Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުވެސް ކަލާދެކެ ލޯބިވާނަން 4

shaaaaa Level 1
December 26, 2021 5 Mins Read
1 Comment

“ނޫން…ސާވަންގެ އެއްވެސް ކުށެއް ނެތް. އިޓްސް ޖަސްޓް…އައި ތިންކް އިޓްސް ބެޓާރ ޓު ޓޯކް ޓު ހާރ.” ބުނަން ނުބުނަން ހުރެފައި ވެސް ލަމާން މެދު ކަނޑާލާފައި ބުނީ އެހެންނެވެ. އިރުކޮޅެއްގައި މަޑުމަޑުން ހުރެފައި ސާވަން ބުންޏެވެ. “ޔެއާ އައިލް ޓޯކް ޓު ހާރ.” އެހެން ކިޔައި ބަދިގެއަށް ދާން މިސްރާބު ޖެހިއެވެ. “އަޅެ ދެން ހަމަ މަ ނަގައިވެސް ނުދޭނަންތަ؟” ތިރިއަށް ދެމިފައި އޮތް ލަމާން ބޮޑާ ހާކާލިއެވެ. “މަ ނެތިން ތި ކަމުގަ…އޯ އެންޑް ޖަސްޓް އަ ހެލްޕްް ފުލް ޓިޕް ޓު ޔޫ…ތި އަޑުން ދުވަހަކުވެސް ލަވަ ނުކިއްޔާ ކަންނެ ރަނގަޅުވާނީ….އެހެންނޫނީ ހުރިހާ އެންމެންގެ ކަންފަތުގަ ސާރޖަރީއށް ޕޭ ކުރަން ޖެހޭނީ ހަމަ ބުރޯ.” ސާވަން އެހެން ބުނެ ބަދިގެ ތެރެއަށް ވަދުނެވެ. ބަދިގެ ދޮރާ ދިމާއަށް ބަލަން އޮވެފައި އަނެއްކާވެސް ލަމާނެ ލަވަ ކިޔަން ފެށިއެވެ. “އައިމް ސޯ ލޯންލީ ބްރޯކަން އޭންޖަލް، އައިމް ސޯ ލޯންލީ…” “ލޯންލީ ކުއްޖާ ލަވަ ނުކިޔާ އަންނަންވި ކާން. ވަރެއްގެ ލަވަ ކިޔުންތެރިއެއް ފަޔާޒަށާާއި އަސްމާއަަށް ލިބިފަތިއޮތީ.” ލަމާންގެ ލަވަ ކިޔުމަށް އަނެއްކާވެސް ހުއްޓުމެއް އައީ ޒައިނާ ބަދިގެ ތެރެއިން ލަމާން ކައިރީ އަންނަން ބުނުމުންނެވެ. “ދެން ޒައިއްތާ!!!!!!!” ދެފައި ތަޅައި ބޮޑާ ހާކަމުން ލަމާން ބުންޏެވެ. “މިވަރުން ކިހިނެއް އޮޑިޝަނަށް ވަންނާނީ…” ހިތާ ހިތުން އެހެން ކިޔަމުން ލަމާން ބަދިގެއަށް މިސްރާބު ޖެހިއެވެ. ލަމާނަކީ ލަމާނެވެެ.

