ކާރު ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އަންހެން ކުއްޖާ ހީވަނީ ދުނިޔޭގެ ހުރިހާ ރީތި ކަމެއް ހުސްކޮށްލައިގެން އިންހެންނެވެ. ނަމަވެސް އެހެން އަންހެން ކުދިންނާ ހިލާފަ އައިކާ އެއްވެސް މޭކަޕެއް ކޮށްފައި ނެތެވެ. އެ ހަށިގަނޑުގެ ދޮން ކަމާ ނޫކުލައިގެ ކަޅިން އެކަނިވެސް ހީވަނީ ކަނޑުތަކުގެ ރާނީ ހެންނެވެ. ލާފައިވަނީ ފުންނާބާ ހިސާބަށް އަރާ ބިސްތޮށި ކުލައިގެ ހެދުމެކެވެ. ހެދުމާ ގުޅޭ ގޮތަށް އެ ފަންބޯ އިސްތަށި ގަނޑު ނިވާ ކޮއްފައި ވަނީ ދަނބު ކުލައިގެ ސޯލް އަކުންނެވެ. ބަލާލަން ވަރަށް ވެސް ރީއްޗެވެ. ކާރު ކޮލެޖުކާރިއަށް އައުމުން ލަސް ނުކޮށް އައިކާ ކާރުން ފޭބިއެވެ. އައިކާ އަކީ އަބަދު ވެސް ގަޑި އަށް ސަމާލުވާކުއްޖެއް ކަމުން މިއަދު ވެސް ދާންޖެހޭ ގަޑީގެ ފަސް މިނެޓު ކުރިން ހާޒިރު ވެއްޖެވެ. ނަމަވެސް ކޮލެޖުގައި މިހާރުވެސް ހޭލަމޭލަވާ ކުދިން މަދެއްނޫނެވެ. ވާނި ވެސް އެހެންތާއެވެ. މިއަދަކީ ކޮލެޖުގެ ކިޔެވުން ފެށޭ ފުރަތަމަ ދުވަސް ވިއްޔާއެވެ. މިއީ ފުރަތަމަ ދުވަސް ކަމުން އައިކާ ވަނީ ވަރަށް ހާސްވެފައެވެ. ހެނދުނުގެ ނާސްތާއަށް އިންސާފު ކުރި ވަގުތު ވެސް އައިކާއަށް އެހާ ރަނގަޅަކަށް ނުކެވުނެވެ.

ކޮލެޖުގެ މައިގޭޓުން އައިކާ ވަދެގެން ދިޔައިރު ހީވަނީ މަގުމަތީ ބާޒާރަކަށް ނިކުމެވުނު ހެންނެވެ. އެހާވެސް ކުދިން ހޭލަމޭލަވެ އުޅެއެވެ. ކުދިންނެތް ގަސްދޮށަކަށް އައިކާ މިސްރާބު ޖެހީ އައިކާގެ އެންމެ ގާތް އެކުވެރިޔާ އިނާ ފެނޭތޯ ފަރާތް ފަރާތް ބަލަމުންނެވެ. ނަމަވެސް ދިމާވީ އައިކާ ހީވެސް ކޮށްފައި ނުވާކަމެކެވެ. ” އައުޗް…. އޫން.. ބަލައިގެން އުޅެބަލަ… ފުރަތަމަ ދުވަހުވެސް ރީއްޗެއްނުން މަގޭ ކަކޫ ވިއްޔަ އެހަލާކުވީ… އަދި އެބަހުއްޓެއްނުން ބަލަހައްޓައިގެން ހީކުރީތަ ތިކުރެވުނީ މާމޮޅުކަމެއް ކަމަށް… ވިސްނައިގެން އުޅޭތި ދެންވެސް މިތާ އުޅޭއިރު..”. އައިކާ އެހެންދަނިކޮށް އައިކާގެ ހެދުމުގައި އަޅައި ގަނެފައި ވެއްޓުނީ ވާހަކަ ދައްކަމުން އައި ތިން އަންހެން ކުދިންތަކުގެ ތެރެއިން މެދަށް ހުރި ކުއްޖައެވެ. ބަލާލަން ހުތުރެއް ނޫނެވެ. ނަމަވވެސް އަސްލުސިފައަކީ ކޮބާކަމެއް ނޭނގެއެވެ. މޭކަޕް ކޮށްފައި އޮތީ ތިޔަހެންނެއްނޫނެވެ. ހަމަ ވެއްޓުނުތަނާ އައިކާއާއި ދިމާއަށް ހަޅޭލަވައިގަނެއްޖެވެ. ބަލާލި ކޮންމެ މީހަކަށް ވެސް އެއީ ކިހާވަރެއްގެ ކޮންފެންވަރެއްގެ ކުއްޖެއްކަން އެނގޭހާވެއެވެ. ލާފައިވަނީ ކިރިޔާ ކަކުލާ ހިސާބަށް އަރާވަރުގެ ތިރިގަނޑަކާއި ގަމީސް ޓޮޕެކެވެ. ” އަ…އަޅުގަނޑުއަށް މާފު ކުރޭ. އަޅުގަނޑަށްވެސް ނުބަލާ އާދެވުނީ.. ސޮރީ.” އައިކާ އަވަހަށް މާފަށް އެދެފިއެވެ. “ހުން އަދި ބުނެފިއެއްނުން މާފުކުރާށޭ… ލާފަ ހުރި އެތިޖަހާވަށްތަރު ބަލާބަ.. ހުން ހިނގާދާން މިތާކު ތިބޭނނެކަމެއް ނެތް ގަނޑި ވެސް ޖެހެނީނުން…. މާމަގަނޑު ބަހައްޓާ ރޯން މިތާ.” އައިކާއަށް ރައްދު ދީފައި ދަމުން ދިޔައީ އައިކާ ހިތުގައިވެސް ޖައްސާފައެވެ. އަދި އެހާމެ ލަދުވެސްގަނުވާލާފައެވެ.

އައިކާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ކުދިންތައް ތިބީ ކުޅިބަލަން އެއްވެއެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ.؟ އިނާ އަވަސް އަވަހަށް ކުދިން ތަކުގެ ތެރެއިން ވަދެގެން ގޮސް ތިން ކުދިން ކުރިމައްޗަށް އަރާ ހުއްޓުވައިފިއެވެ. ” އެމީހަކު ލާނެ އެއްޗެއް އެނގޭނީ އެމީހަކަށް އެހެން ނޫނަސް އިސްލާމްދީނުގައި ވަނީ އަންހެނުންގެ އައުރަ ނިވާ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުވައިފަ… އަދި ބުނަން އެއްޗިހި ކިޔާފަ ދެން އޭނާ އާއި ދިމާލަށް ރޯށޭ ކިޔާފައި ދާ މީހާ ހެން ހީވަނީ އެއްޗެކޭ ބުނާއިރަށް އެހާއަވަހަށް ރޯނީ”. “ހުއް މީ އަދި ކާކުތަ މާ މޮޅުވެގެން މަށަށް ފިލާވަޅު ނަގައިދޭން. ދާންވީނުން މިސްކިތަށް އަރާ ދަރުސް ދޭން”. ވަގުތުން ރައްދު ދީފައި އެތިންކުދިން ހިނގައިގަނެފިއެވެ. އަދި އިނާވެސް އައިކާ އަށް ހިތްވަރު ދެމުން ހިނގައި ގަނެފިއެވެ. ހަމަ އެވަގުތު ބެލް ޖެހުމުން ހުރިހާކުދިން ވެސް އެކުއްޖެއްގެ ކުލާހަށް މިސްރާބު ޖަހާއިފިއެވެ. މުދައްރިސުންވެސް އެކި ކުލާސްތަކަށް ދާން އެމީހުންނަށް ހާއްސަ ޓީޗާސް ރޫމް އިން ނިކުމެއްޖެވެ. އައިކާ އިނާގެ ހިތްވަރުގެ ބަސްތަކުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަމަޖެހިއްޖެވެ. ކުލާހަށް ވަދެވުނުތަނާހެން އައިކާ އަދި އިނާވެސް ހުރިތަނަށް ގަބުވީ ކުރިމަތިން ފެނުނު ހަތަރު ކުދިންގެ ސަބަބަބުންނެވެ. ވަގުތުން އައިކާގެ އަދި އިނާގެ ހިތްވެސް ނުތަނަވަސްވީ ދެން ކުރިމަތި ލާންޖެހޭނީ ކޮންފަދަ ކަމަކާކަމެއް ނޭނގޭތީއެވެ. ދެކުދިންގެ ހިތުގައި ވެސް ވީ އެއްސުވާލެކެވެ. މި ކުލާހުގައި އުޅޭނެގޮތެކެވެ؟ ކިޔަވާނީ ކިހިނެތްތޯއެވެ.؟ މިފަދަ އެކި އެކި ސުވާލުތަކެވެ. އައިކާގެ ހިތި މާޒީއެވެ. .

{ ނުނިމޭ }

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!