ތަނެއް ދޮރެއް ނުފެނި، ލައިރާމެންނަށް އިވެނީ ހަމައެކަނި އަމިއްލަ މީހާގެ ހިތުގެ ވިންދު ޖަހާ އަޑު އެކަންޏެވެ.ލައިރާގެ ފަހަތުން މީހަކު ހޭ އަޑާއި އަތް ޖަހާ އަޑު އިވުނެވެ.”ހީ ހީ ހީ ހީ ހީ”.ލައިރާގެ ހިތަށް ނާމާންކަން އިތުރަށް ވަދެވިގެން ދިޔައެވެ.” ޕޮއް! ފެނިއްޖެޔޯ!!!ލައި ދައްތަ ނުބައިވީ” އާރާއަށް ލައިރާ ފެނުމުން ހޭންފެށިއެވެ. ލައިރާއަށް އާރާ ފެނުމާއި އެކު ސިއްސައިގެންދިޔައެވެ.” ކޮންތާކު ދައްތަ މިހުރީ؟ ދައްތަ ކައިރީގައި ހުރި ދައްތަގެ އެކުވެރިން ކޮބާ؟ކިހިނެއް ދައްތަ މި ތަނަށް އައީ؟” ލައިރާ ހުއްޓުމެއްނެތި ސުވާލު ކުރަމުން ގެންދިޔައެވެ.”ކޮން ސުވާލަކަށް އާރާ ފުރަތަމަ ޖަވާބު ދޭންވީ؟ދައްތަ ހާދަ ބިރުން ތިހުރީ؟ ހީވަނީ އާރާ ދައްތަ ކައިލާ ދާނެހެން….ދައްތަގެ އެކުވެރިން ފިލަން ގޮއްސި …”އާރާ ހީނލާފައި ބުނެލިއެވެ . ‘އާއެކެވެ. ދައްތަ މިހުރީ ބިރުން ތުރުތުރު އަޅައެވެ… އާރާ އައިސް ދައްތަގެ ގަޔަށް ހީވަނީ ދެންމެ ދެންމެ އަރައިގަނެދާނެހެނެވެ’ މިހެން ލައިރާގެ ހިތުން އާރާގެ ސުވާލުތަކަށް ޖަވާބުދެމުން ދިޔައެވެ. ލައިރާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ.”ލައީ؟.. ލައީ؟”ދެން ހޭލެވުނީ ރައިޝާ،ލައިމް،އިވީ އަދި މަރީ ލައިރާގެ ނަމުން ގޮވަން ފެށުމުންނެވެ. 

ލައިރާ އެންމެ ފުރަތަމަ ވެސް ވަށައިގެން ބަލައިލިއެވެ.”ކިހިނެއް އަހަރެމެންގެ ކޮޓަރިއަށް އައީ އެ ބޮޑު ގުދަން ތެރޭ ކިހިނެއްވީ؟”ލައިރާ ސުވާލު ކުރިއެވެ. ރައިޝާ،ލައިމް،އިވީ އަދި މަރީ އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.”ވީގޮތަކީ…”ލައިމް ފެށިއެވެ.”އާރާ ހައިޑް އެންޑް ސީކް ކުޅެން ހިނގާށޭ ބުނިއިރަށް އަހަރުމެން އެންމެން އެކި ތަންތަނަށް ވަކިވެގެން ދިޔައީ.. ނޭނގެ ކިހިނެއް ކަމެއް… އަހަރެން ހުރީ ބޮޑު ގޮނޑިއެއްގަ ބަނދެފަ…”.”އަހަރެން ހުރީ ކޮށްޓެއްގެ ތެރޭ ބަންދު ކޮށްފަ…”މަރީ ބުނެލިއެވެ.”މަށާ ރައީ ހުރީ ހުސްކޮށް ހުރި އަނދިރި ކޮޓަރިއަކު ބޭރުން ތަޅުލެވިފަ…”އިވީ ވެސް މަޑު މަޑުން ބުނެލިއެވެ.”ކިހިނެއް އެންމެން ސަލާމަތްވީ؟” ލައިރާ ހުރީ އަދިވެސް ވާނުވާ ނޭނގި ފައެވެ.”ނަސީބަކުން  އެ ވާގަނޑު ވަރަށް ފަސޭހައިން ނެއްޓުނު.. ދެން މަ ތަނެއް ދޮރެއް ނުބަލައި ދުއްވައިގަތް އިރަށް މަރީ އާ ދިމާވީ… ދެން ކުޑަ މޭޒެއްގެ މަތީގައި ބަހައްޓާފަ އޮތް ތަޅުދަނޑިއެއް ހިފައިގެން ތަޅު ހުޅުވީ…”ލައިމް ބުނެލިއެވެ.”އާނ ދެން ރައިޝާ މެން ހޯދަން އަހަރެމެން ދިޔައީ..”މަރީ އިތުރަށް ބުނެލިއެވެ. ދެން އެންމެން ވެސް ކަންތައްވީގޮތް ވަކިވަކިން ކިޔައިދެމުން ދިޔައެވެ.”އެންމެ ފަހުން ލައީ ހޭނެތިފައި އޮތް ތަން ފެނުމުން އަހަރުމެން ގެންދިޔައީ… ދެން ކުޑަދޮރެއް ފެނުނީމަ އެ ދޮރުން އެންމެން ނިކުތީ…”ލައިމް ކިޔައިދިނެވެ.”އާރާ އަކީ އާދައިގެ ކުއްޖެއް ނޫން!!”ލައިރާ ކުއްލިއަކަށް ބުނެލިއެވެ. އެންމެނަށް ވެސް ޝައްކު ކުރެވެނީ އާރާ އަކީ އާދައިގެ ކުއްޖެއް ނޫންކަމަށެވެ. އާރާ އަކީ އާދައިގެ ކުއްޖެއް ނަމަ، މިކަލަ ނާމާން ތަންތަނުގައި ކުޅެ ހަދައެއް ނޫޅޭނެއެވެ. 