*************************

ހަވީރުގެ ސައި އިންސާފު ކުރުމަށްފަހު އެންމެންވެސް ނިންމީ އެކަކު އަނެކަކުގެ ޙަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގަައި ހިނގައިފައިވާ ކަންތައްތައް އަނެކާއަށް ހިއްސާކުރާށެވެ. އެވަގުުތު ކޮޅު ވެގެންދިޔައީ ހުރިހާ އެންމެންގެވެސް ހިތް އުފާކޮށްލަ ދިން ވަގުތު ކޮޅަކަށެވެ. އަހަރުތަކެއް ފަހުން ބައްދަލް ވުމުން ވެސް ވާނީ އެހެންތާއެެވެ. ވާހަކަ އަކަށް ފަހު ވާހަކައެއް ފަށަމުން ދިޔައިރު އެއްވެސް ކަހަލަ މާޔޫސްކަމުުގެ ހިޔަންޏެއް މާހައުލައް އެޅިފައެއް ނުވެއެވެ. “ސާވަން މިހާރު ކިޔަވާވެސް ނިމުނީނުންތި…ދެން ކޮންކަހަލަ ވަޒީފާއަކަށް ވަންނަން ތި ގަސްތުކުރަނީ؟” ޝައުޤުވެރިކަމާއެކު ފަޔާޒު ސާވަންއަށް ނަޒަރެއް ދެމުން އެހިއެވެ. “ކުޑަ އިރުއްސުރެ މިހާރާ ހަމައަށްވެސް އަދި ވާން ބޭނުންވެފަ އޮތީ އެންމެ އެއްޗަކަށް…ޕޮލިހަކަށް ވުުމީ އަބަދުވެސް އަހަރެންގެ ހުވަފެނެއް.” ސާވަން ރައްދުގައި ބުނިއިރު އޭނާގެެ އެ ކަޅިރަވާގަައި އެ ހުވަފެން ކާމިޔާބު ވާނެ ކަމުގެ ހުޅުކޮޅެއް ވިދާލިފަަދައެވެ. ތުއްތު އިރުއްސުރެ ޕޮލިހުންގެ ހަރަކާތް ތެރިކަން މުޖުތަމަޢުންނާއި ހާލުގެ ޖެހިފަރާތްތަކަށް އެހީވެދީފައި ވާ ތަންތަން ވަނީ ސާވަންއަށް ފެނިފައެވެ. އަބަދުމެހެން އެކަހަލަ ތަންތަންފެނި އެ ހިތުގައި ޕޮލިހަކަށް ވުމަށް ވަނީ އަޒުމް ކަނޑައަޅަފައެވެ. މީހުންނަށް އެހީތެރިވުމަކީ ސާވަން ނުހަނު ގާތްވާކަމެކެވެ. އެހެން މީހުންވެސް ސާވަންއާ ގަޔާވާ ސިފައެއްގެ ގޮތުގައި އެކަން ދެކެއެވެ. ސާވަންގެ ޖަވާބާ މެދު އަޙުމަދު ވަރަށް ހިތްހަމަ ޖެހުނެވެ. ޙުދު އަޙުމަދަކީ ޕޮލިސް ޑިޕާރޓްމެންޓްގައި މަސައްކަތް ކުރަމުން އަންނަ މީހެއްކަމުން ދޭތެރެ ދޭތެރެއިން ސާވަން އަޙުމަދާއި އެހެން ޕޮލިހުންނާއެކު ކިޔެވުމުގެ ދައުރުގައިވެސް ވަނީ ވަރަށް ޝައުޤާއާއެކު ހަރަކާތްތެރިވެފައެވެ. އޭނާގެ ދަރިފުޅާ ދޭތެރޭ މީހުންގެ ޤަދަރު ލިބި ތަޢުރީފުގެ ބަސްތައް އޮއްސާއިރު އޭނާގެ އެހިތް އުފަލުންފޮޅެއެވެ. ޒައިނާގެ ހާލަކީވެސް އެޔެވެ. ނުވަމަސް ދުވަހުގައި އެ ބަނޑުގައި ގެންގުޅެ ތުއްތު އިރުއްސުރެ ބަލާ ބޮޑުުކުރި އެ މައުސޫމް ދަރިފުޅު ބޮޑުވެ ރަނގަޅު ހަރުދަނާ މީހަކަށް ވާން އެކުރާ މަސައްކަތުން އޭނަގެ ހިތުގައިވާ ލޯތްބާއި ކުލުނު އިތުރު ވެގެންދެއެވެ. ފަޔާޒާއި އޭނާގެ އާއިލާވެސް ސާވަންއަށް ބަލައިލީ ހިނިތުންވެހުރެއެވެ. ސާވަންގެ އެ ހުވަފެން ކާމިޔާބު ވާނެކަން އެންމެންވެސް ދަނެވެ. “ޕޮލިހަކާ ނަރުހެއް އެހެންވީމަ އަހަރެމެންނަށް ލިބުނީތާ.” އަސްމާ ހިނިތުންވެ ހުރެ ވާހަކަ ދައްކަންފެށިއެވެ.

