އަބަދުވެސް ކަލާދެކެ ލޯބިވާނަން 2
“އެ ކީއްވެއޯ؟” “އަހެފަހެދޯ….މާން މިބުނީ ލަލްއަށް ސާވަން ފެންނަ އިރަށް ސާވަން މާން މެންނަށް ދޫކުރާނެ ހެނެއް ހިއެއްނުވެއޭ..” ލަމާން އެހެން ބުނުމުން ބޮޑިކަރުވާލާފައި އޮތް ޓިޝޫކޮޅެއް ނަގައި އައިލާ ލަމާންއާ ދިމާއަށް އެއްލިއެވެ. “މާން އަޅެ ކޯއްޗެކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ….މާ ވާހަކަ ގިނަނުކޮށް ތި ކައިބަލަ” އައިލާ އެހެން ބުނުުމުން ކާގެތެރެ ހުނުމުގެ އަޑުން ފުރާލިއެވެ. “އައްދެ…އައިމް ސްޓޭޓިން ދަ ޓުރުތް…ޔޫ ނޯ ދެޓް ޓޫ…” ލަމާން އެއްގޮތަކަށްވެސް ހުއްޓާކަށް ބޭނުމެއްނުވިއެވެ. މުޅި ކެއުން ކަހަލަ ގޮތަކަށް ދިޔައީ ލަމާން އައިލާއަށް ދިމާކުރުމުން އައިލާ ލަމާންއަށް ބޮނޑި އަޅަމުންނެވެ.
*************************
ފަތިހުގެ ފިނިކަން ގަދަ ވަގުތެވެ. މަޑު ރޯޅިއަކަށް ޖެހެމުން ދިޔަ ވައިޔާއެކީ ގަސްތައްވެސް ދިޔައީ އެއާ އެއްވަރަށް ނަށަމުންނެވެ. ދޫނިތަކުގެ ހެނދުނުގެ ގޮވުންތަކުން ފަޒާ ތެރެ ގުގުމާލި އިރު އެހާވެސް ހިތްގައިމެވެ. އެހާވެސް ހިތައް ފަސޭހައެވެ. މިނިވަންކަމަށް ދޫކޮށްލާފައިވާ ދޫނިސޫފާ ސޫފިތައްވެސް ފަޒާތެރެ ފުރާލީއެކަމުގެ އުފަލުގައެވެ. އުފާ ނުވާންވީ ސަބަބެއް ނެތެވެ.
އަތިރިމަތީގައި ރާޅު ބީއްސާ ހިސާބުގައި ހުރި ޒުވާނާގެވެސް ހާލަކީއެއެވެ. އާދައިގެ ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއެކު ލައިގެން ހުރި ޖިންސުގެ ފައިކުރި ކަށިމައްޗާ ހަމައަަށް އޮޅާލާފައި ފުދޭވަރަކަށް އެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ހަދާލާފައި ވުމުން ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ބަލާބެލުމަށް އެޒުވާނާ ވަނީ ވަރަށް ފުން ވިސްނުމެއްގެ ތެރެއަށް ގެބިފައެވެ. އޭރުއެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ވެސް އޮތެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. ކޮންމެ މީހަަކުވެސް ހިތުގައި ވަރަށް ހާއްސަ ދަރަޖައެއް ދެވިފައިވާ މީހާގެ ޙިޔާލުތަކަށް ގެއްލޭއިރު އެ އުފާވެރިކަން ފާޅުނުކޮށް ނުހުރެވެއެވެ. ފައިގައި ޖެހެމުން ދިޔަ ރާޅުތަކުގެ ހިލަމެއް ނުވި އެޒުވާނާއަށް ހޭވެރިކަންވީ ކުޑަ ކުއްޖަކު ހީގެންއަޑަށެވެ. އެ އަޑު އިިވުނު ދިމާއަށް ނަޒަރު ހިންގާލުމުން ފެނުނީ ކުޑަ ކުއްޖަކު މުޅި ފަޒާތެރެ އަލިކުރެވޭނެހާ ހިނިތުންވުމެއް އަޅުވައިގެން އަންހެނެއްގެ އަތުގައި ހިފާ ދަމަމުން މޫދާ ދިމާއަށް އަންނަތަނެވެ.
