ހޮޓެލްގެ ސިއްރު 7
ފެނިފައިވާ މަންޒަރު ތަކުން ، އިތުރު ކަމެއް ކުރުމުގެ ހިތްވަރުވެސް ވަނީ ގެއްލިފައެވެ.އެހެންކަމުން އާދަމް ވަނީ މި ބިކަ ހާލުުގައި ދިރިއުޅުމަށް މަޖުބޫރު ވެފައެވެ.
*************************************************************
“މީ ދޯ މިވީ ގޮތަކީ؟ އެ ދުވަހުން ފެށިގެން މިހާރުވެސް ތި މަސައްކަތް ކުރަނީ އެ ފޮތް ވަޅުލުމުގަ؟”. ލައިރާ ސުވާލުކުރިއެވެ. މެނޭޖަރު ޖަވާބުގައި އާއެކޭ ބުނެލިއެވެ.މަރީ އަކީ 5 އެކުވެރިންގެ ތެރެއިން އެންމެ ހިތްބަލި އެކުވެރިޔާ ކަމުން ، މެނޭޖަރުގެ އަސްލު ހަގީގީ ވާހަކަ ކިޔައިދިނުުމުން މަރީ ފެންކަޅިވިއެވެ.”މަރީ، ކީއްވެ ރޮނީ؟” އިވި ސުވާލުކުރީ މަރީގެ ލޮލުން ކަރުނަ ތިކިތައް ފުހެމުން ދާތީއެވެ.” މެނޭޖަރުގެ ހާދިސާ ކިޔައިދިނުމުން މާބޮޑަށް އަސަރު ގަދަވީ…” އިވީ މަރީއާ އެއްބަސް ވުމުގއ ގޮތުން މަރީގެ ކޮނޑުމަތީގައި އަތަޖަހައިލިއެވެ. ” މެނޭޖަރު ތި ބުނީ އެއްނު ފޮތެއް ވަޅުލުމުގެ ވާހަކަ.. އަދިވެސް ތި މަސައްކަތް ކުރަނީ އެކަމުގަތަ؟” ރައިޝާ ވެސް ސުވާލު އުފެދުނެވެ.” އާނ.. އަދިވެސް އެކަމުގަ…އެކަމަކު އާރާއަށް އެ ފޮތް ފެނުމުގެ ބިރުގަ މިކަން ނުވެފަ މިހުރީ….”
“އަހަރުމެން އެހީތެރިވާނަން ތިކަމުގަ”. ލައިރާ މިހެން ބުނުމުން އެންމެން ލައިރާއާ ދިމާލަށް ބަލައިލިއެވެ.”ނޫން .. މިކަމުގެ ތެރެއަށް ތިކުދިން ވައްދާކަށް ބެނުމެއް ނޫން…” މެނޭޖަރު ބުންޏެވެ.އެހެންނަމަވެސް، ލައިރާ މެނޭޖަރުގެ ބަސް ގަބޫލެއް ނުކުރިއެވެ.ލައިރާ ބޭނުންވަނީ ކޮންމެހެނެއް ހަދައިގެންވެސް މި ނާމާން ‘ޖިންނި’ ގެ ކިބައިން އެންމެން ސަލާމަތްވެ،އެކަކަށްވެސް މީގެ އަސަރު ނުފޯރުމަށެވެ.ހަމަގައިމު ވެސް މި 5 އެކުވެރިންނާ އެކު މެނޭޖަރުގެ މިހާރިގެ ހާލަތު ވަނީ ރީޅާލެވިފައެވެ. އަދި އާރާގެ ހާލަތު މާ ދެރައެވެ.ފާއިތުވެ ދިޔަ 1 ހަފްތާގެ ތެރޭގައި ދުވަހަކުވެސް ފެނިފައިނުވާ ހައިރާންކުރަނިވި ކަންތައްތައް ދިމާވެ، ވިސްނާލުމުން ފެނިފައިވާ މަންޒަރުތަކުން ފޮހެވިގެން ނުދެއެވެ.
