Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބީގެ ހިނދުކޮޅު 8

Horror queen Level 210 Stories
December 26, 2021 5 Mins Read
1 Comment

 

*ރާޔާ ހެނދުނު ރީތި ވެލާގެން ނިކުތީ ސައި ބުއިމަށް ށެވެ. ސައި ބޯނިންމާފައި ދަބަސް ހިފައިގެން އެތާންގައި ހުރި ހީލް އަކަށް އެރުމަށް ފަހު ނިކުތީ ބޭރަށް ށެވެ. ބޭރުގަ އިވާން ހުރީ އޭނާގެ ކާރު ކައިރީގައި މަޑު ކޮއްގެން އެވެ. “ވާން!!” ރާޔާ ގޮވައިލި އެވެ. “ރާޔާ!!” އިވާން ރާޔާ އަށް ގޮވާލުމަށްފަހު އޭނާގެ އަތުގައި ހިފި އެވެ. އެވަގުތު ރީށާ އަށް މިމަންޒަރު ފެނުނެވެ. “ދޮންތީ!!!” ރީށާ ހައިރާން ވެފަ ހުރެ ގޮވާލި އެވެ.*

 

“ރީއްކޯ!! ކޮންޕެނީ އަށް ދާން ތަ ތިދަނީ” ރާޔާ ނުވާކަމަށް ހެދިލާފަ ބުނެލި އެވެ. “އާން ދޮންތީ މީ އެއްކަލަ މީހާ އަހަރެން ގެ އަތުން އައިސްކޮރީމް ތައްޓެއް ވެއްޓިގެން ދޮންތި އާދިމާލަށް ހަޅޭއް ލެއްވި މީހާ” ރީށާ އިވާން އާއި ދިމާލަށް އިންގިލި ދިއްކޮލުމަށް ފަހު ބުނެލި އެވެ. “ހެހެ ރީއްކޯ މީ ދޮންތިގެ ބޯއިފްރެންޑް” ރާޔާ އިވާން ގެ އަތުގައި ހިފުމަށް ފަހު ބުނެލި އެވެ. “ބޯއިފްރެންޑް؟! އޭގެ މާނަ އަކީ މީއަހަރެން ގެ ޅިޔަނޭ ދޯ… ގޫޑް ލަކް ދޮންތީ” ރީށާ ފޮނިވެލާފައި ބުނެލި އެވެ. “ރީއްކޯ!! ކޮބާތަ ކައިޒަން އޭނަ ބުންޏެއް ނު ރީއްކޮ ބަލާ އަންނާނަމޭ ކޮބާތަ އަހަރެން ގެ ޅިޔަނު؟” ރާޔާ ހަށަން ބަނުމަށް ފަހު ބުނެލި އެވެ. “ރާޔާ އަހަރެމެން ގެ ޕްރެޒެން ޓޭޝަން ފަށާނެ 9:00 ޖަހާއިރަށް ހިންގާ އަވަހަށް ދާން” އިވާން ގަޑިބަލާލި އެވެ. “ރީއްކޯ 11:00 އިރަށް ވާނެ ކައިޒަން ގޮވާގެން ރަސް ފަންނުބީޗް ކައިރިއަށް އަންނަން އޯކޭ” ރާޔާ ވަރަށް ސީރިއަސް ކޮށް ބުނެލި އެވެ. “އޯކޭ ދޮންތީ” ރީށާ ބިރުން ހުރެ ބުނެލި އެވެ. “ގުޑް… އިވާން ހިންގާ ދާން” މިހެން ބުނެފައި ރާޔާ އެރީ ކާރަށް ށެވެ. އިވާން ކާރަށް އެރުމަށް ފަހު ކާރި ދުއްވަން ފެށި އެވެ.

