Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުވެސް ކަލާދެކެ ލޯބިވާނަން 3

shaaaaa Level 1
December 21, 2021 4 Mins Read
0 Comments

“މަންމާ ހާދަ ބާރަކަށް އަނެއްކާ ކީއް….އައްދޭ ބުރޯ އައީތަ؟ޑޭމް…މިސްޑު ޔޫ ބުރޯ.” އައިލާގެ ކޮޓަރިތެރެއިން ނުކުން އައިލާއަށާއި ލަމާނަށް ލިބުނީ ޝޮކެކެވެ. މަހެއް ފަހުން އަންނަން ބުނި މީހުން މަހެއް ނުވަނީސް އައުމުން ވާނީވެސް އެހެންނޭނުން ހެއްޔެވެ. ލަމާން ޝޮކުން އަރައިގަތުމުންވެސް އައިލާއަށް އެވަރު ނުވިއެވެ. ޖެހި ބުދެއްހެން ހުއްޓިފައި ހުރި އައިލާގެ ނަޒަރު ހުއްޓިފައިވަނީ ލަމާން ގޮސް ބައްދާލި ސާވަންއަށެވެ. ސާވަންގެ ކަޅިވެސް ގެއްލިފައިވަނީ އައިލާއަށެެވެ.

އަހަރުތަކެއް ފަހުން އަނެއްކާވެސް ފެނުމުން ދެމީހުންގެ ހިތައް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރެވެން ފެށިއެވެ.

*************************

ލަމާން ކޮނޑަށް އަތްވައްޓާލައިގެން ހުރި ސާވަންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެެވެ. މުޅި ދުވަހު ސާވަން ދެކިލަން ބޭނުންވެފައިވާ ސޫރަ ކުރިމަތިން ފެންނަމުން ދިޔަ އިރު ސާވަންގެ ހިތައް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިގެންދިޔައެވެ. އަހަރުތަކެއް ފަހުން ފެނުމުން ދެމީހުންނަށް ވެސް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ.

އައިލާއަށް އައިސްފައިވާ ބަދަލުތަކުން ސާވަންއަށް ކަޅި ޖަހާ ނުލާ ބަލަންހުރެވުނީއެވެ. ކޮޑާ ހަމައަށް ދިގުވެފައިވާ ހުރި ގަދަ މުށިކުލައަކަށްދާ އިސްތަށިގަނޑު މިހާރު ވަނީ އުނަގަނޑާ ހަމައަށް ދިގުވެފައެވެ. ހަމުގެ ކުލަވެސް ކުރިއަށްވުރެ އަލިވެ، މޫނު ވަނީ ވަށްވެފައެވެ. އެ މަޑު މުށިކުލައިގެ ދެލޯ ބޮޑުކޮށްލާފައި އެދިމާއަށް ބަލަންހުރިއިރު ސާވަންއަށް އައިލާ ފެނުނީ ނުހަނު ލޯބިކޮށެވެ. ސާވަން ހަމަ ބޭނުންވީ އައިލާގެ ދެ ކޮލުގައި ހިފާލާށެވެ.ސާވަންއެކޭ އެއްފަދައިން އައިލާއަށް ވެސް ވީއެވަރެވެ. އަހަރުތަކެއް ފަހުން ސާވަން ފެނުމުން އޭނާއަށް އައިސް ހުރި ބަދަލުތަކަކީ އަހެން  ކުދިންގެ ހިތްތައް ކަތިލާހާ ވަރުގެ ބަދަލުތަކެވެ. ފުދޭވަރަަކަށް ދިގުވެފައިވާ އިސްތަށިގަނޑު ރީތި ގޮތަކަށް ހަދާލައިފާ ގަދަ ނޫކުލައިގެ ޓީޝާޓަކާާއި ކަޅު ޖިންސެއްލައިގެން ހުރިއިރު ސާވަންގެ ފރެހެންވަތަކަން އިތުރުކޮށްދެއެވެ. ނަމަވެސް އައިލާއަށް ބޮޑަށް އަޅައިގަތީ އެ ގަދަ މުށި ކުލައިގެ ދެ ލޯލެވެ. ސާވަން ކަޅިޖަހާނުލާ ބަލަމުުން ދިޔައިރު އައިލާވެސް ދިޔައީ ސާވަންއަށް ބަލަމުންނެވެ.

