Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-10

Shau Level 110 Stories100 Login
December 18, 2021 5 Mins Read
2 Comments

“ލިސިން ޔޫ..” ހައިދަރު ޝައިނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. “ޑޫ ޔޫ ތިންކް އައި ކެއަ އެބައުޓް ވަޓް ޔޫ ފީލް؟ ހްމް؟ ބުނީމަ ބުނާ ގޮތަށް ހަދައިގެން ހުންނަން ޖެހޭނީ..” ހައިދަރު މައިތިރިވީ އެދިމާލަށް ހިނގަމުން އައި ހައިތަމް ފެނިފައެވެ.

“ނައު ސްމައިލް..” ހައިދަރު ޝައިނާގެ ގައިން ދޫކޮށްލިއެވެ. އޭރު ހައިތަމް އައިސް އަރާ ހަމަވަނީއެވެ. ޝައިނާ އަވަސް ހަރަކާތާއެކު ފޮހެލި ކަރުނަ، ހައިތަމްއަށް ނުފެނުނަސް، އެމޫނު މަތީގައިވި މާޔޫސްކަން އޭނާ ރީއްޗަށް ދުއްޓެވެ.

“މަންމަމެން މިހާރު ލަސްވެގެން އުޅޭނެ ކަންނޭނގެ..” ޝައިނާ އެހެން ބުނެފައި ގޮސް ލޯމަތިން ގެއްލުމުން ހައިދަރު ނިއްކުރީގައި ފިރުމާލިއެވެ. އެދެމީހުންގެ ދޭތެރޭގައިވި ނުތަނަވަސްކަން ހައިތަމްއަށް ނޭނގި ނުދާނެ ކަން ގައިމެވެ.

“ސޯ ފައިނަލީ.. ޔޫ އާ އިން ލަވް؟ ޝައިނާއާއި ދިމާވީ އޮފީހުންނޭ ދޯ ބުނީ؟ ދެތިން ދުވަސް ތެރޭ ލޯބިވެސް ވެވިއްޖެ؟.. ބޭބެއަށް ކީއްވެތަ ހީވަނީ ހައިދަރުއަކަށް އަދި މީހެއް ދެކެ ލޯތްބެއް ނުވެވޭހެން؟..” ހައިތަމް ގޮސް ޖަންބު ގަހަށް ލެގިލިއެވެ.

“ތީ ހަމަ ބޭބެއަށް ހީވާ އެއްޗެއް.. އެހެން ނޫންނަމަ މިހާވަރުން މެރީ ކުރާކަށް ނޫޅޭނަމެއްނު؟.. ” ހައިދަރުއަށް އެވަގުތަށް ވިސްނުނު އެންމެ ރަނގަޅަށް ޖަވާބެއް ދިނެވެ.

“އެހެންވިއްޔާ ކާމޭޒުގެ ދަށުން ހިނގި ކަންތައް ތަކަކީ..؟ ހައިދަރު ތިހާ ލޯބިވާ މީހަކަށް ހާޓް އެއް ނުކުރާނެ.. އެހާވަރަށް ދެން ބޭބެއަށްވެސް ހައިދަރު އެނގޭ..” ހައިތަމް ހަތަރުކަޅި ހަމަ ކޮށްލިއެވެ. ހައިދަރުއާއި ޖެހިގެން ކާމޭޒު ދޮށުގައި އިނަސް، ހައިދަރު ހީކުރީ ބޭބެއަށް އެމަންޒަރު ނުފެންނާނެ ކަމަށެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ކިތަންމެ ލޯބިވިޔަސް ބައެއް ކަންކަމަކީ ބަދަލު ނުކުރެވޭނެ ކަންކަން..” އެބުނި އެއްޗެއް ހައިތަމްއަކަށް ފަހުމެއް ނުވާނެކަން ހައިދަރުއަށް އެނގެއެވެ. އެއީ އޭނާ އަމިއްލަ ނަފްސަށްވެސް ފޮރުވާފައިވާ ސިއްރެކެވެ.