 

މާގިނަ އިރެއް ނުވޭ ކޮންޕެނީ އާ ހިސާބަށް ފޯރި އެވެ. ރާޔާ އާއި އިވާން އަވަސް ވެ ގަތީ މީޓިން އަށް ގަޑި ނުޖެހި ދިޔުމަށް ށެވެ. ދެމީހުން ނަށް ވެސް މީޓިން ރޫމް އަށް ފޯރުނީ ހަމަ ކިރިޔާ އެވެ. “ޕީ.އެޗް.އެލް ކޮންޕެނީ ގެ ޗެއާރމެން މުހައްމަދް އިވާން އަދި އޭނާގެ ރައިޓް ހޭންޑެޑް ވުމެން ފާތިމަތް ރާޔާ ވެލްކަމް އަހަރެމެން މި މަޑު ކުރަނީ ތި ދެމީހުން އަންނާނެކަމަށް އުންމީދު ކޮށް ގެން ހިންގާ ދެން މީޓިން ފައްޓަން ދޯ” އެތާން ގައި ހުރި އެހެން ކޮންޕެނީ އެއްގެ ޗެއާރމެން އެއް ބުނެލި އެވެ. ރާޔާ އާއި އިވާން ގޮސް އެތާންގައި ހުރި ހުސް ގޮނޑިތަކެއް ގައި އިށީން ދެލި އެވެ.އަދި އެހެން ކޮންޕެނީ ތަކުގެ ޕްރެޒެންޓޭޝަން އަޑު އަހަން ފެށި އެވެ. ބާ ގަޑިއިރު މަޑުކޮށް ލުމަށް ފަހު ނަސީބަކުން ރާޔާ އާ ހިސާބަށް ދެވުނެވެ. ރާޔާ ޕްރެޒެންޓް ކުރާ ތަނަށް ގޮސް ހުއްޓުމަށް ފަހު ޕްރެޒެންޓް ކުރަން ފެށި އެވެ. “ރާޔާ ހާދަ ކާލްމް ކޮށް އެ އުޅެނީ އަހަންނަށް ރާޔާ ކަހަލަ މަޑުމާތިރި އަންހެން ކުއްޖަކާ ރައްޓެހިވެވުން މީ އަހަރެންނަށް ލިބުނު ނަސީބެއް” އިވާން ހިތާހިތުން ބުނެލި އެވެ. ރާޔާ މިހުރިހާ އެއްޗެއް ޕްރެޒެންޓް ކުރާކަށް މާގިނަ އިރެއް ނުނަގައެވެ. “ރާޔާ ހާދަ އަވަހަކާ ތި ނިންމާލީ އަދި އެއުޅެނީ ބާގަޑި އިރުވެސް ނުވެގެން” އިވާން ސިއްރު ސިއްރުން ރާޔާ ގެ ކަންފަތް ބުޑިދަށުގައި ބުނެލި އެވެ. “އަހަރެން ނަގާނީ އެން މެ 15 މިނެޓް ޕްރެޒެންޓް ކުރަން” ރާޔާ ބުނެލި އެވެ. “އަސްލުތަ؟”އިވާން އެއްސެވެ. “އާން އިރުކޮޅަކުން މި މީޓިން ނިމޭނެ މާގިނަ އިރެއް ނެތް” ރާޔާ އެއް މިޔަކަޅިން ހީލާހައި ބުންޏެވެ. “އޯކޭ އެއީ އެންމެ ފަހު ޕްރެޒެންޓޭޝަން މިހާހިސާބުން މި މީޓިން މި ނިމުނީ ދެން އަންނަ މީޓިން އެއް ގަ އަހަރެމެން ދިމާވާނެކަމަށް އުންމީދު ކުރަން ޝުކުރިއްޔާ ވަޑާގެން ތިބި އެންމެހާ ބޭފުޅުން އާއި ބޭކަނބަލިންއަށް” މީޓިން ގެ އެންމެ އިސް ކޮށް ހުންނަ މީހާ ބުނެލި އެވެ.

