Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބީގެ ހިނދުކޮޅު 9

Horror queen Level 210 Stories
December 29, 2021 6 Mins Read
0 Comments

 

*”ރައުފް؟!” ރާޔާ ހައިރާން ވި އެވެ. “ދޮންބޭ؟!”އެއާއި އެކު ރީށާ ވެސް ހައިރާން ވި އެވެ. “އާ ލޯންގް ޓައިމް ނޯ ސީ ދޮންތީ ރީއްކޯ” ރައުފް ބުނެލި އެވެ.*

 

“މީނަ މީ ކާކުތަ؟” އިވާން ރާޔާ ގާތުގަ އެއްސެވެ. “މީ އަހަންނަށް ވުރެ އެއް އަހަރު ކުޑަ ކޮއްކޮ އެއް މުހައްމަދް ރައުފް… އެއްކަލަ ދުވަހު ފޮޓާ ގަ އިން ފިރިހެން ކުއްޖާ މީ” ރާޔާ ބުނެލި އެވެ. “މަރިޔަމް ރުގިއްޔާ ގެ އާއިލާ  މޫނު ބަލާލަން އެތެރެއަށް އައުމަށް އެދެން” ނަރުސް ކުއްޖާ ބުނެލި އެވެ. މިހެން ބުނުމުން ރާޔާ ، ރައުފް އަދި ރީށާ އެ ކޮޓަރި އަށް ވަނެވެ. “މާމާ އަހންނަށް މާފް ކުރޭ އަހަރެން މާމައާ ދިމާލަށް ކުރިން ވަރަށް އެއްޗިސް ކިޔުނު އެ ކަން އަހަންނަށް އަދި ކިރިޔާ މި އިންގުނީ” ރައުފް މިހެން ބުނީ އިރު އޭނާގެ ދެ ލޯ ހުރީ ފެން ކަޅި ވެފަ އެވެ. “ދޮންބޭ ހުއްޓާލާ ޕްލީޒް” ރީށާ ބުނެލި އެވެ. “ރައުފް ހުއްޓާލާ” ރާޔާ ރައުފް ގެ ކޮނޑު މަތީގައި އޭނާ ގެ އަތަ ބޭއް ވުމަށް ފަހު ބުނެލި އެވެ. “ދޮންތީ؟!” މިހެން ބުނެފައި ރައުފް ރާޔާ ގާގައި ބައްދާލި އެވެ. “ހިންގާ؟!”މިހެން ބުނެފައި ރާޔަ ރައުފް އާއި ރީށާ ގޮވައިގެން އެ ކޮޓަރިން ނިކުތެވެ. “ރާޔާ” އިވާން ރާޔާ ފެނުމުން އޭނަ އަށް ގޮވައިލި އެވެ. “އިވާން ހިންގާ ދާން” ރާޔާ މިހެން ބުނުމުން އިވާން އާންއެކޭ ބުނަން އިސް ދަށަށް ޖަހާލި އެވެ. ކައިޒަން ވެސް އެމީހުން އާއި އެކު ދިޔަ އެވެ. ރާޔާ އަދި އިވާން އެރީ ކާރަށް ށެވެ. ކައިޒަން އަދި ރީށާ ދިޔައީ ކައިޒަން ގެ ސައިކަލާއި ދިމާލަށް ށެވެ. ރައުފް ދިޔައީ އޭނާގެ ސައިކަލާއި ދިމާލަށް ށެވެ.ދެން އެމީހުން ގެ މިސް ރާބު ހުރީ ގެއާއި ދިމާލަށް ށެވެ.

3 ހަފްތާ ފަސް….