އެހިނދު އެންމެންގެ ނަޒަރު ހުއްޓުނީ އެކަހެރިކޮން އިން ސޯފާއެއްގައި އިށީނދެ އިން އައިލާއަށެވެ. ސާވަންގެ ނަޒަރުވެސް އައިލާއަށް ހުއްޓިފައިވާކަން އެނގުމުން އައިލާ އަވަހަށް އިސްޖަހާލިއެވެ. “އަސްތާ އަހަރެމެންގެ ލަލް ކޮން އިރަކު ނަރުހަކަށް ވާން ނިންމީ؟…ޒައިއްތަ ހަނދާންވާ ގޮތުގަ ލަލް ބޭނުންވީ ކެބިން ކުރޫއަކަށް ވާން.” ޒައިނާ އިނީ ކުޑަކޮށް ހައިރާންވެފައެވެ. ކެބިންކުރޫ އަކަށް ވުމަށް ހުވަފެން ދުށް އައިލާގެ ހިތް ބަދަލުވުމުންނެވެ. ބޮޑުވަމުން އަންނަ ވަރަކަށް އެ ހުވަފެންތައް ބަދަލުވެގެންދާނެ ކަން ޒައިނާ ހަނދާންވިއެވެ. “އާން އިރެއްގަ އަޅުގަނޑު ބޭނުންވި ކެބިން  ކުރޫއަކަށް ވާން އެކަމް މިހާރު މި ގަސްތު ކުރަނީ ނަރުހަކަށްވާން. ކެބިން ކުރޫއަށްވުރެ މާ ޝައުޤުވރިވޭ ނަރުހަކަށްވުން.” އައިލާވެސް ސާވަންގެ ނަޒަރުން އޭނާގެ އެ ނުތަނަވަސް ވެފައިވާ ހިތް އެއްފަރާތް ކޮށްލަމުން ޒައިނާއަށް ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ސައި އިންސާފު ކުރީއްސުރެ އަނގައިން ނުބުނެ އިދެވުމުން އައިލާ އަނގައިން ބުނީ އޭނަަަަަަަައާ މީހަކު ވާހަކަ ދެއްކުމުުން އަނގައިން ނުބުނެ އިނުމަކީ ހުތުރުކަމަކަށް ދެކޭތީއެވެ. ޒައިނާވެސް އައިލާއަށް ހިނިތުންވުމެއް ރައްދުކޮށް ވާހަކާގެން ކުރިއަށް ގެންދިޔައެވެ. ނަމަވެސް އައިލާއަށް އިޙްތިޔާރަކާ ނުލާ އެކަމަށް ދެވުނީ ބީރު ކަންފަތެކެވެ. މޫނުމައްޗައް ވެރިފައިވާ އިސްތަށިކޮޅު ކަންފަތުގައި އަޅުވާލަމުން ދެ އަތް މޮޑެމުން ދިޔަ އައިލާ އިންތިޒާރު ކުރީ އަޙުމަދުމެން ދާނެ އިރަކަށެވެ. އަޙުމަދު، ޒައިނާ އަދި ސާވަން އަކީ އައިލާއަށް ދުވަހެއްގެ ކޮޅުންވެސް ހިތްދަތިކަމެއް ދިން ބަޔެއް ނޫނެވެ. ނަމަވެސް އައިލާ އެން،ެ ހާސްވާކަމަކީ އޭނައަށް އަމާޒުވާ ސާވަންގެ އެ ތޫނު ބެލުންތަކެވެ. ހަމަ އެންމެފަހަރަކުވެސް ސާވަން އޭނައަށް ރަނގަޅަށް ބަލައިލައިފި ނަމަ ކޮންމެސް ކަމެއް ވެފައިވާކަށް ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އައިލާގެ ހިތް އެކަމަށް އެދުނަސް އޭނަގެ ނަފްސު އެކަމަކަށް ނޭދެއެވެ. އޭނާގެ ކަންތަކުގައި އެހެން މީހުންގެ ބޯހާސް ކުރުމަކީ އޭނައަށް ކެއްވާނެ ކަމެއް ނޫނެވެ. މިހާރުވެސް އަަސްމާއާއި ފަޔާޒަށާއި އަދި ލަމާނަށް އައިލާއާ ދޭތެރޭ ފިކުރުކުރަމުން ދިއުމީ ހަމަ އައިލާގެ މައްސަލައެކަން ނަފްސުވަނީ ދެނެގަނެފައެވެ. އެފަދަ ކަމެއް ތަކުރަާރުކޮށް ވާކަށް އައިލާގެ ހިތެއް ނޭދެއެވެ.

