Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-6

Shau Level 110 Stories100 Login
December 8, 2021 5 Mins Read
2 Comments

ޖުނައިދު ޝައިނާއާއި ދިމާލަށް ބަލާލަމުން ފައިލް މޭޒުމަތީގައި ބޭއްވިއެވެ. އަދި މޭޒުމަތީގައި އޮތް ސިޓީއުރައެއް ނަގާ ޝައިނާގެ އަތަށް ދިއްކޮށްލިއެވެ.

ޝައިނާ ސިޓީއުރަ ކަނޑައިގެން ބެލިއިރު ޕްރޮމޯޝަން ލެޓާއެކެވެ. ހައިރާންކަމާއެކު އޭނާ ހައިދަރުގެ މޫނަށް ބަލާލިއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟

”ކޮންކަމަކާ ބިރުންތަ މުޅި މީހާ ދާހިއްލާ ފޯވެފަ ތިހިރީ؟“ ޖުނައިދުއަށް ޝައިނާގެ މިޒާޖަށް އައިސްފައިވި ބަދަލު ފާހަނގަ ވިއެވެ.

”މި.. މިއީ ދެންމެ އޮފީހަށް އަންނަނިކޮށް މީހަކު ފަހަތުން ފާރަލަމުން އައީ.. އެހެންވެ ދުވެފަ އައީމަ ކަންނޭގެ.“ ޝައިނާ ވިސްނާލާފައި އެބުނީ މުޅިއަކުން ދޮގެއް ނޫނެވެ.

”ދެޓް ސްޓުޕިޑް އިޑިއަޓް.. ޑިޑް ހީ ހޭވް ޓު މޭކް އިޓް ސޯ އޮބްވިއަސް؟“ ހައިދަރު ހިތާ ހިތާ ކިޔާލައިފިއެވެ.

”އެންމެ ރަނގަޅު.. މީ އަހަރެންގެ ދަރިފުޅު، ހައިދަރު ޖުނައިދު.. އިއްޔެ އޮބްޒާވް ކުރަން އައި އައުމުގަ، ދިމާވެފަ ހުންނާނީ ދޯ؟ މީ މިހާރު މި ކޮމްޕެނީގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓްގެ ހެޑް.. ހައިދަރު ދެކޭ ގޮތުގަ ޝައިނާ ތީ މިތާގަ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ސްޓާފް.. އަހަންނަށްވެސް ހީވި ހައިދަރުގެ ހޮވުމަކަށް ވާނީ ޝައިނާއޭ.. ޕްރޮމޯޓް ތިވީ ހައިދަރުގެ އެސިސްޓެންޓްގެ މަގާމަށް.. ކޮންގްރެޗުލޭޝަންސް.” ޖުނައިދުގެ ވާހަކަ ނިމުނުތަނުން ހައިދަރު ވެސް އިސް އުފުލާލާފައި ޝައިނާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

ޝައިނާ ޝުކުރު އަދާކުރުމަށްފަހު ނިކުމެގެން އޭނާގެ އެކުވެރިން ކައިރިއަށް ދިޔައިރު، ވިސްނެމުން ދިޔައީ ވާން މިއުޅޭ ގޮތަކާމެދުގައެވެ. ހައިދަރުގެ ހިނިތުންވުމުގެ ފަހަތުގައިވެސް ފޮރުވިފައިވީ އިންޒާރެއް ވާކަމަށް ހިތް ބުނަމުންދިޔައެވެ. ޔަގީނެވެ. އެފިރިހެނާ އެއުޅެނީ އޭނާގެ ކިބައިން ބަދަލު ހިފަންވެގެންނެވެ. އެހެން ނޫންނަމަ އިއްޔެ ހިނގި ކަންތަކަށްފަހު އޭނާއަށް ޕްރޮމޯޝަން ލިބޭނެ އެއްވެސް ގޮތެއް ނެތެވެ.