އެތަންފެނިފައި ބޭއިޙްތިޔާރުގައި އެޒުވާނާއަށްވެސް ހިނިތުންވެވުނެވެ. ޖީބު ތެރޭގައި އޮތް ފޯނު ވައިބުރޭޓް ވާން ފެށުމުން ފޯނުނަގައި ފޯނަށް ބަލާލިއެވެ. މަންމަގެ ކޯލަކަށް ވުމުން އެންމެ ސިކުންތެއްވެސް އިތުރަށް ބޭކާރުނުކޮށް އަވަހަށް ފޯނު ނެގިއެވެ. “ހަަަލޯ..” “ހަލޯ..ދަރިފުޅާ ސާވަން ވަރަށް އަވަހަށް ގެއަށް އާދެ ބަލަ…ބައްޕަ އެބައޮތޯ އެއްޗެއް ބުނަންވެފަ…އަވަހަށް އާދޭ އިގޭ…ދަރިފުޅު ސައިވެސް ނުބޮއޭނުން ތިިހުރީ” ފޯނު ނަގާ ހަލޯއޭ ބުނެލި އިރަށް އިވުނީ ސާވަންގެ މަންމަ ޒައިނާގެ އަޑެވެ. ފަހު ޖުމްލަ ބުނެލިއިރު އެ އަޑުގައި ހުރި އޯގާތެރިކަމާއި ކަންބޮޑުވުމުން ހާމަވުމުން ސާވަން ބޭނުންވީ ވަގުތުން ވަގުތައް ގެއަށް ދާށެވެ. “އާން…ވަރަށް އަވަހަށް މިދަނީ” އެހެން ބުނެ ފޯނު ކަނޑާލައި ސާވަންގެ ސައިކަލާ ދިމާއަށް މިސްރާބު ޖެހިއެވެ.
އާދައިގެ މަތިން އައިލާ ކުޑަގޮތަކަށް ހެނދުނުގެ ނާސްތާކޮށްގެން ބަދިގެތެރޭގައި އުޅޭ އޭނަ މަންމައަށް އެހީވާން ވަދުނެވެ. އޭރު އަސްމާ ޒިންކު ދޮށުގައި ހުރެގެން މަސްކޮށަނީއެެެވެ. “ކޯއްޗެެއް މިއަދުތި ހަދަނީ؟” އައިލާގެ އަޑު އަސްމާގެ ކަންފަތުގައި ޖެހުމުން މަސްކޮށުމަށް ހުއްޓުމެއް ގެނެސް ފަހަތް ބަލާލިއެވެ. “މާން ބުނި ކުޅިމަސް ހަދައިދޭށޯ ޑިއުޓީ ބުރޭކަށް އަންނަންވާ އިރަށް. އެހެންވެ ކުޅިމަސް ހަދަން މިއުޅެނީ.” އަސްމާ މޭޒުމަތީގައި ހުރި ކުޅިމަސް ތައްޔާރު ކުރަން ބޭނުންވާ އެއްޗިއްސަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. “ދަރިފުޅު ކާން އެހެން އެއްޗެއް ހަދަންވީތަ؟” “ނޫނޭ..ލަލް ވެސް ކާނި ކުޅިމަސް…ބައްޕަ ކޮބައޯ؟” ފަޔާޒު ގޭތެރޭގައި ފެންނަން ނެތުމުން އައިލާ އަހާލިއެވެ. “ބައްޕަ ވެއްޖެ ޒާހިދުބޭ ބުނީީމަ އެގޭ މަސައްކަތް ކުރާތަނަށް ގޮއްސަ.” އައިލާއަށް ޖަވާބު ދިނުމަށްފަހު އަސްމާ އަނެއްކާވެސް މަސްކޮށުމާއެކީ ގެން ކުރިއަށްދިޔައެވެ. އައިލާވެސް ބޮލުގައި ހުޅިއެއް ޖަހާލަމުން މޭޒުމަތީގައި ފުރާނާފަ ހުރި ފުއްތަށި ނަގައި ރޮށިފިހުމަށް މޮޑެން ފެށިއެވެ.