އެންމެފަހުން މެނޭޖަރު،ލައިރާމެން އެހީތެރުވުމަށް އެއްބަސްވިއެވެ.”ކީއްކުރާނީ؟ ޕްލޭނެއް އެބަ އޮތްތަ؟”ރައިޝާ ބުނެލިއެވެ.” އާނ، އެންމެން ވެސް ބައި ބަޔަށް ބަހާލީމަ ފަސޢހަވާނީ..އެއްބަޔަކު އާރާ ގޮވައިގެން ވީހާވެސް އެންމެ ދުރަށް ގެންދެވޭތޯ މަސައްކަތްކުރާނީ..އަނެއް ބަޔަކު މެނޭޖަރަށް ސިގްނަލްއެއް ދޭން ހުންނާނީ..ދެން މެނޭޖަރާ އެކީ ކޮންމެވެސް އެކަކު ހޮޓެލްގެ ބިއްދޮށުގަ މަޑުކުރާނީ.”.”ތީ ވަރަށް ރަނގަޅު ހިޔާލެއް..މިފަހަރު އަހަރެން ސަލާމަތްވާނެ”.ދެންމެ ދެންމެ ފޮޅުނު ފިފެންމަލެއްހެން މެނޭޖަރު ނަށަމުން ގެންދިޔައެވެ.” ޑާންސް ކުރާ ވަގުތެއް ނޫނޭ މީ..އަދި ޑާންސް ކުރެވޭނީ މި ޕްލޭން ވޯކް ކޮށްގެނެއްނު…ލައީ، ޔަގީންކަން އެބަ އޮތްތަ އަހަރުމެން މިރަށުން ފައިބައިގެން އަވަހަށް ދާން؟” މަރީ ސުވާލުކުރިއެވެ. ” އާނ..މިފަހަރު އެއްކޮށް ނިންމާލާނީ…އެހެންވީމަ އިވީ އާ ރައިޝާ އާރާ ގޮވައިގެން ދާނީ..އޯކޭތަ؟”.”އޯކޭ” ރައިޝާ އާ އިވީ އެއްފަހަރާ ބުނެލިއެވެ.” ލައިމް އާ މަރީ ހުންނާނީ ސިގްނަލް ދޭން…މަށާ މެނޭޖަރާ ދެން ހުރި މަސައްކަތް ކުރާނީ..”.އެންމެން އުއްމީދުގައި މަސައްކަތަށް ތައްޔާރުވަމުން ދިޔައެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ އިރު އެރުމުގެ ކުރިން ލައިރާ، މަރީ،ރައިޝާ،ލައިމް،އިވީ އަދި މެނޭޖަރު ތެދުވެ، ބޭރަށް ސިއްރު ސިއްރުން ނިކުތެވެ.އެވަގުތު އާރާ ވަނީ ވަރަށް ފުން ނިދީގައެވެ.ފަތިހުގެ ފިނި ވައިރޯޅިތައް އެންމެން ގައިގައި ބީހެމުން ދިޔައެވެ.ގަޑިން 5 ޖެހުމާއެކު އެންމެން ވަކިވިއެވެ.މެނޭޖަރާއި ލައިރާ މިސްރާބު ޖެހީ ހޮޓެލްގެ ބިއްދޮށަށެވެ.ލައިމްއާ އެކު މަރީ ފިލަން ދިޔައީ ހޮޓެލްގެ ބިއްދޮށުގެ އިދިކޮޅު މަގުގައެވެ.ދެން އެންމެ ބޮޑު މަސައްކަތް ކުރަން ޖެހިފައިވަނީ އިވީ އާއި ރައިޝާއަށެވެ.މި 2 އެކުވެރިން އިންތިޒާރު ކުރަމުންދިޔައީ އާރާ ނިކުންނާނެ އިރަކަށެވެ. މި އެކުވެރިންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ.ހަމައެކަނި އިވީ އާއި ރައިޝާ އެކަންޏެއް ނޫނެވެ.މެނޭޖަރާއި، ލައިރާ، ލައިމް އަދި މަރީ ވެސް ހުރީ އެހާލުގައެވެ.ކެތްތެރި ކަމާއެކު އާރާގެ އިންތިޒާރުގައި އެންމެން މަޑުކޮށްގެން ތިއްބެވެ.
