Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބީގެ ހިނދުކޮޅު (ފަހުބައި)

Horror queen Level 210 Stories
January 27, 2022 6 Mins Read
2 Comments

 

“އެހެމް އެހެމް… އަހަރެން މަތިން ހަނދާން ނައްތާލީ ދޯ” ކުއްލިއަކަށް މީހަކު އެގެއަށް ވަދެ ފައި ބުނެލިއެވެ. “ޖައިޝާ؟!” އިވާން އާއި މާއިން ހައިރާން ވެފަހުރެ ބުނެލިއެވެ. “ހައި ބޯއިސް ލޯންގް ޓައިމް މޯ ސީ” ޖައިޝާ ބުނެލިއެވެ.*

 

“ޖައިޝާ ކޮން އިރަކުގަތަ ރާއްޖެ އައީ؟” އިވާން އަހައިލިއެވެ. “އަހަރެން އައިސް އުޅޭތާ މިހާރު މަހެއް ވެދާނެ” ޖައިޝާ ބުނެލިއެވެ. “ކީއްކުރަން އައިސް ތިއުޅެނީ؟” މާއިން އަހައިލިއެވެ. “އަހަންނަކީވެސް މި ރާއްޖޭގަ ދިރިއުޅެ ބޮޑުވި މީހެކޭ… އަހަރެން މީމިހާރު ރެސްޓޯރެންޓެއް ގެ ކައްކާއެއް އަހަރެން މިގެއަށް މިއައީ އަހަންނަށް ވަރަށް ޝޮކިން ނިޔުސް އެއްލިބިނީމަ… އިވާން އެއީ ތެދެއްތަ އިވާން މީހަކާ އިންނަންތަ ތިއުޅެނީ” ޖައިޝާ އިވާން ގާތުގައި އަހައިލިއެވެ. “އާން އަހަރެން މިއުޅެނީ މީނައާ އިންނަން” އިވާން ރާޔާ ގެ އަތުގައި ހިފައިފައި ބުނެލިއެވެ. “ކޮންގްރާސް… މައިންޑް އިފް އައި ޖޮއިން” ޖައިޝާ އަހައިލިއެވެ. “އޮފް ކޯޒް އާދޭ އަވަހަށް” އީޝަލް ބުނެލިއެވެ. ޖައިޝާ ގޮސް ރާޔާ ގާތުގައި ހުރި ހުސް ގޮނޑިއެއްގައި އިށީންދެލިއެވެ. “ކޮންނަމެއްތަ ކިޔައީ އަހަންނަށް ކިޔަނީ ޖައިޝާ އިބްރާހީމް” ޖައިޝާ ރާޔާ ގާތުގައި އަހައިލިއެވެ. “އަހަންނަށް ކިޔަނީ ފާތިމަތް ރާޔާ” ރާޔާ ބުނެލިއެވެ. “ޖައިޝާ ހިންގާބަލަ އަހަންނާއި އެކު އަހަރެން ޖައިޝާ ކައިރީގަ ވާހަކައެއް ބުނަން އެބަ އޮތް” އިވާން މިހެން ބުނުމުން ޖައިޝާ އިވާން ގެ ފަހަތުން ބޭރަށް ނިކުތެވެ. “ކިހިނެތް ވީތަ؟” ޖައިޝާ އިވާން ގާތުގައި އަހައިލިއެވެ. “ޖައިޝާ!! ޖައިޝާ އަށް ހީވަނީ އަހަންނަށް ނޭންގޭ ކަމަށް ޖައިޝާ ތިކުރާ ކަންތައް އަހަންނަށް ވަރަށް ރީއްޗައް އެގޭ ޖައިޝާ ތިއުޅެނީ ރާޔާގެ ބޮލުތެރެއަށް ވަދެގެން އަހަރެމެންގެ ކައިވެނި ހުއްޓުވަން ކަން އަހަރެން ރަނގަޅު ވާހަކައެއް ބުނަންތަ އަހަރެން ޖައިޝާ އަކާހެދިއެއް ނޫޅެން