އެއަަމާންކަންގަދަ ކަނޑުގައި ބާރު ދުވެލީގައި އައި ލޯންޗު ފަޅުގެތެެރެއަށް އަރާ ހަމަވުމުން ކުޑަކޮށް މަޑު ޖައްސާލިއެވެ. އަދި މަޑު މަޑުން އައިސް ރަށުގެ ބަނދަރު ކައިރިއަށް ހުއްޓުނެވެ. ސާވަން އޭނާގެ ކޮޑުމަތީ ނިދިފަ އޮތް މަންމައަށް މަޑުމަޑުން ގޮވާލަައި ރަށަށް ލެފުނު ވާހަކަ ބުންޏެވެ. ޒައިނާ ތެދުވެފައި އަޙުމަދު ގެ ގާތަށް ދިޔައެވެ. ސާވަންވެސް އިންތަނުން ތެދުވެ ލޯންޗުތެރޭގައި ހުރި ދަތުރުވެރިންގެ ސާމާނު ނެރެން ތިިބި މީހުންނާ އެއްބައިވެ ސާމާނުތައް ނެރެން އެހީވެދިނެވެ. ކުޑައިރުއްސުރެ އެހެން މީހުންނަށް އެހީވެދީ އުޅުުމުން ސާވަންއަށް ވަނީ އެ ރަނގަޅު އާދަ އޭނަ ގައިގައި އަށަގެންނުވިފައެވެ. ހުރިހާ ސާމާނުތަކެއް ނެރެވި ހަމަވުމުން ހުރިހާ އެއްމެންވެސް އެމީހެއްގެ އެއްޗެއްނަގައި އެމީހަކު ދާން ހަމަޖެހިފައި އޮތް ތަނަށް މިސްރާބުޖެހިއެވެ. ހުރިހާ އެންމެން ދިޔަ ކަމުގައި ވިއަސް ސާވަންމެން މަޑުކުރިއެެވެ. “އަސްލު ކީއްވެޔޯ މި މަޑުކުރަނީ؟” ސާވަން ރަށުތެރެއަށް ނަޒަރު ހިންގާ ލަމުން ބުންޏެވެ. “ފަޔާޒުބޭ އަންނަންދެން މަޑު ކުރަނީމި” ސާވަންގެ ބައްޕަ އަޙުމަދު ޖަވާބު ދިނުމުން ސާވަން މަޑު މަޑުން ބޯޖަހައި ފަޔާޒު އަންނާނެ އިރަކަށް އިންތިޒާރު ކުރަންފެށިއެެވެ.
މާކަ އިރުތަކެއް ނުވެ އަޅި ކުލައަކަށްދާ ކާރެއް އައިސް ސާވަންމެންނާ އަރާ ހަމަކޮށްލިއެވެ. ކާރު ދޮރު ހުޅުވައި ނުކުން މެދު އުމުރަކަށްދާ އެ ފިރިހެން މީހާ ދެނެގަންނާކަށް ސާވަން އަކަށް އިރުތަކެއް ނުނަގައެވެ. ބަދަލުތަކެއް އައިސްފައިވި ނަމަވެސް އެއީ ސާވަން ކުޑއިރު އަދި މިހާރުވެސް ބައްޕައެއްގެ ނަޒަރުގައި ބަލަމުންދާ ދެގޮތެއްނުވެ ހުރި ފަޔާޒެެވެ. ހިނިތުންވެފައި ނުކުން ފަޔާޒަށް ސާވަން ފެނުމުން ގަޔާ ކައިރިކޮށް ބައްދާލިއެވެ. “ކޮބާ…ދަތުރު ކިހިނެއްވަނީ؟…އެންމެންގެ ހާލު ރަނގަޅުތަ؟” ފަޔާޒު އެއްސެވެ. “ދަތުރު ރަނގަޅު…ހާލުވެސް ހަމަ އިރާދަ ކުރެއްވީތީ ވަރަށް ރަނގަޅު.” ޒައިނާ ހިނިތުންވެލާފައި ޖަވާބު ދިނެވެ. “ދަރިފުޅާ ސާވަން….