ހޮޓެލްގެ ސިއްރު 6
ފެން ތިކިތައް ބުރުއްސިގެން ދިޔަ ތަންތަނަށް އާތްވަށް އަރައިގެން ދިޔައެވެ.ކުއްލިއަކަށް އެ ފަންޑިތަވެރިޔާ ލޯ ހުޅުވައިލައިފިއެވެ.”ކަމަކު ދާކަށްނެތް.. މި ރަށަށް ވަރަށް ބާރުގަދަ ރޫހާނީ އެއްޗެއް އަރައިފި.. އޭތި މި ވެންނީ އެ އަންހެން ކުއްޖާގެ ހަށިގަނޑު ތެރެއަށް.. އޭތި މި ކުއްޖާއަށް އުނދަގޫ ކުރާނީ ވަކި ވަގުތެއްގަ…”. މިހެން ބުނުމުން އަހްމަދާއި އާދަމް އަށް ކުއްލި ސިހުމެއް ލިބުނެވެ.”ދެން ކީއްކުރާނީ؟ކިހިނެއް އޭތި ނެރޭނީ؟”. އާދަމް ސުވާލު ކުރަން ފެށިއެވެ.” ކުރެވެން އޮތީ އެންމެ ގޮތެއް… ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކާމިޔާބު ވާނީ..އެކަމަކު..”. “އެކަމަކު؟”.އަހްމަދު ސުވާލުކުރިއެވެ.”ކޮންމެ ދުވަހަކުވެސް އެއްވަގުތެއްގަ ކަންތައް ކުރަން ޖެހޭނީ އެއީ ކޮންމެ ރެއެއްގެ 1 ގެ ކުރިން..އެހެންނޫނީ ދެވަނަ ފަހަރަށް ކަންތައް ރަނގަޅުކުރަން އުނދަގޫ ވެގެން ދާނެ..”
“މިރޭ މީ ހުކުރު ވިލޭރޭ، އެހެންވީމާ އަވަހަށް ތައްޔާރުވާން ޖެހޭނެ..އަނ..މީ ފޮތެއް..މި ފޮތުގަ ލިޔެވިފަވާނީ ގޮތް ނޭނގޭ ގޮތަކަށް މާނަކުރެވިފަ…ހޮޓެލްގެ ބިއްދޮށުގަ މި ފޮތް ރަނގަޅަށް ވަލުލާ، އަދި ހަނދާންކުރަން ޖެހޭކަމަކީ،މި ފޮތް ވަޅުލާއިރު،ކުއްޖާއަށް ފެނިގެން ނުވާނެ… އެހެންނޫނީ އޭތި ކުއްޖާއަށް އަނިޔާއެއް ދޭނެ”. މިހެން އޭނާ ބުނުމާއެކު މަސައްކަތްތައް ހަވާލުކުރިއެވެ.ނަމަވެސް މިކަންތައް ކުރަން ފަށަން ޖެހޭނީ އާރާ ނިދީމާކަން އޭނާ ބުންޏެވެ. އާރާ ނިންދެވުމުގައި އާދަމް އުޅެނީ އަވަދިވެއެވެ. އާރަގެ މަންމަ ނެތުމުން، މި ދަރިފުޅު ބެލުމުގައި ކަން ކުރަންވީ ގޮތެއް އާދަމް އަކަށް ނޭނގުނެވެ.އާރާގެ ކުޑަކުޑަ މޫނަށް ބަލަން ހުރެފައި ދެރަވެސް ވެއެވެ.ހަމައެއާއެކު ރޮވެން ވެސް ރޮވުނެވެ.އާދަމް އަކަށް އާރާ ނިންދެވޭ ވަރެއް ނުވެއެވެ.ގަޑިން މިހާރު 22:00 ޖަހައިފިއެވެ. ކޮންމެވެސް ގޮތަކުން، އެންމެފަހުން އާރާ ނިދައިފިއެވެ.އާދަމް ފުން ނެވާއެއް ދޫކޮށްލިއެވެ.