ވަށިހަމު ޖައިޝާ ކިތަންމެ ވަރަކަށް އަހަންނާއި ހެދި އުޅުނަސް… އައި ލައިކް ޔޫ ބަޓް އައި ޑޯންޓް ލަވް ޔޫ ކޯޒް ޔު އާރ ނޮޓް މައި ޓައިޕް…” “އިވާން އެކަހަލް ނިކަމެއްޗަކާ ތި ލޯބިވީ އިންގޭތަ އެކަހަލަ މީހުން މުއްސަނދިން ނާއި ރައްޓެހި ވާކަމަކީ މުއްސަނދިންގެ އަތުން ފައިސާތަށް ކަޓުވައިލާން އޭނަ އެއީ އެކަހަލަ މީހެއްކަން އަހަންނަށް ވަރަށް ރީއްޗަށް އިންގޭ އަދިވެސް ތިއުޅެނީ ނިކަމެތި ފަގީރަކާ އިންނަން… ހެހް އައި އެކްސްޕެކްޓް މޯ ފްރޮމް ޔޫ އިވާން އެކަމު އިވާން ތިކުރަނީ ވަރަށް ބޮޑު ކުށެއް އެއީ މީހަކަށް ރަހުމެއް ހަމްދަރެއް ވާމީހެއް ނޫން އިންގިއްޖެ” ޖައިޝާ ރާޔާ އޭކިޔާފައި ވަރަށް ބައިވަރު އެއްޗިސް ކިއިރު އިވާން ހުރީ އެއްޗެއް ބުނަން ނޭންގިފައެވެ. “ހައްހައްހާ…” އަތްރިލަ ބަޑި ޖަހަމުން ހެމުން މާއިން އެތަނަށް އައެ އަދި މާއިން ގެ ފަހަތުގައި ރާޔާ ހުއްޓެވެ. “މާއިން؟!” ޖައިޝާ ބުނެލިއެވެ. “ޖައިޝާ ޖައިޝާ ޖައިޝާ ހާދަ ޖެލެސް ވެފައޭ ތިހުރީ…ޕިސް ޕިސް ތީ އާދެވޭ އެންމެ މޮޅު އެއްޗަކީ ބަލަ ރާޔާ އާ އިވާން ގެ ރިލޭޝަން ތެރެއަށް ވަންނަށް އުޅެގެން ނުވާނެ އުޅެފިއްޔާމު އަހަންނަށް އިންގޭނެ ހަދަން ވާގޮތް” މާއިން ބިރުވެރި ގޮތަކަށް ބުނެލިއެވެ. “ކޮން ގޮތެއްތަ ހަދާނީ އެން ބުނެބަ” ޖައިޝާ ހާސް ވެފަހުރެ ބުނެލިއެވެ. “ހަދާނެ ގޮތަވީ ޖައިޝާ އަކީ ބާރް އަކު މަސްއްކަތް ކުރާ މީހަކަށް ވެފަ އަދި އެތަނަށް ދާ ކޮންމެ ހެންޑްސަމް މީހަކާއެކު ވަން ނައިޓް ސްޓެންޑް އަކަށް ދާ މީހެއްކަން އެންމެން ކައިރީގަ ބުނާނީ… އޮން ސެކެންޑް ތޯޓް އުޕްސް އޯލްރެޑީ ޑިޑް މީ އެންޑް މައި ބިގް މައުތް” މާއިން މިހެން ބުނުމުން ޖައިޝާ އިސްދަށަށް ޖަހައިލިއެވެ. “ތިކަހަލަ ލަދެއް ނެތް މީހަކު އަހަރެންގެ އެކުވެރިއަކަށް ހަދައިގެން މިޔޮށް ހާ ދުވަހު އަހަރެން މިއުޅުނީ”އިވާން ބުނެލިއެވެ. “އިވާން އައި ކޭން އެކްސްޕްލެއިން…” “ކޯއްޗެއް ތަ އެކްސްޕްލެއިން ކޮށްދެން އޮތީ އަހަރެމެން އަތުގަ ޕްރޫފް އެބަ އޮތޭ” ރާޔާ ބުނެލިއެވެ. “އަރްގް!!” ޖައިޝާ މިހެން ބުނެފައި އެގެއިން ނިކުމެގެން ދިޔައެވެ.