ޝައިނާއަށް ހޭވެރިކަންވީ ނާލާ އޭނާގެ އަތުގައި އޮތް ސިޓީއުރަ ޖަހައިގަތުމުންނެވެ. އެކުދިން އެބަލާފައި އުފަލުން ފުމުނަސް، ޝައިނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަތުގެ އިނގިލިތަކާއި ކުޅެމުން ދިޔަ ޝައިނާ، އިސް އުފުލާ ބަލާލީ ނާލާއާއި އަޒަލްގެ އަޑު މަޑުވުމުންނެވެ. އޭރު އެމީހުންގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހައިދަރު ހުއްޓިލައިގެން ހުރީ، ދެޖީބަށް އަތް ޖަހާލައިގެންނެވެ.

“ޓު މައި ކެބިން.. ނައު!!” ހައިދަރު އެހެން ބުނެފައި އެދިޔައީ ކިތަންމެ މަޑުން ކަމުގައިވީނަމަވެސް، އަޑުގައިވީ ހަރުކަށިކަމެވެ.

“ހޭއި.. ދެންވެސް ދޭބަލަ.. އަހަރެން ބުނީމެއްނު އޭނައަށް ލޯބިވެވުނީއޭ ޝައިދެކެ..” ނާލާ އެހެންބުނެފައި ހީލިއިރު، ޝައިނާގެ ހިތުގެ ހާލަތު އެއްވެސް ވަރަކަށް ނޭނގުނެވެ. ޝައިނާ ހައިދަރުގެ ކެބިންއާއި ދިމާލަށް ހިނގައިގަތީ، ކޮންމެ ގޮތެއްވިޔަސް މިކަމާއި ކުރިމަތި ލުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އޭނާއަކީ އެހާ ފިނޑި ކުއްޖެއް ނޫނެވެ. ހައިދަރުގެ ފަރާތުން އޭނާގެ ސުވާލުތަކަށް ޖަވާބުވެސް ހޯދާނެއެވެ.

“ސިޓް.” ހައިދަރު ބުނުމުން ޝައިނާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނީ ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެވެ.

“ވައި ޑިޑް ޔޫ ޗޫސް މީ؟ އިއްޔެ.. ވީ ކަންތައްތަކަށް ފަހު..” ޝައިނާ ވާހަކަދައްކަން ފެށިތަނުން ހައިދަރު އެވާހަކަ މެދުކަނޑާލިއެވެ.

“ބިކޯޒް ޔޫ އާ ސްމާޓް.. އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ޝައިނާއަށް އެނގިއްޖެއެއްނު އަހަރެން ބޭނުން ކޮންމެ ކަމެއް ހާސިލް ކުރާނެ ކަން؟ އެހާ ސީދަލަށް އަހަރެން މީ ބޭޑް ބޯއި އެކޭ ބުނަން އެނގޭނީވެސް ވަރަށް ސްމާޓް ވީމަތާ؟”

ޝައިނާގެ މޫނަށް ރަތް ކުލަ ފާއްދާލީ އޭނާ ކީއެއްޗެހި ހަނދާންވުމުންނެވެ. “އަ.. އައި ޑިންޓް މީން ޓު..” މިފަހަރުވެސް ޝައިނާގެ ވާހަކަ މެދުކަނޑާލީ ހައިދަރުއެވެ.

“ވަގުތު ބޭކާރު ނުކޮށް މަސަތްކަތް ފަށަމާ.. އަލަށް ހުޅުވަން އުޅޭ ހޮޓެލްގެ މަސައްކަތް ދިޔަ ހިސާބެއް ބަލާލަން އެތަނަށް ދާން އަހަރެން ބޭނުން.. އެންޑް ޔޫ ނީޑް ޓު ބީ ދެއާ ޓޫ.. ސޯ ލެޓްސް ގޯ..” ހައިދަރު ތެދުވެގެން ހިނގައިގަތީ ދެވަނަ ނަޒަރެއްވެސް ޝައިނާއަށް ނުދީއެވެ.