“ބޭބެ ބުނެލަން އޮތީ ކައިވެންޏަކީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫނޭ.. ތިއީ މުޅި އުމުރަށް ދެމިގެންދާނެ ނިންމުމަކަށް ވާން ޖެހޭނެ.. ޝައިނާއާއި މެރީ ކުރަން ޖެހޭނީ އަބަދުވެސް އޭނަ އުފަލުގަ ބަހައްޓަ ދެވެންޏާ.. އެހެން ނޫނީ ބައެއްގެ މުޅި ދިރިއުޅުން ބަރުބާދު ވެގެން ހިނގައިދާނެ..” ހައިތަމް އެވާހަކަ ދެއްކީ ހައިދަރުގެ ނިޔަތާމެދު ޝައްކު ވެގެންނެވެ. މިކައިވެނީގެ ފަހަތުގައި ހައިދަރުގެ އެހެން މަގްސަދެއް އޮތް ކަމަށް ވާނަމަ، ހައިދަރުގެ ފަރާތުން ޝައިނާ ސަލާމަތް ކުރެވޭނެ މީހަކު މިދުނިޔެ މަތީގައި ނުވެއެވެ.

ހައިތަމް ދުރު ދުރުން ވާހަކަ ދެއްކިޔަސް، ހައިދަރުއަށް ހުރިހާ އެއްޗެއް ވިސްނުނެވެ. އެކަމަކު މިވަގުތު ބޭބެއަށް ހައިދަރުގެ ވިސްނުން ހުރި ގޮތް ކިޔައިދެވޭކަށް ނެތެވެ. ވަގުތު ޖެހުމުން އޭނާ އެންމެނަށްވެސް ހުރިހާ ވާހަކައެއް ކިޔައިދޭނެއެވެ.

ހައިދަރުމެން އަނބުރާ ގެއަށް ވަންއިރު އެންމެން ކައި ނިމިގެން ލިވިން ރޫމްގެ ސޯފާތަކުގައި ވާހަކަ ދައްކަން ތިއްބެވެ. ހައިދަރު އާއި ޝައިނާ ޕާޓީއެއް ބާއްވަން ބޭނުން ނުވިޔަސް، ޖުނައިދު އަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ފުއާދުގެ ހުރި އެންމެ އަންހެން ދަރިފުޅުގެ ކައިވެންޏަށް ވިޔަސް، އެހާ ބޮޑު ޕާޓީއަކަށް ހަރަދު ކުރާނެ ގޮތެއް އެއާއިލާގައި ނެތެވެ. އެކަމާ ފިކުރު ކުރަމުން ދަނިކޮށް، ކައިވެނީގެ ހުރިހާ ހަރަދެއްގެ ޒިންމާ ޖުނައިދު ނެގިއެވެ.

މަޝްވަރާ ނިމުނު އިރު، ފެށޭމަހު ދިހައެއްގައި ކައިވެނި ކުރާގޮތައް ހަމަޖެހުނެވެ. ޕާޓީ ބާއްވާނެ ތަނާއި، ގަޑިއާއި އަންނާނެ މެހެމާނުންނަށް ދާންދެން ކަނޑައެޅިއިރު، ޝައިނާގެ ދުލުން އެންމެ ލަފްޒެއްވެސް ބޭރު ނުވެއެވެ. ހަގީގަތުގައި މިއީ އޭނާ ބޭނުންވެގެން ކުރެވޭ ކައިވެންޏަކަށް ނުވާއިރު، ބާކީ ތިބި ކަންކަމަށް ހިޔާލު ދިނުމަކީ ބޭނުން ކަމަކަށް ނުވީއެވެ. ހައިދަރު އޭނާގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރި ފަދައިން ދެން ހުރި ކަންކަމަށް ވެސް ގޮތް ނިންމިޔަ ދޭށެވެ.
* * * * * * * *