ބަރާބަރު 06:00 ޖެހިއިރަށް އާރާގެ ދެލޯ ހުޅުވައިލިއެވެ.ގޮތް ނޭނގޭ ގޮތަކަށް އާރާއަށް އުނދަގޫ އިހްސާސެއް ކުރެވުނެވެ.އެއީ ކީއްވެގެން ކަމެއް އާރާ އަކަށް ނޭނގުނެވެ. އާރާ ބޭރަށް ނިކުތުމާއެކު އިވީ އާއި ރައިޝާ ގޮވާލިއެވެ.” ގުޑް މޯރނިން…ހާދަ ހެނދުނަކު ތި ތެދުވީ…ދައްތަމެން މި ދަނީ ކަސްރަތު ކުރަން.. އާރާވެސް ހިނގާ ދަމާ..”.އާރާ ރައްދު ދޭނެ ފުރުސަތު ވެސް ނުދީ އިވީ އާއި ރައިޝާ އާރާގެ އަތުގައި ހިފައި ދަމައިގެން ގެންދިޔައެވެ. އެވަގުތު އިވީގެ ފަހަތުން މަރީ އާއި ލައިމް އަށް އަތުން އިޝާރާތެއް ދިނެވެ. މަރީ ލައިރާއަށް ސިގްނަލް އެއް ދިނެވެ.” ސްސްސް”.ލައިރާއަށް ސިގްނަލްގެ އަޑު އިވުމުން މެނޭޖަރު ގާތުގައި މީ ރަނގަޅު ވަގުތުކަމަށް ބުންޏެވެ. މެނޭޖަރު ފަކީރާއިން ބޮޑު ވަޅުގަނޑެއް ކޮއްނިއެވެ. ލައިރާ އެހީ ވުމުގެ ގޮތުން ފޮތް މެނޭޖަރު އަތަށް ދިއްކޮށްލިއެވެ. ފޮތް މެނޭޖަރުގެ އަތުގައި ޖެހުމުން އާރާއަށް ގޮތްވާން ފަށައިފިއެވެ. ދެން ކަންތައް ދިޔައީ ހީނުކުރާ ގޮތަކަށެވެ.
“އާރާ، ހިނގާ މިތަނަށް” ރައިޝާ މިހެން ބުނީ އާރާ ފާޑަކަށް އުޅެން ފެށުމުންނެވެ. އާރާގެ މޫނުގެ ސިފަ ބަދަލުވެ، އެ ކުޑަކުޑަ ހަށިގަނޑު މާ ބާރުގަދަވީހެން އިވީ އާއި ރައިޝާ އަށް ފާހަގަވިއެވެ. އިވީ އަދި ރައިޝާ އާރާ ގެ ދެ އަތުގައި ހިފައިގެން އަދިވެސް ދުރަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. ކުޑަ ފަރުބަދައަކަށް އެމީހުން އެރިއެވެ. އިވީ މި ފަރުބަދައިގެ އުސްްމިން ފާގަކޮށްލިއެވެ.ތިރިއަށް ބަލައިލުމުން، އެއީ މީހަކު ވެއްޓި ބޮޑު އަނިޔާ އެއް ލިބި ލޭ އޮހޭވަރުގެ އުސްމިނެކެވެ. މެނޭޖަރު ފޮތް ވަޅުގަނޑު ތެރެއަށް ލާން އުޅެނިކޮށް އާރާގެ ލޮލުގެ ކުލަ ރަތް ކުލައަށް ބަދަލުވެގެން ދިޔައެވެ.އަދި މާނޭވާ ލާން ފަށައިފިއެވެ. މިކަން ފެނުމުން އިވީއާއި ރައިޝާ އާރާގެ އަތުގައި ވަރަށް ބާރަށް ހިފައިިލިއެވެ. އެވަގުތު އާރާ އިވީގެ އަތް ފޮޅައިލައި އިވީ ފަރުބަދައިން ވައްޓައިލިއެވެ.އިވީ ތަދު ވޭނުގެ އަޑުން ހަޅޭއްލަވައިގަތެވެ. ދެން އާރާ ފަހަތަށް އެނބުރި އެ ރަތް ލޮލުން ބަލައިލީ ރައިޝާގެ ހުއްޓިފައި އިން ހަށިގަނޑަށެވެ….
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Alhey haadha kurukonney thi genesdheny kuda ehcheh namaves dhigukolla dhevidhaanetha story v v awsome v v kiyaahithun kiyenves plx ?
Mi part ves vvvv reethi ❤️❤️