ޝައިނާ އެއްޗެއް ބުނަން ހުޅުވާލި އަނގަ، ލައްޕާލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުމެ، ދަބަސް ހިފައިގެން ހައިދަރުގެ ފަހަތުން ދިޔައެވެ. އޭރު ދެންތިބި ކުދިން ވާނުވާ ނޭނގިފައި ތިއްބެވެ. އެހެންނަމަވެސް ކިޔައިދޭކަށް ޝައިނާއަކަށް ވަގުތެއް ނެތެވެ. ލަސް ވެއްޖެއްޔާވެސް އޭނާއަށް އަދަބެއް ލިބިދާނެކަން ނޭނގެއެވެ.

ޝައިނާ ދަމުން ޓެކްސީއަކަށް ގުޅިއެވެ. ހައިދަރުގެ ފަހަތުން އޭނާއަށް ކިރިޔާ ލިފްޓަށް އެރުނު ކަމެވެ.

“ބުނީމެއްނު ހެނދުނު މީހަކު ފާރަލަމުން އައި ވާހަކަ؟ ޓެކްސީގަ ދިއުމަކީ އެހާ ސޭފް ގޮތެއް ނޫނެއްނު؟” ހައިދަރު ގްރައުންޑް ފްލޯއަށް ފިތާލިއެވެ.

“އައިލް ބީ ފައިން.” ޝައިނާ އެއްޗެހި ކިޔައިގަންނަން ހިތަށް އެރިޔަސް، އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. މަގަށް ނިކުމެ ޓެކްސީއަށް އިންތިޒާރު ކޮށްގެން ހުއްޓާ، ހައިދަރު ކާރުގައި އައިސް އޭނާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ.

“ކާރަށް އަރާ..” ކާރުގެ ބިއްލޫރިގަނޑު ތިރި ކޮށްލުމަށްފަހު ހައިދަރު ބުނެލީ އަމުރުވެރި ރާގަކަށެވެ. އޭރު ބޮޑުމަގުގައި ހޭލަމޭލައަށް މީހުން އުޅޭތަން ފެނެއެވެ.

“ޓެކްސީ މިހާރު އަންނާނެ. އައިލް ބީ ދެއާ އޮން ޓައިމް..” ޝައިނާ ޓެކްސީ އާދޭތޯ މަގުގެ ދެކޮޅު ބަލާލިއެވެ.

ޝައިނާ އަވަސް އަވަހަށް ދޮރު ހުޅުވާލާފައި ކާރަށް އެރީ، މަގު ހުރަސް ކޮށްފައި އޭނާއާއި ދިމާލަށް އަންނަ މީހާ ފެނިފައެވެ. އެއީ ރޭ އަދި ހެނދުނު އޭނާއަށް ފާރަލީ ޒުވާނާއެވެ. އޮފީސް ދޮށަށްވެސް އައީތާއެވެ.

ހައިދަރުއަށް ވީގޮތް އެނގުނީ އޭނާއަށްވެސް އެމީހާ ފެނުމުންނެވެ. ޔަރުދު ކައިރީގައި އުޅޭ، އޭނާގެ އެންމެ އަރިސް އެކަކެވެ. ހައިދަރު ކާރު ދުއްވާލީ ކުންފުނީގެ އާހޮޓެލްއާއި ދިމާލަށެވެ. ބާރު ސްޕީޑްގައި ގޮސް ހޮޓެލްގެ ދޮރުމަށްޗަށް ކާރު މަޑުކޮށްލި އިރުވެސް ދެމީހުންކުރެ މީހަކު އަނގައިން ނުބުނެއެވެ.

ހައިދަރު އަތުގައި އޮތް ކާޑުން ހޮޓެލްގެ މައިދޮރު ހުޅުވާލާފައި ވަންއިރު، އެއްވެސް މީހަކު ފެންނަން ނެތުމުން ޝައިނާގެ ހިތުގައި ސުވާލު އުފެދުނެވެ.

“އެއްވެސް މީހަކު ނެތީތަ؟ ” ޝައިނާ ހީކުރީ އަދި ފިނިޝިން މަސައްކަތުގައި ބަޔަކު އުޅޭނެ ކަމަށެވެ. އެކަމަކު މުޅި ހޮޓެލް އޮތީ ފަޅަށެވެ.