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އޮފީހުގައި އެކި މުވައްޒަފުން ހޭލަ މޭލައަށް ހަރަކާތްތެރި ވަމުން ދިޔައީ، ކުންފުނީގެ އާ ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރު ވުމުގެ ގޮތުންނެވެ. ހައިދަރުވެސް ލިޔެކިއުންތަކެއް ނިންމަން އަވަދިނެތި އުޅުނުއިރު، ކުރިމަތީގައި އިން މޭޒު ދޮށުގައި އިން ޝައިނާއަށް އިރު އިރުކޮޅާ ބަލާލައެވެ. ލިބިފައިވާ ހިތާމަތައް ހަނދާން ނައްތާލަން ޝައިނާ ހިޔާރު ކުރީ، އަމިއްލަ ނަފްސު މަސައްކަތުގެ ތެރެއަށް ގަންބާލުމެވެ. އެކަމަށް ގެއްލިފައި އިން ވަރުން މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓްވި އަޑުވެސް އޭނާއަކަށް ނީވުނެވެ.

ޝައިނާއަށް ހަމަހޭވެރިކަންވީ، ހައިދަރު ފަހަތުން އައިސް އޭނާ އިށީނދެގެން އިން ގޮނޑީގެ ދެފަރާތުން މޭޒުގައި އަތް ވިއްދާލުމުންނެވެ. “އަހަރެން ދެކެ ބިރުން ފޯނުވެސް ނުނަގަންތަ ތިހުންނަނީ؟” ޝައިނާ ކަރުގައި ފިރުމާލީ، ލޯލިތައް ކޮޅަށް ޖެހުނު ހެން ހީވެގެންނެވެ. އޭރުވެސް ހައިދަރުގެ ހޫނު ނޭވާތައް ހުރަހެއް ނެތި އޭނާގެ ކަނދުރާއަށް އެޅެމުން ދިޔައެވެ. ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެމުން ދިޔައިރު، ހީވަނީ މޭގަނޑު ފަޅާލާފައި ނިކުމެދާނެ ހެންނެވެ.

ޝައިނާ ފުންމައިގެން ތެދުވީ ނޭވާ ލުމަށްވެސް ދަތިވެގެންނެވެ. އޭނާ ހައިދަރުއަށް އިންތިހާއަށް ނަފްރަތު ކުރެއެވެ. ވީއިރު ހައިދަރު އިންޗިއަކަށް ކައިރިވެލާއިރަށް، އޭނާގެ ހިއްސުތަކުގެ މައްޗަށް ބާރު ނުފޯރުވޭ ހިސާބަށް، ކަންތައްތައް ދާގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ. އަމިއްލަ ހަށިގަނޑުވެސް އޭނާއަށް ބޭވަފާތެރި ވަނީތާއެވެ.

ޝައިނާ އަވަސް އަވަހަށް ފޯނު ނަގައިގެން ބެލިއިރު ނާލާގެ ދެ މިސްކޯލާއި މެސެޖެއްވެސް އިނެވެ.

“އަހަރެމެން ދައްކަން ޖެހޭ ވާހަކަ އެބަތިއްބެއްނު؟.. އަޒަލްއާ ދެމީހުން މިތިބީ ކެފޭގަ.. ވެއިޓިން..” ހިތާމަވެރި އިމޯޖީ އަކާއިއެކު މެސެޖުގައި އޮތެވެ. ޝައިނާ އިސް އުފުލާލިއިރު، ހައިދަރު ހަނި ކޮށްލެވިފައިވާ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ.

“ކާކު ގުޅީ؟” ހައިދަރު ކުއްލިއަކަށް ފޯނު ޖަހައިގަތެވެ. ނާލާ ފޮނުވާފައި އޮތް މެސެޖު އޭނާއަށްވެސް ފެނުނެވެ. “ދަންތަ ހެލްޕެއް ވާން؟ ހުރިހާ ވާހަކައެއް ދެމީހުން ވެގެން ކިޔައި ދޭނީ ..” ހައިދަރު ފޯނު އަނބުރާ ދިނެވެ.

“އަސްލަށްވެސް އެހީއެއް ވާން ބޭނުމިއްޔާ.. ޖަސް ސްޓޭ އަވޭ ފްރޮމް މީ..” ޝައިނާ ނިކުމެގެން ދިއުމުން ހައިދަރު ދެއަތަކަށް ބޯ ހޫރުވާލިއެވެ.