އެނދު މަތީގަ ނިދާފަ އޮތް ރާޔާ އަށް ވިސް ނެމުން ދިޔައީ އޭނާގެ މާމަ މަތިން އެވެ. ރައުފް އޮތީ އެނދުގެ ގެކޮޅު ދެކޮޅަށް ފެރުޅީލަ ފެރުޅިލަ އެވެ. ރީށާ އޮތީ ކަމެއް ނެތިގެން ސީލިންގަށް ބަލަން ށެވެ. މިހެން އޮއްވާ ރީށާ ގެ ފޯނަށް މީހަކު ގުޅަން ފެށި އެވެ. އެއީ އެހެން މީހެއް ނޫނެވެ އެއީ ހަމަ ކައިޒަން އެވެ. “ހަލޯ” ރީށާ ފޯނު ނެގުމަށް ފަހު ބުނެލި އެވެ. “ރީ ކޭން ވީ މީޓް ރީ ގެ ގޭގެ ދޮރު ކައިރީގަ އަހަރެން މިހުރީ” ކައިޒަން މިހެން ބުނުމުން ރީށާ ކުއްލި އަކަށް ތެދު ވެފަ އޭނާ ލާގެން ހުރި ޓީޝާޓާ ސޯޓު ކޮޅާ އެކު ކޮޓަރިން ނިކުމެގެން ކުއްލި އަކަށް ދޮރު ޖެހިއެވެ. އެއާއި އެކު ގަދަ ނިދީގަ އޮތް ރާޔާ އަށް ހޭލެވުނެ އަދި ކަމެއް ނެތިގެން އެނދުގެ ދެކޮޅު ދެކޮޅަށް ފެރުޅެން އޮތް ރައުފް ސިއްސާގެން ގޮސް އެނދުން ވެއްޓުނެވެ. ދެން އެ ދެމީހުން ނިކުމެ ބަލާލި އިރު ރީށާ ނިކުމެގެން ދަނީ އެވެ.

 

ރީށާ ގޮސް ގޭގެ ގޭޓް ދޮރު ހުޅުވާލި އެވެ. ރީށާ ފެނުމުން ކައިޒަން ދިޔަ ގޮތަށް ގޮސް ރީށާ ގާގައި ބައްދާލި އެވެ. “ކައި އަހަންނަކަށް ނޭވާނެއް ނުލެވޭ” ރީށާ މިހެން ބުނުމުން ކައިޒަން ރީށާ ގައިން ދޫ ކޮށްލި އެވެ. “އޯ ސޮރީ އައި ކޭންޓް ހެލްޕް އިޓް މިހާރު ތިން ހަފްތާ ވީ އަހންނަށް ރީ ނުފެންނަ ތާ” ކައިޒަން މިހެން ބުނުމާއި އެކު އިވާން އެތަނަށް އައެވެ. “ރީށާ ކަބާތަ ރާޔާ؟” އިވާން ރީށާ ގާތުގައި އެއްސެވެ. “ދޮންތި އޮތީ ނިދާފަ އަހަރެން ނިކުތް އިރުގަ ނޭންގެ މިހާރުގެ ގޮތެއް” ރީށާ މިހެން ބުނުމުން އިވާން ވަނީ އެގޭގެ ތެރެއަށް ށެވެ. ވަތް ތަނާހެން އިވާން އަށް ރާޔާ އެތާ ކާމޭޒު ދޮށުގައި އިށީންދެގެން ކަމަކާ ދެމެދު ވިސް ވަން ހުރި ތަން ފެނުނެވެ. އިވާން ދިޔަ ގޮތަށް ގޮސް ރާޔާގެ އަތުގައި ހިފާގެން ރާޔާ ގޮވާގެން ދިޔައީ އޭނާގެ ކާރާއި ދިމާލަށް ށެވެ. ދެމީހުން ވެސް ކާރަށް އެރުމާއި އެކު އިވާން ކާރު ދުއްވަމުން ގޮސް ސިންމާލޭ ބްރިޖް މަތިން ލާފައި ގޮސް ހުޅުމާލެ އަށް އެރި އެވެ.

