Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބީގެ ހިނދުކޮޅު 10

Horror queen Level 210 Stories
December 31, 2021 4 Mins Read
1 Comment

 

*”ރީއްކޯ!!!” ރާޔާ ހައިރާން ވެފަ ހުރެ ބުނެލި އެވެ. ރީށާ އަށް އަޑު އިވުމުން އެ ދިމާލަށް ބަލާލި އެވެ. “ދޮންތީ؟!” ރީށާ ބިރުން ހުރެ ބުނެވުނެވެ.*

 

“ވަޓް ދަ ހެލް” އިވާން އަށް ބުނެވުނެވެ. “ރައޫފް!!!” ރާޔާ އަޑު ހަރު ކޮށް ގޮވާލިއެވެ. “ކީކޭ ދޮންތާ އަހަރެން މިހުރީ ޓީވީ ޕްރޮގްރާމް އެއްގެ މެދުތެރޭގަ އޭ” ރައުފް ބުނެލިއެވެ. “އެންމެން އެތެރެއަށް މިހާރު” ރާޔާ ބުނެލިއެވެ. ބޭރުގަ ތިބި މީހެއްވިއްޔާ ގޭތެރެއަށް ވަނެވެ. ދެން ކާމޭޒު ދޮށު ކައިރީގަ އިށީން ދެލިއެވެ. “ރައުފް ކައިރީގަ ބުނަންތަ ވެގެން މިއުޅޭ ކަމެއް” ރާޔާ ބުނެލިއެވެ. “އާން އޭރުން ދޯ އަހަންނަށް ވެސް އިނގޭނީ” ރައުފް ބުނެލިއެވެ. “މި ދެމީހުން ރީށާ އަދި ކައިޒަން އަހަރެމެން ގެއަށް އައިސް ވަތް އިރުގަ ހުރީ އެކަކު އަނެކަކަށް…” “ދޮންތީ ބަލަ ދޮންތި އާ އިވާން އާ ދެމީހުން ކުރާ ކަމަކަށް އަހަރެމެން އެއް މިޑިލް އެއް ނުކުރަން ދޯ ދެން ދޮންތީ ޕްލީޒް” ރީށާ އާދޭސް ކުރަން ފެށި އެވެ. “ހްމްމް ރީއްކޮއަށް އެއް ޗާންސް އަދި ދޭނަން އެކަމަކު މީގެން ކަމެއް ދޮންތި އަށް ދެން ފެނިއްޖިއާމު… ރީއްކޮ އަށް އިނގޭނެ” ރާޔާ މިހެން ބުނުމުން ރީށާ ހިންދިރުވާލި އެވެ. “ހަހް އައިމް ބޯރޑް ދޮންތި އާ ރީއްކޮ އާ ދެމީހުން ބިޓުން ހޯދިއިރު އަހަންނަކަށް ށެއް އަދި އަދައްވެސް ބިޓެއް ނުލިބޭ” ރައުފް ކުނި މޫނު ހަދާލި އެވެ. “އޭން ރައުފް މާހީ އަށް ކިހިނެތްތަ ވީ؟” ރާޔާ އަހައިލި އެވެ. “ވެލް ވީ ބްރޯކް އަޕް ބިކޯޒް މާހީ ބުނީ އޭނަ އަހަންނަކަށް މިހާރު އިންޓްރެސްޓް އެއް ނެތޯ އެހެންވެ އަހަރެމެން ބްރޭކް އަޕް ވީ ނޯ ބިގް… ދޮންތި އަށް ވެސް އިނގޭނެ ދޯ އަހަރެން ރައްޓެހި ވި އަންހެން ކުދިންގެ އަދަދު” ރައުފް ބުނެލި އެވެ. “ހްމްމް އަހަރެން ކާރިއަކު ބުނާކަށް ނުޖެހޭ އަހަންނަށް އިނގޭ މާހީ އާއި ލައިގެން ވާނީ 13 ” ރާޔާ މިހެން ބުނުމުން ރީށާ، ކައިޒަން އަދި އިވާން ގެ އަނގަ ތަންމިނަށް ހުޅުވުނެވެ. “13 އަންހެން ކުދިން އެންޑް އަހަރެންގެ ކަޒިން އަކީ އެންމެފަހުން ރައުފް ރައްޓެހި ވި ކުއްޖަކީ” އިވާން ބުނެލިއެވެ. “ކަޒިން؟ މާހީ އަކީ އިވާން ގެ ކަޒިންތަ؟ އެއީ ކިހިނެތް؟” ރައުފް ސުވާލު ކުރަން ފެށިއެވެ. “މާހީ އަކީ އަހަރެން ގެ ބޮޑުދާތަގެ ދަރިއެއް.. އެއީ އަހަރެން ގެ ބޮޑުދާތަ އާ އަހރެންގެ ބައްޕަ އަކީ އެއްބަނޑުއެއްބަފާ ދެ ބެން” އިވާން ޖަވާބު ދިނެވެ. “ދޮންބޭ! ދޮންބެ ތީ ޕްލޭބޯއި އެއްތަ؟” ރީށާ އަހާލިއެވެ. “ނޮޓް ރިއަލީ ދޮންބެ މީ ދަ ޕާރސަން ހޫ އޯލްވޭސް ސްޓޭސް ބިހައިންޑް އެންޑް ހޫ ގެޓްށް ލެފްޓް” ރައުފް ބުނެލިއެވެ. “ރައުފް އެހެން އަންހެން ކުއްޖެއް ހޯދާގެން އޭނަ އާ އެކު ރިލޭޝަން އެއް ފަށާބަލަ” ރާޔާ ބުނެލިއެވެ. “އާން އަހަރެން ހޯދާނަމޭ ސްޓޮޕް ވައިނިން” މިހެން ބުނެފަ ރައުފް ދިޔައީ އޭނާގެ ކޮޓަރި އަށް ށެވެ.