ނާލާއާއި އަޒަލް ކޮފީއަށް އޯޑަރު ދިނުމަށްފަހު ޝައިނާގެ އިންތިޒާރުގައި ތިއްބެވެ. އޭރު ޖެހިގެން ހުރި މޭޒުގައި ނަދާއާއި އޭނާގެ ރައްޓެހިންވެސް ޗުކުޗުކު ލައްވަމުން ދިޔައެވެ. ނަދާ ތަންކޮޅެއް ބާރަށް، ޝައިނާ ފަދައިން ޝައިނާގެ ރައްޓެހިންވެސް ތިބެނީ ފެންވަރު އޮޅިފައޭ ބުނެލީ އެމީހުންނަށް އަޑުއިއްވަން ކަންނޭނގެއެވެ.

އެކުދިން އެކަމާ އަޅާވެސް ނުލާ ތިއްބާ ޝައިނާ ވަދެގެން އަންނަ ތަން ފެނުނެވެ. އެއައި ގޮތަށް އައިސް މޭޒު ކައިރިއަށް ހުއްޓުނު އިރު، ކުށްވެރި ކަމުގެ އިހުސާސް އޭނާ ވަށާލާފައި ވިއެވެ. “ސޮރީ ސޮރީ ސޮރީ ސޮރީ.. އައި ޕްރޮމިސް.. ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން.. އެކަމު ފުރަތަމަ މިއަންނަނީ އަތް ދޮވެލައިގެން..”

ޝައިނާ ހިނގައިގަތީ ކެފޭގެ ކަނުގައި ހުރި ސިންކު ކައިރިއަށެވެ. އެމަންޒަރު ބަލަހައްޓައިގެން ހުރި ނަދާ ހީވަނީ، އޭނާގެ ރުޅިވެރި ނަޒަރުން ޝައިނާ ފިއްސާލަފާނެ ހެންނެވެ. އަތުގައި ހުރި ކަޅުކޮފީ ތަށި ހިފައިގެން އެދިމާލަށް ހިނގައިގަތީ، ޝައިނާއަށް ވަރުގަދަ ލަނޑެއް ދިނުމުގެ ބޭނުމުގައެވެ. އެދިޔަ ގޮތަށް ގޮސް ޝައިނާ ލައިގެން ހުރި ހުދުކުލައިގެ ހެދުމަށް ކޮފީތަށި ބަންޑުން ކޮށްލިއެވެ.

“ކީއް ތިކުރީ؟.. ” ޝައިނާ ހިތްހަމަ ނުޖެހިފައި އަހާލިއިރު، ހައިރާން ވެސް ވިއެވެ.

“ކަލެއަށް އެނގޭތަ ކަލެއަށް ކުރެވޭ ކަންތައް؟.. ބުނަންތަ ވާހަކައެއް؟ ހައިދަރުއާއި ދުރުން އުޅެއްޗޭ..” ނަދާ ޝައިނާގެ މޭމަތީގައި އަތްއަޅާ ކޮއްޕާލިއެވެ. އެފަދަ ހަމަލާ އަކަށް ތައްޔާރު ވެގެން ނެތުމުން ޝައިނާއަށް ބެލެންސް ނުކުރެވިގެން ބިންމައްޗަށް ވެއްޓުނެވެ. އޭރު ނާލާ އާއި އަޒަލް ދުވެފައި އެދިމާލަށް އާދެއެވެ.

“ކަލޭ ހީކުރީ ތިއުޅޭ ވައްތަރެއް މީހަކަށް ނޭނގޭ ކަމަށްތަ؟.. ހައިދަރުގެ ފަހަތުން ނޫނީ އޮފީހަށް ވެސް ވަދެވޭ ކަމަކަށް ނުވޭ.. އޭނަގެ ކެބިންއަށް މޭޒު ބަދަލު ކުރުވީވެސް މީނަ ޖުނައިދު ސަރގެ ބޮލަށް ވަދެގެން ކަމަށް ވާނީ.. ބުނަން.. ދުވަހަކުވެސް ހައިދަރުއެއް ނުލިބޭނެ.. އެއީ މަގޭ މީހެއް.. އަޑު އިވިއްޖެތަ؟..” ނަދާ ހަޅޭ ލަވައިގަތެވެ. އޭރު ނާލާ ޝައިނާގެ އަތުގައި ހިފައި ކޮޅަށް ނަގައިފިއެވެ.