 

އިވާން ކާރު މަޑު ކޮށަލީ އެތާންގެ ބީޗެއް ކައިރީގަ އެވެ. ދެމީހުން ވެސް ކާރުން ފޭބުމާއި އެކު މޫދު ކައިރި އަށް ފޭބި އެވެ. “ރާޔާ ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ އެންޑް އަހަރެން ކުރާ މެސެޖަކަށް ރެސްޕޯންޑު ނުދެނީ؟” އިވާން ނުރުހުން ވެފަ ހުރެ ބުނއލި އެވެ. “އިޓްސް އޮވިއަސް އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކާ އިވާން ކަހަލަ މުއްސަނދި އާއިލާ އަކިން އާ މީހަކާ ލޯބީގެ ގުޅުން ބޭއްވުމަކީ އެހާ ރަނގަޅު ކަމެއްކަން އަހަންނަކަށް ށެއް ނުފެނޭ” ރާޔާ މިހެން ބުނުމުން އިވާން ރާޔާ އާއި ދިމާލަށް ބަލާލި އެވެ. “އެއީ ކީއްވެ؟” އިވާން ހައިރާން ވެފަ ހުރެ އަހައިލި އެވެ. “އަހަންނަކީ މައިންބަހައިންގެ ލޯބި ނުލިބި ބޮޑު ވި މީހެއް އިވާން ތީ އޭގެ އޮޕަސިޓް” ރާޔާ މިހެން ބުނެފައި އެއްގަމަށް އެރުމަށް ހިންގާގަތެވެ. އިވާން ދިޔަގޮތަށް ގޮސް ރާޔާ ގާގައި ފަހަތުން ބައްދާލި އެވެ. “ރާޔާ އައި ލަވް ޔޫ އައިލް ގޯ ކްރޭޒީ އިފް އައި ކޭންޓް ހޭވް ޔޫ އަހަންނަކަށް ށެއް ރާޔާ އާ ނުލާ ނޫޅެވޭނެ” އިވާން މިހެން ބުނުމުން ރާޔާ އަށް ރޮވެން ފެށުނެވެ. ދެން މަޑުމަޑުން އިވާން އާއި ދުރަށް ޖެހިލާފަ އިވާން އާއި ދިމާލަށް ބަލާލި އެވެ. “އިވާން އައި ލަވްޔޫ ޓޫ” މިހެން ބުނެފައި ރާޔާ އިވާން ގާގައި ބައްދާލި އެވެ. “ރާޔާ އަހަރެން ދެކެ ލޯބި ވަންޏާމު ކީއްވެތަ އަހަންނާ އެކު ބްރޭކް އަޕް ވާން ތި އުޅެނީ؟” އިވާން އަހައިލި އެވެ. “އަހަރެން ކާރީގަ މީހަކު ބުނީ އިވާން އުޅޭނީ މުދަލާހެދިގެން އޭ” ރާޔާ ބުނެލި އެވެ. “ކާކު ކާކުތަ ރާޔާ ކައިރީގަ އަހަރެން އުޅެނީ މުދަލާ ހެދިގެން އޭ ބުނީ” އިވާން ރާޔާ ކޮނޑު މަތީގަ އޭމާގެ އަތް ބާއްވާލާފައި ބުނެލި އެވެ. “މާއިން އަހަރެން ކާރީގަ ބުނީ” ރާޔާ މިހެން ބުނުމުން އިވާން ރާޔާ ގޮވާގެން ކާރަށް އެރުމަށް ފަހު މާލެ އަށް ދިޔުމަށް ދިޔަ އެވެ. ދެން އިވާން ދިޔަ ގޮތަށް ގޮސް އޭނާގެ ގޭ ކައިރީގަ މަޑުކޮށލި އެވެ.