 

“އިވާން!!” ރާޔާ އިވާން އަށް ގޮވާލި އެވެ. “ކީކޭ!!” އިވާން ބުނެލި އެވެ. “މިހާރު ގަޑިން ކިހާވަރެއް ވެއްޖެ ތަ؟” ރާޔާ އެއްސެވެ. “11:00 ޖަހަން 10 މިނެޓް”އިވާން ގަޑި ބަލާލާފައި ބުނެލި އެވެ. “އޭ ހިންގާ އަވަހަށް ދާން ރީއްކޮ ހުންނާނެ ކައިޒަން ގޮވައިގެން މިހާރު ގޮސް” މިހެން ބުނެފައި ރާޔާ އިވާން ގެ އަތުގައި ހިފާ ދަމަން ފެށި އެވެ. ކާރާ ހިސާބަށް ދެވުމުން އަވަހަށް ކާރަށް އެރުމަށް ފަހު ކާރު ދުއްވަން ފެށި އެވެ.

 

“ކޮބާތަ ރީށާ ގެ ދޮންތި އަހަރެން ވަރުބަލި ވެއްޖޭ މިތާން ގައި ކޮޅަށް ހުރެ ހުރެ” ކައިޒަން ބަހަނާއެއް ދައްކަން ފެށި އެވެ. “އަހަރެމެން ހަމަ ދެންމެ މި އައީ އަދި އާތާ 2 މިނެޓް އެވީ” ރީށާ ލާނެތް ގޮތަކަށް ބުނެލި އެވެ. “ރީ އަހަންނަށް އިންގޭ ރީ ތިހެން އަހަންނާ ވާހަކަ ދެއްކިޔަސް ރީ އަހަރެން ދެކެ ވާ ލޯބި” ކައިޒަން ރީށާ އަތުގައި ހިފުމަށް ފަހު އޭނާގެ މޫނާ ކައިޒަން ގެ މޫނު ކައިރި ކޮށްލި އެވެ. އެވަގުތު ރާޔާ އަދި އިވާން އަށް އެ މަންޒަރު ފެނުމުން ދެމީހުން ގެ އަނގަ ހުޅުވުނުހާ ބޮޑަކަށް ހުޅުވުނެވެ. “ލަދެއްނުގަނޭތަ އަހަރެމެން މިހުރީ ޕަބްލިކް ތެރޭގައޭ” ރީށާ ކައިޒަން މޫނުމަތީގަ މަޑުމަޑުން ޖަހާލިމަށް ފަހު ބުނެލި އެވެ. “ރީއްކޯ!!!” ރާޔާ ރީށާއަށް ގޮވައިލި އެވެ. “ދޮންތީ! ލުކް އައިކޭން އެކްސްޕްލެއިން އަސްލު ވީގޮތަކީ..” “އައިމް ޕްރައުޑް އޮފް ޔޫޓޫ އަސްލުވެސް ދޮންތި އަބަދުވެސް އުންމީދު ކުރީން ރީއްކޮ ރައްޓެސް ވާނީ ކައިޒަން އާކަން ދަންތި އަށް ކުރިން ވެސް އިންގުނު”ރާޔާ ހީލާފައި ބުނެލި އެވެ. “ދޮންތީ!!! ދޮންތި އާ އަހަރެން ގެ ޅިޔަނާ ދެމީހުން ދޭތެރޭގަ އޮންނަ ވާހަކަ ކިޔާދީބަލަ؟” ރީށާ އާދޭސް ކުރަމުން ދިޔަ އެވެ. “އޯކޭ އަހަރެމެން މީ ސުކޫލު ދައުރުގަ ވަރަށް އެކުވެރިކޮށް އުޅެމުން އާބައެއް މި ހުރިހާ ކަމެއް ހުއްޓުނީ އަހަރެންގެ ސެލްފިޝް ކަމުން އަހަރެން ރާޔާ ކާރީގަ 10 އަހަރުގެ ކޯހެއް ހަދަންށޭ ކިޔާފަ 5 އަހަރު ތެރޭގަ މާލެ އައީ އެއްކަލަ އައިސްކޮރީމް ރީށާ އަތުން އަހަރެންގެ ބޫޓައް އެޅުނެއްނު ދުވަހެއް އެއީ އަހަރެން މާލެ އާފުތަމަ ދުވަސް އަހަރެން ވަރަށް ހާރޓް ފުލް އެއްޗިސް ރީށާ އަދި ރާޔާ އާ ދިމާލަށް ކިޔުނު އެހެން ވެ އަހަންނަށް މާފު ކުރޭ ދެން މީގެ ފަހުން އެކަހަލަ އެއްވެސް ކަމެއް އަހަރެން ގެ ފަތާތަކުން އެއް ނުފެންނާނެ އޯކޭ”އިވާން މާފައްއެދުނެވެ. “ޅިޔަނަކަށް ރަނގަޅު ވީހާވެސް” ރީށާ އެއްބަސް ވި އެވެ. “ރީއްކޯ ތެންކި ޔޫ” ރާޔާ އުފަލުން ފޮޅުނެވެ.