ޝައިނާއަށް ހިނދުކޮޅަކަށް ވާނުވާ ވެސް ނޭނގިފައި ހުރެވުނެވެ. މި އަންހެން ކުއްޖާ އޭނައަށް މިހާ ނަފްރަތު މިކުރަނީ، އޭނާ ހައިދަރުއާއި ހިތާވީ ކަމަށް ހީކޮށްފައި ހެއްޔެވެ؟ ނަދާއަށް އެނގޭނެ ނަމައެވެ. އޭނައަށް ވެގެންވާނެ ނަމަ ހައިދަރު ނޭވާ ލާފައި ދޫކޮށްލި ވައި ފޮދަކާވެސް ކައިރި ނުވީހެވެ. ހައިދަރުގެ ހަޔާތަށް އަންނާނީ ބަދުނަސީބު އަންހެން ކުއްޖެކެވެ. އެކަން އެނގޭނެނަމަ މިކުދިން އޭނާ ދެކެ މިހާ ނަފްރަތެއް ނުކުރީހެވެ. ބަދަލުގައި އޭނާއަށް ހަމްދަރުދީ ވީހެވެ.

“ކަލޭ ހީކުރީ ތިކަހަލަ ހައިސިއްޔަތެއް ނެތް، ސްޓައިލް އެއް ނެތް، އާދައިގެ އަންހެނެއް ދެކެ ހައިދަރު ލޯބިވެދާނެ ކަމަށްތަ؟ ތިކަހަލަ މީހަކާ ދިމާލަށް އިސްއުފުލާ ބަލާލުމުގެ އުނދަގޫވެސް އޭނަ ނުއުފުލާނެ.. ކަލޭތީ ކާކުތަ؟” ނަދާގެ އެކުވެރިންނަށް ވެސް ނަދާ ހިފެހެއްޓުން އުނދަގޫ ކަމަކަށް ވެފައި ވިއެވެ.

“ޝައިނާއަކީ އަހަރެންގެ ވާން އުޅޭ އަންހެނުން..” ނަދާ ސިހިފައި ބަލާލިއިރު، ހައިދަރު ދެޖީބަށް އަތްޖަހާލައިގެން، ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ބޮޑަށް ސިހުނީ ކުއްލިއަކަށް ފަހަތުން ހައިދަރު ފެނުމުން ކަމެއް، ނުވަތަ ހައިދަރު އެބުނި އެއްޗަކުން ކަމެއް ޔަގީނެއް ނުވިއެވެ. ޝައިނާއަށް ވަގުތުން ބެލުނީ ނާލާއާއި އަޒަލްގެ މޫނަށެވެ. ބަލަބަލާ ތިއްބާ، ޝައިނާ އަރައި ކާއެއްޗަކަށް ބަދަލުވިޔަސް، އެތާ ތިބި މީހުން ހައިރާންވާނީ މިހާކަށް ވަރަށެވެ.

“މިއޮފީހަކީ އަހަރެންގެ ތަނެއް.. މިތާ އުޅެވޭނީ އަހަންނަށް ކުރާ ރެސްޕެކްޓެއް ޝައިނާއަށްވެސް ކޮށްގެން.. އެހެން އެކަން ނުވަންޏާ ގެއަށްދޭ..” މިއަންހެން ކުއްޖާދެކެ އަންނަ ރުޅިގަނޑު ހައިދަރު މައިތިރި ކޮށްގެން ހުންނަނީ، އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތް ކޮށްގެނެވެ. ފިރިހެނެއްނަމަ ދުވަސް ދުއްވާލެވުނީސް ކަންނޭގެއެވެ. އޮފީހަށް ވަންނަ ތަނުން ވަށްބަހުން ޖެހުމާއި، ލަދެއް ނެތި އޭނާގެ ފަހަތުން އުޅޭ ގޮތުން ހައިދަރު އިންތިހާއަށް ފޫހިވިއެވެ.

“ނައު މޫވް..” ހައިދަރު ބުނެލީ ބޭނުންވި ވަރަށް ވުރެވެސް ބާރަށެވެ. އޭނާ ޝައިނާގެ ކައިރިއަށް ގޮސް ޝައިނާގެ އަތުގައި ހިފާލިއެވެ. “އާ ޔޫ އޯކޭ؟”

ހައިދަރު އެހި ގޮތުން ހީވީ ދުނިޔެ މަތީގައިވާ އެންމެ އޯގާތެރި މީހާ ހެންނެވެ. ދެފުށް ދެގޮތް މީހުންވެސް ތަންތާގައި އުޅެއެވެ. މިވަރު ކަމެއް ޝައިނާ ނުދެކެއެވެ. ހައިދަރުގެ އަތް ފޮޅުވާނުލާ އޭނާ ކެތްކުރީ ހަށިގަނޑުގައިވި ހުރިހާ ސެލްތަކުން މަސައްކަތް ކޮށްގެނެވެ. މީ އެންމެ ރަނގަޅު ވަގުތާއި ހާލަތަށް ނުވީތީއެވެ.

“ފައިން.. ” ޝައިނާ އިސްޖަހާލުމުން މޫނުމަށްޗަށް ފޭބި އިސްތަށިކޮޅު، ހައިދަރު އަތުން ގެންގޮސް ކަންފަތް ދޮށަށް ލެއްވިއެވެ. އެމަންޒަރު ބަލަން ހުރި ނަދާ އަނދައިގަތެވެ. ރުޅީގެ ސަބަބުން އޭނާގެ މުޅި މޫނުވެސް ރަތް ވެފައިވިއެވެ. އެދިޔަ ގޮތަށް ގޮސް މޭޒުމަތީގައި އޮތް ދަބަސް ނަގައިގެން ނިކުމެގެން ދިޔައެވެ.

“އެމީހުން ހީކުރަނީ ކީކޭ ކަމަށްތަ؟ މަށަކީ ކާކުކަން އަދި ނޭނގިގެން އެއުޅެނީ.. ހައިދަރު މީގެ ކުރިން ދުވަހަކުވެސް އަހަންނާ އެގޮތަކަށް ވާހަކައެއް ނުދައްކާ.. އެކަމަކު މިއަދު އެ ހުތުރު އަންހެނާއާއި ހެދި.. ..” ނަދާއަކަށް ކުރިއަކަށް ނުގެންދެވުނެވެ. ނިކުމެގެން އައި ގޮތަށް އޮފީހުގެ ބޭރުގައި ހުރި ބެންޗެއްގައި އޭނާ އިށީނދެގެން އިން އިރު އެކުވެރި ފަނާ ކައިރީގައި ކޮޅަށް ހުއްޓެވެ. ޝައިނާއާއި ދިމާލަށް ހުތުރޭ ބުންޏަސް، އެއީ ނާދިރު ރީތި ކަމެއް ލިބިފައިވާ އަންހެން ކުއްޖެއްކަން ނަދާއަށް ނޭނގެނީއެއް ނޫނެވެ.

“ތި ރުޅިގަނޑު މައިތިރި ކޮށްބަލަ.. ހުރިހާ ގެއްލުމެއް ތިދެވެނީ އަމިއްލަ ނަފްސަކަށްނު؟..” ފަނާ ހުރީ މީހުން ބަލާވަރުން ލަދުވެސް ގެންފައެވެ. “ހައިދަރު އެބުނީނު ޝައިނާއާއި މެރީ ކުރަން އުޅޭ ވާހަކަ.. އަހަންނަށް ފެންނަނީ ދެން ހައިދަރު މަތިން ހަނދާން ނައްތާލަން..” ފަނާ އުޅުނީ ވިސްނައި ދެވޭތޯއެވެ.