 

“އިވާން ހިންގާބަ އަހަރެން ގެއަށް ލައިދެން ދާން” ރާޔާ މިހެން ބުނުމުން އިވާން އެހެން އެއްވެސް އެއްޗެއް ނުބުނެ ގޭތެރެއަށް ވަދެ އެތާން ގައި އޮތް ކާރުގެ ތަޅުދަނޑި ހިފައިގެން ނިކުތެވެ. “ހިންގާ ދާން” އިވާން ބުނެލިއެވެ. ރާޔާ ކާރުގެ އަނެއް ފަޅިއަށް ގޮސް އިށީން ދެލިއެވެ. އިވާން ކާރަށް އެތުމަށް ފަހު ކާރު ދުއްވަން ފެށިއެވެ. “ރާޔާ އަހަންނަށް އިންގޭ ރާޔާ ތި ވިސް ނަނީ އަހަރެމެން ގެ ވެޑިން ކެންސަލް ކޮށް ލަން ކަން” އިވާން ކުއްލިއަކަށް ބުނެލިއެވެ. “ނޯ… އަހަރެން މި ވިސް ނަނީ ވެޑިން ބާއްވާނެ ތަނެއް މަތިން” ރާޔާ މިހެން ބުނުމުން އިވާން ކުއްލިއަކަށް ކާރުހުއްޓުވައިލިއެވެ. “މަންމީ އިވާން އެހެން ނުހުއްޓުވައްޗެ އައި އޯލްމޯސްޓް ހޭޑް އަ ހާރޓް އަޓޭކް” ރާޔާ ބިރުންހުރެ ބުނެލިއެވެ. “އޯ ސޮރީ ރާޔާ އޯކޭތަ” އިވާން އަހައިލިއެވެ. “އިވާން ކޮންކަމަކާތަ ތިވިސްނަނީ؟” ރާޔާ އިވާން ގެ އަތް މަތީގަ އަތް ބާއްއްވައި ލުމަށް ފަހު ބުނެލިއެވެ. “އަހަރެން މި ވިސްނަނީ ހިންގާ އަހަރެމެން ގެ ވެޑިން ފަސްކުރަން އަންނަ އަހަރަށް” އިވާން މިހެން ބުނުމުން ރާޔާ ކާރުން ފޭބިއެވެ. “ރާޔާ މަޑުކޮށް ބަ” މިހެން ބުނެ އިވާން ވެސް ކާރުން ފޭބިއެވެ. އިވާން ދުވެފަ ދިޔަގޮތަށް ގޮސް ރާޔާ ގެ އަތުގެ އުޅަންބޮށި ކައިރީގަ ހިފިއެވެ. “އިވާން އަހަރެން ދެކެ މިހާރަކު ލޯތްބެއް ނުވޭ ތަ ކުއްލިއަކަށް އަހަރެމެން ގެ ވެޑިން ފަސް ކުރަން ތިއެހީ” ރާޔާ ރޮމުން ބުނެލިއެވެ. “އެހެންވެއެއް ނޫނޭ އަހަރެން…” އިވާން ބުނަން އުޅޭއެއްޗެއް ނުބުނެ ހުއްޓައިލީ ރާޔާ ގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް ފެނުމުންއެވެ. “ރާޔާ ދެން ހުއްޓާލާ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭއެއީ” އިވާން ރާޔާ ގައިގައި ބައްދާލާފައި ބުނެލިއެވެ. “މަޖަލަކަށް ވެސް… އެ.އެ.އެކަހަލަ އެއްޗެއް ނުބުނާތި އަހަންނަށް ހީކުރީ އިވާން އަސްލުކޮށް ވެސް އުޅުނީ އަހަރެމެންގެ ވެޑިން ފަސްކުރަން ކަމަށް” ރާޔާ ގިސްލަމުން ބުނެލިއެވެ. “ހިންގާ ގެއަށް ދާން”އިވާން މިހެން ބުނެފައި ރާޔާ ގޮވައިގެން ކާރާއި ދިމާލަށް ދިޔައެވެ. ކާރަށް އެރުމަށް ފަހު އިވާން މިސްރާބު ޖެހީ ރާޔާ މެން ގެއާއި ދިމާލަށްށެވެ.