 

ރާޔާ ގެ އަތުގަ ހިފާގެން ރާޔާ ގޮވާގެން ގޭތެރެއަށް ވަނުމަށް ފަހު މާއިން ފެނުމުން އިވާން ގެ ގާތަށް ރުޅި އައެވެ. “މާއިން!” އިވާން މިހެން ބުނުމުން މާއިން އޭނާގެ ފަހަތަށް ބަލާލި އެވެ. “އިވާން ބްރޯ އަހަރެން މިހުރީ ކަލޭ އަންނަދެކަށްށޭ” މާއިން ބުނެލި އެވެ. “މާކު ޕާޓޭ ވެލާގެން ކެލޭ އަހަރެން ކާރީގަ އުޅޭނެ ކަމެއް ނެތް…” “އިވާން ހާދަ ރުޅި އައިސްފަ ތިހުރީ މީގަ ތިން ހަފްތާ ކުރިން އިވާން އުޅުނީ އުފަލާއި މަޖަލުގަ ދެން އެއީ ކޮން އަންހެން ކުއްޖެއްތަ؟” އީޝަލް އަހައިލި އެވެ. “ދޮންތާ މަންމަ އެބަ އުޅޭތަ؟” އިވާން އަހައިލި އެވެ. “ނޫން އެކަމު އިވާން ދޮންތަ ގެ ސުވާލަކަށް އަދިވެސް ޖަވާބެއް ނުދެމެއްނު” އީޝަލް ބުނެލި އެވެ. “އެއީ އަހަރެން ރައްޓެހި ވެގެން އުޅޭ އަންހެން ކުއްޖާ އޭނައާ އަހަންނާ ދެމީހުންގެ ރިލޭޝަންޝިޕް ރުއެން ކުރަން މާއިން ހަދަހަދާގެން އޭނަކާރީގަ ބުނީ އަހަރެން އުޅެނީ މަދަލާހެދިގެން އޭ” އިވާން ބުނެލި އެވެ. “މާއިން އެ ތެދެއްތަ” އިޝަލް ބުނެލި އެވެ. “އާނ އަހަރެން އެންމެ ފުރަތަމަ ރާޔާ ދެކެ ލޯބިވީ އިވާން އާހެދި ރާޔާ އަކާ އަހަންނަކާ ވާހަކަ ދައްކާކަށް ނޫނީ އެހެން ކަންތައްތައް ކުރާކަށް ށެއް ފުރުސަތެއް އަހަންނަކަށް ށެއް ނުލިބޭ އެހެންވެ އަހަރެން ރާޔާ ކާރީގަ ބުނީ އިވާން އުޅެނީ މަދަލާހެދިގެން އޭ އިވާން ކަލޭ އަހަންނާ ރާޔާ އާދެމީހުންގެ ރިލޭޝަން އަށް ވަނީމަ…”މާއިން ބުނަން އުޅުނު އެއްޗެއް ނުބުނެވުނީސް ރާޔާ އޭނާގެ ކޯމަތީގަ އެތިފަހަރެއް އަޅުވާލި އެވެ. “މާގިން ވާހަކަ ނުދައްކާ އަހަންނާ ކަލޭ އާދެމީހުންގެ ދޭތެރޭގަ އޮތީ ކޮން ގުޅުމެއް އަހަރެން މީގެން ދުވަހަކުވެސް ނޯންނާނެ އެއްވެސް ރިލޭޝަން އެއް އަހަރެން ގެ ލައިފް އަށް ބަދަލުގެނައީ ހަމަ އެންމެ މީހެއް އެއީވެސް އިވާން.. އިވާން ނެތްނަމަ މިހާރު އަހަންނާ އަހަރެން ގެ ދެ ކޮއްކޮ ހުންނާނީ ބަނޑަށް ޖެހިފަ  އަދި ފޮނި އަނގަ އެބަ ތަޅައެއްނު އަހަރެން ބުނަންތަ ރަނގަޅު ވާހަކަ އެއް އަހަރެން ރުޅި އައިސްފިއްޔާމު