ބާކީ ދެން އޮތީ ވަރަށް މަދު ވަގުތުކޮޅަކަށް ވުމުން، 3 މީހުންވެސް ވަރަށް އަވަސް ހަރަކާތްތަކެއް ކުރަމުން ގެންދިޔައެވެ.އާދަމްގެ ހިތުގައި ސުވާލެއް އުފެދުމުން ފަންޑިތަވެރިޔާ އަށް ސުވާލުކުރިއެވެ.”އަހަރެންގެ މަސައްކަތް އެހެން މީހަކު ކޮށްފިއްޔާ ރަނގަޅުވާނެތަ؟”. ” ރަނގަޅެއް ނުވާނެ…އެއީ ކަލޭ ތީ އާރާގެ ބައްޕައަށް ވުމުން، އެހެންމީހަކު ތި މަސައްކަތް ކޮށްފިއްޔާ އެ ޖިންނި ގަބޫލެއް ނުކުރާނެ..މީގެ މާނައަކީ އެހެން މީހަކު ފޮތް ވަޅުލުމުގެ މަސައްކަތް ކޮސްފިއްޔާ އެ ޖިންނި އާރާގެ ހަށިގަނޑު ތެރޭ އުމުރަށް ހުންނާނެ…އާރާގެ މުޅި ފުރާނަ ސަލާމަތްކުރެވެން އޮތީ އާދަމްގެ އަތް މަތީ…”.އެ ފަންޑިތަވެރިޔާ ޖަވާބުގައި ބުނެލިއެވެ.
މުޅި މާހައުލު ވަނީ ހަމަހިމޭން ވެފައެވެ.އެއްވެސް އަޑެއް ބަޑެއް ނީވެއެވެ.ކުދިކުދި ސޫފާސޫފީގެ އަޑުވެސް ކަންފަތުގައި ނުޖެހެއެވެ.ހީވަނީ ވަށައިގެން މިވާ ސަރަހައްދުގެ އެއްވެސް ދިރުމެއް ލިބިގެް ނުވާ ހެންނެވެ.އާދަމް ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ފޮތް ހިފައިގެން ބޭރަށް ނިކުތެވެ. އާރާ ރޯ އަޑު އިވެހެން ހީވުމުން އާދަމް ކުއްލިއަކަށް މަޑުކޮށްލެވުނެވެ. ” އަހްމަދު،އާރާ ރޯ އަޑު އިވޭތަ؟”އާދަމް އަހްމަދާއި ސުވާލުކުރިއެވެ.”ނޫން ތީ ހީވާއެއްޗެއް…އަވަހަށް ހިނގާ ދަމާ… މާގިނަ ވަގުތެއް ނެތް..”.އަހްމަދު ޖަވާބުދިނުމާއެކު އަވަސް ކުރުމަށް ބުންޏެވެ.ދެމީހުން ވެސް ހޮޓެލްގެ ބިއްދޮށާ އަރާ ހަމަވީއިރަށް އާރާ ހަޅޭއްލަވާ އަޑު އިވުނެވެ.އެ ހަޅޭއްލަވައި އަޑަކީ ވަރަށް ބަރު އަޑަކަށް ވުމުން،އެއީ އާރާގެ އަޑެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ.
ފަންޑިތަވެރިޔާ ދުވެ ތެޅި ފޮޅެމުން އަންނަ ކަހަލަ ގޮތަކަށް އައެވެ.މާނޭވާ ލަމުން އާދަމް އާއި އަހްމަދާއި ދިމާަށް އައިސް ހުއްޓިއްޖެއެވެ.” ކަމަކު ދާކަށް ނެތްް! އާރާއަށް ތި ފޮތް ފެނިއްޖެ!! ދެން ހީއެއް ނުވޭ އަހަރެމެންނަށް ސަލާމަތެއް ލިބޭނެހެން!! ވަގުތު ފާއިތުވެސް ވެއްޖެ…”މިހެން ބުނުމުން އެންމެންވެސް ކަންބޮޑުވާން ފެށިއެވެ.” އެއްވެސް ފަންޑިތައެއް ހެދޭކަށް ނެތްތަ؟.އަހުމަދު ސުވާލުކުރިއެވެ.”އަހަރެންގެ ފަންޑިތައެއް މަސައްކަތެއް ނުކުރާނެ އޭއްޗަކަށް”. ފަންޑިތަވެރިޔާ ވަރަށް ފުންކޮށް ވިސްނަން ފެށިއެވެ.މިހެން ހުރެ ކުއްލިއަކަށް ބޯ ހިއްލައިލާ ދެ މީހުންގެ މޫނަށް ބަލައިލިއެވެ.އާދަމް އާއި އަހްމަދުގެ މޫނަށް ބަލައިލުމުން އެއީ ކީއްވެގެންކަން އެ ދެ މީހުންނަކަށް ނޭނގުނެވެ.