“މަސައްކަތް ނިންމާފަ އެންމެން ގޮއްސި..” ހައިދަރު ދޮރު ލައްޕާ ތަޅުލަމުން ބުނެލިއެވެ. ޝައިނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ހައިދަރު މިއުޅެނީ ކީއްކުރަން ހެއްޔެވެ؟ ނުރައްކަލުގެ ސިގްނަލެއް ސިކުނޑިން ލިބުމުން، ދޮރާއި ދިމާލަށް ދުއްވައިގަނެވުނެވެ. ދޮރު ހުރީ ތަޅުލާފައި ކަމަށް ވިޔަސް އެދޮރު ހުޅުވޭތޯ ބޭކާރު މަސައްކަތްތަކެއް ޝައިނާ ކުރަމުން ދިޔައެވެ.

ހައިދަރު އެމަންޒަރު ބަލަން ހުރެފައި ގޮސް ޝައިނާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. ދަމާފައި ކަހަލަ ގޮތަކަށް ގޮސް ހޮޓެލް ރޫމެއްގެ އެނދުމައްޗަށް ގަންނަވާލިއިރު، އާރެއް ބާރެއް ނެތް ނިކަމެތި އަންހެން ކުއްޖާގެ ވޭނީ ރުއިމުގެ އަޑުވެސް ހައިދަރުއަށް ނީވޭ ކަހަލައެވެ.

“ކިތަންމެ ބާރަށް ހަޅޭ ލެވިޔަސް އަޑުއިވޭނެ މީހެއް ނުހުންނާނެ.. ޝައިނާއަށް ވެސް އެނގޭނެ ފަދައިން މި ހޮޓެލްގެ ހުރިހާ ރޫމެއްވެސް ހުންނާނީ ސައުންޑް ޕްރޫފް ކޮށްފަ.. ވީއިރު ކޮންމެހެން ބޭކާރު ގޮތުގަ ކަރުގެ ހަންކޮޅު ދުއްވާލާނެ ކަމެއް ނެތެއްނު..” ހައިދަރު ދޮރު ލައްޕާލާފައި އައިސް އެނދު ކައިރީގައި ހުރި ބީން ބޭގެއްގައި އިށީނދެ ހަމަޖެހިލިއެވެ.

“ޕް..ޕްލީޒް.. އަހަރެން ދޫކޮށްލާ.. އަ.. އައެމް ސޮރީ.. އިއްޔެ އެގޮތަށް.. ވާހަކަދެއްކުނީތީ.. އަ..އައި ޑިންޓް މީން އެނީ އޮފް އިޓް..” ޝައިނާ ރޮމުން ގިސްލަމުން ވާހަކަ ދެއްކިއެވެ.

“އެހާ ފަސޭހައިން މާފު ކުރެވޭކަށް ނެތޭ ބުނެފިއްޔާ؟ މޭއި ބީ.. އައި ކޭން ޝޯ ޔޫ.. ދަ ބޭޑް ބޯއި އިން މީ؟..” ހައިދަރު ތެދުވެގެން ޝައިނާއާއި ދިމާލަށް އަންނަން ފެށިއެވެ. ދެފައި ގަޔާލައި ބޮނޑިކޮށްލައިގެން އިންއިރު، އެހިތް ތެޅޭ އަޑު ބޭރަށްވެސް އިވޭހެން ހައިދަރުއަށް ހީވިއެވެ. ސިހުން އެކުލެވިފައިވާ ބޮޑު ދެލޮލުގައި ކަރުނަ ވިދަމުން ދިޔަގޮތުން ހައިދަރުގެ ހިތުގައި ރަހުމް އުފެދުނެވެ. އެމޫނުގައި ބީހިލަން އަތް އުފުލާލިތަނާ ޝައިނާ ފުންމައިގެން އެނދުން ފޭބިއެވެ.