އަމިއްލެ ދުނިޔެއަށް ގެއްލިފައިވާ ސާވަންއަށާއި  އައިލާއަށް ލަމާން ދިޔައީ ލާނެތް ހިނިތުންވުމާކާއެކު ބަލާލަމުންއެވެ. ލަމާން ހިތުން އޭނަގެ “ހޯމީ” އަށް ދިޔައީ އައްސެރިބަހާއި ސާބަސްދެމުންނެވެ. ސާވަން އެހުރީ ހަމަ ރަނގަޅަަށްވެސް އައިލާގެ ހަވާގައިޖެހިފައެެވެ. ސަމާސާގެ ނަޒަރަކުން ބަލަމުން ދިޔަ ލަމާންގެ ބަދައިގައި އަޙުމަދު ބޮނޑިއެއް އެޅީ ލަމާން ކުރަން އުޅުނު ކަންތައް އެގުމުންނެވެ. ނަމަވެސް އެ ބޮނޑިން ލަމާންގެ އަގަ މައިތިރިއެއް ނުކުރެވުނެވެ. ތަނުގައި ކަމެއް ވަމުންދާކަން ވެސް ނޭޭގި ތިިބި ދެމީހުން އަދި ވެސް ތިބީ  ދެމީހުންގެ ޖާދޫގައިޖެހިފައެވެ. ލަމާން ހިތުން އެދެމީީހުންއަށް ކުސް ތަޅާލިއެވެ. އިޝްކުގެ ދޮރު ނުހުޅުވޭ މީހުންނަށް އެއްވެސް ކަހަލަ ރަހުމެއް ނެތް ދެ މީހުންނޭ ލަމާން ގެ ހިތްތައް އަރަމުން ދިޔައެވެ.

“ވީ އާޖަސްޓް ފުރެންޑްސް ވަޓް އާރ ޔޫސޭއިން؟ސެއިޑް ދެއާރޒް އަނަދަރ ލުކް އިން މައި- އައުޗް!!!” އަޑުގެ ކޮޅަށް ވަރަށް  އަސަރާއެކު ލަވަ ކިޔަމުން ދިިޔަ ލަމާނަށް ލަވަ މެދު ކަޑާލަން ޖެހުުނީ ސަވާން އައިސް ލަމާންގެ ފައިގައި ޖަހާ ވައްޓާލުމުންނެވެ. “އައްމާއި ބައްޕާއި…. ބުރޯ ކިހިނެއްތި ހެދީ….މަފައި…އައްދައްޔޯއި” ވީ ތަދުން ލަމާން އޮތީ ތަޅުންމަޗައް ވެއްޓިފައެވެ. އަސްމާ، ޒައިނާ، ފަޔާޒު އަދި އަޙުމަދު ފެށީ ހޭށެވެ. ސާވަން އާއި އައިލާ ހުރީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. ދެމީހުންގެ ކޯ ވަނީ މަޑު ރަތް ކުލައަކަށް އަރާފައެވެ.

