދިމާވި ބީރައްޓެހި ދެ […]