 

އެގެކައިރީގަ އިވާން ކާރުމަޑުކުރި ތަނާހެން ރާޔާ ކާރުން ފޭބިއެވެ. “އިވާން ތިހުރީ އަދި އެކައްޗެއް ވެސް ނުކައެއްނު އަހަރެމެންނާއި އެކީ ކާން އާދެބަ” ރާޔާ މިހެން ބުނުމުން އިވާން ހިނިތުން ވެލުމަށް ފަހު ކާރުން ފޭބިއެވެ. “ހިންގާ” އިވާން ރާޔާ ގެ އަތުގް ހިފާފައި ބުނެލިއެވެ. “ހައިނާ؟! މިތާންގަ ކީއްތިކުރަނީ؟” ރާޔާއަށް ހައިނާ ފެކުމުން ބުނެލިއެވެ. “އަހަރެން ގާތުގަ ރައުފް ބުނީ އަންނާށޯ” ހައިނާ ބުނެލިއެވެ. ރާޔާ މެން ގެއަށް ވަނުމުން ހައިނާ ވެސް އެމީހުން ފަހަތުން ދިޔައެވެ. “އޯއި ރައުފް ހައިނާ މިހުރީ އައިސް” ސޯފާމައްޗަށް ވެޑް ވެފަ އޮތް ރައުފް އާއި ދިމާލަށް ރާޔާ ބުނެލިއެވެ. “ހައެ ހައޭ ދޮންބެގެ އަނބިކަނބަލު އައީ ފަހަރީ ވެލްކަމް” ރީށާ ކާމޭޒު ކައިރީގަ ހުރެ ބުނެލިއެވެ. “ރީ އެކަކު މަތިން ހަނދާން ނެތުނީއެއްނު ރީގެ ވާން އުޅޭ ދޮންތަބެ މަތިން” ކައިޒަން މިހެން ބުނުމުން ރީށާ އިވާން އާއި ދިމާލަށް ބަލައިލިއެވެ. “ހެހޭ ދޮންތަބޭ ކިހިނެތް” ރީށާ ބުނެލިއެވެ. “އަހަރެން ރަނގަޅު” އިވާން ބުނެލިއެވެ. “އަން މިހުތީ ތިމީހުން ކާން ހުރި އެއްޗިސް” ރާޔާ މޭޒުމަތީގަ އިވާންގެ މަންމަ ދިން އެއްޗިސް ބެހެއްޓުމަށް ފަހު ބުނެލިއެވެ. “އެހެމް އެހެމް… ހައިނާ ވިލް ޔޫ ބީ މައި ގާރލްފްރެންޑް” ރައުފް ބުނެލިއެވެ. “އޯ ދޮންބެ ހައިނާ ގާތު ރައްޓެހިވަން އަހައިފިދެން އަހާނީ އިންނަން ކަންނޭންގެ” ރީށާ ބުނެލިއެވެ. “ޕިސް ގާރލްފްރެންޑް އަކަށް ވާން އަދި މިއެހީ އަދި އެއީ ކޮންދުވަހެއް… އަމް ހައިނާ ކޮބާ ޖަވާބަކީ؟” ރައުފް އަހައިލިއެވެ. “އަހަރެންގެ ޖަވާބަކީ އަމް…އަމް… އާން އަހަރެން ރައުފް ގެ ގާރލްފްރެންޑް އަށް ވާންން” ހައިނާ މިހެން ބުނުމުން ރައުފް ހައިނާގެ ގައިގައި ބައްދާލިއެވެ. “ހޯލްޑް އޯން އ” ރީށާ ބުނެލިއެވެ. “ދޮންތި ދެން ދާނީ އިވާން މެން ގެއަކަށް ނު އަހަންނާ ރީއްކޮ އާ އުޅޭނީ މިގޭގަ” ރައުފް ބުނެލިއެވެ. “އޯކޭ އޯކޭ ސުވާލެއް އެބައޮތް ތި އެންމެންއަށް ސުވާލެއް… ކޮންކަހަލަ ޕާޓީ އެއް ބާއްވަން ވީ؟” ރާޔާ އެންމެން ގާތުގަ އަހައިލިއެވެ. “އަހަރެމެން ބޭނުމީ ހިންގާ ރެސްޓޯރެން ޓެއް ކުއްޔަށް ނަގައިގެން ޕާޓީ އެއް އެތާން ގަ ބާއްވަން” ހައިނާ ބުނެލިއެވެ. “އިވާން ހަނީ ކީކޭ ބުނަނީ” ރާޔާ އިވާން އަށް ބަލައިލައިފައި ބުނެލިއެވެ. “އޯކޭ އަހަރެން އެތަން ތައްޔާރުކުރާނަން” އިވާން ބުނެލިއެވެ.  