“ހައިދަރު އިންނާނީ މަށާ.. އަޑުއިވިއްޖެތަ؟ އޭނ؟..” ނަދާ ހީވަނީ މޮޔަވެގެން އުޅޭ ހެންނެވެ. ފަނާ އެތެރެއަށް ދާން ހިނގައިގަތީ ނަދާގެ ފަރާތުން އޭނާއަށް ހަމަލާއެއް އަތުވެދާނެހެން ހީވުމުންނެވެ.

ނަދާ އެތާގައި އެތައް އިރެއް ވަންދެން އިނެވެ. ބެންޗު ކައިރީ ބިންމަށްޗަށް ވެއްޓުނު ފިޔާތޮށި ކުލައިގެ ބޮޑު މަލެއް ނެގިއެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އަނެއްކާ އެމާ ބިންމައްޗަށް ވައްޓާލިއެވެ. އޭނާގެ ސިކުނޑިއަށް މޮޅު ހިޔާލެއް އަތުވެއްޖެއެވެ. ފަނާ ބުނިހެން އޭނާ ހުންނަން ޖެހޭނީ ހަމަ ޖެހިގެންނެވެ. އެކަމަކު ޝައިނާ ޖެހޭނީ އޭނާއާއި ހައިދަރުގެ ދިރިއުޅުމުން އެއްފަރާތް ވާށެވެ. ރީތިކޮށް ބަސްއަހައިގެން ދުރަށް ނުގޮސްފިއްޔާ އޭނާ ޝައިނާގެ ވަސް ވެސް މިދުނިޔެއިން ފޮހެލާނެއެވެ.

ލައިގެން ހުރި އުސް ފައިވާނުގެ ކޮޅުން ބިންމަތީގައި އޮތް މަލަށް ފައިން އަރާ ޗިސްކޮށްލުމަށް ފަހު ދާން ހިނގައިގަތް އިރު، މޫނުމަތީގައިވީ ހަމަ ޖެހުމުގެ އަސަރެވެ. ތުންފަތްމައްޗަށް ވެރިވެފައި ވަނީ ވިހަ ހިނިތުންވުމެކެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ނުވަވަނަ ބައި)

Next

ސިއްރެއް ނުވާނޭ 1

Next
December 18, 2021

ސިއްރެއް ނުވާނޭ 1

Previews
December 18, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ނުވަވަނަ ބައި)

2 Comments!

  1. Aishath faruha Abdullaa says:
    December 18, 2021 at 8:45 pm

    Mi part ge 12 vana paragraph 3rd vana sentence ga kuda kusheh ebain. “Kurimatheegai in meyzu dhoshuga in shainaa nukiyaane….. Kurimatheegai HURI meyzu dhoshuga in shainaa egothah kiyaanee…. . And Adhi vx 16 vana paragraph ge 1st sentence ga” aharemen dhakkan jehey vaahaka thakeh ebathibbennu? Migothah nukiyaanennu…..aharemendhakkan jehey vaahaka thakeh EBAHATTENNU? Migothah bonaa nee ingey….. Bahuge gavaaidhu v ma ibaaraaih kuramuga nubaaikoh liyefaovva faahaga kurevuneemai bunelee ingeyyy… Ehchekey heenukurahchey….. By the way masha Allah hurihaa part thakekey ehfadhain mi part vx varah reethi. …. N dhn oiy bayah varah curious…. When next?? I’m waiting… . ❤️

    1. Shau says:
      December 18, 2021 at 10:39 pm

      Thank you Faruha, for pointing out the mistakes. This is how we learn and grow. Avas aruvaa laafa liyaa iru mifadha kuh thakeh huredhaane. Ekamaku kuriyah liyaa part thakuga mibai rangalhu kurevey thw varah masahkah kuraanan. Vaahaka reethi v thy ufaa kuran. Dhn oh bai Monday ga up koh dheynan. Insha Allah ❤️❤️❤️

Comments are closed.

Next Episodeހައިދަރު-12←


All Right Reserved!