“އެއް ގޮތެއް އަދި އެބަ އޮތް…އެކަމަކު އެއީ އާދަމް އެކަނި ކުރަން ޖެހޭ ކަމެއް…އެކަމަކު،އަހަރުމެން ވެސް އެހީތެރިވާނަން..”.”ކޮބާ އެ ކަމަކީ؟”.” އެއީ ހެނދުނުގެ ވަގުތު ފޮތް ވަޅު…”ފަންޑިތަވެރިޔާގެ ޖުމްލަ ނުނިމެނީސް ވެލި ފުކެއް ބުރުއްސިގެން ދިޔަ ގޮތަކަށް އޭނާ ވަޔާ އެއްލިގެން ދިޔައެވެ.އެ ފަންޑިތަވެރިޔާ ބުނަން އުޅުނު އެއްޗެއް އާދަމް އަށް އެނގުނެވެ.އަހުމަދަށް ބިރުން ދުއްވައިގަނެވުނު ގޮތެއް ވެސް ނޭނގުނެވެ.ނަމަވެސް، އަހުމަދު ދުއްވައިގަތުމުގެ ބޭނުމެއް ނެތެއެވެ.ސަބަބުން ވެސް ވަރަށް ފަސޭހައިން އެނގޭނެއެވެ.އެއި ސަލާމަތްވުމުގައި ކާމިޔާބެއް ނުލިބޭނެކަމެވެ.އަހްމަދާއި އެކު ފަންޑިތަވެރިޔާ ވަނީ ލެއިން ތަތްތެޅިވެފައެވެ.އެ ދެމީހުންގެވެސް އެންމެ ފަހު ނޭވާ ގުނަމުން ގެންދިޔައެވެ.އާދަމް އަށް ލިބިފައިވާ ޝޮކަކުން ވަނީ ދުވަން ނޭނގި، ގުޑާލަން ވެސް ނުކެރިފައެވެ.އަހްމަދު، އާދަމްގެ މޫނަށް ފެންކަޅިވެފައި ހުރެ ބަލައިލެވުނެވެ.އާދަމްގެ ދެ ލޮލުން ކަރުން އޮހިގެން ކޯތަފަތް މައްޗައް ފައިބަމުން ދިޔައެވެ.
“ބައްޕައަކަށް އެއްވެސް ތާކަށް ނުދެވޭނެ…މި ރަށަކުންވެސް ނުފޭބޭނެ….”.މިހެން އާރާ ބުނުމާއެކު އާދަމް އަންތަރީސް ވާވަރެއް ނުވެއެވެ.އެ އަޑުން ވާހަކަ ދައްކަނީ އާރާއެއް ނޫންކަން އާދަމް އަށް އެނގެއެވެ.އާރާއަށް އެއްކަލަ ފޮތް ނުފެންނަނީސް އާދަމްގެ ފަހަތަށް އެ ފޮތް ފޮރުވިއެވެ.ދެން އޮތީ އެންމެ ބުރަ މަސައްކަތްކަމުން،އާދަމް ވަނީ އެކަން ކުރުމުގައި މާޔޫސްވެފައެވެ.އެއީ ކުރަން ޖެހިދާނެދާނެތީކީއެއް ނޫނެވެ.އެއީ އާދަމްއަށް ލިބިފައިވާ ހިތި ހަނދާންތައް އާވަމުން ދާތީއެވެ.ހަމައެކަނި ލިބިފައި ހުރި އަންހެން ދަރިފުޅަކަށްވުމުން،މަންމަ އަކު ދަރިފުޅަކަށް ލޯބިދޭ ފަދައިން އާދަމް ވެސް އާރާ ދެކެ ވަރަށް ލޯބިވެއެވެ.އާރާ ދޫކޮށްލާކަށް އާދަމްގެ ހިތެއް ގަބޫލެއް ނުވިއެވެ.ފެނިފައިވާ މަންޒަރުތަކުން، އިތުރު ކަމެއް ކުރުމުގެ ހިތްވަރު ވަނީ ގެއްލިފައެވެ.އެހެންކަމުން އާދަމް ވަނީ މި ބިކަ ހާލުގައި ދިރިއުޅެން މަޖުބޫރުވެފައެވެ.
****************************************************************************
*ނުނިމޭ*
ދިމާވި މައްސަލައަކާ ގުޅިގެން އަޅުގަނޑުގެ ވާހަކަ މެދުކަނޑައިލަން….އިންޝާﷲ ވަރަށް އަވަހަށް ވާހަކައިގެ ކުރިޔަށް ހުރި ބައިތައް ގެނެސްދޭނަން….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

