Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބީގެ ހިނދުކޮޅު 12

Horror queen Level 210 Stories
January 22, 2022 5 Mins Read
0 Comments

 

* ދެމީހުން ހުއްޓުނީ މީހަކު އައިސް ދެމީހުންގެ ކުރިމަތީގަ ހުއްޓުމުންއެވެ. “ތީތަ ރައުފް އަކީ؟” އެމީހާ ބުނެލިއެވެ. “އާން އެއީ އަހަރެން ދެން ތީ ކާކު؟” ރައުފް އަހާލިއެވެ. “އަހަންނަކީ ހައިނާގެ ދޮންބެ ހަމްޖަދް” ހަމްޖަދް މިހެން ބުނުމުން ރައުފް ގެ ދެލޯ ބޮޑުވިއެވެ.*

 

“ހައިނާގެ ދޮންބެ އޭ؟” ރާޔާ އަހާލިއެވެ. “ތީ ކާކު؟” ހަމްޖަދް އަހާލިއެވެ. “އޯ އަހަންނަކީ ރައުފް އާ އެއްމާބަނޑު އެއްބަފާ ދައްތަ އެއް އަހަންނަށް ކިޔަނީ ފާތިމަތް ރާޔާ” ރާޔާ އަމިއްލަ މީހާ ޠައާރަފް ކޮށްލިއެވެ. “ނައިސް ޓުމީޓް ޔޫ… ރައުފް އަހަރެންގެ ކޮއްކޮ ދެކެ ލޯބި ވިންތަ؟”ހަމްޖަދް ރައުފް އާ ދިމާލަށް ނަޒަރު ހިންގާލުމަށް ފަހު ބުނެލިއެވެ. “އާ… އަމް… ހެހެ…ޔެސް އަހަރެން ހައިނާ ދެކެ ލޯބިވެވުނު” ރައުފް މިހެން ބުނުމުން ރާޔާ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަކިރިޔާއެވެ. “ހައިނާ ރައުފް ރިޖެކްޓު ކުރީތަ؟” ހަމްޖަދް އަހައިލިއެވެ. “އާން… އެއީ އަހަރެން ހައިނާ ގާތުގައި އަހަރެންގެ ފީލިންގްސް ބުނިކަމަކީ އަހަރެންގެ ކޮއްކޮ ރީށާ އަހަރެން ގާތުގަ ހައިނާ ގާތުގަ އަހަރެންގެ ފީލިންގްސް ބުނާށޭ ބުނުމުން” ރައުފް ވީހުރިހާ ކަމެއް ކިޔައިދިނެވެ. “ރައުފް!! ރައުފް އަށް ވަރަށް ރީއްޗަށް އިންގޭނެ ދޯ ރީއްކޮ ބުނާގޮތް ހަދާފިއްޔާމު ރައުފް އަށް ލިބޭނީ ހުސް ލަނޑުކަން” ރާޔާ މިހެން ބުނުމުން ރައުފް ގެ ދެ ލޯ ބޮޑުވިއެވެ. “ރައުފް ރޭގަ 22:00 ޖަހާލި ހާއިރު ރައުފް އަހަރެންގެ ކޮއްކޮ ހައިނާ ގެއަށް ލައިދެން ދިޔައީންތަ؟” ހަމްޖަދް ރައުފް ގާތުގައި ވަރަށް ރީއްޗަށް އަހައިލިއެވެ. “އާން ރޭގަ އަހަންނަށް ހައިނާ އާ ދިމާލަށް ވަރަށް ހާރޓް ފުލް އެއްޗިސް ވެސް ކިޔުނު… އަރްގް އައިމް ސަޗް އޭން އިޑިއޮޓް…ހަމްޖަދް އަހަރެން މައްޗަށް ހައިނާ ގާތުގައި ވާހަކައެއް ބުނެފާނަންތަ؟” ރައުފް ގަޑި ބަލައިލުމަށް ފަހު ބުނެލިއެވެ. “ބުނެބަލަ ކީކޭތަ އަހަރެން ހައިނާ ގާތުގައި ބުނަންވީ” ހަމްޖަދް ބުނެލިއެވެ. “ހައިނާ ގާތުގަ ބުނޭ އަހަރެން ބުންޏޭ ސޮރީ އޭ އޯކޭ” ރައުފް  ބުނެލިއެވެ. “އެންމެ ރަނގަޅުވާނީ އަމިއްލައަކަށް ގޮސް ހައިނާ ގާތުގަ ބުނިއްޔާމު… ދެން އަހަރެން މި ދަނީ ދާން” ހަމްޖަދް މިހެން ބުނެފައި ހިންގައިގަތީ އޭނާ ވަޒީފާ އަދާކުރަމުންދާ ކެފޭ އާއިދިމާލަށްށެވެ. “އަހަރެން ޕީ.އެޗް.އެލް ކޮންޕެނީ ކައިރި އަށް ލައި ދީބަލަ” ރާޔާ ރައުފް ގާތުގައި އެއްސެވެ. “އަރާ ބަލަ އަހަރެން ގެންގޮސްދޭނަން އެ ކޮންޕެނީ އަށް” ރައުފް މިހެން ބުނުމުން ރާޔާ ރައުފްގެ ސައިކަލުގެ ފަހަތަށް އެރިއެވެ.