ނޯންނާނެ ސަމާސާ އެއް” ރާޔާ ރުޅި އަރާފަ ހުރެ ބުނެލި އެވެ. “އިވާން ރަނގަޅު ގާލްފްރެންޑް އެއް އެހުރީ ލިބިފަ ކޮންގްރާޑްސް” އީޝަލް ބުނެލި އެވެ. “މި ތާންގަ ކީއްތަ މި ވަނީ ދެން މީ ކޮން އަންހެން ކުއްޖެއްތަ؟” ނިޝާނާ އައިސް ގެއަށް ވަތް ތަނާހެން ބުނެލި އެވެ. “މަންމާ!! މީ ރާޔާ އަހަރެން…” “ރައްޓެހި ވެގެން އުޅޭ ކުއްޖާ” އިވާން އަށް ބުނަން އުޅޭ އެއްޗެއް ނުބުނެވުނީސް ނިޝާނާ ބުނެލި އެވެ. “މަންމަ އަށް ކިހިނެތް ތަ އިނގުނީ؟” އިވާން ވާނުވާގަ ހުރެ ބުނެލި އެވެ. “މަންމަ އެއްނު ކިޔަނީ ދޯ މަންމަ އިވާން އެއްދުވަހަކު މިތާ ސިޓިން ރޫމްގަ ނިދާފަ އޮއްވާ ދަރިފުޅުގެ ފޯނަށް މެސެޖެއް އައީ މަންމަ ދެން އެ މެސެޖް ކިޔާލީން އޭގަ ބުނެފަ އޮތީ ‘ގޫޑް ނައިޓް އިވާން އައި ލަވް ޔޫ’ މިހެން ދެން މަންމަ އޭތި ފޮނުވި މީހާ ބަލާލީން ބަލާލި އިރު ދަރިފުޅު ލިޔެފަ އޮތީ ރާޔާ ދެން އޮތީ ހިތެއް އެ ހިސާބުން މަންމަ އަށް އިނގިއްޖެ ދަރި ފުޅު އުޅެނީ ރާޔާ އާ ރައްޓެހި ވެގެން ކަން” ނިޝާނާ މިހެން ބުނުމުން އިވާން އޭނާގެ މޫނު މަތީގަ އަތް އަޅާލި އެވެ. “އިވާން އަހަރެން ގެއަށް ލާދީފާނަން ތަ ނޭންގެ މިހާރު ރީއްކޮ އާ ކައިޒަން ކުރާ ކަމެއް” ރާޔާ މިހެން ބުނެފަ ހިންގާ ގަތީ އެ ގޭން ނިކުންނުމަށް ށެވެ. “މަޑު ކުރޭ އަދި އަލަށް ށެއްނު ތި އައީ އަހަރެމެންގެ ގެއަށް އެންމެ ކުޑަމިނުން ކޮންމެސް އެއްޗެއް ކާލާގެން ދޭބަ އަހަރެމެން މީ މިހާރު ރާޔާ ގެ އާއިލާ މީހުންނޭ” ނިޝާނާ ހެޔޮ ހިތުން ބުނެލި އެވެ. “އެހާ ގިނަ ދުވަހަކު އެއް ނުހުންނާނެ ރާޔާ އަހަރެން ރާޔާ އަހަރެންގެ މިލްކަކަށް ހަދާނަން” މާއިން ޖެލެސް ވެފަ ހުރެ ބުނެލި އެވެ. “އަރްޤް މާއިން ގިވް އިޓް އަޕް އަހަރެން މީގެން އެއްހާސް އަހަރު އުޅެން ޖެހުނަސް މާއިން ދެކެ ލޯތްބެއް ދުވަހަކުވެސް ނުވާނަން އެއީ ވައުދެއް” ރާޔާ މިހެން ބުނުމުން މާއިން ރުޅި އައިސް ގެން އެގޭން ނިކުތެވެ. “އޯ އެއީ ދޮ މި އިވޭ ހަޅޭގަނަޑަކީ” ނިޝާނާ މިހެން ބުނެފައި ދިޔައީ ބަދިގެ އަށް ށެވެ.

