އެންމެން އައިސްކޯން ގަންނަން އުޅެނިކޮށް މާ ދުރު ނޫން ހިސާބެއްގައި އާޔާ ކައިރީ ހުރި އައިމަން އެވެ. ލައިހާ އަށް އޭނާ ނުފެނިއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅޭ ޝައިރާ ހިތައް އެރިއެވެ.

17 ވަނަ ބައި…

ޝައިރާ ވަރަށް ނޭންގޭ ކަމަށް ހަދާފައި ގޮސް އައިސްކޯން ގަނެ ގެން އަވަހަށް ދާން ބުނެލިއެވެ.

އައިމަން މެން ގެއަށް ދާން އެބުރުނު ވަގުތު ލޮލުގައި އަޅައިގަތީ އެ އެންމެން ތެރޭ ހުރި ލައިހާ އެވެ. ކުރިއަށްވުރެ ކުޑަކޮށް ފަލަ ވެފައި ހުރި އެއްކަމަކު ލައިހާ ގެ ރީތި ކަމަކަށް ބަދަލެއްއައިސްފައެއް ނެތެވެ. އައިމަން އެދިމާއަށް އަށް ދާން އުޅެފައި ވެސް ނުދިޔައީ ލައިހާ ގެ އަތުގައި މާއިން ހިފިތަން ފެނިގެންނެވެ. އައިމަން ގެ ހިތަށް ވަރަށް އަސަރު ކުރި އެވެ.

“އޭ. ހިނގާބަ މާދަން އެންމެން ޕިކްނިކް އެއް ދާން. އޭރަށް މީޝް މެން ވެސް ވަރަށް ހެޕީ ވާނެ “. ލީނާ ތަންކޮޅެއް ދުރުގައި މީޝާ އާ އެކީ ފޮތެއް ހިފައިގެން ކުޅެން ތިބި ޔާނިޝް އާޝާ މީލިއާ އަށް ބަލަން އިނުމަށް ފަހު ބުނެލިއެވެ. ލީނާ ގެ އެ ހިޔާލު އެންމެންނަށް ވެސް ކަމުދިޔައެވެ. އަދި ދަތުރު ދާން ބޭނުންވާ އެއްޗިހި މިރޭ ދާން ނިންމިއެވެ.

ރޭގަނޑު ގެ ވަގުތެވެ..

ލައިހާ މީލިއާ ކައިރީ މާދަން ދަތުރު ދެވޭނީ އަވަހަށް ނިދާ ކުދިންނަޝޭ ބުނީމާ ވަރަށް ފަސޭހައިން ނިދާލިއެވެ. ލައިހާ މީލިއާ ނިންދަވާފައި އެނދުން ތެދުވަނިކޮށް މާއިން ފޯނެއްގައި ހުރެ ކޮޓަރި އަށް ވަނެވެ. މާއިން ފޯނެއްގައި ހުރުމުން އެއްޗެކޭ ބުނަން ނުހަދާ ފާހަނަ އަށް ވަނީ މޫނު ދޮވެލުމަޝެވެ. ލައިހާ ފާހަނައިން ނުކުއިން އިރު ވެސް މާއިން ފޯނުގައި ހުރި ތަން ފެނުމުން “ވަރުގަދަ ފޯނެއް ގެންގުޅޭ މީހެކޭ” ބުނެލިއެވެ.

“ނާލް. އަހަރެން ވަރަށް ކަންތައް ބޮޑު ވޭ ލައި އަށް އައިމަން ފެނި ދާނެތީ”.ޝައިރާ ވާހަކަ ދެއްކީ ޝައިރާ ގެ އުނގުގައި ބޯ އަޅައިގެން އޮތް ޔަނާލް އާ އެވެ. “ޝައި. ދެން ތި ވާހަކަ ބާއްވަބަލަ. ހިނގާބަލަ ލައިމެން އެންމެން ކޮބައިތޯ ބަލައިލަން ދާން”.ޔާނަލް ޝައިރާ ގެ އުނގުން ބޯނެގިއެވެ.ޝައިރާ މެން ނުކުއިން އިރު އެންމެން ވެސް ނިކުންނަނީ އެވެ. އެންމެން ވެސް ހިނގައިގަތީ ކައިރީގައި ހުރި ފިހާރަ އަކަށް ދާށެވެ.

ހެނދުނުގެ ވަގުތެވެ..

ލައިހާ އަވަސް ވެ ގަތީ ލޯބިކޮށް އެނދުމަތީ ނިދާފައި އޮތް މީލިއާ ނެނގުމަށެވެ. ނަސީބު ރަނގަޅު ކަމުން މީލިއާ އަށް ގޮވަން މާ އިރަކު ނުޖެހުނެވެ. ދެތިން ބުރު ގޮވާލުމުން މީލިއާ ތެދުވިއެވެ. ތެދުވި ގޮތަށް މީލިއާ ދުއްވައިގަތީ މީލިއާ ގެ ރިންގް ހޯދަންށެވެ. “ރިންގް ވީ ބައްޕި ގެންގޮސް. މީލީ ރީތި ވެގެން ހިނގާ އަވަހަށް ،ލޯންޗް މިހާރު އަންނާނެ މީލީ ބަލައި”.މީލިއާ ކޮޓަރީގެ އެކި ތަން ތަން ހާވަން ފެށުމުން ލައިހާ ބުނެލިއެވެ. އަދި ލައިހާ ގެ ބަސް އަހައިގެން ގޮސް ލައިހާ އާ އެކު ފާހަނަ އަށް ވަދެލިއެވެ.

ދަތުރު ދާން 7:00 ޖަހާއިރު ނައްޓާލި ލޯންޗް އަށް ރަށާއި ހަމަ އަށް ދެވުނީ 7:15 ރައިގައެވެ. ދަތުރު ގޮސް މީލިއާ ފުރަތަމައިނުން ވެސް ބޭނުން ވީ މޫދަށް އެރެންށެވެ. ލައިހާ ކައިގެން އެރެން ދާން ބުނުމުން ބޮޑާހާކާލިއެއް ކަމަކު ލައިހާ މީލިއާ ގެ ކުޅޭ އެއްޗިހި ދިނުމުން ޔާނިޝް އާ މީޝާ އާ އެކު ވެލިގަނޑު މަތީ ކުޅެން ފެށި އެވެ. އިރުކޮޅެއް ފަހުން ޔާނިޝް އައިސް ލައިހާ އަށް ގޮވާލިއެވެ. “ކުޑަ ދޮންތާ. މީލީ”. ލައިހާ އަށް ގޮވާލުމަށް ފަހު ޔާނިޝް ދައްކާލީ މީލިއާ އެވެ. ލައިހާ ދެލޯ ދިޔައީ ބޮޑު ވެގެންނޭ….

 

ނުނިމޭ..

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!