 

ރައުފް ދަނިކޮށް އެތާން ކައިރީގަ ހުރި ކޮފީ ޝޮޕް އަކުން ދެ ކޮފީ ތަށި ގަނެލައިގެން ރާޔާ އަށް އެކަތި ދިނުމަށް ފަހު ރައުފް ގެ ތަށި ރައުފް އަވަސް އަވަހަށް ދަމާލިއެވެ. ދެން ރާޔާ ގޮވައިގެން ކޮންޕެނީ ކައިރިއަށް ލުމަށް ފަހު ރާޔާ ކޮންޕެނީ ގެ އެތެރެއަށް ވަނެވެ. ދެން ރާޔާ ދިޔައީ އޭނާގެ ކެބިން އަށް ގޮސް އޭނަގެ ކެބިން ތެރޭގަ ހުރި ޑޮކިޔުމެންޓް ތަށް ހިފައިގެން ޗެއަރމެންގެ އޮފިހަށްށެވެ. ޗެއަރމެން ގެ އޮފިސް ދޮރުގައި ޓަކި ޖެހުމަށް ފަހު އެތެރެއަށް ވަނެވެ. “ސަރ މިހުރީ އިއްޔެގެ ޑޮކިޔުމެންޓްސް ތަށް ނިންމާފައި” ރާޔާ މިހެން ބުނެފައި އިވާން ގެ މޭޒުމަތީގަ ޑޮކިޔުމެންޓް ތަށް ބެހެއްޓުމަށް ފަހު ހިންގައިގަތީ ދޮރާއިދިމާލަށްށެވެ. ނަމަވެސް އިވާން ރާޔާގެ އަތުގައި ތަނބިކަށީގައި ހިފުމަށް ފަހު ރާޔާ އޭނަ ގެ މެއާލައި ފިއްތައިލިއެވެ. “އިވާން މީހަކަށް ފެނިދާނެ އޭ” ރާޔާ އިވާން ކައިރިން މަޑުމަޑުން ދުރަށް ޖެހެމުން ބުނެލިއެވެ. “އަހަރެން ހުއްދަ ނުދޭދެކަށް އެ ދޮރަކުން މި ކޮންޕެނީގަ އުޅޭ އެކަކަށްވެސް މި ތަނަކަށް ށެއް ނުވަދެވެވޭނެ…އަދި އެއްވެސް މީހަކަށް އަހަންނެއް ޖަޖެއް ނުކުރެވޭނެ” އިވާން ބުނެލިއެވެ. “ވަޓް… އަދިއެއް ގެޓެއްނުވޭ” ރާޔާ އިވާން ބުނި އެއްޗެއް ނޭންގުމުން ބުނެލިއެވެ. “މިބުނީ މިކޮންޕެނީގަ އުޅޭ އެކަކަށް ވެސް އަހަންނަކަށް ޖަޖެއް ނުކުރެވޭނެއޭ”އިވާން ފޮނިކަނޑާލިއެވެ. މިހެން ދެމީހުން ހަތަރުކަޅިހަމަކޮށްގެން ހުއްޓާ ކުއްލިއަކަށް މީހަކުދޮރު ހުޅުވާލި އަޑަށް ދެމީހުން ދިޔައީ ސިއްސައިގެންއެވެ. “މާއިން މިތާންގައި ކަލޭ ކީއް ތިކުރަނީ” އިވާން މާއިން އާއި ނިސްބަތް ކޮށް ބުނެލިއެވެ. “އަހަންނަކީވެސް މި ކޮންޕެނީގެ މީހެކޭ… އަހަރެން މި އައީ ރާޔާ ގާތު ވާހަކައެއް ބުނަން” މާއިން އިވާން އާއި ދިމާލަށް ބުނެލިއެވެ. “ބުނަންތިއުޅޭ ވާހަކައެއް އަހަރެން ކުރިމަތީގަ ބުނޭ” އިވާން ބުނެލިއެވެ. “ރާޔާ އަހަންނާއި އެކު އާދެބަ” މާއިން ރާޔާ ގާތުގައި ބުނެލިއެވެ. “އަހަރެން މި ބުނާއެއްޗެއް އަޑެއް ނީވޭތަ އަހަރެން ކުރިމަތީގަ ބުނަންތިއުޅޭ އެއްޗެއް ބުނާށޭ” އިވާން ބުނެލިއެވެ. “އިނަފް… މާއިން ބުނަން ތިއުޅޭ އެއްޗެއް އިވާން ކުރިމަތީގަ ބުނެބަލަ” ރާޔާ އަށް ކެތް ނުވާވަރުވުމުން ބުނެލިއެވެ. “ރާޔާ ވިލް ޔޫ ބީ މައި ގާލްފްރެންޑް… އަހަރެން ރާޔާ ދެކެ ވަރަށް ލޯބިވޭ” މާއިން ރާޔާ ގާތުގަ ބުނެލިއެވެ. “އޭތް މާއިން މާކު ދުރަށް ކަލޭ މިހާރު ތި ދަނީ” އިވާން ރުޅިއެރިއެވެ. “އިވާން ކާލްމް ޑައުން އައި ގޮޓް ދިސް… މާއިން ސޮރީ އަހަރެން މާއިން ދެކެ ލޯތްބެއް ނުވޭ” ރާޔާ ބުނެލިއެވެ. “ކީއްވެތަ ރާޔާ އަހަރެން ދެކެ ލޯބި ނުވަނީ؟” މާއިން އަހައިލިއެވެ. “އަހަރެން އިވާން ދެކެ ވަރަށް ލޯބިވޭ އަދި އަހަރެން މި އަންނަމަހުގަ އިވާންއާ އިންނަން މިއުޅެނީ” ރާޔާ މިހެން ބުނުމުން މާއިން ގެ ކުލަވަރު ބަދަލްވިއެވެ. “ހަހް މާއިން އައި ވިން އަހަރެން ކަލޭ ބީޓް ކުރީ” އިވާން މިހެން ބުނުމުން ރާޔާ އިވާން އާއި ދިމާލަށް ވައްކަޅިން ބަލައިލިއެވެ.