ބޮޑު ވެއްޖޭ ދޯ މިހާރު. ދެން ބޮޑުވީމަ ދަރިފުޅު ނުކިޔަންވީ ދޯ” ކުޑަ ހުނުމަކާއެކު ފަޔާޒު އެހެން ބުނުމުން ސާވަން ޖަވާބުދިނެވެ. “ނޫނޭ…ހުއްޓާނެ ކަމެއް ނެތް. ފަޔާބެ ކިހިނެއްތަ؟” “އަލްޙަމްދުﷲ…ވަރަށް ރަނގަޅު” “ދެން އަސްމައްތަ އާ މާން އާ ރަނގަޅުތަ؟” “ރަނގަޅު ރަނގަޅު” ފަޔާޒުގެ ޖަވާބު ލިބުމުން ސާވަން ހިނިތުންވުމެއް ދިނެވެ. ނަމަވެސް ސާވަން ތުންފިއްތާލީ ދެން އަހަން އޮތް ސުވާލު އަހަން ނުކެރިގެންނެވެ. ފަޔާޒަށް އެފަކީރުގެ މޫނު މައްޗައް އައި ބަދަލުފެނިފައި ހިނިގަނޑު މަތަ ކުރަން އުދަގޫވިއެވެ. ސާވަން އެ ވިސްނަނީ އޭނަގެ އަންހެން ދަރިޔާ ދޭތެރޭ ކަމުން ހިތައް ބުނެދޭން ނޭގޭ އިހުސާސެއް ކުރެވުނެވެ. ސާވަންއަކީ ކުޑަ އިރުއްސުރެ ފަޔާޒުގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ބެލި ކުއްޖަކަށް ވާތީ އެހިތުގައި ވަރަށް މުހިއްމު ދަރަޖައެއް ދެވިފަައިވެއެވެ. އެހިތުގައި ކޮންމެވެސް ހިސާބަކުން ސާވަންްއަކީ އައިލާއަށް ރަނގަޅު ބައިވެރިއެއްކަންވެސް އިނގެއެވެ. އެހެންވީ ކަމުގައި ވިއަސް ފަޔާޒު ބޭނުންވީ ދެކުދިން އަމިއްލައަށް އެބައި ގެންދިއުމަށެވެ. “ދެން…އަ…ލަލް؟” ވަރަށް އަޅައިގަންނަ ގޮތަކަށް ސާވަން ބުނުމުން ފަޔާޒުއަށް ހަމަ ނުހީ ނުހުރެވުނީއެވެ. އަދި ސާވަންގެ ބަދަމަތީގައި ބޮނޑިއެއްއަޅަމުން ބުންޏެވެ. “ލަލްގެ ހާލު ބަލާލަން ހިނގާބަލަ އަޅެ ފަޔާބެމެން ގެއަށްދާން ދޯ..” ލާނެއް ރާގަކުން ފަޔާޒު ބުނުމުން ސާވަން ލަދުގަންނަ ގޮތް ވިއެވެ. ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ފަޔާޒު އަނެއްކާވެސް އެހިއެވެ. “ފުރަތަަމަ ދަތުރު ސައިބޯންތަ ދާނީ ނޫނީ ގެއަށްތަ؟” “ތާޒާ ވެލައިގެން ދިޔަ އިއްޔާ ކަންނެ ރަނގަޅުވާނި….އޭރުންނޭނުން ވާހަކަ ދައްކާލަންވެސް ތިބެވޭނި” އަޙުމަދު އެހެން ބުނުުމުން ފަޔާޒު ކާރު ދުއްވަންފެށިއެވެ.