ޝައިނާގެ ހިތުގައި ބިރުވެރިކަން ވަކިހިއްޕާލާފައި ވިޔަސް، ދޫދޭކަށް ބޭނުމެއް ނުވިއެވެ. ފުރާނަ ހަށިގަނޑާއި ވަކި ނުވެ ހުރިހާ ހިނދަކު، ސަލާމަތްވޭތޯ އޭނާ މަސައްކަތް ކުރާނެއެވެ. ހައިދަރުގެ އަތުގައި ނުޖެހި ދުވެފައި ގޮސް ކޮޓަރިން ބޭރަށް ނިކުމެ ވަށައިގެން ހޯދާލިއެވެ. ރިސެޕްޝަނުގެ މަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ސްކަލްޕްޗާއެއް ނަގާ ހޫރުވާލީ، ކޮޓަރިން ނިކުމެގެން އައި ހައިދަރުގެ ބޮލާއި އަމާޒު ކޮށްލާފައެވެ.

އެހަމަލާއިން ހައިދަރުއަށް ރެކެވުނީ އޭނާގެ ހުށިޔާރުކަމުންނެވެ. އޭރު ސްކަލްޕްޗާގެ އެތިކޮޅުތައް ފާރު ކައިރީ ބިންމަތީގައި ވިދަވިދާ ހުއްޓެވެ. ހައިދަރު ވިދުވަރެއްހާ ބާރުމިނުގައި ޝައިނާގެ ކައިރިއަށް ދިޔައެވެ. ޝައިނާއަށް ބިރުން ކައިރީގައި ހުރި ކައުންޓަރަށް ލެގިލެވުނުއިރު، މާނޭވާލެވެއެވެ. ހައިދަރު އަނެއްކާވެސް ހިފީ އޭނާގެ އަތުގެ މުލައްދަނޑީގައެވެ.

“އިނަފް..” އިންޒާރުގެ ނަޒަރެކެވެ. ގަދަ ހަދަހަދާ ހުއްޓާ، ޝައިނާ ގެންގޮސް ސޯފާގައި ބޭންދުމަށްފަހު، ކުރިމަތީގައި ހުރި ވަކަރު ކުޑަމޭޒު ކައިރި ކޮށްލާފައި، ހައިދަރު އިށީނީ ޝައިނާގެ ކުރިމަތީގައެވެ. އޭނާގެ ދެކަކޫ ދޭތެރޭގައި ޝައިނާގެ ދެފައި ތާށިވެފައި ވީއިރު، މޫނު ވަނީ ޝައިނާގެ މޫނާއި ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ.

“މާއަވަހަށް ކަންނޭނގެ އަހަންނަށް ހީކުރެވުނީ ތީ ވަރަށް ސްމާޓް ކުއްޖެއް ކަމަށް.. އައި ވޯޒް ރޯންގް.. ދެންމެ ތި ތަޅާލީ ކިހާވަރެއްގެ އެއްޗެއްކަން އެނގޭތަ؟ އެއީ ފިހާރަތަކުގަ ވިއްކަން ބަހައްޓާފަ ހުންނަ ކަހަލަ އާދައިގެ ސްކަލްޕްޗާއެއް ނޫން.. އޭގެ ކަރަންޓް މާކެޓް ވެލިއު އަކީ ނަވާވީސް ހާސް އަށްސަތޭކަ އެއްތިރީސް ޑޮލަރު.. ދިވެހި ރުފިޔާއިން ބުނާ ކަމަށް ވަންޏާ ގާތްގަނޑަކަށް ހަތަރު ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ..” ޝައިނާ ސިހިފައި ހައިދަރުގެ މޫނަށް ބަލާލީ ގަބޫލު ކުރަންދަތި ވެގެންނެވެ.

“ޔެސް.. ވީއިރު ސުވާލަކީ، މި ސްކަލްޕްޗާގެ އަގު ޝައިނާ ދައްކާނީ ދެން ކިހިނެތްތޯ..” ހައިދަރު ތެދުވެގެން ދެކޮޅަށް ހިނގަން ފެށިއެވެ.