* 5 ދުވަސް ފަސް*

5 ދުވަސް ފާއިތުވެ ހިނގައި ދިޔަ އިރު ކޮންމެ ރެއެއް ވެސް ދަނީ އެއްގޮތަކަށް ކަންތައްތައް ތަކުރާރު ވަމުންނެވެ. ބަން ކިޔާ އަޑުތައް އިވެއެވެ. މީހަކު ދޮރުގައި ޖަހާ، މި ދޮރު ހުޅުވާށޭ ކިޔާ، ހަޅޭއްލަވާ އަޑު އިވެއެވެ. އުނދޯލި ފެނި، އަމިއްލައަށް ހެއްލެން ފަށައެވެ. މިކަމާ މެދު އެންމެން ތިބެނީ ކުރާނެ ކަމެއް ނޭނގި، ގޮތްހުސްވެފައެވެ. އެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. ލައިމް އިނީ ކެމެރާ ހިފައިގެން ކޮޓަރި ކައިރީ ހުރި ކުޑަދޮރުން ބޭރުގެ މަންޒަރެއް ފޮޓޯ ނަގައެވެ. ރީތި މަންޒަރެއް ނުފެނުނު ކަމުގައި ވިޔަސް، ލައިމް ބޭނުންވީ ކެމެރާގެ ބޭނުން ހިފާލަންށެވެ. ލައިމް އަށް އާރާ ފެނުމުން އޭނާ އާރާގެ ފޮޓޯއެއް ނެގިއެވެ. ފޮޓޯ ނެގުމަށް ފަހު ކެމެރާއިން  ފޮޓޯ ބަލައިލިއެވެ. ލައިމް އަށް އާރާގެ ފޮޓޯ ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ.“ލައީ،މަރީ،ރައީ،އީވްސް… ވަރަށް އަވަހަށް ތި ކުރާކަމެއް ހުއްޓާލާފަ އާދެބަ މި ފޮޓޯގަނޑު ބަލައިލަން!!!”.ލައިމް މިހެން ބުނުމުން އެންމެން އެއްފަހަރާ އެދިމާއަށް އައެވެ.”ކިހިނެއްވީ؟؟”އެންމެން އެއްފަހަރާ ސުވާލުކޮށްލިއެވެ. ލައިރާ ބުނަން އުޅޭ ވާހަކަ ނުބުނެވުމުން ފޮޓޯގަނޑު ދައްކާލިއެވެ. އެންމެނަށް ވެސް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.”އަ.. އަ..އާރާ.. އަކީ ޖިންނި ކުއްޖެއް؟؟؟…”ރައިޝާ ބުނެލިއެވެ. ލައިމް ނެގި ފޮޓޯއިން އާރާގެ ސޫރަ ފެންނަން ނެތުމުން އެންމެންގެ ހިތަށް އެރީ އެއް ޖަވާބުތަކެކެވެ. ތެދެކެވެ. އާރާ އަކީ އިންސާނެއް ނޫނެވެ.

އެންމެން ފުރަތަމަ ވެސް  ކޮޓަރިން ނިކުމެ، ދުއްވައިގަތީ މެނޭޖަރު ހޯދުމަށެވެ. އޭނާ ހުރީ ހޮޓެލް ބޭރުގައި ލަކުޑި ބުރިކޮށެވެ. ލައިރާގެ ފަހަތުން އެންމެން އައެވެ. އެންމެންވެސް ތިބީ މާނޭވާ ލާލައެވެ.”ކިހިނެ..”.” މެނޭޖަރު!! އާރާ އަކީ އިންސާނެއް ނޫން!!!”މެނޭޖަރުގެ ސުވާލު ނުނިމެނީސް ލައިރާ މެދުކަނޑައިލިއެވެ. ލައިރާ މިހެން ބުނުމުން މެނޭޖަރުގެ އަތުގައި އޮތް ކޯރާޑި ބިންމައްޗަށް ވެއްޓުނެވެ.”މިފަހަރު ތެދަށް ބުނޭ!އަހަރުމެންނަށް އިނގޭ މެނޭޖަރު ކަމެއް ސިއްރު ކުރާކަން… ކޮންމެ ރެއެއްގަ ތަކުރާރުވަމުން މިދާ ކަންތައްތަކަކީ އަހަރުމެންނަށް ހީވާ އެއްޗެއް ނޫން… މީ ކޮން ތަނެއް؟ކީއްވެ މި ހޮޓެލް އިސްތިހާރު ކުރީ؟މިތަނަށް ކިހިނެއް މި ވަނީ؟އާރާ އަކީ ކާކު؟ދޮގު ނުހަދާ ތެދަށް ބުނޭ… އަހަރެމެން ބޭނުން ހުރިހާ ކަމެއް އެނގެން!”.އެންމެންވެސް މެނޭޖަރު ގާތުގައި އެމީހުން ކައިރީ ތެދު ބުނުމަށް އާދޭސްކޮށްފައި އެދުނެވެ. މި ހިސާބުން ހުރިހާ ކަމެއް ފަޅާ އަރައިގެން ދިޔައެވެ… 

 *ނުނިމޭ* 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!