 

“ދެމީހުންއިށީން ދެބަ މި ސޯފާގަ” ރާޔާ މިހެން ބުނުމުން އިވާން އާއި މާއިން އާއި ދެމީހުން އެ ތާން ގައި ހުރި ސޯފާއެއްގައި އިށީންދެލިއެވެ. ރާޔާ ގޮސް އިށީންނީ އެތާން ގައި ހުރި އެކަހެރި ސޯފާއެއް ގައިއެވެ. “މާއިން އަހަރެން އެކަންޏެއްނޫން މިދުނިޔޭގަ އަންހެނަކަށް ހުރީކީއެއް… ދެން އިވާން އަހަންނަށް ޓަކައި އިވާން އާއި މާއިންގެ އެކުވެރިކަން ގެއްލިގެން އެދިޔައީ އަހަރެން ބޭނުމެއް ނޫން ދެން ތި ދެމީހުން އެކަކު އަނެކަކަށް ފައިޓް ކުރާތަން ބަލާކަށް” ރާޔާ މިހެން ބުނުމުން އިވާން އާއި މާއިން އެކަކު އަނެކަކާއި ދިމާލަށް ބަލައިލިއެވެ. “އެކަމު އަހަންނަކަށް އަދި އަދަށް ވެސް ރާޔާ ކަހަލަ ރީތި އަންހެން ކުއްޖަކާ ދިމައެއްނުވޭ…މީ އަހަރެން މީހެއްދެކެ ލޯބިވިތާ ފުރަތަމަފަހަރު” މާއިން ރާޔާ އަށް ބަލާލާފައި ބުނެލިއެވެ. “މީހެއްދެކެ ލޯބިވިތާ ފުރަތަމަފަހަރޭ؟ ބަލާބަލަ ހަދާލާ ބޮޑެތި ދޮގު” އިވާން މާއިން އަށް ޖެއްސުމަށް ބުނެލިއެވެ. “ދޮގެކޭ އަހަރެން މިޔަށް ސޯލިހު ކުއްޖާ އާ ދިމާލަށް ތިހެން ތިބުނީ” މާއިން އޭގެ ރައްދުގައި އިވާން އާއި ދިމާލަށް ބުނެލިއެވެ. “ސީ ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ވަރަކަށް ރުޅި އަޔަސް ދެމީހުން އެކަކު އަނެކަކަށް ބޮތަދާސް ގޮތުގައި ޓްރީތް ކުރަނީ ދެޓްސް ސަމްތިން އައި ލައިކް އެބައުޓް ޔޫ ޓޫ” ރާޔާ ބުނެލިއެވެ. “އިވާން މައި ބްރޯ އައި މިސްޑް ޔޫ” މާއިން އިވާން ގާތުގައި ބުނެލިއެވެ. “މާއިން ބްރޯ އައި މިސްޑް ޔޫ ޓޫ” އިވާން މިހެން ބުނެފައި ދެމީހުން ގެ ހޭންޑް ޝޭކް ހަދާލިއެވެ. “ރާޔާ އަސްލު އަހަރެން ރާޔާ ވަރަށް