އެހުރީކަމަކަށް އައިލާ ވިސްނަމުން ދިޔައިރު އޭނަާ ދިމާއަށް ހުއްޓިފައިވާ ސާވަންގެ ނަޒަރު ހީނުވާ ފަދައެވެ. ސުވާލުގެ ނަޒަރަކުން ސާވަން އައިލާއަށް ބަލަމުން ދިޔައިރު އެ މޫނު މައްޗައް އަރާފައިބަމުން ދިޔަ ކުލަވަރުތައް ނުހަނު ސާފުކޮށް ފެނިގެން ދިޔައެވެ.

*************************

ރަށަށް ލެފި ދުވަސް ކަމުން އަސްމާވަނީ ސާވަންމެންނަށް ރޭގަނޑުގެ ކެއުމަށްވެސް އައުމަށް ދަޢުވަތު ދީފައެވެ. ޒައިނާ އެއްޗެއް ބޭރުން ގެނެސްގެން ކާލާނީ ކަމަށް ބުނެ އެކަމަށް އިންކާރު ކުރަން އުޅުން ނަމަވެސް އަސްމާ ކުރުނުކޮށް ކިއުމުން އައުމަށް އެއްބަސްވީއެވެ. ޖަންބުމާގެ ދޮރާށިން އެތެރެއަށް ވަދެ ސިޓިންގރޫމަށް ވަދެވުނު ސާވަން އެންމެ ފުރަތަމަ ވެސް ބެލީ އައިލާ ފެނޭތޯއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ސާވަން އައިލާއާ ވާހަކަ ދައްކާލަން ބޭނުންވިއެވެ. އެކަން ވާނީވެސް އޭނާގެ ލޮލަށް އައިލާ ފެނުމުންތާއެެވެ. އައިލާ ފެނޭތޯ ހޯދަމުންދިޔަ ސާވަން ބަދިގެއަށް މިސްރާބުޖެހީ އަސްމާ ކާން އައުމަށް ގޮވުމުންނެވެ. ކައިގެން އައިސް އައިލާ ކޮބައިތޯ ބަލާނީއޭ ހިތައް އެރުވުމަށްފަހު ބަދިގެ ތެރެއަށް ސާވަން ކެއުން އިންސާފުކުރަން ވަނެވެ. ކެއުމުގެ ތެރޭގައި ސާވަން އިނީ އައިލާ ފެންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ބަދިގެ ތެރެއަށް މީހަކު ވަދެގެން އައި ކަމުގެ ހިލަމެއްވުމުން ސާވަން އިސްނަގާ ބަލާލިއެވެ. ވަދެގެން އައީ ލަމާނެވެ. ލަމާނަަށް ލަހުން އާދެވުނީ މިސްކިތުން އަންނަނިކޮށް ފިހާރަ ކަމެއް ޖެހުމުން އެކަން ބަލާލަން ދާން ޖެހުނު ކަމަށް ބުނެ ކާން އިށީނެވެ. ކައި ނިމުނުއިރުވެސް އައިލާ ނުފެނުމުން ސާވަން އަވަސް އަވަހަށް އައިސްއަލަމާރި ދޮށުގަ ހުރި ލަމާން ކައިރިއަށް ޖެެހިލިއެެވެ. “އޭ…ލަލް ކޮބައިތަ؟” “މަ ގެއަށް އައިއިިރު އިން އެފަރާތުގަ އިން ޖޯލީގަ.” ލަމާންވެސް ކުރު ގޮތަކަށް ސާވަންއަށް ޖަވާބު ދީފައި ހިނިތުންވެލުމެއް އަރުވަމުން އަވަސްވެގަތީ ފިހާރަ ހުޅުވުމަށް ދިއުމަށެވެ. ޒައިނާމެން އަމިއްލަ ވާހަކައިގަ ޖެހިފައި ތިބުމާއެކު ސާވަން ބޭރަށް ނުކުތީ އައިލާ އަދިވެސް ޖޯލީގައި އިންނާނެ ކަމުގެ އުންމީދު އޮވެގެނެވެ. ނަސީބު ދިމާވި ގޮތުން އައިލާ އެ އިންތާ އިނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ސާވަން ހުރި ފިޔަވަޅުމަތީގައި މަޑުޖެހިލިއެވެ. މުޅިތަން ވަށާ ނަޒަރެއް ދެމުން ސާވަން އަނެއްކާވެސް ހިނގައިގަތީ ވިސްނުމެއްގެ ތެރެއަށް ގެބިފައި އިން އައިލާއާ ދިމާއަށެެވެ. ސާވަންގެ ފިޔަވަޅުތަކަށް ހިލަމެއްނުވެ އިން އައިލާ  އަދިވެސް އިނީ ކޮންމެެސް ކަމަަކާ ދޭތެރޭ ފިކުރުކުރުމަށެވެ. އޭނާ ކައިރިއަށް މީހަކު އަންނަކަންވެސް ދެނެ ނުގަނިވި އިން އައިލާއަށް ސިހުމެއް ލިބުނީ މީހަކު ކަރު ކެހިލި އަޑަށެވެ.