 

3 ހަފްތާ ފަސް…

ރާޔާ އާއި އިވާން އެމީހުން ގެ ކައިވެންޏަށް އެއްޗިސް ހަމަކުރަމުން ދިޔައެވެ. “ރާޔާ ކުލައެއް ސެލެއްޓު ކޮށްފިން ތަ؟ އިންވަޓޭޝަން މީހުން އަށް ފޮނުވައިފިންތަ؟” އިވާން އެއްފަހަރާ ދެ ސުވާލު ކޮށްލިއެވެ. “އާން އަހަރެން ނެގީ މެރޫން ކުލަ އާއި ސިލްވާ…ދެން އަހަރެން އިވާން ގެ ފްރެންޑްސްއަށާ އަހަރެންގެ ކޮލެޖް ފްރެންޑްސްއަށް ފޮނުވައިފިން އަދި މުރާދޫ ގައުޅޭ އާއިލާ މީހުން އަށް ވެސް ފޮނުވައިފިން” ރާޔާ ކިޔައިދިނެވެ. “އޯކޭ ހިންގާ ހެދުން ބަލައި  ދާން” މިހެން ބުނެ އިވާން ދިޔައީ ވެޑިން ޑްރެސް ވިއްކާ ފިހާރައިން އޭނަ ގަނެފައި އޮތް ހެދުން ބަލައެވެ. އެ ހެދުން ހިފައިގެން ރާޔާ ގެއަށް ގޮސް އެތާން ގެ މޭޒުމަތީގަ ބައިންދައިލައިފައި ސޯފާސެޓް މަތީގަ އިށީންދެލިއެވެ. އިވާން ވެސް ރާޔާ ކައިރީފަ އިށީންދެލިއެވެ. “ރާޔާ؟!” އިވާން ރާޔާ އަށް ގޮވައިލިއެވެ. “ލައްބަ… އިވާން އަހަރެން އިވާން އާ ސުވާލެއް ކުރަންތަ؟” ރާޔާ އަހައިލިއެވެ. “ލައްބަ ކުރަން ތިއުޅޭ ސުވާލެއް ކުރޭ” އިވާން ހިނިތުން ވެލާފައި ބުނެލިއެވެ. “އިވާން އަހަރެން ދެކެ ލޯބި ވާނަންތަ އުމުރަށް؟” ރާޔާ މިހެން އަހައިލުމުން އިވާން ރާޔާ ގެ އަތުފަ ހިފައިލިއެވެ. “އާން އަހަރެން ރާޔާ ދެކެ ލޯބިވާނަން އިމްތިހާއަށް” އިވާން މިހެން ބުނުމުން ރާޔާ އިވާން ގެ މޭމަތީގައި އޮށޯއްވެލިއެވެ. “އަހަރެން މަރުވެއްޖިއްޔާމު؟” ރާޔާ އަހައިލިއެވެ. “ރާޔާ ކަހަލަ އެހެން އަންހެއް ކުއްޖެއް އަހަންނަށް ނުލިބޭނެކަން ހަމަ ޔަގީން…އަހަރެންވެސް ރާޔާ އާއި އެކީ މަރުވާނަން” އިވާން މިހެން ބުނެ އޭނާގެ އަތުތެރޭގަ ރާޔާ ހައްޔަރުކުރިއެވެ.