 

 މި ކަހަލަ އުފާވެރި ގަޑި އެއްގަ ހުއްޓާ ރާޔާ ގެ ފޯނަށް ކޯލް އެއް އާއަޑު އިވެމުން ދިޔަ އެވެ. “ހަ..” “ތީ ފާތިމަތް ރާޔާ ތަ؟” ރާޔާ ބުނަން އުޅޭ އެއްޗެއް ނުބުނެވުނީސް ފޯނުގަ އިން މީހާ އަހާލި އެވެ. “ލައްބަ އަހަންނަކީ ފާތިމަތް ރާޔާ ކިހިނެތް ވީތޯ” ރާޔާ ރީތި ބަހުން ބުނެލި އެވެ. “މަރިޔަމް ރުގިއްޔާ ކުއްލިހާލަތެއްގަ އޮޕަރޭޓިން ރޫމް އަށް ވައްދާފި” ފޯނުގަ އިން މީހާ ބުނެލި އެވެ. “ކީކޭ؟! އާދެ އަހަންނާ އަހަރެން ގެ ކޮއްކޮ އެބަ ދަން ވަރަށް އަވަހަށް” ރާޔާ މިހެން ބުނެފައި ފޯނުބޭއްވި އެވެ. “ދޮންތީ ކިހިނެތް ތަ ވީ އަނެއްކާ” ރީށާ އަހައިލި އެވެ. “މާމަ ކުއްލި ހާލަތަކަށް އޮޕަރޭޓިން ރޫމް އަށް ވައްދާފި” ރާޔާ ބުނެލި އެވެ. “ހިންގާ އަވަހަށް ދާން.. ކައިޒަން ރީށާ ގޮވާގެން ދޭ އޯކޭ އަހަރެން ދާނަން ރާޔާ ގޮވާގެން” އިވާން މިހެން ބުނެފައި ރާޔާ ގެ އަތުގައި ހިފާގެން އަވަހަށް ކާރަށް އެރި އެވެ. ކައިޒަން ރީށާ ގޮވާގެން ސައިކަލާ ދިމާލަށް ދިޔަ އެވެ. އިވާން ކާރު ސްޓާޓް ކޮށް ފައި ދުއްވުނުހާ ބާރަކަށް ދުއްވަން ފެށި އެވެ. ކާރުގޮސް ހުއްޓުވީ އޭޑީކޭ ހޮސްޕިޓަލް ކައިރީ ގައި ހުރި ޕާކިން ލޮޓްގައި މަޑުކޮށް ލި އެވެ. ދެމީހުން ވެސް އަވަހަށް ފާބާގެން އެތާންގައި ހުރި ކައުންޓަރާ ދިމާލަށް ދިޔަ އެވެ. “މަރިޔަމް ރުގިއްޔާ” ރާޔާ އެއްސެވެ. “މަޑުކޮށްލައްޗެ އެންމެ ފުރަތަމަ ފެންނަން ހުރި އޮޕަރޭޓިން ރޫމް ގަ” ކަނުންޓަރުގަ އިން ކުއްޖާ ބުނެލި އެވެ. “ތެންކި ޔޫ” ރާޔާ މިހެން ބުނުމާއ އެކު ރީށާ އަދި ކައިޒަން އައެވެ. “ދޮންތީ؟!” ރީށާ ގޮވާލި އެވެ. “އަވަސް ހިންގާ ” ރާޔާ މިހެން ބުނެފައި ބާރަށް ހިންގަން ފެށި އެވެ. މާގިން އިރެއް ނުވޭ އެހިސާބަށް ދެވުނެވެ. އެ ވަގުތު ޑޮކްޓަރު ވެސް އޮޕަރޭޓިން ރޫމް އިން ނިކުތެވެ. “މަރިޔަމް ރުގިއްޔާ ދެ އާއިލާ” ޑޮކްޓަރު ކައިރީގަ ހުރި ނަރުސް ކުއްޖާ ބުނެލި އެވެ. “ލައްބަ އެއީ އަހަރެމެން” އިވާން ބުނެލި އެވެ. “ވަރަށް ބޮޑަށް މާފް ކުރޭ މަރިޔަމް ރުގިއްޔާގެ މިއަދު މެންދުރު ކުރީގެ 11:40 ގަ ވަނީ މި ދުނިޔެ ދޫކޮށް ގޮސް ފަ”ޑޮކްޓަރު މިހެން ބުނުމުން ރާޔާ ބިން މަތީގަ އިށީންދެލެވުނެވެ. އަދި އޭނާގެ ދެ ލޯ ވަނީކަރުނައިން ފުރިފަ އެވެ. “މާމާ؟!” ރާޔާ މިހެން ބުނެފައި މޫނު މަތީގައި އަތް އަޅާލި އެވެ. އިވާން  ރާޔާގެ ކޮންޑު ކައިރީގަ ހިފުމަށް ފަހު އޭނާ ކޮއްޅަށް ނަގާގެން އެތާން ގައި ހުރި ގޮނޑި އެއްގައި ބެހެއްޓި އެވެ. “ރާޔާ ދެން ހުއްޓާލަބަ ޕްލީޒް…އަހަރެން ވެސް މީ މިހާރު ރާޔާ ކަހަލަ މީހެކޭ” އިވާން މިހެން ބުނުމުން ރާޔާ އިވާން ގެ މޫނަށް ބަލާނި އެވެ. “އެއީ” ރާޔާ އެއްސެވެ.