“މިކުއްޖާމީ ދުވަހަކުވެސް ބަދަލްވާނެ ކުއްޖެއް ނޫން. ހަމަ ހުވާކަން މިބުނީ މި އަގަގަނޑު ދުވަހަކު ވެސް މައިތިރި ވާނެ ހެނެއް ހިއެއް ނުވޭ.” އަސްމާ އެހެން ބުނެލުމުން ލަމާން ލޯ ހަނިކޮއްލިއެވެ. “އޭ އަސްމާ އެކުއްޖާއަށް އިންނާނެ އަންހެން ކުއްޖެއް މިހެންވަންޔާ ހޯދައި ދޭން ޖެހޭނި އަހަރުން ކަންނެ.” އަޙުމަދު އަސްމާގެ ކޮޅަށް އެރުމުން ލަމާން ތުންދަމާލިއެވެ. “އަހޫބެ ވާނެ އަބަދުވެސް މަންމަ ކޮޅަށް އަރަން. ވަޓް ހެޕަންޑް ޓު ބުރޯސް ބިފޯ ލޭޑީސް، މޭން. މައި ހާރޓް އިޒް ހާރޓިން.” ބޮޑާ ހާކާ ރާގަކަށް ލަމާން އެހެން ބުނުުމުން އަޙުމަދާއި ފަޔާޒު މަޑު ހުނުމެއް ޖަހާލިއެވެ. “ހޫމްމް…ދެން މާ އިނގެރޭސި ނުވެ ހިނގަ ސައިބޯންދާން. އަހަރުން އިނގިރޭސި ނޭނގޭ މީހުން ކައިރީ އިނގެރޭސިން ވާހަކަ ދައްކަން ނުހަދާ.” ފަޔާޒު ސައިބޯންދާން އެދުމުން ސާވަން، އައިލާ، އަދި ލަމާން ފިޔަވާ ދެން ތިބި އެންމެން ހިނގައިގަތެވެ.

“މަށަކަށް ހިއެއް ނުވޭ މަންމަމެން ހޯދައިދޭ އަންހެން ކުއްޖާވެސް މާން ގާތު ހުންނާނެ ހެނެއް.” ލޯމަތިން އަސްމާމެން ގެއްލުުމުން ސާވަން ބުންޏެެވެ. ސާވަންގެ އަޑު އިވިފައި އިސްޖަހައިގެން ހުރި އައިލާގެ ހިތް ބުރެއް އެއްލިފަދައެވެ. އެ ފިރިހެންވަންތަ އަޑު އިވިފައި ސާވަންގެ މޫނަށް އައިލާއަށް ބަލައިލެވުނެވެ. ސާވަން އައިލާއަށް ބަލަން އުޅޭހެން ހީވުމުން އައިލާ އަވަހަށް ލަމާނަށް ނަޒަަރު ހިންގާލިއެވެ. “އަމައްޔާއި މަށަށް ލިބޭ އަންހެން  ކުއްޖާ ވާނި އެންމެ ލަކީ ކުއްޖައަށް. ޔޫ ސީ ދީޒް މަސްލްސް؟ ދޭ އަރ ދަ ބެސްޓް ޗާރމްސް އޮފްމީ.” “ލަކީ މައި ފޫޓް.” އައިލާ މަޑުމަޑުން ބުންޏެވެ.

“ހޫމްމް ދެން މަ ވާހަކަ ބާއްވާފަ ތި ދެމީހުން ކޮން ގަނޑެކޭ މިތާ ގަނުނީ. ރަށަށް ލެފުނުތާ އެހާ އިރެއް ނުވޭ އެހާ އަވަހަށް..” “އަހަރުން ކޮންކަމެއް ކުރީ މިހާރު؟” ސާވަން މާ ނުވާ ކަމަށް ހެދިއެވެ. އައިލާ އެއަށް އެއްޗެއް ބުނާކަށް ނުހެދިއެވެ. އޭނާ ބޭނުންވީ އަވަހަށް އެތަނުންދާށެވެ. “ދެން ނުވާނެ ކަމެއްވި ކަމަށްވެސް. ހުރެބަލަ ރަނގަޅަށް ކިޔައި ދޭނަން. ތި ދެމީހުން އަމިއްލަ ދުނިޔޭގަ ލޮލުން މާ ފޮޅުވިއިރެއްގަ ހީވަނި އެހެން ފަދަ ކަމެއްހެން. އަނެއްކާ މަށަަށް ނޭގި ކަންތައްގަނޑެއް ހިނގަނީތަ؟ ސަސް.” ޝައްކުގެ ނަޒަރަކުން ދެމީހުންނަށް ބަލަމުން ލަމާން ބުންޏެވެ. ދެމީހުންނަށް ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. ސާވަންގެ ކަޅިއާ ބައްދަލް ވުމުން އައިލާ އަވަސް އަވަހަށް ދުރު ބަލައިލިއެވެ. އައިލާގެ މޫނަށް އަރަމުން ދިޔަ ކުލަވަރުތައް ފެނިފައި ސާވަންއަށް ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ.