 

“ޕިސް ޕިސް އަދި ނުވެސް އިދުވިގެން މިއުޅެނީ އެކަމު މިހާރު ދެމީހުން އެކަކު އަނެކަކާ ބައްދަން ފެށީ” ރީށާ މިހެން ބުނެ ތުން އަނބުރައިލިއެވެ. “ބަލާބަލަ އަހަރުމެންނޭ ކިޔާވަރު އިހަކެއް ދުވަހު ގޭގެ ގޭޓުކައިރީގަ…” ” ލާލާލާލާ ސްޓޮޕް އޯކޭ” ރީށާ ރާޔާ ބުނަން އުޅުނުއެއްޗެއް މެދުކަނޑައިލައިފައި ބުނެލިއެވެ. “އެހުރީ ވެޑިން ޑްރެސް ބަލާލަ ބަލަ” ރާޔާ މިހެން ބުނުމުން ރީށާ އަދި ހައިނާ އެ މީހެއްގެ ކޮތަޅު ހުޅުވައިލިއެވެ. “ވާވު އައި ލަވް އިޓް ތެންކިޔޫ ދޮންތީ” ރީށާ ހެދުން ނަގައި ބަލައިލުމަށް ފަހު ބުނެލިއެވެ. “ހުރިހާ ކަމެއް ނިމުނީ ދޯ ދެން އޮތީ ކެއުން ތައްޔާރުކުރުން އެކަނި” ރައުފް ބުނެލިއެވެ. “ޕިސް އަޅޭ ރައުފް މައި ބްރަދަރ ބަލަ އަހަރުމެން ރެސްޓޯރެންޓެއްގައޭ ޕާޓީ ބާއްވަނީ އަދި އަހަރެމެން މިއައީ މާދަން ރެއަށް ތައްޔާރުކުރާނެ އެއްޗިސް ވެސް އޯޑަރަށް ޖަހައިފައޭ… ވިސްނަބަލަ މީކޮން ގަރުނެއްދޯ މީ ރަންޒަމާނެއް ނޫނޭ މީ…” “ޓްވެންޓީ ފަސްޓް ސެންޗުއަރީ” ރީށާ ރާޔާ ބުނަން އުޅުނުއެތީގެ އަނެއް ބައި ބުނެލިއެވެ. “އޯކޭ މާދަމާ ރޭ 20:45 ވެލާހައިރު ހުރިހައި އަންހެނުން ތައްޔާރުވެގެން ހުންނަށްޗެ އަހަރުމެން ގެންޓަލް މެންސް އަންނާނަން އަހަރުމެން ގެ އަނބިކަނބަލުން ބަލައި ހުންނައްޗެ ތީއެންމެ ދަތަރު ބޮޑުވާނެ މީހުންނަކީ” ކައިޒަން މިހެން ބުނުމުން ރާޔާ، ހައިނާ އަދި ރީށާ ކައިޒަން އާއި ދިމާލަށް ލޯއަޅައިލިއެވެ.

 

އަނެއް ދުވަހު ރޭގަނޑު 20:55 ވެލިހާއިރު…

“ކޮބާ އެއިރުވެސް އަހަރުމެން ބުނީމެއްނު އަންހެނުންނަށް ވުރެ ފިރިހެނުން މާކުލަސް ވާނޭ” ރާޔާ ކައިޒަން އަށް މަލާމާތުގެ ގޮތުން ބުނެލިއެވެ. “ހްމްމްމް ދެން ހެވޭ”ކައިޒަން ބޮޑާ ހައިކައިލިއެވެ. “ޕިސް ދޮންތީ!! ދޮންތި އަހަރެންގެ ބޭބީ އަށް ބުލީ ތި ކުރަނީ” ޜީށާ ބުނެލިއެވެ. “ބުލީއެއް ނުކުރަން ފެމެލީ އަށް ވެލްކަމް ކުރީ” ރާޔާ ރައްދުގައި ބުނެލިއެވެ. މާގިން އިރެއް ނުވޭ އެމީހުން ދިއުމަށް ހަމަޖެހިފައި ހުރި މާހައުލް އަށް ދެވުނެވެ. “ވާވު އަހަރެންގެ ދޮންތަބެ ހާދަ ރަނގަޅޭ އަހަރެންގެ ދޮންތިއަށް މިހުރިހާއެއްޗެއް” ރީށާ ކާރުން ފޭބުމާއި އެކު ބުނެލިއެވެ. އެކަކުވެސް ބަހެއްނުބުނެ އެތެރެއަށް ވަނެވެ. އެތެރެއަށް ވަތް ތާމާގިން އިރެއްނުވޭ ޤާޟީ އައެވެ. “ޤާޟީ އައުމުން އެންމެން ހަމަހިމޭން ވިއެވެ. ދެން ރާޔާ އަދި އިވާން އެތާން ފަ ހުތި މޭޒު ކައިރިގަ އިށީންދެލިއެވެ. ޤާޟީ މޭޒުގެ ކުރިމަތީގަ ހުރި ގޮނޑިއަކު އިށީންދެލިއެވެ. ދެން ދެމީހުންގެ ކައިވެނި ކުރުވަން ފެށިއެވެ. “ފާތިމަތް ރާޔާ  އިވާން ގެ އަންބަކަށް ވާން ގަބޫލުތަ؟” ޤާޟީ އިވާން އާއި ސުވާލުކުރިއެވެ. “އާން އަހަރެން އަންބި ގަބޫލު ކޮށްފިން” އިވާން މިހެން ބުނުމުން ރާޔާ ހިނިތުން ވެލިއެވެ. ކައިވެނި ކޮށް ނިމުމުން އެންމެން ރާޔާ އަދި އިވާން އާއި އެކު ފޮޓޯ ނަގަން ފެށިއެވެ.