 

“އަހަރެން އުމުރުން އެންމެ 4 އަހަރު ތެރޭސް އަހަރެންގެ ބައްޕަ ކާރު އެކްސިޑެންޓް އަކުން ވަނީ މި ދުނިޔެ ދޫކޮށް ގޮސްފަ އަހންނަށް އިންގޭ ރާޔާ އަށް ހާރޓިން ވާކް” އިވާން ބުނެލި އެވެ. “ދޮންތީ ކޮބާ މާމަ؟” އެތަނަށް އާ ފިރިހެން ކުއްޖަކު ރާޔާ ގާތުގައި އަހާލި އެވެ. “ރައުފް؟!” ރާޔާ ހައިރާން ވި އެވެ. “ދޮންބޭ؟!”އެއާއި އެކު ރީށާ ވެސް ހައިރާން ވި އެވެ. “އާ ލޯންގް ޓައިމް ނޯ ސީ ދޮންތީ ރީއްކޯ” ރައުފް ބުނެލި އެވެ.

 

❤—ނުނިމޭ—❤

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

އަބަދުވެސް ކަލާދެކެ ލޯބިވާނަން 4

Next

ސިއްރެއް ނުވާނޭ… 3

Next
December 26, 2021

ސިއްރެއް ނުވާނޭ… 3

Previews
December 26, 2021

އަބަދުވެސް ކަލާދެކެ ލޯބިވާނަން 4

One Comment

  1. Hûdhãkkø says:
    December 26, 2021 at 11:34 pm

    Waiting for next part ????
    Vaahaka vrh reethi ????

Comments are closed.

Next Episodeލޯބީގެ ހިނދުކޮޅު 9←


All Right Reserved!