ލައިކް ވި އެކަމު ރާޔާ އަހަންނަށް ވުރެ ބޮޑަށް އިވާން ދެކެ ލޯބިވޭ އެހެން ވެ އަހަރެން ގޮވް އަޕް މިކުރަނީ” މާއިން ބުނއލިއެވެ. “ބްރޯ ތެންކްސް” އިވާން މާއިން އަށް ޝުކުރު އަދާކުރިއެވެ. “މާއިން އަހަރެމެން އަށް އެއްކޮށް ނޫޅުވުނުކަމުގަ ވިޔަސް އަހަރެމެން އަށް ފްރެންޑްސް އަށް ވެވޭނެ ދޯ” ރާޔާ މާއިން ގާތުގައި ވަރަށް ރީއްޗަށް ބުނެލިއެވެ. “ޝުއާ… އިވާން އަހަރެން ކޮން އަންހެން ކުއަޖަކާ ހެދިތަ އުޅުނީ” މާއިން ކާކުކަން ނޭންގުމުން އިވާން ގާތުގައި އެއްސެވެ. “ގްރޭޑް 6 ގަ އުޅުނު އިރު އަހަރެމެން ނާއި އެއްކޮށް އުޅުނުތަ އަނހެން ކުއްޖެއް ދޯ އޭނައަށް ކިޔަނީ ޖައިޝާ އޭނައަކީ މާއިން ގެ ފަސްޓް ކްރަޝް” އިވާން ކިޔައިދިނެވެ. “އޯ ޖައިޝާ ދޯ… އާ..އަމް… ކޮން އިރަކުތަ އޭނަ މެލޭޝިޔާ އިން އަންނަނީ؟” މާއިން ބޯކަހާލަމުން ބުނެލިއެވެ. “ހިންގާ… ރާޔާ އަދި އަހަރެން ގެ މަންމަ ބުނި ރާޔާ ގެ އާއިލާ ގޮވައިގެން މިއަދު ހަވީރު ސައި ބޯން އަންނާށޭ… ރީށާ އާ ރައުފް ގޮވައިގެން ދޯ ދާން ވާނީ” އިވާން ބުނެލިއެވެ. “އިވާން ގެ މަންމަ ވިއްޔާ އެބުނީ ދެން ދާން ވާނެއެއްނު” ރާޔާ ވިސްނަން ހުރެފައި ހިނިތުން ވެލާފައި ބުނެލިއެވެ. “ހިންގާ ދަމާ… މާއިން ބޭނުމިއްޔާމު އާދެވޭނެ އަހަރެމެން ފައިޓަކަށް އެރިއަކަސް އަހަރެމެން އަކީ ބްރަދާސް އެނަޑް ވީ ފައިޓް ހިންގާ ދަމާ” އިވާން މިހެން ބުނެފައި ހިންގައިގަތީ އޮފިސް ދޮރާއި ދިމާލަށްށެވެ. “އަމް އިވާން އަދި ގަޑިން 8:30 އެވީ އަދި އެބަ އޮތް ހަވީރުވާން ވަރަށް ގިން ގަޑިއިރު” ރާޔާ ބުނެލިއެވެ. “17:30 އަހަރެމެންގެ ޝިފްޓް ނިމޭނީ” މާއިން ބުނެލިއެވެ.