 

(ރާޔާގެ ނަޒަރުން…)

“ފުރަތަމަ އަހަންނާއި އިވާން އާއި ދެމީހުން ދިމާވި ދުވަހު އަހަރުމެން ވީ ސްޓްރެއިންޖާސް އަށް ދެން އަނެއްކާ 5 އަހަރު ފަހުން އަހަރެން އިވާން ފެނުމުން ފުރަތަމަވެސް ފައިޓް އަކަށް އެރީ އަހަރެންގެ މާމަ މަރުވި ދުވަހު އަހަރެންގެގާތުގަ ހުރި މީހަކަށް ވީ އިވާން އަހަރެންގެ ހުވަފެން މިއަދު ފުރިހަމަވެއްޖެ… ޝުކުރިއްޔާ އިވާން”

 

(އިވާންގެ ނަޒަރުން…)

“އަހަރެން ވެސް ވަރަށް އުފާ ވެއްޖެ މައަދު 7 އަހަރު ކުރިން ވެވުނު ލޯތްބެއް މިއަދާއި ހިސާބަށް އައުމުން… ރާޔާ އަކީ އަހަރެންގެ ހުވަފެން ކުރިއަށް ހުރި ދުވަސް ތަކުގައި އަހަރެން ރާޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓިއަކު ނުދޭނަން ރާޔާގެ އެ ހިތާމަވެރި ޕާސްޓް އުފާވެރި ފިއުޗާރ އަކަށް އަހަރެން ހަދާނަން އެއީ ވައުދެއް”

 

(ރާޔާ އަދި އިވާންގެ ނަޒަރުން…)

 ދެން ކުރިއަށް އޮތީ އަހަރުމެންގެ ދިރިއުޅުން ވޭތުވެގެން އެ ދިޔައީ އަހަރުމެންގެ ލޯބީގެ ހިނދުކޮޅުތަށް މީ ލޯބީގެ ހިނދުކޮޅު މިއެއް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ.

 

?—ނިމުނީ—?

 

Thank u for all ur support especially from my aunt and my best friend. I couldn’t have done anything with out my viewers thank u all for giving me this courage to do this

Hope u’ll like my next story (ބުނެބަލާ ލޯބިވޭ) hope u’ll love it until then  see you soon

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (7)

Next

އެ ހުވަފެންް – 4

Next
January 27, 2022

އެ ހުވަފެންް – 4

Previews
January 26, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (7)

2 Comments!

  1. Hûdhãkkø says:
    January 27, 2022 at 4:44 pm

    Oh vaahaka nimuni tha
    BtW mi vaahaka vrh reethi
    Horror Queen ge new vaahaka akah inthizaar kuran ????

  2. GUITAR LOVER says:
    January 27, 2022 at 6:55 pm

    saabahey.. i like this story. can’t wait for next story “bunebalaa loabivey”. keep it up my friend ???❤️❤️❤️

Comments are closed.



All Right Reserved!