 

2 ހަފްތާ ފަސް…

ގޭތެރޭގަ އޮވެ އޮވެ ފޫހި ވެގެން އެންމެ ފަހުން ރައުފް ނިކުތީ ބޭރަށް ފިނި ބުރެއް ޖަހާލަން  ށެވެ. ރައުފް އޭނާގެ ސައިކަލަށް އެރިއެވެ. މާލެ ވަށާ ބުރެއް ޖެހުމަށް ފަހު ހުޅުމާލެ އަށް  ދިޔައެވެ. ރައުފް ގޮސް މަޑުކޮށްލީ ހުޅުމާލޭ ސުއިމިން ޓްރެކް ކައިރީގައެވެ. ރައުފް އެތާގައި ހުރި ޖޯލީގައި ޖައްސާލި އެވެ. ރައުފް އެތާގައި ފޯނާ ކުޅެން އިންދާ ފޫހި ވެގެން ކުރާނެ ކަމެއް ނޭންގިގެން އެންމެ ފަހުން ފޯނު ޖީބައް ލިއެވެ. “ޕިސް އަޅޭ ގެއަކު މީހެއް ނޫޅޭ އަހަރެން މިހާރު ފޫހިވެގެން ހަލާކުވަނީ އޭ” ރައުފް މިހެން ބުނެ ބޮޑާހާކާލި އެވެ. ދެން ރައުފް ގެ ނަޒަރު ހުއްޓުނީ އެތާގައި ހުރި ޖޯއްޔެއްގައި އިށީން ދެލާގެން ފޮތެއް ކިޔަން ހުރި އަންހެން ކުއްޖަކައްށެވެ. “ވެލް ދަ ޔުނިވާސް ހޭސް ސްޕޯކެން ދާންވީ އޭނަ އާ ސެޓް ވާން”ރައުފް މިހެން ބުނެފައި އެދިމާލަށް ހިނގާގަތެވެ. ނަމަވެސް ރައުފް އަށް އޭނާގެ ފިޔަވަޅު މަތީގަ ހުރެވުނީ އެ އަންހެން ކުއްޖާ ކާރިއަށް އާ ދެ ފިރިހެން ކުދިން ފެނުމުންއެވެ. އެކަމަކު ރައުފް ފަހަތް ނުބަލާ ހަމަ އެދިމާލަށް ދިޔައެވެ. “އަހަރެން މިބުނީ ތިކަހަލަ މީހަކާ އަހަރެން ދުވަހަކުވެސް ސެޓެއް ނުވާނަން”އެ އަންހެން ކުއްޖާ މިހެން ބުނި އަޑު އިވުމުން ރައުފް މަޑުކޮށްލިއެވެ. ދެން އެއަންހެން ކުއްޖާ އެމީހުން ނާދުރަށް ދާން މަސައްކަތް ކުރި އެ ނަމަވެސް އެ ދެ ފިރިހެން ކުދިން ތެރެއިން އެއް ފިރިހެން ކުއްޖަކު އޭނާގެ އަތުގައި ހިފިއެވެ. “މަށަކާ ސެޓެއް ނުވާނަމޭ އޭ ބަލަ ކަލޭ އަށް އިނގޭތަ މަށަކީ ކާކުކަން އެ..” “އޭނަ އަށް ނޭންގުނަސް މަށަށް އިންގޭ ކަލޭތީ ކާކުކަން”ރައުފް ބުނެލި އެވެ. “ޕިސް ޕިސް ހާދަ ގިނަ ދުވަހެއް ފަހުން އަނެއްކާ މި ދިމާވީ ލޯންގް ޓައިމް ބަރޯ…އޯ ސޮރީ މިހާރުތީ އަހަރެންގެ ބްރޯ އެއް ނޫނޭ ދޯ ރައުފް” އެތަނުން އެ އަންހެން ކުއްޖާގެ އަތުގައި ހިފި ފިރިހެން ކުއްޖާ ބުނެލި އެވެ. “ހާނިމް ހާނިމް ހާނިމް ދުވަހަކުވެސް ބަދަލެއް ނުވާނެ އަބަދުވެސް އަންހެން ކުއްޖަކާ ބެހެން ބޭނުންވަނީ” ރައުފް ރައްދު ދޭން ފެށި އެވެ. “އޭ ރައުފް މަ ބުނީމަ  ކަލޭގެ ކޮއްކޮ ރީށާ އެއް މަށަކަށް ސެޓެއް ނުކުރީމެއްނު ދޯ” ހާނިމް ބުނެލި އެވެ. “އޭ ރަނގަޅު ވާހަކަ އެއް ބުނަންތަ ތި އަންހެން ކުއްޖާ ދޫކުރޭ އޭރުން އަހަރެން ރީއްކޮ އާ ކަލޭ އާ ދެމީހުން ސެޓް ކޮށްދޭނަން” ރައުފް މިހެން ބުނުމުން ހާނިމް އުފަލުން އެ އަންހެން ކުއްޖާ ރައުފް ގެ ކުރިމައްޗަށް ވައްޓާލިއެވެ. “ކޮބާ ގުޅާބަ އަހަރެން ގެ ނިޔު ފިއާންސޭއަށް”ހާނިމް އުފަލުން ފޮޅޭ ވަރު ވިއެވެ. ރައުފް އެ އަންހެން ކުއްޖާ ތެދުވަން އަތް ދިއްކޮށްލިއެވެ. އެ އަންހެން ކުއްޖާ ރައުފް ގެ އަތުގަ ހިފައިގެން ތެދުވެ ރައުފް ގެ ފަހަތަށް ފިލިއެވެ. “ހަހް ޕިސް ޕިސް ހާނިމް އަހަރެން ކަލޭ މަގޭ ބްރަދަރ އިން ލޯ އަށް ހަދާނެކަމަށް ހީކުރީ ކޮން އިރަކު އެހެން ނޫނަސް ރީއްކޮ އިންޓްރެސްޓް އެއް ނުހުންނާނެ ކޯޒް ޝީ އިސް އޯލް ރެޑީ އިން އަ ރިލޭޝަން” ރައުފް މިހެން ބުނެފައި އެ އަންހެން ކުއްޖާގެ އަތުގަ ހިފާގެން ސައިކަލާ ދިމާލަށް ދިޔައެވެ. “އަރާ ދާން ބޭނުންވާތަނަކަށް ގެންގޮސްދޭނަން” ރައުފް މިހެން ބުނުމުން އެ އަންހެން ކުއްޖާ ރައުފް ގެ ފަހަތަށް އެރިއެވެ. ރައުފް  އޭނާ އެރުމުން ސައިކަލް ދުއްވާލިއެވެ. “ކޮން ނަމެއްތަ ކިޔަނީ؟” ރައުފް އެކުއްޖާ ކައިރީ އަހާލިއެވެ. “ހައިނާ” ހައިނާ އޭނާގެ ނަން ބުނެލިއެވެ. “ވެލް ހައިނާ މިހާރު އަހަރެންގެ ނަން އިނގޭ ދޯ ކޮންތާކަށް ދާން ވީ” ރައުފް އަހާލިއެވެ. “ގެއަށް މަށަކަށް ދެނެއް ހުޅުމާލެ އަކަށް ނާދެވޭނެ” ހައިނާ ބުނެލިއެވެ. “މާލޭގަތަ އުޅެނީ މަޑު ކޮށްލައްޗެ ” ރައުފް މިހެން ބުނުމުން ހައިނާ ސައިކަލުން ފޭބިއެވެ. “ކިހިނެތް ވީތަ އަނެއްކާ” ހައިނާ އަހާލިއެވެ. ރައުފް ބަހެއް ނުބުނެ ސައިކަލުގެ މަޑި ހުޅުވާފައި މަޑި ދަށުގައި އިން ހެލޮމެޓް ނެގުމަށް ފަހު ހައިނާ އަށް ދިނެވެ. “ހެލްމެޓް އަޅައިގެން އަރާ ރައިޑް އިޒް ފްރީ” ރައުފް ބުނެލި އެވެ. ހައިނާ މާގިނަ ވާހަކަ ނުދައްކާ ރައުފް ގެ ފަހަތަށް އެރިއެވެ. “ރައުފް!! އެފަހަރު ރައުފް ބުނީމެއް ނު ހާނިމް ކާރީގަ އަހަރެން ދޫކޮށްލާ ފިއްޔާމު ރައުފް ގެ ކޮއްކޮ ރީށާ އޭނައަށް ސެޓް ކޮށް ދޭނަމޭ އެފަހަރު އަހަރެން ހީކުރީ ރައުފް އުޅުނީ ރައުފް ގެ ކޮއްކޮ ސެލް އައުޓް ކުރަން ކަމަށް” ހައިނާ ބުނެލި އެވެ. “އާރ ޔޫ އިންސެއިން އަހަރެން ކީއްކުރަން އަހަރެން ގެ ކޮއްކޮ ސެލް ކުރަންވީ އެކަހަލަ ކަމެއް ކޮށްފިއްޔާމު އަހަރެން ގެ ދޮންތަ އަހަރެން މަރާލާނެ” ރައުފް ބުނެލި އެވެ. “ރައުފް ކިތައް ސިބްލިންގްސް ހުރޭ؟” ހައިނާ އަހާލި އެވެ. “2 ސިބްލިންގްސް އެއީ ރީއްކޮ އާ ދޮންތަ ” ރައުފް ބުނެލި އެވެ. “އަހަރެން ހުންނަނީ ދޮންބެ އަކާ ދޮންތަ އެއް އެމީހުން އެހާވަރަކަށް އަހަންނަކަށް އަޅައެއްނުލާނެ އެހެންވެ އަހަރެން ކޮންމެ ދުވަހަކުވެސް ހުޅުމާލެ އަށް ދަނީ”ހައިނާ މިހެން ބުނުމުން ރައުފް ކުއްލި އަކަށް ސައިކަލު ޕާކިން ލޮޓުގައި މަޑު ކޮށްލިއެވެ. ހައިނާ އަށް ރައުފް ގާގައި ބައްދާލެވުނެވެ. “ކީއްތަ އެވީ؟” ހައިނާ އަހާލިއެވެ. “ސައިކަލު ހަލާއްކުވީ… މިތާ ކާރީގަ ހުންނާނެ ގަރާޖެއް އެތަނަށް ލާފަ އަހަރެން ދާތާކަށް ދާނީ” ރައުފް ބުނެލިއެވެ. ދެން ރައުފް އޭނާގެ އަތުން ސައިކަލު ހިފައިގެން ދިޔައެވެ. ހައިނާވެސް ރައުފް ގެ އަނެއްފަޅިން ހިނގާފައި ދިޔައެވެ. “ހައިނާ ހިންގާ ނަންބާރ އެކްސްޗޭންޖު ކުރަން” ރައުފް ކުއްލި އަކަށް އަހާލުމުން