އެވަގުތު އެ ކާކުތޯ ބަލާލަން އެބުރުުނު އައިލާގެ ދެލޯ ބޮޑުވީ އޭނާއާ ދެ ފޫޓުވަރަކަށް ހުއްޓިލައިގެން ހުރި ސާވަން ފެނުމުންނެވެ. އިޙްތިޔާރަކާ ނުލައި ހިތްދިރުވާލެވުނީ ސާވަން އޭނައަށް ހަދިޔާ ކުރި ހިނިތުންވުން ފެނިފައެވެ. މީގަ އިރުކޮޅެއްކުރިން ދިމާވި ކަންތައްތައް ސިކުޑީގެ އެއްފަރާތަކަށް ފަރާތް ކޮށްލަމުން އައިލާވެސް ހިނިތުންވުމެއް ސާވަންއަށް ރައްދުކުރީ ގަދަކަމުންނެވެ.

ސާވަންއަށް އައިލާގެ މަޖުބޫރީކަން ފެނި ދެރަވާގޮތްވިއެވެ. އެއްވެސް ކަހަލަ ޖެހިލުމެއްނެތި އޭނައަށް ހިނިތުންވުމެއް ދިން އައިލާ ކޮބައިހެއްޔެވެ؟ އޭނަ ފެންނަ އިރަށް އުފަލުން ވާހަކަ ދައްކަން ފަށާ އައިލާ ކޮބައިހެއްޔެވެ؟ ހައްތަހާވެސް އެކަހަލަ ސުވާލުތައް ދިޔައީ ސާވަންގެ ބޮލުގައި އެބުރެމުންނެވެ. އެހެންނަމަވެސް ސާވަން އެކަން ބޭރުފުށުން ނުދައްކާ ވޭތޯ ބެލިއެވެ. އަދި އައިލާއަށް ހިތްހަމަޖެހެވޭނެ ގޮތެއް ބަލައި އެއްޖޯލި ދޫކޮށް އިށީދެލިއެވެ. މާހަައުލަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. ހިތްވަރުކޮށްލާފައި ސާވަން އައިލާއަށް ގޮވާލިއެވެ.