 

މާ ގިނަ އިރެއް ނުވޭ ނިޝާނާ ކާ އެއްޗިސް މޭޒު މައްޗައް އެރުވި އެވެ. “ރާޔާ!! ރާޔާ މައިންބަފައިން ނާ ބައްދަލި ކޮށްލަން އަހަރެން ވަރަށް ބޭނުން” ނިޝާނާ ހުރެލާފަ ބުނެލި އެވެ. އިވާން އެ ވަގުތު ރާޔާ އާ ދިމާލަށް ބަލާލި އެވެ. “އަހަރެންގެ މައިންބަފައިން  ނެއް ނެތް” ރާޔާ ބިނެލި އެވެ. “އެއީ؟” ނިޝާނާ ރާޔާ ކައިރީގަ ބުނެލި އެވެ. “މަންމާ!! ހުއްޓާލާ” އިވަން ބުނެލި އެވެ. “އަހަރެން ގެ މަންމަ ކާރު އެކްސިޑްޓް އަކުން ވަނީ މިދުނިއެ ދޫކޮށް ގޮސްފަ އަހަރެން ގެ ބައްޕަ އެހެން މީހަކާ އިނދެގެން އުފާ ވެރި ދިރި އުޅުމެއް އުޅެމުން ދަނީ ދެން އަހަރެންގެ މާމަ އިހައް ދުވަހަކު ވަނީ ހާޓް އަޓޭކަކުން ނިޔާ ވެފަ” ރާޔާ ބުނެލި އެވެ. “ރާޔާ ކަމެއް ބޭނުން ވެއްޖިއްޔާމު އަހަރުމެން ކާރީގަ ބުނެލާ އޭރުން އެ ކަމެއް އަހަރެމެން ކޮށްދޭނަން” ނިޝާނާ ރާޔާ ގާގައި މަޑުމަޑުން ފިރުމާލަމުން ބުނެލި އެވެ. ނިޝާނާ މިހެން ބުނުމުން އިވާން ހިނިތުން ވެލި އެވެ.

 

ކާ ނިމުމުން އިވާން ރާޔާ ގޮވާގެން ގެއަށް ލަން ދިޔަ އެވެ. ރާޔާ މެންގޭ ކައިރީގަ މަޑު ކޮށް ލުމަށް ފަހު ދެމީހުން ވެސް ކާރުން ފޭބި އެވެ. “އަމް…ރާޔާ” އިވާން ރާޔާ އަށް ގޮވާލި އެވެ. “ކީކޭ އިވާން” ރާޔާ އިވާން އާއި ދިމާލަށް ބަލާލުމަށް ފަހު ބުނެލި އެވެ. އިވާން ރާޔާގެ އަތުގެ ކުޑަހުޅުގަ ހިފާފައި ރާޔާ އޭނާގެ ގާތަށް ގެނަ އެވެ. އަދި އިވާން ރާޔާގެ ކޮލަށް ދޮނެއް ދިނެވެ. “އިވާން؟! އަމް” “އިންވައިޓް މީ އޯވާ”އިވާން ރާޔާ ގާތުގަ ބުނެލި އެވެ. “އޯކޭ” ރާޔާ ބުނެލި އެވެ. ދެން ދެމީހުން ދިޔައީ ގޭތެރެއަށްށެވެ. ރާޔާ އަދި އިވާން އަށް މަޑު ޖެހުނީ ފެންނަމުން ދިޔަ ކުޅި ފެނުމުން ނެވެ. “ރީއްކޯ!!!” ރާޔާ ހައިރާން ވެފަ ހުރެ ބުނެލި އެވެ. ރީށާ އަށް އަޑު އިވުމުން އެ ދިމާލަށް ބަލާލި އެވެ. “ދޮންތީ؟!” ރީށާ ބިރުން ހުރެ ބުނެވުނެވެ.

 

❤—ނުނިމޭ—❤  

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ސިއްރެއް ނުވާނޭ…. 4

Next

ހޮޓެލްގެ ސިއްރު 7

Next
December 29, 2021

ހޮޓެލްގެ ސިއްރު 7

Previews
December 28, 2021

ސިއްރެއް ނުވާނޭ…. 4



All Right Reserved!