“އަދިވެސް ބުނެ ދެމީހުން ދޭތެރޭ ކަމެެއް ނެތޭ…މަ ލޮލުގަ މައްސަލަ ހުއްޓަސް މި ލޯ ފެއިލެއް ނުވާނެ ތިދެމީހުން ދޭތެރޭ ކަމެއް ހިނގަންޏާ އކަމެއް ޑިޓެކްޓް ކުރާކަށް.” “އައިލާ ދަނީމި މަންމަމެން ކައިރިއަށް.” އެހެން ކިޔައި އަވަސް ހިނގުމެއްގައި އައިލާ ބަދިގެ ތެރެއަށް ހިގައިގަތެވެ. ލޮލުގެ ކޮޅުން އައިލާ ގެއްލެންދެން ސާވަން ހުރީ އެދިމާއަށް ބަލަހައްޓައިގެންނެވެ.

“އަޅޭދެންތި އެވަރަށް ނުބެލިއަސް ހެވޭ. އަދިވެސް ބުނޭ ތި ހިތުގަ އެކަކުވެސް ނެތޭ. ދެން އެހެން ބުނާއިރަށް ހަމަ ހުވާ މިބުނި އަގަމަތީ ޖަހާނަން.” “ޗި…. ގައިގަވަރެއް ނެތް މީހަކު ޖަހައިގެން ކޮން ތަދެއްވާނީ…މިހާރުވެސް މީހާ ތިއޮތީ ތިރި އަރާފަ…އަދި ދައްކައި ބޭނުން އަގަމަތީޖަހާ ވާހަކަ.” ސާވަން މާ ނޫންކަމަށް ހެދިގެން ލަމާނަށް މަލާމާތް ކޮށްލިއެވެ. “ސާވަން ކަަންތަކޭމީ.” މުޅި ތަނަށް ހިމޭންކަން ވެރިވިިއެވެ. ސާވަން ލަމާނަށް އެއްފަހަރު، އަނެއް ފަހަރު ބަދިގެއާ ދިމާއަށް ބަލައިލިއެވެ. ލަމާނަށް ސާވަންގެ އެ ހަރަކާތުންވެސް އެގުނެވެ. ނޭޭވާއެއް ދޫކޮށްލަމުން ލަމާން ފެށިއެވެ. “ޝީ މިސްޑް ޔޫ ސޯ މަޗް ބުރޯ…ޝީ ރިއަލީ ޑިޑް.” އެހެން ބުނުމުން ސާވަންގެ ހިތައް ތަދުވިއެވެ. އަވަހަށް އަންނަން ބުނިނަމަވެސް އެހާ ފަހުން އާދެވުނީމައެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ކަންތައްތައް ވަނީ ވަރަށް ބޮޑަށް ބަދަލްވެފައެވެ. އައިލާއަށް ވެސް ވަނީ ނުހަނު ބޮޑެތި ބަދަލްތަކެއް އައިސްފައިވާކަން ސާވަންއަށް ވެސް ފާހަގަ ކުރެވުނެވެ. އައިލާގެ ޢަމަލްތައް ހުރި ގޮތުން ސާވަން ދެރަވިއެވެ. ހީވީ  އޭނައާ ދުރަށް ދާން ބޭނުންވެފަ ހުރި ހެނެވެ. ލަމާނަށް ސާވަންގެ މޫނު ފެނިފައި ދެރަވިއެވެ. އައިލާގެ އަމަލްތައް އެހެން އެހުރީ ކީއްވެކަން ވަރަށް ރަނގަޅަށް ލަމާނަށް އެގެއެވެ. ނަމަވެސް ސާވަންއަކީ އެއިން އެއްވެސް އެއްޗެއް އިނގޭ މީހެއް ނޫނެވެ. “ވަައި ޑޫ އައި ފީލް ލައިކް ޝީ އިޒް އެވޮއިޑިން މީ؟ އަނެއްކާ މަށަށް ކުރެވުނު ކަމަކުންތަ އެހެން އެވީ؟”