ބަދިގެ ތެރޭގައި ކާމޭޒުމަަތި ތައްޔާރުކުރަން ހުރި އަސްމާގެ އެ އަވަސް ހަރަކާތްތަކަށް ހުއްޓުމެއް އައީ ބޭރުން މީހަކު ސަލާމް ގޮވާލުމުންނެވެ. އެ އަޑަކީ އޭނާގެ ދެގޮތެއްނުވެ ހުރި އެކުވެރިއާ ޒައިނާގެ އަޑުކަމުން އަވަހަށް ސިޓިން ރޫމް ތެރެއަށް ނުކުތެވެ. އޭރު ޒައިނާ ހުރީ ދޮރުމަތީގައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ސަލާމް ބަލައިނުގަނެ ޒައިނާއާ ދިމާއަށް ދުއްވައިގަނެ އޭނަ ގައިގައި އޮޅުލައިގަނުނެވެ. ޒައިނާގެ ފަހަތުން ހުނުމުގެ އަޑުއިވުމުން ބަލާލި އިރު ފަޔާޒާއެކީ އަޙުމަދާއި ސާވަން ހޭޭން ހުުރިތަން ފެނުނެވެ. އުފަލުން އެންމެންނަށް ގެއަށް ވަންނަން ތަންދިނެވެ. “ހަމަ ވަރަށް އުފާވެއްޖެ މިއަދު…ހާލު ކިހިނެއްތަ؟” “އިރާދަ ކުރެއްވީތީ ހަމަ ވަރަށް ރަނގަޅު..މާންމެން ކޮބާ؟” ޒައިނާ އެހެން ބުނުުމުން ލަމާންމެން އައިލާ ކޮޓަރިތެރޭ ފިލްމު ބަލަން ތިބި ކަމަށް ބުނެ ސާވަންއަށް ހިނިތުންވުމެއް ދިނެވެ. “ދަރިފުޅާ ސާވަން..އާދެ ބަލަ މިކޮޅަށް…ހާދަ ބޮޑު ވެއްޖޭދޯ…ކޮބާ ކިހިނެއް ވަނީ ދަތުރު؟” “ދަތުރު ހަމަ ހަބޭސް” “ނަސީބޭނުން…މާން މެންނަށް ގޮވާލަންވީ ދޯ.” އެހެންބުނެ ލަމާނަށާއި އައިލާއަށް ގޮވާލިއެވެ.
“މަންމާ ހާދަ ބާރަކަށް އަނެއްކާ ކީއް….އައްދޭ ބުރޯ އައީތަ؟ ޑޭމް…މިސްޑު ޔޫ ބުރޯ.” އައިލާގެ ކޮޓަރި ތެރެއިން ނުކުމި ލަމާނަށާއި އައިލާއަށް ލިބުނީ ޝޮކެކެވެ. މަހެއްފަހުން އަންނަން ބުނި މީހުން މަހެއް ނުވަނީސް އައުުމުން ވާނީވެސް އެހެންނޭނުން ހެއްޔެވެ. ލަމާން ޝޮކުން އަރައިގަތުމުންވެސް އައިލާއަކަށް އެވަރު ނުވިެއެވެ. ޖެހި ބުދެއްހެން އައިލާގެ ނަޒަރު ހުއްޓިފައި ހުރީ ލަމާން ގޮސް ބައްދާލި ސާވަންއަށެވެ. ސާވަންގެ ކަޅިވެސް ގެއްލިފަައި ވަނީ އައިލާއަށެވެ.
އަހަރުތަކެއްފަހުން އަނެއްކާވެސް ފެނުމުން ދެމީހުންގެ ހިތައް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރެވެން ފެށިއެވެ.
– ނުނިމޭ –
Assalaamualaikum hurihaa kiyuntherinnah. Sha ge vaahaka ah chance eh dhineetha hurihaa kiyuntherinnahvves varah bodah shukuru adhaakuran. Sha bunelan beynun vanee mi story updates annaanee thankolheh lahun kan. And sha akee first time writer eh veema varah baivaru mistakes hunnaanekan igey. Ehenma ekahala than than sha ah faahaga kohdhinun eii sha varah ufaavaane kameh. Sha ah meegen comment nukurevenyaa sha ge insta id ah dm kohllaafa e mistakes thah kiyaala dhinas sha ah ok. hurihaa kiyun therinnahvves mi vaahaka varah kamu dhaane kamah uhmmeedhu kuran.??
Sha ge insta id: shaaaaa._16
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Varah reethi♥️… When next.. curiously waiting…..