ހައިނާ ރައުފް އާ ދިމާލަށް ފާޑަކަށް ބަލަން ހުރެފައި ހިނިތުން ވެލިއެވެ. “ޝުއާ ދައްކާބަ ފޯނު” ހައިނާ ބުނެލިއެވެ. ރައުފް އޭނާގެ ފޯނު ދިނުމުން ހައިނާ އޭނާގެ ފޯން ނަންބަރު ޖެހިއެވެ. “އިފް ޔޫ ފީލް ލޯންލީ ގިވްމީ އަ ކޯލް” ހައިނާ ބުނެލިއެވެ. ރައުފް ހިނިތުން ވެލިއެވެ. ހައިނާ އޭނާގެ ގެއަށް ވަނުމަށް ފަހު ރައުފް އޭނާގެ ސައިކަލު ހިފައިގެން އެތާ ކައިރީގަ ހުރި ގަރާޖަށް ސައިކަލު ލިއެވެ. އެއަށް ފަހު ރައުފް ހިންގައިގަތީ އޭނާގެ ގެއާ ދިމާލަށްށެވެ. ގެ އަށް ގޮސް ވަތް ތަނާހެން ރާޔާ އާއި ރީށާ ހުރީ ކާމޭޒު ދޮށުގަ ގޭގެ ވަންނަ ދޮރާ ދިމާލަށް ބަލަންށެވެ. ރައުފް އައިސް ވަނުމާއި އެކު ދެމީހުން އެ މީހަކު އިން ގޮނޑި އިން ތެދުވިއެވެ. “ރައުފް!! އެއީ ކޮން އަންހެން ކުއްޖެއްތަ؟” ރާޔާ ސަމާސާ ކުރުމުގެ ގޮތުން ބުނެލިއެވެ. “ކޮބާ؟ ކޮން އަންހެން ކުއްޖެއްގެ ވާހަކަތަ ތި ދައްކަނީ؟” ރައުފް ނުވާކަމަށް ހަދާލިއެވެ. “މިއަދު ދޮންބެ ހޭންގް އައުޓް ކުރި އަންހެން ކުއްޖާ ދޮންބެ އާ އޭނައާ ދެމީހުން ނަންބާރ އެކްސްޗޭންޖް ވެސް ކުރި” ރީށާ ބުނެލިއެވެ. “ކިހިނެތް އިންގުނީ؟” ރައުފް ހައިރާން ވިއެވެ.

 

❤—ނުނިމޭ—❤

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި – ޓްރެއިލަރ

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އަށްވަނަބައި)

Next
December 31, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އަށްވަނަބައި)

Previews
December 31, 2021

ވީމޭ އިންތިޒާރުގައި – ޓްރެއިލަރ

One Comment

  1. Hûdhãkkø says:
    January 1, 2022 at 1:33 pm

    Dhn kihineh a vaani
    Waiting for the next part
    Mi part VX vrh reethi

Comments are closed.

Next Episodeލޯބީގެ ހިނދުކޮޅު 11←


All Right Reserved!