“ލަ..ލް” ސާވަންގެ އެ ބަރު ފިރިހެންވަންތަ އަޑު އައިލާގެ ކަންފަތުގައި ޖެހުމުން މަޑުމަޑުން އޮސްއުފުލާ ބަލާލިއެވެ. ދެމީހުންގެ ހަތަރު ކަޅި ސީދާވުމުން ސާވަން އަނެއްކާވެސް ހިތްވަރު ކޮށްލާފައި ފެށިވެ. “ލަލްގެ ހާލު ކިހިނެއްތަ؟” އަހަރު ތަކަކަށްފަހު ސާވަން އެ ނަމުން އައިލާއަށް މުޙާތަބު ކުރުމުން އެތަކެއް އިހްސާސްތަކެއް އެއްފަހަރާ އެ ހިތުގައި ކުޅެމުން ދިޔައެވެ. ސާވަންގެ އަޑު އަހާލަން އޭނާގެ އެ ހިތް އެހާ ދުވަސް ވަންދެން އެދުުނު ވަރު ވިސްނައިލެވުނީ ދެނެވެ. “ރަނގަޅު…ސާވަން ކިހިނެއްތަ؟” އައިލާގެ އަަޑު އެހާ މަޑުވުމުން ބުނި އެއްޗެއް ސާވަންއަށް އަޑުއިވުނީ ކިރިޔަ ކިރިޔާއެވެ. “ރަނގަޅު.” ސާވަންގެ ޖަވާބައް ފަހުު މާހައުލަށް ވެރިވި ހިމޭންކަން ސާވަންއަކަށް ކަމަކު ނުދިޔައެވެ. “ކިޔެވުމުގެ ކަންތައްތައް ކިހިނެއްދަނީ؟” ރަނގަޅަށް” އައިލާ ދެމުން ދިޔަ ކުރު ޖަވާބުތަކެއް ސާވަންއަކަށް ހަޖަމެއްނުކުރެވުނެވެ. އޭނާ ބޭނުންވީ އައިލާގެ އަޑު އަހާލާށެވެ. މިވަރުން ނުފުދެއެވެ. “ލަލް ތިހުރީ އަހަރެން ދެކެ ރުޅި އައިސްފަތަ؟” ސުވާލުގެ ނަޒަރެއް އައިލާ ސާވަންއަށް ދިނެވެ. “ލަލް ކޮންކަމަކާ ސާވަންދެކެ ރުޅި އަންނަންވި؟” “އަހަންނަށް ހީވަނި އެހެން…އަވަހަށް އަންނާނަމޭ ކިޔާފަ ލަހުން އައީމަ ހިތްހަމަ ނުޖެހުނީތަ؟” ސާވަންގެ އަޑުގައިވި ޖެހިލުންކަން އިވިފައި އައިލާ ހިނިއަންނަ ގޮތް ވިއެވެ. “އެދެން ރުޅި އަންނަން ޖެހޭވަރު ކަމެއްވެސް ނޫނޭނުން. ސާވަން ގަސްތުގަ ކުރިކަމެއް ނޫނޭނުން ދޯ އެއިކީ؟ އެހެންވީމަ އެ މައްސަލައެއް ނޫނޭނުން.” އައިލާ ސާވަންގެ ނުތަނަވަސް ހިތް ހިތްހަމަ ޖައްސާލުމަށް ތެދު ތެދަށް ޖަވާބުދިނެެވެ. “އޯ…އަހަރެން ހީކުރި އެގޮތައް ކަންތައްވީމަ ހިތްހަމަ ނުޖެހިފަކަމަށް. ނޭގޭނޭނުން މާ މަޑުން އިނީމަ އެެހެން ހިތައްއެރީ.” ފުއްކިބައިގައި އަތް ހާކާލަމުުން ސާވަން އެ ހިތުގައި އޮތް ގޮތް ސާބިތުކޮށްދިނެވެ. އޭގަފަހުން ދެމީހުންގެ ދޭތެރޭގައި ކުދި ކުދި ވާހަކަތައް އާލާ ވަމުން ދިޔައެވެ.

ވާހަކަ ދެއްކުމުގެ ތެރޭގައި ސާވަންއަށް ފާހަގަވީ ދެމީހުންނަށް ވެސް އަހަރުތަކުގެ ތެރޭގައި ވެފައިވާކަންތައްތައް އެހާ ގިނަ ކަމުން ބީރައްޓެހިންގެ ގޮޅިތެރޭގައި ދެމީހުންވެސް ހިމެނޭކަމެެވެ. އެހާވެސް ބޮޑެތި ބަދަލްތައް ވަނީ އައިސްފައެވެ. “ވާއު..އަހަރުން ހީވަނި ސްޓްރޭނަޖާރސް ހެން…” ހައިރަާންކަމާއެކު ސާވަން އެހެން ބުނެލި އިރު އައިލާގެ ތުންފަތް ފިތްތާލިއެވެ. އެއީ ތެދެކެވެ. “ކުރިއާ މިހާރާ ވަރަށް ތަފާތު…ކުރިން ކަންކަން ހުރި ގޮތަކަށް މިހާރަކު ނުހުންނާނެ.” ދުރު ބަލަހައްޓައިގެން އިދެ އައިލާ ބުނެލި އެތިން ސާވަން އިނީ މިންވަރަކަށް ހައިރާންވެފައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shaaaaa

Level 1

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަތަރުވަނަބައި)

Next

ލޯބީގެ ހިނދުކޮޅު 8

Next
December 26, 2021

ލޯބީގެ ހިނދުކޮޅު 8

Previews
December 26, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަތަރުވަނަބައި)

One Comment

  1. Horror queen says:
    December 27, 2021 at 2:35 pm

    vvv. reethi mi part ves

Comments are closed.

Next Episodeއަބަދުވެސް ކަލާދެކެ ލޯބިވާނަން 5←


All Right Reserved!