 

10 ގަޑިއިރު ފަސް…

ކުރަން ހުރިއްޔާމު ހުރި މަސެއްކަތެއް ނިންމާފައި ރާޔާ،އިވާން އަދި މާއިން ދިޔައީ އިވާން މެން ގެއާއި ދިމާލަށްށެވެ. “ބޭބީ ރައުފް އާއި ރީއްކޮ އަށް ގުޅައި ބަލަ” އިވާން ރާޔާ ގާތުގައި ބުނެލިއެވެ. “ހަނީ އެމީހުންނަށް މިއަދު މެންދުރު ފަހު 14:00 ޖެހީ އިރު ގުޅީ މޭ އެމީހުން ބުނީ އެމީހުން މިއަދު ހަވީތު ޕްލޭންސް އެބަހުއްޓޯ ރީއްކޮ އާއި ކައިޒަން ދުއްވާލަން ގޮސް ވަނީ ރައުފް އިތުރު ޝިފްޓްއެއް ނަގައިގެން އުޅެނީ” ރާޔާ އިވާން ގާތުގައި ބުނެލިއެވެ. “ސީރިއަސްލީ އެކަކު ބޭބީ އޯ އަނެކެކު ހަނީ އޯ… ތީ ދެން މީހުން އުޅޭ ގޮތް ތަ؟” މާއިން ޖެލެސް ވެފައި ހުރެ ބުނެލިއެވެ. އެކަކުވެސް ރައްދުގައި އެކައްޗެއްވެސް ނިބުނެ އިވާން މެންގެއާއި ދިމާލަށް ދިޔައެވެ. ތިން މީހުން ކާރުން ފޭބިގޮތަށް ވަނީ ގޭގެ ތެރެއަށްށެވެ. އިވާން އަދި މާއިން ގެ ނަޒަރު ހުއްޓުނީ މޭޒުމަތީގަ ހުރި ކާއެއްޗިސް ފެނިފައެވެ. “ރާޔާ ކޮބާތަ ރާޔާގެ ކޮއްކޮމެން؟” ނިޝާނާ ރާޔާ އެކަނި އައުމުން ބުނެލިއެވެ. “ސޮރީ ދައްތާ ރީއްކޮ ވީ ޑޭޓަކަށް ގޮސް ރައުފް ބުނީ އޭނައަށް އެކްސްޓްރާ ޝިފްޓް އެއް ލިބުނީ އޯ އެއީ އެޝިފްޓް ގައި ހުންނަ މީހާ މިއަދު ނައުމުންނޭ އެހެން އޭނަ ބުނީ” ރާޔާ ނިޝާނާ އަށް ކިޔައިދިނެވެ. “އޯ ރާޔާ އަދި ވާހަކައެއް ބުނަންތަ އަހަންނަށް މަންމަ ކިޔަސް ހަމަ ރަނގަޅުވާނެ” ނިޝާނާ ބުނެލިއެވެ. “އެބުނީ ހަމަ ތެދެއް ރާޔާ އަހަރެމެން މިއުޅެނީ އަންނަ މަހުގަ އިންނަން ވެގެން އަހަރެންގެ މަންމަ އަކީ ރާޔާ ގެވެސް މަންމަ” އިވާން މިހެން ބުނުމުން ރާޔާ ހިނިތުން ވެލިއެވެ. “އާދޭ އަވަހަށް ސައިބޯން” ނިޝާނާ މިހެން ބުނުމުން ހުރިހާ އެންމެން ދިޔައީ ކާމޭޒު ކައިރިއަށްށެވެ. “އެހެމް އެހެމް… އަހަރެން މަތިން ހަނދާން ނައްތާލީ ދޯ” ކުއްލިއަކަށް މީހަކު އެގެއަށް ވަދެ ފައި ބުނެލިއެވެ. “ޖައިޝާ؟!” އިވާން އާއި މާއިން ހައިރާން ވެފަހުރެ ބުނެލިއެވެ. “ހައި ބޯއިސް ލޯންގް ޓައިމް މޯ ސީ” ޖައިޝާ ބުނެލިއެވެ.

 

❤—ނުނިމޭ—❤

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި – 8

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (4)

Next
January 22, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (4)

Previews
January 22, 2022

ވީމޭ އިންތިޒާރުގައި – 8



All Right Reserved!