“ނޫން…ސާވަންގެ އެއްވެސް ކުށެއް ނެތް. އިޓްސް ޖަސްޓް…އައި ތިންކް އިޓްސް ބެޓާރ ޓު ޓޯކް ޓު ހާރ.” ބުނަން ނުބުނަން ހުރެފައި ވެސް ލަމާން މެދު ކަނޑާލާފައި ބުނީ އެހެންނެވެ. އިރުކޮޅެއްގައި މަޑުމަޑުން ހުރެފައި ސާވަން ބުންޏެވެ. “ޔެއާ އައިލް ޓޯކް ޓު ހާރ.” އެހެން ކިޔައި ބަދިގެއަށް ދާން މިސްރާބު ޖެހިއެވެ. “އަޅެ ދެން ހަމަ މަ ނަގައިވެސް ނުދޭނަންތަ؟” ތިރިއަށް ދެމިފައި އޮތް ލަމާން ބޮޑާ ހާކާލިއެވެ. “މަ ނެތިން ތި ކަމުގަ…އޯ އެންޑް ޖަސްޓް އަ ހެލްޕްް ފުލް ޓިޕް ޓު ޔޫ…ތި އަޑުން ދުވަހަކުވެސް ލަވަ ނުކިއްޔާ ކަންނެ ރަނގަޅުވާނީ….އެހެންނޫނީ ހުރިހާ އެންމެންގެ ކަންފަތުގަ ސާރޖަރީއށް ޕޭ ކުރަން ޖެހޭނީ ހަމަ ބުރޯ.” ސާވަން އެހެން ބުނެ ބަދިގެ ތެރެއަށް ވަދުނެވެ. ބަދިގެ ދޮރާ ދިމާއަށް ބަލަން އޮވެފައި އަނެއްކާވެސް ލަމާނެ ލަވަ ކިޔަން ފެށިއެވެ. “އައިމް ސޯ ލޯންލީ ބްރޯކަން އޭންޖަލް، އައިމް ސޯ ލޯންލީ…” “ލޯންލީ ކުއްޖާ ލަވަ ނުކިޔާ އަންނަންވި ކާން. ވަރެއްގެ ލަވަ ކިޔުންތެރިއެއް ފަޔާޒަށާާއި އަސްމާއަަށް ލިބިފަތިއޮތީ.” ލަމާންގެ ލަވަ ކިޔުމަށް އަނެއްކާވެސް ހުއްޓުމެއް އައީ ޒައިނާ ބަދިގެ ތެރެއިން ލަމާން ކައިރީ އަންނަން ބުނުމުންނެވެ. “ދެން ޒައިއްތާ!!!!!!!” ދެފައި ތަޅައި ބޮޑާ ހާކަމުން ލަމާން ބުންޏެވެ. “މިވަރުން ކިހިނެއް އޮޑިޝަނަށް ވަންނާނީ…” ހިތާ ހިތުން އެހެން ކިޔަމުން ލަމާން ބަދިގެއަށް މިސްރާބު ޖެހިއެވެ. ލަމާނަކީ ލަމާނެވެެ.

 

-ނުނިމޭ-

Varah bodah maafah edhen mi part ge update las veema. Sha ge test feshuneema test ah bodah focus kuran vegen vaahaka up kollun laskohllee. Hurihaa kiyun therinnahvves mi part kamudhaane kamah uhmmeedhu kuran. Adhives ehfaharu lasveethee maafah edhen. ☺☺☺

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shaaaaa

Level 1

Other Articles

Previous

ހީވޭ ކަލާވާހެން-32

Next

ޖިންނި

Next
December 21, 2021

ޖިންނި

Previews
December 20, 2021

ހީވޭ ކަލާވާހެން-32



All Right Reserved!