“ޝައިނާއަށް މަހަކު ލިބޭ ފަނަރަ ވަރަކަށް ހާސް ރުފިޔާއާއި، ބައްޕަ ހިސާބަކަށް ވަޑާން ކުރާތީ ލިބޭ ދެހާހެއްހާ ރުފިޔާ.. އެއްކޮށް ދިނަސް އެއީ ގާތްގަނޑަކަށް އަހަރަކަށް ވުރެވެސް ގިނަ ދުވަސް.. އަދިކޮބާ.. އެހެން ދީފިއްޔާ ކިހިނެތްތަ ކިޔަވަން ނެގި ލޯނު ދައްކާނީ؟ ކިހިނެތް ކައިބޮއި ހަދާނީ؟ މަންމަ ބަލި ކަމުން ބޭސްކުރަން ޖެހިފައިވާއިރު، ޝައިނާގެ ފަރާތުން އާއިލާއަށްދެވޭ އިތުރު ބުރައެއްނު މީ؟”

ހައިދަރުގެ ކޮންމެ ޖުމްލައަކާއި އެކީ ޝައިނާގެ ހިތަށް ލޮޅުން އަރަމުން ދިޔައިރު، ހައިދަރުއަށް މިހުރިހާކަމެއް އެނގުނު ގޮތަކާއިމެދު އޭނާ ހައިރާންވެ އަންތަރީސް ވިއެވެ. ޝައިނާގެ މޫނު ހުދު ވެފައިވާ ތަން ފެނި، ހައިދަރުއަށް ލިބުނީ ބަޔާން ކުރަން ނޭނގޭފަދަ ހިތްހަމަ ޖެހުމެކެވެ.

ހައިދަރު އަނެއްކާވެސް މޭޒުގައި އިށީނދެފައި ޝައިނާގެ މޫނާއި މޫނު ޖެހޭ ނުޖެހޭ ހިސާބަށް ކައިރިވެލިއެވެ. “އޯކޭ ފައިން.. ޑޯންޓް ކްރައި.. މިއަދު އަހަރެން މިހިރީ ވަރަށް ރަނގަޅު މޫޑެއްގަ ..އަނެއްކޮޅުން ތީ މިހާރު މަގޭ ޕާސަނަލް އެސިސްޓެންޓް.. ނުހަނު ހާއްސަ ކުއްޖެއް.. ވީއިރު އަހަންނަށް ޝައިނާގެ އަދަބު ލުއި ކޮށްދެވިދާނެ.. އެއްވެސް ވަރަކަށް ޕޭއި ކުރަން ނުޖެހޭނެ ގޮތެއް އެބައިން..” ހައިދަރު ބަލާލިއިރު ޝައިނާގެ މޫނުމަތީގައި ވަނީ ސުވާލު މާކެކެވެ.

“އޯހ ޝައިނާ.. ޔޫ އާ ސޯ ނައިވް.. ވަޓް އައި މެންޓް ވޯޒް، ޑޯންޓް ޕޭއި މީ އިން ކޭޝް.. ބަޓް ޕޭއި މީ.. އިން ކައިންޑް..” ހައިދަރު ޖުމްލައިގެ ފަހު އަކުރުތަށް ޝައިނާގެ ކަންފަތް ދޮށުގައި ވައި އަޑުން ކިޔާލިއިރު، ޝައިނާގެ ދެލޯ ބޮޑުވެގެން އައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ހަނދާންވޭ

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ތިންވަނަ ބައި)

Next
December 8, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ތިންވަނަ ބައި)

Previews
December 8, 2021

ހަނދާންވޭ

2 Comments!

  1. Aishath faruha Abdullaa says:
    December 9, 2021 at 10:40 am

    Masha Allah… Vrh reethi Mi part vx….?comment nukuriyass Mi noon part thah vx keen ingey…When next?? Curiously waiting for the next. . … . ❤️

    1. Shau says:
      December 9, 2021 at 2:20 pm

      Thank you ? Seventh part mihaaru iny publish koffa. Enjoy reading ❤️

Comments are closed.

Next Episodeހައިދަރު-7←


All Right Reserved!